Skip to content
އެސްފިޔަ

ބަރުބާދު (އަށްވަނަބައި)

ހަވީރުގެ ވަގުތެވެ. ގަޑިން ހަތަރުގަޑި ބައިވަނީއެވެ. އަހަރެން ކިނާން އުރާލައިގެން ހަނިމާދޫއަށް ފުރާމީހުން ނުކުންނަ ގޭޓުން ނުކުމެ މިސްރާބުޖެހީ ފްލައިޓާ ދިމާއަށެވެ. ލޫޠު ދަބަހެއް ހިފައިގެން އަހަރެންނާއި އެއް ހަމައެއްގައި ހިނގަމުންދިޔައިރު މަންމަ ހުރީ ފަހަތުގައެވެ. ކައިލްއާ ބައްޕަ މިއަދުގެ ހެނދުނުގެ ވަގުތެއްގައިވަނީ ބެންކޮކަށް ފުރާފައިވާތީ އަހަރުމެންވެސް ރަށަށް ދިޔުމަށްޓަކައި ފުރަނީއެވެ. ކައިލް ފުރިފަހުން އަހަރެންނަށް އުނދަގޫތަކެއްވި ނަމަވެސް ބައްޕަ ހުންނާނެކަން އެނގޭތީ އަހަރެން މިހުންނަނީ ހިތްހަމަ ޖައްސާލައިގެންނެވެ.

“..ލޫޠު.. ކޮއްކި.. އުރާލަބަ..” އަހަރެން ކިނާން އުރާލުމަށް އެދުނީ އަހަރެންގެ ދަބަހުގައި އޮތް ފޯން ރިންގްވާން ފެށުމުންނެވެ. އަހަރެން ބަލާލިއިރު ގުޅަނީ ޔުމްނުއެވެ. މިގަޑީގައި ޔުމްނު މިގުޅަނީ ކީއްކުރަންބާއޭ އަހަރެންގެ ހިތަށްއެރިއެވެ. ވަޒީފާއިން ވަކިކޮށްލުމުން އައި ރުޅިގަނޑު އަދިވެސް ފިނިނުވަނީ ކަންނޭގެއެވެ. އަހަރެން ފޯނަށް ޖަވާބު ދިނުމަށް ހިތަށްއެރުމާއެކު ލޫޠު ކޮބައިތޯ ބަލައިލެވުނެވެ. ލޫޠުއާއި މަންމަ އަހަރެންނާ މާދުރުނޫން ހިސާބެއްގައި އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ.

“..ކޮއްކޮ ގޮވައިގެން އަރާ ބޯޓަށް..” އަހަރެން ބުނީމެވެ. “..ދޮނާ މިދަނީ..”

ލޫޠުއާއި މަންމަ ބޯޓަށް އެރުމަށް ހިނގައި ގަތެވެ. އަހަރެން ބޯޓާ ތަންކޮޅެއް ދުރައްޖެހިލަމުން ފޯނަށް ޖަވާބު ދިނީމެވެ.

“..މަ ހީކުރީ ލޫޝާވެސް ބިރުން ނަންބަރު ބަދަލްކޮށްފާނެކަމަށް..” ޔުމްނު މަލާމާތުގެ ރާގެއްގައި ބުނެލި އަޑު އިވުނެވެ.

“..މަ ހީކުރީ ޔުމްނު ކައިލްއާ އިނދެފިކަމަށް..” އަހަރެންވެސް ބަހަކުން ޖަހާލީ ޔުމްނުގެ “ޕްރެޝަރ ހައި” ވާނެކަން އެނގިހުރެއެވެ.

“.. ލޫޝާ ބަލަންހުރޭ ތި ކަރުބުޑުގަ ނިކަން ގަދަޔަށް ހިތިރަހަ ލައްވާލާނަން..” ޔުމްނު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“..ޔުމްނު ބަލަންހުރޭ.. މިހާރު ތި ކަރުބުޑުގަ ލަމުންތިދާ ހިތި ރަހަ ދުވަހެއް ދުވަހަކަށްދާނީ ގަދަވަމުން..” އަހަރެންވެސް އަނގައިން ދެރަވާކަށް ބޭނުމެއް ނުވިއެވެ.

“..އެހެންތަ ހީވަނީ..” ޔުމްނުގެ އަޑު ފޯން ތެރެއިން އިވިގެން ދިޔައިރު ފަހަތުން ޔުމްނުގެ އަޑު އިވުނުހެންވެސް ހީވިއެވެ.

“..މި ޔުމްނުއަކާ ނުކުޅެވޭނެ.. ކަލެޔަށް ހަމަޖެހިގެން ނޫޅެވޭނެ..” ޔުމްނުގެ އަޑުއިވެނީ ފަހަތުންނެވެ. އަހަރެން ހުރިގޮތަށްހުރެ ފަހަތް ބަލައިލީމެވެ. ދިހަވަރަކަށް ފޫޓް ދުރުގައި ފޯން ކަންފަތުގައި ޖަހާލައިގެން ހުއްޓި ހުރި ޔުމްނު ފެނުނެވެ. އޭނާ ހުރީ ފުސްމޫނު ހަދައިގެން އަހަރެންނަށް ބަލާށެވެ. އެވަގުތު ޔުމްނުވެސް އެހުރީ އަހަރުމެންދާ ފްލައިޓްން ރަށަށްދާން އައިސްކަން އެނގުނެވެ.

“..އަހަރެން ހިނގާނީ ލޫޝާ ހިނގާ ފިޔަވަޅުމަތިން..” ޔުމްނު ބާރު ހިނގުމުގައި އަހަރެންނާ ދިމާއަށް އަޔެވެ. “..ލޫޝާ ހުންނާނީ ހުރި ފިޔަވަޅުމަތީ ހުއްޓި ތިގޮތަށް އަހަރެންނަށް ބަލަން..”

