އަހަރެންނަށް ސިހިފައި ހޭލެވުނީ ދަރިފުޅު ރޮއެގަތް އަޑަށެވެ. އަވަހަށް ތެދުވެގެން ގޮސް ކުޑަ އެނދުގައި އޮތް 03 އަހަރުގެ ދަރިފުޅު އުރާލައި މައްސަލާކޮށްލަން މަސައްކަތްކުރީމެވެ. ނަމަވެސް ދަރިފުޅު ބާރުބާރަށް އޮވެގެން ރޮނީއެވެ. ހީވާގޮތުން ބިރުވެރި ހުވަފެނެއް ފެނުނީއެވެ. މަންމައާއި ބައްޕައަށް ގޮވަމުން ދިޔަ ދަރިފުޅު ހުއްޓުވޭތޯ މަސައްކަތްކުރަމުން ނާނާ ކިޔަމުން އެނދުގައި އަހަރެން އިށީނީމެވެ. “..ދަރިފުޅާ ލޫޝާ.. އެސޮރު މާވަރަކަށް ރޮނީ ކިހިނެއްވީ އަނެއްކާ..” އަހަރެންގެ ފިރިމީހާގެ މަންމަ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން އެތެރެއަށް ވަދެންގެން […]
މެންދުރުގެ ވަގުތެވެ. ފަޒްލާ އާއި މައިމޫނާ ތިބީ ބަދިގޭގައެވެ. މެންދުރުގެ ކެއުން ތައްޔާރު ކުރަމުން ދިޔައިރު އަވްޝަން އާއި ރާނިޔާ މާލެ އަންނަ ޚަބަރު ލިބިފައިވުމުން ގަދަޔަށް ކައްކާލަން ފަޒްލާ ބޭނުންވިއެވެ. މައިމޫނާ ފިޔައާއި މިރުސް ކޮށަން އިންއިރު ފުން ހިޔާލެއްގެ ތެރެއަން އޭނަ އިނީ ގެއްލިފައެވެ. އުމެއިރާގެ ވާހަކަތަކުން އޭނައަށް ކުޑަ ހަމަޖެހުމެއް ލިބިފައި ވިޔަސް ޒަލަފްގެ ވަނަވަރު ހޯދަން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޒަލަފް މުއްސަނދި ޢާއިލާއެއްގެ ކުއްޖަކަށް ވެއްޖެނަމަ ޔަޤީނުންވެސް ބޮލުން […]
“ސިއާން. . އަދިވެސް ނިދަން އޮތީތަ. . ޔަގީން މިއަދަކު ޗެކިން އަކަށް ލައްވާ ނުލާނެކަން. . ސިއާން. . ” ދޮރުގައި ތަޅައިގަތީ މަންމައެވެ. އަހަރެން ނުހޭލަނީ ކަމަށް ހީކޮށެވެ. އެކަމަކު އަހަރެންނަށް ވުރެ ކުރިން ހޭލި މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އޮސްޓްރޭލިޔާއިން އަހަރެންގެ ކިޔެވުން ނިމިގެން މާލެ އައިސް މިވީ ހަފްތާއެއްގެ ތެރޭގައި އަހަރެން މޮޔަވާން ކައިރި ނުވީ ކިރިޔާއެވެ. ކުޑައިރުއްސުރެ އުޅެ ބޮޑުވީ އޮސްޓްރޭލިޔާގައި ކަމުން އަހަރެން […]
ވަގުތަކީ ހަވީރު ވަގުތު ކަމުން ކުޑަކުދިން ތައް ކުޅެން އުޅޭ މައްޒަރު ބަލަން ދުރުގައި ހުރި ރުކެއް ގައި ލެނގިލައިގެން ލޫނާ ހުރި އިރު އެހެން އެއްވެސް ކަމަކަށް ސަމާލުކަން ނުދޭ ކަހަލައެވެ. މިހެން އިރު ކޮޅަކު ހުރުމައްފަހު އެނބުރިލި ވަގުތު މީހެއް ގެ ގައިގާ ޖެހި ވެއްޓެން ދިޔައެވެ. އެވަގުތު ބާރު ގަދަ އަތަކުން ލޫނާ ހިފަހައްޓާލާ ބެހެއްޓުމުން ލޫނާ ހިނިތުން ވެލަމުން އިސް އުފުލާ ކުރިމަތީ ހުރި މީހާ އަށް ބަލާލި ހިނދު ލޫނާ […]
”ބަލާބަ އެ އީނާއަކަށް، ޕިސް ޕިސް، ލަދެއްވެސް ނުގަނެއޭ މީހުން ގިނަ ތަނެއްގަ ހަށިގަނޑުގަ އޮޅުލައިގަނެގެން ތިބޭއިރު، ކީކޭ ދެން ބުނާނީ، ހުޅަނގުގެ ސްޓައިލަށް ވިއްޔާ އުޅެން ޖެހެނީ، އީނާ ކައިވެނި ކުރަން އުޅޭ ކުއްޖާތަ އެއީ؟……..” އުމެއިރާ ދެއްކީ އެމީހުންނާ ތަންކޮޅެއް ދުރުގައި ތިބި އީނާއާއި އަލްޔަސް އެވެ. އަމިއްލަ ދުނިޔެއަކަށް ދެޒުވާނުން ގެއްލިފައި ވާއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. މައިމޫނާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އުމެއިރާ އިނީ އަނގަޔަށް ނުބައި ގޮތެއް ލަދާލައިގެންނެވެ. […]
