Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި (އަށާރަވަނަ ބައި)

xaaahy Level 110 Stories
April 8, 2014 7 Mins Read
12 Comments

ލަޔާލް އެނދުގައި ފޯން ބޭއްވުމަށްފަހު ބަދިގެއަށް ދިއުމުން ޝައުފް ފޯން ނަގައި ބަލާލިއެވެ. އެންމެ ފަހުން އިން މެސެޖު އަވަހަށް ވިއު ކޮއްލީ ލަޔާލްގެ ޕްލޭން އޭނައަށް އެނގޭތީއެއް ނޫނެވެ. ހ.މައިނާން އިނުމުން ލަޔާލް އެތަނަށް ދާނެކަން ޝައުފްއަށް ޔަގީންވިއެވެ. އެކަމަކު އެއްވެސް ކަމެއް ލަޔާލް ކުރެ އަހާކަށް ޝައުފް ބޭނުމެއް ނޫނެވެ. ޝައުފްވެސް އެތަނަށް މިރޭ ދާން ނިންމިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލަޔާލްގެ ހަރަކާތްތަކަށް ސަމާލްކަމާއި އެކު ޝައުފް ބަލަމުން ދިޔައެވެ. ހަތްގަޑި ބައިވާންވީ އިރަށް އޮފީހަށޭ ކިޔާފަ ޝައުފް ގެއިން ބޭރަށް ދިއުންވީ ލަޔާލްގެ ހިތަށް ހަމަޖެހުން ގެނެސްދިން ކަމަކަށެވެ. ވިއްސާރައިގެ ކުލަ ވަރު ފެންނަން ފަށައިފިއެވެ. މުޅި އުދަރެސް ފުސްވިލާތަކުން ބައްދާލައި ފިޔަޖަހމުން ދިޔަ ތަރިތައް ފޮރުވާލައިފިއެވެ. އަށެއް ޖަހަން ފަނަރަ މިނެޓަށް ވާންވީއިރަށް ލަޔާލް އާކިފްގެ ކޮޓަރިއަށް ގޮސް އާކިފް ތައްޔާރު ކޮއްލައިފިއެވެ. ބޭރަށް ދާ ވާހަކަ ބުނުމުން އާކިފް ހުރީ އުފަލުންނެވެ. ގޭގެ ވަލު ދޮރުން އާކިފް ނެރެގެން މަގުމައްޗަށް ނުކުތް އިރު ޑރ.އާފާލްގެ ކާރު އެމަގުގައި އޮތެވެ.

އާކިފްއާ ލަޔާލް އަދި ޑރ.އާފާލް އެރީ ކާރުގެ ފަހަތު ސީޓަށެވެ. ކުރީ ސީޓް ގައި އިނީ ޑްރައިވަރު އެކަންޏެވެ. ” އަހަރެންނަށް ޔަގީން މިރޭ އަހަރެމެންގެ އުއްމީދުތައް ފުރިހަމަ ވާނެކަން………ޝައުފްއާ ވައްތަރު މީހެއް އަހަރެން ހޯދައިފިން……..ޝައުފްއާ އެއް އިސްކޮޅެއް ހުންނާނެ ގައިމުވެސް……..ކަންތައް ކުރަންވީ ގޮތް އަހަރެން ކިޔައިދީފިން އޭނައަށް………އޭނަ ބުނި އެގަޑިއަށް އަންނާނަމޭ……” ޑރ.އާފާލް ބުނެލިއެވެ. ކާރުގެ ޑްރައިވަރު ހަނި ގޯޅިތަކަކުން ގޮސް ހ.މައިނާގެ ކުރިމައްޗަށް ހުއްޓައިފިއެވެ. އެގެއަކީ އަލަށް ރާނަން ފަށާފަ އިން ގެއެކެވެ. ކާރުން ފައިބަމުން ޑްރައިވަރު ކައިރީ އެތާގަ މަޑުކުރުމަށް ބުނެލިއެވެ. ޑރ. އާފާލްގެ ފަހަތުން ލަޔާލް އާކިފްގެ އަތުގައި ހިފައިގެން އެގޭ ތެރެއަށް ވަނެވެ.

ޝައުފް ހުރީ އެމަގުގެ އަނެއްފަރާތުގައެވެ. ޑރ.އާފާލްގެ ކާރު އެތާގައި ޕާރކް ކޮއްފަ އޮތުމުން ޝައުފް އެދިމާލް ދެނެގަންނަން ފަސޭހަ ވެގެން ދިޔައެވެ. އެމީހުންގެ ފަހަތުން ޝައުފްވެސް އެގޭތެރެއަށް ވަދެގެން ދިޔައީ ވަރަށް ސިއްރުންނެވެ. އަނދިރި ގޭތެރެއަށް ލަޔާލް ވަނުމަށްފަހު އާކިފް އެތަނަށް ދޫކޮއްލުމަށްފަހު ލަޔާލް އަދި އާފާލް ދުރަށް ޖެހިލިއެވެ. ވަކިން ހުރި ހުސްކޮޓަރިއަކަށް ވަދެ އެދެމީހުން ބަލަން ތިބީ އާކިފްގެ ހަރަކާތްތަކެވެ.
” މިހާރު ސިޑިން އަރަނީ އެ އަހަރެން ބުނި ކުއްޖާ………” ސިޑިން ހިޔަންޏެއް ފެންނަން ފެށުމުން ޑރ.އާފާލް ބުނެލިއެވެ. ލަޔާލް އެދިމާލަށް ބަލަން ހުއްޓައި ސިޑިން އަރައިގެން އައީ ޝައުފްއެވެ.
” ޝައުފް……” ލަޔާލް ވައި އަޑުން ބުނެލިއެވެ. ” އަހަރެން ބުނި ކުއްޖާ ނާންނަނީބާ……..ލަޔާ މަޑުން ހުރޭ………ޝައުފް މިތަނަށް އެއައީ ކިހިނެއް؟” ޑރ.އާފާލްވެސް ވާހަކަ ދައްކަމުން ދިޔައީ ވައި އަޑުންނެވެ.

