އޯގާވީ ހިތަކުން…12
”ސޫޕް ބޯލަބަ….” އަވްޝަން މޭޒުމަތީ ހުރި ކުކުޅު ސޫޕްތަށި ނަގަމުން ބުނެލިއެވެ. ރާނިޔާ ކުޑަކޮށް ތެދުވެލުމުން ސޫޕް ސަމުސާއެއް ބޯލިއެވެ. ”ވަރަށް ނުބާ، ނުބޮވޭނެ…” ރާނިޔާއަށް ހީވި ހަބަރު އަނގަޔަށް ލެވުނު ހެންނެވެ. އަރުތެރެއިން އެތެރެއަށް އެދިޔައީވެސް އެހާމެ އުނދަގުލުންނެވެ. ހޮޑު ނުލެވުނީވެސް ކިރިޔާއެވެ. އަވްޝަން އަވަސް އަވަހަށް ތައްޓަކަށް ފެން އަޅަމުން ރާނިޔާގެ ތުނބުގައި ޖައްސާލިއެވެ. އެއްނޭވާއިން ފެންތަށި ހުސްކޮށްލަމުން ރާނިޔާ ފުން ނޭވާއެއް ލިއެވެ. ކަރުތެރޭގައި ހިތިއެއްޗެއް ތާށިވެފައިވާހެން ވެސް ހީވިއެވެ.
”ދުފާ އެއްޗެއް ނެއްތަ؟…” ރާނިޔާ އެނދުގައި އޮށޯވެލަމުން އަވްޝަންގެ މޫނަށް ބަލާލިއެވެ. އޭރު ފެނުގެ އަސަރާއެކު ކަރުތެރެއިން ހިތިކަން މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. އަވްޝަން ފޯއްޕެކެޓެއް ނަގަމުން ދިއްކޮށްލިއެވެ.
”އެހާގިނައިން ނުކައްޗޭ….” އަވްޝަން ގޮދަޑީގައި ދެއަތް ވިއްދާލަމުން ހިނިތުންވެލިއެވެ. ފުޅާ އެނދުގައި ދެމީހުންނަށް ތިބެވޭނެ އެވެ. އަވްޝަންގެ މޫނު މައްޗަށް ފޭބި އިސްތަށިކޮޅު އެއްފަރާތްކޮށްލަ ދިނީ ރާނިޔާ އެވެ. އަވްޝަން ބަލަން އިން ގޮތުން ރާނިޔާ ބުމަ އަރުވާލިއެވެ. ”ރީތިކަމުން ހަމަ ބެލެނީ…” އަވްޝަން މޫނު ކައިރިކޮށްލަމުން ބުންޏެވެ. އަވްޝަންގެ ނޭވާތައް މޫނުގައި ބޮސްދޭން ފެށުމުން ރާނިޔާގެ ގައިން ހީބިހި ނެގިއެވެ. ދާދި ގާތުން އަވްޝަންގެ ދެލޯ އަމާޒުވެފައި ވާތަން ފެނި ރާނިޔާއަށް އެދެލޮލުގެ ތެރެއަށް ފީނައިގަނެވުނެވެ. ޗޮކްލެޓްކުލައިގެ ދެލޮލުން ހިސާބަކަށް ވަރުބަލިކަން ފެނެއެވެ. ރާނިޔާ އަވްޝަންގެ އިސްތަށިގަނޑާ ކުޅެލަމުން އަރާމުކޮށްލަން އެދުނެވެ.
”ރިނީ ހޮސްޕިޓަލުން ދޫކޮށްލީމަ ރެސްޓް ކުރާނީ، ނިދާފައި އޮއްވާ ކަމެއް ދިމާވެއްޖެއްޔާ މާ ދެރައެއްނު، އަހަރެން ނިދައިފިއްޔާ ބިންހެލުމެއް އަޔަސް ހޭނުލެވޭނެކަން އެންމެ ރަގަޅަށް އެނގެނީ ރިނީއަށް…” ސަމާސާ ރާގަކަށް އަވްޝަން ބުންޏެވެ. ގޮނޑިން ތެދުވެލަމުން އަވްޝަން ރާނިޔާގެ ނިތަށް ބޮސްދިނެވެ. އަވްޝަންގެ ޖުމްލައިން ރާނިޔާއަށް ހެވުނެވެ.
