
ލޯތްބަށްޓަކައި (ސަތާރަވަނަ ބައި)
މޫސުމް ރީތިކޮން އޮތް ދުވަސް ބަދަލުވެ ބަނަ ވެއްޖެއެވެ. ފުސްވިލާތަކުން އުދަރެސް ބައްދާލައި ވައި ގަދަވެއްޖެއެވެ. ކުދި ކުދި ތކިތަކުން ވެހެން ފެށި ވާރޭ ބޯކޮއްލައިފިއެވެ. އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ތެމި ފޯވެގެން ޝާން ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ހުރީ ހިމޭން ތަނަކަށެވެ. މީހެއްގެ ހިލަމެއްނެތް ހުސް މަގެއްގެ މެދާ ހަމަޔަށް ދެވުމުން ހުރިތަނަށް ތިރިވެ ދެކަކޫ ޖަހާލިއެވެ. ދެއަތަށް ބާރުލައި އިސްތަށިގަނޑުގައި ހިފާލިއިރު ހީވަނީ އިސްތަށިތައް އުފުރާލަން އުޅުނު ހެންނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވާރޭ ފެނާއެކު ވެގެން ދިޔައެވެ. ހިމޭންކަމުގައި ވީރާނާ ވެގެން ދިޔަ އޭނަގެ ދިރިއުޅުމާއި މެދު ވިސްނާލަން ޗަކަތަކު ތެރޭ އިނެވެ.
ޝާން ސިހިގެން ދިޔައީ ފަހަތުން ސައިކަލެއްގެ ބަރުގޮނުންނެވެ. މަގުމަތީ އިށީދެގެން އިންކަންވެސް ހަނދާންވީ ދެނެވެ. މަގުމަތިން ތެދުވެ މަގުގެ އެއްފަރާތަކަށް ޖެހިލި އިރު ސައިކަލްގަ އިން މީހާގެ ރުޅިވެރި ބަސްތައް އިވެމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް އޭނަގެ ޝައުގުވެރިކަމެއް ނެތެވެ.
އާކިފްގެ ކޮޓަރީގަ ޑރ.އާފާލްއާއި ލަޔާލް ތިބި އިރު އާކިފް އިނީ އެނދުގައި އިސްޖަހާލައިގެންނެވެ. ޑރ.އާފާލް ވިސްނަން ވަގުތުތަކެއް ދިޔައެވެ. ލަޔާލް ނޭވާ ހިފަހައްޓާލައިގެން އާފާލްގެ މޫނަށް ބަލަން ހުރެވުނީ ދެން ބުނާނީ ކީކޭކަން ނޭނގޭތީއެވެ.
” ލަޔާ……..އަހަރެން ބޭނުން ކުޑަ ޓެސްޓެއް ކޮއްލަން………….މިވީހާ ތަނަށް އަހަރެން ފަރުވާ ދިން އިރު އެނގިގެން ހިނގައްޖެ މިއީ ކޮންމެވެސް ހާދިސާއަކާ ގުޅިގެން ވީކަމެއްކަން………..ބިރުގަންނަ މީހާ އެންމެ ބިރުގަންނަ ވަގުތު ހިތުގައި ހުންނަ ހުރިހައި އެއްޗެއް ކިޔާލަން ފަސޭހަ ވެދާނެ………އެކަމަކު އެއީވެސް ނުރައްކާތެރިކަމެއް……….މިބުނީ …… އަހަރެމެން މިހަދާ ޓެސްޓުގެ ސަބަބުން އާކިފް ކުރިއަށް ވުރެ ބިރުގަނެ ކުރީގެ ހާލަތައް ހިނގައިދާނެތީ……….”’ ޑރ.އާފާލް ބުނެލިއެވެ. ލަޔާލް ވިސްނާލިއެވެ.
” ދެން ކިހިނެއްތޯ ހަދަންވި؟” ލަޔާލް އަހާލިއެވެ.
ޑރ.އާފާލް ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ. ލަޔާލް ވިސްނާލިއެވެ. ރޭގަނޑު ކުރަން ހުރި ބައެއް ކަންތައް ކުރުމުގަ ހުރަސްތަކެއް އެބަހުއްޓެވެ. އެކަމަކު އެއްވެސްކަމެއް ނުކޮށް ފަސްޖެހޭކަށް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް ބޭނުމީ ރޭވި ހުރިހައި ކަމެއް ކޮށް ނިންމާލާށެވެ.
