
އޯގާވީ ހިތަކުން…13
”ލެޓްސް މޫވް…” ޒަލަފް ބުންޏެވެ. އޭރު ޒަލަފްގެ ވާހަކަ ތަކުން ރޫޔާ ހަމައަކަށް އެޅުނެވެ. އެކަމާމެދު ވިސްނިވަރަކަށް ޒަލަފް ބުނިހެން އިތުރަށް ހާސްވެ ކަންބޮޑުވުން ނޫންކަމެއް ނުވާނެއެވެ. ރޫޔާ ބެންޗުން ތެދުވަމުން ހިނިތުންވެލިއެވެ. ޒަލަފް އޭނައާއެކު ވާނެނަމަ ހާސްވެ ކަންބޮޑުވާ ވަރުގެ ކަމަކާ ދިމާނުވާނެއެވެ. ޒަލަފްގެ ލާނެތް ވާހަކަތަކާއި ސަކަ މިޒާޖުން ހިތަށް ފިނިކަން ގެނެސްދެއެވެ.
”ޔޫން…” ދުރުގައި ކުޅެން ހުރި ލުޔޫންއަށް ޒަލަފް ގޮވާލިއެވެ. ޒަލަފްގެ އަޑުއިވުމާއެކު ލުޔޫން ދުވެލާފައި އައެވެ. އޭރު އެދޮން މޫނުގައި ކުދި ދާތިކިތައް ހަރުލާފައި ވެއެވެ. އަވަސް ނޭތާތަކެއް ލަމުން ދިޔައިރު މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ރޫޔާ އަތްދަބަހުން ޓިޝޫއެއް ނަގަމުން ލުޔޫންގެ މޫނުގައި ވިދަވިދާ ހުރި ދާތިކިތައް ފޮހެލިއެވެ. އަދި ފުއްޕާލާފައިވާ ކޮލުގައި މަޑުން ފިރުމާލާފައި ހިންދެމިލިއެވެ.
”އަވަހަށް ހިނގާ ދާން، މިހާރު އިރުއޮއްސެން ކައިރިވެއްޖެ….” ޒަލަފް ގަޑި ބަލައިލަމުން ބުނެލިއެވެ. ”ނޫން އަދި އިރުކޮޅެއް ފަހުން ދާނީ…” ލުޔޫން ހަށަން ބަނދެލަމުން ތުންފިއްތާލިއެވެ. އޭނަ ދާން ބެނުންނުވާކަން ވެސް އަންގާލިއެވެ. ބޮޑާހާކަން ކުޑަކޮށް ހަޅޭއްވެސް ލަވައިގަތެވެ.
”ދެނަމާދު ދޭތެރޭގައި ކުޑަކުދިން ބޭރުގައި އުޅޭކަށް ނުވާނެ، އެއީ ގޯސްޓުން އަންނަ ވަގުތު، ޓެޑިހާ ލޯބި ކުއްޖަކު ފެނުނީމަ އެމީހުން ބޭނުންވާނެ ކާލަން…” ޒަލަފް ދެލޯބޮޑުކޮށްލަމުން ބަރުއަޑަކުން ބުނެލިއެވެ. ޒަލަފްގެ ޖުމްލަ އަޑުއިވޭއިރަށް ލުޔޫން ހަޅޭއްލަވައި ގަންނަމުން ރޫޔާގެ ގައިގައި ބައްދާލިއެވެ. އެވަގުތު ރޫޔާ އަރިއަޅާލުމުން ނުވެއްޓުނީ ކިރިޔާއެވެ. ޒަލަފްގެ ރޫޔާގެ އަތުގައި ހިފަހައްޓަމުން ދެފަރާތަށް ބޯހޫރާލިއެވެ. ”ތިވަރުން ދަންޏާ ވައިރޯޅިއާއެކު އުދުހިގެންވެސް ހިނގައިދާނެއެއްނު….” ޒަލަފް ރޫޔާއާއި ކައިރިއަށް ޖެހިލަމުން ވައިއަޑަކުން ބުނެލިއެވެ.
”ޔޫން ބިރުގަނެއްޖެ، ރުޅި….” ލުޔޫން ހުރީ ބާރަކަށް ރޫޔާގެ ގައިގައި ހިފަހައްޓައިގެންނެވެ. ”ދޮންބެ ދޮގު ހަދަނީ…. ޤުރުއާން ކިޔަވާ ބަސްއަހާ ކުދިންނާ ގޯސްޓުން ކައިރިނުވާނެ….” ލުޔޫން ބިރުން ހުރިވަރު މޫނުމަތިން ފާޅުވެއެވެ. ބޮޑު ދެލޮލުގައި ވަނީ ސިހުމެވެ.
***
ރޫޔާއަށް ގެއަށް އާދެވުނީ ހަގަޑި ވިހިވީ ފަހުންނެވެ. ”ކޮން އިރެއް ރޫޔާ އަންނާނެ އިރެއްގެ އިންތިޒާރުގަ އިންނަތާ، ފަސްގަޑި ބައިގަ އަންނާނަމޭ ބުނި މީހާއަށް ތިއާދެވުނީ ހަޔެއްވެސް ޖެހިފަހުން، މީގެ ފަހުން ތިއެކުވެރިންނާއެކު ބޭރަށް ގޮސްގެން ނުވާނެ….” ޓީވީ ބަލަން އިން މައިމޫނާއަށް ރޫޔާ ފެންނައިރަށް ސޯފާއިން ތެދުވެލިއެވެ. އޭނަގެ އަޑުގައި ވަނީ ރުންކުރުކަމެވެ. ބަނޑުހައިވެފައިވާކަން އިއުލާން ކުރަން ފެށުމުން މައިމޫނާ ބަނޑުގައި ފިރުމާލިއެވެ. ހައިވެގެން ގޮސް އޭނަ މަރުވަނީއެވެ.