”ތިކަން އިނގެޔޭ، އެކަމަކު ރެސްޓް ނުކުރަންޏާ ޝާންގެ ލޯކައިރި ކަޅުވެދާނެ…..” ރާނިޔާ ބުންޏެވެ. ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލާފައި ވުމުން ތާޒާ ރޯޅިތަކުން ހަށިގަނޑަށް އަރާމުވެއެވެ. ކުޑަދޮރުން ބޭރު ބަލައިލުމުން ފެންނަނީ ގުނާ އަދަދު ނުކުރެވޭހާ ގިނަ، އުސް އިމާރާތްތަކެވެ. ފެއްސާއި ރަތުގެ ބޮކިތަކުގެ ސައިލުތަކެވެ. ފަތިހުގެ ވަގުތަށް ވެފައި ފަޒާ އޮތީ ފިނިވެފައެވެ. ކުޑަކޮށް ހާމަވެފައި އުޑުގައި ވިދާ ބަބުޅަމުން އައި ކުދި ތަރިތަކުން ވިދުން ގެއްލޭހެންވެސް ހީވެއެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލުގައި ކާޅުގެ ބަރު އަޑުން ރެނދުލައެވެ.
”ފިނިވަނީ ދޯ؟…” ރާނިޔާއާއި ޖެހިގެން ކަހަލަގޮތަކަށް އަވްޝަން އޮށޯވެލުމުން ރާނިޔާ އަވްޝަންގެ ތަނަވަސް ވޭގައި މޫނު ފޮރުވާލިއެވެ. ހުސްވެފައިވާ އައިވީ ނައްޓާލާފައި ވާއިރު ކެނިއުލާ ގުޅާފައިވާ ހިސާބުވަނީ ރަތްވެފައެވެ. ރާނިޔާ ހޫމްމް އަޅުވާލަމުން އިތުރަށް އަވްޝަންއާއި ކައިރިވެލިއެވެ. ”އަންނާން ކުޑަދޮރުތައް ލައްޕާލާފަ….” އަވްޝަން ރާނިޔާގެ އިސްތަށިގަނޑާއި ކުޅެލަމުން ބުންޏެވެ.
އަވަޝަން ބާރު ފިޔަވަޅުތަކެއްގައި ގޮސް ކުޑަދޮރުތައް ލައްޕާލިއެވެ. އޭރު އުސް އިމާރާތްތަކުގައި ދުންފިނީގެ ސައިލުތައް އޮޅާލެވިފައިވާ މަންޒަރު ފެނި އިރުކޮޅަށް ނަމަވެސް އެދިމާއަށް ބަލާލެވުނެވެ. މަންޒަރު ފުސްކޮށް ފެނުނުކަމުގައި ވިޔަސް އިމާރާތްތަކުގެ ބޮކިތަކުގެ އަލިވަރު ދުރަށް ފޭދިފައި ވެއެވެ. އެހެން ހުއްޓާ ދުރުން އިރުގެ ފުރަތަމަ ދޯދިތަކާއެކު ފަނޑު އަނދިރިކަން ފޫއަޅުވާލި މަންޒަރުވެސް ފެނުނެވެ. ބަލާލަން ރީތި ހިތްގައިމު މަންޒަރެކެވެ.
އަވްޝަން އައިސް އެނދުގައި އޮށޯތެވެ. ”އައި ކާންޓް ބިލީވް އިޓް، އެންމެފަހުން އަހުރުމެންގެ ހުވަފެން ސީދާވަނީ…..” އަވްޝަން އަތްތިލައަށް ބޮސްދެމުން ރާނިޔާ ވާހަކަ ދެއްކިއެވެ. އޭނަގެ އަޑުގައި ވަނީ އުފާވެރިކަމެވެ. މާތް ﷲ އޭނަގެ ދުޢާތައް އިޖާބަ ކުރައްވައިފިއެވެ. ދީފާގެ ވާހަކަތަކުން އޭނަގެ ހުވަފެންތަކުގައި ހަޤީޤީ ކުލަތައް ޖެހިއްޖެއެވެ. އިންތިޒާރުގެ ނިމުން ފޮނިވާނެއޭ މީހުން ބުނެއުޅެއެވެ. މިއަދު އޭނައަށް އެކަން ތަޖުރިބާ ކުރެވިއްޖެއެވެ.