ރޭގަނޑުގެ ވަގުތެވެ. ރޯސަން ކާން ތައްޔާރުކޮއްލުމަށްފަހު ކޮންމެ ކޮޓަރިއަކަށް ގޮސް އެވާހަކަ ބުނެލިއެވެ. ލަޔާލްއާ ޝައުފް ކޮޓަރިން ނުކުތް އިރު ސޯފީއާއި މާހިރުވެސް ކާމޭޒު ކައިރީ ތިއްބެވެ.
” ރޯސަން ..ޝާންއަށް ނުގޮވަންތަ…..” ސޯފީ ޝާންގެ ގޮނޑިއަށް ބަލާލަމުން އަހާލިއެވެ. ” ނޫން…..ޝާންބޭ ބުނި ނުކާނަމޭ……” ރޯސަން ތަށިތައް އަތުރާލަމުން ބުނެލިއެވެ. ސޯފީ ގޮނޑިން ތެދުވެ އެކޮޓަރިއަށް މިސްރާބު ޖެހިއެވެ. ތަޅު އަނބުރާލުމާއި އެކެ ހުޅުވިގެން ދިޔަ ދޮރުން ފެނިގެން ދިޔައީ ކަނު އަނދިރިކަމެވެ. ތަނެއް ވަކިނުވާވަރުގެ އަނދިރިކަމުގެ ތެރެއަށް ސޯފީ ބަލާލިއެވެ.
” ޝާން..” ސޯފީ ގޮވާލިއެވެ. ނަމަވެސް ހަމަހިމޭންކަމަކުން ޖަވާބެއް ނައެވެ. ފާރުގަ އަތްޖައްސާލައިގެން ހިތު މިސާލަށް ސްވިޗްތައް ހުރި ދިމާލަށް ސޯފީ ހިނގަމުން ދިޔައެވެ. ސްވިޗަށް އޮއްބާލުމާއި އެކު މުޅި ކޮޓަރި ދިއްލިގެން ދިޔައެވެ. ސޯފީ ބަލާލީ ރޫޖެހިފައިވާ ތަންމައްޗަށެވެ. ބާލީހުގަ ބައްދާލައިގެން މޫނު ފޮރުވާލައިގެން އޮތް ޝާން ފެނުމުން ސޯފީގެ ހިތް ތެޅިލިއެވެ. ޝާންއަކީ މަދު ފަހަރަކު ނޫނީ އޮށޯވެ ނޯންނަ މީހެކެވެ. ނިދަން ވަންދެންވެސް އިންނާނީ ލެޕްޓޮޕް ހިފައިގެން އޮފީހުގެ މަސައްކަތެއްގައެވެ. ސޯފީ އައިސް ޝާންގެ މަގަތުގައި އިށީދެ ބުރަކަށީގަ އަތް ފިރުމާލިއެވެ.
” ދަރިފުޅާ…..” ސޯފީ ދެވަނަ ފަހަރަށްވެސް ގޮވާލިއެވެ. ބަރުގޮތަކަށް ބޯހިއްލާލުމާއި އެކު ސޯފީގެ މޫނަށް ބަލާލިއެވެ. ލޮލުން ފުރިގެން ބަންޑުންވަމުން ދިޔަ ކަރުނަތިކިތަކުގެ ސަބަބުން ސޯފީގެ މޫނު ފެންނަނީ ފުސްކޮށެވެ. ޝާންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ސޯފީގެ ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގެންފިއެވެ.
ކޮޓަރި ތެރޭގައިވީ ހިމޭންކަން ފޫދުއްވާލީ ޝާންގެ ގިސްލުމުގެ އަޑުންނެވެ. ސޯފީ ބަސްހުއްޓިފައި އިނދެވުނީ ޝާންގެ ފަރާތުން އެކަހަލަ ކަމެއް އަލަށް ފެންނަމުން ދާތީއެވެ. ސޯފީއަށް ހުރިހައި ކަމެއް އޮޅުން ފިލިއިރު އޭނަގެ ދެލޮލުންވެސް ކަރުނަތައް އޮހެން ފަށައިފިއެވެ. ސޯފީ ލަސްވެގެން ބަލަން އައި މާހިރުއަށްވެސް ކޮޓަރި ދޮރުމަތީ ހުރެވުނީ އިވުނު ބަސްތަކުން ގަނޑުވެފައެވެ. ފަރީޝާ އެފަދަ ގޮތަކަށް ކަންތައް ކޮއްފާނެކަމަށް ދުވަހަކުވެސް ހިތަކަށް ނާރައެވެ. ބޭވަފާތެރިވުމަށްފަހު ޝާންގެ ބޮލުގަ އަޅުވާލި ތުހުމަތަކީވެސް ހިތުން ފޮހެވިގެން ދާނެ ކަންތައްތަކެއް ނޫނެވެ.
