އާލިފް 7
ކޯމަސްތަކެއް ފަދައިން ފުންމަމުން އަންނަ މީހުންތައް ގިނަވަމުން ގޮސް ވާނުވާ ނޭންގޭ ހިސާބަށް ހިނގައްޖެއެވެެ. ކުއްލިއަކަށް އޭގެ މީހެއްގެ ބޮޑު ނަގީފަތުން އާލިފްގެ މޫނުގައި ޖެހިއްޖެއެވެެ. ވީތަދުން އާލިފްގެ އަނގައިން ބޭރުވި ހަޅޭކުގެ އަޑާއިއެކުގައި ވެއްޓި ހަރުތަނެއްގައި ޖެހިއްޖެއެވެ. މޫނުގައި ފިރުމާލަމުން ވަށައިގެން ހޯދާލިއެވެ. މުޅި ކޮޓަރިތެރެއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. އާލިފް އަޮތީ އެނދުން ވެއްޓި ޓައިލްސްމަތީގައެވެ. އާލިފް ތެދުވެ އިށީންދެލިއެވެ. ކަނާއަތުން ބޮލުގައި ޖަހާލިއެވެ. “ހުވަފެނެއްދޯ މީ….” އިމްނާގެ ފޯނުކަނޑާލިތަނާ އިރުކޮޅަކުން އާލިފަށް ނިދުނީތާއެ “އެކަމަކު މީ ކޮންކަހަލަ ހުވަފެނެއްބާއެވެ؟…މިކަމުގައި ކިހާވަރެއްގެ ހަޤީޤަތެއް ވޭބާއެވެ.” އާލިފް ވަރަށް ވިސްނިއެވެ. ދެން ހެދުން ބަދަލިކޮށްލައިގެން އަލުން އެނދަށް އަރައި އޮށޯތެވެ.
މިއަދަކީ ވަރަށޤ ރީތި ދުވަހެކެވެ. ކުޑަ ފިނިކަމެއް ފެތުރިފައިވާއިރު ޖެހެމުންދާ މަޑު މަޑު ވައިރޯޅިން އިތުރު ފިނިކަމެއް އިހުސާސްވެއެވެ. ދުވަހުގެ ބުރަ މަސައްކަތަށްފަހު އާލިފާއި ވަހީދު ތިބީ މެންދުރުގެ ކެއުމަށް އިންސާފުކުރުމަށް ރިޒޯޓުގެ ރެސްޓޯރެންޓްގައެވެ.
“ވައްޑޭ ރޭގައި ވަރަށް އެހެންކަހަލަ ހުވަފެނެއް ފެނިއްޖެ”
“ކިހިނެކޭ ވަނީ؟..” ވަހީދު ކަމުން އެހިއެވެ. އާލިފް ވަރަށް ތަފްޞީލުކޮށް ރޭގެ ހުވަފެނުގެ ވާހަކަ ކިޔާދިނެވެ. ވަހީދު ވިސްނާލުމަށްފަހު ބުންޏެވެ.
“ތިވާނީ އަހަރެމެން ފަންޑިތަ ހަދަން އުޅޭތީ ފެނުނު ހުވަފެނަކަށް……ދެން އިނގިދާނެނުން ވާ އެއްޗެއްވެސް ދޯ…”
އާލިފް ހިތަށް އަރަނީ އެއީ އޭނަގެ ބައްޕައަށް ވެއްޖިއްޔާ ދެންވާނީ ކިހިނެއްބާއެވެ. ކައި ނިންމާލުމަށްފަހު އަހަރެން އެބަ އަންނަމޭ ބުނެފައި ވަހީދު ތެދުވެގެން ހިނގައްޖެއެވެ. އާލިފް އިރުކޮޅަކު އެތާ މަޑުކޮށްލިއެވެ. އޭނަ ހަޔާތުގައި މިދިމާވާ ކަންތައްތަކާމެދު ފުންކޮށް ވިސްނާލިއެވެ. ފޯނު ރިންގުވާން ފެށުމުން ޖީބުން ފޯނުނަގައި ބަލާލިއެވެ.
“ހަލޯ އިމް…” އެކޮޅުން ޖަވާބެއް ނުލިބުމުން އާލިފް މަޑުކޮށްލިއެވެ. ކުޑައިރުކޮޅަކުން އިމްނާގެ އަޑު އައެވެ. “ހަލޯ”
“ކީކޭ ދޫނީ….”