“..އަހަރެންދާނީ މިގޮތަށް ޖެހިގަނެފަ ލޫޝާ ވައްޓާލާފަ.. އަދި ކައިލްވެސް ގޮވައިގެން..” ޔުމްނު އައި ބާރު މިނުގައި ދިޔައީ އޭނާގެ ކޮނޑުން އަހަރެންގެ ކޮނޑުގައި ޖެހިގަނެފައެވެ. ޖެހިގަތްލެއް ބާރުކަމުން އަހަރެން އަތުން ފޯން ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ކޮނޑަށްވެސް ކޮންމެވެސް ވަރެއްގެ ތަދެއް އިޙްސާސްކުރެވުނެވެ. އަހަރެން ފުންނޭވާއެއް ލަމުން ޔުމްނުއަށް ބަލާލިވަގުތަކީ ފްލައިޓާ ދިމާއަށް ހިނގަމުން ދިޔަ ޔުމްނުވެސް ހިނިތުންވެލަމުން ފަހަތް ބަލާލިވަގުތެވެ.

އަހަރެންގެ ދަތްތަކަށް ބާރުކޮށްލަމުން ޔުމްނުއާ ދިމާއަށް ބާރަށް ހިނގައި ގަނެވުނެވެ. އަހަރެންނަށްވެސް ޔުމްނު ވައްޓާލައިފައި ކުރިއަރާގެން ދެވިދާނެކަން މިއަދު އަންގާލަދޭނަމެވެ. އަހަރެންނަކީ ފިނޑިއެއް ނޫނެވެ. ޔުމްނުއަށް ކަންތައްކުރެވޭ ފަދައިން  އަހަރެންނަށްވެސް ކުރެވޭނެ ކަންތައް އެބަހުއްޓެވެ. އަހަރެން ދިޔަ ބާރު މިނުގައި ގޮސް ސިޑިން އަރަމުންދިޔަ ޔުމްނުގެ ފަހަތުން ޖެހިގަތީ ގަސްތުގައެވެ. ޔުމްނު ކުރިއަށް އެއްލިގެން ދިޔަ ހިނދު އެއްފައި ސިނޑިން ކަހާލައިގެންދިޔުމާއެކު ޔުމްނު އަނގައިން މަޑުމަޑު ހަޅޭކެއްގެ އަޑު އިވިގެންދިޔައެވެ.

“..ސޮރީ ސޮރީ..” އަހަރެން ޔުމްނު ގައިގާ ނުހިފެހެއްޓިނަމަ އޭނާ ތިރިޔަށް ވެއްޓުނީހެވެ. ޔުމްނު މޭމަތީ އަތް އަޅާލަމުން ތިރި ބަލާލިއެވެ.

“..މިފަހަރު ސަލާމަތްކޮށް ދީފިން.. ދެން ފަހަރަކުން ނޭގެ ވާނެގޮތެއް..” އަހަރެން މަޑުމަޑުން ބުނެލީމެވެ. “..ޔުމްނުއަށް ރަނގަޅުވާނީ އަހަރެންގެ ދިރިއުޅުމަށް ވަންނަން މަސައްކަތް ނުކުރިއްޔާ.. ކުރިއަރާފަ ދެވުނަސް އަހަރެން ފަހަތުން އަރާ ކުރި ހޯދާނެކަން ހަނދާންކުރާތި..”

އަހަރެން ޔުމްނުގެ މޫނަށް ބަލާލަމުން ހީލައިފައި މައްޗަށް އަރައިގެން ދިޔައިރުވެސް ޔުމްނު ހުރި ފިޔަވަޅުމަތީ ހުއްޓި ހުރީއެވެ. މިހާރު ޔުމްނުއަށް އަހަރެންނަކީވެސް ނުރައްކާތެރި އަންހެނެއްކަން އެނގޭނެއެވެ. އަހަރެންނަށް ޔުމްނުއަށްވުރެ ކުރިއަރައިގެން ދެވިދާނެކަން ޔަޤީންކުރެވިދާނެއެވެ.

އަހަރުމެންނަށް ހަނިމާދޫއަށް ދެވުނީ 05:15 ހިނގިފަހުންނެވެ. ހަނިމާދޫ އެއަރ ޕޯޓުން ނުކުމެގެން ފާލަމާ ދިމާއަށް މިސްރާބު ޖެހިއިރު ޔުމްނުވެސް އަހަރުމެން ފަހަތުން އަޔެވެ. ޔުމްނުވެސް ރަށަށް ދިޔުމުގެ ދަތުރު ހަމަޖެހިފައިވަނީ އަހަރުމެންނާ އެއް ލޯންޗަކުންނެވެ. އޭނާ ލޫޠުއާ ތަފާތު ވާހަކަތައް ދައްކަމުން ހެމުންދިޔައިރު އަހަރެންހުރީ ނުތަނަވަސްވެފައެވެ. މިހާރު ޔުމްނުގެ ސޫރަ ފެނުނަސް އަހަރެންނަށް އުނދަގޫވެއެވެ. ލޫޠުއާ މާ ގާތްވެގެން އުޅޭތީ ވަކިންބޮޑަށް އުނދަގޫ އެބަވެއެވެ. ކިނާން އުރާލައިގެންހުރި މަންމަގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ޓްރޯލީ ދުއްވަމުންދިޔަ ލޫޠުގެ އަތުގައި ޔުމްނު ހިފާލަމުން އަހަރެންނަށް ކަޅި އަޅާލިއެވެ. އެހިނދު އަހަރެންގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. ޔުމްނުގެ ބޭނުމަކީވެސް އަހަރެންނަށް ހާސްކޮށްލުންކަން ވިސްނުމުން ހަމަޖެހިގެން ހުރުމަށް ހިތަށް ވިސްނާދިނީމެވެ.

ފާލަމާ ހަމައަށް ދެވުނުއިރު ރަށަށްދާން ހަމަޖެއްސި ލޯންޗް އޮތީ ރެޑީގައެވެ. ލޫޠު ލަގެޖްތައް ލޯންޗަށް އެރުވުމުން އަހަރެން ލޯންޗަށް އަރާ ހަމަޖެހިލުމާއެކު ޔުމްނު ލޫޠުގެ އަތުގައި އެލިގަނެގެން ކަހަލަގޮތަކަށް އޮވެގެން އައިސް އަހަރެންގެ ކުރިމަތީ ޝީޓްގައި އިށީނެވެ. ލޫޠުވެސް އޭނާ ކައިރީ އިށީނެވެ. ޝީޓެއްގައި ދެމީހުނަށްވުރެ އިތުރަށް އިނދެވޭނަމަ އަހަރެންވެސް ލޫޠުކައިރީ ދިޔައީމުހެވެ.