ރޯސަންއަށް ޖެހުނީ ކާންހެދި ފަދައިން އެއެއްޗެހި އަލުން ނަގާށެވެ. ގެއަށް ލިބިގެން ދިޔަ ހިތާމައިން ކާނެ އެކަކުވެސް ނުވިއެވެ. ޝައުފް ޝާންކައިރީ އިނުމަށްފަހު ކޮޓަރިއަށް ދިޔަ އިރު ފާހާނައިން ލަޔާލް ނުކުންނަނީއެވެ. ފެންވަރާލައިގެން ހުރުމުން އިސްތަށިގަނޑުން ފެންތިކިތައް ޖަހަމުން ދިޔައެވެ. ލައިގެން ހުރި ތުނި ކެފްޓާނީއިން ލަޔާލްގެ ހަށިގަނޑު ހާމަވެގެން ދެއެވެ. ޝައުފްއަށް ލަޔާލްއާ ދިމާލަށް ހިނގައިގަނެވުނީ މަސްތީ ގޮތަކަށެވެ. ޑްރެސިން ޓޭބަލް ކައިރީ ހުއްޓިގެން ހުރި ލަޔާލްގެ ހަށިގަނޑުގަ ފަހަތުން ގޮސް ބައްދާލުމުން ލަޔާލް ސިހިގެން ދިޔައެވެ. ޝައުފްގެ ކޮންމެ ބީހިލުމަކުން ލަޔާލްގެ ހިތުގަ ޒަހަމްތަކެއް ލަމުން ދިޔައެވެ. ނުރުހުންވެ ޝައުފް ދުރަށް ޖައްސާލުމަށްފަހު ދުރަށް ހިނގައިގަންނަން ކުރި މަސައްކަތްވީ ބޭކާރު ކަމަކަށެވެ. ޝައުފް މާ ހުށިޔާރުކަމާއި އެކު ލަޔާލް ގެނެސް އޭނަގެ މޭގަ ޖައްސާލައި ދެއަތުން ވަށާލައިފިއެވެ. ލަޔާލްގެ މޫނަށް އެޅެމުން ދިޔަ ހޫނު ނޭވާއިން ދެލޯ މެރިގެން ދިޔަ ވަގުތު ޝައުފްގެ އަތްދަނޑި މައްޗަށް ލަޔާލް ނަގައި އެނދާ ދިމާލަށް ހިނގައިގަތެވެ.
ދެން ހޭދަވެގެން ދިޔައީ ޝައުފްއަށް އެކަމުން އަރާމެއް ލިބިގެން ދިޔަ ވަގުތު ކޮޅެކެވެ. އެއާ ހިލާފަށް އެ ވަގުތު ކޮޅަކީ ލަޔާލްގެ ހިތް ކުދިކުދި ވެގެން ދިޔަ ވަގުތު ކޮޅަކަށެވެ. ހިތާ ދެކޮޅަށް ނަމަވެސް ފިރިމީހާއަށް ކިޔަމަންވެގެން އޮންނަން ޖެހުމަކީ ހިތުގައި ވޭންއަޅާ ކަމެކެވެ. ހަށިގަނޑަށް ލިބުނު އަރާމެއްގެ ސަބަބުން ފުން ނިންޖަކުން ނިދާލި އިރު ނިދިން މަހްރޫމްވެގެން ލަޔާލްއަށް އެތައް އިރަކު އޮންނަން ޖެހުނެވެ.
