“ޕު…ހް. . ” އެއީ ހުސް ލޮނެވެ. އެސޯސް ތަކުގެ މައްޗަށް ވަކިން ބައިވަރު ލޮނު އަޅައިގެނެވެ. އެންމެންނަށް ކުޅުޖަހައިލެވުނީ އެއްފަހަރާއެވެ. ރިޔާ ދުވެފައި ބަދިގެ ފަރާތަށް ދިޔައިރު ރަނާ ދޮރުން ބޯދިއްކޮށްގެން އޮވެ ހެނީއެވެ. ޒާނިޝްވެސް އަހަރެމެންނަށް ލަނޑެއް ދެވުނީމައި ހީނ ހީނފައި އުޅޭއިރު ހީވަނީ އާކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭހެނެވެ. ހެނދުނުގެ ނާސްތާއަށް ހުރިހާ ފިރިހެންވެރިން އެއްސުފުރާއެއްގެ މަތީގައި އިންސާފުކުރަމުން ދިޔައިރު އެކިކަހަލަ މަޖާ ވާހަކަތައް ދެކެވެމުން ދިޔައެވެ. ހާފިޒް އާއި ޝިޔާމް […]
“ކީކޭ؟” މާހީ އެބުނި އެއްޗަކުން ރިހާގެ ދެލޯ ބޮޑުވެގެން ދިޔައީ މާހީ ބުނީ ތެދެއްކަން ޤަބޫލު ނުކުރެވިގެންނެވެ. ދެވަނަ ސިކުންތުގައި އެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. ރިހާ ވިސްނާލަމުން ވާހަކަ ދެއްކިއިރު ކުޑަވަރެއްގެ ހާސްކަމެއް އެމޫނުމަތިން ފާޅުވަމުންދިޔައެވެ. “ނޫން! އެހެނެއްނުވާނެ!…” ރިހާ ބުނަމުންދިޔަ ޖުމްލަ މެދުކަނޑާލީ މާހީއެވެ. “ކީއްވެ އެހެންނުވާންވީ؟ ލުކް އެޓް ޔޫ؟ ޔޫ އާރ ސޯ ބިއުޓިފުލް އެންޑް ޕާފެކްޓް، ހުރިހާ ގޮތަކުންވެސް… އެންޑް ޒީޝާން. ޒީޝާންވެސް އެހާ ރީތި، އެހާމެ ސްމާޓް. ދެމީހުން […]
ރޭގަނޑުގެ ވަގުތެވެ. ވަކި ކަމެއްނެތުމާއި އެކު ޒައިދު ނިންމީ މިރޭވެސް އަރްޝީގެ ކައިރިއަށް ދިއުމަށެވެ.ގެއިން ނިކުތުމުގެ ކުރިން އަރްޝީގެ ފޯނަށް ގުޅާލިއެވެ. އަރްޝީ ފޯނުނުނަގާތީ ޒައިދު ކަންބޮޑުވިއެވެ.އިރުކޮޅަކު މަޑުކޮއްލުމަށްފަހުއަނެއްކާވެސް ދެތިން ފަހަރަކު އަރްޝީގެ ފޯނަށް ގުޅާލިއެވެ. ޒައިދު ހިތްނުތަނަވަސްވާން ފެށީ އެތައް ފަހަރަކު ގުޅައިގެންވެސް އަރްޝީ ފޯނުނުނެގީމައެވެ. އަރްޝީ ފޯނު ނުނަގާހާ ހިނދު އެގެއަށް ވަންނާކަށްޒައިދުއަކަށް ނުކެރޭނެއެވެ. ޒައިދު އަނބުރާލާފަ ގެއަށް އައީ އަރްޝީގެޚަބަރެއް ނުވުމުންނެވެ. ފޫހިކަމާއި އެކު އެނދުގަ އޮވެގެން އަރްޝީ ގުޅާނެއިރަކަށް އިންތިޒާރު ކުރެވުނެވެ. […]