“..އަހަރެން ނިކަން ބިރުގަނޭ ކަނޑުދަތުރު ކުރަން.. ލޫޠު އިންނާތި މިތާ..” ޔުމްނު ލޫޠުގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. އަހަރެން މޫނު އަނެއްފަރާތަށް އަނބުރާލީމެވެ.

މިއަދަކީ މޫސުން މާ ރަނގަޅު ދުވަހެއް ނޫނެވެ. ވިއްސާރަ ނުވެހުނެއްކަމަކު މުޅި ކައުނުވަނީ ކަޅުވިލާތަކުން އަނދިރިކޮށްލާފައެވެ. ދެންމެ ދެންމެ ވާރޭވެހިގެންފާނޭހެން ހީވެއެވެ. ލޯންޗް ހަނިމާދޫ ފަޅުން ނުކުމެގެން އަހަރެންގެ އުފަން ރަށާ ދިމާއަށް މިސްރާބު ޖެހިއެވެ. ކަނޑުވެސް އެހާމެ ގަދައެވެ.

ލޯންޗްމަތީގައި އިންއިރުވެސް އަހަރެންގެ ނުތަނަވަސްކަމާއި ކަންބޮޑުވުން ދިޔައީ ހައްތަހާ ބޮޑުވަމުންނެވެ. ލޯންޗް ކަނޑުގެ ބިޔަ ރާޅުތަކާ ހަނގުރާމަކުރަމުން ރާޅުތައް ކަފަމުން ހަލުވިދުވެލީގައި ދިޔައިރު ޔުމްނުގެ ހަޅޭކުގެ އަޑުގެ ސަބަބުން އަހަރެން ރުޅި ގަދަވާގޮތްވިއެވެ. ޔުމްނު އިނީ ލޫޠުގެ އަތުގައި ބާރަށް ހިފައިލައިގެންނެވެ. އެހެން އިނދެ އޭނާ ލޫޠުގެ ކޮނޑުގައި މޫނު ޖައްސާލައިގެން އޮވެ ހަޅޭލަވަނީ ޖެއްސުމަށްހެން ހީވެއެވެ. ލޫޠު ޔުމްނު ހަމަޔަކަށް އެޅުވުމަށް މަސައްކަތްކުރި ނަމަވެސް ޔުމްނު ލޯމަރައިގެން އޮވެ މަންމައަށް ގޮވަމުން ތުންބޮޑުކުރަމުން ދިޔައެވެ. އަހަރެން ހިތުގައި ޝައްކުއުފެދުނެވެ. އޭނާއާއެކީ މިނޫނަސް އަހަރެންނަށް ދަޠުރުކުރެވިފައިވާއިރު މިހާވަރަށް ބިރުން އުޅުން ދުވަހެއް އަހަރެންގެ ހަނދާނަކުނެތެވެ. އެންމެފަހުން ލޫޠު ޔުމްނު ކޮނޑުގައި ހިފާލަމުން ގަޔާކައިރިކޮށް ހަޅޭނުލުމަށް އެދުނެވެ. އަދި އޭނާ އެތަނުގައި އިންދާ އެއްވެސް ގޮތެއް ޔުމްނުއަށް ނުވާނެކަމަށް ބުންޏެވެ. ޔުމްނު ލޫޠުގެ މެދުހަށީގައި ބާރަށް ބައްދައިގަންނަމުން އަހަރެންނަށް ބަލާލީ ވިހަ ހިނިތުންވުމަކާއެކުއެވެ. އަހަރެންނަށް ޔުމްނު ކުރަނީ އެކްޓްތަކެއްކަން އެނގުމާއެކު ލޭތައް ކެކިގަތެވެ. ހާދަހާވާ ގޮތެއްވެސް ނެތް އަންހެނެކެވެ.

ބިޔަރާޅަކާއެކު ލޯންޗް މައްޗަށް އަރައިގެންގޮސް ތިރިޔަށް ޖެހިގަންހިނދު އަހަރެންވެސް ހަޅޭލަވާގަތީމެވެ. ލޫޠު އަހަރެންނަށް ގޮވާލަމުން އަތް ދިއްކޮށްލިއެވެ. އަހަރެން ކައިރިއަށް އަންނަން އުޅުނުހެންވެސް ހީވިއެވެ. ނަމަވެސް ޔުމްނު ހިފަހައްޓައި ގަތުމުން އިނީއެވެ. އަހަރެން ލޫޠު އެޝީޓުން ތެދުވާވަރު ކުރާނަމެވެ. އަހަރެންނަކީވެސް އެކްޓް ކުރަން މޮޅުމީހެއްކަން ޔުމްނުއަށް އަންގާލަދޭނަމެވެ.

އަހަރެން އަނެއްކާވެސް އަޑަށް ބާރުލަމުން ހަޅޭލަވާގަތީމެވެ. އަދި ހިފަހައްޓައިގެން ހުރި އެލްމުނިޔަމް ހޮޅިން ދޫކޮށްލަމުން ތިރިޔަށް އަހަރެން ވެއްޓުނީ ގަސްތުގައެވެ. މަންމައަށް ގޮވަމުން ރޮއެގަތީމެވެ. ލޫޠު ވަގުތުން ޔުމްނު ދޫކޮށްލުމަށްފަހު އަހަރެން ގާތަށް އަޔެވެ. އަހަރެންގެ ދެކޮނޑުގަ ހިފާ ކޮޅަށް ނެގުމާއެކު ލޫޠުގައިގާ އޮޅުލާގަތީ ރޮމުން ރޮމުންނެވެ. ލޫޠު އަހަރެން ގޮވައިގެން ޝީޓްގައި އިށީނީ ޔުމްނުކައިރީ ބާރަށް ހޮޅީގައި ހިފަހައްޓައިގެން އިނުމަށް ބުނަމުންނެވެ.