ފަތިސް ވަގުތެވެ. ނިދިން މަހްރޫމްވެފައިވާތީ ލަޔާލް ތެދެވެގެން ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީއެވެ. ކާރޓެއިން ދެއަތުން ކަހާލުމަށްފަހު ކުޑަދޮރު ހުޅުވާލުމާއި އެކު ޖެހުނު ވައިރޯޅިއަކުން ފަން އިސްތަށިގަނޑު ވިހުރިގެން ދިޔައެވެ. ހަށިގަނޑުގަ ހުރަހެއް ނެތި ބީހެމުން ދިޔަ ފިނި ވައިރޯޅިން ހީބިހި ނަގައިގެން ދިޔައެވެ. އެއްފަހަރު ފިޔަޖަހަމުން ދިޔަ ނޫކުލައިގެ ކުދި ތަރިތަކަށް އަނެއްފަހަރު ޝައުފްގެ މޫނަށް ބަލާލިއެވެ. އެއިން އެއްވެސް ކަމަކުން ލަޔާލްގެ ހިތަކަށް ހަމަޖެހުމެއް ނުގެނެސްދެއެވެ. އެ ހިތުގެ ރަސްގެފާން ދެކިލުމަށް އެހިތް ތެޅިގަތީ އެވަގުތެވެ. އެއްވެސް ފިކުރެއްނެތި އާކިފްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަނެވުނު ލައިގެން ހުރި ހެދުމުހެ މަތިންވެސް ހަނދާނެއްނެތެވެ.
ޝައުފްއަށް ދެލޯ ހުޅުވާލެވުނީ ހީގަނެގެންނެވެ. އޭސީގެ ފިނިކަމުގެ އިތުރުން ކުޑަދޮރުން ވަދެގެން އަންނަ ފިނި ވައިރޯޅީގެ ސަބަބުން މުޅި މީހާ ފިނިވެގެން ގޮސް ތުރު ތުރު އަޅަން ފަށައިފިއެވެ. ތެދުވެ ގައިމަތީގައިވާ ރަޖާގަނޑު އެއްފަރާތް ކޮއްލަމުން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ލަޔާލް ވީ ފާހާނާގަ ކަމަށް ހީކޮށް ކުޑަ އިރުކޮޅަކު އެދިމާލަށް ބަލަން އިނދެވުނެވެ. ދެވަނަ ފަހަރަށް ޖެހުނު ވައިރޯޅިން ހުޅުވިގެން ދިޔަ ފާހާނާ ދޮރު ހުޅުވުމާއި އެކު ލަޔާލް ފާހާނާގަ ނޫންކަން އެނގުނެވެ. ޝައުފް ތެދުވެ ގޮނޑިމަތީ އޮތް ޓީޝާރޓް ކަރަށް މަހާލަމުން ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތެވެ.
ލަޔާލް ގޮސް އާކިފްގެ ކޮޓަރީގެ ދޮރު ހުޅުވާލުމުން ފެނުނީ ގަބޫލް ކުރަން ދަތި މަންޒަރެކެވެ. ޑްރެސިން ޓޭބަލް ކައިރީ ހުއްޓިގެން ކުޑަ ބުރުހަކުން އާކިފް އިސްތަށިގަނޑު ރަނގަޅު ކޮއްލަނީއެވެ. ލަޔާލް ފެނުމުން ފުނާ ބޭއްވުމަށްފަހު އަތްދިއްކޮއްލީ އޭނަގެ މުށުތެރެއަށް އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ. އާކިފްގެ ލޮލުން އުފާވެރިކަން ބަބުޅަމުން ދިޔައިރު ތުންފަތްމަތީގައިވެސް ވަނީ ލުއި ނިހިތުންވުމެކެވެ.
ލަޔާލް ދުވެލާފައި ގޮސް އާކިފްގެ މޭގަ ލައްވުމާއި އެކު އާކިފްގެ ދެއަތުން ލަޔާލްގެ ހަށިގަނޑުގަ އޮޅުލައިގެން ފިއެވެ. ދެއަތުން ލަޔާލްގެ އިސްތަށިގަނޑުގަ ފިރުމަމުން ދިޔަ އިރު ލަޔާލްއަށް ހުރެވުނީ ދެލޯ މަރާލައިގެންނެވެ. އެތައް ދުވަހަކަށްފަހުވިއަސް އެފަދަ ކަމެއް ވުމުން ލަޔާލްގެ ހިތް އުފަލުން ފޮޅިގެން ދިޔައެވެ.
ލަޔާލް ސިހިގެން ގޮސް ދެލޯ ހުޅުވާލެވުނު އިރު ހުރެވުނީ ކުރިންވެސް ހުރި ފިޔަވަޅު މަތީގައެވެ. އާކިފް ހުރީ ޑްރެސިން ޓޭބަލްގެ ކައިރީއެވެ. ލަޔާލް ސިހިގެން ދިޔައީ ޝައިފް އޭނަގެ ކޮނޑުގަ އަތްބާއްވާލުމުންނެވެ.