ޝައުފް ބަލައިލީ ދެކޮޅު ބަލަން ހުރި އާކިފްއަށެވެ. ޝައުފް ފެނުމުން އާކިފް މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. ޝައުފް ހިނގަމުން ދިޔައީ އާކިފްއާ ދިމާލަށެވެ. ” އަހަރެން ދެކެ ބިރު ނުގަނެ އާދެބަލަ މިކޮޅަށް……..އާކިފް މިތަނަށް ގެނެސް ލަޔާކޮބާ؟” ޝައުފް ދެކޮޅު ބަލާލިއެވެ. ލަޔާލް ބޮޑަށް އތެރެއަށް ޖެހި ޝައުފްއާ ނިވާވެލިއެވެ.

”’ އާދެބަލަ…..” ޝައުފް އަތް ދިއްކޮއްލަމުން އާކިފް ކައިރީ އެދުނެވެ.
” އަހަރެން މަރާލަން ދޯ ތިއައީ..މަރާލަން ވީނުން………އެ ވިއްޔަ ނުވެފަ އޮތް ކަމަކީ……އަހަރެންގެ މައިން ބަފައިން މަރާލި ގޮތަށް އަހަރެންވެސް މަރާލި ނަމަ……….އަހަރެން މަރާލަންވެސް ކިހާ މަސައްކަތެއް ކުރި……..އަހަންނަށްވެސް ރަނގަޅު މިހާލަށް ނުބަހައްޓާ މަރާލި ނަމަ………ސޯފީގެ އިންޒާރުތަކުން މީހުންނާ ވާހަކަ ނުދައްކާ މަޑުން ހުއްޓަސް އަހަންނަށް ހުރިހައި ކަމެއްވެސް ވިސްނޭ……….އަހަރެން މޮޔައެއް ނޫން…………އަހަރެން މޮޔައެއް ނޫން……..” އާކިފް ހަޅޭއްލަވައި ގަތެވެ. ޝައުފް ބަސްހުއްޓިފަ އެދިމާލަށް ބަލަން ހުރެވުނީއެވެ.

” އަހަރެން މޮޔައެއް ނޫން……” ތިން ވަނަ ފަހަރަށްވެސް އާކިފް އެ ޖުމްލަ ތަކުރާރު ކޮއްލިއެވެ. ބޮލުގެ އިސްތަށިގަނޑުގަ އަތް ވިއްދާލަމުން ފާރުގަ ލެނގިލައި ހުރިތަނަށް ތިރިވެލިއެވެ.

” އާކިފް ހިނގާ ގެއަށް……….ތި ވާހަކަ ނުދައްކާ………” ޝައުފް ބޭނުންވީ އެތަނުން އާކިފް ގެންދާށެވެ. އެތާގައި ބަޔަކު ރޭވުމެއް ވާކަން ޝައުފްއަށް ވިސްނެއެވެ. ލަޔާލް ވީ އެތަނުގެ އެތެރޭގަކަން އޭނައަށް ޔަގީނެވެ. ތަނުގެ އަނދިރިކަމުން އަދި ތަނަކީ ފަޅު ތަނެއްކަމުން ދާންވީ ދިމާލެއް ނޭނގެއެވެ.

” އަހަރެން މޮޔައެއް ނޫން……..” އަނެއްކާވެސް އާކިފް މަޑުމަޑުން ބުނެލިއެވެ. މިހާރު އެ އަޑުވަނީ ކުރަކި ވެފައެވެ. އާކިފްގެ މޫނުމަތިން ދާތިކިތަކެއް ބަބުޅަމުން ދިޔައެވެ. އާކިފް އިނީ ބިރުގަނެފައެވެ.

” އާކިފް ހިނގާށޭ ދާން އަހަރެން މިބުނީ…….” ޝައުފް އާކިފްއާ ދިމާލަށް ހަޅޭއްލަވައި ގަތެވެ.

” ކޮންތާކަށް………..ގެއަކަށް އަހަރެން ނުދާނަން……….އެ އަހަރެންގެ ގެކަމަކަށް އަހަރެން ގަބޫލެއް ނުކުރަން………..ކީއްވެ ކުރަންވީ…………ގެއަށް ވީތީއޭ ކިޔާފަ މަށަށް ވީ މޮޅެއް އެބައޮތްތަ……..ބީރައްޓެއްސެއް ހެން ގުދަނެއްގަ އިންނަންވެސް ޖެހުނީ މަށަށް……..” އާކިފް ތުރުތުރުލަމުން ބުނެލިއެވެ.

” މިހާރު އެބަދޭ ރަނގަޅަށް…………ހީވަނި އަހަރެމެން ބޭނުން ހުރިހައި މައުލޫމާތެއް ލިބިދާނެހެން………..އެއީ އަހަރެން ދޭން ބޭނުންވި އިމްތިހާނަކީ……….” އާފާލް ލަޔާލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

” މޮޔަ ވާހަކަ ނުދައްކަބަލަ………މިތަނަށް އައި ކީއްކުރަންތަ………..ލަޔާލް……….އާކިފް ހިނގާދާން………” ޝައުފްގެ އަޑުގައިވަނީ ހަރުކަށި ކަމެވެ.

” އަހަރެން މަރާލަބަލަ…………އޭރުން ކަލޭމެންނަށް އުޅެވިދާނެ އުފަލުގަ……..ކަލޭގެ މަންމައާ ބޮޑުބޭބެއަށް އަހަރެންގެ މުދަލުގަ ފިޔަ ޖަހާލެވޭނެ……….” އާކިފްގެ ޖުމްލަ ފުރިހަމަ ނުވަނީސް އޭނަގެ މޫނުމައްޗަށް އެރީ ޝައުފްގެ ހޫނު ހަމަލާއެކެވެ.

” އަހަރެންގެ މަންމައޭ ކިޔައިގެން ވާހަކަ ނުދައްކާ…………..މަށަށް އެނގޭ މިއީ ބަޔަކު ރޭވުމެއް ކަން……….” ޝއުފް އާކިފްގެ އަތުގައި ހިފައި ދަމައިގަތެވެ. އޭނާ ބޭނުންވަނީ އެތަނުން އާކިފް ގެންދާށެވެ.

” ކަލޭމެން ރާވާ ރޭވުން ކުޑަތަ………މުދަލާ ފައިސާއާ ހެދި ކޮން ކަމެއް ނުކުރަނީ……….ކޮން ރޭވުމެއް ނުރާވަނީ……..ބޮޑެތި ފާފަކުރާކަށް ލަދެއްވެސް ނުގަނޭ……..ކޮންފަދަ ނިކަމެތި ކަމެއްގަ ރާއްޖެތެރޭ ރަށެއްގަ ތިއްބަ އަހަރެންގެ ބައްޕަ ގޮސް ތި އާއިލާ ގެނެސް ހިޔާވަހިކަން ދިނީ………އެވަރު ހަނދާންނައްތާލާފަ ކާން ދިން އަތުގަ ދަތްއަޅަން ފެށީ……….މުއްސަދިކަމާ އަރާމާ އުފަލަކީ ކޯއްޗެކަން ދަސްވީމަ އެކަމަށް ދަހިވެތި ވީ……..” އާކިފް ރުޅިވެރިކަމާއި އެކު ހިތުގަ ފޮރުވައިގެން ހުރި ހުރިހައި އެއްޗެއް އިއްވާލިއެވެ. އާކިފްގެ ކޮންމެ ޖުމްލައަކުން ޝައުފްގެ އާއިލާގެ ހަގީގަތް ހާމަވާން ފެށުމުން ޝައުފްވެސް ރުޅި ގަދަވާން ފެށިއެވެ. ޝައުފްގެ މުށްކަވާލެވުނެވެ. ޑރ.އާފާލްގެ ފޯނަށް މެސެޖެއް އައެވެ. އޭގައިވަނީ އެކުއްޖާއަށް ކަމެއް ދިމާވެގެން ނާދެވުނު ވާހަކައެވެ. ޑރ.އާފާލް އެ މެސެޖަށް ވުރެ އިސްކަން ދިނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކަށެވެ.

އާކިފް ޝައުފްގެ ކުރިމައްޗަށް އަރައި ބަލާލިއެވެ. ” އަހަރެންނަށް ފާޑު ފާޑުގެ އިންޖެކްޝަންތައް ޖަހައިގެން ނިންދުވައިގެން ގެންގުޅުނީ އެންމެ ބޭނުމަކު………….އަހަންނަށް އެކަން އެނގޭ………އެކަމަކު އަހަރެންގެ ފުރާނަ ހުއްޓަ އަހަރެންގެ މުދަލުން ޒައްރެއްގެ މިންވަރުވެސް ދޭކަށް ބޭނުމެއް ނޫން………އަހަރެންގެ މައިން ބަފައިންނަށް ހެދި ހުރިހައި ގޮތެއް ހެދީ އަހަރެންގެ ލޯމަތީގަ………..” އާކިފް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ހުރިހައި ހަގީގަތެއް ހާމަކޮއްލިއެވެ. އެއީ ލަޔާލްގެ ކައިރީ އަކްމަލްވެސް ކިޔައިދިން ގޮތެވެ. އަދި ކުރީ ރޭ ޑރ.އަންވަރު އާ ސޯފީ ދެއްކި ވާހަކަތަކެވެ.

ޝައުފްއަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. މުށްކަވާލައިގެން ހުރި އަތް ހުޅުވާލުމަށްފަހު އެ އަތުން އާކިފްގެ ކަރުގަ ހިފާލިއެވެ. ޝައުފްގެ އެ ހަރަކާތުން ލަޔާލްއަކަށް ބަލާކަށް ނުހުރެވުނެވެ. ޑރ.އާފާލް ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް ލަޔާލް ދުވެފައި އައިސް ޝައުފްގެ އަތް ނައްޓަން މަސައްކަތް ކުރަމުން ދިޔައެވެ.

” އޯހް ތިއައީ ދޯ…………އަހަންނަށް އެނގޭ މިތާ ހުރިކަން…….” ޝައުފް އަތް ދޫކޮއްލަމުން ލަޔާލްއަށް ބުނެލިއެވެ. އޭރު އާކިފް ވީތަދުން އެތަނަށް ވެއްޓެމުން ދިޔައެވެ. ” ޝައުފް ލަދެއް ނުގަނޭތަ……….ހަގީގަތް ހާމަވީމަ އަހަރެން ހީކުރީ ދެރަވެ އިސްޖަހާނެ ކަމަށް………..އެކަމަކު ތި އުޅެނީ ހަގީގތް އަދިވެސް ފޮރުވަންތަ……..ތިއީ އަނިޔާވެރިއެއް……….” ލަޔާލް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. ދެން ލަޔާލް އަވަސްވެގަތީ ވެއްޓިފައި އޮތް އާކިފް ތެދުކޮއްލެވޭތޯއެވެ.

” އަހަރެން އެއްވެސް ކަމެއް ނުކުރަން……………އާކިފްއަކަށް އެއްވެސް ދެރައެއް ވެސް ނުދެން……….ހުރިހައި ކަމެއް ކުރީ މަންމައާ ޑރ.އަންވަރު…….” ޝައުފް މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ. ލަޔާލްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެން ފެށުމުން ޝައުފްގެ ދެލޮލަށްވެސް ކަރުނަތައް ޖަމާވާން ފެށިއެވެ.

” ކުށެއް ނުކުރަމޭ………..ކުރެވޭ ކުށް ފޮރުވުމަކީވެސް ކުށެއް…… ކުށް ކުރީ ޝައުފްގެ މަންމަ ވިއަސް ތެދުވެރިކަމާއި އެކު އެކަން އަންގަންވީ ފަރާތަށް އަންގަން ޖެހޭނެ……….އެކަމަކު ޝައުފްއަށް އެނގި ހުރެވެސް އެމީހުންގެ އަމަލުތައް ފޮރުވަން ކުރި މަސައްކަތްތައް ވާނީ އެމީހުންގެ މަސައްކަތުގަ ބައިވެރިވުމަކަށް……….ޝާންބެއާ ބައްޕަ ނޫން އެންމެންނަށް އެކަން އެނގޭ…………އެމީހުންނަށް ނޭނގޭކަމަށް ހިތާ ކީއްތަވާނި އެމީހުން ކައރީ ބުނެލި ނަމަ…………….” ލަޔާލް އާކިފް ކޮޅަށް ތެދުވުމަށް އެހީވަމުން ބުނެލިއެވެ. ޝައުފްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ލަޔާލް އާކިފްގެ އަތުގައި ހިފައިގެން ނުކުންނަށް ހިނގައިގަތުމުން ޑރ.އާފާލްވެސް އެތަނަށް އައެވެ. ޝައުފްގެ މޫނަށް ބަލާލުމެއް ނެތި ލަޔާލް އާކިފް ގޮވައިގެން އެތަނުން ދިޔައީއެވެ. ޝައުފްގެ ލޯމައްޗަށް ސިފަވާންފެށީ މީގެ ފަސް ވަރަކަށް އަހަރު ކުރީގެ ހަނދާންތަކެކެވެ.

”އާކިފް މަޑުކުރޭ……..”’ ޝައުފް ކާކޮޓަރިން ނުކުންނަމުން ގޮވާލިއެވެ. އޭރު ކޮލެޖަށް ދިއުމަށް އާކިފް ނުކުންނަނީއެވެ. ކޮންމެ ދުވަހަކުވެސް އާކިފްއާ ޝައުފް ކޮލެޖަށް ގޮސް ހަދަނީ އެކު އެކީ އެއްކާރެއްގައެވެ. ގޭގަ އޮންނަ ދެވަނަ ކާރުގައި މާހިރުއާ ސަލީމް އޮފީހަށް ދަނީވެސް އެކުއެކީއެވެ. އެއީ އެ އާއިލާއަށް އައި ބަހާރު މޫސުމްގެ ދުވަސްކޮޅެއް ފަދައެވެ.