އަހަރެން ޔުމްނުއަށް ބަލާލީމެވެ. ޔުމްނުވެސް އިނީ އަހަރެންނަށް ބަލާށެވެ. އޭނާއަށް ހީވާކަހަލައެވެ. އަހަރެން ހަމަ ހަޤީޤަތަށްވެސް ބިރުގަތީއެވެ. އަހަރެން ފުޅާ ހިނިތުންވުމެއް ދިން ހިނދު ޔުމްނު މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ޔުމްނުއަށް މިހާރު އަހަރެންނަކީވެސް އެކްޓްކުރަން މޮޅުމީހެއްކަން ޔަޤީންކުރެވޭނެއެވެ. ޖެހިރާޅަކާއެކު ޔުމްނު ވެއްޓެން އުޅުނުހެން ހީވިއެވެ. އޭނާ ބާރަށް ހޮޅީގައި ހިފަހައްޓާލިއެވެ.

“..ޔުމްނު ބާރަށް ހިފަހައްޓައިގެން އިނދޭ.. ދެން ވަރަށް އަވަހަށް ރަށަށްދެވިދާނެ..” އަހަރެން ބާރަށް ބުނެލީ ހިނިތުން ވުމަކާއެކުއެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

*******

އަހަރެންގެ އުފަން ރަށްކަމުގައިވާ ހއ.މޮޅަދޫއަށް އާދެވުނީ އިރުއޮއްސި 06 ޖަހާ ބޮޑުވިފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރުގެ ރައްތަކުގައި ތެރޭގައި އޮންނަ މޮޅަދޫއަކީ އާބާދީ މަދު އެހެނަސް ބިންބޮޑު ރަށެކެވެ. މީހުން މަދުކަމުން ރަށުގެ ބޮޑުބަޔެއް އޮންނަނީ ޖަންގަލީގެ ގޮތުގައެވެ.

ރަށުގެ ފާލަމާ ލޯންޗް ކައިރިކޮށްލި ހިނދު އަހަރެންނަށް މަންމައާ ބައްޕަ ފެނުނެވެ. ދެދަރިންނަށާއި މާމަ ދަރިއަށް އިންތިޒާރުކުރަމުން ދިޔަ މަންމަމެންގެ މޫނުމަތިން އިންތިހާ ދަރަޖައިގެ އުފާވެރިކަން ފެނެއެވެ. އަހަރުމެން ފާލަމަށް ފޭބުމާއެކު އެއުފާވެރިކަން އެތައް ގުނައަކަށް އިތުވެގެންދިޔައެވެ. އަހަރެންނަށްވެސް ބުނެދޭން ނޭގޭކަހަލަ އުފަލެއް ލިބިގެންދިޔައެވެ. އަހަރެންނަށް މަންމަ ގައިގާ ބައްދާލެވުނުއިރު ލޫޠު ބައްޕަގައިގާ އޮޅުލާގެންފިއެވެ. އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަތިކިތަކެއް ނީރާލާފިއެވެ. އަހަރެން މަންމަގެ އަތުތެރެއިން ވީއްލުމާއެކު މަންމަގޮސް ކިނާން އުރާލިއެވެ. ބައްޕަގޮސް ކިނާންގެ ނިތުގައި ތުންފަތް ޖައްސާލީ ކާފަގެ ދޮންދޫންޏޭ ބުނެލަމުންނެވެ. އެވަގުތު ކިނާން ތުންކޮޅު ބޮޑުކޮށްލަމުން ރޮއެގެންފިއެވެ.

“..އަދި މަންމަމެންނާ ރައްޓެހިވީމަ ރަނގަޅުވާނެ..” އަހަރެން ހީލަމުންގޮސް ކިނާން އުރާލީމެވެ.

“..އެތެދެއް އެސޮރު ރައްޓެހިވީމަ މާމަމެންނަށް ޖެއްސުން ފަށެއްކޮށްލާނެ..” ކައިލްގެ މަންމަ ބުނެލިއެވެ.

“..އަނހާ ޔުމްނު..” މަންމައަށް ޔުމްނު ފެނުނީ އެވަގުތުއެވެ. “..ކޮބާ ކޮންދަތުރެއް.. ކިހިނެއްތަ؟..”

“..މިއައީ މަންމަ ބަލިވެއުޅޭ ވާހަކަ ބުނީމަ.. އިރާދަކުރެއްވީތީ ރަނގަޅު..” ޔުމްނު ހިނިތުންވެލަމުން ބުނެލިއެވެ. “..ދައްތަ ރަނގަޅުތަ؟..” މަންމަ ބޯޖަހާލަމުން ޔުމްނު ބޮލުގައި ފިރުމާލިއެވެ.

ޔުމްނުއަކީ މަންމައަށް ދަރިއެއްފަދަ ކުއްޖެކެވެ. ދަރިޔެއްދެކެވާ ލޯބި މަންމަ ޔުމްނުދެކެވެސް ވެއެވެ. ޔުމްނުގެ އަސްލު ސިފަ މަންމައަށް އެނގޭނެ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. އެސޫރަ ފެނިއްޖެނަމަ މަންމަވެސް އޭނާއާ ވާހަކަ ނުދައްކާނެކަން ޤައިމެވެ. ނަމަވެސް ކުރާނެ ކަމެއްނެތެވެ. އަހަރެންނަށް އެއްވެސް ވާހަކައެއް ކިޔާދެވޭކަށް ނެތެވެ. ކައިލް ބޭޒާރުކޮށްލަން ބޭނުންނުވާނަމަ އެކަންތައް ޖެހޭނީ ސިއްރުކުރާށެވެ. އަހަރެން ކިތަންމެ ބޭނުންނުވިޔަސް ޔުމްނުއާ އަހަރެންގެ އާއިލާ މެންބަރުންނާ ގާތްގުޅުންވެސް އޮންނާނެއެވެ. ނަމަވެސް އަހަރެން އެންމެ ކަންބޮޑުވަނީ ގާތްގުޅުން އޮންނާނެތީއެއް ނޫނެވެ. ޔުމްނުގެ މަޅީގައި ކައިލް ޖެހުނު ގޮތަށް ލޫޠު ޖެހިދާނެތީއެވެ. ޔުމްނުގެ ދަލުގައި ލޫޠު ޖައްސަފާނެތީއެވެ. އަހަރެންގެ ހިތުގައި މިހާރު ވަނީ އެބިރުވެރިކަންވެސް އުފެދެން ފަށާފައެވެ.