މީހަމަ ހަޤީޤަތެއް ހެއްޔެވެ؟ ނޫނީ އަހަރެންނަށް ފެންނަ ހުވަފެނަކީ ހެއްޔެވެ؟ އަހަރެން ފިރިމީހާގެ ވަގު ބިޓަކީ ޔޫނާ އެއް ނޫނެވެ. ޔުމްނުއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ޤަބޫލްކުރަންވެސް އުނދަގުލެވެ. އަހަރެންގެ ބޮޑުވެފައިވާ ދެލޮލުން ފޯނަށް ބަލަމުން ދިޔައިރު ތުންފަތުގައި މަޑުމަޑު ތުރުތުރުލުމެއް އުފެދެމުން ދިޔައެވެ. ޔުމްނު އަހަރެންނަށް އެފަދަ ބޮޑު ކެއްސެއްދީފާނެ ކަމަކަށް ފަހަރެއްގައިވެސް ހިޔެއް ނުކުރަމެވެ. ކުޑައިރުންސުރެ އެންމެ ގާތުގައި އުޅުނު އެކުވެރިޔާ އަހަރެންގެ ހަޔާތް ބަރުބާދުކޮށްލުމަށް ފައިވިއްދާލައިފާނެކަމަށް ހީކުރާނީވެސް ވަކި ކާކުހެއްޔެވެ؟ އެއީ […]
ކުއްލިޔަކަށް ދޮރު ހުޅުވާލުމާއިއެކު ހުރިހާއެންމެން އެއްކޮށްކަހަލަ ގޮތަކަށް ކޮޅަށް ތެދުވިއެވެ. “. . ސަޕްރައިޒް. . . !!!!!. . ” ގެ އަޑު މުޅި ހިސާބުގައި ގުގުމައިގެންދިޔައިރު އަނގަމަތީ އަތް އަޅައިގެން ބުނާނެއެއްޗެއް ނޭނގިފައި ކަހަލަގޮތަކަށް ހުރެގެން އައިޝާދައްތަ އެތެރެއަށް ވަންނަނީއެވެ. ފަހަތުން އައި މުޙައްމަދުބެވެސް ހުރީ ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަން ފެނިފައި ހައިރާންވެފައިކަން މޫނުމަތިން ފެންނަން ހުއްޓެވެ. އެއާއިއެކު މަޑުމައިތިރި ހިތްގައިމު މިއުޒިކުން ޙަފްލާފެށިގެން ދިޔައެވެ. ހޫނު މަރުޙަބާއަކުން އެނިވަރސަރީ ފާހަގަ ކުރެވެމުންދާ އައިޝާދައްތަގެ ދެމަފިރީންނަށް […]
ފޯނުން ޒަލަފްއާ ވާހަކަ ދައްކަމުން ރޫޔާ އެރީ ޓެރަސްއަށެވެ. ޓެރެސްވަށާ ރާނާފައިވާ ފާރަށް ލެނގިލަމުން ރޫޔާ ތިރިއަށް ނަޒަރު ހިންގާލި އެވެ. މިރޭ ކޮންމެވެސް ހަފްލާއެއް ބާއްވާތީ މަގުތައް ވަނީ ހަލަބޮލިވެފަ އެވެ. މިފަހަކަށް އައިސް ރޫޔާ ހުންނަނީ ޒަލަފްއާއެކު ހޭދަކުރެވޭ ވަގުތައް މަދުވެގެންނެވެ. ނޫރާލްގެ ބެލުމުގައި ފޮރުވިފައިވާ ރުޅިވެރިކަމެއް ވާކަން އޭނައަށް ފާހަގަ ކުރެވެއެވެ. އެންމެބޮޑަށް އުނދަގޫވަނީ ޒަލަފް ދާހާ ތަނަކަށް ނޫރާލް ދާތީއެވެ. ދެމީހުން ރެސްޓޯރެންޓަކަށް ދިޔަޔަސް އެތަނަކަށް ނޫރާލް އަންނާނެ އެވެ. ރޫޔާގެ […]
