Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 27

laya Level 110 Stories
April 11, 2014 6 Mins Read
35 Comments

“އައި ލަވް ޔޫ ޓޫ އާލް.. އޭމް ސޮރީ..” ގިސްލުމުގެ ތެރެއިން ވިޝާ އެހެން ބުނެލީ މީހަކަށް އަޑު އިއްވާކަށް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބު ކަމެއް ނޭނގެއެވެ. އެވަގުތު އެހެން ބުނެލި އަޑު އިތުރު މީހަކަށް އިވިއްޖެއެވެ.

ވިޝާ އަތިރިމަތީގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެނބުރި ޒާހިރާމެން ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ހުރީ އެމީހުން އުޅޭ ގެއާއި ދިމާއަށެވެ. ލަސް ފިޔަވަޅުތަކެއްގައި ގެއަށް ވަންއިރު ސިޓިންގް ރޫމް ތެރޭގައި ވިކާޝްއާއި ލިމްނާ ތިއްބެވެ.

“ވިޝޫ ދަނީތަ؟.. އާދެބަލަ މަޑުކޮށްލަން..” ވިޝާ ގެއަށް ވަންގޮތަށް އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހުމުން ލިމްނާ ގޮވާލިއެވެ.

“ނޫނޭ.. ވަރަށް ނިދާލަން ބޭނުންވެފަ މިހުރީ.. ދެކުދިން ތިބެލާ.. ގުޑް ނައިޓް..” ވިޝާ ކަންނެތް ގޮތަކަށް ލިމްނާއަށް ޖަވާބު ދިނުމަށްފަހު ކޮޓަރިއަށް ވަންނައިރަށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ޒައިދުގެ ކޯލެކެވެ. އޭނާ އެގުޅަނީ ބަތްކޭ ގޮތަށް ދިޔަތަނެއް ނޭނގިގެން ބާވައެވެ. ވިޝާ ހިންދިރުވާލިއެވެ.

“ކީކޭ ޒައިދު؟..” ފޯނު ނެގިގޮތަށް ވިޝާ ބުނެލިއެވެ.

“ހިނގާލަން ދާންކަމަށް.. ކޮބާ ދޮންބެމެން..” ޒައިދު ވާހަކަ ދެއްކިއެވެ. އެއާއިއެކު ވިޝާ ހަމަޖެހުމުގެ ނޭވާއެއްލީ ޒައިދު އެކަމާއި ބެހޭގޮތުން އެއްޗެއް ނުބުނުމުންނެވެ.

“ސޮރީ ޒައިދު.. ވިޝޫ ވަރަށް ނިދި އައިސްފަ މިހުރީ.. ނިދާލަން ބޭނުމީ.. ދޮންބެމެން އެބަ އުޅޭ.. އެމީހުން އެކީގަ ދާންވީނުން..” ވިޝާ ވާހަކަ ދެއްކީ އާދައިގެ ގޮތަކަށް މަޑުމައިތިރި ރާގަކަށެވެ. އެއާއިއެކު އެހެންވީއިރު އަޅާ ނުލާށޭ ބުނެ ޒައިދު ފޯނު ބޭއްވީ އުފާވެރި ރޭގަނޑަކަށް އެދެމުންނެވެ.

ބޭރުގައި އުޅުމަށްފަހު އާލިކް ގެއަށް އައި އިރު 11 ޖަހައިފިއެވެ. ދުވަހުގެ ހަތަރު ދަމު ނުކައި ނުބޮއި އޭނާ ހުރުމުން ވިކާޝް ހުރީ ކަންތައް ބޮޑުވެފައެވެ. ލިމްނާ ނިދަން ވަނުމުންވެސް އޭނާ ގޯތިތެރޭގައި ހުރި އުނދޯލީގައި އާލިކްގެ އިންތިޒާރުގައި އޮތީ ގުޅާ ގުޅާ ފޯނަށްވެސް ޖަވާބު ނުދިނުމުންނެވެ.

“ކޮންތާކުން ތިއައީ؟.. މިއަދު އެކައްޗެއްވެސް ނުކައި އަދި..” އާލިކް ފެނުމާއިއެކު ވިކާޝް ފުންމައިގެން ތެދުވިއެވެ. އެމޫނުމަތީގައިވާ ކަންބޮޑުވުން ފެނި އާލިކްގެ މޫނުމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ވިކާޝްއަކީ މިދުނިޔޭގައި ހުރި އޭނާއަށް ހެޔޮ އެދޭ ހަމައެކަނި ފަރާތޭ ބުންޏަސް ދޮގަކަށް ނުވާނެއޭ އާލިކްގެ ހިތައް އެރިއެވެ.

“މިއައީ ކައިގެންނޭ..” އާލިކް ޖޯލިފަތީގައި އިށީނދެލަމުން ބުނެލިއެވެ. އެއާއިއެކު ވިކާޝްވެސް އުނދޯލީގައި އިށީނދެލީ އާލިކްއާއި ވާހަކަ ދައްކާލުމުގެ ގަސްތުގައެވެ.