******

ހެނދުނުގެ ވަގުތެވެ. އަހަރެން ގޭގައި ހުރި ޖޭމްގަހުގައި އެލުވާފައިވާ އުނދޯލީގައި އިނީ ކިނާންއަށް ކާންދޭށެވެ. ލޫޠުވެސް ކައިރީގައި ކިނާންއަށް މައްލަވަ ކުރަންއުޅުނެވެ.

“..އައްސަލާމް އަލައިކުމް..” މީހަކު ސަލާމް ގޮވާލިއަޑު އިވިގެން ބަލާލިއިރު ޔުމްނު ގޭ ދޮރުމަތީގައި ހުއްޓެވެ. އަހަރެންގެ މޫޑް ވަގުތުން އޮފްވިއެވެ. މިގެޔަށް ވަންނަންވެސް ލަދު ނުގަންނަކަމޭ ހިތަށްއެރިއެވެ. ލޫޠު ސަލާމް ބަލައިގަންނަމުން އެތެރެއަށް ވަދެ އިށީނުމަށް ބުންޏެވެ. ޔުމްނު އައިސް އަހަރެންގެ ކުރިމަތީގައި ހުރި ޖޯލިފަތީގައި އިށީންނަމުން އަހަރެންނަށް ބަލާލީ ހިނިތުންވެލަމުންނެވެ. އަހަރެން އަޅައެއް ނުލަމެވެ.

“..ކޮބާ.. ޔުމްނު.. ވަރުގަދަ ޓްރިޕެއް ރާވާލަން އުޅެބަލަ..” ލޫޠު ގޮސް ޔުމްނު ކައިރީ އިށީނެވެ.

“..ޓްރިޕް ދެވޭކަށް ނެތެއްނުން..” ޔުމްނު ބުންޏެވެ. “..މިއަދު ފުރަން މިއުޅެނީ.. މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކާލަންދާންކަމަށް.. ޓްރިޕް ދެން ދެވޭނީ ދެން އަންނަ ފަހަރަކުން..”

“..ތިފަހަރެއް ނާންނާނެ.. ދެން އަންނާނީވެސް މީހަކާ އިނދެގެން ދަރިން ފައްޗެއްވެސް ގޮވައިގެން ކަންނޭގެ.. ކޮބާ މެރީ ކުރާކަށް ނޫޅެންތަ؟..” ލޫޠު އެހެން ބުނުމާއެކު ޔުމްނު އަހަރެންނަށް ބަލާލިއެވެ.

“..މެރީ ކުރަންވީ.. އެކަމް އިންނާނެ ރަނގަޅު ކުއްޖެއް ނުލިބިގެން މިއުޅެނީ..” ޔުމްނު އެހިއެވެ. “..ލޫޠު މެރީ ކުރާކަށް ނުވެތަ؟.. އަނެއްކާ ބިޓެއް ހުރޭތަ؟..”

“..ކިހިނެއްވީ އަހަރެންނާ އިންނަން ބޭނުންވީތަ؟..” ލޫޠު ސަމާސާ ރާގެއްގައި ބުނެލިއެވެ. އަހަރެން އިނީ ހަމަޖެހޭ ގޮތް ދައްކައިގެންނެވެ.

“..އާނ.. ލޫޠު ހުސްކޮށްހުރިއްޔާ އެހެންކަމަށް..” ޔުމްނު އަހަރެންނަށް ބަލަން އިނދެފައި ބުންޏެވެ. “..ލޫޠުއަކީވެސް ނުލާހިކު ހޭންޑްސަމް ސުމާޓް ކުއްޖެއްވިއްޔަ..” އަހަރެންނަށް ކަޅި އަޅާލެވުނެވެ.

“..ނަސީބަކުން ހުހެއް ނޫން..” ލޫޠު ހިނިގަނޑަކާއެކު ބުނެލިއެވެ. ޔުމްނު ތުންފަތްމަތީގައިވާ ވިހަ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

“..ވަޓް..” އަހަރެންނަށް ބުނެވުނެވެ. ލޫޠު ބިޓެއް ހުންނަކަން އަހަރެންނަށް އެނގިފައެއް ނެތެވެ. ޔުމްނުވެސް ވާހަކަ އެގޮތަށް ފަށައިގެން އެދިޔައީ އެކަން އެނގިފައި ނެތީމައެވެ.

“..އޯކޭ.. އައި ތޯޓް ތިމީހުނަށް ގެޓްވާނެކަމަށް.. އަހަރެން މެލޭޝިޔާއިން މިހާދުވަސްވީއިރުވެސް ނާންނަންހުރި ސަބަބު..” ލޫޠު އެހެން ބުނަމުން ފޯނު ނަގައި ހާވާންފެށިއެވެ. ލޫޠު މެލޭޝިޔާއިން އަންނަން ބޭނުންނުވި ސަބަބު މިއެނގުނީ އަދި ކިރިޔާއެވެ.

“..މީނީ މަގެ ގާރލް ފްރެންޑް.. ޒަރާ..” ލޫޠު ފޯނުން ފޮޓޯއެއް ދައްކާލަމުން ބުނެލިއެވެ. “..މެލޭޝިޔާ މުސްލިމް ކުއްޖެއް މީ..”

ލޫޠު ޔުމްނުއަށްވެސް ފޮޓޯ ދައްކާލިއެވެ. ޔުމްނު ހިނިތުންވެލަމުން ވަރަށް ގުޅޭވާހަކަ ބުނެލިއެވެ. ލޫޠު ފޯނު ޖީބަށްލަމުން ކިނާން އުރާލައިގެން ގެޔަށް ވަނެވެ. އަހަރެން ތަށިތައް ހިފައިގެން ހިނގައިގެންފައި އެނބުރި އައިސް ޔުމްނުގެ ކުރި މައްޗަށް ހުއްޓުނީމެވެ.

“..މި ފެމިލީއަކުން ތިކަހަލަ އަންހެނަކަށް ނެތް ޖާގައެއް..” އަހަރެން ބުނެލީމެވެ.

