Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 28

laya Level 110 Stories
May 15, 2014 8 Mins Read
29 Comments

“އައި ނޯވް ޔޫ ޑޯންޓް ލަވް މީ.. ވަރަށް މަސައްކަތް ކޮށްފިން ވިޝޫ އަމިއްލައަށް ލޯބިނުވާ ވާހަކަ ބުނޭތޯ.. ވިޝޫ.. އައި ނޯވ.. އައި ނޯ ޔޫ ލަވް އާލިކް..” ޒައިދު ފެންކަޅިވެފައި ހުރެ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ ވޭނާއި ރިހުމެވެ. އޭނާގެ އެޖުމްލައާއިއެކު ވިޝާ އިތުރަށް ލޯބޮޑުކޮށްލަމުން އެމޫނަށް ބަލާލިއެވެ. އޭރު ވިޝާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ބާރު ބާރަށް ހިތް ތެޅިގަތްއިރު ބޮޑުކޮށްލާފައިވާ ދެލޯ ފުރެމުން ދިޔައީ ކަރުނައިންނެވެ. ތުނި ތުނި ތުންފަތް ތުރު ތުރު އަޅަމުން ދިޔައިރު ޒައިދުގެ މޫނުމަތީގައިވާ ހިތާމަވެރިކަން އެހިތައް ތަދުކުރަމުން ދިޔައެވެ. ޒައިދުއަށް އެނގުނީ ކިހިނެއްހެއްޔެވެ؟ ތަގްދީރުގެ ސަމާސާ ނިކަން ދެކެބަލާށެވެ. މުޅި ދުނިޔެއަށްވެސް ސިއްރުވެފައިވާ އޭނާގެ ހިތުގެ ޙާލަތު އެނގިގެން އެދިޔައީ އެންމެ އެނގެން ނުޖެހޭނެ ފަރާތަށެވެ. ވިޝާއަށް އިސްޖެހުނެވެ. ދެން އޭނާއަށް ދެއްކެން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟

“ކީއްވެތަ ލޯބި ނުވާއިރު މަށާ މެރީކުރަން ތިއުޅެނީ.. ކީއްވެތަ އާލިކްދެކެ ލޯބިވާއިރު އޭނާއާ ދުރަށް ތިދަނީ.. ކީއްވެތަ އެކަކު އަނެކަކުދެކެ ލޯބިވާއިރު ތިގޮތަށް ކަންތައް ތިކުރަނީ..” ޒައިދު ވިޝާގެ ދަތްދޮޅީގައި ހިފަހައްޓާލުމަށްފަހު އިސް އުފުލާލަދިންއިރު ބޮޑެތި ކަރުނަތިކިތައް ވިޝާގެ ކޯތާފަތް ތެންމަމުން ދިޔައެވެ. ޒައިދު ދެފަރާތަށް ބޯ ހޫރާލިއެވެ. އެމަންޒަރަކީ މުޅި ދުނިޔެއިންވެސް އޭނާ އެންމެ ދެކެން ބޭނުންނުވާ މަންޒަރެވެ.

“ވިޝޫ ބުނެބަލަ.. ކޮން މަޖްބޫރީއެއް އޮވެގެން ތިގޮތަށް ތި ކަންތައް ކުރަނީ.. ވިޝޫ ދެކެ ކިތަންމެ ލޯބިވިޔަސް.. ކިތަންމެ ބޭނުމަސް މަށަކަށް ތިހިތުގެ އުފާތައް ފޭރިއެއް ނުގަނެވޭނެ.. ވިޝޫއާއި މެދު އެހާ އިހާނެތިކޮށް ކަންތައް ކުރުމަކީ މިހިތައް ކެތްވާނެކަމެއް ނޫން.. ދެން ބުނެބަލަ.. އާލިކްވެސް ވިޝޫއަށްޓަކައި ވާއިރު ކީއްވެ އޭނަގެ ހިތް ރޮއްވަނީ.. ކީއްވެ އަމިއްލަ ހިތައް އަނިޔާ ދެނީ. ވިޝޫ.. ސްޕީކް އަޕް..” ޒައިދު އެންމެ ފަހުން ވިޝާގެ ދެކޮނޑުގައި ހިފާ ތަޅުވާލިއެވެ. އެއާއިއެކު ދެލޯ މަރާ ބާރުކޮށްލަމުން ވިޝާ ޒައިދުގެ މޭގައި މޫނު ފޮރުވާލީ ބާރުބާރަށް ރޮއިގަންނަމުންނެވެ. ދެން އޭނާއަށް ކެތެއް ނުވާނެއެވެ. ދެން އެހިތުގެ ހާލު ސިއްރެއް ނުކުރެވޭނެއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

“އޭމް.. ސޮރީ.. ޒައިދު.. ސޮރީ.. ވަރަށް.. ވަރަށް މަ.. މަސައްކަތް ކުރިން ޒައިދުދެކެ ލޯބިވެވޭތޯ.. ވަރަށް ދެރަ.. ދެރަވޭ ޒައިދު ތިހާ ލޯބި.. ލޯބިވާއިރު އަހަރެން.. އަހަރެންގެ ހިތް އެހެން މީހަކަށް.. އެދޭތީ.. އެކަމު… އޭމް ސޮރީ.. އަހަ.. އަހަރެން އެއްގޮތަކަށްވެސް.. ޒަ.. ޒައިދު ހިތުގަ ޖައްސާ.. ޖައްސާކަށް ބޭނުމެއް ނޫން.. އެހެންވެ އާލް.. އާލްއާ ދުރުވެވޭތޯ.. އުޅުނީ.. އެ ލޯބި ސިއްރުކުރީ.. އެކަމުވެސް.. ޒައިދުއަށް.. އެނގުނީ.. އޭމް ސޮރީ..” ޒައިދުގެ މޭގައި މޫނު ޖައްސައިގެން ހުރެ ވިޝާ ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން ޒައިދުގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ކުޑަ ކުޑަ މަސައްކަތަކާއިއެކު އަދިވެސް އޭނާއަށް އޭނާގެ ލޯބި މިލްކުކުރެވިދާނެއެވެ. އެހެން ނަމަވެސް އެ ތެދުވެރި ލޯބި އެކަމަށް ތނެއް ނުދެއެވެ. ޒައިދު ލޯ މަރާ ބާރުކޮށްލުމަށްފަހު ވިޝާ އޭނާގެ މެއާއި ދުރުކޮށްލިއެވެ.