“ވިކީ.. މަ މިއުޅެނީ މާލެ ދާން..” ކުޑަ ވަގުތު ކޮޅެއްގެ ހަމހިމޭން ކަމަށްފަހު އާލިކް ބުނެލި އެއްޗަކުން ވިކާޝްގެ މޫނަށް ވެރިވީ ހައިރާންކަމެވެ.

“ވަޓް؟.. ކުއްލިއަކަށް؟.. ކިހިނެތް؟.. ކޮން އިރަކު؟..ކީއްވެ؟..” ވިކާޝްގެ ސުވާލުތައް ފައްޗަކަށް އަމުނާލިއިރު އާލިކް އިނީ ހިނިތުންވެލައިގެންނެވެ.

“ވިކީ ނޭނގޭ ކަމަށް ހަދައިގެން ހުއްޓަސް އެނގޭނެ މަ މިދުވަސްކޮޅު މިއުޅޭ ހާލު.. އައި ލަވް ޔުއަރ ސިސްޓަރ ސޯ މަޗް.. އޭނަ ކައިވެނި ކުރަން ރަން ކީ މަންޒަރު ފެނުނީމަވެސް ވަރަށް ދެރަވި.. ދެން ކިހނެއް ކައިވެނި ކުރާ މަންޒަރު ބަލާނީ.. މަށަކަށް ކެތެއް ނުވާނެ ވިކީ..” ހިތްވަރުކޮށްލާފައި ވާހަކަ ދެއްކި ނަމަވެސް އެހިސާބުން އާލިކްގެ އަޑު ބެދުމުން ވިކާޝްއަށްވެސް ހިންދިރުވާލެވުނެވެ. އާލިކް ހާދަ ހިތްވަރު ގަދައެވެ.

“އެހެންވެގެން ދާން ބޭނުމީ.. މިހާރު ލޯންޗް އެބަ އާދޭ.. ހަމަ އަންނައިރަށް ފުރަންވީ.. ބޭނުމެއް ނޫން ވިޝޫގެ އުފާވެރި ދުވަހު މަށާ ހެދި އެއްވެސް ކަމެއް ގޯސްވާކަށް..” އާލިކް އިސްޖަހާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. އެވަގުތު ވިކާޝް ތެދުވެގެން އައިސް ޖެހިގެން ހުރި ޖޯލީގައި އިށީނދެލުމަށްފަހު އާލިކްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

“މަށަށްވެސް އެނގޭ އާލް ވަރަށް ލޯބިވާކަން ވިޝޫ ދެކެ.. އެކަމު ވިޝޫ ބޭނުންވަނީ ޒައިދު.. އެހެންވީމަ އައި ކާންޓް ހެލްޕް ޔޫ.. ސޮރީ އާލް..”    “އޭ އިޓްސް އޯލް ރައިޓް.. މަށަށް އެނގޭ ވިކީގެ ސިޓުއޭޝަން.. އެހެންވެގެން އައި ނެވަރ އާސްކްޑް ފޯރ ޔުއަރ ހެލްޕް.. މަވެސް ގަބޫލުކޮށްފީމޭ ވިޝޫ ބޭނުންވަނީ ޒައިދުކަން.. އެހެންވެނުން ދާން މިއުޅެނީ..” އާލިކް ވިކާޝްގެ ވާހަކަ ހުއްޓުވަމުން ޖަވާބުގައި ބުނެލިއެވެ. އެއާއިއެކު ވިކާޝް ބޯ ޖަހާލަމުން ހިނިތުންވެލީ އާލިކް ކަންތައް އެކުރަނީ އެންމެ ރަނގަޅަށޭ ބުނާ ފަދައިންނެވެ.

“އެންމެން ސުވާލު ކުރީމަ ބުނޭ އަރޖެންޓް ކަމެއް ދިމާވެގެން ދާންޖެހުނީއޭ.. މްމް.. ބުނޭ ފެމިލީ ކަމެކޭ..” އާލިކް ވިސްނާލުމަށްފަހު ވިކާޝްއަށް ހަދަންވީގޮތް ކިޔައިދިނެވެ.