“..ހައް..” ޔުމްނު ޖޯލިން ތެދުވިއެވެ. “..އަސްލު ހީ އިޒް ނޮޓް މައި ޓައިޕް އޯކޭ.. ލޫޝާ ރުޅިއަރުވަން އުޅުނުހާ ގޮތްގޮތް އެއީ.. އައި ސްޓިލް ލަވް ކައިލް.. ކައިލް ނޫން އެހެން މީހެއް ބޭނުމެއް ނޫން.. ކައިލް އަދި އަންނާނެ..”

“..ތީ ހުވަފެނަކުވެސް ކަލެޔަށް ވާނެ ކަމެއްނޫން..” އަހަރެން ވަގުތުން ބުނީމެވެ.

“..ކަލެޔަށް މަމިބުނާ އެއްޗެއް ވަރަށް އަވަހަށް ވިސްނޭނެ.. ކުރިޔަށް އޮތް 06 ދުވަހުގެ ތެރޭގައި ކައިލް މަގޭ ފިރިޔަކަށް ނުވެއްޖެނަމަ މަށަކަށް ނުކިޔާނެ ޔުމްނު ޝަޢުޤަތެއް.. އަދި އެވެސް މަންމަގެ ރުހުމުގަ..” ޔުމްނު އެހެން ބުނަމުން ގެއިން ނުކުންނަން ހިނގައިގަތެވެ.

“..މަޑުކުރޭ..” އަހަރެން ޔުމްނު އަތުގައި ހިފެހެއްޓީމެވެ. “..ކުރިޔަށް އޮތް 06 މަސްދުވަހުތެރޭގައި މަންމަގެ ރުހުމުގަ ތިކާވެނި ކުރެއްވިއްޖެނަމަ މަށަކަށް ނުކިޔާނެ ލޫޝާ ޢަލީއެއް..”

ދުވަސްތައް މާޒީއާއެކު އެކުވަމުން ދިޔައެވެ. އަހަރެންގެ ހަޔާތުގެ ހިތާމަވެރި ދުވަސްތަކުގައި ސިއްކަޖެހި އުފާވެރި ދުވަސްތައް ގުނަންފެށިއެވެ. ޔުމްނު ރަށުން ފުރައިގެން ދިޔަފަހުން އޭނާގެ ކޯލެއް މެސެޖެއްވެސް އަހަރެންނަށް ލިބިފައެއް ނުވެއެވެ. އަހަރެންނާއި ކައިލްގެ ގުޅުންދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. އަހަރުމެން ސްކައިޕުންނާއި ވައިބަރ މެދުވެރިކޮށް އެތަކެއް ކޯލްތަކެއް ކޮންމެ ދުވަހަކުވެސް ކުރަމެވެ. ލޯބީގެ އެތަކެއް މާތަކެއް ފޮޅުވީމެވެ. އަހަރެންނަށް އަލުން ރައްޓެހިވެގެން އުޅޭކަހަލަ އިޙްސާސެއް ކުރެވެންފެށުނެވެ. ސިފަވަމުން ދިޔައީ ކައިލްއާއި ރައްޓެހިވެގެން އުޅުންދުވަސްވަރެވެ. އޭރުގައިވެސް ކައިލް އަހަރެންގެ ހާލު ކިތަންމެ ދުރުގައި ހުރި ނަމަވެސް ބަލައެވެ. އަހަރެން އުޅެނީ ކައިގެންތޯ ނުކައިތޯ ބަލައެވެ. އަހަރެންނަށް މިހާރު ލިބިފައި މިހުރީ އަހަރެން ކާވެނި ކުރި ކައިލްއެވެ.

އަހަރެންވެސް ކައިލް އުޅޭނޫޅޭގޮތް މަންމަ މެދުވެރިކޮށް ބައްޕައަށް ގުޅާގެން ބަލަމެވެ. ބައްޕަ ބުނާގޮތުންނަމަ ކައިލް އެއްވެސް ވިޔާނުދާ ގޮތަކަށް ނޫޅެއެވެ. ޔުމްނުއާ ގުޅުމެއް އޮންނަހެންވެސް ހީނުވާކަމަށް ބައްޕަ ބުނެއެވެ. ޔުމްނުގެ ހަބަރެއް ނުވި ނަމަވެސް ޔުމްނު އުޅޭތަން ބެލިއިރު އޭނާ އުޅުނީ މާލޭގައެވެ.

އަހަރެންނަށް ލިބެމުންދިޔަ ހިތްހަމަޖެހުމާއެކު ކައިލްވެސް އަހަރެންދެކެ ލޯބިވާކަމަށް އިޙްސާސްވާންފަށާފިއެވެ. އެޔާއެކު ކައިލްއަށް އިތުބާރުކުރެވި ޝައްކުތައް އެކީއެކަށް ހިތުން ފޮހެވިގެންދިޔައެވެ. އަދި ކައިލް ދެކިލުމަށް ހިތް އެދެންފެށިއެވެ. ނަމަވެސް ކައިލްގެ މަސައްކަތް ހުރިގޮތުން ދެމަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ރާއްޖެއެއް ނާދެވުނެވެ.

އަޑި ގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ މީހުން ބުނެއުޅެއެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނާ ބުނުން އަހަރެންވެސް ޤަބޫލްކުރަމެވެ. ޚުދު އަހަރެންގެ ހަޔާތުގައިވެސް ކަންތައްވަމުން އަންނަނީ އެހެންނެވެ.

