ހިތުގައި ދުވެލި އުފާވެރި ރާޅުން ރިހާ ހިނގައިގަތީ ލީނާއާއި ދިމާލަށެވެ. ރިހާގެ ހީވުން އެއީ ހަޤީޤަތަށް ވޭތޯ ދުޢާ ކުރަމުންނެވެ. ރިހާ ލީނާއާއި އަރާ ހަމަކުރުމުން ލީނާ ބަލާލީ ނުރުހިފައެވެ. އަދި ބުންޏެވެ. “މިހާރު ކިހިނެއްވީ؟ އަނެއްކަ ކޯޗެކޭ ކިޔަން ތި އައީ؟” ރިހާ އެއީ މާބޮޑުކަމަކަށް ނުހަދަ ވަރަށް އުންމީދާއިއެކު ހިނތުންވަމުން ލީނާކުރެން އެހިއެވެ. “އަހަރެން އެނގޭތަ؟” ރިހާގެ އެސުވާލުން ލީނާ ފެށީ ހޭށޭވެ. ވަގުތަކީ ހަވީރު ވަގުތު ކަމުން މަގުމަތީގައި ފުދޭވަރަކަށް މީހުންވެސް ގިނައެވެ. […]
“މަށަކަށްނޭނގެ. . ތަތްކަންވެސް އެހާވަރު..” އަޔާން އަށް އަރަން އަތް ދިއްކޮށްލަމުން ޝައިހާ ފޫހި ގޮތަކަށް ބުނެލިއެވެ. އަޔާންގެ އަތުގައި ހިފައިގެން ޕިކަޕަށް އެރުނު އިރު ޝައިހާ ކުރީ އަޔާން ގައިގާ ޖެހި ފިތިގެންނެވެ. ޝައިހާ ފެނުމުން ރަނާ ގޮވައިލިއެވެ. ނަމަވެސް އެކަމާ ޝައިހާއެއް މާބޮޑަކަށް ނުވިއެވެ. އަހަރެންނަށް ބަލައިލެވުނީ ގޭގެ ދޮރާއި ދިމާލަށެވެ. އޭރު ގޭތެރެއިން ބޮޑު ބެކްޕެކެއް ހިފައިގެން ޝާޔާ ފެންޑާއަށް ނިކުންނަނީއެވެ. އެއީ ޝައިހާގެ ހެނދުން ބޮނޑިކަން އަހަރެންނަށް ވަގުތުން އެނގިއްޖެއެވެ. އެކަމަކު […]
”ހޫމްމް، މަށަށް ފުރަތަމަވެސް ޝައްކުވިއޭ އޭނަ ހުރީ ޒަލަފްގެ ފަހަތުން ޖައްސާލާފަ ވިއްޔާ، ރޫގެ ކައިވެނީގެ ވާހަކަ ދެއްކީމަ އޭނައަށް ކުޑަވަރެއްގެ ޝޮކެއް ލިބުނު، އެއީ ބޮޑު ނުރައްކަލެއް…..” މައިމޫނާ ފޯނުން އުމެއިރާއަށް ގުޅާލަމުން ކިޔާދިނެވެ. އުމެއިރާ ހުރީ ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. އޭނަ ކޮންމެވެސް ކަމަކާމެދު ވިސްނަމުން ދިޔައެވެ. ”ތި ނޫރާލް ވެސް މަގުން އެއްފަރާތްކޮށްގެން ނޫނީ އޭނަގެ އުނދަގުލުން ޒަލަފް ސަލާމަތްނުވާނެ…” އުމެއިރާ ބުނެލިއެވެ. ”މަށަށް ތިކަން އިނގެޔޭ، އެހެންވީމައެއްނު އުމޭއަށް މިގުޅީވެސް، ވަރެއްގެ އަންހެނެކޭ […]
“ޔާނު ބަލާބަލަ އެހެރަކަމެއް….” ނަވީން ބުނެލިއެވެ. އެވަގުތު އެންމެންގެ ނަޒަރު ދޮރުން ވަދެގެންއައި ކައިއާއަށް ހުއްޓިއްޖެއެވެ. ޔާނިސްއަށް ކައިއާ ފެނުމާއެކު އޭނާގެ ރީތިކަމަށް ހިތާއިހިތުން ތައުރީފުކުރިއެވެ. ކައިއާއަށް ލިބިފައިވަނީ ދިގު އިސްކޮޅާއި ފަށުވި ކޮޅެއްފަދަ ފަން އިސްތަށިގަނޑާއި ތުނިތުނި، އަންހެންވަންތަ ހަށިގަނޑެކެވެ. ދިގުދިގު އެސްފިޔަތަކާއި ފުން ދެލޮލެވެ. ޒުވާނުންގެ ހިތްތައް އޭނާގެ މައްޗަށް ލަންބުވާލާ ފަރިފަރި ހިނިތުންވުމެކެވެ. “ޔާނުއަށް ވަރެއްވެއްޖެދޯ؟ ހެހެހެހެ….” ޔާނިސްއަށް ކައިއާ ދިޔައިރުވެސް ނޭނގުމުން ރާއިން ބުނެލިއެވެ. އެވަގުތު އެންމެންގެ ހުނުމުގެއަޑާއި ޔާނިސްއާއި ދިމާކުރުމުގެ […]