“ޝްޝްޝް.. ހުއްޓާލަބަލަ ވިޝޫ.. ބުނެބަލަ.. ކީއްވެގެންކަން އެގޮތަށް ކަންތައްކުރީ..” ޒައިދު ކިތަންމެ މަސައްކަތް ކުރިނަމަވެސް އެއަޑުގައިވާ ރިހުން ވިޝާއަށް ސިއްރެއް ނުވެއެވެ. ވިޝާ ލޯ ފޮހެލަމުން ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލީ ހަގީގަތް ހާމަކުރުމުގެ ވަގުތު ޖެހިއްޖެކަން އިހުސާސް ކުރެވުމުންނެވެ.

“ޒައިދުއަށް އާނއެކޭ ބުނިއިރު ވިޝޫއަކަށް ނޭނގޭ އާލް ލޯބިވާކަމެއް.. އޭރުވެސް ވިޝޫ ލޯބިވޭ އޭނަދެކެ.. އެކަމު.. ކަންތައްތައް ވެގެން ދިޔަގޮތުން ޒައިދުއާއި ޒާއްތައަށްވެސް އެތައް އުންމީދުތަކެއް.. އެތައް ހުވަފެންތަކެއް އަހަރެންނަށް ދައްކާދެވުނު.. އާލް ލޯބިވާކަން އެނގުނީ އޭގެ ފަހުން.. ދެން.. ދެން އަހަރެން ކިހިނެއް ޒައިދުގެ ހިތުގައި ޖައްސާނީ.. ޒާއްތަގެ ހުވަފެންތައް ވިއްސި ވިހާލި ކޮށްލާނީ.. ޒައިދު.. އެއްވެސް ކުށަކާ ނުލާ ޒައިދުގެ ހިތާ ކުޅެލަން ވިޝޫއަށް ނުކެރުނީ.. ބޭނުންވީ ޒައިދުއަށްޓަކައި، ޒާއްތަގެ ހައްގުގައި މިހިތުން އާލްގެ ޚިޔާލުތައް ފޮހެލަން.. އެކަމު.. އޭމް ސޮރީ ޒައިދު.. ބަޓް.. އަދިވެސް ޒައިދުގެ އަންބަކަށް ވާން ވިޝޫ މިހުރީ ތައްޔާރަށް..” ވިޝާގެ ވާހަކަތައް އަޑު އިވުމުން ޒައިދުއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މީހެއްގެ ހިތުގައި ޖެހިދާނެތީ އަމިއްލަ އުފާތައް ގުރުބާންކުރާ މީހުން އަދިވެސް ދުނިޔެމަތީގައި އުޅޭ ހެއްޔެވެ؟ އެފަދަ މާތް ކުއްޖެއްގެ ކުރިމަތީގައި އޭނާ އަމިއްލަ އެދުން އިސް ކުރާނީ ކިހނެއް ހެއްޔެވެ؟ މިހާރު މިއޮތީ ވިޝާގެ އުފަލަށްޓަކައި އޭނާއަށް ގުރުބާންވުމުގެ ފުރުސަތު ލިބިފައެވެ. ތެދުވެރި ލޯބީގެ އެއްބަޔަކީ ލޯބިވެރިޔާއަށްޓަކައި ގުރުބާންވުމެވެ. އެ ލޯބި ނުލިބުމުން ހިތައް ލިބޭ ވޭނަށްވުރެ ލޯބިވެރިޔާއަށްޓަކައި ވެވޭ ގުރުބާނީގެ އުފާވެރިކަން މާ ގަދަވާނެއެވެ. ވަރުގަދަވާނެއެވެ. ޒައިދު ހިނިތުންވެލިއެވެ. އޭނާ ގޮތެއް ނިންމައިފިއެވެ.

“ވިޝޫ.. އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް…”   “ޒައިދު؟…” ޒައިދު ބުނެލި ޖުމްލައިން ސިހުން ލިބުނު ވިޝާ އިތުރަށް ސިއްސައިގެން ދިޔައީ ނުހަނު ގާތުން އިވުނު ޒާހިރާގެ އަޑުންނެވެ. އެއާއިއެކު ދެމީހުން އެކުއެކީގައި އެކަކު އަނެކަކަށް ބަލާލުމަށްފަހު ޒާހިރާއާއި ކުރިމަތިލިއެވެ. އޭރު އޭނާގެ ފަހަތުން ވިކާޝްއާއި ލިމްނާވެސް ހައިރާންވެފައިވާ ހާލު އެމީހުންނަށް ބަލަހައްޓައިގެން ތިއްބެވެ.

“ޒައިދު ކީކޭ ތިކިޔަނީ.. ކައިވެންޏަށް މިހާ ވަގުތު ކުޑަތަންވީމަ ތިކުރަނީ ކޮންކަހަލަ ސަމާސާއެއް..” ޒާހިރާގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. ހަގީގަތުގައިވެސް އޭނާ ހީކުރީ ޒައިދު ކޮންމެވެސް ސަމާސާއެއް ކުރަނީ ކަމަށެވެ.

“ތިކަހަލަ ސަމާސާ ކޮށްގެން ވިޝޫގެ ހިތުގައި ޖެހިދާނެ ކަމެއް ޒައިދުއަކަށް ނޭނގޭތަ؟..” ޒާހިރާ އަނެއްކާވެސް ބުނެލިއެވެ. އެވަގުތު ވިޝާއަށް ލޯ މަރާލެވުނީ ޒާހިރާއަށް ހަގީގަތް އެނގުމުން ދެރަވާނެވަރު ހިތައް އަރާފައެވެ.

