Skip to content
އެސްފިޔަ

އިންތިހާއަށް ލޯބިދީފާ. . [3]

ކުއްލިޔަކަށް ހަންޓޭ އަހަރެން ނަގަނަގާ އޮތް ފޮތްމަތީގައި އަތުންޖަހާވައްޓާލިއެވެ. އެއާއިއެކު އަހަރެންނަށް ހަންޓޭއަށް ބަލައިލެވުނެވެ. އޭނާހުރީ ރުޅިއައިސް ރަތް ވެފައެވެ. އެމަންޒަރު ބަލަން ދެންތިބި ކުލާސް ކުދިން ތިބީ ފިނިވެ އަނގައިން ބުނަންވެސް ނުކެރިފައެވެ.

އަހަރެންވެސް އިތުރަށް އަނގައިން ނުބުނެ ގޮނޑިން ތެދުވެ ރަނގަޅަށް ހިންދެމިލީމެވެ. އޭރު ހަންޓޭ އާއި އޭނާގެ އެކުވެރިން އަރަނީ އަހަރެންގެ ދަތްދޮޅިއާއި ހަމައަށެވެ.

      “ކޭ ކީއްވެ މަގޭ ބިޓާ ބެހުނީ. . ” މޭފުޅާކޮށްލާފައި ހަންޓޭ އައިސް އަހަރެންގެ މޭގައި އިނގިލި ޖައްސާފައި ބުންޏެވެ. އަހަރެން ވަގުތުން އަރާފައި އޮތް އޮޅުން ފިލުވައި ދިނީމެވެ.

      “އަހަރެން ޔާޝާ އަކާ ނުބެހެން އިނގޭ. .  އަހަރެން ހަމައެކަނި އޭނަގެ ނަން އަހާލީ. . އަހަރެންނަކަށް ނޭނގެ އޭނަ އަކީ މީހެއްގެ ބިޓެއް ކަމެއް. . ” އަހަރެން ހަމަޖެހިލާފައި ވާހަކަދެއްކީމެވެ.

       “ކަލޭ ނުޖެހޭނެ އޭނަގެ ނަން އަހާކަށް އެނގިއްޖެ. . ” ހަންޓޭ އަހަރެންގެ މޭގައި އަތް އަޅާކޮއްޕާލިއެވެ. ކުލާހު ހުރިހާ ކުދިންގެ ތެރޭގައި ހަންޓޭ ކުރި ކަމަކުން އަހަރެންގެ ލޭ ކެކޭ ގޮތް ވިއެވެ.

      “އޭ. . މިހާރު މާ މައްޗައް އިނގޭ ތިދަނީ. . ވާހަކަ ދައްކާނީ އަނގައިން. . ގަޔަށް އަތް ލާ ހިސާބަށް ގޮސްގެންނުވާނެ ދޯ. . ” އަހަރެން ރުޅިއައިސް ފައި ނަމަވެސް ވިސްނުވާދެވޭތޯ ބެލީމެވެ. ނަމަވެސް އެކަން ވީ އަލިފާން ގަނޑަކަށް ތެޔޮ އެޅުން ކަހަލަ ކަމަކަށެވެ.

     “ކައޭ ކިހިނެއް ހަދާނީ. .  މިއަތްލީ. . އަން މި އަތްލީ. . އެނ. . މިއަތްލީ. . ކައެއަށް ކިހިނެއް ހެދޭނީ. . ” ހަންޓޭ އަހަރެންގެ މޭގައި އަތް އަޅާ ކޮއްޕަމުން ގޮސް ކުލާހު ފަހަތު ފާރައް ތަތްކޮށްލިއެވެ. އަހަރެންގެ ލޭކެކެމުން ކެކެމުން ގޮސް ކޮންޓްރޯލް ނުވާވަރުވިއެވެ. ނަމަވެސް އަހަރެން ބެލީ ބޮޑެތި ކުދިންތަކެއްކަމުން އަތް އިސް ނުކޮށް ހުންނާށެވެ.  އެވަގުތު ހަންޓޭ އައިސް އަހަރެންގެ ލަފުގައި ހިފާ ކައިރިޔަށް ދަމާލިއެވެ.

        “ރާއްޖެތެރެއިން ތިކަހަލަ ރަނޑުން އައިސް މާލޭގަ ފާޑު ފާޑަށް ތެޅެން ނަހަދައްޗޭ. . ފުނޑާލާ ތޯބަލަން. . ” ހަންޓޭ އެހެން ބުނުމާއިއެކު އަހަރެންނަކަށް ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ވަގުތުން އަހަރެންގެ ލަފުގައި ހިފައިގެން އޮތް އަތް ފޮޅުވައިލީމެވެ.