ކުއްލިއަކަށް އެކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ތެޅިލިއަޑަށް ސިހިފައި ތިންމީހުންނަށް އަލިކޮށްލެވުނީ އެދިމާލަށެވެ. އެއާއިއެކު މަޑުމަޑުން ތިންމީހުންވެސް އެދިމާލަށް ޖެހެން ފަށައިފީމެވެ. އެފޮތިގަނޑާއި ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. އެފޮތިގަނޑުގެ ބިއްދަށުގައި ވަނީ ކޮން އެއްޗެއްނަމެއް ނޭނގި ހިތުގައި އުފެދެމުން ދިޔަ ވަސްވާސްތަކާއެކު މޫނުމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. އެހިސާބަށް ދެވުމާއިއެކު ތިންމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެއަށްފަހު އަޔާން ކުއްލިއަކަށް އެފޮތިގަނޑު ކަހާލި އަޑު ހަމަހިމޭންކަން ނަގާލައިފިއެވެ. އެތާކު އެއްވެސް އެއްޗެއް ނެތެވެ. […]
އިދު ފެންވަރާލުމަށް ގެއަށް ދިޔައީ ފާއިޤް އޮފީހަށް ގެންގޮސް ދިނުމަށް ފަހުގައެވެ. ޒައިދުގެ ބައްޕަ އާއި ވާހަކަ ނުދައްކާތާ ދެދުވަހެއް ވަރުވެފަ ވާތީ ޒައިދު ފުރަތަމަ ކަމަކަށް އިސްކަން ދިނީ ވަޖީހް އޮތް ކޮޓަރިއަށް ވަދެ ވަޖީހްގެ ހާލުބަލާލުމަށެވެ. ޒައިދު ވަޖީހް އޮތް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެނދުގެ މަގަތަށް އެނބުރިގެން އޮތް ވަޖީހުއަށް އޮތީ ނިދިފައެވެ. ގައިމަތީ އަޅާފައިވާ މަޑު ފިޔާތޮށިކުލައިގެ ބެޑްޝީޓްގެ ބައެއް އޮތީ ސޮހިގެން ގޮސް އެއްފަރާތަކަށް ޖެހިފައެވެ. ޒައިދު އެނދާއި ކައިރިވެލާ […]
“ކިހިނެއް ރުޅި މަޑުކުރެވޭނީ. . ސައިހަދަން ބުނީމަ މިހިރީ ހުރިހާ ހެދިކާތަކެއްވެސް ތަށިތައްޓަށް އަޅާފަ ދިމާލަށް ބަހަށްޓާފަ މެއްސައް ކާންދޭން. . ! މަތިގަނޑެއް ނެތީތަ މިގޭގަ. . !؟؟” ޝައިހާގެ ރުންކުރު ހަރުކަށި އަޑު އިވުމާއިއެކު އަހަރެންގެ ހިތުގައި ހީވީ މީހަކު ހިފާ ފިތާލިހެންނެވެ. އަހަރެންނަށް މުއްކަވާލެވުނެވެ. އަހަރުމެންގެ ކުރިމަތީގައި ޝާޔާ އެފަދަ އިހާނެތިގޮތަކަށް އެ ނިކަމެތިކޮށްލީ އެކަހަލަ ކުޑަ ކަމަކާ ހެއްޔެވެ؟ އަހަރެންގެ ހަނދާނަށް އައީ ބަކުރުބެ ޝައިހާގެ ވާހަކަ ފުރަތަމަ ބުނި ދުވަހު […]
“ދެއަރ ޝީ އިޒް… އަހަރެންގެ ފްޓޯގްރަފާ” އެނބުރި އެތަނުން ދިއުމަށް ހިނގައިގަތް ކައިއާއަށް އެތަނުގައި މަޑުކުރަން މަޖުބޫރުވީ ޔާނާގެ އަޑުންނެވެ. ޔާނިސްގެ އަތުގައި ހިފައިގެންހުރި ޔާނާ ފެނުމާއެކު ކައިއާކުރިއަށް ލަމުން އައި ނޭވާތައްވެސް ހީވީ ތާށިވީހެންނެވެ. މޭގައި ދެފަހަރު އަތުން ފިރުމާލަމުން ޔާނާއާއި ދިމާއަށް އެނބުރިލިއެވެ. “ކޮންކަހަލަ ފޮޓޯއެއްތޯ ޝޫޓް ކުރަން ބޭނުންވަނީ؟” ކައިއާގެ އަޑުގައިވަނީ މަޑުތުރުތުރެއް އުފެދިފައެވެ. އެހެން މީހަކަށް އެކަމެއްފާހަގަކުރެވުނު ހެނެއް ހިޔެއްނުވެއެވެ. “އަލަށް ހުޅުވާ އައިނު ފިހާރައިގެ އިސްތިހާރު ޖެހުމަށް؟ މިކޮޅުން އިސްތިހާރު […]
ލާންޗް މާލޭގެ ފަޅުން ވަނުމާއެކު، ބަނދަރުމައްޗަށް މަޑުކޮށްލާފައިއޮތް ލެކްސަސް ކާރުކައިރީ ހުރި ޝަހުދު ޔާނިސްގެ ލޮލުގައި އަޅައިގަތެވެ. ލާންޗް މަޑުކޮށްލުމާއެކު ޔާނިސް ފައިބަން އަވަސްވެގަތެވެ. ޝަހުދު ދިއްކޮށްލި އަތުގައި ހިފައި ތޮށިގަނޑު މައްޗަށް ފުންމައިގެންއެރިއެވެ. “ދަތުރު ކިހެނެއްތޯ” ޝަހުދު ޔާނިސްގެ ގައިގާ ބައްދާލަމުން އަހާލިއެވެ. “ރަނގަޅު، ކީއްވެތޯ މަންމަ ނުދުރުވީ؟” ޔާނިސް އުއްމީދުކުރީ މަންމަ ނަދީމާ އޭނާ ބަލައި އަންނާނެ ކަމަށެވެ. ޔާނިސްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ކާރުގެ ޝަހުދު ކާރުގެ ދޮރު ހުޅުވާލަދިނެވެ. “މަންމައަށް އަބަދުވެސް […]