”މިހުރީ ހެދިކާ….” މަންމަ ފެނުމާއެކު ރޫޔާ ފުންނޭވާއެއް ލިއެވެ. މަންމަގެ މޫނުމަތިން ރުޅީގެ އަސަރެއް ނުފެނެއެވެ. ޒަލަފް ބުނިހެން މަންމައަށް އަޑު ނީވުނީކަން ޔަޤީނެވެ. އެހެންނޫންނަމަ މަންމަގެ ހޫނަ އެތިފަހަރެއް އަމާޒުވީހެވެ. ރޫޔާއަށް ލިބުނީ ބޮޑު އުފަލެކެވެ.
ރޫޔާގެ މޫނަށް ބަލަން ހުރި މައިމޫނާ ކުރިއަށް ހިނގައިގަތެވެ. ހެދިކާ ކޮތަޅު އަތުލަމުން އޭނަ މިސްރާބު ޖެހީ ކާކޮޓަރިއަށެވެ. އެތައް އިރެއް ވަންދެން ވިސްނާލާފައި މައިމޫނާ ނިންމާފައި ވަނީ ފޯނުން އެއިވުނު އަޑަކީ ކުށްހީއެއް ކަމަށެވެ. ކުށްހީއާއި ވަހުމުގެ މައްޗަށް ކަންތައްތައް ނުނިންމޭނެއެވެ. ރޫޔާ އޭނައަށް އޮޅުވާނުލާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެބައޮތެވެ.
ކާކޮޓަރިއަށް ވަންނަމުން މައިމޫނާ ކޯފީ މެޝިން އޮންކޮށްލައިފިއެވެ. ”ސައިބޯނަން ތަ؟…” މައިމޫނާ އަހާލައިފިއެވެ. ރޫޔާ އާނއެކޭ ބުނެލަމުން އީނާއަށް ގޮވާލައިފިއެވެ. ދެތިން ފަހަރު ގޮވާލިތަނާ އީނާ ކޮޓަރިން ނިކުތެވެ. އީނާ ހުރީ ބޭރަށް ދާން ތައްޔާރުވެލައި ގެންނެވެ. ރަތާއި ހުދުކުލައިގެ ލޯންގް ސްލީވް ގްލޯން ހެދުމުގައި ހުރިއިރު އީނާގެ ދޮން ދެއަތްތިލަ ރަތްކުލައިގެ ހެދުމުގެ ތެރެއިން ވިދާލައެވެ. ހެދުން ހަށިގަނޑަށް ދޫކޮށް އޮތުމުން އީނާގެ ހަށިގަނޑުގެ ވާނާތައް ވަނީ ފޮރުވިފައެވެ. ހުދުކުލައިގެ ޝޯލްގެ ހިޔަނި މޫނަށް އެޅިފައިވެއެވެ.
”ފައިނަލީ ޔޫ ކޭމް، ހީނގާބަލަ އަހަންނާއެކު ރެއިންގްލޯރއަށް ދާން…. އެގެއަށް އެކަނި ދާކަށް ނުކެރޭނެ، ސޭމްގެ ޕޭރެންޓުން ފެނުނަސް ހާދަ ބިރެއް ގަނެއޭ….” ރޫޔާ އަތުގައި ހިފާލަމުން އީނާ ބުންޏެވެ. އީނާގެ ހާސްކަން ފެނި ރޫޔާ ގާތަށް ހިނިއައެވެ.
”ވާން އުޅޭ މަދާރ-އިން-ލޯ ދެކެ ހާދަ ބިރެކޭ ތިގަންނަނީ، ކުލްޘޫމް ދައްތަ އީނޫ މަރައެއް ނުލާނެއޭ….” ރުޔާ ހިނިގަނޑު ކޮންޓްރޯލްކުރަން މަސައްކަތް ކުރިއެވެ.
”ޕްލީސް، ކަމް ވިތް މީ….” އީނާގެ އަޑުގައި ވަނީ އާދޭހެވެ. ރޫޔާ އާނއެކޭ ބުނަން އުޅުނު ވަގުތު މައިމޫނާ އަތުވެއްޖެއެވެ.
”އީނާ ދާހާ ތަނަކަށް ރޫޔާ ގެންދަން ޖެހޭތަ؟….” މައިމޫނާ ދެލޯ ހަނިކޮށްލިއެވެ.
”މަންމާ….”
”ވާހަކަ ދައްކާނެކަމެއް ނެތް ހިނގާ ސައިބޯން، އީނާއަށް އެކަނިވެސް އެގެއަށް ދެވިދާނެ….” މައިމޫނާ ރޫޔާގެ ޖުމްލަ މެދުކަނޑާލަމުން އަމުރުކޮށްލިއެވެ. އޭނަ މަޑުކުރުމެއްނެތި ކާކޮޓަރިއަށް ދާން އަވަސްވީ ހަރުކަށި އަޑަކުން ރޫޔާގެ ނަން ކިޔާލާފައެވެ.