” މިތާ………” ޝައުފް އަހާލިއެވެ.
” ހޭލެވުނީމަ އައީ އާކިފް ކޮބައިތޯ ބަލާލަން………” ލަޔާލް ބުނެލިއެވެ.
” އާކިފް ހާދަވަރަކަށް ރީތިވަނީ……..” ޝައުފް އާކިފްއާ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. އާކިފް ހެވިފައި އަމިއްލަ ސޫރަ ލޯގަނޑުން ބަލަމުން ދިޔަ އިރު އެމޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން ލަޔާލްގެ ހިތަށް ފިނިކަމެއް ގެނެސްދެއެވެ. ޝައުފް އާކިފްގެ ކުރިމައްޗަށް ހުއްޓުމުން އާކިފްގެ އެ މަޖާ ގޮތްގަނޑު ގެއްލިގެން ހިގައްޖެއެވެ. އެމޫނުމަތިން މިހާރު ފެންނަމުން ދަނީ ހިތްހަމަ ނުޖެހުމެވެ. ލަޔާލް އަށް ހުރިހައި ކަމެއްވެސް ވިސްނެއެވެ. ޝައުފް އާކިފްގެ ސަމާލްކަން ހޯދަން އުޅުނަސް އާކިފްގެ ފަރާތަކުން އެފަދަ އެއްވެސް ކަމެއް ނުފެނެއެވެ. ޝައުފް އިންނަ ފަރާތަށް ނޫން އަނެއްފަރާތަށް ބަލަ ހައްޓައިގެން އާކިފް އިދެއެވެ.
އިރުއެރީން ސުރެ ލަޔާލް އިންތިޒާރުކުރަމުން ދިޔައީ ރޭގަނޑު ވާނެ އިރަކަށެވެ. މިރޭ އާކިފްއަށް އިމްތިހާނެއް ދޭއިރު އެއީ ލަޔާލްވެސް ކުރިމަތި ލާނެ އިމްތިހާނެކެވެ. ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީ ދެރަގޮތެއް މެދުވެރި ނުކުރައްވާތޯއެވެ. މިއަދުވެސް ހެނދުނުގެ ނާސްތާ ގަޑިއަށް އާކިފް ގެނައެވެ. އާއިލާއާއެކު އުފާކޮއްލުމުގެ ހައްގު އާކިފްއަށްވެސް ލިބިގެން ވެއެވެ.
” މަންމަ އެބައޮތް ވާހަކަ އެއް ބުނަން………” ސޯފީ ވަކިވަކިން ލަޔާލް އަދި ޝައުފްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
” ދަރިފުޅުމެން ކައިވެނި ކުރި ފހުން އަދި އެއްވެސް ތާކަށް ނުދޭ…….މަންމަ ކުރިންވެސް ވިސްނާފަ އޮންނާނި ލަންކާއަށް ހަފްތާއަކަށް ފޮނުވަން……….ދެމީހުން އެކުގަ ހިމޭން މާހައުލެއްގަ ދުވަސްކޮޅެއް ހޭދަކޮއްލަން ރަނގަޅު ފުރުސަތެއް މިދެވުނީ……..މާހިރު ޓިކެޓް ކަންތައް ހަމަޖައްސައިފި………..ލަންކާގަ ހުންނަ އަހަރެމެންގެ ހޮޓެލްގަ ތިބެވޭނެ އިންތިޒާމްވެސް ހަމަޖައްސާފަ އިންނާނެ………” ސޯފީގެ ކޮންމެ ވާހަކައަކުން ލަޔާލް ހިތްތެޅެން ފެށިއެވެ. ލަޔާލްގެ މަސައްކަތްތައް ނާކާމިޔާބު ކޮއްލަން ސޯފީ ރޭވިގޮތަކީ މިއީއެވެ. ކުރިންވެސް ލަޔާލް ދުރުކޮއްލާނެކަން ޔަގީންވެފައި ވަނިކޮން މިފަދަ ރޭވުމެއް އަދި މި ދުވަސްކޮޅަށް ރާވާލީއެވެ. މިއީ އާކިފްއަށް ފަރުވާދޭން އެންމެ މުހިއްމު ދުވަސްކޮޅެވެ.
