އެކުގައިވާން އެދެމޭ… 26
“ޔެސް..” ވިޝާ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެއާއިއެކު ދުރުގައި އިން އާލިކްއަށް ގައިގެ ހުރިހާ ބާރުތައް ދޫކޮށްލެވުނެވެ. ހިތުގައި ޖެހުނު ވަރުން ލޮލަށް ކަރުނަ ޖަމާވާކަށް ގިނަ އިރެއް ނުނެގިއެވެ. ޝަކުވާގެ ނަޒަރަކުން ލަސްލަހުން ވިޝާގެ މޫނަށް ބަލާލިއިރު އޭނާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހަމަ ހަގީގަތުގައިވެސް ވިޝާ އޭނާއަށް ގެއްލެނީ ހެއްޔެވެ؟ އެހެން މީހުންގެ “ޔޭ..” ގެ އަޑާއިއެކު ޒައިދުގެ އުފާވެރި ހީނލުމުގެ އަޑު އިވުނު އިރު އާލިކް އިނީ ހުއްޓުން އަރާފައެވެ.
“އޭ ޒައިދު ގަދަކޮށްފިއޭ ދޯ.. ހިނގާބަލަ ހިނގާބަލަ ދެކުދިން.. މިރޭ ފާހަގަ ކުރަންވާނެތާ.. އަންނާނަން ކެމެރާ ހިފައިގެން..” ޒައިދުގެ އެ އަމަލުގެ ސަބަބުން އޭނާގެ ދެ ރަހްމަތްތެރީންވެސް ތިބީ ހައިރާންވެފައެވެ. ހަމަ އެއާއިއެކު އެހާ އުފާވެސް ވެފައެވެ. ޒައިދުއާއި ވިޝާގެ އަތުގައި ހިފައިގެން އެހެން މީހުންނާއި ދުރަށް ހިނގައިގަތް އިރު ވިޝާއަށް އާލިކްގެ މޫނަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު އާލިކްގެ މޫނުމަތިން ފެނުނު ކުލަވަރުގެ ސަބަބުން އޭނާ ކައިރީގައި ހުރި ޒައިދުގެ އަތުގައި ބާރަށް ހިފާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.
“ވާއު…” ވިޝާމެން ދިއުމާއިއެކު ލިމްނާ ހިނިތުންވެލަމުން ވިކާޝްގެ އަތުގައި ހިފާލީ ވިޝާއަށްޓަކައި އުފާކުރަމުންނެވެ. އެއާއިއެކު ވިކާޝްއަށް ބަލާލެވުނީ ދުރުގައި އިން އާލިކްއަށެވެ. އޭނާ އިން ގޮތުން ވަގުތުން ވިކާޝްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެހެން ނަމަވެސް އެކަމުގައި އެ ރަހްމަތްތެރިޔާއަށްޓަކައި އޭނާއަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ ވިޝާގެ ހަރަކާތްތަކާއި ވާހަކަތައް ހުންނަ ގޮތުން އޭނާގެ ހިތުގައި މިހާރު އާލިކްއަށްޓަކައި ކުޑަވެސް ޖާގައެއް ވާހެންނެއް ހިއެއް ނުވެއެވެ. ތެދެކެވެ. ވީހާވެސް އަވަހަކަށް ޒައިދުއާއި ކައިވެނިކޮށްގެން ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވާ ވާހަކަ ވިކާޝްގެ ގާތުގައި ބުނީ ވިޝާ އަމިއްލައަށެވެ. ލޯބި ނުވާނަމަ އެފަދައިން ކައިވެންޏާއި، އެކުގައި ދިރިއުޅުމުގެ ހުވެފެންތައް ނުބަލާނެކަން ޔަގީނެވެ. ވިޝާގެ އެވާހަތައް އަޑު އެހުމަށްފަހު، އޭނާގެ އެ އެދުން ޒައިދުއާއި ހަމައަށް ފޯރުކޮށްދިނީ ވިކާޝްއެވެ. ވިޝާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ އަމިއްލައަށް ދައްކަން ނުކެރޭނެ ކަމަށާއި، ޒައިދު އެކަމުގައި އިސްނެގުމަށް ނަސޭހަތްތެރިވީވެސް ވިކާޝްއެވެ. އެވާހަކަތައް އަޑު އިވުމުން އުފަލުން ފޮޅިފައި ހުރި ޒައިދު އެދުވަހުއްސުރެ ވިސްނަމުން ދިޔައީ ވިޝާގާތު އެވާހަކަ ބުނާނެ ގޮތަކާއި މެދުއެވެ. ޒައިދުއަކީ ވިޝާއަށް އެކަށީގެންވާ، އޭނާ ދެކެ ލޯބިވާ ބައިވެރިއަކަށް ވާނެކަން ވިކާޝް ޔަގީން ކުރެއެވެ. ވީއިރު އެންމެ ލޯބިވާ ކޮއްކޮގެ އެދުމާއި ދެކޮޅަށް އޭނާއަށް މިފަހަރު ރަހްމަތްތެރިޔާއަށް އެހީތެރިވުމަކީ ވާނެ ކަމެއް ނޫނެވެ. ވިކާޝް ފުން ނޭވާއެއް ދޫކޮށްލިއެވެ. އާލިކްއަށް އެހީތެރިވާނަމަ ދެން އޭނާއަށް ޖެހޭނީ އެހިތުން ވިޝާގެ ލޯބި ފޮހެލުމަށް ބާރުއަޅާށެވެ.
“އާލް.. އާދޭ އަހަރެމެން އެކީ ހިނގާލަން ދާން.. ބަލާ ސަޅިކަން..” ވިކާޝް ކޮޅަށް ތެދުވުމަށްފަހު އާލިކްއާއި ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ. އޭރު ލިމްނާވެސް އޭނާގެ އަތުގައި ހިފާލައިގެން ހުއްޓެވެ. އާލިކްގެ މޫނުމަތީގައިވާ ހިތާމަވެރިކަން ލިމްނާގެ ހިތާއިވެސް ކުޅެލިއެވެ. ވިކާޝްގެ ފަރާތުން އޭނާއަށްވެސް ވަނީ އާލިކްގެ ހަގީގަތް އެނގިފައެވެ.
“ނޫނޭ.. ދެކުދިން ދޭ.. އައި ނީޑް ސަމް ޓައިމް އެލޯން..” އާލިކް ވާހަކަ ދެއްކީ ވެލިގަނޑުމަތީގައި އޮށޯވެލަމުންނެވެ.