އާލިކް ބަލާ އަންނަ ލޯންޗު އަންނަންދެން އެރޭގެ ދެން ހޭދަވި ހުރިހާ ވަގުތެއް ވިކާޝް ހޭދަކުރީ އާލިކްއާއި އެކިގައެވެ. ލިމްނާއަށް މެސެޖްކޮށްލުމަށްފަހު ކުއްލި ގޮތަކަށް އާލިކް ދާން ޖެހުމުން ނިދަން ނާދެވޭނެ ކަމުގައި ބުނެ ވިކާޝް އާލިކްއާއި އެކީގައި އެކި އެކި ސަކަރާތް ޖަހާ ހެދިއެވެ. އެދުވަހުގެ ދުވާލު ގަނެފައި ހުރި ނޫޑްލްސް ޕެކެޓްތައް ފެނުމުން ދެމީހުން ނޫޑްލްސް ކައްކައިގެން ކައި ހެދިއިރު އެދެމެދުގައިވާ ވަރުގަދަ ނަމޫނާ ރަހްމަތްތެރިކަމުގެ ގުޅުން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ. ވިކާޝް ހެއްވާ މަޖާ ވާހަކަތައް ދައްކައިގެން އާލިކްގެ މޫނުމަތިން އުފާވެރިކަން ހޯދަން މަސައްކަތްކުރިއިރު އާލިކްވެސް މަސައްކަތް ކުރަމުން ދިޔައީ އެވަގުތުކޮޅު ހިނިތުންވެލާފައި ހުރެވޭތޯއެވެ.

އެކުގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު އާލިކް ބަލާ ލޯންޗު އައުމުން އޭނާ ފުރުވާލުމަށްފަހު ވިކާޝް އެނބުރި ގެއަށް އައީ ފަތިސް ނަމާދުވެސް ކޮށްގެންނެވެ. އޭނާ އައުމާއިއެކު ލިމްނާގެ ސުވާލުތައް އަމާޒުވުމުން ވީގޮތް ކިޔައިދިނުމަށްފަހު އޭނާ އެދުނީ އިތުރު މީހަކު އަހައިފިނަމަ އާލިކް ދިޔައީ އާއިލީ ކަމެއްގައި މުހިންމުވެގެން ކަމުގައި ބުނުމަށެވެ.

އަނެއްދުވަހު ހެނދުނު ހެނދުނާއި ވިޝާއާއި ލިމްނާ ތެދުވެގެން ޒާހިރާމެންގެއަށް ދިއުމުގެ ބަދަލުގައި ގޭގައި ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އުޅެއެވެ. ވިޝާ ޒާހިރާއަށް ގުޅާލުމަށްފަހު އެކަން އަންގާލުމުން ޒާހިރާ ޝަކުވާ ކުރިއެވެ. އެހެންނަމަވެސް ވިޝާ ޅަވެލާފައި މިއަދު އަމިއްލައަށް ކައްކާލާ ހިތުންނޭ ބުނުމުން ޒާހިރާވެސް މާބޮޑަށް ދެކޮޅެއް ނުހެދިއެވެ. ނާސްތާ ތައްޔާރުކޮށްލުމަށްފަހު ލިމްނާ އެނބުރި ކޮޓަރިއަށް ވަނުމުން ވިޝާ އުޅުނީ ގޯތިތެރެ ކުނިކަހާލާށެވެ. އެކަހަލަ ކަންތައްތަކުގައި އުޅޭއިރު މަންމަ މަތިން ހަނދާންވަނީ މާބޮޑަށެވެ.

“ހޭއި ހާދަ މުރާލި ކުއްޖެއް..” ވިޝާ ކުނިކަހަން އޮވެފައި ތެދުވީ ޒައިދުގެ އަޑަށެވެ. އޭރު އޭނާ އޮފީސް ހެދުމުގައި ހުރެ އެގޭތެރެއަށް ވަދެގެން އާދެއެވެ. ހިނިތުންވެލައިގެން ހުރިނަމަވެސް އޭނާގެ މޫނުމަތީގައިވަނީ ވަރުބަލިކަމުގެ ނިޝާންތަކެވެ.

“ހެހެ.. ކުނި ކަހާލާ ހިތްވީއޭ ހަމަ.. ކިހިނެތްވެފަ ތިހުރީ؟.. ބަލީތަ؟..” ވިޝާ ކޮޅަށް ތެދުވެލަމުން ޒައިދުގެ މޫނަށް ބަލާލިއެވެ.

“ނޫނޭ.. ރޭގަ ނުނިދުނީމަ.. ވިޝޫ މިސްވާ ވަރުން..” ވިސްނުންތެރި ނަޒަރަކުން ވިޝާގެ މޫނަށް ބަލާލަމުން ޒައިދު ޖޯލިފަތީގައި އިށީނދެލިއެވެ. އެއާއިއެކު ވިޝާވެސް އިލޮށިފަތި ބާއްވާލާފައި އޭނާ ކައިރީގައި އިށީނދެލިއެވެ.

“ސައި ބުއީތަ؟.. ވިޝޫ ސައި ހަދާފަ ހުންނާނެ.. ހިނގާ ސައި ބޯން..” ޒައިދު ބުނެލި އެއްޗަށް ވިޝާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާއަކީ އަބަދުވެސް އެކަހލަ އެއްޗެހި ބުނެލާ ޒުވާނެކެވެ. ބޮޑަށް އޮންނާނީ ސަމާސާ ކުރުމުގެ ބައެވެ. ވިޝާއަށް ފާހަގަ ނުކުރެވުނީ ޒައިދުގެ މޫނުމަތިން ފެންނަންހުރި އެހެންޏާ ނުހުންނަ ފަދަ ސީރިއަސް ކުލަވަރެވެ.

