”ޝިޓް!” އަލްޔަސް އަވަސް އަވަހަށް އެނދުން ތެދުވެލަމުން ޓީޝާޓް ބޮލުން ވައްޓާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ކާރުގެ ތަޅުދަނޑި ބާއްވާފައި އާދެވުމުން އޭނަ ކޮޓަރިއަށް ވަނީ ދުވެލާފައި ގޮހެވެ. ކާރު ސްޓާޓްކޮށްލަމުން ވެސް އަލްޔަސް އީނާގެ ފޯނަށް ގުޅިއެވެ. ކޮންމެ ފަހަރަކު ލިބޭ ޖަވާބަކީ ފޯނު އޮތީ ނިއްވާލާފައި ކަމެވެ. ”އީނޫ….” އަލްޔަސް ކާރުގެ ހުންގާނަށް އެތިފަހަރެއް ވީއްލާލަމުން ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އަލްޔަސް އިނީ ފުދޭވަރަކަށް ހާސްވެފައެވެ. ސަމާސާ […]
ކޯމަސްތަކެއް ފަދައިން ފުންމަމުން އަންނަ މީހުންތައް ގިނަވަމުން ގޮސް ވާނުވާ ނޭންގޭ ހިސާބަށް ހިނގައްޖެއެވެެ. ކުއްލިއަކަށް އޭގެ މީހެއްގެ ބޮޑު ނަގީފަތުން އާލިފްގެ މޫނުގައި ޖެހިއްޖެއެވެެ. ވީތަދުން އާލިފްގެ އަނގައިން ބޭރުވި ހަޅޭކުގެ އަޑާއިއެކުގައި ވެއްޓި ހަރުތަނެއްގައި ޖެހިއްޖެއެވެ. މޫނުގައި ފިރުމާލަމުން ވަށައިގެން ހޯދާލިއެވެ. މުޅި ކޮޓަރިތެރެއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. އާލިފް އަޮތީ އެނދުން ވެއްޓި ޓައިލްސްމަތީގައެވެ. އާލިފް ތެދުވެ އިށީންދެލިއެވެ. ކަނާއަތުން ބޮލުގައި ޖަހާލިއެވެ. “ހުވަފެނެއްދޯ މީ….” އިމްނާގެ ފޯނުކަނޑާލިތަނާ އިރުކޮޅަކުން އާލިފަށް ނިދުނީތާއެ […]
ފުރާޅު މައްޗަށް އެއްޗެއް ވެޓުނު އަޑާއެކު އަހަންނަށް ހޭލެވުނެވެ. ފުންމައިގެން ތެދުވެ ފާރުގައި އިން ބޮޑުގަޑިއަށް ބަލާލީމެވެ. މިރޭވެސް ހަމަ އެވަގުތެ އެއަޑެ އިވުނީވެސް އަހަންނަށް އެކަންޔެވެ. އެހެންނޫންނަމަ މިކޮޓަރީގަ ނިދާފަ ތިބި އެހެން މީހުންނަށްވެސް ހޭނުލެވިޔެއް ނުދާނެއެވެ. ފުންނޭވައެއް ލުމަށްފަހު، ބޮލުގެ އިސްތަޝިގަނޑުގަ ހުޅިއެއްޖަހާލަމުން އެނދުން ފާބަންއުޅުނީ ފާހާނާއައް ދިއުމަށެވެ. ނަމަވެސް ފައި ބިންމަތިގަ ނުޖެހެނީސް އެއްކަލަ ރުއިމުގެ އަޑު އިވުނެވެ. ސުނާމީ ކާރިސާއަށް ފާހު އަހަރެމެން މިރަށަށް ބަދަލުވީތާ މިވީ ހަތް ހަފްތާއެވެ.އެހާދިސާގައި އަހަރެމެންގެ […]
“އައި ލަވް ޔޫ ޓޫ އާލް.. އޭމް ސޮރީ..” ގިސްލުމުގެ ތެރެއިން ވިޝާ އެހެން ބުނެލީ މީހަކަށް އަޑު އިއްވާކަށް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބު ކަމެއް ނޭނގެއެވެ. އެވަގުތު އެހެން ބުނެލި އަޑު އިތުރު މީހަކަށް އިވިއްޖެއެވެ. ވިޝާ އަތިރިމަތީގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެނބުރި ޒާހިރާމެން ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ހުރީ އެމީހުން އުޅޭ ގެއާއި ދިމާއަށެވެ. ލަސް ފިޔަވަޅުތަކެއްގައި ގެއަށް ވަންއިރު ސިޓިންގް ރޫމް ތެރޭގައި ވިކާޝްއާއި […]