“މަންމާ.. އަހަރެން ސަމާސާއެއް ނުކުރަމޭ.. އަހަރެން ބޭނުމެއް ނޫން މިކައިވެނި ކުރާކަށް…..” ޒައިދު ވިސްނުންތެރިކަމާއިއެކު ބުނެލި ޖުމްލައިން ޒާހިރާއަށް ހީވީ އޭނާގެ ދުނިޔެ އެނބުރިގަތް ހެންނެވެ. ވިޝާފަދަ ހެޔޮލަފާ މާތް ކުއްޖަކާއިމެދު އޭނާގެ ދަރިއަކު އެފަދަ ގޮތަކަށް ކަންތައް ކޮށްފާނެއޭ އޭނާ ހިތައްވެސް ނާރައެވެ. ޒާހިރާގެ ހިތުގައި ޖެހުނުވަރުން ވަގުތުން ޒައިދުގެ ކަންކަށިމައްޗަށް އެތިފަހަރެއް ދޫކޮށްލީ ފެންކަޅިވެފައި ހުރެއެވެ.

“ޒާއްތާ..” އެވަގުތު ވިޝާއަށާއި ވިކާޝްއަށް އެކުއެކީގައި ކަހަލަ ގޮތަކަށް ގޮވާލެވުނެވެ.

“ޒައިދު ކިހިނެއް ތިއުޅެނީ.. ބަލަ ޒައިދު ލޯތްބެއް ނުވޭތަ ވިޝޫދެކެ.. މިހާ ހިސާބަށް އައިސް އެކުއްޖާއަށް ތިފަދަ ލަނޑެއް ދޭން ހެޔޮ ވާނެތަ؟.. ތީތަ ޒައިދު ވިޝޫ ދެކެ ވީ ލޯތްބަކީ……” “އަހަރެން ލޯބި ނުވާތީއެއް ނޫނޭ މަންމާ…” ޒާހިރާގެ ވާހަކަ ހުއްޓުވަމުން ޒައިދުއަށް ހަޅޭއްލަވައިގަނެވުނީ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު ބޭރުކޮށްލުމުގެ ގޮތުންނެވެ. އެވަގުތު ވިޝާ މޫނުމަތީގައި އަތްއަޅާލަމުން އެމީހުންނާއި ފުރަގަސްދިނީ ހިތައް ލަދުވެތިކަން ވެރިވުމުންނެވެ. އޭނާ ކިހާ ގޯސް ހެއްޔެވެ؟ އޭރު ވިކާޝްއާއި ލިމްނާވެސް ވަމުންދިޔައީ ކިހިނެއް ކަމެއް ނޭނގިފައި ޒައިދުގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ.

“މަންމާ.. އަހަރެން ވިޝޫ ދެކެ ލޯބިވާތީއޭ އޭނައާއި ކައިވެނި ކުރަން ބޭނުންނުވަނީ.. މަންމައަކަށް އެއްވެސް ހަގީގަތެއް ނޭނގޭ.. މަންމައާއި މަންމަގެ މިދަރިފުޅުގެ އުފަލަށްޓަކައި ވިޝޫ ވަމުންދާ ގުރުބާނީއެއް ނޭނގޭނެ.. މަންމާ.. ވިޝޫ މަށާ މެރީ ކުރަން އުޅެނީ ލޯބިންނެއް ނޫނޭ.. އަހަރެންނަށް ބޭވަފާތެރި ނުވަން.. މަންމަ ދެރަ ނުކުރަން.. ވިޝޫގެ ހިތުގަ ވަނީ އެހެން މީހެއްގެ ލޯތްބެއް.. އާލިކް.. މަންމާ ވިޝޫ ލޯބިވަނީ އާލިކް ދެކެ.. އާލިކްވެސް.. މަށަށް އެރޭ އެދެމީހުންގެ ވާޙަކަތައް އަޑު ނީވުންނަމަ ނޭނގެ ކިތައް ދިރިއުޅުން ކަމެއް ހަލާކުވެގެންދާނީ.. ދޮންބޭ.. ވިޝޫ ލޯބިވަނީ އާލިކް ދެކެ.. އާލިކްވެސް.. އެހެންވެ އޭނަ އެދިޔައީ.. އެންމެންނަށް ފާހަގައެއް ނުވޭތަ އާލިކްގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލެއް.. މަންމާ މިއޭ ހަގީގަތަކީ.. ވިޝޫ އަދިވެސް މިކައިވެނި ކޮށްފާނެ.. މަންމައަށްޓަކައި.. މަށަށްޓަކައި ވިޝޫގެ ލޯބި ގުރުބާންކުރީ.. ލޯބި ނުވެއޭ ބުނެ އާލިކްއަށްވެސް އޮޅުވާލީ..”   ޒައިދު ވިސްނުންތެރިކަމާއިއެކު ޖުމްލަތައް އަތުރަމުން ގެންދިޔައިރު އޭނާގެ ކޮންމެ ލަފްޒެއް ޒާހިރާއަށް ހައިރާންކަން ގެނުވަމުންދިޔައެވެ. ޒައިދުގެ ވާހަކަތައް ނިމުނުއިރު ފެންކަޅިވެފައި ހުރި ޒާހިރާ ވިސްނުންތެރިކަމާއިއެކު ލޯބިވާ ދަރިފުޅުގެ މޫނަށް ބަލާލަމުން ވިޝާއާއި ކުރިމަތިލިއެވެ.

“ވިޝޫ..” ޒާހިރާގެ އަޑުގައި ތުރުތުރެއް ވެއެވެ. އޭރުވެސް ވިޝާ ހުރީ މޫނުމަތީގައި އަތްއަޅާލައިގެންނެވެ. އޭރު ޒައިދުއާއި ވިކާޝްއާއި ލިމްނާވެސް އެމީހުންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ.

“ވިޝޫ.. ޒައިދު އެދެއްކީ ތެދު ވާހަކަތަ؟..” ޒާހިރާ ނުހަނު ލޯބިން ވިޝާގެ މޫނުމަތިން އަތް ނައްޓާލުމާއިއެކު ދަތްދޮޅީގައި ހިފަހައްޓާލަމުން ސުވާލުކޮށްލިއެވެ. އޭރުވެސް ވިޝާ ހުރީ އިސްޖަހާލައިގެން ލޯ މަރާލައިގެންނެވެ. ކޯތާފަތް ތެމިފައިވާ ކަރުނަތިކިތައް ފެނުމުން ޒާހިރާ އިތުރަށް ވިޝާ ގާތްކޮށްލިއެވެ.