އިންކާރުކުރަން ހިތަށް އެރިއެއް ކަމަކު ޝައުފް އުފަލާއި އެކު ސޯފީގެ ރޭވުމަށް އެއްބަސްވީތީ ލަޔާލްއަށް ޖެހުނީ ހަމަހިމޭންކަމާއި އެކު އިންނާށެވެ. ކޮންމެ ގޮތެއް މެދުވެރިވެގެން ނަމަވެސް އެ ދަތުރު ކެންސަލް ވޭތޯ ހިތާއި ހިތުން ދުޢާ ކުރަމުން ދިޔައެވެ. ސޯފީގެ ޕާރހުން ނަގައި ދިއްކޮއްލީ ދެކޮޅު ޓިކެޓެވެ.
މެންދުރުގެ ވަގުތެވެ. ކަމެއް ނެތިފައި ލަޔާލް ސިޓިން ރޫމްގަ އިންދާ ޑރ.އަންވަރު އެގެއަށް ވަދެގެން އައިތަން ފެނިފައި ލަޔާލްއަށް ބަލާލެވުނެވެ. ޑރ. އަންވަރު ހިނގައިގަތީ ސޯފީގެ ކޮޓަރިއަށެވެ. ލަޔާލްވެސް ޑރ.އަންވަރުއަށް ޝައްކު ނުވާނެހެން ފަހަތުން އެކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ޑރ.އަންވަރު ވަދެ ސޯފީގެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ލަޔާލް ގޮސް ދޮރުމަތީ ހުއްޓި ދޮރާ ކައިރިވެލިއެވެ. އެދެމީހުން ދައްކާ ވާހަކަ އަޑުއިވޭތޯއެވެ.
” ބޭބެ ބުނި ގޮތަށް އަހަރެން ހުރިހައި ކަމެއްވެސް ކޮއްފިން……….މާހިރުވެސް ދެކޮޅު ވެރިކަމެއް ނެތި ދަތުރުގެ ހުރިހައި ކަމެއް ހަމަޖއްސައިދީފި…..މިދަތުރު ނިމިގެން ލަޔާލް އަންނަ އިރު އޭނަ ކުރި ހުރިހައި ކަމެއް އޮންނާނީ ފެނަށްވެ ނިމިފަ…….އާކިފް މި ދުނިޔެއިން ނިމިގެން ދާވަރު ކުރަން ވާނެ….. އަހަރެން ހިތަކަށްވެސް ނާރާ ލަޔާލް އަކީ އެހާ ވިސްނުން ތޫނު ކުއްޖަކަށް ވާނެކަމަކަށް……………އެހެންނަމަ ޝައުފްއަށް އޭނަ ހޯދައިދޭން އަހަރެން އެހާ ގުރުބާނީ ތަކެއް ނުވީސް…….” ސޯފީ ދެއްކި ހުރިހައި ވާހަކައެއް ލަޔާލްއަށް އަޑު އިވިގެން ދޔައެވެ.
” ސޯފީ ނުރުހުން ނުވި ނަމަ އާކިފް މި ދުނިޔެއިން ނިމިގެން ދާނެތާ ކިތައްމެ ދުވަހެއް……..އާކިފްގެ މަންމައާ ބައްޕަ މި ދުނިޔެއިން ފޮހެލިހެން އޭނަވެސް ފޮހެލީސް…އަހަރެން އަދިވެސް ހަނދާން އެބަހުރި ސަލީމް އޮކްސިޖަން ހުސްވެގެން މަރަށް ތެޅުނު މަންޒަރު… ކިހާ މަޖާވި ދުވަހެއް އެއީ…….” ޑރ. އަންވަރު ހަރުކަށި ރާގަކަށް ބުނެލިއެވެ. ” ބޭބޭ……..އެއްދުވަހަކު ތިން މީހުން މަރުވެގެން ދިޔަނަމަ މީހުންގެ ޝައްކު އަހަރެމެންނަށް އޮހޭނެ……….އެއްދުވަހަކު އެންމެން ކިހިނެއް ނެތި ކޮއްލާނި…. މަރަށް ދަމުން ސަލީމްވެސް މިގޭ އަހަރެމެންނަށް ރަޖިސްޓްރީ ކޮއްދިނަމަތާ……..ސަލީމްވެސް ހުރިހައި މުދަލެއް ރަޖިސްޓްރި ކޮއްދިނީ އާކިފްއަށް ވިއްޔަ………ދެން ޖެހޭނި މޮޔައެއް ގޮތުގަ ވެސް ގެންގުޅޭކަންނު……..” ސޯފީގެ ރާގުވެސް ވަނީ މުޅިން ބަދަލްވެފައެވެ. ލަޔާލްއަށް އިވެމުން ދިޔަ ކޮންމެ ޖުމްލައަކި މިގޭގެ ސިއްރެއް ހާމަވެގެން ދާ ޖުމްލައެކެވެ.