“ނޫނޭ ސައި ބޮއިގެން މިއައީ ގޭން.. މަންމަ ވިޝޫމެން ނާދެއޭ ބުނީ ދެކިލަން މިއައީ.. ވަރަށް ހަނދާން ވެއޭ..” ޒައިދު ވިޝާގެ ކޯތާފަތުގައި އަތުގެ ނުފުށް ޖައްސާލަމުން އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު އެކަޅު ލޮލުގައިވާ އާދަޔާ ޚިލާފު ނަޒަރުގެ ސަބަބުން ވިޝާގެ ހިތއް ނުތަނަވަސްކަން ވެރިވިއެވެ.

“އެހެންވީއިރު އިނދޭ.. ވިޝޫ ދަނީ ކުނިކަހަން..” ވިޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހީނލަމުން އަވަސް އަވަހަށް ތެދުވެގެން ގޮސް ކުނި ކަހަން ފަށައިފިއެވެ. އޭރުވެސް އެ ހުރިހާ ހަރަކާތްތަކަށް ފުން ނަޒަރަކުން ބަލަހައްޓައިގެން ޒައިދު އިނީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެހެން އިނުމަށްފަހު އޭނާ ތެދުވެގެން ދިޔައީ މިއަދު ޗުއްޓީ ހަމަޖެހޭނެއޭ ބުނެލާފައެވެ. ވިޝާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ޒައިދު ލޯމަތިން ގެއްލުމުންނެވެ. އޭނާ ކިހާ މޮޔަ ހެއްޔެވެ؟ ޒައިދުއަކީ އޭނާގެ ވާން އުޅޭ ފިރިމީހާއެވެ. އެކަމަކު އަދިވެސް އެއުޅެނީ ޒައިދުގެ ފުށުން ސަލާމަތްވޭތޯއެވެ. ވިޝާގެ ހިތައް ވެރިވާންފެށި ޚިޔާލާއިއެކު ރޭގެ މަންޒަރުތައް ސިފަވާން ފެށިއެވެ. އާލިކް ދެއްކި ވާހަކަތައް ހަނދާންވުމުން ހިތުގައި މަޑު ރިހުމެއް އުފެދުނެވެ.

ވިކާޝްއާއި ލިމްނާ އެނބުރި ބޭރަށް ނުކުތްއިރު ގަޑިން 11 ޖަހައިފިއެވެ. އޭރު މުޅި ގޯތިތެރެ ކުނިކަހާލާ ތަންތަން ރީތިކޮށްލާފައި އޮތުމުން އެދެމީހުން ވިޝާއަށް ތަޢުރީފްކުރިއެވެ. އެހެން ނަމަވެސް އެމީހުން މާގިނައިރު ވުމުން ވިޝާ ޝަކުވާކޮށްލުމަށްފަހު އާލިކް ކޮބާތޯ ސުވާލުކުރީ ސައި ބުއި ވަގުތުއެވެ. އެއާއިއެކު ވިކާޝް އޭނާ މުހިންމު ކަމެއްގައި ކުއްލި ގޮތަކަށް ދާންޖެހުނީއޭ ބުނުމުން ވިޝާގެ މޫނުމަތި މިލައިގެން ދިޔައެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ހީކޮށްލާ ވިޝާ ހިތްހަމަޖައްސާލީ ހިތާއިހިތުން އާލިކްއަށް ޝުކުރުވެރި ވަމުންނެވެ.

ޖެހިގެން އައި ދެތިން ހަތަރު ދުވަސް ހޭދަވެގެން ދިޔައީ ނުހަނު ހަލުވިކަންމަތީގައެވެ. ކައިވެންޏަށް ވާން ޖެހޭ ކުދި ކުދި ތައްޔާރީތައް ވުމުގައި ވަގުތުތައް ހޭދަކުރަމުން ދިޔައިރު ވިޝާއަށް ފާހަގަ ވަމުން ދިޔައީ ޒައިދުގެ މިޒާޖަށް އަންނަމުންދާ ބޮޑު ބަދަލެވެ. އަބަދު ހިނިތުންވެލާފައި ހުންނަ ޒައިދުގެ މޫނުމަތިން ސީރިއަސް ގޮތްގަނޑު ފެނުމާއިއެކު، ގިނަ ވަގުތު ތަކުގައި ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި ހުރުމުގެ އިތުރުން ވިޝާ ގާތު ލޯބިވާ ވާޙަކަވެސް ބުނުން އިތުރުވެފައިވާކަން އޭނާއަށް ފާޙަގަވިއެވެ. އެކަމާއި ގުޅިގެން ސުވާލު ނުކުރިނަމަވެސް ވިޝާއަށް ޒައިދުގެ މިޒާޖަށް އަންނަމުންދާ ބަދަލާއިމެދު ނުވިސްނައެއް ނުހުރެވެއެވެ. ހިތާމައަކީ އޭނާ ވިސްނާ ވިސްނާ ބޯގޮވާ ވަރުވީއިރުވެސް އެކަމުގެ އެއްވެސް ސަބަބެއް ނޭނގުމެވެ. ވިޝާގެ އިތުރުން ވިކާޝްއަށާއި ލިމްނާއަށްވެސް ޒައިދުއަށް އަންނަމުންދިޔަ ބަދަލު ފާހަގަ ކުރެވުނެވެ. އެހެން ނަމަވެސް އެއީ ކައިވެނި ގާތްވަމުން ދާތީކަމުގައި ހީކޮށް އެދެމީހުން މާބޮޑަށް އެކަމާއި އަޅައެއް ނުލައެވެ.