       “އަން ފުނޑާ ބަލަ. . ” އަހަރެން އައިސްފައި ހުރި ރުޅިން ހަންޓޭގެ މޭގައި އަތް އަޅާ ކޮއްޕާލަމުން ބުނީމެވެ. އެއާއިއެކު ވިއްސައިގެންގޮސް އެތާނގައި ހުރި މޭޒެއްގެ މަތިން އަނެއްފަރާތައް އޭނާ ވެއްޓުނެވެ. އެތަން ބަލަން ދެން ތިބި ދެކުދިން އަހަރެންނާއި ދިމާކޮށްލަން އުޅުމުން އަހަރެން ރުޅިގަދަވެގެން ލޯއަޅައިލީމެވެ. އެއާއިއެކު އަހަރެންނާއި އިތުރަށް ކުރިމަތިލާން ނުކެރި ފަހަތައްޖެހެން ފެށިއެވެ. ހަންޓޭވެސް ވެއްޓުނު ގޮތުން ފަޔަށް ތަދުވެ އިތުރަށް އަހަރެންނާއި ކުރިމަތިލާން ނުކެރި އިނގިލި ދިއްކޮށްލާފައި ވިސްނައިގެން ހުރުމަށް އިންޒާރެއް ދީފައި ނިކުމެގެން ދިޔައީއެވެ. އެމަންޒަރު ބަލަން ކުލާހުގައި ދެން ތިބިކުދިން އިތުރަށް ހައިރާންވެ އަހަރެންނަށް ވަރަށް ތަޢުރީފުކޮށް ހެދިއެވެ. ކުލާހުގައި ހުރި އެންމެ ބިރުކުޑަ މީހާއަށް އަހަރެން ވެއްޖެއެވެ. އެންމެ ނުލަފާ އަރުވާ ޝަމީމް އާއި ލަޔާން ވެސް އައިސް އަހަރެންގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެހިސާބުން އަހަރެން ކުލާހުގެ ހީރޯއަށް ވެގެން ދިޔައެވެ.

           އޭގެފަހުން އެކުދިންގެ އެދުމަށް ސްކޫލް ނިންމާފައި އެކުދިންނާއި ބައްދަލުކޮށް ހަދަމެވެ. ގެޔަށް ގޮސް އެއްޗިހި ބަދަލުކޮށްލާފައި ގުރޫޕު މަސައްކަތެއް ކުރަން ކަމަށް ބުނެ ފޮތް ހިފައިގެން އަހަރެން ނިކުމެގެން ދަނީ ބުރުޒުމަގު ފްލެޓަށެވެ. އެކުދިންނާއި އެތާނގައި ތިބެ ވާހަކަދައްކާ މަޖާކޮށް އުޅެމެވެ. އޭގެ ތެރެއިން ގިނަކުދިންނަކީ ސިނގިރޭޓް ވެސް ބޯ ކުދިންނެވެ. އެމީހުން ސިނގިރޭޓް ބޯތަން ފެނުމުން އަހަރެން މުޅިން ހައިރާންވިއެވެ. ބޮޑެތިމީހުން ކުރާކަހަލަގެ ކަމެއް އެމީހުން ކުރާތީއެވެ. އެއީ ސްކޫލުންވެސް މަނާ ކޮށްފައި ވާ ކަމަކަށް ވީމައެވެ. ނަމަވެސް އެއީ މާ ކޫލް ކަމެއް ކަމުގައި އެކުދިން ވިސްނުވައި ދިނެވެ. އަދި އެކި އެކި މޮޅެތި ގޮތްތަކަށް ސިނގިރޭޓް ބޮއި ދުން ބޭރު ކުރާނެ ގޮތް ދައްކައި އުޅެއެވެ. އަހަރެން ވަރަށް ނުބޯން ގަދަހެދީމެވެ. އެކަމާ އެކުދިން ވަރަށް މަލާމަތް ވެސް ކުރިއެވެ. ނަމަވެސް އަހަރެން ހިތްވަރުކޮށްލީމެވެ.