***
”އީނޫ އަހަންނަށް ފެންނަނީ ލައިބްރަރީއަށް ދާން، މިވަގުތު ކްލާހަށް ގޮސްފިނަމަ އެވިކެޑް ލެކްޗަރާ ދެމީހުންގެ ދުވަސް ދުއްވާލާނެ، ކުރީފަހަރުވެސް ލަހުން އާދެވުނީމަ ކްލާހުން ބޭރުކޮށްލީ….” ރޫޔާ ކޮލެޖްގެ ގޭޓުން އެތެރެއަށް ވަންނަމުން ބުންޏެވެ. މިއަދު ދެކުދިންނަށްވެސް އާދެވުނީ ގަޑިޖެހުނުތާ އެތައް އިރެއް ފަހުންނެވެ. އަލްޔަސް ބަލިވެގެން ކޮލެޖަށް ނާދެވުމުން ދެމީހުން އައީވެސް ހިނގާފައެވެ. އުޅެއުޅެ ޓެކްސީއެއް ވެސް ނުލިބުނީއެވެ.
”އޭރުން އެޓެންޑެސް ހަމަނުވާނެ…” އީނާ އެކަމާ ދެކޮޅު ހެދިއެވެ. ”އެންމެ ލެސެންއެއް ބަންކް ކުރިއަސް އެޓެންޑެންސް ހަމަވާނެޔޭ…..” ރޫޔާ ދެލޯ ބޮޑުކޮށްލިއެވެ.
”ޕްލީސް، އަދި އެންމެ ބޯރިންގް ގަޑި…..” ރޫޔާ އާދޭހާއެކު ބުންޏެވެ. އީނާ ކުޑަކޮށް ވިސްނާލިއެވެ. ރުޔާ އެބުނީ ތެދެކެވެ. އެކައުންޓިންގް ގަޑިއަކީ އޭނަވެސް އެންމެ ފޫހިވާ ގަޑިއެވެ. ގަދަކަމުން ދެލޯހުޅުވާލައިގެން އިންނައިރު ކިޔަވައިދޭ އެއްވެސް އެއްޗެއް ސިކުނޑިއަކަށް ނަގައިނުގަނެވެ އެވެ. ގިނަ ފަހަރު ފޮތެއް ނަގައިގެން އޭނަ އިންނަނީ ކުރަހާށެވެ.
”އޯކޭ….” އީނާ ބުންޏެވެ. ރޫޔާ އާއި އީނާ ލައިބްރަރީއަށް ވަންއިރު ސަނާ ފޮތެއް ކިޔަން މޭޒު ދޮށުގައި އިންތަން ފެނުނެވެ. އީނާ ފެންނައިރަށް ބާރު ނަގޫރޯޅިއެއްގެ ހަލުވިކަމާއެކު އޭނަ އައިސް ހުއްޓުނީ އީނާ ކުރިމައްޗަށެވެ. ވީފުއްސެއްގެ ބޮޑުކަމުން އީނާ ދުރަށްދާން ހިނގައިގަތެވެ.
”ކަލޭ ބޭނުންގޮތަށް ކަންތައް ވެއްޖެދޯ؟….” ސަނާ ރުންކުރުކަމާއެކު ބުނެލައިފިއެވެ. އީނާ އެސުވާލަށް ޖަވަބު ދިނުމެއްނެތި ދާން އުޅުމުން ސަނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ފައިޒާން ކޮލެޖް ހުއްޓާލީ އީނާގެ ސަބަބުންނެވެ. ދޮގު ޚަބަރު ފަތުރާލައިގެން ފައިޒާން ބަދުނާމުކޮށްލީ އެވެ. އެކަމުގެ ބަދަލު އޭނަ ހިފާނެއެވެ.
”އެއީ ކަލޭގެ ރޭވުމެއްކަން އަހަންނަށް ޔަޤީން، ފައިޒާން ބަދުނާމުވާނެ ދޮގު ވާހަކައެއް ފަތުރާލާނެ ފުރުސަތެއް ނުހުލިބިގެން ކަލޭ ހުރީ، މިހާރު ހިތްހަމަ ޖެހިއްޖެ ދޯ؟…. އަހަންނާއި ފައިޒާން އެކުގައި އުޅޭތީ ޖޭވީ ދޯ؟…..” ސަނާ ހީވަނީ ފީކުކުޅެއް ހެންނެވެ. ދުލައް އައިހާ ނުބައި އެއްޗެއް ގޮވާލައިފިއެވެ. ދެންވެސް އީނާގެ ދުލުން ބަހެއް ބޭރުނުވިއެވެ. އޭނަ ދިޔައީ ކެތްތެރި ވަމުންނެވެ. ނަމަވެސް ސަނާ އުޅޭ ގޮތުން ރުޅި ނާންނާނީ ކާކުހެއްޔެވެ؟ ފައިޒާން ވަނީ ސަނާގެ ސިކުނޑި ކާލާފައެވެ.