ދުވަސްވަރަކީ ކޮލެޖުގެ ފަސްޓް ސެމިސްޓާރ ބްރޭކުގެ ދުވަސްކޮޅެވެ. އާކިފްއާ އެއް ކުލާހެއްގަ އުޅޭ އަހްސަންގެ އެދުމަށް އެރަށަށް ޗުއްޓީއަށް ދިއުމަށް އާކިފް އެއްބަސްވިއެވެ. އާކިފްގެ ދަތުރުގައި ޝައުފް ބައިވެރި ކުރުމަށް ބޭނުންވި ނަމަވެސް ސޯފީ އެކަމާ ދެކޮޅު ހެދުމުން ޝައުފްއަށް ޖެހުނީ އެ ދަތުރު ނުގޮސް މަޑުކުރާށެވެ.

އާކިފް ފުރައިގެން ދިޔަ ދުވަހު ސޯފީ ޑރ.އަންވަރު ގެއަށް ދިޔައެވެ. ސޯފީ ދަމުން ޝައުފް ގެންދިޔައެވެ. ޑރ.އަންވަރާއި ސޯފީގެ މަކަރުވެރި ރޭވުންތައް ރާވަމުން ދިޔަ އިރު ޝައުފް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

” ސަލީމްގެ މުދާ ގަނޑު ސޯފީގެ އަތުގަ ޖެހިއްޖެ ނަމަ އަހަރެމެން ދެބެން މުއްސަދިވާނެ…….އަހަރެން ބުނާ ގޮތަށް ސޯފީ ހަދައިފިއްޔާ ޔަގީން މާގިނަ ދުވަހެއްގެ އިންތިޒާރަކާ ނުލައި އަހަރެމެންގެ ހުވަފެނުގަ ކުލަ ޖެހިދާން………” ޑރ. އަންވަރު ރޯކޮއްލި ސިގިރޭޓް ދަމާލަމުން ބުނެލިއެވެ. ސޯފީ އެއްބަސް ވީ ޑރ.އަންވަރު ބުނާ ކޮންމެ ގޮތަކަށް ހަދާށެވެ. ޝައުފްއަށް އެދެމީހުންގެ ހަގީގަތާ ރޭވުންތައް އެނގުމުން ސޯފީ ޝައުފް ލައްވާ އެވާހަކަތައް އެއްވެސް މީހަކު ކައިރީ ނުބުނުމަށް ވައުދު ކުރުވިއެވެ. އެހެންކަމުން އެދުވަހަށް ފަހު ހަގީގަތް އެނގި ހުރެވެސް ޝައުފްއަށް ޖެހުނީ އެކަންތައް ސިއްރު ކުރާށެވެ.

ޑރ.އަންވަރު ސޯފީގެ އަތަށް ދިނީ ބޭސްތަކެކެވެ. އެއީ ސަލީމްއާއި އޭނަގެ އަންހެނުންގެ ކާއެއްޗިއްސަށް އެޅުމަށެވެ. ސޯފީ އެ ބޭސްތައް ހިފައިގެން ގެއަށް އައީ ފޮނި އުއްމީދުގައެވެ.

ސޯފީ ޑރ.އަންވަރު ބުނި ގޮތަށް ސަލީމްގެ ދެމަފިރިންގެ ކާއެއްޗިއްސަށް ބޭސްތައް ފުޑުކޮއްފައި އަޅާލިއެވެ. މެންދުރުގެ ކެއުމުގް ގަޑީގަ ސަލީމްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ސަލީމްގެ ވިޔަފާރިއަށް ފަންސާސް ކުރޯޑްގެ ފައިދާވީމައެވެ. އަދި ސަލީމް ނިންމީ ވިޔަފާރީގެ ފަންސަވީސް ޕަސެންޓް މާހިރުއަށް ރަޖިސްޓްރީ ކޮއްދިނުމަށެވެ.

ކައިނިމިގެން ކޮޓަރިއަށް ދިއުމަށް ހިނގައިގަތްތަނާ ސަލީމްގެ މެއަށް ކުއްލިއަކަށް ތަދެއް އެރިއެވެ. ސަލީމް ހޭނެތިގެން ވެއްޓުމުން ސޯފީގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރެއް ފެނިގެން ދިޔައެވެ. އެކަމަކު އެ ކުލަވަރު ފޮރުވާލިއެވެ. ސަލީމް އެންބިއުލެންސްގައި ސީދާ ހޮސްޕިޓަލަށް ގެންދެވުނު އިރު އެމީހުންގެ އިންތިޒާރުގައި ޑރ. އަންވަރު ހުއްޓެވެ. އެމެޖެންސީ ބަޔަށް ސަލީމް ވެއްދި އިރު ޑޮކްޓަރަކަށް ހުރީ ހަމައެކަނި ޑރ. އަންވަރެވެ. ގޭމީހުންގެ ލޯމައްޗަށް ދަޅަ ދެއްކުމަށް އައިސީޔޫއަށް ވައްދައި ފަރުވާދޭކަމަށް ހެދިއެވެ. އަދި ޑރ.އަންވަރުއަށް އެހީވުމަށް އައި ނަރުސް ކުއްޖާ ކައިރީ މިއީ ޑރ.އަންވަރުގެ ހާއްސަ ބަލިމީހެއްކަމަށާއި ސަލީމްއަށް އެއްވެސް ފަރުވާއެއް ޑރ.އަންވަރުއަށް ނޭނގި ނުދިނުމަށް އެދުނެވެ.