”އީން މަޑުކޮށްލައްޗޭ މިނެޓެއްގެ ތެރޭގަ ސައިބޮއެގެން އަންނާނަން…. މަންމަ ބުނާ އެއްޗަކާމެދު އަޅާނުލިއްޔާ ރަގަޅީ، ޝީ އިޒް އޯލްވެއިސް ލައިކް ދެޓް…” ރޫޔާ ބުނެލިއެވެ. ”ނޯ، ނޯ… ރޫ ދާނެކަމެއް ނެތް، އެހެންނޫނީ ބޮޑުދައިތަ އަހަރެން ކާލަފާނެ….” އީނާ ލުއި ހިނިތުންވުމަކާއެކު ކޮޓަރިއަށް ދާން ހިނގައިގަތެވެ.
”ރެއިންގްލޯރ” ގެ ގޭޓުން އެތެރެއަށް ވަން އީނާ ދެއަތް ޖޯޑުކޮށްލައިގެން ހުރެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. ހިނގަން ހަނދާފައިވާ މަގުގެ ދެފަރާތުގައި އިންދާފައިވާ ގަސްތައް ވަނީ ހަވީރަށް ފޮޅިފައިވާ މާތަކުން ބަރާވެފައެވެ. ކުލަ ކުލައިގެ މާތަށް ފަހުރުވެރިކަމާއެކު ފަރިވެލައިގެން ތިބި އިރު ވާދަ ކުރާހެންވެސް ހީވެއެވެ. ރަތާއި ފިޔާތޮށިކުލައިގެ ފިނިފެންމާތައް ބަލާލާ ކޮންމެ ދިމާލަކުން ފެނެއެވެ. ޖެހިލާ ތާޒާ ފިނި ރޯޅިތަކާއެކު ގުލްޒާރުގެ ގުދުރަތީ މީރުވަސް ދުރުދުރަށް ފެތުރިގަނެއެވެ. ގޯތި ކުޑަވިޔަސް އިންދާފައިވާ ގަސްތައް ގިނަކަމުން އީނާ ހުރީ ބިރުންނެވެ. ރޭގަނޑު މާގަސްތަކުގައި ޖިންނިން އުޅޭ ވާހަކަ އޭނަ ވަނީ އަޑު އަހާފައެވެ. ގޭގެ ގޭޓު ހިސޯރުކޮށްފައިވާ ބޯގަންވިލާ ގަސް ފެނުނަސް ހިތް އަވަސްވެގެން ދެއެވެ.
ބެލް ޖަހާލިތާ މިނެޓެއްވެސް ނުވަނީސް ކުލްޘޫމް ދޮރު ހުޅުވާލައިފިއެވެ. އީނާ ފެނުމުން އޭނައަށް ލިބުނީ ހައިރާންކަމަކެވެ. ދެވަނަ ސިކުންތުގައި އަނގައިގައިވާހާ ދަތްތައް ފެންނަވަރުގެ އުފާވެރި ހިނިތުންވުމަކާއެކު އެތެރެއަށް އައުމަށް އޭނަ ދައުވަތު ދިނެވެ. އީނާ އެތެރެއަށް ވަންއިރު މޫނުގައި ދާތިކިތައް ވިދާލައެވެ.
”ވަޓް އެ ބިގް ސަޕްރައިޒް، އީނޫ އާ ބައްދަލުކުރަން ތިގެއަށް ދާން ކަމަށް ހުރީ، އެކަމަކު އީނޫ އައީމަ ވަރަށް ބޮޑަށް އުފާވެއްޖެ، އީނޫއާ ވާހަކަ ދައްކާލާ ހިތުން ކެތްމަދުވެފަ ހުރީވެސް، ދެން މިގެއަށް އަންނައްޗޭ….” ކުލްޘޫމް އެކުވެރި ރާގެއްގައި ބުންޏެވެ. ކުލްޘޫމްގެ ފަހަތުން އީނާ ބޮޑުކޮޓަރިއަށް ވަނެވެ. ބޮޑުކޮޓަރީގެ ސޯފާތަކުގައި ޖައްސާލަމުން ކުލްޘޫމް ތަފާތު ވާހަކަތަކެއް ދެއްކިއެވެ.
”ހާދަ ވަރަކަށް ހާސްވެފަ ތިއިނީ؟ ބިރުންތަ؟…. ދެން އީނޫ ބިރުގަންނަން އަހަރެން މީ މޯންސްޓާރއެއް ނޫނެއްނު، ފިލްމުތަކާއި ޑްރާމާތަކުން ފެންނަފަދަ ނުބައި މީހެއްވެސް ނޫން…….” ކުލްޘޫމް އީނާގެ ބުރަކަށީގައި ފިރުމާލިއެވެ. އީނާގެ ހާސްކަން އޭނައަށް ފާހަގަ ކުރެވިއްޖެއެވެ. އޭނައާއި އީނާ އާދެމެދު ވަރުގަދަ ގުޅުމެއް އުފެދިފައި ނުވާތީ އެއީވުން އެކަށީގެންވާ ކަމެކެވެ.
”ބިރެއް ނުގަނޭ…” ކުލްޘޫމްގެ ހިތްހެޔޮކަން ފެނި އީނާގެ ބިރު ފިލައިގެން ދިޔައެވެ. އިސްވެ ވާހަކަ ދައްކަން ހިތްވަރު ލިބުނެވެ. އޭނަ އޭހަވަރުން ބިރުން އުޅެންވީ ސަބަބެއް ނެތެވެ. ކުލްޘޫމް އަކީ އޭނަގެ ވާންއުޅޭ މައިދައިތައެވެ. ދެމީހުންގެ ދެމެދުގައި އެކުވެރިކަން އުފެދުނުވަރަކަށް ގޭގައި އުޅެންވެސް ފަސޭހަވާނެއެވެ. އަލްޔަސް ގޭގައި ނޫޅޭ ވަގުތުތަކުގައި ވާހަކަ ދައްކާލަންވެސް ހުންނާނެ މީހަކީ ކުލްޘޫމްއެވެ.