”ހީނުކުރާތި އަހަރެން މަޑުން ހުންނާނެ ކަމަށް، ކަލޭގެ ދޮގު ވާހަކަތަކަށް އަހަރެން ދުވަހަކު ނުހެއްލޭނެ، ބިޗް!…..” ސަނާ ކިތަންމެ މަޑުން ބުނިކަމުގައި ވިޔަސް އަޑުގައިވަނީ ސާފް ނަފްރަތެވެ.
”އަހަރެން ބޭނުމެއް ނޫން ސަނާގެ ބޭކާރު ވާހަކަތައް އަޑުއަހަން، ސޯ ޝަޓް ޔޯރ މައުތް. ހަޤީޤަތް ޤަބޫލު ނުކުރެވެންޏާ ސަނާ ވެއްޓިފައިވާ އަނދުވަޅުން ދުވަހަކު މައްޗަކަށް ނޭރޭނެ، ފައިޒާން ފަދަ ނުބައި މީހަކާއެކު ދުވަހަކު ނޫޅެވޭނެ، އޭނަ އަކީ ނުބައި މީހެއް…. ހީ އިޒް އެ ސިކް…….!” އީނާ އަޑަށް ބާރުލަމުން ބުނެލިއެވެ. އޭނަގެ ހިތުގައި އުފެދިފައިވާ ނަފްރަތު ބޭރުކޮށްލިއެވެ. އެދުވަހުގެ ހާދިސާއަށް ފަހު އޭނަގެ ހިތުގައި ވަނީ ނަފްރަތާއި ރުޅިވެރިކަމުގެ އަލިފާން އަނދަން ފަށާފައެވެ. ފައިޒާން ފަދަ ނުބައި މީހަކާއި ރައްޓެހިވެވުނީ އޭނަގެ މޮޔަކަމުންނެވެ.
”އީނޫ އަޅާނުލާ…. ސައިކޯ މީހުންނާ ވާހަކަދައްކަން ހަދައިގެން މޮޔަވެދާނެ….” ރުޔާ ފޫހި ރާގަކަށް ބުންޏެވެ. އޭނަވެސް ސަނާދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ސަނާއަކީ ދޮގު ވާހަކަތައް ފެތުރުމާއި ދޭތެރެ ޖެއްސުމުގެ ނަމޫނާއެކެވެ. ސަނާ ރައްދުދޭން އަނގަ ހުޅުވާލިތަނާ ލައިބްރޭރިއަން އައިސް ހަޅޭއްލަވައިގަތެވެ. އޭނަ ތުން ފިއްތާލައިގެން ހުރެ ބޭރަށް ދާން ހިނގައިގަތެވެ. ބާރު ބާރަކަށް ހިނގާލާފައި ދަނިކޮށް ތަށިމުށިގަނޑުމަތިން ފައި ކައްސާލުމުން ، އޭނަ އަރިއަޅާލުމާއެކު ފޮތް ހަރުގަނޑުގައި ހުރި ފޮތްތަކާއެކު ބިންމައްޗަށް ވެއްޓިއްޖެއެވެ. ބޭއިހްތިޔާރުގައި ސަނާއަށް ރޮއިގަނެވުނެވެ. ހިކި މީހަކަށް ވުމުން އުނަގަނޑަށް ތޫނު ތަދެއް އެރިއެވެ. ލޮލަށް ޖަމާވި ބޮޑެތި ކަރުނަތަކާއެކު މަންޒަރު ފުސްފިއެވެ. ދުރުގައި ހުރި ރޫޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އުސް ފައިވާންތަކަށް އަރައި ތިމާގެ ފޮނިކަން ދައްކަން އުޅުމުން ސަނާއަށް ވަރުގަދަ ލަނޑެއް ލިބިއްޖެއެވެ.
”ރޫ…” އީނާ ރޫޔާގެ އަތުގައި ވިކާލިއެވެ.