“ދޫންޏޭ …މަމީ ދޫންޔެއްތަ؟….” އިމްނާ ތުއިވެލިއެވެ.
“އާން ތީ މަގޭ ދޫންޏެއްނުން….”
“ހޫން…ދެންހެވޭ….ބައްޕަ ގުޅި …..މާދަމާ ރެއަށް ދެވޭވަރަށް ލާންޗު ފޮނުވާށޯ….މޫދު ފެންނަ ހިސާބުގަޔޯ ތިކަން ކުރެވޭނީ…”
“އެހެންތަ!….އެހެންވިއްޔާ ރިޒޯޓް ރަނގަޅުވާނެދޯ….” އާލިފް އިމްނާއަށް ދޯ ދިނެވެ.
“މަަށަށްވެސް ހީވަނީ ތިގޮތްހެން ރަނގަޅުވާނީ…” އިމްނާ ބުންޏެވެ.
“އިތުރު އެއްޗެއް ހޯދަން ޖެހޭނެތަ؟….”
“ނޫން … ނުބުނޭ….މަމިފޮނުވަނީ ބައްޕަގެ ނަންބަރު….އާލިފް ގުޅަށްޗޭ…”
“އާން އޯކޭ…”
ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އާލިފް ވަރަށް ސީރިއަސް ވެފައި އިމްނާއަށް ގޮވާލިއެވެ.
“ކިހިނެއްވީ؟… ބިރުގަންނަނީތަ؟..” އިމްނާ އަހާލިއެވެ.
“ނޫން އެހެންނެއް ނޫން….އަހަރެން ބޭނުން އިމްވެސް މިތާންގައި ހުންނަން…” އާލިފް ބުންޏެވެ. “އާލިފް އަށް ހީވޭތަ އިމް ބޭނުން ނުވާނެހެން……..ވަރަށް ބޭނުން އެކަމަކު އާލިފް ނުބުނާތީ…” އިމްނާ މަޑުޖެހިލިއެވެ.
“އިމް ބައްޕަ ހުއްދަ ދީފިއްޔާ އަންނައްޗޭ….. ތިގޭ ކުއްޖަކާއެކު އަޔަސް އޯކޭ..” އާލިފަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. “ދެން ބާއްވަނީ އިނގޭ.. އޮފީހުގަ މީނީ” އިމްނާ ފޯނު ކަނޑާލިއެވެ.
ދެމީހުންގެ ނަސީބުވެސް ވަރަށް ރަނގަޅެވެ. އިމްނާގެ ބައްޕަ އިމްނާއަށް ހުއްދަދިނެވެ. އިމްނާ ގަސްތުކުރީ އިމްނާއާއެކުގައި ރީނާ ގެންދާށެވެ. މިދަތުރުގައި ރީނާގެ ބައިވެރިޔާ މިފްޒާލްވެސް ދެއެވެ. ހަވީރު ހަތަރުގަޑި ބައިކަންހާއިރު އާލިފާއި ވަހީދު ރަށަށް ދިއުމަށްޓަކައި ފުރިއެވެ. އާލިފް ބޭނުންވަނީ މިރޭ ވަހީދުގެ ހާޒިރުގައި މަންމައާއި ބައްޕައަށް މިވާހަކަ ކިޔާދޭށެވެ. އެމީހުންނަަށް ގެއަށް އާދެވުނު އިރު މަންމަ އާއި ބައްޕަ ތިބީ ހަވީރުގެ ސައި ބޯށެވެ. ގޭގެ މަސައްކަތް ކުރަން އަންނަ މީހާވެސް އުޅެއެެވެ. އާލިފާއި ވަހީދުގޮސް ކާމޭޒުކައިރީގައި އިށީނެވެ.
“އައިސައްތަ މިގަޑީގައި ގެއަށް ގޮސްލަަބަަލަ…” ގޭގައި މަސައްކަތް ކުރާ މީހާ ކައިރިން އާލިފް އެދުނެވެ. އޭމީހާ ލައްބައޭ ބުނެފައި ހިނގައްޖެއެވެ.
