ރިހާ ބޭރު ސިޑިން އަރަން ބޭނުންވިނަމަވެސް ޒީޝާން އެފުރުޞަތު ނުދިނުމުން ރިހައަށް މަޖުބޫރުވީ ސިޓިން ރޫމްއިން ލައިފަ އެންމެން ކުރިމަތިން ދިއުމަށެވެ. ނަސީރު ރިހާއާއި މެދު ކަންބޮޑުވާނެ ކަން އެނގޭއިރުވެސް އަދި ރިހާ އެގޮތަށް ނަސީރު ފިކުރު ކުރުމަށް ނޭދޭއިރުވެސް، މިވަގުތު އެއްވެސް މީހަކާ ކުރިމަތި ލާކަށް ރިހާ ބޭނުމެއް ނުވެއެވެ. ކުޑަ އިރުކޮޅެއްކުރިން ވެދިޔަ ކަންތަކާއި ރިހާ ހުރި ޙާލަތުގެ ސަބަބުން ރިހާގެ އެހާ ހިތްވަރެއް ނެތެވެ. އެހެންކަމުން ސިޓިން ރޫމަށް ވަދެގެން […]
“ޝާޔާ. . ” ހަމައެކަނި އެންމެ ލަފްޒެކެވެ. އެއީ އަހަރެންގެ ހިތުގެ ޝެހެޒާދާގެ ނަމެވެ. “ޝާޔާ. . ” އަހަރެންނަށް އެނަން ތަކުރާރުކޮށް ކިޔުނެވެ. އެރީތިކަމާއި އެއްވަރަށް ނަންވެސް ރީތިމެއެވެ. އެވަގުތު އެމަގުން އިތުރު ބަޔަކު އަންނަތަން ފެނުމުން އަހަރެން ގެޔަށްދިއުމަށް ހިނގައިގަތީމެވެ. އޭރު އެކުއްޖާ ކޮޓަރީގެ ކުޑަދޮރުން ފިލާހުރެ ބަލަމުން ދިޔައެވެ. ރަން ރީނދޫ ކުލައިން ދުނިޔެމަތި އަލިކުރަމުންދިޔަ އިރުގެ ހޫނުގަދަވެ މުޅިދުނިޔެ އެކީ އަލިކޮށްލައިފިއެވެ. ފެންވަރައި ތާޒާ ވެލައިގެން އަހަރެން ނިކުމެ އިނީ ސިޓިންރޫމް […]
ޒައިދުއަށް ސަޔަށް ގެއަށް ދެވުނީމެންދުރު ވީފަހުންނެވެ. އޭރު ހާޝިޔާ ޓިއުޝަން ކުލާހަށް ދިއުމަށް ފޮތްތަކެއްހިފައިގެން ގެއިން ނިކުންނަނީއެވެ. ހާޝިޔާ އަކީ ޒައިދުގެ ދޮންމަންމައެހެން މީހަކަށް ލިބިފައިވާ އަންހެން ކުއްޖެކެވެ. ޒައިދުގެ ދައްތަ ލީލާކުޑަދަރިފުޅު މަސަލަސް ކުރެވޭތޯ ގޭތެރޭގަ އުޅެއެވެ. ” މިއަދު ހާދަވަރަކަށް ކުޑޫ ރޮނީ….” ޒައިދު ރޮއި ރޮއި އިން ޝާޒް އުރާލަމުންއަހާލިއެވެ. ” އާން…ހުން އައީމަ މާ ވަރަކަށް ރޮވެނީ…..ރޭ ހަތަރުދަމުވެސް ނިދީއެއް ނޫން.” ލީލާ ބަދިގެ ތެރެއަށް ހިނގައިގަތެވެ. ލީލާގެފަހަތުން ޒައިދު ޝާޒް […]
ޖީބުން އެ ގަނޑުކޮޅު ނަގާ އެއަންހެން ކުއްޖާއަށް ފެންނާނެހެން ދައްކާލާފައި އަހަރެން ބޮނޑިކޮށްލީމެވެ. އަދި އެ އަންހެން ކުއްޖާއަށް ބަލަމުން ފާރުމަތިން އެ ގޭ ގޯތިތެރެއަށް ވައްޓާލީމެވެ. އެކުއްޖާއަށް ލިބޭނެކަމުގެ އުންމީދުގައެވެ. އަހަރެންގެ އެއްވެސް ހަރަކާތެއް ދެންތިބި ތިންމީހުންނަކަށް ނަގައެއް ނުގަނެވުނެވެ. “މިހާރު އެގޭ ތެރެއަށް ކުނިވެސް އަޅަން ދޯ ތި ދިމާކުރީ. . އެމަންޖެ ކުނިކަހަން ނިކުންނަ ތޯ ތަ؟” އަޔާން އަށް ހެދި އެއްޗެއް ނޭނގިގެން އަހައިލިއެވެ. “ސާބަހޭ އާން. . ނިކަން ބޮލުގެ […]
ހަތިޔާރުގެ ސީޒަން 2 ފެށޭ އިރު ވާހަކައިގެ ނަމަކ: ފިނި ހިތް (ވާހަކައާއި ގުޅޭނެ ނަމެއްގެ ޚިޔާލު ތިޔަ ބޭފުޅުން ދިނުން މަރުހަބާ) ވާހަކަ އަންނާނީގެ ލިވީގެ ނަޒަރުނެވެ. އޮކްޓޯބަރ މަހުގައި އަންނަނީ (ހަމައެކަނި އެސްފިޔައިން)