ސަނާ ލޯއަޅާލަމުން ތެދުވުނެވެ. އުނަގަނޑުގައި އުފެދިފައިވާ ތޫނު ތަދާއެކު ހަށިގަނޑު ސީދާކޮށްލަންވެސް އުނދަގޫވިއެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން އޭނަ ފޮތްތައް ނަގަން ފެށިއެވެ. ދެތިން ކުއްޖަކު ސަނާއަށް އެހީގެ އަތެއް ފޯރުކޮށްދިނެވެ. އީނާވެސް ދާން އުޅުމުން އެކަމަކަށް ހުރަސް އެޅީ ރޫޔާއެވެ.
”ކީއްކުރަން އޭނައަށް އެހީވަނީ؟…. އޭނައަކީ ފެށުނީއްސުރެ އީނޫއާ ޖައްސާލާފަ ހުންނަ މީހެއް…..” ރޫޔާ އީނާގެ އަތުގައި ހިފާ ދަމަމުން ފޮތް ހަރުގަނޑަކާ ދިމާއަށް ހިނގައިގަތެވެ.
ހަވީރުގެ ވަގުތެވެ. މައިމޫނާ ޓެރަސް އަށް އެރީ ހިއްކަން އަޅާފައިވާ ހެދުންތައް ނަގާށެވެ. އަތްމަތި އަވަސްކޮށްލައިގެން އޭނަ ހެދުންތައް ހިފައިގެން އައިސް ބޮޑުކޮޓަރިއަށް ވަނެވެ. އޭރު މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ހިތް ބާރުބާރަށް ތެޅެއެވެ. ކުރީ ދުވަހުގެ ހާދިސާއަށް ފަހު ގެއިން ބޭރަށް ނިކުތްނަން އޭނަ ޖެހިލުންވެއެވެ. ކޮންމެ ދިމާލަކުންވެސް ގްރޫޕް މީހުން އައިސް އޭނަ ކިޑްނޭޕްކޮށްފާނެހެން ހީވާވަރުންނެވެ. ނަފްސާނީ ގޮތުން މައިމޫނާއަށް ވަނީ އަސަރުކޮށްފައެވެ. ރޭ ރަގަޅަށް ނުވެސް ނިދުނެވެ. އެވަރުންވެސް އޭނަ ހުރީ އިނާއަށް ދޫދޭ ހިޔާލެއްގައެއް ނޫނެވެ. އޭނައަށް މިކަންތައް ދިމާވީ ވެސް އިނާގެ ސުންޕާކަމުންނެވެ. ބަދަލު ހިފާފައި ނޫނީ އޭނަ ދުލެއް ނުކުރާނެއެވެ.
ޒަލަފް އާއި ރޫޔާ ތިބީ ކުޑަކުދިންގެ ބާގީޗާގައެވެ. ލުޔޫން އެހެނިހެން ކުދިންތަކާއެކު ހީހީފައި އުޅުނުއިރު ރޫޔާގެ ސަމާލުކަން ދެވިފައިވަނީ ލުޔޫން އަށެވެ. ބާރަކަށް ދުވެލިޔަސް ގޮވާލެވެއެވެ. އުފާވެރިކަން އެމޫނުމަތިން ފެންނައިރު ވަށައިގެން ފެންނަ ކުޑަކުދިންތަކުން ހިތަށް ފިނިކަން ގެނެސްދިނެވެ.
ޒަލަފް ރޫޔާގެ އަތަށް ފިތާލުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. ފުން ނޭވާއެއް ލަމުން ޒަލަފްގެ މޭގައި ރޫޔާ މަޑުމަޑުން ޖަހާލިއެވެ.
”ހާރޓް އެޓޭކެއް ޖެހިއްޖެ….” ރޫޔާ ބުނެލިއެވެ. ”އަސްލުވެސް؟ ސީޕީއާރ ދެންތަ؟…” ޒަލަފް ރޫޔާއާއި ކައިރިއަށް ޖެހިލައިފިއެވެ. ރޫޔާ ދެފަރާތަށް ނަޒަރު ހިންގާލަމުން ފަހަތަށް ޖެހިލިއެވެ. މާކަ ގިނަ ބަޔަކު ނޫޅެއެވެ. ޒަލަފް ކުރިއަށް ފިޔަވަޅުތަކެއް އަޅާލިއެވެ. އޭނަ ބޭނުންވީ ރޫޔާ ތަޅުވާލާށެވެ. އެންމެފަހުން ބެންޗެއްގައި ޖެހިފައި ރޫޔާގެ ފިޔަވަޅުތައް ހުއްޓުނެވެ. ކާމިޔާބީގެ ހިނިތުންވުމަކާއެކު ޒަލަފް ޖިންސްގެ ޖީބަށް އަތްކޮށްޕާލަމުން ބޯއަރިކޮށްލާފައި ބުމަ އަރުވާލިއެވެ.