”މަންމާ…” ފާޚަނާއިން ނިކުތް ރޫޔާއަށް މައިމޫނާ ފެނުމާއެކު ބުނަލެވުނެވެ. މަންމަގެ މޫނު ބަނެވެފައި ވުމުން ސުވާލުމާކު ތަކުން ސިކުނޑި ހާސްކޮށްލައިފިއެވެ. ދެވަނަ ސިކުންތުގައި އޭނައަށް އަވަސް ނޭވަތަކެއް ދޫކޮށްލެވުނެވެ. އޭނަގެ ފޯނު އެއޮތީ މަންމަގެ އަތުގައެވެ. ޒަލަފްގެ ފޯނު ކޯލެއް އައީ ހެއްޔެވެ؟ ރޫޔާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ހިންދިރުވާލެވުނު ހިނދު ދެލޯބޮޑުކޮށްލެވުނެވެ. ދާހިތްލަން ވެސް ފަށައިފިއެވެ. އޭނަގެ ދުވަސް ދިޔައީއޭ ހިތަށް އެރިއެވެ. ”އަން، ރޫޔާގެ ބައްޕަ އެބަގުޅާ….” މައިމޫނާ ފޫހި ރާގަކަށް ބުނެލިއެވެ. ރޫޔާއަށް ފުންނޭވޭއެއް […]
“ސިއާން. . އަދިވެސް ނިދަން އޮތީތަ. . ޔަގީން މިޔަދަކު ޗެކިން އަކަށް ލައްވާ ނުލާނެކަން. . ސިއާން. . “ ދޮރުގައި ތަޅައިގަތީ މަންމައެވެ. އަހަރެން ނުހޭލަނީ ކަމަށް ހީކޮށެވެ. އެކަމަކު އަހަރެންނަށް ވުރެ ކުރިން ހޭލި މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އޮސްޓްރޭލިޔާއިން އަހަރެންގެ ކިޔެވުން ނިމިގެން މާލެ އައިސް މިވީ ހަފްތާއެއްގެ ތެރޭގައި އަހަރެން މޮޔަވާން ކައިރި ނުވީ ކިރިޔާއެވެ. ކުޑައިރުއްސުރެ އުޅެ ބޮޑުވީ އޮސްޓްރޭލިޔާގައި ކަމުން އަހަރެން […]
ތޫމާގެ ހަޔާތް އަހަރެން ހަދާން ހުންނަން ފެށީއްސުރެ އަބަދުވެސް މަންމައާއި ބައްޕަ ޒުވާބުކުރެއެވެ. ކުދިކުދި ކަންތަކާ ބައްޕަ ރުޅިއިސްކުރަނީއެވެ. މަންމަވެސް ހަމަ އެފަދައެވެ. އަހަރުމެން 2ކުދިންނަށް އެކަމުން ކުރާނެ އަސަރު އެއްވެސް މީހަކު ވިސްނައެއް ނިލައެވެ. އަބަދު ޒުވާބުކުރުމެވެ. އަހަރެންނަށް 19 އަހަރުވިތާ ތިން މަސްފަހުން އަހަރެންނަށް އެގުނީ މަންމަމެން ވަރިވިކަން، އެދުވަހުއަހަރެން ވަރަށް ރުއިމެވެ. ހެދުނު ހޭލައިގެން ބޭރަށް ނުކުންނައިރު ކޮންމެ ދުވަހަކު ފެންނަ މަންމަގެ މޮޅިވެރި މޫނު ނުފެނުމުން ދެރަވިއެވެ. ނަމަވެސް ރޭގައި މަންމަގެ […]
ލަޔާލް ރޮއި ގަންނަމުން އެ ރިޕޯރޓް ބޮނޑިކޮއްލިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އުފާވެރިކަމުގެ ހިނިތުންވުން ތުންފަތްމަތީ ދުވެނުލަނީސް ކަރުނައިގެ ސާލެއް ލެވުނީއެވެ. އިންތިޒާރަށް ފޮނި ނިމުމެއް ގެނެވިއްޖެ ކަމަށް ހީކުރެވުނު ވަގުތު ކަޅު ވީލާތަކުން ދިރިއުޅުން ދެވަނަ ފަހަރު ބަނަކޮއްލައިފިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހެންފަށައިފިއެވެ. ލަޔާލް ދެރަވެފައި ރޯން އިން މަންޒަރަކީ ޝައުފްއަށް އެންމެ ބަލަން އުދަނގޫވި މަންޒަރެވެ. ލަޔާލް ގެނެސް ޝައުފްގެ މޭގައި ޖައްސާލަން ހިތް އެދެމުން ދިޔައެވެ. ޝައުފް އިށީދެ އިން […]