”ފަހަރެއްގައިވެސް ހީނުކުރައްޗޭ އަހަރެންމީ ހަރުކަށި މީހެއްކަމަށް، ނުބައި މައިދައިތައިން ފެންނާނީ ޑްރާމާތަކުން…. އަހަރެންމީ އެފަދަ މީހެއްނޫން….. އީނޫ ފަދަ ރަގަޅު ޅީދަރިފުޅެއް ލިބޭތީ އަހަރެން އުފާވެފައިވާ މިންވަރު ދެނެވޮޑިގެންވާނީ މާތްﷲ، އަލްޔަސްގެ އަންބެއްގެ ގޮތުގަ އީނޫ މިގެއަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރެވެނީ، އޭރުން އީނޫ ވާނެ އަހަރެންގެ އަންހެން ދަރިފުޅަށް، ސޯ އެކްސައިޓެޑް…..” ކުލްޘޫމް ބުންޏެވެ. ކުލްޘޫމްގެ އެކުވެރި މިޒާޖު ފެނި އީނާގެ ހިތަށް ލިބުނީ ބޮޑު އުފަލެކެވެ. އޭނަ ހީކުރީ ކުލްޘޫމް އަކީ ހަރުކަށި މީހެއް ކަމަށެވެ. ނަމަވެސް މީހަކާއެކު ވަގުތު ހޭދަކުރެވުމުން އެމީހެއްގެ މިޖާޒު ދަސްވާ އުސޫލުން ކުލްޘޫމްގެ ހިތްހެޔޮކަމުން އީނާއަށް ހަމަޖެހުމެއް ލިބުނެވެ.
އީނާ ގޭގެ އެކިދިމަދިމާލަށް ނަޒަރު އުކަން ފެށުމުން ކުލްޘޫމް އީނާގެ އަތަށް ފިތާލިއެވެ. ”އަލްޔަސް ވީ ހޮސްޕިޓަލްގައި…..” ކުލްޘޫމް ބުނެލިއެވެ. އީނާ ލަދުގަތެވެ.
”ހެނދުނުއްސުރެ ބަލިކޮށް އުޅެފަ ދެންމެ ތާއިފް އެދިޔައީ ސޭމް ގޮވައިގެން ހޮސްޕިޓަލަށް، އެހެން ހުރެފަ ކުއްލިޔަކަށް ބަލިވާންވީ ސަބަބެއްވެސް ނޭގޭ…” އީނާގެ ހިތަށް ރިއްސާލައިފިއެވެ. އަލްޔަސް އެހާ ބަލީ ހެއްޔެވެ؟ އީނާ ތުންފަތުގައި ދަތް އަޅާލިއެވެ. ފޯނުން ވާހަކަ ދައްކަމުން އަލްޔަސް ބުނީ އޭނަ މިހާރު ރަގަޅުވެއްޖެ ކަމަށެވެ. އަލްޔަސް ދޮގު ހެދީމަ ރުޅިވެސް އަތުވެއްޖެއެވެ.
”އީން….” ތާއިފްއާއެކު އެތެރެއަށް ވަދެގެން އައި އަލްޔަސްއަށް އީނާ ފެނުމާއެކު ހިނިތުންވެލިއެވެ. އީނާ ވައްކަޅިން ބަލަލަމުން ދުރަށް ނަޒަރު ހިންގާލީ ރުޅި އައިސްފައިވާކަން ހާމަކޮށްދޭން ވެގެންނެވެ. އަލްޔަސް ގާތަށް އައީ ހިންޏެވެ. އީނާ ރުޅިއައިސް މޫނު ރަތްކޮށްލައިގެން ހުރުމުން ހާދަ ލޯތްބެވެ. އެމޫނުގައި ބޮސްދޭން ބޭނުންވިއެވެ.
”މިރޭގެ ކެއުން ސްޕެޝަލް ވާނެ އީނޫ އައީމަ….” ކުލްޘޫމް ބުނެލިއެވެ. ތާއިފްވެސް އީނާއާ ވާހަކަ ދެއްކިއެވެ.
އީނާ އަލްޔަސްއާ ހަތަރުކަޅިވެސް ހަމަކޮށްލުމެއް ނެތި އިނީ ރުޅި މޫނެއް ދައްކާލައިގެންނެވެ. އަލްޔަސް ދޮގު ހެދީމައެވެ. އީނާގެ ފޯނު ރިންގްވާން ފެށުމުން އޭނަ ފެންޑާއަށްދާން ހިނގައިގަތެވެ. ފެންޑާގައިވާ އުނދޯލީގައި ޖައްސާލިތަނާ އަލްޔަސް އައިސް އީނާގެ އަތުގައި ހިފެހެއްޓިއެވެ. އީނާގެ އަޑު ފިނިވިކަމުގައި ވިޔަސް އޭނަ އަތް ދަމައިގަތެވެ.
”އެންގްރީ ބާރޑް…” އަލްޔަސްގެ އަޑު ބަދަލުވެފައިވާތީ އީނާ ފޯނު ކަނޑާލާފައި ބާރުބާރަށް ހީގަތެވެ. ރުޅިވެސް އެވަގުތު ވައިގެ ތެރެއަށް ބުރައިގެން ގޮސްފިއެވެ.