“ޒައިދު އެދެއްކީ ތެދުވާހަކަތަ ވިޝޫ..” ޒާހިރާ އޭނާގެ ސުވާލު ތަކުރާރު ކޮށްލިއިރު ވިކާޝްއާއި ލިމްނާވެސް ތިބީ ޒާހިރާ ފަދައިން ވިޝާ ބުނާ އެއްޗެއްގެ އިންތިޒާރުގައި ނޭވާ ހިފަހައްޓާލައިގެންނެވެ. ޒާހިރާ ވިޝާގެ މޫނަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުރިއިރު އޭނާގެ ދުވަސްވީ ލޮލުންވެސް ކަރުނައިގެ ނިޝާން ފާޅުވެއެވެ. ވިޝާ އިސްޖަހާލަމުން ބޮލުން އާއެކޭ ބުނެލީ ޒާހިރާ އެގޮތަށް ބަލަހައްޓައިގެން ހުއްޓައެވެ.

“ޒާއްތަ އަހަންނަށް މަޢާފް ކުރޭ..” ވިޝާ ބާރުބާރަށް ރޮއިގަންނަމުން މޫނުމަތީގައި އަތްއެޅުމާއިއެކު ޒާހިރާ ބޯ ހޫރާލަމުން ވިޝާގެ ގައިގައި ބައްދާލިއެވެ. އޭރު ޒައިދުވެސް ލޯ މަރާލައިގެން ހުރީ އެމަންޒަރު ބަލަން އުނދަގޫ ވެގެންނެވެ. ލިމްނާ އަނގަމަތީގައި އަތްއަޅާލައިގެން ހުރިއިރު ވިކާޝްވެސް ހުރީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އޭނާއަކީ ކޮންކަހަލަ ބޭބެއެއް ހެއްޔެވެ؟ ވިޝާ އެހިތުގެ ލޯބި ސިއްރުކޮށްފަ ދެއްކިހާ ވާޙަކައެއް އޭނާ ގަބޫލުކުރީ ކީއްވެހެއްޔެވެ؟ ވިޝާގެ އެ ހަގީގަތް އޭނާއަށް ނޭނގުނީ ހެއްޔެވެ؟

“ވިޝޫ ކީއްވެތަ ޒާއްތަ ކައިރި ނުބުނީ؟.. ވިޝޫއަށް ހީވޭތަ ޒާއްތަ ވިޝޫދެކެ ރުޅި އަންނާނެހެން؟.. ވިޝޫ ވާޙަކަ ދައްކަބަލަ..” ޒާހިރާ ރޮވިފައިހުރެ ވިޝާއާއި ވާހަކަ ދެއްކީ އޭނާގެ ބޮލުގައި ފިރުމާލަމުންނެވެ. ހަގީގަތުގައިވެސް ވިޝާ އޭނާއާއި އޭނާގެ ދަރިފުޅަށްޓަކައި އެވީ ގުރުބާނީގެ ސަބަބުން އޭނާގެ ހިތުގައި ޖެހިއްޖެއެވެ. މިޒަމާނުގައި އެފަދަ ކުދިން އުޅެނީ ހާދަ މަދުންނެވެ.

“ވިޝޫއަށް ހީވަނީތަ ޒައިދުއަށް ނޫނެކޭ ބުނީމަ ޒާއްތަ ވިޝޫދެކެ ވާ ލޯބި ކުޑަވާނެހެން.. ތިއީ އަބަދުވެސް ޒާއްތައަށް ދަރިއެއްފަދަ ކުއްޖެއް.. އެކަހަލަ ކޫސަނި ކަމަކާ ޒާއްތަ ރުޅިއެއް ނާންނާނެއެއްނު..” ޒާހިރާ އެފަދައިން ވާޙަކަ ދައްކަމުން ދިޔައިރު ޒައިދުގެ ހިތައް ކުރާނެ އަސަރާއިމެދު ވިސްނާލާ އޭނާއަށްވެސް ކަޅިއެއް އެއްލިއެވެ. އެހެން ނަމަވެސް އޭނާ ޒައިދުއަށް އިތުބާރު ކުރެއެވެ. އޭނާގެ އެދަރިފުޅަކީ އެހާ ފިނޑި ކުއްޖެއް ނޫނެވެ.

“ޒާއްތަ.. ޒާއްތަމެންނަށް ހުވަފެންތަކެއް ދައްކާފަ.. އެހެން.. އެހެން ހަދަން.. ނު.. ނުކެރުނީ..” ވިޝާއަށް ގިސްލެވޭ ވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. އޭރުވެސް އޭނާ ހުރީ ޒާހިރާގެ ގައިގައި ބައްދާލައިގެންނެވެ.

ވިޝާ ރުއިން ހުއްޓާނުލުމުން ޒާހިރާ އޭނާ ގޮވައިގެން ކޮޓަރިއަށް ވަނީ އެހިތަށް ހަމަޖެހުމެއް ހޯދައިދެވޭތޯއެވެ. އޭނާ ރުއިން ހުއްޓާލީ ޒާހިރާ އެކި އެކި ވާޙަކަތައް ދައްކައިގެންނެވެ. ބައި ގަޑިއެއް ހާއިރު ކުރުމަށްފަހު ވިޝާ ގޮވައިގެން ޒާހިރާ ނުކުތްއިރު ވިކާޝްމެން ޖޯލިފަތީގައި ކަންބޮޑުވެފައި ތިއްބެވެ. އޭރު ޒައިދުވެސް ދެއަތުން މޫނު ފޮރުވާލައިގެން އުނދޯލީގައި އިންދާ ޒާހިރާއަށް ފެނުނެވެ. ޒާހިރާމެން ފެނުމާއިއެކު ވިކާޝް ފުންމައިގެން ތެދުވުމުން ޒާހިރާ ބޯ ޖަހާލި ގޮތުން ވިޝާ ހަމައަކަށް އެޅުނުކަން އޭނާއަށް އެނގުނެވެ.