         މާގިނަ ދުވަހެއް ނުވެ އަލަށް އަހަރެންވެސް ސިނގިރޭޓަކުން ޕުލް އެއް ޖަހާލީމެވެ. ފުރަތަމަ އެތިކޮޅު ކަރުން އެނތެރެ ވުމާއިއެކު އަހަރެން ހާސް ވެ ކޮށި އެރިއެވެ. ބޮލަށް އެނބުރުންވެސް އެރިއެވެ. ނަމަވެސް މަޑު މަޑުން އެކަން އެއީ އާންމުކަމަކަށް ވެ ވަމުން ދިޔަ އުނދަގޫ ގަނޑު ކެނޑުނެވެ.

          އަހަރެންގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަވެ ޓީޗަރުންވެސް އެވާހަކަ ދައްކަން ފެށިއެވެ. ކުރިން ކުލާހުގައި އިންނަ ބަސްއަހާ އަކްޔަން މިހާރު ކުލާސް ތެރޭގައި އުޅޭ އެންމެ ނުލަފާކުދިންނާއިއެކު ސަކަރާތް ޖަހާ ވާހަކަ ބެލެނިވެރިންގެ މީޓިންގައި ވެސް ފަހީމާއްތަ ގާތުގައި ބުނެފިއެވެ. ނަމަވެސް ފަހީމާއްތަ އެކަމަކާ މާބޮޑަކަށް އަޅައެއް ނުލައެވެ. އެހެން ނޫޅުމަށް ބުނެލުން ފިޔަވާ އިތުރު އެއްޗެކޭވެސް ނުބުނެއެވެ.

          ހަންޓޭ އާއި އެކު ދިމާވި ޙާދިސާއަށް ފަހު އެސްކޫލުން އަހަރެންނާއި ދިމާކޮށްލާފައި އަންނަން އެހެން އެއްވެސް ބަޔަކަށް ނުކެރުނެވެ. އެހެން ކަމުން އަހަރެންނަށް ސްކޫލް ތެރޭގައިވެސް ފުރިހަމަ މިނިވަން ކަން ލިބިގެން ދިޔައެވެ. އަންހެން ކުދިންނާއި ޖެއްސުން ކުރުން ވެސް ދިޔައީ ދުވަހެއް ދުވަހަކަށް ވެރެ އިތުރުވަމުންނެވެ. ނަމަވެސް އެއްވެސް ކުއްޖަކާ މާ ގާތް ގުޅުމެއް ނުބާއްވަމެވެ. ނުކެރެނީއެވެ. އެހެން ހުރިހާ ރައްޓެހި ކުދިން ވެސް އުޅެނީ އަންހެން ކުދިންނާއި ރައްޓެހިވެގެންނެވެ. ފްލެޓައް ގޮސް އެކުދިންނާއި ބައްދަލުކޮށްވެސް ހަދައެވެ. އަހަރެމެންގެ ކުރިމަތީގައި ގައިގޯޅިވެ ގޮތްގޮތައްވެސް އުޅެއެވެ. އަހަރެންނަށް ލަދުން އިސްޖަހާ ލެވެނީއެވެ. ނަމަވެސް މިކަންތައް މިގޮތަކަށް މާ ގިނަދުވަހަކު ދެމިއެއް ނުދިޔައެވެ. އަހަރެންނަށް ރައްޓެހިންގެ މަލާމަތް ރައްދުވާން ފަށައިފިއެވެ. އެންމެ ފަހުން އަހަރެންވެސް އެމީހުންގެ ކިބައިން ސަލާމަތް ވުމަށް ކުއްޖަކާ ރައްޓިހި ވާންވެސް ޖެހިއްޖެއެވެ. ނަމަވެސް ރައްޓެހި ވާނީ ކާކާއިހެއްޔެވެ؟

        ޖެހިގެން އައި ދުވަހު ސްކޫލަށް ވަދެގެން އަހަރެންދިޔައީ ހުރިހާ އަންހެން ކުދިންނަށް ވަކިވަކިން ބަލަމުންނެވެ. އަހަރެންނަށް އެންމެ ރީތި ކުއްޖަކަށް މުޅި ސްކޫލުންވެސް ފެނުނީ ގްރޭޑް 9 އެއްގެ އަންހެން ކުއްޖެކެވެ. ބުރުގާ ނާޅާ ހުރި ކުއްޖެކެވެ. އެހެންކަމުން އަހަރެން ބޭނުންވީ އެކުއްޖާއާއި ރައްޓެހި ވާށެވެ. އެއީ އަހަރެންނަށް ވުރެ ބޮޑު އަންހެން ކުއްޖަކަށް ވިޔަސް ފަރުވާލެއް ނެތެވެ. އެކުއްޖާ ރީތި ވެފައި ވަނާތައް ނުހަނު ފުރިހަމައެވެ. އެހެންވީރު އެ ނިމުނީ ތާއެވެ.