އަހަރެން ރަށަށް އައިތާ ތިންވަނައަށްވީ މަހު ކުއްލިއަކަށް ބަލިވާންފެށިއެވެ. ބޮލުގައި ރިއްސާ ހޮޑުލެވެންފެށިއެވެ. ބޮލުގައި ރިއްސުން ޕެނަޑޯލް ގުޅައަކުން ރަނގަޅުވި ނަމަވެސް މުޅިން އެރިހުން ކެނޑިގެންނެއް ނުދެއެވެ. ދޭތެރެއަކުން ހޮޑުވެސް ލެވެއެވެ. ދެދުވަހު ބޮލުގައި ނުރިއްސާލައި ރަނގަޅަށް ހުރެއްޖެނަމަ އަނެއް ދުވަހު ރިއްސަން ފަށާފާނެއެވެ. ވާގޮތެއް ނޭގެއެވެ. ދެން ދުވަސްކޮޅަކުން ގައިގާ ރިއްސާ ހުންއަންނަންފެށިއެވެ. ރަށު ހެލްތް ސެންޓަރަށް ގޮސް އައި ވީ އެއް ގުޅާލުމުން ހުން ރަނގަޅުވެދާނެއެވެ. ނަމަވެސް ހަށިގަނޑުން މުޅިން ހުން ފިލައިގެންނެއް ނުދެއެވެ. އަހަރެންގެ ރަށުން ޓެސްޓްތައް ހެދެން ނެތުމުން އަސްލު އަހަރެންނަށް ވަނީ ކިހިނެއްކަމެއް ބުނާކަށް ނޭގެއެވެ. ޑޮކްޓަރ ލަފާދެއްވީ ޓެސްޓްތައް ހެދޭ ތަނަކަށްގޮސް ދެއްކުމަށެވެ. އެހެންކަމުން ކައިލްއާއި ލޫޠުގެވެސް އެދުމުގެ މަތިން މާލެ ދިޔުމަށް އަހަރެންނިންމީއެވެ.

އަހަރެން މާލެ އައިސް ހަދަންޖެހުނު ޓެސްޓްތައް ހަދައި ނިންމާފީމެވެ. އަހަރެންނާއި ލޫޠު ނަތީޖާ ބަލާ ދިޔައީ ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ. ނަތީޖާ ބަލާދިޔުމުން އެނގުނީ ޑޮކްޓަރ ރޫމްއަށް ޓެސްޓްތަކުގެ ނަތީޖާ ފޮނުވައިފި ކަމެވެ. އަހަރެންގެ ނަތީޖާތައް ސީދާ ޑޮކްޓަރުގެ ރޫމްއަށް ފޮނުވީ ކީއްވެގެންބާއެވެ؟ އަހަރެން ނަތީޖާތަކުގައި މައްސަލަތަކެއް އުޅެނީބާއެވެ؟ އަހަރެންނަށް ނުރައްކާތެރި ބައްޔެއް ޖެހުނީބާއޭ ހިތަށް އެރުމާއެކު ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. ހިތްބިރުގަތެވެ. ލޫޠުވެސް ހުރީ ނުތަނަވަސްވެފައެވެ.

އަހަރެންގެ ހިތުގެ އަޑިން ހުރިހާ ކަމެއް ރަނގަޅުވުމަށްއެދި ދުޢާ ކުރަމުން ގޮސް ޑޮކްޓަރުގެ ރޫމަށް ވަނީމެވެ. އަހަރެން ފަހަތުން ލޫޠުވެސް ވަނެވެ. ނަމަވެސް ޑޮކްޓަރ ލޫޠު ބޭރުގައި މަޑުކުރުމަށް ބުނުމުން އަހަރެން ބިރުގަތެވެ. ހާސްވާންފެށިއެވެ. ލޫޠު ގަނޑުވެފައި ހުރުމުން އަހަރެންނާއި އެކަނި ވާހަކަތަކެއް ދައްކާލުމަށް ބޭނުންވާކަމަށް ބުނުމުން ލޫޠު ބޭރަށް ނުކުތީ ހިތްހަމަނުޖެހިފައި ހުރެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. ޔަޤީނުންވެސް ކޮންމެވެސް ކަމެއް ވެއްޖެއެވެ. އެހެން ނޫންނަމަ އަހަރެންނާއެކަނި ޑޮކްޓަރ އެވާހަކަ ދައްކާކަށް ބޭނުމެއް ނުވީހެވެ. ލޫޠުއަށް އެނގެން ނުވާވަރުގެ ކަމެއް ވީހެއްޔެވެ؟

އަހަރެން ތެޅިތެޅި އޮތް ހިތަކާއެކު ގޮސް ޑޮކްޓަރ މޭޒް ކުރިމަތީ ހުރި ގޮނޑީގައި އިށީނީމެވެ. ޑޮކްޓަރ އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. އަހަރެންގެ ނުތަނަވަސްކަން ދިޔައީ ހައްތަހާ ބޮޑުވަމުންނެވެ.

“..ލޫޝާ ވަރަށް ހިތާމަވެރި ހަބަރެއްދޭންވެފަ މިއޮތީ..” ޑޮކްޓަރ އަހަރެންގެ މޫނަށް ބަލާލަމުން މަޑުމަޑުން ބުނެލިއެވެ.

“..ކި.ކި. ކި ހިނެއްވީ..” އަހަރެން މޫނުމަތީގައިވާ ދާތިކިތައް ފޮހެލީމެވެ. އޭސީކޮށްފައިވާ ކޮޓަރީގައި އިންއިރުވެސް ހާސްވެ ދާހިއްލަމުން ދިޔައެވެ. ހިތްވެސް ބާރުބާރަށް ތެޅެމުން ދިޔައެވެ.

“..އެޗް. އައި. ވީ. ޕޮޒިޓިވް..” އަހަރެންނަށް ލިބުނު ޝޮކާއެކު މުޅި ހަށިގަނޑު ރޫރޫ އަޅާގަނެގެންދިޔައީ އިންތިހާއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (35)

  1. Natal

    Noon,,, ehen nahadhaa loosha ah please nishan

    1. nishan
      Natal

      🙁

  2. roze

    whaaaaaaaaaaaaatttt???????????????…..how could youuuuu do this to herr 🙁

    1. nishan
      roze

      sorry dear 🙁

  3. shai

    yageen ey e yumn kohgen ulhey kameh nulafaa anhehnen eiee foohi gadu

    1. nishan
      shai

      thanx shai vaahaka kiyaalii ma. yumnu kurikamakah nuvun vs ekashy gen vey..

  4. bubbles

    OMG.. hithah v v udhagu vejje.. baby eh huryma.. alge.. aslu eiy dhogu report eh dhw.. nuny vedhaane kail ge reyvumakah ves.. masha Allah v nice mi part ves.
    Aneh part kiyma nuny dhn hiyhama jehumeh nulibeyne.. v v shocking. . Avahah aneh part up koh dhechey. .