“ހހ.. އޯކޭ.. ޖަސްޓް.. ޓޭކް ކެއަރ..” ވިކާޝްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ލިމްނާގެ އުނަގަނޑުގައި ހިފަހައްޓާލުމަށްފަހު ކުރިއަށް މިސްރާބު ޖެހީ ރާޅު ފެންފަށާއި ހިސާބުންނެވެ. އޭރު އޭގެ އަނެއްކޮޅުގައި ޒައިދުއާއި ވިޝާ އަދި ޒައިދުގެ ރަހްމަތްތެރީން ހީ ސަކަރާތް ޖަހަމުންދިޔަ އަޑު އިވެއެވެ. ވެލިގަނޑުމަތީގައި ދެއަތް ހުޅުވާލައިގެން ތަރިތަކުން ބަރާވެފައިވާ ކަޅު އުޑުގެ މެދުގައިވާ ފުރިހަމަވާން އުޅޭ ހަނދަށް ނަޒަރު ހުއްޓާލައިގެން އޮތް އާލިކްގެ ކުރިމަތީގައި ސިފަވަމުން ދިޔައީ ވިޝާއާއި އެކު އޭނާއަށް ހޭދަކުރެވިފައިވާ ލޯބި ލޯބި މަންޒަރުތަކެވެ. ހަމަ އެވަގުތު ވިޝާ ޒައިދުގެ އަތުގައި ހިފާލި މަންޒަރު ސިފަވުމުން އޭނާ ލޯ މަރާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާގެ ހިތައް ހާދަ ތަދުވެއެވެ. އޭނާއަށް އެގޮތުގައި ކެތްވާނެ ހެއްޔެވެ؟ ވިޝާ އެހެން ފިރިހެނެއްގެ އަންބަކަށް ވާތަން ދެކެން އޭނާއަށް ކުޅަދާނަ ވާނެބާވައެވެ؟ އާލިކް ތެދުވެއްޖެއެވެ. އޭނާގެ މިސްރާބު ހުރީ ތަންކޮޅެއް ދުރުގައި ހުރި ގަސްބުޑެކެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ އެގަސްބުޑުގައި ލެނގިލަމުން އިށީނދެލައިފިއެވެ. ގަސްބުޑުގައި ބޯ ޖައްސާލުމަށްފަހު، އެއްފައި ދަމާލައިގެން އަނެއް ފައިމަތީގައި އަތް އަޅުވާލައިގެން ހަނދުވަރުމަތީގައި އިންނައިރު ހިތާމައިގެ ރީތި ތަސްވީރެއް ފަދައެވެ. އާލިކްގެ ކޮންމެ ހަރަކާތަކަށް ފާރަލާން ހުރި ވިޝާގެ އިތުރުން ޒައިދުއަށްވެސް އެހިތާމަވެރި މަންޒަރު ފާހަގަ ކުރެވުނެވެ.
ރޭގަނޑުގެ ބޮޑުބައި ހޭދަވެގެން ދިޔައިރު އެންމެންވެސް ތިބީ ނިދި އަންނަ ގޮތްވެފައެވެ. އެހެން ކަމުން ވިކާޝްއާއި، ލިމްނާ އަދި ވިޝާއަށް އެއް ޓެންޓް ހަމަޖެއްސުމަށްފަހު އެހެން ހުރިހާ އެންމެން ނިދަން ހަމަޖެއްސީ އަނެއް ޓެންޓްގައެވެ. އެންމެން އެއްޗެހިތައް ހަމައަކަށް އެޅުވުމަށްފަހު އެމީހަކު ނިދުމަށް ހަމަޖެހިފައިވާ ޓެންޓަށް ވަދެ ނިމުނު އިރުވެސް އާލިކް އިނީ އެއިންގޮތަށް ގަސްބުޑުގައި ލެނގިލައިގެންނެވެ. އޭނާގެ ލޮލުން ކަރުނަ ނައި ނަމަވެސް އެހިތުގައި އަޅާ ވޭނަކީ އެހެން މީހަކަށް އިހުސާސް ކުރެވޭނޭ އެއްޗެއް ނޫނެވެ. ޓެންޓްގެ ތެރެއަށް ވަނުމަށްފަހު މާ ގިނަ އިރުތަކެއް ނުވެ ވިކާޝްއާއި ލިމްނާ ނިދައިފިއެވެ. އޭރުވެސް ވިޝާ ފަހަރަކު ގޮތަކަށް ފުރޮޅި ފުރޮޅި ނުނިދިގެން އުޅެއެވެ. އޭނާއަށް އާލިކްއާއިމެދު ވިސްނެނީއެވެ. އާލިކްގެ މަޑުމައިތިރިކަމާއި ހިތާމަވެރި މޫނު އޭނާގެ ހަމަޖެހުމަށް ހުރަސް އަޅަނީއެވެ. ފަހުން އޭނާ ފެނުމުން އާލިކް އަޅާވެސް ނުލައެވެ. އޭނާގެ ހިތުގައި އެހާވަރަށް ޖެހުނު ހެއްޔެވެ؟ ވިޝާ އޮތްތަނުން ތެދުވިއެވެ. އަދިވެސް އާލިކް ނިދަން ވަންކަމެއް ނޭނގެއެވެ. އެންމެން ދިޔައިރުވެސް އޭނާ އިނީ އެއިންގޮތަށެވެ. މިއޮއް ރޭގަނޑު އަނެއްކާ ތަނަކަށް ހިނގައިވެސް ދާނެއެވެ. ވިޝާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އޭނާ ދެއަތް ޖޯޑުކޮށްލަމުން ކަންބޮޑުވެފައި ގޮތަކަށް ލޯ މަރާލިއެވެ. އާލިކް ގާތު ނިދަން ދާށޭ ބުނަންވީއެވެ. އަނެއްކާ އޭނާ ބުނީމާ ދާނެ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. އާލިކް އެކަނި އެތަނުގައި އިންދާ އޭނާގެ ހިތައް ހަމަޖެހުމެއް ނުލިބޭނެއެވެ. ވިޝާ އަޅައިގެން ހުރި ސްކާފް ރަނގަޅު ކޮށްލަމުން މަޑުމަޑު ފިޔަވަޅުތަކެއްގައި ޓެންޓްގެ ތެރެއިން ނުކުތީ ވިކާޝްމެންނަށް ހޭނުލެވޭނެހާ ސިއްރުންނެވެ.
