Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޅަކުއްޖާ 1 (ހަޤީޤީ ވާހަކަ)

yoona Level 110 Stories
April 11, 2014 3 Mins Read
16 Comments

ފުރާޅު މައްޗަށް އެއްޗެއް ވެޓުނު އަޑާއެކު އަހަންނަށް ހޭލެވުނެވެ. ފުންމައިގެން ތެދުވެ ފާރުގައި  އިން ބޮޑުގަޑިއަށް ބަލާލީމެވެ. މިރޭވެސް ހަމަ އެވަގުތެ އެއަޑެ އިވުނީވެސް އަހަންނަށް އެކަންޔެވެ. އެހެންނޫންނަމަ މިކޮޓަރީގަ ނިދާފަ ތިބި އެހެން މީހުންނަށްވެސް ހޭނުލެވިޔެއް ނުދާނެއެވެ. ފުންނޭވައެއް ލުމަށްފަހު، ބޮލުގެ އިސްތަޝިގަނޑުގަ ހުޅިއެއްޖަހާލަމުން އެނދުން ފާބަންއުޅުނީ ފާހާނާއައް ދިއުމަށެވެ. ނަމަވެސް ފައި ބިންމަތިގަ ނުޖެހެނީސް އެއްކަލަ ރުއިމުގެ އަޑު އިވުނެވެ.

ސުނާމީ ކާރިސާއަށް ފާހު އަހަރެމެން މިރަށަށް  ބަދަލުވީތާ މިވީ  ހަތް ހަފްތާއެވެ.އެހާދިސާގައި އަހަރެމެންގެ ރަށްމުޅިން ހަލާކުވެ ދިރިއުޅެވެން ނެތުމުން ހަމައެދުވަހު ރަށުގެ ރައްޔިތުން ބަދަލުވީ އަތޮޅުގެ ވެރިކަންކުރާރަށަށެވެ.ވަގުތީގޮތުން ކޮންމެ ކޮންމެ ރަށްޔިތަކަށްވެސް ހިޔާވައްސެއްލިބުނެވެ.އެންމެން ގޭގެޔައް ބަހާލެވުނެވެ.ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނުއިރު ރޭގަނޑުގެ އެއްދަން ވޭތުވެއްޖެއެވެ.އަހަރެމެން ތިބިގޭގައިވެސް މީހުންގިންކަމުންއޮށޯވެލާނެތަންކޮޅެއް ނުލިބުނޭބުންޏަސް ދޮގަކަށްނުވާނެއެވެ.އެހާދިސާގެ ބިރުވެރިކަމާ ހިތާމަޔާ އެވަގުތުއުޅެންޖެހުނުހާލަތާ ދޭތެރޭގައި ރޮއި ހިތާމަކުރަމުން ނިދޭތޯ ބެލިބެލުންވެސް ވީނާކާމިޔާބެވެ.ދެފަޔާ ބުރަކަށްޓަށް ލިބިފަހުރި އަނިޔާގެ ސަބަބުން އޮށޯވެގެނެއްނޯވެވެއެ ތަނަކުލެގިލައިގެނެއް ނުހުރެވެއެވެ.ގެއްލުނުމީހުނާ ކުދިންނާ މަރުވިމީހުނާ ކުދިންގެ ހަނދާން ވާވަރުން ހިތަކަށްހަމަޖެހުމެއް ނުލިބެއެވެ.މިފަދަހާލަކު އުޅެ އުޅެ ހުށްޓާ އެރޭ ވޭތުވެހިގައްޖެއެވެ.

