ކޮޓަރި ދޮރު ލައްޕާލުމަށްފަހު ޝިފާނާ ނުކުތުމާއި އެކު ލަޔާލްގެ ރުއިމުގެ އަޑުން ކޮޓަރި ގުގުމަން ފެށިއެވެ. ހުދުކުލައިގެ ލޯ ކުޑަ ހިނދުކޮޅެއްތެރޭ ރަތްވެގެން ދިޔައެވެ. މުޅި މޫނު ރަތްވެގެން ދިޔައެވެ. ބާލީހުގައި އޮޅުލައިގަނެގެން އޮވެ ރޮމުން ދިޔައިރު ހިތާހިތުން އަމިއްލަ ތަގްދީރާ ދޭތެރޭ ޝަކުވާ ކުރެވެމުން ދިޔައެވެ . އިޝާ ނަމާދު ބަންދި ގޮވުމާއި އެކު ލަޔާލް ތެދުވެ ނަމާދުކޮއްލިއެވެ. ނަމާދުކޮށް ނިމުމުން ދެއަތް ނަގައި ދުޢާ ދެންނެވިއެވެ. މިނޫން ގޮތެއް އޭނައަށް ދެއްކެވުމަށެވެ. އާކިފް އޭނަގެ […]
އެރޭ އެގެޔަށް ބޮކޮޅޭ އައީ ގޮސް އެގާރަ ޖަހާދިޔަ ފަހުންނެވެ. އެދެމައިންގެ ނަސީބުވެސް ރަނގަޅެވެ. ކައި ނިމުމާއިއެކު އަނެއްކައިވެސް ނިކުމެގެން ދިޔައީއެވެ. އަހަރެން ހުރީ އެވަގުތަށް ބަލަބަލައެވެ. އެމީހާގެ ފަހަތުން ކަހަލަގޮތަކަށް އަހަރެންވެސް ނިކުތީމެވެ. މަގުމައްޗަށް ނިކުމެގެން ހިނގައިގަންނަންދެން އަހަރެން ހުރީ އެއްފަރާތެއްގައި ނުދެނެހުރިކަމަށް ހެދިގެނެވެ. ބޮކޮޅޭ ގޮސް ޖެހިގެން ހުރި ގޯޅި އެޅުމާއިއެކު އަހަރެންވެސް ގޮސް އެ ގޯޅި އެޅީމެވެ. އޭނާގެ ފަހަތުން އަހަރެން ފާރަލަމުން ދިޔައީމެވެ. އެކިހިސާބު ތަކުގެ ބޮޑެތިން އޭނާ ފެނުމުން އަތް […]
ރަމީޒު ކޮޓަރިއަށް ވަދެފައި ނިކުމެގެން އައީ ކުޑަވަރެއްގެ ކަތުރެއް ހިފައިގެންނެވެ. އީނާގެ ފޮޓޯ ކަތުރުން ކޮށާ ކުދިކުދިކޮށްލަމުން ، އިސްތަށިކޮޅުތަކާއި ފޮޓޯތައް އޭނަ ލީ ޑަސްބިނަށެވެ. އީނާ ފަދަ މައުސޫމް ކުއްޖެއްގެ ކުށެއްނެތި އެހާ ބޮޑު އަނިޔާއެއް ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދީއެވެ. އޭނަ ބޭނުންވި ފައިސާކޮޅު ލިބިއްޖެއެވެ. މިނިވަންކަމާއެކު އުފަލުގައި އުޅެން އޭނާ އީނާ ދޫކޮށްލީ އެވެ. އީނާއަށް ވެސް އުފަލުގައި އުޅުމުގެ ހައްގުލިބެން ވާނެއެވެ. މައިމޫނާ ގެއަށް އައިސް ވަންތަނާ ފަޒްލާގެ ސުވާލުތަކާއި […]
މިވަގުތު ގޭގައި ތިބީ ރާޔާ އާއި ބޮކޮޅޭ އާއި އެކަނިކަން އެނގުމާއިއެކީ އަހަރެންގެ ސިކުނޑިނުބައި ސިގްނަލެއް ދީފިއެވެ. އަނެއްކާ މިވަގުތު ރާޔާ އާއި ދިމާކޮށްލައިފިއްޔާ ވަކި އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރާޔާ އަށް ވަކި ހެދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ރާޔާގެ ނިކަމެތިކަން އިޙްސާސް ކުރެވިފައެވެ. ރާޔާގެ ޙިމާޔަތަކަށް ވެހުރުމަށް ހިތް އެދުނެވެ. ރާޔާއަށް ޓަކާ މުޅި ދުނިޔެއާއި އެކަނި ކުރިމަތިލާންވެސް އަހަރެން މިހުރީ ތައްޔާރަށެވެ. އެމީހާ ތެދުވެގެން […]
އަހަރެންނަކީ ރާއްޖެތެރެއިން މާލެއަށް ފައިބާއުޅޭ އެހެންމީހުންނެކޭ އެއްގޮތަށް ބޮޑުއަގުދީފައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހަކީމެވެ. އެންމެފަހުން ކުލިދައްކައިގެން އުޅުނު ތަނުން ކޮންޓްރެކްޓް ހަމަވުމާއިއެކު އެއަށްވުރެ އަގު ބޮޑުކުރީއެވެ. އަހަރެންގެ ޖީބަށް ކެތް ނުވާވަރު ވީމައި އެންމެ ފަހުން އެތަންކޮޅު ބޮޑުވެފައި ހިތްފަސޭހަ ކަމުގައިވިޔަސް ޖެހުނީ ދޫކޮށްލާށެވެ. އަހަރެންނަކީ ހުސްހަށިބައި ފިރިހެނަކީމެވެ. ވަޒީފާގައި ގިނައިރު ހޭދަކުރަން ޖެހުމާއިއެކީގައި ގޭގައި ހޭދަކޮށްލަން ލިބެނީ ރޭގަނޑު ނިދާވަގުތުކޮޅެވެ. އެހެންކަމުން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ލިބޭތޯ އަހަރެންގެ ބައެއް ރައްޓެހިންނާއި ވާހަކަ […]