” މިގޭ ރަޖިސްޓްރީގެ ލިޔުންތައް އަހަރެން ތއްޔާރުކޮއްލާނަން……..އާކިފްގެ އިނގިލީގެ ނިޝާން ނެގެނިކޮން ނިމުނީ…………ހީކޮއްލާ މިގޭ ސޯފީއަށް ލިބުނިއްޔޭ………..އޭރުން އާކިފް ކޮންމެ ހާލެއްގަ ޖެހުނަސް އަހަރެމެންނަށް ކޮންކަމެއް………މޮޔައިންގެ މަރުކަޒަކާވެސް ހަވާލް ކުރެވިދާނެ…………..ބޭރު ގައުމަކަށް ފޮނުވައި ލެވިދާނެ……..” ޑރ. އަންވަރު މިހެން ބުނުމަށްފަހު ހިނިގަނޑެއް ޖަހާލި އަޑު އިވުނެވެ. އެ ހުނުމުގައި ސޯފީވެސް ބައިވެރި ވިއެވެ.
ލަޔާލްއަށް އިވުނު ވާހަކަތަކުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މޫނުމައްޗަށް އަނދިރި ވާން ފެށުމުން އެތަނުން ދުރަށް ދިއުމަށް ހިނގައިގަތެވެ. އޭރުވެސް ތަކުރާރުކޮން އެދެމީހުން ދެއްކި މަކަރުވެރި ވާހަކަތައް އިވެމުން ދިޔައެވެ. މިގޭ މީހުންގެ ނުބައި ކަމުގެ ސިފަތައް އަތުގެ ދިހަ އިނގިލިން ގުނާ ލެވޭނެކަމެއް ނޭނގެއެވެ. ލަޔާލް ކޮޓަރިއަށް ވަދެ މިސްރާބުޖެހީ ފާހާނާއަށެވެ. މާގަނޑު ދޮށުގަ ހުރެ ފެން ދޫކޮއްލުމާއި އެކު އޮހިގެން އައި ފިނިފެންތަކުން މުޅި މީހާ ތެންމާލައިފިއެވެ. އޭރުވެސް ސޯފީގެ ހުނުމުގެ އަޑު ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ.
ޝައުފް އޮފީސް ނިމިގެން ކޮޓަރިއަށް ވަތްއިރު އެނދުގައި ލަޔާލް އޮށޯވެ އޮތެވެ.
” މަހީކުރި މިގަޑީގަ ވަރަށް ބުރަކޮން ކަމަށް އުޅޭނި……..ދަތުރު ތައްޔާރުކޮށްނިމުނީތަ؟” ޝައުފް އެނދުގެ އެއްކައިރީގައި އިށީންނަމުން އެހެން އަހާލިއެވެ. ” އުހުން……….ނުކުރަން އެއްވެސް ކަމެއް……. އަހަރެން ނެތް ދާހިތެއް…….ކެންސަލް ކޮއްލަންވީނުން……” ލަޔާލް ބުނެލިއެވެ. ” ހުރިހައި ކަމެއް ހަމަޖައްސާފަ ދެން ކެންސަލް ކުރަން ވާނެތަ……އަހަރެން ބޭނުން ދާން…….އަހަރެމެން ދެމީހުން އެކުގަ ވަގުތު ކޮޅެއް ހޭދަކޮއްލަން އެ ލިބުނު ފުރުސަތު ދޫކޮއްލާކަށް މަށެއް ބޭނުމެއް ނޫން……ރޯސަން ކައިރީ ބުނަން ވީ ދޯ ދަބަސް ތައްޔާރުކޮއްދޭށޭ……….އެހާ ގިނަ އެއްޗެހި ގެންދާނެކަމެއް ނެތް………މަދުވާ އެއްޗެހި އެކޮޅުން ގަންނާނި…..”’ ޝައުފް ބުނެލިއެވެ. ލަޔާލް ދާން ބޭނުން ނުވާ ސަބަބު ބުނެދޭކަށް ބޭނުމެއް ނޫނެވެ. ބުނި ކަމުގައިވިއަސް އެކަމަކަށް ސަމާލްކަން ދޭނީ ކާކު ހެއްޔެވެ؟
ލަޔާލް ފޯނަށް އާފާލް ގުޅަން ފެށުމުން ލަޔާލް ފޯން ހިފައިގެން ބޭރަށް ނުކުތެވެ.