        އިންޓަވަލް ގަޑިއަށް ކުދިން ނިކުމެ ކެންޓީނަށް ގޮސް އުޅެއެވެ. އެކުއްޖާއާއި އަދިވެސް ދެތިން އަންހެން ކުދިންނެއް ވަކިން ބަޔަކަށް ތިބެ ވާހަކަ ދައްކަމުން ދިޔައެވެ. އެ ކުއްޖާ އަތުގައި ފޮތެއް އޮތްތަން ފެނުމާއިއެކު އަހަރެންގެ ގާތަށް ލާނެތް ހިންޏެއް އައެވެ. އެއާއި އެކު ސެމް އާއި ލަޔަން ގޮވައިގެން އެދިމާލަށް ދިޔައީމެވެ. އެއަންހެން ކުއްޖާއާއި އަރާ ހަމަވެފައި އަހަރެން ފޮތް ދަމައި ގަތީމެވެ. އެއަށްފަހު އޭގައި އިން ނަން ރަނގަޅަށް ކިޔާ ލީމެވެ. ޔާސްމީން އެވެ. ނަންވެސް އެހައި ހިތްގައިމެވެ. އަހަރެން ނަން އެނގުނުކަމަށް ނަހަދާ ދިމާކޮށްލީމެވެ.

       “ހާދަ ރީތި ފޮތެކޭ. . މަށަށް ދޯ. . “އެކުއްޖާ ކުރިމައްޗަށް ހުއްޓި ބޯއަރި ކޮށްލާ އަހަރެން ލޮލުގެ ކުޑަކޮޅުން ބަލައިލީމެވެ. އެއާއިއެކު އެކުއްޖާގެ ރީތި އަޑުވެސް އިއްވާލިއެވެ.

       “އުނހުނ ގެނޭ ފޮތް. . ” ދެލޯ އަޅާލަމުން އެކުއްޖާ އަތް ދިއްކޮށްލިއެވެ.

       ” ފޮތް ދޭ ހިތެއް ނެތް. . ” އެހެން ބުނެފައި އަހަރެން ފަސްއެނބުރި ހިނގައި ގަންނަ ކަމަށް ހެދީމެވެ.

      “ދޭށޭ ފޮތް. . !” ކުރިއަށްވުރެވެސް ބާރަށް ހިންހަމަ ނުޖެހިފައި އެކުއްޖާ ބުނެލިއެވެ.

     “އެންމެ ރަނގަޅު. . ތި ރީތި ދެބުމައިގެ ގޮށް މުހާލާފައި ތި ލޯބި ތުންފަތުން ހީނލާފައި ނަން ބުނެލަދީ. . އޭރުން ދޭނަން. . ” އަހަރެން އެ އަންހެން ކުއްޖާއާއި ކުރިޔަށް ވުރެވެސް ކައިރިޔަށް ޖެހިލާފައި އިޝްޤީ ގޮތަކަށް ބުނެލީމެވެ.  އެއާއި އެކު އެއަންހެން ކުއްޖާގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އެހާ ފާޅުގައި އެގޮތަށް ތަޢުރީފު ކޮށްލީމައެވެ. އެންމެ ފަހުން އިރުކޮޅަކު އިސް ޖަހައިގެން އިނދެފައި އިސްއުފުލައި ލިއެވެ. އެ ތުންފަތުން ފެނިގެންދިޔައީ ލަދުރަކި ހިނިތުން ވުމެކެވެ.

      “ޔާސްމީން. . ” އެހެން ބުނެފައި އަނެއްކާވެސް އަތް ދިއްކޮށްލިއެވެ.

      “ނަންވެސް ހަމަ އެހާރީތި. . އަހަރެން ކިޔާނީ ޖޭޒްމިން. . އެންމެ ރަނގަޅުތަ. . ” އަހަރެން ފޮތް ދިއްކޮށްލަމުން އިޝްޤީ ގޮތަކަށް ބަލައިލީމެވެ. އެވަގުތު ގްރޭޑް 10 އެއްގެ ހައެކަ ފިރިހެންކުދިން އައިސް އަހަރެމެން ވަށާލައިފިއެވެ.