އަނެއްދުވަހު ހެނދުނުގެ ސަޔަށްފަހު އަހަންނާ އަދި ދުރުތާތިމާގެ ދައްތަޔަކާ ގަސްތުކުރީ ވަކިދިރިއުޅުމެއް ފަށާށެ މިގޮތުން ަހަރެންގެ ދެމަފިރިންނާ ދެކުދިންނާ ދައްތަގެ ދެމަފިރިންނާ ހަކުދިންނާ އެކު މީހުން ނޫޅޭ ފަޅުގެޔަކަށް ބަދަލުވީމެވެ.މީހުން ނޫޅޭތާ ގިނަދުވަސް ވުމުގެ ސަބަބުން ގެޔާ ގޯތިއޮތީ ވަރަށް ބުޑަށްހަޑިވެފާކަމުން ސާފުކޮން ހަދައިގެން ދެވުނުއިރު ިރުއޮއްސި އަނދިރިވެއްޖެއެ އެހެން ކަމުން ރޭގަޑުގެ ކެއުން ހަމަޖެއްސީ ލުއިކެމަކުންނެވެ.އިޝާ ނަމާދަށްފަހު ލިބިފަތިބި ވަރުބަލި ކަމާއެކު އެމީހަކުޖެހުނު ތާާކުއޮށޯވެނިދައިފިއެވެ. އަހަންނަށްވެސް ހަޖެހުމާއެކު ނިދިއްޖެއެވެ.

 ގޯއްޗަކީ އިހުޒަމާނުގެ ބޮޑު ގޯޗެކެވެ. ދޮރުއަށިން އެތެރެއަށް  ވަންނައިރު މޫނު ޖެހޭގޮތަށް ކުޑަވަރެއްގެ ގެއެއް އިމާރަތް ކޮއްފައިވެ އެވެ. ތިންކޮތަރިޔާ ކުޑަ ސިޓިންރޫމަކާއި އެއް ކޮޓަރީގަ ފާހާނަލާފަ އަނެއް ދެކޮޓަރީގަ ހުންނަނީ ވަޅު ގިފިއްޔެވެ. ގޯތީގެ އެއްކޮޅުގަ ގެ ހުންނައިރު ބަދިގެ ހުންނަނނީ އަނެއްކޮޅުގައެވެ. ގެއިން ނުކުމެގެން ބަދިގެއަށްދާއިރު ގޯތިތެރޭގަ ވަރަށް ބޮޑު ދެ ޖޭމްގަހާ ޖައުފާނު ރުކަކާ ކުންނާރު ގަހެއް ވެއެވެ. އަދި އުތުރު ކަނުގައި ކުރިޒަމާނުގެ ގެ  ރާނަންް ގެންގުޅޭ ކަހަލަގެ ތެޅި ގާ ފުންޔެއް އޮވެއެވެ. ގާފުނީގެ  މައްޗާއި ކައިރީގައި ބޮޑެތި އަހިގސް ތަކެއްް އޮވެއެވެ. ރޭގަނޑު ގެއިން ނުކުމެގެން ބަދިގެއަށް ދާއިރު ގޯތިތެރެ ފެންނަނީ ވަަރަށް އަނދިރިކޮށެވެ. އާންމުކޮށް އަހަންނާ ދައްތައާ ނޫނީ ރޭގަނޑު އެކަނި ބަދިގެއަށް ގޮހެއް ނޫޅޭނެއެވެ.   ފަސްވަގުތުގެ ނަމާދަކީ އަހަރެން ވަރަށް އިސްކަންދޭ ކަމެކެވެ. ބައެއް ސުންނަތްތަކަށްވެސް ފަރުވާތެރިވަމެވެ. މިގޮތުން ދަމުނަމާދަށް ހާއްސަ ސަމާލުކަމެއް ދެމެވެ.

މިގެއަށް ބަދަލުވި ފުރަތަމަ ރެއެެވެ. އަހަރެންނަށް ހޭލެވުނީ އެރޭ ދެގަޑި ބައި ކަންހާއިރެވެ. ފާޙާނާއަށް ވަދެ ވުޟޫކޮށް ލާގެން ނިކުތް ވަގުތު މަޑު މަޑު ރުއިމެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. އަހަރެންނަށް ބަލާލެވުނީ ކޮޓަރި ތެރޭގައި ނިދާފަ ތިބި ކުދިންނަށެވެ. ހުރިހާ ކުދިންވެސް ތިބީ ގަދަ ނިދީގައެވެ. އެއަޑު އިވޭކަން ޔަގީންވުމުން އަހަރެން ހިތަށް އެރީ އެއީ ބުޅަލެކެވެ. ބުޅަލަކީ ތަފާތު އަޑު ލައްވާ ހަދާ އެއްޗެކެވެ. އަމުދުން ދެ ބުޅާ ކޯޅޭ ވަގުތު އިވޭފަދަ އަޑު ތަކުތެރޭ މިފަދަ ރުއިމުގެ އަޑެއްވެސް އިވޭ ފަހަރު އާދެއެވެ.