އެޕިލޮގް ނޭވާ ހަމަ ހީވީ ކުއްލިއަކަށް އައި ހެންނެވެ. ބޮނޑި ބޮނޑިއަށް އައި ހެންނެވެ. އަހަރެންނަށް އެރީ ކޮށްޓެވެ. ލޯ ހުޅުވީމެވެ. އިރަމް އުފަލުން ފަޅައިންދާން ތައްޔާރުވެފައި އިންހެން ހީވިއެވެ. ތެދުވި ގޮތަށް ތެދުވެ ލިވީ ގައިގައި އޮޅުލައިގަތެވެ. ލިވީ ވެސް ހީވަނީ އުފަލުން އެހެން ފަދަ ކަމެއް ހެއްނެވެ. “އަހަ…. އަހަރެންވެސް ލޯބިވޭ އިރަމްދެކެ……” ކޮށި އަރަމުން އަހަރެން ބުނީމެވެ. އިރަމް އައި ގޮތަށް އައިސް އަހަރެންގައިގައި އޮޅުލައި ގަތެވެ. އޭނާ ތުރުތުރު އަޅާއެބައެވެ. […]
އިރަމް އަހަރެންނަށް ހޭވެރި ކަމެކޭ ކިޔާ އެއްޗެއް ވީއިރު މުޅިތާ ވަނީ އަލލިފާން ރޯވެފައެވެ. ހުރިހާ ގޮނޑިތަކެއްގައެވެ. ކަބަޑުތަކުގައެވެ. އަހަރެންގެ އަތް ގުޑުވަން އުޅުނީމެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުވެއެވެ. އަތައް ބަލައިލީމެވެ. ބަނދެފައެވެ. ލިވީވެސް މެއެވެ. ޝެނިންވެސް މެއެވެ. އިސްމާއިލް ހޯދަންފެއްޓީ ދެނެވެ. އޭނާވެސް އެބައުޅެއެވެ. ގަނޑުކޮށްފައި ތިބި މީހުންތައް ފުންޏަކަށް ޖަހަނީއެވެ. ނޫނެކެވެ. އަހަރެންނަށް ދެން އަންނަން އޮތް އެއްޗެއް އެނގެއެވެ. އެއުޅެނީ އަންދާލަންށެވެ. އޭނާ ކުރާ ކަމެއް އާންމުންނާއި ހިސާބަށް […]
ޝާން ގޮސް ދޮރު ހުޅުވާލުމަށްފަހު އެއްފަހަރު ގޭތެރެއަށް އަނެއް ފަހަރު ދޮރުމަތީ ހުރި މީހާއަށް ބަލާލިއެވެ. ލަޔާލްވެސް ދޮރުމައްޗަށް އެރިގޮތަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ދޮރުމަތީ ދަބަހެއް ހިފައިގެން ހުރީ އިމްލީއާއި އޭނަގެ މަންމަ އާރިފާއެވެ. ” ދައްތާ…..އަންގައިވެސް ނުލާ ކުއްލިއަކަށް…؟” ލަޔާލްއަށް ބުނެވުނީ އެވަރަށެވެ. މާހިރު އެތަނަށް އައިސް އެ ދެމައިން އެތެރެއަށް ވައްދައިފިއެވެ. އިމްލީ ދިޔައީ ލަޔާލްއާއި އެކު ލަޔާލްގެ ކޮޓަރިއަށެވެ. ” އިމްލީ..ކީއްވެ ކުއްލިއަކަށް މިކޮޅަށް އަންނަން ޖެހުނީ.؟” ލަޔާލް އިމްލީ އެނދުގައި […]
“އަހަރެންނަކަށް ނޭނގެ އާޔާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. . ޔޫ މޭކް މީ ފީލް ސްޕެޝަލް. . ” އަހަރެން އާޔާގެ އަތުގައި ހިފާ މަގަތަށް އަނބުރާލާފައި ބުނެލީމެވެ. އެވަގުތު އާޔާގެ މޫނުމައްޗަށް ޖަންބުކުލަ އަރައިގެންދިޔައެވެ. ލަދުރަކި ހިނިތުންވުމެއް އާޔާގެ ތުންފަތަށް ވެރިވިއެވެ. އާޔާގެ ރީތިކަން އޭގެ އިންތިޙާއަށް ފެނިގެން ދިޔައެވެ. އާޔާގެ ހިތުގައި އަހަރެންނަށް ޚާއްސަ މަޤާމެއް ވާކަން އަހަރެންނަށް އެވަގުތު އިޙްސާސް ކުރެވުނެވެ. “ވަން މޯތިންގް. . އަކް މިރޭ ދާން ޖެހޭނީ […]
”ލެޓްސް މޫވް…” ޒަލަފް ބުންޏެވެ. އޭރު ޒަލަފްގެ ވާހަކަ ތަކުން ރޫޔާ ހަމައަކަށް އެޅުނެވެ. އެކަމާމެދު ވިސްނިވަރަކަށް ޒަލަފް ބުނިހެން އިތުރަށް ހާސްވެ ކަންބޮޑުވުން ނޫންކަމެއް ނުވާނެއެވެ. ރޫޔާ ބެންޗުން ތެދުވަމުން ހިނިތުންވެލިއެވެ. ޒަލަފް އޭނައާއެކު ވާނެނަމަ ހާސްވެ ކަންބޮޑުވާ ވަރުގެ ކަމަކާ ދިމާނުވާނެއެވެ. ޒަލަފްގެ ލާނެތް ވާހަކަތަކާއި ސަކަ މިޒާޖުން ހިތަށް ފިނިކަން ގެނެސްދެއެވެ. ”ޔޫން…” ދުރުގައި ކުޅެން ހުރި ލުޔޫންއަށް ޒަލަފް ގޮވާލިއެވެ. ޒަލަފްގެ އަޑުއިވުމާއެކު ލުޔޫން ދުވެލާފައި އައެވެ. އޭރު އެދޮން މޫނުގައި […]