“އަދިވެސް މިތާތަ؟..” ވިޝާ ނުކުތްއިރު އޭނާ ހީކުރިގޮތަށް އާލިކް އެގަސްބުޑުގައި ކުރިންވެސް އިންގޮތަށް އިނެވެ. އޭނާ އާލިކްގެ ކައިރީގައި ހުއްޓިލަމުން ވާހަކަ ދެއްކިއިރު ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. ވިޝާގެ އެ މަޑުމައިތިރި އަޑަށް ލޯ މަރާލައިގެން އިން އާލިކް ލޯ ހުޅުވާލުމަށްފަހު ވިޝާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެއާއިއެކު ވިޝާގެ ހިތުގެ ތެޅުން ބާރުވިއެވެ. އެ ހަމަހިމޭން ފިނި ފިނި މާހައުލުގައި އެހިތުގެ ތެޅުމުގެ އަޑު އާލިކްއާއި ކިރިޔާ ގާތްވެލިޔަސް އޭނާއަށް އިވޭހާ ބާރަށެވެ.
“ނިދަން ނުދަނީތަ؟…” އާލިކްގެ ތޫނު ނަޒަރުން ސަލާމަތްވުމުގެ ގޮތުން ކުޑަކޮށް މޫނު އަނބުރާލުމަށްފަހު އަނެއްކާވެސް ވިޝާ ވާހަކަ ދެއްކިއެވެ. އެވަގުތު އާލިކްގެ ތުންފަތުގައި އުފެދުނީ ހިތި ހިނިތުންވުމެކެވެ. އޭނާއަށް މިހާރު ނިދުމާއި ހިތްހަމަޖެހުމަކީ ހޯދަން ކިހާ އުނދަގޫ އެއްޗެއްކަން ވިޝާއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އާލިކް އަނގަޔަކުން ނުބުނެއެވެ. ހަނދުވަރުގެ އަލީގެ ތެރެއިން ފެންނަމުން ދިޔަ ވިޝާގެ ދޮން އޮމާން މޫނަށް ނަޒަރު ހުއްޓާލިގޮތަށް އޭނާ އިތުރު ހަރަކާތެއް ނުކުރެއެވެ.
“އާލް… މްމް.. ސަރ ނުނިދަނީހޭ؟..” އާލިކް އަނގައިން ނުބުނުމުން ވިޝާ އަނެއްކާވެސް އަހާލިއެވެ. އާލިކް އެއިނީ އޭނާއަށް ވާހަކަ ނުދައްކަން ވައުދު ވެގެން ހެއްޔެވެ؟ “ކޮންމެސް އެއްޗެއް ބުނެބަ އާލް..” ވިޝާ ހިތާއިހިތުން ބުނަމުން ދިޔައެވެ. އާލިކް ވާޙަކަ ނުދައްކާތީ އޭނާއަށް ހާދަ އުނދަގޫ ވެއެވެ. އެކަމަކު އެހާ ވަރަށް އޭނާއާއިމެދު ފިކުރު ބޮޑުވާން ވެއްޖެއްޔާ އަނެއްކާވެސް ކަންތައްތައް ވާނީ ގޯހެވެ. ވިޝާ ލޯ މަރާލިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އާލިކް އެގޮތަށް އިންދާ ދިއުމަކީ އޭނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.
“އައި ކާންޓް ސްލީޕް..” އެންމެފަހުން އާލިކް އެހެން ބުނެލަމުން ކޮޅަށް ތެދުވިއެވެ. އަދި ވިޝާގެ ކުރިމައްޗައް އެރުމަށްފަހު އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“ވިޝޫއަށް އެނގޭތަ؟.. ނިދުމަކީ މިހާރަކަށް އައިސް ވަރަށް އުނދަގޫ ކަމެއް..” އާލިކް ވާހަކަދެއްކިއިރު އެއަޑުގައި ރޯގާ ޖެހުމުން ހުންނަ ފަދަ އަސަރެއް ހުއްޓެވެ. ހިތާމަވެރި ގޮތެކެވެ. އެއަޑުގެ ސަބަބުންވެސް ވިޝާގެ ހިތުގައި އިތުރަށް ރިއްސާލިއެވެ.
“އެކަމަކު.. ދެން މިރޭ ދޭބަލަ ނިދަން.. ހެނދުނު ހެނދުނާ ހޭލަން ޖެހޭނެ.. އެންމެން މަސް ބާނަން ދާ ވާހަކަ ކީ..” ވިޝާ މަސައްކަތް ކުރަމުން ދިޔައީ އެކުވެރި އާދައިގެ ރާގަކަށް ވާހަކަ ދައްކައިގެން ނަމަވެސް އާލިކް ނިދަން ފޮނުވާލެވޭތޯއެވެ. ނަމަވެސް ވިޝާގެ އެ އާދައިގެ ބަސްތަކުން އާލިކްގެ ހިތައް އިތުރަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. ވިޝާ އެހާ ހަމަޖެހިލާފައި އެހުރީ އޭނާގެ ހިތައް ކޮށްފައިވާ އަސަރު ނޭނގޭތީ ހެއްޔެވެ؟ އާލިކް ދުރަށް ޖެހިލަމުން ވިޝާގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު ދުރު ބަލާލިއެވެ. ހަގީގަތުގައިވެސް އެހިތުގައިވާ ވިޝާ ހާސިލް ކުރުމުގެ ވަރުގަދަ އަޒުމަށް މިރޭ ލޮޅުން އަރައިފިއެވެ.
“ވިޝޫ ތިއުޅެނީ އިތުރަށް މަގޭ ހިތުގަ ޖައްސަންތަ؟..” އާލިކް ދުރު ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެއާއިއެކު ވަގުތުން ވިޝާގެ މޫނުމަތި މިލައިގެން ދިޔައެވެ. އަސަރުން ފުރިފައިވާ ގޮތަކަށް އާލިކްގެ ފިރިހެންވަންތަ މޫނަށް އޭނާ ބަލާލިއެވެ. ތެދެކެވެ. އޭނާ އެތަނަށް އެއައީ ކީކުރަން ހެއްޔެވެ؟ އާލިކްއާއި ދުރުވެ އެހިތައް އަނިޔާތަކެއް ދިނުމަށްފަހު އިތުރަށް އެހިތުގައި ޖައްސަން ހެއްޔެވެ؟ ވިޝާ ހިންދިރުވާލިއެވެ. އެންމެ ފަހަރަކު ނަމަވެސް އެހިތުގެ ހަގީގަތް ދުލުން ބަޔާން ކޮށްލައިފިނަމަ އާލިކް އުފާވާނެ ވަރު އޭނާއަށް އަންދާޒާ ކޮށްލެވުނެވެ. ހަމަ އެއާއިއެކު ތުންފަތުގައި ދަތް އަޅާލަމުން އޭނާ ހަލުވި ފިޔަވަޅު ތަކެއްގައި އޭނާގެ ޓެންޓާއި ދިމާއަށް ހިނގައިގަތެވެ. އާލިކް އޭރުވެސް އެހުރި ގޮތަށް ހުރީއެވެ.