“ވިކާޝް.. ޒާއްތަވެސް ބޭނުމެއް ނުވޭ މިކައިވެނި ކުރުވާކަށް..” ޒާހިރާ ވިޝާ ގޮވައިގެން އައިސް ޖޯލިފަތީގައި އިށީނދެލަމުން ބުނެލިއެވެ. އޭނާގެ ވިސްނުންތެރި ލޮލުންވެސް ރޮއެފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ޒާހިރާ އެހެން ބުނެލުމާއިއެކު އުނދޯލީގައި އިން ޒައިދު މާނޭވާއެއް ދޫކޮށްލަމުން މޫނުން އަތް ނަގާ ވިޝާއަށް ނަޒަރު ހުއްޓާލިއެވެ.

“އެކަމަކު ޒ.. ޒާއްތަ..” “ދޮންބޭ.. ޕްލީޒްޒް.. ދިޒް އިޒް ދި ބެސްޓް ޑިސިޝަން..” ވިކާޝް ކަންބޮޑުވެފައި ވާހަކަ ދައްކަން ފެށުމާއިއެކު ޒައިދު އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. އޭރުވެސް ވިޝާ އިސްޖަހާލައިގެން އިނީ އެއިން އެކަކާވެސް ވާހަކަ ދައްކަން ބޭނުންނެތިފައި އިން ފަދައިންނެވެ.

“ވިކާޝް.. ވިޝޫ އަށް އޭނާގެ ލޯބިވާ ބައިވެރިޔާ ލިބުން އެއީ މިހާރު ޒާއްތަގެ އެންމެ ބޮޑު އެދުން..” ޒާހިރާ އިތުރަށް ބުނެލިއެވެ. އެއާއިއެކު ވިޝާ ލޯ މަރާލި މަންޒަރު ޒައިދުއަށް ފެނުނެވެ.

އެތައް ވާހަކަތަކަކަށްފަހު ޒައިދުގެ ބައްޕައާއި މުޅި އާއިލާއަށްވެސް ކަންތައްވީގޮތް އޮޅުން ފިލުވާދިނީ ޒާހިރާއެވެ. އެ އެންމެންވެސް ހަގީގަތް އެނގުމުން ވިޝާއަށް ހިތްވަރުދިނީ އަމިއްލަ ނަފްސު ކުއްވެރި ކުރަން ނުބުނަމުންނެވެ. އެންމެ ފަހުން ވިކާޝްވެސް ޒާހިރާގެ އެދުމުގެ މަތިން ބޭނުންވީ ވީހާވެސް އަވަހަކަށް މާލެގޮސް އާލިކްއަށް އެކަން އެނގުމަށެވެ.

ޒާހިރާމެންގެ ހިތްހެޔޮކަމާއި އެމީހުންގެ ފަރާތުން ހިތްވަރުގެ ބަސްތައް ލިބުމުން ވިޝާގެ ހިތައް ލުޔެއް ލިބިގެން ދިއުމާއިއެކު އާލިކްއާއ އެކީގައި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެން ދެކެވެން ފެށުނީ މާގިނަ ވަގުތުތަކެއް ނުވަނީހެވެ. އާލިކްއަށް އެ ޚަބަރު ދޭހިތުން އޭނާވަނީ ކެތްމަދުވެފައެވެ. އެދުލުން އޭނާދެކެ ލޯބިވާވަރު ހާމަކޮށްދޭ ހިތުން އެހިތް ތެޅި ފޮޅެނީއެވެ. ނަމަވެސް ވިކާޝްގެ އެދުމުގެ މަތިން ވިޝާ އާލިކްއަށް ގުޅަން މަސައްކަތް ނުކޮށް ހުރީ މާލެ ގޮސް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައެވެ. ޖެހިގެން އޮތް ދުވަހު މާލެ ދިއުމަށް ހަމަޖެހިފައި އޮތުމުން ވިޝާ ނިދީ އުފާވެރި އަދި ޝުކުރުން ފުރިގެންވާ ހިތަކާއިއެކުއެވެ.

ވިޝާ ހިނިތުންވެފައިވާ މޫނަކާއިއެކު ނިދާލިއިރު ޒައިދުއަށް އެރޭ އެންމެ ލޮލު ފިޔައެއްވެސް ނުޖެހުނެވެ. ވިޝާގެ އުފަލަށްޓަކައި އެ ތެދުވެރި ލޯބި ގުރުބާން ކުރިޔަސް އޭނާގެ ހިތައް ތަދުވެއްޖެއެވެ. އަސަރުކޮށްފިއެވެ. އެތައް ކަރުނައެއް އައިސްފިއެވެ. އެހެންނަމަވެސް އެހިތުގައި ޝަކުވާއެއް ނުވެއެވެ. ވިޝާގެ އުފަލަށްޓަކައި، އެ ހިނިތުންވުމަށްޓަކައި އޭނާއަށް ކޮންމެފަދަ ގުރުބާނީއެއްވެސް ވެވިދާނެއެވެ. އޭނާގެ ލޯތްބަކީ އެހާ ސާފު ތެދުވެރި ލޯތްބެކެވެ. ކަރުނައިން ފުރިގެންވާ ލޮލަކާއިއެކު ހިނިތުންވެލަމުން އޭނާ ބާލީހުގައި ބައްދާލީ ހިތާއިހިތުން ވިޝާއަށް އުފާވެރިކަން ދެއްވުން އެދި ދުޢާ ކުރަމުންނެވެ.