       “ކަލޭ ޔާސް އަށް ކޮން ބަލާއެއް ތި ބޮޑު ކުރަނީ. . ” ހިތްހަމަ ނުޖެހިފައި އެތަނުން އެކަކު އަހައިލިއެވެ. އަހަރެން އެ ހުރިހާ މީހުންގެ މޫނަށް ވަކިވަކިން ބަލައިލީމެވެ. އޭގެތެރެއިން ތަންކޮޅެއް ދިގުކޮށް ކަޅުކޮށް ހުރި ކުއްޖާ އަދި ވަކިން ރުޅި ގަދަވެފައި ހުރިހެން ހީވެއެވެ. ޔާސްމީން ބަލާގޮތުންނާއި އެކު އެދެމީހުންގެ ގާތް ގުޅުމެއް އޮންނަކަން އަހަރެންނަށް ލަފާ ކޮށްލެވުނެވެ.

      “ތިކަހަލަ ވާހަކަ ނުދައްކާ އިނގޭ. . އެކަކަށްވެސް ނުކެރޭނެ ޔާސް އާއި ބަލާބޮޑުކުރާކަށެއް. . ދޯ ޖޭޒް. . ” ޖެހިލުމެއް ނެތި އަހަރެން ބުނެލީ މެވެ. ޔާސްމީން އަނގައިން ބުނާނެ އެއްޗެއް ނޭނގިފައި ރަކި ހިނިތުންވުމެއް މޫނު މައްޗަށް ވެރިކުރުވައިގެން ހުއްޓެވެ.

     “ދެން ކަލޭ މިތާނގަ ކީއްތިކުރަނީ. . އެއީ ކަލެއަށްވުރެ އުމުރުން ބޮޑު ކުއްޖެއްކަމެއް ނޭނގޭތަ. . އެއީ މިހިރަ ކަނދޮޅޭ ގެ ބިޓު ކަމެއް ކަލެޔަކަށް ނޭނގޭތަ؟” އަނެއްކާވެސް އެކުދިންގެ ތެރެއިން ކުއްޖަކު ބުނެލިއެވެ.

     “އަހަރެންނަށް ވުރެ އުމުރުން ބޮޑު މީހުނާ ވާހަކަ ވެސް ނުދެއްކޭނެތަ؟. .  ޖޭޒްގެ ރީތިކަމުގެ ވާހަކަ މި ދައްކަނީ. . ބަލާލަ އެހެރަ ލަދުރަކި ހިނިތުންވުމެއް. . އެންމެ ފަހަރަކުންވެސް ހިތް ކިޔައިފި. . އެހެރަ ލޯބި ލޮލެއް. . އެންމެ ނަޒަރަކުންވެސް ހިތް ކަތިލައިފި. . ތިތަނަކު ނެތް އެކަހަލަ ރީތިކުއްޖަކާ އެކަށީގެން ވާވަރުގެ މީހެއްވެސް. . ޖޭޒް އަހަރެންނާ ރައްޓެހިވާން ކެރޭނެތަ. . ؟” އެއެންމެންގެ ތެރޭ ކުޑަކަކޫ ޖަހާލާފައި އަހަރެން އަހައި ލީމެވެ. އެއާއިއެކު ޔާސްމީން އަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އެތަނުން އެކެއްގެ ބޫޓުގެ ހަމަލައެއް އަހަރެންގެ ބަރަކަށްޓަށް އަރުވައި ލުމާއެކު އަހަރެން ޔާސްމީންގެ ފައިބުޑަށް ވެއްޓިއްޖެއެވެ. ނަމަވެސް އެމީހުންގެ އެއްވެސް ކަމަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ.

     “ޔެސް އޯ ނޯ. . ” ވަރަށް ސާބިތުކަމާއެކު އަނެއްކާވެސް އަހަރެން އަހާލީމެވެ. އޭރު އެކުދިންތައް އައިސް އަހަރެންގާގައި ހިފަހައްޓާގަނެގެން އަހަރެންގެ ގައިގެ އެތަން މިތަނަށް ގޮންމުށުގެ ހަމަލަތައް އަރުވަމުން ދިޔައެވެ. އެވަރުންވެސް އަހަރެން އަހަރެންގެ ގޮތުގައި ހުރީމެވެ. “ޖޭޒް. . އެމީހުން ކިތަންމެ ވަރަކަށް ތެޅިޔަސް ޖަވާބެއް ނުލިބިއެއް ނުދާނަން. .” އަހަރެން ޔާސްމީންއަށް ކަޅިވެސް ޖަހައިނުލާ ބަލަންހުރެ ގަދަކަމުން ބުނެލީމެވެ. އެތަން ފެނިފައި ބައެއް ޓީޗަރުންނާއި ސުޕަވައިޒަރުން އެއްވާންފެށިއެވެ.