ކޮއްކޮގެ ކައިވެނީގެ ކުދި ކުދި ތައްޔާރީތައް ވުމުގައި ވިކާޝްގެ ވަގުތުތައް ހޭދަކުރަމުން ދިޔައިރު އޭނާ ދެދުވަހެއްގެ މަތިން އާލިކްއާއި ގުޅޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނާގެ ފޯނު އޮންނަނީ ނިއްވާލާފައެވެ. އެކަމާއި ކުޑަކޮށް ހިތްނުތަނަވަސް ވެގެން އާލިކްގެ އޮފީހަށް ގުޅާލުމުން އޮފީހުން ބުނީ އާލިކް ރިޒޯޓަކަށް ދާވާހަ ބުނެފައި އޮތް ވާހަކައެވެ. އެ ޚަބަރުގެ ސަބަބުން ހައިރާންވީ ނަމަވެސް ވިކާޝް އިތުރަށް އަޅާނުލީ އާލިކް މަސައްކަތް ކުރަމުންދިޔައީ ވިޝާގެ ޚިޔާޅުތަކާއި ދުރުވާންކަމުގައި ބަލާފައެވެ.

ރޭގަނޑުގެ ވަގުތެވެ. ވިޝާ އިށީނދެލައިގެން އިނީ ޒާހިރާމެންގޭގެ ގޯތިތެރޭގައި ހުރި އުނދޯލީގައެއެވެ. އޭރު ޒާހިރާއާއި، ވިކާޝްއާއި، ލިމްނާގެ އިތުރުން ޒީނިޔާވެސް ގޭތެރޭގައި އެމީހުންގެ ކައިވެނީގެ ދުވަހަށް ތައްޔާރު ކުރާނެ ކާތަކެތީގެ ލިސްޓު ހެދުމުގައި އުޅެއެވެ. ކައިވެންޏަށް ބާކީ އެންމެ ދުވަހެއް އޮތްއިރު ވިޝާގެ ހިތުގައި އުފެދެމުންދާ ނުތަނަވަސްކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހިތުގައިވާ އާލިކްގެ ޚިޔާލުތައް ފޮހެވުމުގެ ބަދަލުގައި ދިޔައީ ގަދަވަމުންނެވެ. ވިޝާ އުނދޯލީގައި އޮށޯވެލުމަށްފަހު ލޯ މަރާލިއެވެ. އާލިކް މާލެ ދިޔަފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނާގެ ހާލު ރަނގަޅުތޯ ބަލާލާ ހިތުންވެސް ވިޝާއަށް ގުޅާލާނެ ހިތްވަރެއް ނުލިބުނެވެ. އާލިކް އެހާ މަސައްކަތުން އޭނާއާއި ދުރުވާން އުޅޭއިރު އެކަމަށް ހުރަސް އެޅުމަކީ އިންސާފެއް ހެއްޔެވެ؟ ނަމަވެސް އެހިތުން ދުވަހަކުވެސް އާލިކްގެ ނަން ފޮހެވޭނެ ބާވައެވެ. އޭނާ އާލިކް ދެކެ ވަނީ ތެދުވެރި ލޯތްބެވެ. ހަގީގީ ލޯތްބެވެ. ވިޝާގެ މަރާލެވިފައިވާ ލޮލުގެ އެސްފިޔަތައް ފޫއަޅުވާލާފައި ކަރުނަ ތިއްކެއް ވެއްޓުނެވެ. އޭނާއަށް ރަނގަޅަށްވެސް ރޮވުނީއެވެ.

“ހްހްހް..” ވިޝާ ސިއްސައިގެން ގޮސްފައި ލޯ ހުޅުވާލީ ނުހަނު ގާތުން މީހެއްގެ ނޭވާ އިހުސާސްވުމުންނެވެ. އޭރު ޒައިދު އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ފަށުގައި ގުދުވެލައިގެން އެމޫނަށް ނަޒަރު ހުއްޓާލައިގެން އޮތީ ނުރައްކާތެރި ގޮތަކަށެވެ.

“ޒ.. ޒައިދު..” ސިއްސައިގެން ދިޔަވަރުން އޭރުވެސް ވިޝާގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. މޭގައި އަތް އަޅާލަމުން ޒައިދުގެ ނަން ކިޔާލުމާއިއެކު ޒައިދު އޭނާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.