“ކިހިނެއްވީ؟…” މަންމަ އަހާލިއެވެ. “އެއީ އަޅުގަނޑު ވާހަކައެއް ދައްކަން ބޭނުންވެގެން..” އާލިފް ވަރަށް ސީރިއަސްކަމާއެކު ބުންޏެެވެ. މަރިޔަމްއާއި ހަސަނު އެކަކު އަނެކަަކުގެ މޫނަށް ބަލާލިއެވެ. ހައިރާންކަމާއެކުގައެވެ. “ބައްޕާ އަޅުގަނޑު މިއުޅެނީ………………” އާލިފް ކިޔާދޭން ފެށިއެވެ. ފުރަތަމަ އެމަޚުލޫޤާއި ދިމާވި ރެއިން ފެށިގެން އިމްނާއަށް ލޯބި ހުށަހެޅި ރޭގައި ވީގޮތާއި އާދި ރޭގެ ހުވަފެނާވެސް އެކުގައި ކިޔާދިނެވެ. އަދި މާދަމާ އިމްނާގެ ބައްޕަ އަންނަވާހަކައާއި ގެންނަނީ ކީއްކުރަންކަންވެސް ބުނެދިނެވެ. އެމީހުން ހީކޮށްގެން ތިބީ އާލިފް މިހާރު އެކަންތަކާއި ނުވިސްނާކަމެވެ.
އެކަމަކު ދަރިފުޅާ ކީއްކުރަން ތިކަހަލަ ކަންތައް ކުރަނީ….ގެއްލުމެއް ވެއްޖިއްޔާޔޯ…” ބައްޕަ ކަންބޮޑުވިއެވެ. އާލިފް ގެއްލިދާނެތީއެވެ. “އިރާދަ ކުރެއްވިއްޔާ އެއްވެސް ގެއްލުމެއް ނުވާނެ…ހަޤީޤަތް ހޯދަން އަޅުގަނޑު ވަރަށް ބޭނުން… ކޮންމެ ގޮތެއް ވިޔަސް މަންމަ އާއި ބައްޕައަށް ވަކިވާކަށް އަޅުގަނޑު ބޭނުމެއް ނޫން……އަނެއްކޮޅުން މޫދަށް އެރެން ބިރުން ނޫނީ ކައިވެންޏެއް ކުރަން ބިރުން ހުންނާކަށްވެސް ބޭނުމެއްނޫން..” މިހާހިސާބަށް ބުނެފައި އާލިފް ހުއްޓާލިއެވެ.
” އަނެއްކޮޅުން އާލިފް އެއީ އެނަސްލުގެ މީހަކަށް ވެއްޖިއްޔާ އެމީހުންގެ ބާރުދޯ އޮންނާނީ…….ކޮންމެސް ދުވަހަކުން ގެންދާނެ…” ވަހީދު އިތުރަށް ވިސްނާލިއެވެ.
“އަހަންނަށްވެސް ތިކަން ކޮންމެސް ވަރަކަށް ވިސްނިއްޖެ…ތިބުނީތާ އިމްނާއާއި ބައްދަލުވި ރޭގައި ކަަންތައް ހިނގިގޮތްވެސް….އޭގެ މާނައަކީ އެމީހުން ނުރެހެޔޭ އާލިފް އިންސިއަކާއި ގުޅޭކަށް..” އާލިފް ވަރަށް އުފާވިއެވެ. އޭނާ ކުރަންއުޅޭ ކަަންތަކަށް ބައްޕަ ސަޕޯޓްކުރީތީއެވެ. އެހެނަސް މަރިޔަމަށް ވިސްނުނީ މުޅިން އެހެން ގޮތަކަށެވެ.
“ފަހަރެއްގައި އޭނަ ބޭނުންވެދާނެ އާލިފް ގެންދަން….ދެން…” އާލިފް އިން ގޮނޑިން ތެދުވެގެން ގޮސް މަންމަގެ ކައިރިއަށް ހުއްޓި މަންމަގެ ކޮނޑުމަތީގައި ވަރަށް ލޯބިން އަތް ބާއްވައިލަމުން ބުންޏެވެ. ” އަޅުގަނޑު އިރާދަ ކުރެއްވިއްޔާ މަންމަ ދޫކޮށްފައެއް ނުދާނަން….”