ވިޝާމެންގެ އާއިލާއަށް މާލެގޮސް ހަމަޖެހިލެވުނުއިރު އަނެއްދުވަހުގެ ހަވީރުވެއްޖެއެވެ. މެންދުރުން ފެށިގެން ދަތުރުމަތީގައި އުޅުމުން ތިންމީހުންވެސް އަރާމުކޮށްލަން ބޭނުންވެފައި ތިބުމުން އާލިކްއަށް ގުޅަން އެމީހުން ނިންމީ އެރެއެވެ. ވިކާޝް ބޭނުންވީ އާލިކް އެގެއަށް ގެނައުމަށްފަހު ވިޝާއާއި ބައްދަލުކުރުވާ ކަންތައް ވީގޮތް ކިޔާދިނުމަށެވެ. އެހެންނަމަވެސް ކަންތައް ވެގެންދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ނިމިގެން ދިޔަ ހަފްތާއެކޭ އެއްގޮތަށް އާލިކްގެ ނަންބަރަށް ގުޅުމުން ބުނަނީ ނިއްވާލާފައި ކަމުގައެވެ. ވިކާޝް ހާސްވެފައި ހުރެ ލިމްނާގެ އެހީގައި އާލިކްގެ މުވައްޒަފަކާއި ގުޅާޅުމުން އެނގުނުގޮތުގައި އޭރު ރިސޯޓަށް ދިޔަ ގޮތަށް އާލިކްގެ ޚަބަރެއް ނުވެއެވެ. ދިޔައީ ކޮން ރިސޯޓަކަށް ކިތައް ދުވަހަށް ކަމެއްވެސް ނޭނގޭ ކަމަށާއި މިހާރު އޮފީހުގެ ކަންތައްތައް ހިންގަންވީ ގޮތް އަންގަވަނީ އާލިކްގެ ބައްޕަ ޝާހީންކަންވެސް ވިކާޝްއަށް އެނގުނެވެ.

އާލިކްގެ ޚަބަރެއް ނުލިބުމުން ކަންބޮޑުވެފައި ތިބެ ވިކާޝްއާއި ލިމްނާ ވިޝާގާތު އެވާހަކަ ބުނުމުން ވިޝާވެސް އޮފީހުގެ އެކި ކުދިންނަށް ގުޅައިގެން އޭނާގެ ވާޙަކަ އެހިއެވެ. އެހެން ނަމަވެސް އޭނާއަށްވެސް އެނގުނީ ވިކާޝްމެންނަށްވެސް އެނގުނު ވަރަށެވެ. ކުޑަ ޗުއްޓީއެއްގައި ރިސޯޓަކަށޭ ކިޔާފައި ދިޔަ ގޮތަށް އޮފީހަކަށް އޭނާގެ ޚަބަރެއް ވެފައެއް ނެތެވެ. ކަންތައްތައް މިހާހިސާބަށް ދިއުމުން ވިޝާގެ ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް އުފެދިއްޖެއެވެ. އަނެއްކާ އޭނާގެ އާލިކްއަށް ކިހިނެއްވީ ހެއްޔެވެ؟ އޭނާއަށް ކަމެއް ވެއްޖެނަމަ ވިޝާއަށް އޭނާގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މަޢާފްދެވޭނެ ކަމެއް ނޭނގެއެވެ. އާލިކް ހެޔޮހާލުގައި ލެއްވުމަށް އެދި އޭނާއަށް ދުޢާ ކުރެވެން ފެށުނީ ބޭއިޚްތިޔާރުގައެވެ.

އަނެއް ދުވަހު ހޭލިގޮތަށް ވިކާޝްގެ މިސްރާބަކަށްވީ އާލިކްގެ އެޕާޓްމެންޓެވެ. އެހެން ނަމަވެސް އެތަނުގައި ޓަކި ޖަހާ ޖަހާ އެއްވެސް ޚަބަރެއް ނުވުމުން އޭނާ އެގޭގެ ޖެހިގެން ހުރި ފްލޯރއަށް ދިޔައީ އެބައިގައި އުޅެނީ އެގޭގެ ވެރިމީހާކަން އެނގޭތީއެވެ.

“އެޕާޓްމެންޓް ދޫކޮށްލީއޭ؟.. އެކަމު.. ކީއްވެ.. ކޮންއިރަކު؟..” ވިކާޝް ގެއަށް އައިސް ވިޝާއަށް އެޚަބަރު ދިނުމުން އޭނާގެ ހިތުގައިވާ ބިރުވެރިކަން ވީ އިތުރެވެ.

“އެގޭ ވެރިމީހާ ބުނީ މީގެ ހަފްތާއެއް ވަރު ކުރިންނޭ.. ބުނި އެގްރީމެންޓްގަ އިންނާނީ މިއަންނަ މަހާ ހަމައަށޭ.. އެމަހަށްވާ ފައިސާވެސް ދައްކާފަ ދޫކޮށްލީއޭ ބުނީ.. އޭގެ ފަހުން އާލްގެ އެއްވެސ ޚަބަރެއް ނުވެޔޯ..” ވިކާޝް ކަންބޮޑުވެފައި މޫނުގައި އަތްކާއްތާލަމުން ގޮނޑީގައި އިށީނދެލިއިރު އޭނާގެ ހިތުގައިވެސް ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.

“ދޮންބޭ.. ހިނގާބަލަ އޮފީހަށް.. ކަމެއް އެނގޭތޯ..” ވިޝާ ފެންކަޅިވެފައި ހުރެ އަސަރާއިއެކު ބުނެލިއެވެ.

ތިންމީހުން އެކުއެކީގައި އާލިކްގެ އޮފީހަށް ގޮސް އޭނާގެ ކެބިން ބަލާ އެކި އެކި ގޮތްގޮތުން ބެލިއިރުވެސް އެމީހުންނަށް އާލިކްގެ އެއްވެސް ކަހަލަ މައުލޫމާތެއް ނުލިބުނެވެ. ވިޝާ އިންޓަރނެޓަށް ވަދެ ފޭސްބުކް، ޓްވިޓަރ، ވައިބަރ އަދި އިންސްޓަރގްރާމް ފަދަ ހުރިހާ އެއްޗެއް ބެލިއިރުވެސް އާލިކްގެ ފަހުގެ ޕޯސްޓެއް ނުފެނުނެވެ.

“ވެއަރ އަރ ޔޫ އާލް؟..” ފެންކަޅިވެފައި އިނދެ ވިޝާ އާލިކްގެ ގޮނޑީގައި އިނދެ ލޯ މަރާލަމުން ބުނެލިއެވެ.

ހުރިހާ ގޮތަކުން ބެލުމަށްފަހުވެސް އާލިކްގެ ޚަބަރެއް ނޭނގުމުން ވިކާޝް އާލިކްގެ ބައްޕަ ޝާހީންއާއި ގުޅީ އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ.