“ހާދަ ބިރުގަތީ.. ވާން އުޅޭ ހަޒްބެންޑޭ..” ޒައިދުގެ ތޫނު ދެލޯ އަމާޒުވެފައި ހުރީ ސީދާ ވިޝާގެ ދެލޮލަށެވެ. ހީވަނީ އެދެލޮލުގެ ތެރެއިން އެއްޗެހިތަކެއް ހޯދަން އުޅޭ ހެންނެވެ. ވިޝާ މޫނު އަނބުރާލިއެވެ. މިހާރަކަށް އައިސް ޒައިދުގެ ހަރަކާތްތައް ހުންނަ ގޮތުން އެހިތުގެ ނުތަނަވަސްކަން ވަމުންދަނީ އިތުރެވެ. ޒައިދު ބައެއް ފަހަރަށް ބުނެލާ އެއްޗެހިންވެސް ހީވަނީ އޭނާ ކުރެވެން އުޅޭ ކައިވެނީގެ މަތިން ހަނދާން ނެތިދާނެތީ އުޅޭހެންނެވެ.

“ކިހނެތްވީ ރޮނީ.. މަށާ މެރީ ކުރާ ހިތްނެތީތަ؟..” ޒައިދު ވިޝާގެ ލޮލުން ވެއްޓިފައިވާ ކަރުނަތިކި ފޮހެލަމުން އަހާލިއެވެ. އެއާއިއެކު ވިޝާ ލޯ ބޮޑުކޮށްލާފައި ޒައިދުގެ މޫނަށް ބަލާލީ ކަންބޮޑުވެފައި ހުރެގެންނެވެ.

“ކީ.. ކީއްވެ ތިހެން ތިބުނީ.. ނުރޮމޭ..” ވިޝާއަށް ވާހަކަ ދެއްކުނީ އަޅަ އަޅައިގަންނަމުނެވެ. އެވަގުތު ޒައިދު އޭނާ ގެނެސް މޭގައި ޖައްސާލީ ކުއްލި ހަރަކާތަކުންނެވެ. ވިޝާއަށް ހުރެވުނީ ހަދާނެ ގޮތް ބޮޑުވެފައެވެ. ވާން މިއުޅެނީ ކިހިނެއްބާވައެވެ.

“ވިޝޫ.. ވިޝޫއަށް އެނގޭދޯ މަ ވަރަށް ލޯބިވާކަން.. ވިޝޫ އާ އެއްކޮށް އުޅެން ބޭނުންވާކަން.. ވިޝޫ އަހަރެންގެ މީހަކަށް ހަދަން ބޭނުންވާކަން..” ޒައިދު ލޯ މަރާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައިރު އެއަޑުގައިވާ ރިހުން ވިޝާއަށް ފާހަގަ ކުރެވުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ޒައިދުގެ މޭގައި ބޯ ޖައްސާލައިގެން ހުރިއިރު އޭނާއަށް އެހިތުގެ ތެޅުމުގެ އަޑު އިވެއެވެ. އެއަޑުވެސް ހީވަނީ ވިޝާއަށް ވާހަކައެއް ބުނެދޭން އުޅޭހެންނެވެ.

“ވިޝޫ.. ކައިވެނި ކުރަން މިހާ ކައިރިވީއިރުވެސް އެންމެ ފަހަރަކުވެސް ވިޝޫ ނުބުނެ މަ ދެކެ ލޯބިވެއޭ.. އެއީ ކީއްވެ؟.. ވިޝޫ ލޯބި ނުވަނީތަ؟.. ލޯބިވާ ވާހަކަ ބުނަން ބޭނުން ނުވަނީތަ؟.. ވަރަށް ވޭ ތިއަޑުން އެހެން ބުނެލާ އަޑު އަހާހިތް..” ޒައިދު މަޑުމައިތިރިކަމާއިއެކެ ވާހަކަ ދައްކަމުން ވިޝާ އޭނާގެ މެއާއި ދުރުކޮށްލުމަށްފަހު އަނެއްކާވެސް އެދެލޮލާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތުއ އޭނާ އެބުނި އެއްޗަކުން ވިޝާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިރޭ ޒައިދު އެފެށީ ކޮން ވާހަކައެއް ހެއްޔެވެ؟ މީގެ ކުރިން ދުވަހަކުވެސް ނުކުރާ ސުވާލެއް މިރޭ އެކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ދުލުން ޒައިދުދެކެ ލޯބިވެއޭ ބުނަންވީ ހެއްޔެވެ؟ ވިޝާ ލޯ މަރާލަމުން ޒައިދުއަށް ފުރަގަސްދިނެވެ. އޭނާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ޒައިދުއަށް ދައްކަން ބޭނުންނުވީއެވެ. އެހެން ނަމަވެސް ވިޝާގެ އެހަރަކާތާއިއެކު ޒައިދު ވިސްނުންތެރިކަމާއިއެކު އޭނާގެ ކުރިމައްޗަށް އެރިއެވެ.