”ޒީން…” ރޫޔާއަށް މަޑުމަޑުން ބުނެލެވުނެވެ. އޭރު ދެޒުވާނުން ތިބީ ނުހަނު ކައިރީގައެވެ. ރޫޔާގެ މޫނަށް ޗެރީ ކުލަ ވެރިވޭލަފއި ވިއެވެ. ”ލަވް ޔޫ…” ޒަލަފް ރޫޔާގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. އެއަޑުން ރޫޔާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ހިތްގައިމު ރީތި އަޑެކެވެ. ރީތި ލަވައެއް ފަދައެވެ. ތިރިކޮށްލި އެސްފިޔަތަކާއެކު ރޫޔާ ޒަލަފްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލަމުން ދުއްވައިގަތެވެ. ޒަލަފްވެސް ދުވެލާފައި ރޫޔާގެ ފަހަތުން އައެވެ. ޒަލަފް ފަހަތުން އައިސް ރޫޔާ އަތުގައި ހިފާ ދަމައިގަތުމުން ރޫޔާ އައިސް ޖެހުނީ ޒަލަފްގެ މޭގައެވެ. އެތެރެއަށް ދަމާލެވުނު ނޭވާއާއެކު ދުވި ސެންޓް ވަސް ރޫޔާއަށް ވަރަށް ކަމުދިޔައެވެ. ޒަލަފްގެ ހިތުގެ ތެޅުން އިހްސާސް ކުރެވެނު ހިނދު އޭނަ އިސްއުފުލާލިއެވެ.
”ދޮންބޭ…” ތުންފިއްތާލައިގެން ހުރެ ލުޔޫން ޒަލަފްއަށް ގޮވާލިއެވެ. ޒަލަފް ރޫޔާގެ ހަށިގަނޑުން ދޫކޮށްލަމުން ލުޔޫންގެ ކޮލުގައި ހިފާލިއެވެ.
”ކިހިނެއްވީތަ؟…” ޒަލަފް ލޯތްބާއެކު އަހާލިއެވެ. ”ލޫލޫ ބޭނުން ޕޮޕްކޯން ކާން….” ލުޔޫންގެ މައުސޫމް ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. ރޫޔާއަށް މިމަންޒަރު ފެނި ހިތް ބަންޑުން ވިއެވެ. ކުޑަކުޑަ ޑޯލް އެކެވެ. ޒަލަފް ލުޔޫން އުރާލަމުން ޕޮޕްކޯން ގަންނަން ހިނގައިގަތެވެ. ރޫޔާ ބެންޗެއްގައި ޖައްސާލިއެވެ. ޒަލަފް ގެއްލެންދެން ބަލަން އިނދެފައި އޭނަ ފޯނު ނެގިއެވެ.
”މަންމަ!…” ރޫޔާގެ ފޯނަށް ކޯލެއް އައުމުން އޭނައަށް މަޑުމަޑުން ބުނެލެވުނެވެ. ފޯނު ނަގަމުން އޭނަ ވާހަކަ ދެއްކިއެވެ.
”ކޮންތާކު ތިހުރީ؟….” ރުންކުރު ރާގަކަށް މައިމޫނާ އަހާލިއެވެ. ”މީ…މި ހުރީ އެކުވެރިންނާއެކު ހިނގާލަން އައިސް…..” ރޫޔާއަށް ޖަވާބު ދެވުނީ އަޅައިގަންނަމުންނެވެ. މަންމަ މިހާރު އޭނައަށް ޝައްކުކުރާހެން ހީވާތީވެސް ރޫޔާ ހުންނަނީ ބިރުންނެވެ. ޒަލަފްއާއި އޭނަގެ ގުޅުން އެހާ އަވަހަށް މަންމައަށް އެނގެން އޭނަ ބޭނުމެއް ނުވެއެވެ. ރަގަޅު ފުރުސަތެއްގައި ވިސްނައިދީގެން ނޫނީ މަންމަ އެއްބަހެއް ނުވާނެއެވެ. އޭނަ މިހާރު ނިންމާފައިވަނީ ގްރެޖުއޭޝަން ސެރަމަނީ އޮންނަ ދުވަހު މަންމައަށް ޒަލަފް ތަޢާރަފްކޮށްދޭށެވެ.