”ހީވަނީ އަންހެން ކުއްޖަކު ވާހަކަ ދެއްކިހެން…” އީނާ ބިނދިބިނދިފައި ހެމުން ގޮސް އެންމެ ފަހުން ބަނޑަށް ތޫނު ތަދެއް އަރައިފިއެވެ. އަލްޔަސް އިނީ އެރީތި ހުނުމުގެ ތެރެއަށް ގެއްލިފައެވެ. އާގަވަމެފައެވެ. ގަދަފިޔާތޮށިކުލައިގެ ތުންފަތާއި ދޮންމޫނު ބުރުގާގެތެރެއިން ފެނިލާއިރު ގަލަމަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ”މާޝާﷲ” އަލްޔަސް ހިތާހިތުން ބުނެލިއެވެ.
”ދެން ހޭނެ ކަމެއް ނެތޭ، ތްރޯޓް މައްސަލަ ދިމާވީމަ އަޑުވެސް ބަދަލުވާނެ….” އަލްޔަސް ޖޯލީގައި އޮށޯވެލިއެވެ. ”އައި ހޭޓް ޔޫ، ކީއްވެ ދޮގު ހެދީ؟….” އީނާ ކުއްލިޔަކަށް ކަމެއްމަތިން ހަނދާން ވާފަދަ ގޮތަކަށް އަހާލިއެވެ. އޭނަ އަޑަށްވެސް ރުޅިވެރިކަން ގެނައެވެ.
”އީން ދެރަވެދާނެތީ ދޮގު ހެދީ، ތި ކްރިސްޓަލް ކްލިއާރ ދެލޮލުން ބޮޑެތި ކަރުނަ ތިކިތައް ފައިބާއިރު އަހަރެންގެ ހިތަށް ވަރަށް ތަދުވާނެ….” އަލްޔަސް ކުޑަކޮށް ތެދުވެލުމުން އީނާގެ އަތްފައި ފިވިގެން ދިޔައެވެ. ގަދަ އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްގައި އަލްޔަސް ހުރިއިރު އޭނަގެ ކަސްރަތީ ހަށިގަނޑަށް ޓީޝާޓްވަނީ ހީފާލާފައެވެ. ބުޅިއިސްތަށިގަނޑު ތުނިކޮށް ކޮށާލެވިފައި ވުމުން އަޅައިގަންނަ ގޮތެއް ހުއްޓެވެ.
”ދޮގު ހެދީމަ އިތުރަށް ހާޓްވާނެކަން ނޭގޭތަ؟….” އީނާ އަސަރުން ފުރިފައިވާ އަޑަކުން ބުންޏެވެ. އޭރު ދެލޮލުގެ ތެރޭގައި ފެންތިކިތައް ވިދައިގަތެވެ. އަލްޔަސް އަވަހަށް ތެދުވެލަމުން ސޮރިއޭ ބުނެލިއެވެ.
”ސޮރީއަކުން ނުފުދޭނެ… ވަރަށް ހާޓްވެއްޖެ… ސޭމްއަށް ކަމެއް ދިމާވިނަމަ އަހަރެން ކިހާ ދެރަވާނެ، ޑެންގީ ހުމުގެ ނުރައްކާވެސް އެހާމެ ބޮޑު…” އީނާ އަލްޔަސްގެ ނިއްކުރީގައި އަތުގެ ނުފުށުން ޖައްސާލިއެވެ. އެހާ ހޫނެއް ނޫނެވެ. އީނާ އަވަސް ނޭވާތަކެއް ލިއެވެ.
”އިޓްސް ވައިރަލް ފީވާރ، ތެދިން ދުވަސް ތެރޭގަ ރަގަޅުވާނެޔޭ ލަވް…. ދެން ކުޑަ ކަމެއް ވީމަ އެންމެ ނުބައިކޮށް ނެގީމަ ނެގެޓިވް ފީލިންގްސްތަކުން މީހާ ހަލާކުވެދާނެ، ބީ ޕޮޒިޓިވް” އަލްޔަސް ބުނެލިއެވެ. އީނާގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް ހަލުވިކަމާއެކު ކޯތާފަތްމަތީގައި ދިގު ރޮނގެއް ދަމާލާފައި ގޮސް ޝޯލްގެ ތެރެއަށް އޮބުނެވެ.
”ދެން އަބަދު ކުޑަކުއްޖެއްހެން ރޮންޏާ އީނޫ ރުއްސަން ގިގުނިއެއް ހިފަހައްޓައިގެންނެއްނު އަހަރެން ހުންނަން ޖެހޭނީ….” އަލްޔަސްގެ ޖުމްލަ ފުރިހަމަ ނުވަނީސް އީނާ އަލްޔަސްގެ މޭގައި މުށްކަވާފައި ޖެހިއެވެ. އޭނަ ނުހޭން މަސައްކަތް ކުރިޔަސް މަޢުނަވީ ހިނިތުންވުމެއް ތުންފަތާ ކުޅެލިއެވެ. އަލްޔަސް އީނާގެ އަތުގައި ހިފާލަމުން މަގަތަށް ގެނައެވެ.
”ބަލިކުއްޖަކަށް ވިޒިޓް ކުރަން އައިއިރު ގިފްޓެއް ނުގެންނަންތަ؟…” މާހައުލަށް ވެރިވެގެން ދިޔަ ހަމަހިމޭންކަމުގެ ތެރޭން ދެޒުވާނުންގެ ލޮލުގެ ތެރެއަށް ގެއްލި އަރަގުވެފައި ވަނިކޮށް އަލްޔަސް އީނާގެ ކޮލަށް ފިތާލަމުން ބުންޏެވެ.