    “ޔެސް. . “އެވަގުތު ޔާސްމީންގެ އަޑު އެންމެންގެ ތެރޭގައި ގުގުމާލިއެވެ. އެއާއިއެކު އަހަރެން ވަށާލާފައި ތިބިކުދިން އަހަރެންގެ ގައިން ދޫކޮށްލައިފިއެވެ. އޭރު އަހަރެންގެ ބެގީ ނެއްޓި ޔުނީފޯމުގެ އެތަންމިތަނުން ވަނީ ވީދައިގެން ގޮސްފައެވެ. ކަނދޮޅޭ އަހަރެންނާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާފައި ޔާސްމީންއަށް ބަލާލާފައި ދެފައިކޮޅަށް ބާރުލާފައި ހިނގައިގަތީ ކުލާސްރޫމް ތަކާ ދިމާލަށެވެ. ޔާސްމީން އޭނާގެ އެކުވެރިންނާއިއެކު ދާން ހިނގައިގަތެވެ. އެއާއެކު ފަސް އެނބުރި އަހަރެންނަށް ބަލައިލިއެވެ. ޗާލު ހިނިތުންވުމެކެވެ. އެންމެފަހުން އަހަރެންވެސް ކުއްޖަކާ ރައްޓެހި ވީއެވެ. ވީއުފަލުން ގައިގެ އެތަންމިތަނަށް ވަމުންދިޔަ ތަދުވެސް އިޙްސާސް ނުކުރެވޭ ކަހަލައެވެ.

      އަހަރެންނާއި ކަނދޮޅޭގެ ގުރޫޕްގަނޑު އެއްކޮށް އޮފީހަށް ގެންދެވުނެވެ. އަހަރުމެންގެ ކޮންމެ މީހަކާ ވަކިވަކިން ސުވާލުކޮސް ހެދިއެވެ. އެންމެ ފަހުން މައްސަލަ ނިމުނީ ކަނދޮޅޭ މެންގެ ގުރޫޕް ހުރިހާ ކުދިން ހަފްތާއަކަށް ސަސްޕެންޑް ކުރާ ގޮތަށެވެ. އަހަރެން ގެޔަށް ފޮނުވާލީ ޔުނީފޯމް ބަދަލުކޮށްގެން އަންނާށެވެ. ގެހުންނަނީ މާދަރުގައި ނޫންކަމުން ވަރަށް އަވަހަށް އަހަރެން ގެޔަށް ގޮސްފައި އައީމެވެ. އަހަރެން ކުލާހަށް ވަނުމާއިއެކު ކުލާހުގެ ހުރިހާ ކުދިންނެއް އަހަރެންނަށް މަރުހަބާ ކިއެވެ.

       “ޑޫޑް ޔޫ އަރ އޯސަމް. . އެހުރިހާ އެންމެންގެ ކުރިމަތީގަ ޔާސްމިން އާއި ރައްޓިހިވާން އެހީ. . ” ރިޙްޝާންގެ ވާހަކަ ފުރިހަމަކޮށްދިނީ ލަޔަން އެވެ.

     “އެވެސް އޭނަގެ ބިޓުގެ ކުރިމަތީ. . އަދި ކަކޫޖަހާލާފަ. .  ދަޓްސް ރޮމް ބްރޯ. .”

     “އަކް މަގޭ ކައިރީ އެގޮތަށް އެހިނަމަ މަވެސް ވީމުސް. . ” ނަޝާޔާ ހީނލާފައި އަހަރެންނާ ދިމާކޮށްލިއެވެ. ކުލާހުގަ ޓީޗަރެއް ހުރިކަންވެސް އެނގޭ އެއްވެސް ކުއްޖެއް ނެތެވެ. އެކަހަލަ ގޮތަކަށް ގޮސް އެދުވަހުގެ ސްކޫލް ނިމޭ ގަޑި ޖެހިއްޖެއެވެ. އަހަރެންނަށް އިންތިޒާރު ކުރެވެނީ ސްކޫލް ނިމިގެން ޔާސްމީން އާއި ދިމާވާނެ ވަގުތަކަށެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިޔަދު ގަޑި ކިޔަން އަހަރެން ނިންމީމެވެ.

