“އޯކޭ. . ކޯއްޗެއް އާޔާ މަގޭ ފަރާތުން ބޭނުންވެގެން ތިއުޅެނީ. . ؟ ރީތިކޮށް ބުނޭ. . . އަހަރެން އާޔާ ބުނިކަމެއް ކޮށްދޭނަން. . ބޭނުންވަނީ ކެނަބިސް ކޮޅެއްތަ؟ ހެރޮއިން ކޮޅެއްތަ؟ ހޭޝް އޮއިލް ކޮޅެއްތަ؟ ވީޑް ތަ؟. . ” އެއްވެސް އެދުމެއް ނެތި އާޔާކަހަލަ މުއްސަނދި ކުއްޖެއް އަހަރެންކަހަލަ މީހަކާ އެހާ ހެޔޮކޮށް އުޅޭނެކަމަކަށް ހިތް ގަބޫލެއް ނުކުރިއެވެ. އެހެންކަމުން އަހަރެން އާޔާއަށް ބަލާލައިފައި އަހާލީމެވެ. އަހަރެންގެ ކަންފަތް މަތިން ދިލަނަގައިގެން […]
ހުރިހައި ބޭހެއްވެސް ހަމައެވެ. ކޮންމެވެސް މީހަކު މިކޮޓަރިއަށް ވަދެ މި ބޭސްތައް ހާވާލައިފިއެވެ. ޔަގީނުންވެސް ސޯފީ ނޫން އެހެން މީހަކަށް ނުވާނެއެވެ. މުޅިން ވެސް ދިމާވަނީ ލަޔާލް ބޯ ހާސްވާ ވަރުގެ ކަންތައްތަކާއެވެ. އެއްކޮޅުން ފަރީޝާއެވެ. އަނެއްކޮޅުން މުޅި އާއިލާއެވެ. ލަޔާލް ޑްރެސިން ޓޭބަލް ކައިރީ އިނދެ ޝޯވްލް ރީތިކޮއްލިއެވެ. ޝޯވްލްގައި ވާ ވިދާ އެސްތަކުން އެ މޫނުމައްޗަށް ވިދުމެއް ގެނެސްދެއެވެ. މީގެ ކުރިން ލަޔާލް ބޭނުންކުރަނީ އާދައިގެ ޑިޒައިނެއް ނެތް ދޯޕައްޓާ ހެދުންތަކެކެވެ. އެކަމަކު ޝައުފްގެ […]
‘ ކޮންމެވެސް ގޮތެއް ހަދާ…….އާކިފްއަށް އެހީވާން އުޅޭ މީހަކުގެ މަސައްކަތް ހުއްޓުވާ…….އަހަރެމެންގެ ޕްލޭންތައް ފޭލްވެގެން ނުވާނެ…….ހާދަ މަސައްކަތަކުންނޭ މިހިސާބަށް މިއާދެވުނީ………….ދެން ފެނަށް ވެގެން ދާކަށް ބޭނުމެއް ނޫން މިހުރިހައި ރޭވުންތަކެއް………..” އެކޮޅުން ވާހަކަ ދައްކާ ފިރިހެން މީހާ ބުނެލިއެވެ. ” އަހަރެން ބުނެދީފާނަން ދެން ހަދަންވީ ގޮތެއް……….” ލަޔާލްއަސް އެހިސާބަށް އަޑު އިވުނުތަނާ ޝައުފް ގޭތެރެއަށް ވަދެގެން އަންނަތަން ފެނުމުން ފޯން ޖެހުނީ ބާއްވާށެވެ. އެމީހުން ދައްކާ ކޮންމެ ވާހަކައެއް އަޑުއަހަން ލަޔާލް ބޭނުން ވެއެވެ. ” […]
”އީނޫ…” އީނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަލްޔަސް އީނާގެ އަތަށް މަޑުމަޑުން ފިތާލައިފިއެވެ. ސިހިފައި އީނާއަށް އަތް ދަމައިގަނެވުނެވެ. އޭރު އޭނަގެ ނިތްކުރީގައި ދާތިކިތައް ވިދައެވެ. ”ހާދަ ވަރަކަށް ހާސްވެފަ ތިހުރީ؟…. ޖިންނިއެއް ފެނުނީތަ؟…” އަލްޔަސް އީނާ ބަލަހައްޓައިގެން ހުރި ދިމާއަށް ނަޒަރު ހިންގާލަމުން އަހާލިއެވެ. ހައިރަންވާ ފަދަ މަންޒަރެއް ނުފެނެއެވެ. އިރުއޮއްސި އުދަރެހުގައި ވަނީ އަލިފާންކުލައިގެ ބޮޑެތި ވިލާގަނޑުތަކެވެ. އަނދިރިކަން ހިސާބަކަށް ފެތުރިފައިވާއިރު ތެދިން ތަރިތައް ދުރުން ފިޔަޖަހާލާ މަންޒަރު ފެނެއެވެ. ”އޫމްމް، ހީވީ ދެންމެ […]
އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެކެވެ. އަހަރެން އިނީ ބުރުޒުމަގު ފްލެޓް ފާރު މަތީ ސިނގިރޭޓެއް ރޯކޮށްލައިގެންނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އަހަރެންގެ އެކަނިވެރިކަމާއި ދޭތެރޭގައެވެ. އަހަރެން ފަހީމާއްތަގެ ގެއިން ނެރެލީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފަހުންނެވެ. އަހަރެންގެ މަންމަ މިދުނިޔެ ދޫކުރީ އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ބައްޕަ ވަނީ އަހަރެންނާއި ގުޅުން ކަނޑާލައިފައެވެ. ގިނައެކުވެރިންތަކެއް ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ދުވަސްތައް ގުނަމުން ދަނީއެވެ. އަހަރެންގެ ޢާއިލާއެއް ނެތެވެ. އެއްބަނޑު ތިމާގެ މީހެއް ނެތެވެ. އަޅާލާނެ ޔާރެއް އިޔާރެއް […]