”ސާބަސް، ތިއެކުވެރިނާއެކު ތަންތަނަށް ދިއުމަށް ވުރެ މާރަގަޅު ވާނެ ކިޔަވަން ގޭގަ އިނަސް، ފޮތެއް ހިފައިގެން އިންނަ ތަނެއް ދުވަހަކު ނުފެނޭ، އަބަދު އެކުވެރިނާއެކު މާލެގައި އެނބުރުން ނޫންކަމެއް ނެތްތަ؟…. ގެއަށް އަންނައިރު މަންމައަށް ދޭން ހެދިކާ ކޮޅެއް ގަނެގެން އަންނާތި….” މައިމޫނާ ބުނެލިއެވެ. އެވަގުތު ދުރުން ޒަލަފް އަންނަ މަންޒަރު ފެނި އޭނަ ފޯން ކޯލު ކުރުކޮށްލަން އުޅުނެވެ.
”ފަހެއް ޖަހާކަންހާއިރު އަންނާނަން ހެދިކާ ގަނެގެން….” ރޫޔާ ބުނެލިއެވެ. ”ރޫ، އާދެބަލަ….” ރޫޔާ ފޯނުކޯލް ކަނޑާލަން އުޅުނު ވަގުތު ޒަލަފް ގޮވާލިއެވެ. އެއަޑުއިވި މައިމޫނާ ދިޔައީ ސިއްސައިގެންނެވެ. ދެވަނަ ފަހަރަށް އެމީހަކު ގޮވާލޯތާ އަޑުއަހަން ހުއްޓާ ފޯނު ކެނޑިއްޖެއެވެ. މައިމޫނާ އަތަށް ލެވުނުހާ ބާރަކާއެކު ފޯނު އަތްގަނޑު މޭޒުމަތީ ބޭއްވިއެވެ. މައިމޫނާގެ އަތް ތުރުތުރު އަޅައެވެ.
”އެއީ ފިރިހެނެއްގެ އަޑުކަން ޔަޤީން… އެމީހަކު ރޫޔާއަށް ގޮވީ ކީއްކުރަން؟… އަނެއްކާ….. ނޫން، ނޫން، އެވާނީ ކުށްހީއަކަށް، ރޫޔާ ކުއްޖަކާއި ރައްޓެހިވެގެން އުޅޭނަމަ އަހަންނަށް އެނގޭނެ، މަގުން މީހަކު ހިނގާފައި ދަނިކޮށް ކޮންމެވެސް ކުއްޖަކަށް ގޮވީކަމަށް ވާނީ، ރޫޔާ އަހަންނަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ………” މައިމޫނު ހިތާހިތުން ބުނެލައިފިއެވެ. އޭނަގެ ހިތަށް ވިސްނައިދެމުން ކޮޓަރިއަށް ވަނެވެ.
”އޫޕްސް، މަންމަ ދޯ؟….” ރޫޔާ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލުމުން ޒަލަފް ބުންޏެވެ. ރޫޔާ ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ.
”މަންމައަށް އަޑު އިވޭނެތަ؟….” ރޫޔާ ކުޑަކޮށް ނުތަނަވަސް ވިއެވެ. މަންމައަށް ޒަލަފްގެ އަޑު އިވިއްޖެނަމަ ކަންތައް ގޯހުން ގޯހަށް ދާނެއެވެ. ޒަލަފްއާ ދުރަށް ދިއުން އެއީ ފަސޭހަކަމަކަށް ނުވާނެއެވެ.
”ނީވޭނެ، ޑޯންޓް ވޮރީ….” ޒަލަފް ބުންޏެވެ. ލުޔޫން ޕޮޕްކޯން ކަމުން އައިސް ރޫޔާއަށް ދިއްކޮށްލިއެވެ. ލުއި ނިހިތުންވުމަކާއެކު ރޫޔާ ޕޮޕްކޯންކޮޅެއް ކާލިއެވެ. ”ދޮންބެއަށް ނުދޭނަން ދޯ؟….” ޒަލަފް ބެންޗްގައި އިށީންނަމުން ބުންޏެވެ. ލުޔޫން ވަކި އެއްޗެއް ނުބުނެ ދޫނެރެލާފައި ކުދިންތަކާއެކު ކުޅެން ދުއްވައިގަތެވެ.