“ބޭބެއަކަށްވެސް ނޭނގެ އާލިކް ވީ ތަނެއް.. ބޭބެއަށް ގުޅާފަ ބުނި ބިޒްނަޒް އިތުރަށް ހޭންޑްލް ނުކުރެވޭނެޔޯ.. އެކަމަށް އެހެން މީހަކު ހޯދާށޯ.. ސުވާލުކުރަން ފެށީމަ ބުނި ކުޑަ ބްރޭކެއް ނަގާލަނީއޭ.. ދެން ބުނި ކޮންޓެކްޓް ނުކޮށް ދުވަސްކޮޅެއް ވެދާނެޔޭ.. އެކަމު ހާސް ނުވާށޭ..” ޝާހީން އޭނާގެ ދަރިފުޅާ ބެހޭގޮތުން އެނގިފައިވާ މިންވަރު އޮޅުންފިލުވާދީ ނިމުމުން ވިކާޝް ފޯނު ބޭއްވިއިރު އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އާލިކް ބޭނުންވަނީ ހުރިހާ ކަމަކުން ދުރުވެލައިގެން ދުވަސްކޮޅަކު އުޅެލަން ކަންނޭނގެއެވެ. އެންމެ ރަނގަޅެވެ. އޭނާ އެނބުރި އައުމުން ހުރިހާ ކަމެއް ހަމަޖެހޭނެތާއެވެ.

ވިކާޝްގެ ފަރާތުން ވިޝާއަށް އެކަން އެނގުމުން އޭނާވެސް ހިތްހަމަޖައްސާލީ އާލިކް ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމުގައި އުންމީދުކޮށްފައެވެ. އެހެން ނަމަވެސް އެޕާޓްމެންޓް ދޫކޮށްލުމުންނާއި، އޮފީހުން ވަކިވިކަން ހަނދާންވުމުން އޭނާގެ ހިތުގައި އަދިވެސް ބިރުވެރިކަން އުފެދިގަނެއެވެ. ނަމަވެސް މާތް ﷲ އަށް ވަކީލުކޮށްލައިގެން އޭނާވެސް އާލިކްގެ އިންތިޒާރުގައި ދުވަސްތައް ގުނަންފެށީ ހިތްވަރާއިއެކުގައެވެ.

ހަފްތާއެއްފަހުން ވިކާޝްއާއި ވިޝާ އަދި ލިމްނާ ވެސް އެނބުރި މަސައްކަތުގެ މާޙައުލަށް ނުކުމެއްޖެއެވެ. ވިޝާގެ އޮފހުގައި އާލިކްގެ މަގާމަށް ޝާހީން ހަމަޖެއްސެވީ އޭނާގެ ސިންގަޕޫރު އޮފީހުގެ އަންހެން މުވައްޒަފެއްކަމުން އެކަމުގެ މާބޮޑު އުނދަގުލެއް ވިޝާއަކަށް ނުވެއެވެ. ވަޒީފާގެ ވާޖިބުތައް އަދާކުރަމުން ހިނިތުންވެލައިގެން މަސައްކަތުގެ މާޙައުލުގައި އުޅެމުންދާއިރު ކޮންމެ ސުކުންތެއްވެސް އޭނާ ގުނަމުންދަނީ އާލިކްގެ އިންތިޒާރުގައެވެ. އޭނާގެ ހިތް ބޭގަރާރުވެފައިވަނީ އެޒުވާނާ ފެންނާނެ ވަގުތަކަށެވެ.

“ސަރ.. ސަރ ގެ ސެކަންޑް މެއިލް ޗެކް ކޮށްލައްޗޭ.. އަޅުގަނޑު އިންނާނެ ހަދާފަ އިން ޕްރޮޕޯސަލް ފޮނުވާލާފަ.. ޗެކްކޮށްލަން..” ވިކާޝް އޮފީހަށް ވަދެގެން އައި މަގުމަތީގައި އޭނާގެ މުވައްޒަފަކު ބުނެލިއެވެ.

“ސެކަންޑް މެއިލް.. އެއީ ކީއްވެބާ އާންމުކޮށް ފޮނުވާ މެއިލްއަށް ނުފޮނުވީ..ހހ އޯލް ރައިޓް..” ވިކާޝް ބޯ ޖަހާލަމުން ހިނިތުންވެލާފައި ހުރެ އޭނާގެ ކެބިންއަށް ވަންގޮތަށް ލެޕްޓޮޕް ހުޅުވާލާފައި ޖީމެއިލް އަށް ސައިން އިން ވެލިއެވެ.

“ހހ.. ޕްރޮޕޯސަލް.. ނޯ ސަބްޖެކްޓް.. ވަޓް؟..” ވިކާޝްއަށް އެންމެ ފަހުން ލިބިފައިވާ އީމެއިލްގެ ކުރިން ލިބިފައި އިން އީމެއިލް ފެނުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސްވެފައިވާ ހިތަކާއިއެކު އޭނާ އެ މެއިލް ހުޅުވާޅީ ޝައުގުވެރިކަމާއިއެކުއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

ކައިވެނި

Next

އޯގާވީ ހިތަކުން…27

Next
May 17, 2014

އޯގާވީ ހިތަކުން…27

Previews
May 14, 2014

ކައިވެނި

29 Comments!

  1. Elsa says:
    May 15, 2014 at 3:08 am

    laya update vaaleh haadha lahey Next part thankolheh avahah genesdhehchey varah kiyaalaa hithu mi iney mibai varah reethi Thnx a ilot

  2. aminath shal says:
    May 15, 2014 at 3:09 am

    Plzz avaha upload kodhechey

  3. aalik says:
    May 15, 2014 at 8:20 am

    Upload kohfheebala avahah..