“ޒޒ.. ޒައިދު.. ވި.. ވިޝޫ ޒައިދު ދެކެ….” ވިޝާ އިސްޖަހާލައިގެން ހުރެ ހިތްވަރުކޮށްފައި ވާހަކަ ދައްކަން އުޅުނު ވަގުތު ޒައިދުގެ ޝަހާދު އިނގިލި އޭނާގެ ތުންފަތްމަތީގައި އެޅިއެވެ. އެއާއިއެކު ވިޝާ އިސް އުފުލާލަމުން ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލީ ތެޅި ތެޅި އޮތް ހިތަކާއިއެކުއެވެ. އެވަގުތު އޭނާއަށް ފެނުނީ ޒައިދުގެ ތޫނު ލޮލަށް ޖަމާވަމުން ދިޔަ ތާޒާ ކަރުނަތަކެވެ.

“އައި ނޯވް ޔޫ ޑޯންޓް ލަވް މީ.. ވަރަށް މަސައްކަތް ކޮށްފިން ވިޝޫ އަމިއްލައަށް ލޯބިނުވާ ވާހަކަ ބުނޭތޯ.. ވިޝޫ.. އައި ނޯވ.. އައި ނޯ ޔޫ ލަވް އާލިކް..” ޒައިދު ފެންކަޅިވެފައި ހުރެ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ ވޭނާއި ރިހުމެވެ. އޭނާގެ އެޖުމްލައާއިއެކު ވިޝާ އިތުރަށް ލޯބޮޑުކޮށްލަމުން އެމޫނަށް ބަލާލިއެވެ. އޭރު ވިޝާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ބާރު ބާރަށް ހިތް ތެޅިގަތްއިރު ބޮޑުކޮށްލާފައި ދެލޯ ފުރެމުން ދިޔައީ ކަރުނައިންނެވެ. ތުނި ތުނި ތުންފަތް ތުރު ތުރު އަޅަމުން ދިޔައިރު ޒައިދުގެ މޫނުމަތީގައިވާ ހިތާމަވެރިކަން އެހިތައް ތަދުކުރަމުން ދިޔައެވެ.

ނުނިމޭ

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

ހަތިޔާރު (ނިމުން: ފަހުބައި)

Next

ޅަކުއްޖާ 1 (ހަޤީޤީ ވާހަކަ)

Next
April 11, 2014

ޅަކުއްޖާ 1 (ހަޤީޤީ ވާހަކަ)

Previews
April 10, 2014

ހަތިޔާރު (ނިމުން: ފަހުބައި)

35 Comments!

  1. aalik says:
    April 11, 2014 at 8:36 am

    Varah reethi.. avahah up kohdheee….

  2. vishoo says:
    April 11, 2014 at 11:09 am

    dhen kaakah baa vishoo libeynee v v nice ingey story plx avahah up kohdheebala … layaage story v v obi ingey

  3. Athy says:
    April 11, 2014 at 1:08 pm

    V nice.avahah up kohdhee plx plx

  4. maahi says:
    April 11, 2014 at 1:19 pm

    vvvvvvvvvv nice waiting 4 the next part

  5. kiyuntheriyaa says:
    April 11, 2014 at 1:38 pm

    v reethi can hardly waitn 2 read next part

    🙂

  6. leen says:
    April 11, 2014 at 2:44 pm

    now i wonder who wil get vishoo

  7. leen says:
    April 11, 2014 at 2:49 pm

    now i wonder who can get vishoo.. aalik ah libijjeyya kiha ragalhu.. vishooge ufalahttaka zaid vishoo dhookohlaane nama dhw.. this story is awesome..i cnt even wait for the next part..pls aneh part avahah up kohdhechey laya..

  8. swyt girl says:
    April 11, 2014 at 9:49 pm

    zaidhu eyna dhookoh finama ekaku dheravaany namaves vishoo zaidhu aa kaiveni kohfinama dhemy hun ves dheravaaneh its so confusing heevany varah avah mivaahaka nimeynehen so saad laya mi vaahaka avahah up kohdheebala cant wait vvvvv foohi kameh inthizaarukurumaky so pls avah up kohdheh chey

  9. ]mary says:
    April 12, 2014 at 9:00 am

    vvvvvvvvvvvvvvvv.nice.plx next part avahah upkohdhehchey..

  10. Aish says:
    April 12, 2014 at 10:58 pm

    vvvvvvvvvara nice waiting for the next epsode avaha up kolahey Laya ………………….