އަނެއް ދުވަހަށް ރަނގަޅަށް އިރު ނާރަނީސް ދަތުރުގެ ބައިވެރީންތައް ތެދުވެ އެކި އެކި ސަކަރާތްތައް ޖަހަން ފަށައިފިއެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އެންމެން އެކުގައި ހަރަކާތްތެރިވުމަށްފަހު ސައި ބޮއިގެން މޫދަށް އެރި ތަފާތު ކުޅިވަރުތައް ކުޅުނެވެ. އެގޮތުގައި އުޅުނު އިރުވެސް ވިޝާގެ ހިތައް އާލިކްގެ މަޑުމައިތިރިކަމާއި ބަސްމަދުކަން ގޯނާ ކުރަމުން ދިޔައެވެ. އެންމެން މަޖާ ކުރަމުން ދިޔައިރު އާލިކް ގިނަ ވަގުތު ހޭދަކުރަނީ ފޯނާއި ކުޅުމުގައި އެކަނިމާ އެކަންޏެވެ. އެގޮތުގައި އެކަނިވެރިވެފައި އިންއިރު ވިޝާއާއި ދެމީހުންގެ ހަތަރުކަޅި ބައްދަލުވީވެސް މަދަކުން ނޫނެވެ.
ތަފާތު އިހުސާސްތަކުގެ ތަފާތު ދަތުރަކަށްފަހު ވިޝާމެން އެނބުރި ވާދޫއަށް ދިޔައީ ހޮނިހިރު ދުވަހު އަސުރުވެސް ވީ ފަހުންނެވެ. ރަށަށް ގޮސް ހަމަޖެހިލެވުމާއިއެކު ވިކާޝްގެ އެންމެ ފުރަތަމަ ޒިންމާއަކަށްވީ ޒައިދު ވިޝާއަށް ކައިވެންޏަށް އެދުނު ވާހަކަ ޒާހިރާމެންނަށް އެންގުމެވެ. އެ ޚަބަރު ލިބުމާއިއެކު ޒާހިރާއާއި ހަސަނުގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި އުޖާލާކަން ވިކާޝްގެ ހިތައްވެސް ހަމަޖެހުން ގެނުވިއެވެ. ހަމަ ގައިމުވެސް އެމީހުންނަކީ ވިޝާދެކެ ހަގީގީ ލޯބިވާ ބައެއްކަމާއިމެދު އޭނާ ކުޑަކޮށްވެސް ޝައްކެއް ނުކުރެއެވެ. ޒައިދުއަށް އެތައް މަސައްކަތަކަށްފަހު އޭނާ ކައިވެނި ކުރަން ބޭނުންވާ ވާޙަކަ މަންމަމެން ގާތު ބުނެވުނީ ދެތިން ދުވަސް ފަހުންނެވެ. އޭރު ވިކާޝްގެ ފުށުން އެމީހުންނަށް އެކަން އެނގިފައި އޮތްކަން އެނގުމުން ޒައިދުއަށްވެސް ލިބުނީ ހައިރާންކަމެވެ. ވިކާޝް އޭނާ ގާތުވެސް ނުބުނެ އެހާ އަވަހަށް އެކަން ކޮށްލީ ހެއްޔެވެ؟ ޒައިދު އުފާވީ އޭނާގެ އެދުމާއިއެކު ޒާހިރާމެންވެސް ހިތުން ރުހުމުން އެކަމާއި ގަބޫލުވުމުންނެވެ. ޒައިދުއާއި ވިޝާ ބޭނުންވަނީ މާބޮޑު ހަފްލާއެއް ނުބާއްވާ އާދައިގެ ގޮތަކަށް ކައިވެނީގެ ކަންތައްތައް ގެންދަންކަން އެނގުމުން ޒާހިރާމެންގެ އިތުރުން ވިކާޝްވެސް ޚިޔާލު ދިނީ އަވަހަށް އެކަމައިގެން އުޅުމަށެވެ. ހަފްތާއެއްގެ މަޝްވަރާތަކަށްފަހު އެންމެންވެސް އެއްބަސްވީ އެރަށުގައި ކައިވެނިކޮށްގެން މާލެ ދިއުމަށެވެ. ސަބަބަކީ ޒައިދުގެ މާމަ މާ ބަލިކޮށް އުޅޭތީ އެއާއިލާއަށް މިއިން ދުވަހެއްގައިވެސް މާލެ ދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. އެހެންކަމުން ކައިވެންޏަށްފަހު ޒައިދު މާލެ ބަދަލުވާގޮތަށް ހަމަޖައްސާ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކައިވެނީގެ ކަންތައް ނިންމާލުމަށް ރޭވެމުން ދިޔައެވެ. ޒައިދު ދެރަވީ އޭނާއާއި ވިޝާގެ ކައިވެނީގެ ޚަބަރު ދިނުމުންވެސް ޒުމާ ރަށަށް އަންނަ ޚިޔާލު ނުކުރުމުންނެވެ. އޭނާ ކޮށްލިހާވެސް ކަމަކީ ވިޝާއަށް ގުޅާލުމަށްފަހު މަރުހަބާ ކިޔާލުމެވެ.
ކަންތައްތައް ލޯ ކުރިމަތީގައި އެހާ އަވަސް އަވަހަށް ހިނގަމުން ދިޔައިރު އާލިކްއަށް އޭނާގެ ލޯބި ކާމިޔާބު ކުރުމަށް ކުރެވުނު އިތުރު އެއްވެސް ކަމެއް ނެތެވެ. ހިތުގައި އަތް އަޅައިގެން އޭނާގެ ލޯބިވެރިޔާގެ ކައިވެނި އެހެން މީހަކާއި ކުރެވެން ތައްޔާރު ވަމުންދާ މަންޒަރު ބަލަން އޭނާ ހުންނަނީ ހިތައް ކެތްވާތީއެއް ނޫނެވެ. އެއް ދުވަހަށްވުރެ އަނެއް ދުވަސް ބަސްމަދުވެފައި، މަޑުމައިތިރިވަމުން ދިޔައިރު، އާލިކްއަށް އަންނަމުން ދިޔައ ބަދަލުތައް އެންމެންނަށްވެސް ފާހަގަ ވެއެވެ. ދެރައީ އޭގެ ސިއްރަކީ ކޮބާކަން އެކަކަށްވެސް ނޭނގުމެވެ. ނޫނެކެވެ. އޭނާގެ މިޒާޖަށާއި، މޫނުމަތީގައި އުފެދެމުންދާ ބަދަލެއް ނުވާ ހިތާމަވެރި ތަސްވީރު ނުހަނު ގާތުން ބަލާ ދިރާސާ ކުރާ ފަރާތެއް އެބައުޅެއެވެ. އާލިކްއަށް ނޭނގުނު ކަމުގައިވިޔަސް އެހިތުގެ ހާލަތާއި މެދު ވިސްނަމުންދާ ފަރާތެއް އުޅެއެވެ.