  4. mary says:
    May 15, 2014 at 8:29 am

    vaahaka v reethi.. but update kuraaleh maaaaaaa lahee. plx avahah update kodhechey

  5. ramy says:
    May 15, 2014 at 8:51 am

    laayaa keehvetha mihaa lahun thi upload thikuranyyyyyyyyyy

  6. mary says:
    May 15, 2014 at 9:12 am

    ……..pls laya……mifaharu las nukuraathi
    avahah up kohladheythi
    pls pls

  7. grl says:
    May 15, 2014 at 9:50 am

    Ma heekury kuryfaharu gothah mifaharuwes medhukeduny kamah neyngeyne ehnu ehaa lahun up kurahyaa hadhaan netheyhaa dhuwas kohfa up e wany

  8. shify says:
    May 15, 2014 at 10:06 am

    next year ga upkoddhen huri nama v salhi vaane

  9. bubbles says:
    May 15, 2014 at 10:14 am

    Masha allah v nice mi part ves..aslu miy month aku eh faharu up vaa story eh tha.. anyways keep up your gud work. .

  10. sha says:
    May 15, 2014 at 12:26 pm

    varah rythi.. wlcome bak layaa.. all the best.. avahah aneh part upload kohdhehcheyy..:)

  11. Haxu says:
    May 15, 2014 at 4:08 pm

    MH370 is back dhw.. hahaha.. v ufaa vejje ehaa dhuvas kohfa vx up koh dhineeema. alhey laya dhn break eh nunagahchey.. vishoo aal dhekey hithun beygaraaru vahen haxu vx mi story kiyaahithun beygaraar vaathaa kon dhuvaheh.. dhn avahah aal aadheba eyrun neh nu dhn salhi vaani. love this story. waiting 4 the next part <3 gud luk layaa

  12. Neem says:
    May 15, 2014 at 8:39 pm

    ekamakuvaa mee lahun up vaa vaahakaeh ingey…. avahah genesdheebala eyrunnehnnu vaahakaige foareega vaahaka kiyeynee…. mihaaru vaagothun viyya vaahakaige touch gelleyfahunkiyaalan milibenee…. soooo hiyy dhathi… 🙁

  13. shai says:
    May 15, 2014 at 11:16 pm

    waiting for the nxt part avahah upkohdhehchey

  14. neesh says:
    May 18, 2014 at 4:28 pm

    up load kohdheebala
    avahA

  15. nonni says:
    May 18, 2014 at 10:16 pm

    alhe dhen mivarah hih thalhuvaakah nuvaanenu…. layaa balytha….

    1. nass says:
      May 19, 2014 at 1:06 am

      Pls kobatha next part .

  16. nass says:
    May 19, 2014 at 1:05 am

    Pls kobatha next part .

  17. ޝައި says:
    May 19, 2014 at 11:20 am

    next part upload kohdheyne vaguthakah inthizaaru kuraathaa konireh’ pis pis pis, annekkaa layaa
    baleetha?. can’t wait.

  18. ސޯމޯ says:
    May 20, 2014 at 9:31 pm

    laya kaley ah thi kan nuvanya huhtaalaa. kamehkuran fashan vaany e kameh balaagannan thibey myhun ves hiy hama jehey gothah.. thivarakun thi kameh kaley akah nuvaane . mi vaahaka v salhi but mi vaahka liyaa myhaa gadu dheke v foohi vejje mihaaru.. nuliyevey reason eh ves sngaali nama

  19. hamm says:
    May 28, 2014 at 8:57 am

    hey vaahaka liyaa girl. alik n wishoo noonakas me menge hiyy ves haadha thalhuvaa thilany. mivaahaka aaadheytho haadha inthixaareh eba kurevey. alhe vaahaka iliyaa kujja kiyun therin thivarah nuthalhuvaa avahah vaahaka genesdhybala.. ryhti vaahaka eh viyya kyvetha las vany genes dheyleh … avahah genes dhehchey plxxxxx .. v rythi mivaahaka .

  20. Ainy says:
    May 29, 2014 at 7:44 pm

    aslu ves layaa mi vahakaige next part genes dhybala avahan….. haadha inthizareh thi kuruvany….. las vegen ulhey sababeh ves bunedhiny ma dhw ingeyny kiyuntherin nah eyrun foohi nuve kuriyan dhany ves sabaabu ingunyma kiyuntherin ves gaboolu kuraane……. pllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllls dear avahan genes dhybala miharu mi hury vahaka kiyahithun keiymadhu vefa….. ingey layaaaaaaaaaaaaaaa

  21. ސައިއްޓޭ says:
    June 1, 2014 at 3:46 pm

    މާގިނަ ދުވަސްވަނީ އަޕް ނުކޮށް! ޚަބަރެއް ދީބަލަ

  22. shaama says:
    June 8, 2014 at 2:23 pm

    🙁

  23. dane says:
    June 10, 2014 at 3:25 am

    alhe haadha lahey up vaaleh..avahah up kohdhyba plxxx plxx kiyaa hithun kehmadhuvefa mihury… mibaai vvvvvvvvvvvvvvvvvvvvvv reethi..feeling kehtherikan..

  24. vaanuvaa says:
    June 11, 2014 at 6:00 pm

    layaa dhen vaahaka ithurah kuriah nugendhaathi
    mihaaru thi vaahaka kiyaahiyy kendijje
    nuvaavarun kuran noolhebala

  25. Deny says:
    June 12, 2014 at 8:00 pm

    ..vanuvaa angailaigen ulhebala…eyrakahnu ingeyneeves dho….Layaaa….kehvetha habareh nuvanee

  26. you me says:
    June 15, 2014 at 7:14 pm

    laya maa boda baly tha???? bunyma thaa shakuvaa nukoh hunnan vx ingeyny

  27. me you says:
    June 24, 2014 at 5:07 pm

    heyi laya baby alheh thankolheh avvas ko 29 va pt up kodheebaa….maabodah baleetha…..shafaa kallaah khairan…. 🙂 inshaa allaah vv avahah rangalhuvaane….dhen alhe plz vvvvvvvvvvvvvv avahah upld kodhehchey ingey…. i miss u laya baby…… hahaah 🙂 🙂 🙂 🙂 🙂 🙂 🙂 🙂

    1. you me says:
      June 27, 2014 at 6:42 pm

      ahdhey me you jahaafa jehsun tha thi kohly

Comments are closed.

Next Episodeއެކުގައިވާން އެދެމޭ… 29←


All Right Reserved!