އީނާ އަވަސް އަވަހަށް އޭނަގެ އަތްދަބަސް ހުޅުވާލަމުން ކުޑަ ޕާރުސަލެއް ނެގިއެވެ. އަލްޔަސް ޝައުގުވެރިކަމާއެކު ޕާރުސަލް ކަނޑާލިއެވެ. އޭގެ ތެރޭގައި އޮތީ ހިތެއްގެ ބައްޓަމަށްވާ ޗޮކްލެޓް ފޮއްޓެވެ.
”ސީރިޔަސްލީ؟…” އަލްޔަސް ބުމަ އަރުވާލިއެވެ.
”ކިހިނެއްވީ. ކަމުނުދަނީތަ؟ އަސްލު ފިހާރަޔަށް ގޮސް ގަންނާނެ އެއްޗެއް ނޭގުނު، މާލޭގެ ހުރިހާ ފިހާރަޔަކަށް ދަންޏާ ދެން އެއްދުވަސް ނަގާނެ، އެންޑް މަޖީދީމަގަށް ދާން ބޭނުންނުވާތީ ގެކައިރީ ފިހާރަޔަކުން ތިގަނެލީ…..” އީނާ ހީކުރީ އަލްޔަސްއަށް އެހަދިޔާ ކަމުނުދިޔައީ ކަމަށެވެ. ކުޑަކޮށް ހިތުގައި ޖެހުނެވެ.
”ލަވް އިޓް…” އަލްޔަސް ޗޮކްލެޓެއްގެ ކަރުދާސްކޮޅު ނިއުޅާލަމުން އީނާގެ އަނގަޔަށް ޗޮކްލެޓްކޮޅެއް ލައްވާލަދިނެވެ. އެގޮތުގެ މަތިން އެތައް އިރެއް ފާއިތުވެގެން ދިޔައެވެ.
***
ރާނިޔާ ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ޖެހި އިންޖެކްޝަނުގެ ބާރުން އިރުކޮޅެއް ވަންދެން މަންޒަރުތައް ފުސްވެ މޭނުބައިކުރަން ފެށިއެވެ. ގެއަށް އާދެވުމާއެކު ފަސް ފަހަރު ހޮޑުލެވުނެވެ. ކާން ޖެހޭ ބޭސްތައް ފެނުމުންވެސް ރާނިޔާގެ ދެލޯ ބޮޑުވިއެވެ. ބޭސްގުޅަތައް އަރުތެރެއިން ދާނެކަމާމެދު ޝައްކެވެ. ކިތަންމެ އުނދަގޫކަމަކަށް ވިޔަސް އޭނަ އެހުރިހާ ކަމަކާ ހިތްވަރާއެކު ކުރިމަތިލާނެއެވެ. ދެމަފިރިންގެ އުއްމީދުތައް ފެނަށްވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ރާނިޔާ ފެންވަރާލައިގެން ނިކުތްއިރު ތެތްކަން އެކުލެވިގެންވާ ފަން އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތަކުން ކަނދުރާގައި ޝަބްނަމް ތިކިތައް ވިދައެވެ. ފައިގެ ފަލަމަސްގަނޑާ ހަމައަށް އަންނަވަރުގެ ކަޅުކުލައިގެ ތުނި ނައިޓީގައި ހުރިއިރު ހަށިގަނޑުގެ ވަނާތައް ވަނީ ހާމައަށެވެ. ކޮންމެ ފިރިހެނެއްގެ ހިއްސުތަކާއިވެސް ކުޅެލުމުގެ ބާރު ލިބިފައިވާ އަންހެން ކުއްޖެކެވެ. އުއްބައްތީގެ އަލިވަރުގެ އަވާގައި ޖެހި ޕަރުވާނާތައް އަލިކޮޅަށް ދަމައިގަންނަ އުސޫލުން އަވްޝަންއަށްވެސް ރާނިޔާއާ ދުރަކު ނުހުރެވުނެވެ.
އަވްޝަން ފުރަގަހުން އައިސް ރާނިޔާގެ ހަށިގަނޑުގައި ބައްދާލަމުން ކޮނޑުގައި ދަތްދޮޅި ވިއްދާލިއެވެ. ކުޑަކޮށް ދިގުވެފައިވާ އަވްޝަންގެ ތުނބުޅި ރާނިޔާގެ ކަނދުރާގައި ބީހިލުމުން ކަރަންޓް ބާނީތަކެއް އުފެދުނެވެ. އަވްޝަން ހުރީ މޫނުބަލާ ލޯގަނޑުން ފެންނަމުން ދިޔަ ދެމަފިރިންގެ ސޫރައަށް ބަލާށެވެ. ފެންތިކިތަކުން ތާޒާކަން ގެނެސްދީފައިވާ ރާނިޔާގެ މޫނުމަތިން ވަރުބަލިކަމުގެ ނިޝާނެތް ނުފެނެއެވެ. އަވްޝަން ރާނިޔާގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ، އަވްޝަންގެ ހަށިގަނޑުގެ ހޫނުކަމާއި އެމަސްތީ މީރުވަހުން ރާނިޔާއަށް އިހުސާސް ކުރެވުނީ ފިނިފެންމަލުގެ ދާނެއްގެ ތެރޭގައި ހަށިގަނޑު ފޮރުވާލެވިފައިވާ ހެންނެވެ.