       ސްކޫލް ނިމުމާއިއެކީ ފޮތް ދަބަސް ހިފައިގެން އަހަރެން ނިކުންނަން ދިޔައީމެވެ. ޔާސްމީން އަހަރެން އަންނަންވާއިރަށް ގޭޓް ކައިރީގައި ރައްޓެހި ދެތިން ކުއްޖަކާއެކު މަޑުކޮށްލައިގެން ހުއްޓެވެ. އަހަރެން އައިސް ޔާސްމީންގެ ކުރިމަތީގައި ހުއްޓުނީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޔާސްމީންގެ މޫނަށް ޖަމްބުކުލަ އަރައިގެން ދިޔައީ ލަދުންގޮހެވެ. އަހަރެން އެހާ ކައިރީގައި ހުރުމުން ޔާސްމީން އަށް ކުރުވަމުން ދާނެ އަސަރެއް އަހަރެންނަކަށް ބުނެދޭކަށްވެސް ނޭނގެއެވެ.

         “މިރޭ ސެވަންގަ އާދޭ ފްލެޓް ކައިރިޔަށް ވެއިޓްކުރާނަން. . ” އެހެން ބުނެފައި އަހަރެން އިތުރު އެއްޗެއް ނުބުނެ ދެންތިބި އަންހެންކުދިންނަށް ވިންކެއް ދެމުން ސްކޫލުން ނިކުންނަން ހިނގައިގަތީމެވެ. މައްސަލަ ހޫނުވެފައި އޮތްވަރު އެނގުނީ ދެންތާއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (44)

  1. GuDuMeena

    ގުޑޫގެ ވާހަކަތައް ގަވައިދުން ކިޔާ ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން މިރޭ 8 ގަ އަޕްކޮށް ނުދެވުނީތީ. . ގުޑޫމެން ރަށު ދައްތައެއް މިޔަދު ނިޔާވީ. . ސޯ ޖަނާޒާގެ ކަންތައްތައް ނިމުނުހާ އަވަހަކަށް އައިސް އަޕްކޮށްދިނީ މި. . ހޯޕް ޔޫ އޯލް ވިލް ލައިކް ދިސް ޕާރޓް ޓޫ . .

  2. me

    like like like!! 🙂 dhigu dhigu koh kiyaalan beynumee aslu..hehe.. reethikamun heevanee maa kuree hen!! super igey hama! waiting for the next part!! 🙂

    1. GuDuMeena
      me

      ehehe. . Thanks ‘Me’. . next part miah vure dhigu kohladheynan Insha Allah. . 🙂

  3. ishaa

    Just amazing….next part avaha up kohdhehchey gudu… 🙂 gud night

    1. GuDuMeena
      ishaa

      Thanks Ishaa. . Gud nyt. . slyp tight:)

  4. liuu

    vvvv nice vaahakei mii….kury dhe prt ah cmnt nukurias kin ingey….vvvv salhi…hama habeys…….hey gudu cover pic change kohleveykah netha

    1. GuDuMeena
      liuu

      Ohw realy. . Thankew Liuu. . u mean cover pic in my fb page tha? huh

  5. poh

    v happy vejje avahah up kohdhınyma vaahaka v reethı kıya hıthun huhta e nımuny gudu haadha ragalhay dhw vaahaka avahah up kohdheythı thı gothuga hıfahahtaa lanıkoh kıyun therın ıthubaaru kura lıun therıyakah gudu vedhaane

  6. poh

    v happy vejje avahah up kohdhınyma vaahaka v reethı gudu haada ragalhay dhw vaahaka avahah up kohdheythı thı gothuga hıfahahtaa lanıkoh kıyun therın ıthubaaru kura lıun therıyakah gudu vedhaane

    1. GuDuMeena
      poh

      Thanks ‘Poh’. . 🙂 v.ufaavejje ‘poh’ge comment kiyaalaafa. . In Sha Allah Balaanan kiyuntheringe ithubaaru libeyfadha liyuntheriyakah veveytho. . love u all. . 😀

  7. lai

    Vvvvvvvv reethi vaahakaeh me

    1. GuDuMeena
      lai

      Realy. . u think so. . Thanks lai 🙂

  8. yaana

    gudu aslu varah happy boys kudhinge feelings thakah story liyaathi cox abadhu emen story liyanii girls kudhinge feelings thakah…..varah dhuvax veyjje mikahala story akah inthixaar kuraathaa.. sooooooooooo happy …..n gudu araamaguga up kuri flarteh varah salhi……. guduge story thah hama habeyx……..heskiyaafa obinove…….SIX MEDICINE ………….