ސަލީމްގެ އެހާލަތު ފެނިފައި ސަލީމްގެ އަންހެނުންގެ ހެއަށްވެސް ގޮތްވިއެވެ. އާސިމާވެސް ވޯރޑްގައި އެޑްމިޓް ކުރީ ހަމަ ޑރ.އަންވަރުގެ ޕޭޝެންޓެއް ގޮތުގައެވެ. ޑރ.އަންވަރު އާސިމާއަށް ވަރަށް ގިނަ ބާރުގަދަ އިންޖެކްޝަންތަކެއް ޖެއްސުވިއެވެ. އޭގެ ސަބަބުން އާސިމާގެ އެއްފަޅީ ވާގިނެތިގެން ދިޔައެވެ.

އާކިފްއަށް މަންމައާއި ބައްޕަގެ ހާލަތު އެނގުމުން އެރޭ ފުރައިގެން އަންނަން އުޅުނެވެ. އެކަމަކު ކަންދިމާކުރި ގޮތުން ފުރާނެ އެއްޗެއް ނެތުމުން ޖެހުނީ އަނެއް ދުވަހުގެ ހެނދުނު އަންނާށެވެ. އާކިފްއަށް މަންމަމެންގެ ހާލަތު އެންގުމުން ޝައުފް ދެކެ ސޯފީ ވަރަށް ރުޅި އައެވެ.

” އަހަރެންގެ ޕްލޭން ކާމިޔާބު ވާ ފަހުން އަންގަން މަޑުކުރި ނަމަ………ކާކު ބުނެގެން އޭނައަށް އެންގީ……..” ސޯފީ ޝައުފް އެތަނުން ދުރަށް ގެންގޮސް ބުނެލިއެވެ. ” ބައްޕަ ބުނީ……..އަހަރެން އެންގި ފަހުން ބައްޕަވެސް އާކިފްއަށް ގުޅައިފި………….އޭނަ މިކޮޅަށް އައުމުގެ ހުރިހައި ކަމެއް ހަމަޖައްސއިފި………..މިހާރު އޭނަ އަންނާނެ…..” ޝައުފް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. ސޯފީ ހިތްހަމަ ނުޖެހިފައި ނަމަވެސް ދެން ހުންނަން ޖެހުނީ އެނޫން ގޮތެއް ނެތިގެންނެވެ.

ޑރ. އަންވަރު އެދުވަހުގެ މެންދުރު ސޯފީއާއި ޝައުފްއަށް އުފާވެރި ހަބަރެއް ދިނެވެ. އެއީ ސަލީމްއާއި އާސިމާ ދެން ރަނގަޅު ނުވާނެ ކަމުގެ ހަބަރެވެ. ޖަހާއިދިން އިންޖެކްޝަންގެ ސަބަބުން އެދެމީހުންނަށް މިހާރު ވާހަކަވެސް ނުދެއްކެއެވެ. އައިސީޔޫ އެތެރޭގައި ބާއްވާފައި އޮންނަނީވެސް މާހިރުއާ ދުރުގަ ބޭއްވުމަށެވެ. ސަލީމް އާއި އާސިމާއަށް ދިމާވި ކުއްލި ހާލަތުން މާހިރި ހާސްވެ ދެރަވެއެވެ. މާހިރުގެ ކުރިމަތީގައިވެސް ޑރ. އަންވަރު ބުނީ ހަމަ އެގޮތަށެވެ. އެދެމީހުންނަށް ވާހަކަ ދެއްކޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

އާކިފް އައުމުން އާކިފްއާއި މާހިރު ވެގެން ސަލީމްމެން ބޭރަށް ގެންދިއުމަށް ހުއްދައަށް އެދުނެވެ. އެކމަކު އެކަންވެސް ޑރ. އަންވަރު މަނާކުރިއެވެ. އެފަދަ ހާލެއްގައި ބަލިމީހަކު ބޭރަށް ގެންދިއުމަށް ހުއްދަ ނުދެވޭނެ ކަމަށާއި އިތުރަށް ދޭނެ އެއްވެސް ފަރުވާއެއް ނެތް ކަމަށް ބުނެ އެކަންވެސް ހުއްޓުވިއެވެ. ޑރ. އަންވަރުގެ މަކަރުވެރިކަން ނޭނގޭތީ މާހިރުވެސް ޑރ.އަންވަރުގެ ވާހަކަތައް ގަބޫލްކޮށް އެކަން ހުއްޓާލިއެވެ.

ސަލީމް އެހާލަތުގައި އޮންނަން ފެށުމުން ވިސްނައި ހެދުމުން ލޭގެ ޕްރެޝަރ މައްޗަށް ގޮސް ސްޓްރޯކަކަށް ދިޔައެވެ. އަދި ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ގޮސް ހާލަތު ވަރަށް ދަށްވިއެވެ. ނަރުހުން އެތައް ފަހަރަކު ސަލީމްގެ ލޭ މަތީގަ ހުންނަކަމަށް ޑރ.އަންވަރުއަށް އެންގުމުންވެސް ކޮންޓްރޯލް ކުރުމަށް އެއްވެސް ފަރުވާއެއް ނުދެއެވެ. ސަލީމް އެހާލަތުގައި ފަނަރަ ދުވަސް ހޭދަކުރުމަށްފަހު ދުނިޔެ ދޫކުރިއެވެ. އެދުވހަކީ އާއިލާގެ އެންމެންގެ ލޯތައް ކަރުނައިން ފުރިގެން ދިޔަ ދުވަހެކެވެ. އޭގެ ބަދަލްގައި ސޯފީގެ ލޮލުން ފައިބަމުން ދިޔއީ އުފާވެރިކަމުގެ ކަރުނައެވެ.