  11. sam says:
    April 13, 2014 at 5:44 pm

    Avahah up koddhyba v nice

  12. sha says:
    April 15, 2014 at 3:28 pm

    avahah up kohladhyyba

  13. Athy says:
    April 15, 2014 at 4:59 pm

    Avahah up koh dheeba.inthizaaru kohkoh halaaku vehje

    1. visoo says:
      April 17, 2014 at 9:44 am

      aalik ah vishoo libey goiy hadhachey…eyrun mi vaahahka reethi vaany…….mihaaru kiyaahithun moya vany……..layaa thankolheh avahah thi up kh dhyba… foohi las vaathi

  14. visoo says:
    April 17, 2014 at 9:43 am

    aalik ah vishoo libey goiy hadhachey…eyrun mi vaahahka reethi vaany…….mihaaru kiyaahithun moya vany……..layaa thankolheh avahah thi up kh dhyba… foohi las vaathi

  15. sha says:
    April 19, 2014 at 12:22 pm

    laya haadha dhuvahekeyy….. kyvetha upload nukuranyy…

  16. shaz says:
    April 20, 2014 at 12:55 am

    assu mihaaru v foohi wejje… komme dhueahaku balaairu upload nukoh eh netheema v wai wey…

  17. nahoo says:
    April 20, 2014 at 12:56 pm

    Mi dhen boduvaru dhw… admin bunahvehjeyeh nun layaa gathuga vaahaka nuliye vehnya isthiufa theefa dhashey….

  18. Shizu says:
    April 21, 2014 at 5:06 pm

    Thankolhe bodu varu kanneyge lasvanyaves lasvaakaha bunan vejjeh nun

  19. shaama says:
    April 21, 2014 at 7:56 pm

    vaahaka nimuniitr

    1. sashaa says:
      April 22, 2014 at 9:08 am

      mi vaahaka kiyan feshi iruves engey mihen kan vaany.. aramagu.com in mivaahak furathama kiyan feshy.. hama mivaru v. anekaa mi site ga up kuran feshyma meegeinves kiyan feshy.. nuvaa varuge kanthah nukuriyaa rangalhu vaany. maadhamaa onnaane anekkaa ehn site akun fashaafa

  20. Haxu says:
    April 23, 2014 at 6:07 pm

    yaa sashaa thibuny hama rngalhah.. mi vaahaka ah malaysian airlaine ah vyvaru mivany… 🙁 dhn maa gina dhuvax vanya kiyuntherin foohivaane ehnu..

  21. naj says:
    April 23, 2014 at 7:04 pm

    aneh kaa vx bali v tha layaa
    noony bxy v tha
    angaa laa nama

  22. swyt girl says:
    April 23, 2014 at 7:17 pm

    layaa mihaaru kihaa dhuvaheh swyt girl sksh wait eh nukurevey ne plx avaha up koh dheebala

  23. neesh says:
    April 24, 2014 at 6:23 pm

    mivaahaka dhen oah bai genesh dheny koan dhuvahakun pls pls genesh dheebala

  24. naj says:
    April 24, 2014 at 7:31 pm

    layaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  25. sam says:
    April 30, 2014 at 3:30 pm

    Laya alhe avas kollab

  26. ]mary says:
    April 30, 2014 at 3:47 pm

    layaaaaaaaaaaa alhe kon dhuvahakuntha dhen mi storyge next part genesdheyny.nw inthixaaru koh koh varubalivehjje..layaa plx avahah upkoladhybalaaaaaaaaaa

  27. you me says:
    May 1, 2014 at 8:22 pm

    laya…. yu olll rite… im really worried abt yu. cox up vaan mihaa dhuvas nagaa thee…

  28. one more says:
    May 6, 2014 at 11:24 am

    hey admin pls ask her she is going to upload the next part or not.

  29. REEE says:
    May 10, 2014 at 12:16 pm

    Alhe komme meehakuves hadhanee mihen? Ey keevve kuraa kamehtha? Mivaagotheh angaala dheeba! Baliviyas balivi vaahaka buneliyyaa keehvaanee! Ekam komme meehakuves ehn hadhaathee varah suvaalu ufedhey?

  30. shai says:
    May 10, 2014 at 12:50 pm

    layaa nxt part ah wait kohkoh halaaku vehje vlaya buneba up kuraanantha next part

  31. bubbles says:
    May 10, 2014 at 3:49 pm

    Layaa plx plx plx plx up kohdhyba nxt part.. kurin araamagu ga .. dhn manadhoo live ga now esfiyaga.. alhe nimendhen kommeves eh site ehga genedheebw..

  32. މަރީ says:
    May 11, 2014 at 2:11 pm

    ލަޔާ ޕްލީސް އަވަހަށް އަނެއްބައި އަޕްކޮށްލަދީބަ
    މިހާރު ކިހާ ދުވަހެއް އިންތިޒާރު ކުރާތާ
    ލަޔާ އަނެއްކާ މާބޮޑަށް ބަލިވީތަ… ނޫނީ ބިޒީތަ

  33. leen says:
    May 11, 2014 at 4:30 pm

    laya pls pls pls pls pls pls avahah up kohdhybaaaaa….inthixaaru kuramun kuramun goss kolhun laifi

Comments are closed.


All Right Reserved!