”ބޭސް ކައިފިންތަ؟…” އަވްޝަން ހަނދާންކޮށްދިނެވެ. ”އާނ، ބޭސްކީމަ ހީވީ ބިޓާރ މެލެން ކޮޅެއް ކެވުނުހެން، ޔަކް….” ރާނިޔާ މޫނަށް ވައްތަރެއް ޖައްސާލަމުން ޖަވާބު ދިނެވެ. ބޭހުގެ ނަން އިވުމުންވެސް މޫޑު ގޯސްވެގެން ދިޔައެވެ. ކޮންމެދުވަހަކު އިންޖެކްޝަނެއް ޖަހަން ހޮސްޕިޓަލަށް ދާން ޖެހެއެވެ. ބޭސްތައް ކެއުމާއެކު ބޯއަނބުރާ ،ނޭވާލާން އުނދަގޫވެ، އުނަގަނޑުގައި ރިއްސައެވެ. މިހުރިހާ ކަމަކާ ކުރިމަތިލައިގެން މިހުރީ އޭނަގެ ފޮނި ހުވަފެންތައް ސީދާ ވާނެކަމުގެ އުއްމީދުގައެވެ.
”ދެހަފްތާފަހުން ހުރިހާކަމެއްވެސް ރަގަޅުވާނެ….” އަވްޝަން ރާނިޔާ އިސްތަށިގަނޑާއި ކުޅެލިއެވެ. ”ސޯ އެކްސައިޓެޑް…” ރާނިޔާ އެނބުރިލަމުން އިސްވެ އަވްޝަންގެ ތުންފަތަށް ބޮސްދިނެވެ. ދެމަފިރިންގެ ހިތުގެ ތެޅުން ހަލަބޮލިވި ހިނދުކޮޅަކަށްފަހު ގެއިން ކަރަންޓް ކަނޑައިގެން ދިއުމާއެކު ރާނިޔާ ދިޔައީ ސިއްސައިގެންނެވެ. ޗޮކެއްކަނޑާލަމުން އަވްޝަން ރީތިވާ މޭޒު ކައިރިއަށް ޖެހިލީ ރާނިޔާ ހަޅޭއްލަވައި ގަންނަވަރުގެ ގޯނާއެއްކޮށްލާފައެވެ.
އާފަލު އުއްބައްތީގެ ހުޅުކޮޅުތަކުގެ އެހީގައި ކޮޓަރީގެ ސާމާންތަކުގެ ހިޔަނިތައް ނަށަންފެށިއިރު ކުޑަދޮރުން އައިސް ކޮޓަރިއަށް އެޅިފައިވާ ހަނދުވަރުގެ އަލިވަރުން މާހައުލު އިތުރަށް އިޝްގީ ކުރުވިއެވެ. ދެމަފިރިން ބެލްކަނިއަށް ނިކުމެލިއިރު މުޅިތަން ފެންނަނީ އަނދިރިކޮށެވެ. ދުރުން ފުޅިބައްތިތަކާއި އުއްބައްތީގެ އަލިވަރުތައް ފެނިލައެވެ. މާހައުލުގެ އޮތީ ހިމޭންކޮށެވެ. ދަންވަރު ގަޑިއަށް ވުމުން ދިރޭ ފުރާނައެއްގެ އަޑުވެސް ނީވެއެވެ. ފަރުބަދަ ތަކުގެ މަތިން ހިއްލިފައި އިން ހަނދަށް ބަލައިލަމުން އަވްޝަންގެ އަތުގެ ތެރެއަށް ރާނިޔާ ވަނެވެ.
***
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ކުލްޘޫމް އާއި އީނާގެ ދެމެދުގައި ވަރުގަދަ ގުޅުމެއް އުފެދުނެވެ. ކުލްޘޫމް އީނާދެކެ ލޯބިވަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އޭނަ ހުންނަނީ އީނާ ”ރެއިންގްލޯރ” އަށް އަންނަ ދުވަސްތައް މަދުވެގެންނެވެ. އެލޯބި ފެނި އީނާ ވެސް އިންނަނީ އުފަލުން ފޮޅިފައެވެ. އެއްވަގުތަކާ ދެމަންމައިންގެ ލޯބި ލިބޭތީއެވެ. އަދި ހަމައެއާއެކު އަލްޔަސްއާއެކު ހޭދަކުރެވޭ ފޮނި ރަން ހަނދާންތައް ވަނީ ހިތުގައި ބިންވަޅު ނެގިފައެވެ.
ހުންގަނޑު ރަގަޅުވެ އަލްޔަސްގެ ކުރީގެ އަޑު ލިބުމުން އީނާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. އަލްޔަސްގެ ފިރިހެންވަންތަ އަޑު ގެއްލުމުން އޭނަ ވަރަކަށް ދެރަވިއެވެ. ދެޒުވާނުންގެ ގާތްކަން ފެނި ބޮލަން އުނދަގޫވެފައި ހުންނަނީ މައިމޫނާ އެވެ. އަލްޔަސް އާއި އީނާ އަތުގައި ހިފާލިޔަސް ހީވަނީ އުޑު ބޮލަށްވެއްޓި ސުނާމީއެއް އަރާ އޭނަ އެރާޅުގެ ތެރެއަށް އަރަގުވާހެންނެވެ. މައިމޫނާ މިދުވަސްކޮޅު މަޑުން ހުންނަނީ ގެއިން ބޭރަށް ނިކުންނަން ބިރުގަންނާތީއެވެ. އެހެންނޫންނަމަ އޭނަ އީނާއަށް ބޮނޑިއެއް ދިނީހެވެ.
އީނާ ކޮޓަރިއަށް ވަންނަމުން އަލްޔަސްގެ ފޯނަށް ގުޅާލިއެވެ. ހަތް ފަހަރުގުޅިއިރުވެސް ލައިން ބިޒީއެވެ. އީނާ ހުރީ ޝައްކެއްގެ މަތީގައެވެ. ހިތް ބިރުން ތެޅިގަތެވެ. އޭނަ ދިހަ ފަހަރު ގުޅިފަހުން އަލްޔަސް ފޯނު ނެގިއެވެ.