މައިމޫނާގެ އިންތިޒާރަށް ނިމުމެއް އައީ އިރާކޮޅުގެ ވަގުތެއްގައެވެ. ރަމީޒުގެ ނަންބަރު ލިބުމުން އޭނަ ހުރީ ހެވި ދިއްލިފައެވެ. މިއިން ދުވަހަކު އެހާބޮޑަށް އުފާވި ހަނދާނެއް އޭނަ ނުވެއެވެ. އެކަކުވެސް ނޫޅޭ ގަޑިއެއް ބަލާފައި އޭނަ ރަމީޒަށް ގުޅީ ލޭންޑްލައިނުންނެވެ. ރަމީޒު ބުނީ އޭނައާ ބައްދަލުކުރަން އެގެއަށް މާދަމާރޭ އައުމަށެވެ. ”މިރޭ އަޔަސް ރަގަޅުތަ؟…” މައިމޫނާ ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ބުންޏެވެ. ”އޯކޭ ވާނެ… އެކަމަކު އަންހެން ކުއްޖާގެ ބޮލުގެ އިސްތަށިކޮޅަކާ ފޮޓޯއެއް ބޭނުންވާނެ….” ރަމީޒު ބުންޏެވެ. މިރޭ […]
އިރުގެ ރަންދޯދިތައް ދުނިޔެ މައްޗަށް ދިރުން ގެނުވަމުން ދަނީއެވެ. އާދުވަހަކަށް އެރި އާ އިރާއިއެކު ހީވާގިކަމާއިއެކު އާ ޢަޒުމެއްގައި ނިކުމެއުޅޭ ޒުވާނުން މަދެއް ނޫނެވެ. އަހަރެންވެސް އެހެން ދުވަސްތަކެކޭ އެއްގޮތައް ހެނދުނު ހެނދުނާ މިސްރާބުޖެހީ ވަޒީފާއަށް ދިއުމަށެވެ. ވަޒީފާއަށް ނިކުންނަން ފެށިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ހޭލެވުނުލެއް ލަސްކަމުން ތެޅި ފޮޅިގަނެގެން ދާންޖެހުނީ ރަނގަޅަށް ސައިވެސް ނުބޮއެވެ. ބުރުޒުމަގުން ހުޅަނގަށް ހިނގާފައި އަހަރެން ދިޔައީ ލެނާ ސުޕަރމާޓާއި ދިމާލަށެވެ. އަހަރެންނަކީ ފިހާރައިގެ ސޭޓުކަމުން ހަތެއް ޖަހަންވާއިރަށް […]
އާލިފް ގޮސް ރެސްޓޯރެންޓަކަށް ވަނެވެ. އަދި ޖީބުގައި އޮތް ފޯނު ނަގައި މަންމައަށް ގުޅާލިއެވެ. އޭރު މަންމަ ހުރީ ގެއަށް ގޮހެވެ. އޭނާ ކާފަ ކިހިނެއްތޯ އަދި މަންމަ ކައިފިންތޯ އަހާލިއެވެ. “ދަރިފުޅު އަންނަމުން މަންމައަށް ކާންގެނޭ…………..މަންމަ މިއުޅެނީ ނަމާދު ކުރަން އިނގޭ……..” މަރިޔަމް ޖަވާބު ދިނެވެ. “އާން…………އަޅުގަނޑަށް ދެވޭނީ އަދި ސިމްނަގައިގެން………….” އާލިފް ބުންޏެވެ. “އެހެންތަ…..ތީ މިވައްޒަފުން ގުޅާ ފޯނުދޯ؟.” މަންމަ އަހާލިއެވެ. ރޭގަނޑު އަށެއް ޖަހާކަންހާއިރެވެ. އާލިފް ދިޔައީ ދިރާގަށެވެ. ސިމް ނަގާށެވެ. އޭނާ […]
ލަޔާލް ހައިރާންވީ ޝައުފް އެތަނަށް އައީމައެވެ. މަގުގެ ދެކޮޅަށް ބަލާލީ އަނެއްކާވެސް އާކިފްގެ ޚަބަރެއް ވޭތޯއެވެ. ” ކާކު ހޯދަނި….” ޝައުފް ލަޔާލް ދެކޮޅު ބަލަން ފެށުމުން އަހާލެވުނެވެ. ” ލަދުން ދޯ ތިއުޅެނި…..ފަސްޓް މީޓިންގަ އުޅޭނެ ތިހެން ލަދުން…” ޝައުފް ޖެހިލުމެއްނެތި ލަޔާލްގެ އަތުގައި ހިފާލިއެވެ. ލަޔާލް އަތްފޮޅުވާލުމަށްފަހު ފަހަތަށް ޖެހިލައިފިއެވެ. ” ޝައުފް ކީއްކުރަނި މިތާ…..ޝައުފްއަށް ކިހިނެއް އެނގުނި އަހަރެން މީހެއްގެ އިންތިޒާރުގައި ހުރިކަން……..” ލަޔާލް ބުނެލިއެވެ. މިފަހަރު ޝައުފްގެ ހިތުގައި ސުވާލްތަކެއް އުފައްދައިފިއެވެ. […]