ފަރީޝާގެ މަކަރުވެރިކަމުން ލަޔާލް ހުރީ ހައިރާންވެފައެވެ. ޝައުފް ފާއިޝްއާ ސަލާމްކޮއްލުމަށްފަހު ކާރާ ދިމާލަށް ހިނގައިގަތެވެ. ލަޔާލް ގޮސް ކާރަށް އެރުމުން ކާރު ދުއްވާލިއެވެ. ” ފަރީޝާއްތަގެ ކަޒިންއެއް ހުންނަ ކަމެއް ނޭނގެ…..އެހެން ނޫނަސް އެމީހުންނަށް ގޭގަވެސް ތިބެވިދާނެއްނު……ބޭރު ތެރޭގަ އެހެން އުޅުނީމަ މީހުން ކީކޭ ހިތަށް އަރާނި…….”’ ޝައުފް އޭނަގެ ހިތަށް އަރަމުން ދިޔަ އެއްޗެހި ކިޔަމުން ދިޔައެވެ. ލަޔާލް އެއްޗެއް ނުބުނެ ހިމޭނުން އިނީ އަމިއްލަ މަޖޫބުރުކަމުންނެވެ. ޝައުފް ކައިރީ ފަރީޝާގެ ހަގީގަތް ކިޔައިދޭނަމޭ ހިތަށް […]
ފަރީޝާ އޭނަގެ ފޯން ނެގިއެވެ. ” އަހަންނަށް އެނގޭ ލަޔާލް އަހަރެންގެ ހަގީގަތް ޝާންގެ ލޯމައްޗަށް ގެންނަން ކޮންމެވެސް ކަމެއް ކުރާނެކަމް………..އެހެންވެ އަހަރެންވެސް އެކަމުން ސަލާމަތްވާނެ ކަހަލަ ގޮތެއް ހޯދަން ޖެހޭނެ ކަންނޭނގެ ދޯ……..މަންމަ ހޮސްޕިޓަލްގައި ބޭއްވި ދުވަހު އަހަރެން ފާއިޝްއާ ބައްދަލުކޮއްލަން ގެއަށް އާއިރު އާކިފްގެ ކޮޓަރި ތެރޭ ލަޔާލް ޖެއްސި އެކްޓް އަހަރެންވެސް ރެކޯރޑް ކޮއްލީ……….” ފަރީޝާގެ މޫނުމަތިން ފެންނަމުން ދަނީ ވިހަ ހިނިތުންވުމެކެވެ. ފަރީޝާ ފޯނުން ވީޑިޔޯއެއް ދައްކާލިއެވެ. އެ ވީޑިޔޯ މާ […]
އަސުރުން އިރު ތިރިވެއްޖެއެވެ. މެންދުރަށް ދީފައި އޮތް ގަދަ އަވި ނިއްވާލާ ގަސްގަހާގެހީގެ ހިޔަނިތައް ހުޅަނގުކޮޅަށް ދެމެމުންދެއެވެ. ޖެހޭ ފިނިވައިރޯޅީގައި ހުޅަނގު ފަރާތު އަތިރިއާއި ދިމާއަށް އަހަރެންގެ ދަރިފުޅާއެކު ހިނގަމުންދިޔައީމެވެ. އަހަރެންގެ ހިތެކޭ ގިނަދުވަހު އަވީގައި އޮވެ އަނަރޫފަވެފައިވާ ފަތެކޭ އެއްފަދައެވެ. މިއަދު އަހަރެން އެހަނދާންތަކާއި ދުރުވާން ވަރަށް މަސައްކަތް ކުރަމެވެ. ނަމަވެސް އެދުވަހު އަހަރެންނަށް އޭނާ ހެދިގޮތް ހަނދާން އެބަހުއްޓެވެ. މީގެކުރީގެ ހަނދާންތައް އަހަރެންގެ ހިތުގައި އާވާން ފެށިއެވެ ރެއަކީ އުޑުމަތި ސާފް ރެއެކެވެ. ރީތި […]
.އާލިފް ގޮސް ސައިކަލް ސްޓާޓް ކޮށްލިއެވެ. އިމްނާ ހީކުރީ އާލިފް ބިރުގަތީ ކަމަށެވެ “ކިހިނެއްވީ؟……….ބިރުގަތީތަ؟..” “ނޫން………އާދޭ ދާން.” ތަންކޮޅަކަށް ދުއްވާލުމަށްފަހު އިމްނާގެ ގެ ހުންނަނީ ކޮންތާކުތޯ އާލިފް އަހާލިއެވެ. އިމްނާ ގެންގޮސް ގެއަށް ލާފައި އާލިފް އައީ ގެއަށެެވެ. ގެއަށް ގޮސް ގުޅާނަމޭ ބުނެފައެވެ. އާލިފް ގެއަށް ވަދެ ފެންވަރާލައިގެން ނުކުމެ، ނިދަން ކަމަށް އޮށޯވެލިއެވެ. އޭނާގެ ވިސްނުމުގައިވަނީ މިރޭގެ ހާދިސާއެވެ. އޭތި އެގޮތަށް އެކަންތައްްކުރީ ކީއްވެބާއެވެ. އަހަރެން ކޮންމެ ތާކު އުޅުނަސް އެނާއަށް އިނގޭތާއެވެ. މިކަމުގެ […]