“އައި ކާންޓް ބިލީވް.. އެދުވަހު މިއަތުން އުރާލި ކުޑަ ކުޑަ ކޮއްކޮ މިހާރު ބޮޑުވެގެން މެރީ ކުރަން.. އޭމް ސޯ ހެޕީ ފޯ ޔޫ ވިޝޫ..” ވިކާޝް ލޯތްބާއި އުފާވެރިކަމާއިއެކު ވާހަކަ ދައްކަމުން ދިޔައީ ވިޝާއާއިއެއެވެ. އެމީހުން ތިބީ އެމީހުން އުޅޭ ގޭގެ ސިޓިންގ ރޫމްގައެވެ.
“އަސްލުވެސް ވިޝޫ.. ޔުއަރ ބިގް ޑޭ އިޒް ކަމިންގ..” ލިމްނާވެސް ވިކާޝްއާއި ބައިވެރިވެލިއެވެ. އެއާއިއެކު ވިޝާ ލުއި ގޮތަކަށް ހީނލަމުން އަތުގެ އިނގިލިތަކާއި ކުޅެލިއިރު ހިތުގައިވަނީ ނުތަނަވަސްކަމެވެ. ވާނީވެސް އެހެންތާއެވެ. މިއަދަކީ އޭނާގެ ކުރެވެން އުޅޭ ކައިވެނީގެ ރަންކިޔާ ދުވަހެވެ. ކައިވެނީގެ ވާހަކަ ދެއްކިފަހުން ވިޝާއަށް ހީވަނީ ދުވަސްތައްވެސް މާ އަވަހަށް ނިމޭހެންނެވެ. ތެދެކެވެ. ކުރާހިތް ނުވާކަމެއް ކުރަން އުޅޭނަމަ ވަގުތު ދާލެއް އަވަސްހެން ހީވުމަކީ އިންސާނީ ޠަބީއަތެވެ. ވިޝާ ޚިޔާލެއްގެ ތެރޭގައި ގެނބިފައި އިންދާ ކުޑަކޮށް ސިހުނީ އަތުގައި އޮތް ފޯން ވައިބްރޭޓް ވުމުންނެވެ .ޒައިދުގެ މެސެޖެކެވެ.
“ހީވަނީ ގަޑީގެ ކަށިތަކުގަ ތެރަސް ލާފަ ހުންނަހެން.. ހާދަ ލަހޭ ވަގުތުތައް ދާލެއް.. ވިޝޫ.. އައި ކާންޓް ވެއިޓް ޓު ކޯލް ޔޫ މައި ވައިފް.. ލަވް ޔޫ ބޭބީ..” ވިޝާ މެސެޖް ކިޔާ ނިންމާލިއިރު އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނާއަށް ދުވަސް ކުރުހެން ހީވެފައި ވާއިރު ޒައިދު އެއުޅެނީ ވަގުތު ދާލެއް ލަސްކަމުންނެވެ. ހުރިހާވެސް އެއްޗަކީ އިންސާނާގެ ހިތެވެ. ވިޝާ ކުޑަކޮށް އެސްފިޔަތައް ތަޅުވާލަމުން “ހޭވް ޕޭޝެންސް” އޭ ޖަހާލާފައި ސްމައިލީއަކާއިއެކު ޒައިދުއަށް ޖަވާބު ފޮނުވާލިއެވެ.
“އަޅޭ.. ދޮންބޭ ވިޝޫ ކުޑަކޮށް ބިރުގަނޭ..” އެންމެ ފަހުން ވިޝާ އޭނާގެ ހިތުގައިވާ އެއްޗެއް ވިކާޝް ގާތު ބުނެލިއެވެ. އެވަގުތު ވިކާޝްއާއި ލިމްނާވެސް ހީނގަތީ އެކުއެކީގައެވެ. “ވާނެ ވާނެ.. އަހަރުންނަށްވެސް ވިއޭ..” “ކިހިނެތް ވަނީތަ ލިމްމް؟..” ލިމްނާ ވިޝާއާއި ދިމާކޮށްލި ވަގުތު ވެގެންދިޔައީ އާލިކް ބޭރުން އައިސް ސިޓިންގ ރޫމަށް ވަން ވަގުތަށެވެ. އޭނާ ހުރިގޮތުން އެއައީ މެންދުރު ނަމާދުން ކަން ވަގުތުން ވިޝާއަށް އެނގުނެވެ. ހިތާމަވެރި މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވާހެންވެސް ހީވެއެވެ.
“ހެހެ.. މީ ވިޝޫ މިއަދު ބިރުން އުޅޭތީ މިބުނީ.. އެހެންވެސް ވާނެއޭ..” ލިމްނާ އާލިކްއަށް ޖަވާބުދެމުން ހިނތުންވެލިއެވެ. އޭރުވެސް އާލިކްއަށް މުޅިއަކުން ވާނުވާއެއް ނޭނގުނެވެ. މޫނުމައްޗަށް ރޫތަކެއް ވެރިކޮށްލަމުން އޭނާ ވިޝާގެ މޫނަށް ބަލާލީ ސުވާލުން ފުރިފައި އިނދެގެންނެވެ.
“ކީއްވެ މިއަދު ބިރުން؟..” އާލިކް ސުވާލުކޮށްލީ ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުންނެވެ. އެއާއިއެކު ވިޝާ ފޯނެއް އައިސްގެން ބޭރަށް ނުކުމެއްޖެއެވެ.
“އާލްއަށް ނޭނގޭތަ.. ވިޝޫ ރަން ކިޔާ ދުވަސް މިއަދު..” ވިކާޝް އެހެން ބުނެލީ ލަސްލަހުންނެވެ. އޭނާގެ ޖުމްލަ ނިންމާލިއިރު އާލިކްގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. އެމޫނަށް ވީގޮތް ފެނުމުން ލިމްނާއަށްވެސް އެތާ އިންނާކަށް ނުކެރުނެވެ. ވިކާޝްއަށާއި ދެމީހުންނަށް ވަގުތުކޮޅެއް ދެމުން ލިމްނާ ވަނީ އޭނާގެ ކޮޓަރިއަށެވެ.