”ކާކާތަ ވާހަކަ ތިދެއްކީ؟….” އީނާ އަވަސް އަވަހަށް އަހާލީ ހިތްހަމަނުޖެހިފައިވާ ރާގަކަށެވެ. ”ކޮންމެވެސް ކުއްޖަކާ…” އަލްޔަސް ސަމާސާއެއްކޮށްލަން ބުނެލިއެވެ. އޭރު ސަމާސާ ވިހަވެދާނެއެކޭ އޭނަގެ ހިތަކަށް ނާރައެވެ.
”ކާކު؟ އަންހެން ކުއްޖެއްތަ؟….” އީނާ ރުޅިއައެވެ. އޭނަ ނޫން އަންހެންކުއްޖަކާ އަލްޔަސް ވާހަކަ ދައްކާކަށްވެސް ހިތް ނޭދެއެވެ. އަލްޔަސްއަކީ ހަމައެކަނި އޭނަގެ ހައްގަކެވެ. އޭނަ ނޫން ކުއްޖަކު އަލްޔަސްގެ ގައިގައި ބީހިލިޔަސް ރުޅިއައިސް އަނދައެވެ. ކުރީ ދުވަހަކު ސަނާ އަލްޔަސް ފަހަތުން އަޅުވާލުމުން އޭނައާއި ސަނާއާ ދެމެދު ހޫނު ބަހުގެ ހަމަލާތައް ބަދަލުވިއެވެ. އެންމެފަހުން ސަނާގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއްވެސް ވީއްލާލެވުނީއެވެ.
”ދެން އަހަރެންމީ ގޭ އެއް ނޫނެއްނު ފިރިހެނެކާ ވާހަކަ ދައްކަން….” އަލްޔަސް ބުންޏެވެ. ”ހޫ އިޒް އިޓް؟…. ސޭމް އަހަންނަށް އޮޅުވާލަނީތަ؟….” އީނާ ތުންފަތުގައި ދަތްއަޅާލިއެވެ. މޫނުގެ ކުލަވަރު އޮއްސިއްޖެއެވެ. ހިތަށް ތަދުވިއެވެ. މާބޮޑަށް ޖަޒުބާޒީ ވިއެވެ. އައި ރުޅީގައި ފޯނު ކަނޑާލެވުނެވެ.
އަލްޔަސް ގުޅަން ފެށުމުން އީނާ ފޯނު ނަގާ ހޫރާލިއެވެ. ރީތިވާމޭޒުގައި ޖެހިފައި ފޯނު ބައިބައިވިއެވެ. އީނާ ރުޅިއައިސް ރަތްވިއެވެ. އެކުއްޖަކު ހޯދާފައި އޭނަގެ ނުބައިކަން ދައްކާލާނެއެވެ.
”ނުނަގާނަން ފޯނެއް، އެ ސްޕެޝަލް މީހަކާ ވާހަކަ ދައްކަބަލަ….” އީނާ ރުޅިއަޔަސް ރޮވުނެވެ.
(ނުނިމޭ)
8 Comments!
Comments are closed.
tomorrow upload nukurevidhanethi miadhu mi upkohli, hope that readers will like this part too, 12 vana bayah comment kohli hurihaa kudhinan hithuge funimun shukuriyaa, your comments and support are a lot for me 😀 14th vanabai sat ga, mi part mi een and sam ah haasakohfa in part eh so e couple ge bai ginakohli 🙂 <3
hmmmmm…v habeys…..waiting 4 da nxt prt <3
dhen in part vess sam en een ge bai genesdhehchey
any how this part is totally amaxing 🙂
Den een ar sam ge weddin a wait kurey vry nee
Sat day akah madeh nukureveyne ehaa keih madhu vefaa mihury mivaahakayah v rythi mi part avahah up koh dhehchey
hai muthaaaa!!!!!!!! hows u dear??????? wow wow wow wow, mi part ves varah salhi.adhi mihaa dhigu koh vaahaka genes dhineema thank u so much,adhi een n same ge baithah mihaa dhigukoh genes dhineema varah ufaavehjje. 🙂 🙂 🙂 salhiey salhiey salhiey,huvaa mi vaahaka varahves habeys, rinee n avshange baithah ves varah salhi, adhi sifakurunthah ves dho???? neyge bunaane ehcheh ves, a haaves furihama, een n samege mom haadha close ey dho?? 🙂 varah rangalhu maiteh dho een ah a libunee,, hahahahahahahahahahaaaaaa samege adu kaalhu gendhiya ee tha???? same vaahaka dhehkki adu ivunuhen hama heevi, mi partga maimoonaa hitlerge bai madhu v ma varah ufaavehjje, a ee bodu handi eh,mi bunee muthaa bunaahen ingey, 😛 mifaharu hama copy kohlaa hiyy v,hehehehe 🙂 🙂 ohhno, kihineh mi v????? sameah kaakutha mi gulhi??????? dhen kihineh baa vaani????????een aslahves hama rulhi a ee dho??????? dhen saturdayga tha aneh part?????????? pis pis pis varah dhera gotheh thi v, nizooo saturdayga varah b xy vaane, ahen v ma kiyaa levey ni faharehgga sundayga dhen kiyaa leveyni, ekam ves vagutheh libihjjehyya kiyaalaanan ingey , ok dhen ba e tvgc, have a lovly night, 🙂 🙂 🙂 🙂
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nyc, best story, sifakyrun hama ehvana, u r very talanted, keep it up
So beautiful ……. 🙂