    1. GuDuMeena
      yaana

      Ohw thankew Yaana. . <3 So happy to knw u read my writings. . other than stories. . :)and does that mean i am a good writer?? a

  9. Rooya

    haadha kurey.. but awsm…

    1. GuDuMeena
      Rooya

      ehehe sowwie for that Roo. . next part thankolheh dhigu kohleveytho balaanan. . 🙂 ok

  10. luvly grl

    omg.. mioh rythi story eh… i jst luv it.. 🙂 waiting fr the next part..

    1. GuDuMeena
      luvly grl

      ehehe. . Thankx Luvly Grl. . Do read the next part too 🙂

  11. މުތާ/ ސ.ހިތަދޫ

    varah reethi ingei, miadhu mi kiyaali mivaahaka, cmmnt nukurevunas kiyaanan ingey mi story, ur way of description and style is very unique and great, ehaa avahah nunimahchey vaahaka dhigukohlaathi mi vaahaka , gud luck 🙂

    1. GuDuMeena
      މުތާ/ ސ.ހިތަދޫ

      OMG i cant believe it Mutha u comented on my story. . <3 <3. . Glade to know that u liked it. . and have to say Sorry Mutha and all my fans have already finished writing this story. . and its not SO long. . But reethi gothakah ninmaalaafa innaany. . 🙂

  12. thii

    U knw gudu i dnt even read stories from the view of first person bt gudu ge vaahaka tha unique kamun just cnt stop reading..keep updating nd will surely read all the parts..in sha allah

    1. GuDuMeena
      thii

      Ohw. . v.Ufaavejje Thii ah kaudhiya iyma mi story. . 🙂 <3 Thenkew

  13. ASH

    Gudhu mi konme dhuvahakuves up kura vaahakaehtha

    1. GuDuMeena
      ASH

      Yes ASH. . mi vaahaka nimendhen konme reyaku 8pm ga upkuraanan In Sha Allah

  14. neem

    Varah saLhi!!! 🙂 Waiting… waiting….waiting 😀

    1. GuDuMeena
      neem

      Just few more hours. . till 8pm

  15. fai

    Next part upload vaani konirakunths v v v vvvvvvvvvvvvvvvvvvvvvvvvbbbbbbbbbbb kiyaa hiythun mihuri v nice story eh keep it up

    1. GuDuMeena
      fai

      oh thankx fai. . . mirey hama 8 ga kohdheynan. . In Sha Allah

  16. lady

    vrh reathi mibai ves

  17. GuDuMeena

    ohw Lady. . Thankew so much. . <3

  18. mink

    nyc

    1. GuDuMeena
      mink

      🙂

  19. naj

    mi vaahakaige in pic badhalu kohdhevidhaanetha gudu
    thankolheh nice pic akah
    plxxxx
    BTW this part is just amaxing
    thx for updating so quickly gudu
    this is one of the best and amaxing and most beautifu story i ma ever reading
    i am one of your biggest fan gudu 😉
    🙂
    D:

    1. GuDuMeena
      naj

      Ohw Naj. .SO happy to c ur comment. . I’ll try to edit a new pic for the story. . Any thing for a fan right 😉

    2. GuDuMeena
      naj

      I have changed nw. . Hope u liked it. . 🙂

  20. Melody

    This is the best story ever! Its soooooo realistic…

    1. GuDuMeena
      Melody

      3>Thankew Melody . . 🙂

  21. shy nee

    Waiting ga v v v reethi

    1. GuDuMeena
      shy nee

      Thankx Shy nee. . 🙂

  22. princess

    …..wow GUDU…u r doing a fabulous job…. i apretiate ur hard work… and vvvv nice this part… god bless u….THAKU 4 entertaining us..

    1. GuDuMeena
      princess

      Ohw Princess. . Thats SOOO SWEET of uw. . 🙂 <3 God bless u too and ur mst welcome

  23. shihko

    Koba vaahaka ..??? Now 8:03

  24. jaz

    ab kyaa hua…. kyu dheyr hora haa hay

  25. GuDuMeena

    ކޮންމެހެން އިތުރު ބަހަނާއެް ދައްކާކަށް ބޭނުމެއްނެތް. . ބަޓް ނެޓް ސްލޯ ވަރަށް. . :p މިހާރު އަޕް ކޮށްފިން. . ތެންކްސް ގާއިސް. .

Comments are closed.