ސަލީމް މަރުވިކަން އާސިމާއަށް އެންގީވެސް ޑރ. އަންވަރުއެވެ. މާހިރު އެކަން އާސިމާއަށް ސިއްރު ކޮއްދޭން ބުނި ނަމަވެސް ޑރ. އަންވަރު އާސިމާއަށް އެކަން އެންގީ އެކަމާ އާސިމާ ވިސްނައި ހަދާނެކަން އެނގި ހުރެއެވެ. އާސިމާއަށްވެސް ސަލީމްއަށް ދިމާވި ގޮތަށް ދިމާވިއެވެ. ހަމަ އެކަންތައް ތަކުރާރު ވަމުން ދިއުމުން އާކިފްއަށް މަޑުމަޑުން އެކަންތައް ނަގައިގަނެވުނެވެ. ކޮންމެވެސް ނުބައި އުޅޭކަން އެނގިގެން ދިޔައެވެ. އެކަމަކު އެއީ ކޮންބައެއްގެ ރޭވުމެއްކަން ނޭނގޭތީ އެވާހަކަ ދެއްކުނީ ސޯފީގެ ގާތުގައެވެ. ސޯފީ ވަރަށް ދެރަވެލާފައި ކަންތައްތައް ވާގޮތުން ދެރަވާ ކަމަށް ބުނެލިއެވެ. އަދި ޑރ.އަންވަރާ ވާހަކަ ދައްކާނެކަމަށް ބުނެ އާކިފްގެ ހިތްހަމަ ޖައްސާލަދިނެވެ.

އާސިމާއަކީ ކުރިން ފެށިގެން ނޭވާ ހިއްލާ މީހެއްކަމުން ހާލުބޮޑުވާ ވަރަކަށް އޮކްސިޖަންވެސް ބޭނުންވިއެވެ. އެކަމަކު ޑރ.އަންވަރު މާހިރުގެ ލޮލުގަ އަނދުން އަޅުވަންވެގެން ހުސް މާސްކެއް އަޅުވާފަ ބާއްވަނީއެވެ. އައި ސީޔޫގެ ބޭރުން ފެންނަ މީހަކަށް ހީވާނީ އޮކްސިޖަން ގުޅާފައި އޮންނަ ހެންނެވެ. އެރޭގެ ފަތިހުގެ ގަޑީގައި އާސިމާ މިދުނި ދޫކުރުން ވެގެން ދިޔައީ އާކިފްއަށް ޝޮކެއް ލިބުނު ކަމަކަށެވެ. އާކިފް އިނީ ފާޑަކަށް ގަބުވެފައެވެ.

އާކިފް ގަބުވެފައި އިނުމުން އެކަމުނެ ފައިދާވެސް ނެގީ ޑރ.އަންވަރެވެ. ފާޑުފާޑުގެ އިންޖެކްޝަންތައް ޖަހައި ހަނދާން އެއްކޮށް ފޮހެލިއެވެ. އަމިއްލައަށް ކާކުކަން ދެނެގަންނަންވެސް އުދަނގޫވާވަރަށް އާކިފްގެ ހާލް ގޯސްވިއެވެ. ސޯފީ އާއިލާ މީހުންނަށް ވިސްނައިދިނީ އެއީ ސަލީމްއާއި އާސިފާގެ މަރަށް ފަހު އާކިފް ދުނިޔެއިން މޮޔަވީ ކަމަށެވެ. އަދި ޑރ.އަންވަރުގެ ފަރުވާއިން އާކިފް ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށެވެ. އެތައް ފަހަރަކު މާހިރު އާކިފް ގޮވައިގެން ރާއްޖެއިން ބޭރަށް ވެސް ދިޔައެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ބޭރަށް ދަނީ އެހީތެރިއެއްގެ ގޮތުގައި ޑރ.އަންވަރުވެސް ގޮވައިގެންނެވ. އާއިލާގެ ޑޮކްޓަރެއްގެ ގޮތުގައި ޑރ.އަންވަރުއަށް އިތުބާރު ކުރާތީއެވެ. މީހެއްގެ މަކަރުވެރިކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ބޭރު ގައުމުތަކަށް ގޮސްވެސް އާކިފް ރަނގަޅު ނުވާނެކަމަށް ޑރ.އަންވަރު ބުނެ ފަރުވާ ހުއްޓާލިއެވެ. އެދުވަހަށް ފަހު އާކިފް ބަންދު ކޮޓަރިއެއްގަ ގެންގުޅެން ފެށީ ހާއްސަ ފަރުވާ ދިނުމަށް ބުނެއެވެ.