ވިއްސާރައަލިވާން ފެށީ ބާރަޖަހަން ކައިރިވެފައި ވަނިކޮށެވެ. ކަނޑު ގަދަވިޔަސް ހާދިސާއަކާއި ކުރިމަތިނުލައި މާލެއާ ހަމައަށް ދެވުނެވެ. އޭރުވެސް ޖެހެމުން ދިޔަ ބާރު ވަޔަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޫން އަޑަކުން ހިތްތަކަށް ވެރިވެގެން ދަނީ ނާމާންކަމެވެ. ފެރީ ޓާރމިނަލްއާ ތަންކޮޅެއް ދުރުގައި ޕާރކްކޮށްފައި އޮތް ކާރާއި ދިމާއަށް ދެޒުވާނުން މިސްރާބު ޖެހި ވަގުތު ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއް އީނާގެ ގައިގައި ނުޖެހުނީ ކިރިޔާއެވެ. އީނާއަށް ހަޅޭއްލަވައިގަނެވުނީ އިހްތިޔާރަކާނުލައެވެ. ދެވަނަ ސިކުންތުގައި އަލްޔަސްގެ އަތުތެރޭގައި ހުރެވުނުކަން […]
ހެނދުނުގެ ވަގުތެވެ. އަހަރެން އުޅުނީ ބަދިގެ ތެރޭގައި ހެނދުނުގެ ސައި ހެދުމައިގެންނެވެ. ހެނދުނުގެ ސަޔަށް ރޮށި ފިހެމުން ދިޔައިރު އަހަރެންނަށް ވިސްނެމުން ދިޔައީ ދެން ކަންތައް ކުރާނެ ގޮތަކާމެދުއެވެ. ފިރިމީހާގެ ލޯބި އަލުން ހޯދުމަށް ހަދާނެ ގޮތަކާމެދުއެވެ. ފިރިމީހާގެ ލޯބި ނުލިބުނަސް ވަރިހަމަކަމަށް އުޅެންވީ ހެއްޔެވެ؟ އަހަރުމެންގެ ދަރިފުޅަށްޓަކައި އޭނާ ހެދިހާ ގޮތެއް ހެދިގެން ހުންނަންވީ ހެއްޔެވެ؟ ދަރިފުޅަށްޓަކައި އަހަރެންގެ ހަޔާތް ބަރުބާދުކޮށްލަންވީ ހެއްޔެވެ؟ ދަރިފުޅަށް ލޯބި ލިބޭތީ އަހަރެންނަށް ލޯބި ނުލިބުނަސް ހެޔޮކަމަށް މިދިރިއުޅުމައިގެން ކުރިޔަށް […]
“އަހަރެން ކަހަލަ ރީތި މީހަކު ހުވަފެނުންވެސް ހަޑި ކުއްޖަކު ބަލާނެތަ؟” ވަރަށް ވެލާފައި އަހަރެންވެސް އަޔާން އަށް ރައްދުދިނީމެވެ. އެކަހަލަ ގޮތަކަށް މަޖާ އަނގަތެޅުމުގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ރާއްޖެތެރެއާ ބަލާފައި ފެންވަރު ރަނގަޅު ގެއެކެވެ. ގެރާނާފައި ވާގޮތުން ގޯތި ބޮޑުކަމަށް ދައްކައެވެ. ގޯތިތެރޭގެ ހުސް ބައިގައި ގައު އަތުރާފައިވެއެވެ. ހިޔަވަރުގެ ފެންޑާކޮޅެއްވެސް ޖޯލިފަތި ބަހައްޓާފައި ހުއްޓެވެ. އެނތެރެއަށް ވަންނަމުން އައިޝާ ދައްތަ ކޮޓަރި ދެއްކިއެވެ. ބޮޑުނޫނަސް ހިޔަވަރު ވަރެއްގެ ސިޓިންރޫމް ކޮޅަކަށް ނިކުމެވޭ ގޮތަށް ހުރި […]
އުޑުމަތިން ބަބުޅަމުން ދިޔަތަރިތަކާ މެދު އުޑުގަ ފުރިހަމަކޮން އިން ހަނދުގެ އަލިކަން ކަނޑުގެލޮނުގަނޑަށް އެޅިފައިވެއެވެ. ރާޅުބާނީތަކަށް ނަށަމުން ދިޔަ ކަނޑުގެލޮނުގަނޑާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަރްޝީގެ އަތުގަ ފިޔާތޮށިފިނިފެންމަލެއް އޮތެވެ. އެމަލުގެ ކަރުގަނޑުގަ އިނގިލިން ފިރުމާލުމަށްފަހުނޭފަތާ ކައިރިކޮއްލައި މަލުގެ ވަސް އެތެރެއަށް ދަމާލިއެވެ. މަޑުމަޑުމީރުވަހުގެ ސަބަބުން އެ ތެތްކަން ގަދަ ރަތްކުލައިގެ ތުންފަތަށް ވެރިވީ ލުއިހިނިތުންވުމެކެވެ. ފަޒާގެ ތެރެއިން ޖެހެމުން ދިޔަ ފިނިވައިރޯޅިތައް އައިސްހުރަހެއް ނެތި އަރްޝީގެ ތަރުތީބެއް ނެތް އިސްތަށިގަނޑުގަ ފިރުމަމުންދިޔައެވެ. ފަހަތުން ޒައިދު ސިއްރު […]