އިވުނު އަޑަށް މާ ބޮޑު ސަމާލުކަމެއް ނުދީ ނަމާދު ކުރަން ފެށީމެވެ. ނަމާދަށް ހަށަމް ބަނުމާއިއެކު އަޑު ކެނޑިއްޖެއެވެ. ނަމާދުން ނިމިގނެް ޤުރުއާން ކިޔަވާލުމަށް ފަހު ދޮޅި ބާލާ މުސައްލަ އަށް ލާ އޮޅާލަން ފެށިތަނާ އަނެއްކާވެސް ރުއިމުގެ އަޑު އިވެން ފެށިއެވެ. ތެދުވެގެންގޮސް ކުޑަ ދޮރާ ކައިރި ވެލީމެވެ. އެ އަޑު ތަންކޮޅެއް ސާފުކޮށް ބާރަށް އިވުމުން އެއީ ބުޅަލެއްގެ އަޑު ނޫން ކަން އަހަންނަށް ޔަޤްީންވިއެވެ. ގަންނާ ކުރެއްވި ބިރުން ފުންމާގެން ގޮސް އެނދަށް އަރާ ލޯ ތަގުޅި ކޮށްގެން އޮތީމެވެ. ހިތަށް އެރިހާ ހެޔޮ އެއްޗެއް ކިޔަން ފެށުމުން ހަމަވިސްނުން އައިސް މީހާ ކުޑަކޮށް ހަމަޖެހި ބިރު ކުޑަވެއްޖެއެވެ. މަޑުމޑުން ލޯ ހުޅުވާލީމެވެ. މިހާރު އެއަޑެއް ނީވެއެވެ. 10 ވަރަކަށް ފަހަރު ކުރުޡި ކިޔާލުމުން ނިދޭގޮތް ވެއްޖެއެވެ. ދެން ހޭލެވުނީ ހެނދުނު ދައްތަ ގޮވާ އަޑަށެވެ. ދެން ހޭލެވުނީ ހެނދުނު ދައްތަ ގޮވާައަދަށެވެ.ތެދުވެގެން ގޮސް ދޮރުހުޅުވާލީމެވެ. ބަލީތަ” އެހެންނާ އެމީހުން ހޭލާއިރު އަހަރެން އުޅޭނީ ބަދިގޭގަޔެވެ.”ނޫން މިދަނީ” ދައްތަ ދިޔުމުން އަވަސް އަވަސް ކޮއްލައިގެން ގެއިން ނުކުމެ ބަދިގެޔައް ދާން ހިގައިގާާައިންތަނާ ރޭގެ ކަންތައްތައް ހަނދާން ވުމުން ހިތަށްއެރިއެވެ. ރޭގަ އިވުނު  ރުއިމުގެ އަޑު އައި ކުޑަދޮރުކައިރި ބަލާލާނަމެވެ.

ގޭގެ ދެކުނު ފަރާތަށް ގޮސް އަހަރެން އުޅޭ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ހުއްޓި ބިންގަނޑަށް ބަލާލީމެވެ. އެއްވެސް އެއްޗެއް ނޫނީ މީހެއް އުޅުކަމުގެ ނިޝާނެއްވެސްނެތެވެ.

މިގޮތަށް މިކަން ހިގާތާ މީތިންވަނަރެޔެވެ.އަހަރެން މިވާހަކަ އެއްވެސް މީހެއްކައިރިއަކު ނުދައްކަމެވެ.އަހަރެންގެ ފިރިމީހާވީ އޭނަގެ މަންމަ ގޮވަިގެން ބޭސްފަރުވާ އަކަށް މާލެގޮހެވެ.