“ވަޓް؟..” އާލިކް އިނީ ގަބޫލު ކުރަން ދަތިވެފައެވެ. ހިތާމައިން ފުރިގެންވާ ލޮލަކުން އޭނާ ވިކާޝްގެ މޫނަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. ނަމަވެސް ވިކާޝް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ދެން ބުނާނީވެސް ކީކޭ ހެއްޔެވެ؟
“ދޮންބޭ،، ލިމްމް،، ކާން އަންނާށޯ.. ޒާއްތަ ގުޅައިފި..” ވިކާޝް އާލިކްގެ ބަދަލުވަމުންދިޔަ މޫނަށް ބަލަހައްޓައިގެން އިންދާ ބޭރުން ވިޝާ ގޮވާލި އަޑު އިވުނެވެ.
“އާލް.. ހިނގާ..” “މަ ބޭނުމެއް ނޫން ކާކަށް..” ވިކާޝް އައިސް ކޮނޑުމަތީގައި އަތް ބާއްވާލުމާއިއެކު އާލިކް އެއަތް ފޮޅުވާލުމަށްފަހު އޭނާގެ ކޮޓަރިއަށް ދެމިގަންފިއެވެ. ވިކާޝްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ދުވަހުގެ ވަގުތުތައް ދިޔައީ އެކި މީހުންނަށް އެކި ގޮތަށެވެ. މުޅި ދުވަސް އެކުގައިހެން ވިޝާގެ މޫނުމަތީގައި ހުރީ ނުތަނަވަސްކަމުގެ ނިޝާނެވެ. އަދި އަބަދު ހިނތުންވެލާފައި ހުންނަ ޒައިދުވެސް ފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ފެންނަނީ ޚިޔާލެއްގެ ތެރޭގައި ހުއްޓައެވެ. ހަމަ އަލަތު ކައިވެންޏަށް ރަންކިޔަން އުޅޭތީ ފެންނަ އަސަރުތައް ކަންނޭނގެއެވެ. ވިކާޝްމެން ވިސްނައިގެން ތިބީ އެގޮތަށެވެ. ދުވަހުގެ ހަތަރުދަން ކޮޓަރީގެ ތެރޭގައި ހޭދަކުރުމަށްފަހު އާލިކްވެސް ފެންވަރާލައިގެން ވިޝާ ރަންކިޔާ ތަނަށް ނުކުތެވެ.
އެހުރިހާއިރު އެކަނި އޮތުމަށްފަހު އެމަންޒަރު ބަލާލުމަށް އޭނާގެ ހިތް އެދުނީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ފަހަރެއްގައި އަދިވެސް އެކައިވެނި ނުކުރެވޭނެ ކަމުގެ ކުޑަ އުންމީދެއް އެހިތުގައި ވަނީ ކަންނޭނގެއެގެ. ރުއިމުގެ ސަބަބުން މޫނުމަތީގެ އުޖާލާކަން ކެނޑިފައިވާއިރު ވިޝާއަށް އެވަގުތު އެމޫނު ފެނުމުން ނުތަނަވަސްކަން އިތުރުވިއެވެ. ނަމަވެސް އޭނާ އެހެން ފިރިހެނެއްގެ އަންބަކަށް ވުމަށް ރަންކީ އާލިކްގެ ކުރިމަތީގައެވެ. އާލިކްގެ ހިތް ރޮއްވާފައެވެ. އެވަގުތުކޮޅު ނިމުނުއިރު އާލިކްގެ ލޮލުން ރަނގަޅަށްވެސް ކަރުނަ އައެވެ. އޭނާ އިތުރަށް މަޑު ކުރުމެއްނެތި ގެއިން ނުކުމެގެން ރަށުގެ އަތރިމައްޗާއި ދިމާއަށް މިސްރާބު ޖެހީ ހަލުވި ހިނގުމެއްގައެވެ. ނުކުމެގެން ދިޔައިރު ގޭގެ ގޯތިތެރޭގައި ހުރި އުނދޯލީގައި ޒައިދު އޮތްކަންވެސް އޭނާއަކަށް ނޭނގުނެވެ.
ރަންކިޔުމުގެ ކުޑަ ހަފްލާ ނިންމާލުމަށްފަހު ވިޝާ ޒައިދުއާއި އެކުގައި ޒައިދުމެންގެއަށް ދިޔައިރު އެދެމެދުގައިވަނީ ހަމަހިމޭންކަމެވެ. ލައިގެން ހުރި ޖީންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ ހިނގާލާފައި ދިޔައިރު ޒައިދުގެ މޫނުމަތީގައި ހިނިތުންވުމެއްވިޔަސް އެދެމެދުގައިވާ ހަމަހިމޭންކަމުގެ ސަބަބުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއްވެސް ވެއެވެ. އިރުއިރުކޮޅާއި ވިޝާގެ މޫނަށް ބަލާލާއިރު އެމޫނުގައި އެއްވެސް ވަރެއްގެ އުފާވެރިކަމެއް ވާހެންނެއް ހިއެއް ނުވެއެވެ. ޒައިދު ދެތިން ފަހަރެއްގެ މަތިން ސުވާލުކޮށްލަން ހިތައް އަރާފައިވެސް ފަސްޖެހެވެނީ ވިޝާ ހުރީ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައި ނޫންވީމައެވެ. ދެކުދިން ހިނގާލާފައި ދިޔައިރު ފަހަތުން ވިކާޝްއާއި ލިމްނާވެސް އާދެއެވެ.
ޒައިދުމެންގެއަށް ގޮސް ރޭގަނޑުގެ ކެއުމުގައި އެންމެން ބައިވެރިވީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އާލިކް ނެތުމުން ޒާހިރާ އެކަން ފާހަގަ ކޮށްގެން ސުވާލު ކުރުމުން ވިކާޝް ބުނީ ކޮންމެވެސް ކެފޭއަކުން ނަމަވެސް އޭނާ ކާނެ ކަމުގައެވެ. ވިކާޝް އެހެން ބުނިއިރުވެސް އާލިކް މެންދުރުން ފެށިގެން އެއްވެސް އެއްޗެއް ނުކާކަން އޭނާއަށް ރަނގަޅަށް އެނގއެވެ. އެހެން ނަމަވެސް އެވާހަކަ ތެދަށް ބުނުމުން ދެން އުފެދޭނެ ސުވާލުތަކަށް ބަލާ ވިކާޝް އެކަންތައް ސިއްރުކޮށްލިއެވެ.