    1. nishan
      bubbles

      varah dhera gotheh loosha ah mi dhimaavi.. kykuraani dho.. loosh mi vee varah bodu badhu nasyb veriyakah.. lets see dhen kihineh tho kanthah vanee.. and thank yu bubbles..

  5. Yashaa

    Wat?????? Yumnu n Kail ge kantha dw ae… dhn Kiyaanan balanshey kiyaafa Yumu a Kail a marry kureveynu… Master mind e dw Yumnu ge hunnany

    1. Nayaal
      Yashaa

      Hama yageenehnu yashaa 🙁

    2. nishan
      Yashaa

      yashaa ge theeni master mind eh kanneyge.. hehe.. thi visnun vs goaheh noon.. thives hama vedhaane gotheh .. thannk yu..

  6. Haxu

    noooooooo kihineh mivee.. mi haadha varehga dhe anhennne dhw.. abadhu xuvaabu kohla kohla.. haha.. ey nishan mihaaru v kada mi vanee.. btw v salhi mi part ves.. nishan aa ha atoll aaa gulhumeh onnaneeetha . vahak thakuga v ha atoll vefa hunnani. hahaha.. waiting 4 the nxt part god luk

    1. nishan
      Haxu

      baeh anhenun varah xuvaab kuraa hiyvaane ekahala dhemyhun eii.. dhen ha alif atoll kuhjak ha alif atoll ah varah gulhun onnaane dho 😛 hehe thanx inge..

  7. Nayaal

    Nishan.. varah foohi mihaaru vaahaka kuriah gen dhaa goiy.. please nishan Aadhen Kohima mi bunany loosha ah ehen nahadhaa pls pls pls pls 🙁 ekamaku wait kuran next part ah .. v vvvvv sad.. Neyge miadhu nidheyne henvess… 🙁

    1. nishan
      Nayaal

      sorry nayaal 🙁 maa bodah nuvisnaa mikamaa fahun hama loosh ah vs rangalhu gotheh dhimaa vedhaane.. unmeedhu kandaa nulaa.. dhuniyeyga ulhey enmenah ufaaverikan nulibey fadhain loosh ah vs huri goiyy mii.. 🙁

  8. Nayaal

    Aadhen Kohima eh noon Ethan innaany.. Aadhes kohfa mihen innaaany

  9. naj

    dhn vaane gothakyy kail loosh varikuraany H.I.V hun na myhekey kiyaafa
    dhnkail yumnu aa innaanyy
    dhn loosh ah huri haa ehcheh vess gehleynyy
    dhn loosh barubaadhu vaany
    mi ee tha vaane gothakyy nishaan
    maybe dhw
    nishan
    how could u do that to her
    v reethi mi part vess 🙂

    1. nishan
      naj

      Hehe.. Naj varah molhu thives hama barubaadhu vedhaane gotheh.. Nooni ehen gothakah vs barubaadhu vegen hingai dhaane :-D. Thank you

  10. aisha

    aslu kail aa yumn vegen kuri kameh ei..eyrun edhemyhunnah indheveynennu.manma vs ruheynethaa..looshmaruvandhen kail ehaa heyo vegen ulheny…eyna ah kameh vedhaanethy gos dhuruga ehury

    1. nishan
      aisha

      To Good thinking aisha 😀 Thihen vun vs ekashy gen vey hama..

  11. ރަޝް

    ނިޝާން… އޭގެބަދަލް އެމީހުންނަށްވެސް ދޭންވާނެ… އެކުރެވުނީކިހާވަރެއްގެ ކަމެއްކަން އިހުސާސް ވާވަރަށް…

    1. nishan
      ރަޝް

      Yeah sure 😉

  12. GuDuMeena

    Nishaantey. . . !!! kihineh thi hedhy. . aharenge hurihaa loali thah kolhah jehijje eve. . heevee fai dhashun bingandu dhemigai henneve. mulhi meehaa ganduve aru bedhey goi vejje eve. . hithuge hingun huttunu kahala eve. 😛 BTW this is shocking. . simply AWESOME. . 😀

    1. nishan
      GuDuMeena

      Next part feshey thankolhu liye laafa miothy 😮 Hehe vaan huri gothah kanthah vany miohgen..and thank yu GuDu

  13. Haxu

    ey nishan ha atoll aa kameh dhw.. hmm hmm.. hahaha 😀

    1. nishan
      Haxu

      hehe.. i am from ha atoll 😉

  14. ފެންޓެސީ

    ނިޝާން އަޅެ ކިހިނެއް ތި ހެދީ… ނޫން.. ޕްލީޒް އެހެން ނަހަދާ… ވަރަށް ވަރަށް ގޯސް ތި ހެދި ގޮތް…. އަޅެ ފެންޓަސީ ބުނީތީ އި ރިޕޯޓް ބޭކާރު ރިޕޯޓް އެއްގެ ގޮތުގައި ހަދާދީބަލަ… ޕަލީޒް.. ލޫޝާ ކުއްޖާ ކިހާ ދެރަ ވާނެ… އެހެން ނަހަދާ ޝާން 🙁

    1. nishan
      ފެންޓެސީ

      Sorry dear 🙁 visnaalaanan thikamaa

  15. Haxu

    seriously unbeleivable..knrasheh anikka

    1. nishan
      Haxu

      Story ga eyni 😉

  16. Haxu

    molhadhoo.. aaaiyy hama serious kn erahtha.. haha haxu dhiyain molhadhoo ah.. 🙂

    1. nishan
      Haxu

      Yeah 😛 Don’t tell anyone inge 😉

  17. Haxu

    haha comment bala emmennah fennaane ennu. 😛 . haha.. aaan haxu eh nubunaanan… haha 😀

  18. ހިތާމަ

    އަނެއްބައި ފޮނުވަދީބަލަ ވަރަށް އަވަހށް ވަރަށްރީތި

    1. nishan
      ހިތާމަ

      Sorry lasvaa kamakah takes… Sunday ga up koh dheynan. In shaa Allah….. N thanks

Comments are closed.