”ނުވިސްނަބަލަ….” ރޫޔާގެ ހިމޭންކަމުން ޒަލަފްއަށް އުނދަގޫވިއެވެ. ”ޒީން، އައިމް ސްކެއާރޑް، މަންމައަށް އެނގިޖެއްޔާ ކަންތައް ގޯސްވާނެ، ޝީ ކާންޑް އަންޑަސްޓޭންޑް، ރަގަޅު ދަނޑިވަޅެއްގައި ބުނެދީގެން ނޫނީ މަންމަ ޤަބޫލެއް ނުވާނެ…….” ރޫޔާ ނުރޯން ހިތްވަރު ކުރިއެވެ.
”ރޫ އަހަންނަށް ބަލާބަ….” ޒަލަފް ރޫޔާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. ރޫޔާ ޒަލަފްގެ މޫނަށް ބަލާލިއެވެ. އޭނަ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދާލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. ނޭވާ ކުޑަކޮށް ރަތްވިއެވެ.
”އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ދާނީ ރަގަޅަށް، ރޫގެ މަންމަ ޤަބޫލު ވިޔަސް ނުވިޔަސް ތަޤްދީރުގައި ލިޔެވިފައިވާ ކަމެއް ބަދަލެއް ނުކުރެވޭނެ، މާތްﷲގެ އިރާދަފުޅާއެކު ދެމީހުންގެ ހުވަފެންތައް ސީދާ ވާނެ…. އައި ލަވް ޔޫ……… ރޫ، މާބޮޑަށް ވިސްނަން ހަދައިގެން ޑިޕްރެސް ވެދާނެ…..” ޒަލަފް ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Mi baives reethi vaane kamah unmeedhu kuran, dhen cover pic kudhakoh blur vefa eidhi, upkurima eheneevi ves, anyways thnx to a friends for editing such a nice cover pic 😀 13 vanabai thursday ga inshaallah,
vvvv reethi mibai ves aneh bai thankolheh avahah up kohdhehchey ….. ina n alyas ge bai nethyma eha kamaku nudhey dhen in bai genes dhey iru alyas n ina ge bai dhigu koh genahchey <3 🙂 🙂
and specially da names. 🙂 it was jzt awesum….. i like dis stry v much
varah reethi vaahaka eh 13 vana bayah inthizaaru kuran
vvvvvvvvvvvv obi……waiting 4 da nxt prt <3
Hai muthaa!!!!!!!!!!!! Hows u?????????? wow,wow,wow, mi part ves varah salhi,asluves Dhen rinee men ufaa vane eh nun,ethah dhuvahakah fahu rinee menah kideh liben ulheythi, e dhemeehunge baithah v loabi,adhi e thanuge maahalu sifakohdheefa in gothun heevanee hama e thanuga hurefa balaalevunu hen,ehaaves furihama, alhey, mi oh ulhey sanaa eh dho????? Heevani moya vegen ulheyhen,dhen meehakaa jahssaliyas a ee dhen boduvaru dho??????? V foohi vahtharakah ulhey meeheh,rooya n zalaf ge bai ves varah salhi,ohh no!!!!! rooyaage kanthah maimoonaa ah bust v tha anehkka??????? Ahen vehjje nama e fakeeruge dhuvas thi dhiya ee. Mi part ves varah salhi ekam een menge bai netheema v dhera vi,alhe muthaa a meehunge bai nugena ee keehvetha?????? Enme fahun mi maimoonaa gey bandhu v dho??????? Heheheehe
Wow,wow, mi oh cover pic eh, varah salhi ingey, editing ves hama habeys, dhen mi huree 13vana partge inthizaarugai, dhen ba e tvgc have a lovly day
mi baives v salhi!!!! 😀
dhen part thankolheh dhigu koh genes dheyne kamah ummedhu kuran
🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂
mi story vess v nice
keep it up
hama bunelaany mi rogun kuriyah dhaashey muthaa 🙂
Vaahaka reethi ekm mibai vvvvvv kuru adhi fan ge fav couple ge part neh 🙁 vedhane 3 couple ginasdethi kamah ves, but its vvvv nyc, cover pic ga mithibi koh bayeh tha,l,? Varah salhi cover pic….. ♥♥♥♥ pic mithibi kudhinkolhu introdue kohlaba mutha…..13 dhigu kohlahchey