ރޭގަނޑުގެ ކެއުމަށްފަހު ގޭ އެންމެން ޖޯލީގަ ވާހަކަ ދައްކަން ތިބެފަ ނިދަން ދާންވެގެން ތެދުވެފަ ދައްތަގެ ދޮށީ އަންހެދަރިފުޅު ގާތު އަހަރެން ބުނީމެވެ. “އާޤި ހިނގާބަލަ މިރޭ އަހަރެމެން ކޮތަރިއަށް ނިދަން” އޭނަވެސް ހުރީ ވަރަށްދާހިތުންނެވެ.ދައްތަމެން ކޮތަރި ތޮއްޖެހިފަ އޮންނާތީޔެވެ. އަހަރެން ގަސްތުކުރީ އެއަޑު އިވެނީ އަހަންނަށް އެކަނިތޯބަލާށެވެ.އަހަރުމެން ނިދަން އޮށޯތީ ދިހަގަޑި ބައި އެހާކަންހާއިރު އެވެ.އާޤި ވަރަން އަވަހައި ނިދައިފިއެވެ.އަހަރެން އޮތީ އެ އަޑުއިވޭނެ އިރެއްގެ އިންތިޒާރުގައެވެ. މިހެން އޮއްވާ އަހަނަށްވެސް ނިދިއްޖެއެވެ.

Share Article

Follow Me Written By

yoona

Level 110 Stories

Other Articles

Previous

އެކުގައިވާން އެދެމޭ… 27

Next

އާލިފް 7

Next
April 12, 2014

އާލިފް 7

Previews
April 11, 2014

އެކުގައިވާން އެދެމޭ… 27

16 Comments!

  1. ishaa says:
    April 11, 2014 at 2:35 pm

    Aalif genesdhinun huttaaleetha? Reethi veenehen heevey.but plx continue aalf..

    1. yoona says:
      April 11, 2014 at 5:43 pm

      noon maadhamaa aalif nereynan

  2. sul says:
    April 11, 2014 at 10:49 pm

    Feshun v Reethi Hyvany v reethi vaanehen Mivaahaka v avas avaha Up kohdhechey v foohi vaane Maa lasvyma

  3. GuDu says:
    April 11, 2014 at 11:26 pm

    v.kiyaahithun hutta nimuny. . liyumuga kudakoh mistakes huri namavx fudheyvareh veye buneveyny. . 🙂

  4. މަރީ says:
    April 13, 2014 at 10:43 am

    ޔޫނާ މިޥާހަކަ ނިމުނީތަ ނުނިމުންޏާ އަނެއްބައި ގެސްދީބަލަ ވަރަށް އަވަހަށް ވަރަށް ކިޔާލާހިތްވެއްޖެ

  5. ނޫރާ says:
    April 13, 2014 at 10:52 am

    މީ ބިރުވެރި ވާހަކައެއްތަ ނޫނީލޯބީގެ ވާހަކައެއްތަ ކުރީގަ ޅަކުއްޖާ މިވާހަކަ އިނީ ބިރުވެރި ކެޓަގަރީގަ މިހާރު މިއިނީ ލޯބީ ކެޓަގަރީގަ

    1. yoona says:
      April 13, 2014 at 11:51 am

      އެއީ ޕަބްލިޝް ކުރީީ ރު ކެޓަގަރީ ބަދަލު ނުކުރެވުނީ

  6. yoona says:
    April 13, 2014 at 11:53 am

    އެއީ ޕަބްލިޝް ކުރީީ ރު ކެޓަގަރީ ބަދަލު ނުކުރެވުނީ

  7. thuthu says:
    April 13, 2014 at 1:23 pm

    mihaaru mi site ga hunna vaahaka kiya hih nuvey ehvx vaahakeh ninman neygeyne

  8. waidey says:
    April 13, 2014 at 4:38 pm

    yoona when are you going to release the second part of LHAKUJJA

    1. yoona says:
      April 13, 2014 at 7:53 pm

      maadhamaa iraadhakureviyya

  9. RavAau says:
    May 3, 2014 at 7:34 pm

    kihineh mi vaahaka download kuranee?

  10. sharly says:
    October 15, 2015 at 1:35 pm

    nice.. but plx continue

  11. Ainth says:
    August 26, 2017 at 1:24 pm

    Feshun v furihama. Hyvany v rythi vaanehen

  12. zodaaa says:
    September 16, 2018 at 1:49 pm

    masha allah…… vaahakage feshun v reeti .
    .

  13. Kitty says:
    February 9, 2019 at 10:38 pm

    Omg… The cover is so creepy ??? anyways reethi

Comments are closed.


All Right Reserved!