އެހެން މީހުންނަށްވުރެ ކުރިން ކައިގެން ނުކުތުމަށްފަހު ޖޯލީގައި އިށީނދެލި ވަގުތު ވިޝާގެ ފޯނަށް އައި މެސެޖެއް ބަލާލުމާއިއެކު އެމޫނުގެ ކުލަވަރު މުޅީން ބަދަލުވެގެން ދިޔައެވެ. އަވަސް އަވަހަށް އެސްފިޔަތައް ޖަހާލާފައި ފޯނުގެ ފިއްތަކާއި ކުޅެލަމުން އޭނާ އެގޭތެރެއިން ނުކުތް މަންޒަރު ބަދިގެ ތެރޭގައި ހުރި ޒައިދުއަށް ފާހަގަ ކުރެވުނެވެ. ވިޝާ އަވަސް ފިޔަވަޅުތަކެއްގައި ޒައިދުމެންގެއާއި މާ ދުރުނޫން ރަށުގެ އަތިރިމައްޗާއި ދިމާއަށް ހިނގަމުން ދިޔައިރު އެހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. އާލިކް އޭނާއާއި ބައްދަލު ކުރަން ބޭނުންވީ ކީކުރަން ހެއްޔެވެ؟ ވިޝާ ހިތްހަމަ ނުޖެހޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެމުން އެންމެ ފަހަރަކު އެކަހެރިކޮށް ބައްދަލުކޮށްލަން އެދިފައިވަނީ ކީއްވެގެން ހެއްޔެވެ؟ ވިޝާ އަތިރިމައްޗަށް ނުކުތުމާއިއެކު ރާޅުޖަހާ ހިސާބުގައި ހުއްޓިލައިގެން ހުރި އާލިކް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަނދުވަރުގެ އަލީގައި، އެ ހަނދުވަރުގެ ރިހި އަލި އެޅިފައިވާ ކަނޑުގެ ލޮނުގަނޑަށް ބަލަހައްޓައިގެން ހުރި އާލިކް ހިޔަންޏެއް ފަދައިން ދުރަށް ފެންނަން ހުރިއިރު މަންޒަރު ނުހަނު ރީއްޗެވެ.
“ހެއި..” ވިޝާ އެއްވެސް ޖެހިލުމެއްނެތި އެ ހަމަހިމޭން މާހައުލުގައި ހިނގާލާފައި ގޮސް އާލިކްގެ ގާތުގައި މަޑުކޮށްލަމުން އެމޫނަށް ބަލާލިއެވެ. ހަނދުވަރުގެ އަލީގައި ފެންނައިރުވެސް އެހިތާމަވެރި މޫނުގައިވާ އަސަރުތައް ރަނގަޅަށް ފާހަގަވެއެވެ. ވިޝާ ގޮވާލުމާއިއެކު އާލިކް ލަސްލަހުން އެމޫނަށް ނަޒަރު ހުއްޓާލާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެބަލާލުމުގައިވެސް ވަނީ ހިތްދަތި އެހެނަސް ހިތް ދަމައިގަންނަފަދަ އަސަރެކެވެ.
“ތޭންކްސް އައިސްދިނީމަ.. ” އާލިކް ވާހަކަ ދެއްކިއިރު އެއަޑުގައި އެހެންޏާ ނުހުންނަފަދަ ބީރައްޓެހި ގޮތްގަނޑެއް ހުއްޓެވެ. ވިޝާއަށް އެކަން ފާޙަގަކުރެވެމުން ކުޑަކޮށް ހިނިތުންވެލީ އާލިކް އޭނާއާއި ޒައިދުގެ ގުޅުން ގަބޫލުކޮށްފިއޭ ހީކޮށްލަމުންނެވެ.
“ވިޝޫ.. މިހާރު ގަބޫލުކޮށްފިން ވިޝޫ މަ ދެކެ ލޯބި ނުވާކަން.. އެންޑް އައި ވޯޒް ރޯންގް.. ހހްހް..” އާލިކް ގަދަކަމުން ހީނލަން މަސައްކަތް ކުރުމުންވެސް އެއަޑު ބެދިގެން ދިޔަގޮތުން އޭނާގެ ހިތުގައި ޖެހިފައިވާ މިންވަރު ވިޝާއަށް އިހުސާސްކޮށްލެވުނެވެ. އެހެންނަމަވެސް ތުންފިއްތާލަމުން އާލިކްގެ މޫނަށް ބަލާލުން ފިޔަވައި އިތުރުކަމެއް ވިޝާއަކަށް ނުކުރެވުނެވެ.
“ވިޝޫ.. އަދިވެސް ހިތް އެއްބަހެއް ނުވޭ ވިޝޫ ދޫކޮށްލާކަށް.. އެކަމަކު.. ޒައިދުވެސް ހަމަ މިގޮތަށް ވިޝޫ ދެކެ ލޯބިވާކަން އެނގޭ.. ވިޝޫ އޭނައާއިއެކު އުޅެން ހުއްޓާ ގަދަކަމުން ތިދޭތެރެއަށް ވަންނާކަށް ބޭނުމެއް ނޫން..” އާލިކް އަނެއްކާވެސް ވިޝާއާއި ގާތްވެލާ ހަތަރުކަޅި ހަމަކޮށްލިއެއެވެ. މިފަހަރު ވިޝާވެސް އެކަމަށް ހުރަސް އަޅާކަށް ނޫޅުނެވެ. އާލިކްގެ ދެލޮލަށް ބަލާލަމުން އޭނާ ދައްކަމުން ދިޔަ ވާހަކަތަކަށް ޝައުގުވެރިކަން ފާޅުކުރިއެވެ.
“އެކަމަކު ވިޝޫ.. އަދިވެސް ސިކުނޑީގެ އެއްކަނަކުން ބުނޭ ވިޝޫ ލޯބިވަނީ މަ ދެކެއޭ.. ހިތުގެ ކޮންމެސް ހިސާބަކުން ބުނޭ ވިޝާއަކީ ހަމައެކަނި އާލިކްގެ މިލްކެކޭ.. އެނގޭ އެއީ ހަގީގަތް ނޫންކަންވެސް.. ބަޓް..” އާލިކް ފުންނޭވާއެއް ދޫކޮށްލިއެވެ. ހަމަ އެއާއިއެކު އޭނާގެ ބޮޑު ދެއަތްތިލައިން ވިޝާގެ އޮމާން ކޯތާފަތުގައި ހިފަހައްޓާލިއެވެ.
“ވަރަށް އުނދަގޫ މިގޮތަށް އެހެން މީހަކަށް ދޫކޮށްލަން.. ވަރަށް ހިތައް ތަދުވޭ.. އެކަމަކު އަބަދުވެސް.. އަބަދުވެސް ބޭނުންވަނީ ވިޝޫ އުފަލުގަ ބަހައްޓަން… ވީޝޫގެ އުފަލަކީ ޒައިދުކަން މިހާރު އެނގިއްޖެ.. އެހެންވީމަ އެ އުފަލަށް ހުރަސް އަޅާކަށް ނެތިން..” އާލިކް ލޯތްބާއިއެކު ވާހަކަ ދައްކަމުން ދިޔައިރު ވިޝާގެ ލޮލުގައި ވިދަމުންދާ ކަރުނަތައް އޭނާއަށް ނުހަނު ރަނގަޅަށް ފެނެއެވެ.
“ގޯ.. ލިވް ޔުއަރ ލައިފް.. އާލްގެ ހެޔޮ ދުޢާ އަބަދުވެސް ވިޝޫއާއިއެކު ވާނެ.. މިރެއަށްފަހު މިދެމެދުގައި އޮންނާނީ ހަމައެކަނި ރަހްމަތްތެރިކަން.. ބަޓް.. ފޯރ ދި ލާސްޓް ޓައިމް.. އައި ލަވް ޔޫ ސޯ މަޗް ވިޝޫ..” އާލިކް ކަރުނުން ފުރިފައިވާ ދެލޮލާއިއެކު ވިޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ހިނގައިގަތީ ދެން ކެތްނުވާނޭހެން ހީވުމުންނެވެ. އެތަނަށް ވިޝާ އެކަނި ދޫކޮށްލާފައި ދާން ބޭނުން ނުވިނަމަވެސް އާލިކް އަވަސް އަވަސްކޮށް ހިނގާލާފައިދިޔައީ ވިޝާއަށް އޭނާގެ ކަރުނަތައް ދައްކަން ބޭނުންނުވާތީއެވެ. އާލިކް ދިއުމާއިއެކު ވިޝާ ވެލިގަނޑުގައި ކަކޫ ޖަހާލަމުން އިށީނދެލާ މޫނުމަތީގައި އަތް އަޅާލިއެވެ. އެއާއިއެކު މަޑު މަޑު ގިސްލުމުގެ އަޑުން އެ މާހައުލުގެ ހިމޭންކަން ކަނޑުވާލައިފިއެވެ. އަޑު އިވޭ މީހެއްގެ ހިތްވެސް ހަމްދަރުދީއިން ފުރިގެންދާ ފަދަ އަސަރުގަދަ އަޑެކެވެ.
“އައި ލަވް ޔޫ ޓޫ އާލް.. އޭމް ސޮރީ..” ގިސްލުމުގެ ތެރެއިން ވިޝާ އެހެން ބުނެލީ މީހަކަށް އަޑު އިއްވާކަށް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބު ކަމެއް ނޭނގެއެވެ. އެވަގުތު އެހެން ބުނެލި އަޑު އިތުރު މީހަކަށް އިވިއްޖެއެވެ. ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.


eii zaidh tha ? noony viky tha ? ? oh god , zaidh manma ah ves vedhaane dho ? heyo konme meeheh viyas , adu ivigen ves e kaiveni huttuvabala . . dhen marry koggen ves evves ufaleh ves nulibeyne ennu egothah vanyaa :/ aal haadha strong e . . mi baii varah salhi (Y) alhe please aneh baii avahah up koddhehche laya . .
best of luck and love this story
Vvv reethi vaahaka pls vvv avaha upload koh dheychey plz plz plz
!! Wow..!!!nyc waiting 4da next part:)
ohhhhhh vvvv nice …. waiting for the next part..vvv touching
at last she said what her heart want. so so so nice. waiting for next prat. jst love this story.
wow haadha shalhiey plxxxxxxxxxxxxxxxxxxxxxxx lobivaa dhemeehak dhurunukuraathi plx plx plx avahah uplaod koh dheyba dhen ketheh nuvaane
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice ,,
alhey aal ah thihen nuhadhaa 🙁 vishu haadha rahum kudaey.. loabi vaa iru ves xaidh n aal n vishu amihla life a spoil kurany.. heyo nuvaane dhn aal ah thihen nuhadhaa… laya plxx avahah next part up kohdhyba.. plxxx laya.. mi bai kiyaafa grl ah ves rovihje..
oh..so touching,,..plx aneh part avahah up kohdhyba plx plx plx
huri ha baeh ves kiyaifin
v v v v v v v v v v v v v v v v v v v reethi
but one prob
upload vaale las vany
plx next bai avahah upload kohdhechey
cant wait
enme parteh ves dhuleh nukuraanan inshaa allah
v gina storythah kiyan ekam mivarukameh nudheken… story akah dhuvahakuvex inthizareh nukuran mi story ah kuraavarakah….. knme dhuvahaku balaleveyne upload kohfitho baehfaharu dheravex vey up nukurathy…. asluvex layaa v v v v v v v naise ingey… knme partehvex kiyan bt mi part kiyafa hama coment kohnula kehnuvy hama hyvy aal ah vishoo liben ulheyhen ehenve kannenge…. v dheravey aal ah ehen hadhathy plx aal ah ehen nuhadhabala layaa…. plx next part avax kohdhehchey… miharunsure waiting ga he he… god bless u layaa keep it up lvu this story
Laya Koehler mihaavarah kudhin comment kuraairuves reply nukurany,, vaahaka reethi ekamu goahy mi kanthah,, Mikan rangalhu kohdhiniyya varah rangalhu mashah
Internet massala ulheythy aa time hunna githun laya ah varah undhagoo comment kuran. .. ekamu dhen balaanan ekan rangalhu kureveytho.. thanx fir the support 🙂
Laya Koehler mihaavarah kudhin comment kuraairuves reply nukurany,, vaahaka reethi ekamu goahy mi kanthah,, Mikan rangalhu kohdhiniyya varah rangalhu mashah
Koehlar a innany kiehve ingey
laya pls ekaiveni viya nudhechey.. dhen kommeves gothakun aal gaathuga visha lavva love vaa vahaka bunuvabala..eyrunney mi story reethi vaany.. aneh part avahah up kurachey pls.. t
Alheyyy aee ziyad nama kihaa ragalhu
i 2 wish the same as aminath shal
This story is awasome vvvvvvvra reethi Plxx avaha upl kurachey ,, i think adu ivuni zaidh a waiting for the next episode
adhi dhuvahaku vx story eh kiyaagen filmeh balaagen nuvx ron miadhu nooniyaa… this touches alot… laya keep it up… my best wishes r wid yu…. avahah nxt part up khladhy..
vvvvvvvvvvvvvvv.nice mi story.laya plx next partves avahah upkohla dhehchey.vvvvv.inthixaaru kurevey mi story ah.mi part kiyaafa vvvvvv.dheravi.i love this story.
PLEEEEAAAAAAAAAAAAAAAAAAASSSEEEEE!!!!!! avahah up kohdhyyba…. waitng for de next part… foohi vaa varu nukoh genesdhyyba layaaa