“އެހެންވީމަ ބައްޕަމެންެވެސް ތިދެކުދިންނާއެކު ރިޒޯޓަށް ދާނަން..” ހަސަނު ބުންޏެެވެ.
މިއަދަކީ ހުކުރު ދުވަހެވެ. ވަރަށް ރީތި ދުވަހެކެވެ. އުޑު މަތި ސާފު ނަލަ ނަލަ ވައިޖެހޭ ދުވަހެކެވެ. ވިއްސާރައިގެ ހިލަމެއްވެސް ނެތެވެ. އަދި ވިއްސާރަ މޫސުމެއްވެސް ނޫނެވެ. އާލިފްމެންގެ ކުޑަ އާއިލާ ރިޒޯޓަށް ދިޔައީ މެންދުރުފަހުއެވެ. އެމީހުންނާއެކު ވަހީދުވެސް ދިޔައެވެ. ހެނދުނު އިމްނާމެން ގެނެސްފިއެވެ. މިހާރު އިމްނާގެ ބައްޕަ ބަލާދިޔަ ލާންޗުވެސް ރަށަށް އަންނަން ފުރާފާނެއެވެ. އާލިފް ރިޒޯޓަށް ފޭބުމަށްފަހު އަވަސްވެގަތީ އިމްނާއާއި ބައްދަލުކުރުމަށެވެ. އިމްނާމެން ތިބި ރޫމަަށް ގޮސް އިމްނާ ހަމަފެނުމާއެކު އިމް އޭ ކިޔާ އޮޅުލައިގަތެވެ. އިމްނާއަށް ލިބުނު އުފަލަށްވުރެ ބޮޑަށް ދަތީ ލަދެވެ. އެއީ އެތާގައި ރީނާއާއި އޭނާގެ ބައިވެރިޔާ މިފްޒާލްވެސް ހުރީމައެވެ. މިކަން އާލިފްއަށް އިޙްސާސް ކުރެވުނީ މާފަހުންނެވެ. ކުއްލި އަކަށް އިމްނާ ގައިން ދޫކޮށްލާފައި ހީލަމުން ހަމަޖެހިލިއެވެ. ” އަހަރެން ހީއެއް ނުކުރަން…ރީނާ ބާރަށް ހީގަތެވެ. އިމްނާ އާލިފަށް ރީނާ ތައާރަފް ކޮށްދިނެވެ. މީ… ރީ…އެހާތަނަށް އިމްނާ ބުނާއިރަށް ރީނާ ކުރިއަށް ޖެހި އާލިފުއާ ދިމާއަށް އަތްދިއްކޮށް ލިޔެވެ. “ރީނާ އިމްގެ ބެސްޓް ފްރެންޑް” އާލިފް ރީނާ އާ ސަލާމް ކޮށްލިއެވެ. “ދެންމީ މަގޭ އޭނަ މިފޫ” ރީނާގެ މަޖާ މިޒާޖު އާލިފަށް ވަރަށް ކަމުދިޔައެވެ. އާލިފް މިފްޒާު އާއި ދިމާއަށް އަތްދިއް ކޮށްލުމަށްފަހު މިފްޒާލު ކައިރިއަށް ޖެހި ހަލޯ އޭ ބުނަމުން ކޮޑާ ކޮޑާ ޖައްސާ ސަލާމް ކޮށްލިއެވެ. “ކުޑައިރުކޮޅަކަށް އިމް ގެންދާނަން” އާލިފް އިމްނާ އަތުގައި ހިފުމުން ރީނާ ކައިރީ ހުއްދައަށް އެދުނެވެ. “ގެންދޭ ގެންދޭ ތިހުރީ ހިބައިން ދީފަ” ރީނާ މިފްޒާލާ އެއްކޮށް ހީގަތެވެ. އާލިފް އިމްނާ ގޮވައިގެން ގޮސް ބައްޕަމެން ތިބޭ ރޫމަށް ވަނެވެ. އޭރު އެތާ ވަހީދުވެސް އިނެވެ. “މީދޯ ދެ ފައި އެެއްކޮށް ނަގަމުން ދިޔާ ކަމަކީ” އާލިފް މެން ހަމަ ފެނުމާއެކު ވަހީދު ދިމާކޮށްލިއެވެ. އާލިފް ވަހީދަށް އިޝާރަތްކޮށްލަމުން “މީ ވަހީދު މަގޭ ބެސްޓް ފްރެންޑްއެވެ” ވަހީދު އިމްނާ އާއި ސަލާމް ކޮށްލިއެވެ. ދެން އާލިފް ހުއްޓުނީ މަންމަ ކުރި މައްޗަށެވެ. “މަންމާ އިމްނާ، އިމް މަންމަ” މަރިޔަމް އިމްނާ އާއި ސަލާމް ކޮށްލުމަށްފަހު އަތުގައި ހިފާ ކައިރިކޮށްލިއެވެ. “ހާދަ ލަދުން ތީނީ. އާދެބަލަ” މިހެން ބުނަމުން މަރިޔަމް އަތުގައި އަޅާފަ ހުރި ރަން ތަނޑި ތަކުގެ ތެރެއިން ތަޑު ގަޑެއް ނަގާ އިމްނާ އަތުގައި އެޅުވިއެވެ. “މަންމަ ވަރަށް އުފާ ވެއްޖެއެވެ. އާލިފް ކައިވެނި ކުރަން ނިންމީތީ” އިމްނާ ހީލިއެވެ. “ކޮބާ ބައްޕަ” ކޮޓަރި ތެރެއަށް ނަޒަރު ހިންގާ ލަމުން އާލިފް އެހިއެވެ. “ބޭރަށް ނުކުތީ” ޖަވާބު ދިނީ ވަހީދެވެ. އެވަގުތު ހަސަނު އައިސް ކޮޓަރިއަށް ވަނެވެ. ” އަހާ މީ ކޮންކުއްޖެއް” އެނގި ހުރެ ހަސަނު އަހާލިއެވެ. ” ހަސަންބެގެ ދަބިކޮއެއްނުން” ވަހީދު ޖަވާބު ދިނެވެ. “ވައްޑޭ” އާލިފް ވަހީދުގެ ބޮލުގައި ޖަހާލިއެވެ. ” މީ އިމްނާ” މަރިޔަމް ހަސަނަށް އިމްނާ ތައާރަފް ކޮށްދިނެވެ. ހަސަނު އިމްނާ ކައިރިއަށް ގޮސް ކޮޑުގައި ފިފާ ކައިރިކޮށްލިއެވެ. ” ތެދެއްތަ! މީތަ އާލިފްގެ ހޮވުމަކީ” އިމްނާ ރަކި ހިނިތުންވުމަކާ އެކު އިސްޖަހާ ލިއެވެ. “މަރިޔަމް އިމްނާ އަށް ހަދިޔާ އެއް ދީބަލަ” ހަސަނު މަރިޔަމް އާއި ވާހަކަ ދެއްކިއެވެ. “ހަދިޔާއެއް ދީފަ މި އޮތީ” އިމްނާ އަތް ދައްކާލިއެވެ. ހަސަންބޭ އިމްނާގެ ބައްޕަ އަންނަ ލޯންޗު ކައިރި ކުރަނީ ޔޯ” ވަހީދު ބުންޏެވެ. އެހެންތަ އަވަހަށް ހިނގާ ދާން” ހަސަނު ބުންޏެވެ. ލާންޗު ކައިރިއަށް ދިޔަ މަގުމަތީގައި މަރިޔަމް އަހާލިއެވެ. އިމްނާގެ ބައްޕައަށް ކިޔަނީ ކޮން ނަމެއްތަ؟ “އިބްރާހީމް” އިމްނާ ޖަވާބު ދިނެވެ. ލާންޗުން ކައިކޮށްލުމުން އިބްރާހީމްބެ ބާލަން އެހީ ވުމުގެ ގޮތުން ހަސަނު އިބްރާހިމްބެ ގެ އަތުގައި ހިފިއެވެ. ފާލަން މަތީ ފައިޖެހުމާއެކު އިބްރާހިމްބޭގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އާލިފެވެ. އިބްރާހިމްބެގެ ދެލޯ ބޮޑުވިއެވެ. އާލިފް ގެ ތިރިން ފަށައިގެން މައްޗައް ބަލާލުމަށްފަހު ތުން ތަޅުވާލިތަން އެންމެންނަށްވެސް ފެނުނެވެ. އާލިފު އެކޭ އެއްގޮތައް އެތާ ތިބި އެންމެންގެ ހިތްވެސް ތެޅިލިއެވެ. އިބްރާހިމްބެގެ ބޮލުގައި އިން ހުދު