” ކީކޭ؟” ފޯން ކަންފަތުގަ ޖައްސާލަމުން ލަޔާލް އަހާލިއެވެ.
” މިރެއަށް ރެޑީތަ………އަހަރެން ދާނަން ގަޑިއަށް……….ލަޔާ ކުރަންވީ ކަމަކީ އާކިފް ގަޑިއަށް އަހަރެން ބުނާ ތަނަކަށް ގެންދިއުން……..ހޯދަން ބޭނުން ހުރިހައި އެއްޗެއް އަހަރެން ހޯދައިފިން……….” އާފާލް ފުންނޭވާއެއް ދޫކޮއްލިއެވެ. ކަމުގެ ހުރި ނުރައްކާތެރިކަން އޭނައަށް ވިސްނޭތީއެވެ.
” އަހަރެން ބަލާނަން ހުރިހައި ކަމެއްވެސް ގަޑިއަށް ކުރެވެތޯ……އާކިފް މިގެއިން ބޭރަށް ގެންދިއުމަކީ އުދަނގޫ ކަމެއް………އެކަމަކު އަހަރެން ހުރިހައި ކަމެއް ކުރާނަން……….އާފާލް ހުރިހައި ކަމެއް ހަމަޖައްސާކަން ރަނގަޅު………..އަހަރެން ދޭނަން އަގު……………” ލަޔާލް ބުނެލިއެވެ.
” މައްސަލައެއް ނެތް…………ރޭގަނޑު އަށެއް އިނގޭ………މެސެޖަކުން ފޮނުވާނަން އަންނަންވީ ތަން…….” ފޯން އެކޮޅުން ކަނޑާލިއެވެ. ލަޔާލް މެސެޖު އަންނަން ދެން ބޭރުގަ މަޑުކޮއްލައިގެން ހުއްޓެވެ. ކުޑަ އިރުކޮޅެއްގެ ފަހުން މެސެޖު އައެވެ. ލަޔާލް ކޮޓަރިއަށް ވަނުމާއި އެކު ޝައުފް އެދުނީ ކޮފީ ތައްޓަކަށެވެ. ލަޔާލް އެނދުގައި ފޯން ބޭއްވުމަށްފަހު ބަދިގެއަށް ދިއުމުން ޝައުފް ފޯން ނަގައި ބަލާލިއެވެ. އެންމެ ފަހުން އިން މެސެޖު އަވަހަށް ވިއު ކޮއްލީ ލަޔާލްގެ ޕްލޭން އޭނައަށް އެނގޭތީއެއް ނޫނެވެ. ހ.މައިނާން އިނުމުން ލަޔާލް އެތަނަށް ދާނެކަން ޝައުފްއަށް ޔަގީންވިއެވެ. އެކަމަކު އެއްވެސް ކަމެއް ލަޔާލް ކުރެ އަހާކަށް ޝައުފް ބޭނުމެއް ނޫނެވެ. ޝައުފްވެސް އެތަނަށް މިރޭ ދާން ނިންމިއެވެ.
(ނުނިމޭ)
5 Comments!
Comments are closed.
Aakif & layaal ah dheragotheh nahadhachey pls :'( plx plx plx :'(
mibawi varah reethi, alhey layal beyrah gosiyaam aakif ah vaanee kihineh? aakif rangalhuve enmen aakif ge kairi ah maaf ah eden aieemaa mi vaahaka varah reethi vaane.
Anehbaa pls avahah genesdhy,, story v.v.v.v.v.v.v.v reethi avahah up kohlaathi
dhen kihineh ba vaany. . alhe alhe. . V.kiyaa hiy vejje aneh bai vx. .
ކޮން ިރަކުންތަ އަނެށް ބައި ގެނެސް ދޭނީ