ފަތިސްވާން ކައިރިވިއިރު ވެހެމުންދިޔަ ވާރެއަށް ބަދަލުތަކެއް އައިސް ވިއްސާރައިގެ ހުރިހާ ނިޝާންތަކެއް ފޮހެވިގެން ދިޔަ ފަދައެވެ. ނުކިޔަމަންތެރި ރޯޅިތައް ހަމައަކަށް އެޅި ކަނޑުމަތީގައި އޮމާން ސައިލެއް ފަތުރާލެވުނެވެ. ވަގުތުތައް ފާއިތުވަމުން ދިޔަވަރަށް އައު ދުވަހަކަށް ސަނާކިޔަމުން ލޮނުގަނޑުމަތިން ހިއްލާލި އިރުގެ ލޭކުލަތަކުން އުޑުމަތިން ސިފަވެގެން ދިޔައީ އާޝޯހުކުރުވަނިވި މަންޒަރުތަކެވެ. ގުދުރަތުގެ ފުރިހަމަ ކުރެހުންތަކަށް ލޯތަށް ދަމައިގަންނާނެ އެވެ. ވިއްސާރައިގެ ކަޅު ވިލާތައް ފޫއަޅުވާލައި އިރު އޭގެ ވާޖިބާއިގެން ކުރިއަށް ދިޔައެވެ. ޓެސްޓްތައް ހެއްދުމަށްފަހު މައިމޫނާ ގެއަށް ދޫކޮށްލެވުނީ […]
ފަތިހުގެ އަލިވާންފެށުމާއެކުގައި އަހަރެން ހޭލައިގެން ދުވަހުގެ މަސައްކަތަށް ފެށީމެވެ. މިއަދު އަހަރެން މިހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. އެއީ ރޭގައި ކަންތައް ހިނަގައިދިޔަ ގޮތުންނެވެ. މިހާރު ހަމަ ޔަޤީނުންވެސް އެހެންމީހުންނަށްވެސް އަހަންނަށް އިވޭ އަޑުތައް އިވޭކަން އަހަންނަށް ޔަޤީނެވެ. ދެން އަހަރެން ނިންމީ ގެއިން ކޮންމެސް މީހަކާއި ހިއްސާކުރާށެވެ. ހެނދުނުގެ ސައިގެ ކަންތައް ނިންމާލާފައި ގޯތިތެރޭގައި އިން ޖޯލޮފަތީގައި އަހަންނާއި ދައްތަގެ ފިރިހެން ދަރިފުޅު އިނދެގެންއުޅޭ ކުއްޖާއާއި ދެމީހުން ވާހަކަ ދައްކަން ތިބެފައި އަހަރެން އެއްކަލަ ވާހަކަ ދައްކަން […]
“އާމިނަތުއަކީ ބޭބެގެ ދަރިއެއްތަ. . ” އަހަރެންނަށް ނުހުރެވިގެން އަހައިލެވުނެވެ. “މިހެން މިއެހީ ބޭބެމެން އެހާ އުމުރުން ދޮށީވެފަ އާމިނަތު އެހާ ޅަވީމަ. . ” އަހަރެންގެ ވާހަކަ ތަކުން ބަކުރުބެއަށް އުނދަގޫތަކެއް ވިހެން ހީވިއެވެ. އެއާއިއެކު ޝާޔާގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ގެއްލިގެން ދިޔައެވެ. ޝާޔާ ވެސް އަވަހަށް ކާގެއިން ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް އިނދެވުނީ އަހަރެންގެ އަނގަ ގަދަކަން ހިތަށްއަރާފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. “އާމިނަތު އަކީ ބޭބެ މެންގެ އުފަން ދަރިއެއްނޫން. […]