ތާކިހާ ނަގާ ފައްޖަހާ ލުމަށް ފަހު ލައިގެންް އިން ގަމީހުގެ ޖީބައް ލިޔެވެ. އަދި އާލިފަށް އިޝާރަތްކޮށްލުމަށްފަހު ” މީތަ އެ ސޮރަކީ” އަހާލިއެވެ. ” ލައްބަ ތީ އަޅުގަނޑުގެ ދަރިފުޅު އާލިފް” ހަސަނު ކުރިއަށް ޖެހިލަމުން ޖަވާބު ދިނެވެ. ހިނގާ ސައިބޯން” އެންމެން އެކީގަ ދިޔައީ ސައިތައްޔާރު ކޮށްފައިވާ ތަނަށެވެ. ހަސަަނު ހުރީ އެމީހުންނަށް ވަކިން ތަނެއްގައި ސައިހަދާ ފައެވެ. އެއީ މިކަން ރިޒޯޓްގެ އެއްވެސް މުވައްޒަފަކަށް އެނގި ދާނެތީއެވެ. ސައިބޯންފަށާފަ އިބްރާހިމްބެ ހަސަނަށް ބަލާލިއެވެ. ” ހޫ ދެން ކިޔާބަލަ ކިހިނެކޭ ވަނީ” ހަސަނު ހުރިހާ ވާހަކައެއް ކިޔާ ދިނެވެ. އިބްރާހިމްބެ އެއްޗެއް ނުބުނެ މަޑުކޮށްލުމުން އިމްނާ ބައްޕައަށް ގޮވާލިއެވެ. އިބްރާހިމްބެ އިމްނާ އާ ދިމާއަށް ބަލާލިއެވެ. ދެން ފުންނޭވާއެއް ލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ތީ ޖިންނީންނަށް ވުރެއްވެސް މާ ގޮތްދޫ ނުކުރާ ބައެކެވެ. ހުވަފެނުގައި އޭތި ތިކިޔާދިނީ ތެދެވެ. ތީ އެމީހުން ނަޞްލުގެ ދަރިއެކެވެ. ކޮންމެވެސް ދުވަހަކުން އެމީހުން އާލިފް ގެންދާނެއެވެ. ދެ ނަޞްލެއްގެ ލޭ ވީމަ އާލިފް ރުހުމުގައި ނޫނީ ގެންދަން އުނދަގޫވާނެއެވެ. ތިކަމެއް ފިޔަވަޅެއް ނާޅާ އޮވެއްޖެނަމަ އުމުރުގެ ވަކި ހިސާބަކުން އާލިފް އަމިއްލައަށް ދެވިވެސް ދާނެއެވެ. އަނެއް ކޮޅުން އެމީހުން ނުރުހޭނެ އިންސިއަކާ ކައިވެނި ކުރާކަށްވެސް، ދެން އޮތީ އެންމެ ގޮތެއް، އިބްރާހިމްބެ މި ހިސާބަށް ބުނާއިރަށް ވަހީދަށް ނުހުރެވިގެން ސުވާލު ކުރިއެވެ. އެއީ ކޮންގޮތެއް؟ “އެއީ މަންމަ ވީ މިހާރު މަރުވެފަ، ދެން އޮތް ގޮތަކީ (ބައްޕަ) މޫދުން ފެނުނު މަޚްލޫޤު ވެސް މަރާލުން. އެނޫން ގޮތެއް ނެތް” އިބްރާހިމްބެ ކިޔާ ދިނެވެ. “މަރާ ނުލާ ފިއްޔާ” އާލިފްގެ ހިތުގައި އެ މަޚްލޫޤާ މެދު ހަމްދަރުދީ އުފެދުނެވެ. ” އެއީ މުސްލިމު ބައެއްނޫން، ވަރަށް އުނދަގޫވާނެ އިސްލާމް ކުރަން. ޖިންނިއެއް ނަމަ ވަރަށް ފަސޭހަވާނެ” އިބްރާހިމްބެ އޮޅުން ފިލުވައިދިނެވެ.” އިސްލާމް ނުވެއްޖިއްޔާޔޯ” ހަސަނު އަހާލިއެވެ. ދެން އާލިފު ޖެހޭނީ ދާން” ވަގުތުން އިމްނާ އާއި މަރިޔަމް އަށް ރިވިއްޖެއެވެ. ” ދަރިފުޅާ އިމްނާ ދޭ މަންމަ ގޮވައިގެން އެތެރެއަށް” އިބްރާހިމްބެ ބުންޏެވެ. އިމްނާ މަރިޔަމް އަތުގައި ހިފައިގެން ހިނގައިގަތް ތަނާ ރީނާގެ ދެމީހުންވެސް އައެވެ. ” ކިހިނެއް ވީ؟” ރީނާ އެހިއެވެ. ” ރީ ދޭބަލަ އެމީހުން ގޮވައިގެން ރޫމަށް” އާލިފް ބުންޏެވެ. ރީނާ އެމީހުންނާ އެކީ ދިޔައެވެ. އިބްރާހިމްބެ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. “އަހަރެމެންނަށް އޭތީ އިސްލާމް ނުކުރެވިއްޖެއްޔާ އޭތި ދާނީ އާލިފް ގޮވައިގެންނޭ! އެއަށްފަހު އާލިފްއަށް މޫދު ނޫން ތަނަކު ނޫޅެވޭނެ! އަދި އެމީހުން އެމީހުންގެ އެތިބޭ ސިފައަށް އާލިފް ބަދަލު ކުރާނެ! ސިފަ ބަދަލުކޮށްފިނަމަ އިންސާނުންގެ ސިފައަށް އާލިފެއް ބަދަލެއް ނުކުރެވޭނެ.” އިބްރާހިމްބެ ވަރަށް ތަފްޞީލުކޮށް ކިޔާދިނެވެ. ހަސަނު އާލިފަށް ބަލާލިއެވެ. އެންމެ ރަނގަޅު ބައްޕައަށް ފެންނަ ގޮތަކަށް ނިންމާ! އަހަރެން ބޭނުމީ އިންސާނެއްގެ ސިފައިގާ މުސްލިމެއްގެ ގޮތުގައި ހުންނަން ” އާލިފް ވަރުގަދަ އަޒުމަކާއެކު އިބްރާހިމްބެ ގާތުގައި ބުންޏެވެ.” އިޝާ ނަމާދަށްފަހު މަސައްކަތް ފަށާނީ! އެއްވެސް އަންހެންކު ނުގެންނާތި! މީ ދޭތިން އެކަތީގެ ނިމުމެއް! މިކަމުގައި މަގޭ ފުރާނައަށްވެސް ގެއްލުން ވެދާނެ!ފުރަތަމަ ފަށާނީ ގޮޑުދަށުގައި ތިބެ! ދެން ދަންވަރު ދެގަނޑި ބައި ވީމާ ކަނޑު މައްޗައް އެރޭނެ ގޮތެއް ވާނެ ހަދަން! ” އެހެންވީމަ ކުޑަ ދޯޏެއް ރަނގަޅުވާނެ ދޯ! ހަސަނު ބުންޏެވެ. އާ! ރަނގަޅުވާނެ. މާ ގިނަ އެއްޗެހި ތަކެއް ހޯދާނެ ކަމެއް ނެތް! ބޮޑު ހުދު ފޮތިގަނޑަކާއި ދެފުޅި ފެނާ ގެންދިޔާމަ ރަނގަޅުވާނެ. ހަނދާނެ ގޮތް ކިޔާ ދިނުމަށްފަހު އިބްރާހިމްބެ ތެދުވިއެވެ. ދެން އަހަރެން މިދަނީ މިސްކިތައް. މިސްކިތް އިންނަނީ ކޮންތާކު؟ ހިނގާ އަޅުގަނޑާއެކު މިހެން ބުނަމުން ހަސަނުވެސް ތެދުވިއެވެ.
5 Comments!
Comments are closed.
varah reethi avahah anehbai upload kohbala
upload plxx
kobaaa haadha llahey ..huttaaleedhoh…?
nun huttalee eh nun meehaku vaahaka beynun vegen ihah nuliye mady kollan buneema ehen ve
alhey…………..aw up kohlba……….cnt waaaait………….aa