ޝައުފްއަށް މާޒީގެ ތެރެއިން އާދެވުނީ ވާރޭއިން ތެމި ފޯވި ފަހުންނެވެ. މިރޭ މޫސުމް ގޯސްވެ ވާރެއާއެކު ބާރު ގުގުރީގެ އަޑުއިވެމުން ދެއެވެ. މަގުމަތީގެ ހަލަބޮލިކަން ކެނޑި މަޑުމައިތިރި ވެފައި ވީނަމަވެސް ޝައުފްއަށް ހީވަނީ ވަރަށް ހަލަބޮލި ހެންނެވެ. މަގުގެ ފަރާތް ފަރާތުން ޝައުފްއާއި އާކިފް އެކުގައި ސަކަރާތްޖަހަން އުޅޭ ތަން ސިފަވަމުން ދިޔައެވެ.

ރާސްތާންގެ ދޮރާށިން ވަދެވުނު އިރު ޝައުފްއަށް މާނޭވާ ލެވެއެވެ. ބޮލުގެ ރިހުން ގަދަވެ ހީވަނީ ބޯ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ފިނިބޮޑުވެގެން ގޮސް މުޅި މީހާ ތުރު ތުރު އަޅަމުން ދިޔައެވެ. ވަޔާ ކުޑަ ދޮރު ތެޅެން ފެށުމުން ކުޑަ ދޮރު ލައްޕާލުމަށް ސޯފީ އެދިމާލަށް އައި ވަގުތު ތެމިފޯވެގެން ގޯތި ތެރޭ ޝައުފް ހުރިތަން ފެނުމުން ހައިރާންވިއެވެ. ކުޑައެއް ހިފައިގެން ސޯފީ ޝައުފްއާ ދިމާލަށް ހިނގައިގަތެވެ.

ފިތުރޯން ގަހުގައި ހިފަހައްޓާލައިގެން ހުރި ޝައުފް ސިހިގެން ދިޔައީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ. ފަސްއެނބުރި ބަލާލި އިރު ސޯފީ ފެނުމުން އަނެއްކާވެސް އަނެއްފަރާތަށް އެނބުރުނެވެ. ސޯފީ ޝައުފްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޝައުފް ކުއްލިއަކަށް ސޯފީގެ އަތް ފޮޅުވާލައި ދުރަށް ޖެހިލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

އިންތިހާއަށް ލޯބިދީފާ. . [4]

Next

ލޯތްބަށްޓަކައި (ނަވާރަވަނަ ބައި)

Next
April 8, 2014

ލޯތްބަށްޓަކައި (ނަވާރަވަނަ ބައި)

Previews
April 7, 2014

އިންތިހާއަށް ލޯބިދީފާ. . [4]

12 Comments!

  1. xaaahy says:
    April 8, 2014 at 3:56 pm

    hope everyone will like this part too 🙂
    dhen 3 part othy left
    dhen mi story ninmaafa new story genesdheyn fashaanan
    enjoy reading 🙂
    n bunelaany shauf akah vess dhera gotheh nuvaaney
    🙂

  2. zaaaaa says:
    April 8, 2014 at 4:42 pm

    V v v nice… kehmadhuvefa next part kiyalahithun… next part avahah up kohladhethi.. 🙂 ..keep it up…

  3. rixu says:
    April 8, 2014 at 5:01 pm

    ?shauf tha nuny aakif a dhera gothe nuvaany

  4. naj says:
    April 8, 2014 at 5:08 pm

    wowwwwwwwwwwwwwwwwwwwwwwww
    awwwwwwwwwwwwwwwwwwwwsommmmmme
    nice xaaaaaaaaahy
    :))

  5. ]mary says:
    April 8, 2014 at 5:54 pm

    vv.nice

  6. aish says:
    April 8, 2014 at 6:19 pm

    V nice…waiting for the next part…… Avahah up load koh dechey zaahy…

  7. laya says:
    April 8, 2014 at 8:37 pm

    Aakif ah layal libifa Shauf ah ves libeyne rangalhu kujjeh

  8. kaif says:
    April 8, 2014 at 9:32 pm

    Aakif & layaal hulhuvaafa nimmaba! plx Shauf ah layaal libigen nuvaane. Eyrah rethivaanee!

  9. liuu says:
    April 8, 2014 at 9:54 pm

    nuun….liu emmenaa idhikolhah hunnany…..lyaal libenvaany shauf ah….aaakif ah ehn kujjei……..:)

  10. GuDuMeena says:
    April 9, 2014 at 9:49 am

    ehehe. . Layal libeyny mashah. . :p

  11. marriee says:
    April 10, 2014 at 6:13 pm

    no no no….. marriee vx hunnaani liu kolhah…. layaal libeyny hama shaufah…. aakif jeheyny ehn kujjeh hoadhan….. layaal n shauf maa gulhey….. hehehehe 🙂 anyway mibaivx v nice…… next bai avhah up kohlla dheythi…..

  12. Confuse says:
    May 7, 2017 at 11:49 pm

    16 vana episodega akifge bappa niyaavi akif varah lha iru kamah bunefa othy.. Ekam mi episode ga mi bunany eyna boduvi fahun maruvaa kamah .. E kihinei vee kameh..

Comments are closed.


All Right Reserved!