Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ބާރަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
June 5, 2014 10 Mins Read
89 Comments

“..ހާދަވަރެއްވެފަ ތިހުރީ.. މަ ބޭނުން ގޮތެއް ކަލެޔަށް ހަދާނީ..” ކައިލް އަހަރެންގެ ދެއަތުގައި ހިފާލަމުން ގަޔާ ކައިރިކޮށްލަމުން ދުރަށް ކޮށްޕާލިއެވެ. “..ރައްކާވޭ މިތަނުން..”

“..ކަލޭ ބޭނުންހާގޮތެއް ދެން ނުހެދޭނެ..” އަހަރެން ސާބިތު ކަމާއެކު ބުނެލީމެވެ. “..ދެން ކަންތައްވާނީ އަހަރެން ބޭނުންވާގޮތަށް.. އަހަރެން މިއައީ އަހަރެންގެ ދަރިފުޅު ބަލާ.. މިއަދު މަ މިތަނުން ދާނީ ކިނާން ގޮވައިގެން.. އަޑު އިވިއްޖެތަ؟.. ކަލޭހީކުރީ މޮޅެތި ޕްލޭންތައްކޮށްގެން މަށާ ކިނާންއާ ދުރުކުރެވޭނެ ކަމަށްތަ؟.. މިއަދު ކިނާން ނުލިބިއްޖެޔާ ކޯޓަށް ގޮސްގެންނަމަވެސް ކިނާން ހޯދާނެކަން.. ހަނދާންކުރާތި..” ކައިލްގެ މޫނުމަތީ މީހަކު އެތިފަހަރެއް ވިހެލިކަހަލައެވެ. ލިބުނު ޝޮކުގައި އަހަރެންނަށް ބަލަހައްޓައިގެން ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.

“..ޔޫ ކާންޓް ޑޫ ދެޓް..” ކުއްލިއަކަށް ކައިލް ދެލޯވައްކޮށްލިއިރު ދެލޯ ހީވަނީ ރަތް އަނގުރު ގަނޑެއް ހެންނެވެ.

“..އައި ވިލް..” އަހަރެން ވަގުތުން ބުނީމެވެ.

“..ތިއުޅެނީ ކަލޭގެ ގޮތްކުޑަ ދިރިއުޅުން ކިނާންއަށް ދަސްކޮށްދޭނަމޭ ހިތާތަ..” ކައިލް އަހަރެންނާ ދިމާއަށް އައިއިރު ދެލޮލުން އަލިފާން ކަނި ބުރައެވެ. ރުޅިގަދަވެގެންގޮސް އަތުންފައިން ގޯހެއް ނަހަދައިފިޔާ ކިތަންމެހާވެސް ރަނގަޅެވެ. އަހަރެންގެ ހިތުގެ ހިނގުން އަވަސްވެ ޖެހިލުންވާގޮތްވި ނަމަވެސް އެކަން ފާޅެއްނުކުރަމެވެ.

“..ކަލެޔަށް ބޮޑު ބައްޔެއް ޖެހުނީމަވެސް މައިތިރިވާން ނޭގިގެންތަ ތިއުޅެނީ..” ކައިލްގެ ހޫނު ނޭވާތައް އެޅޭހާވަރަށް ކައިރިވެލީ އެހޫނު ނޭވާތަކުން އަހަރެން ފިއްސާލަން ކަންނޭގެއެވެ. “..ތިމާއަށް ލިބުނު ބޮނޑި ކުޑަވެގެން.. މިހާރު ތިޔަ އުޅެނީ ދަރިފުޅުގެ ދިރިއުޅުން ހަލާކުކުރާނަމޭ ހިތާތަ؟..”

“..ކަލޭ ތިއުޅެނީ މާރީތި ގޮތަކަށްތަ؟..” އަހަރެން ކައިލްއާ ހަތަރުކަޅި ހަމަކޮށްލަމުން ދުރުވެލީމެވެ. “..ކަލޭ މަށާ އިނދެގެންހުރެ ހިލޭ އަންހެނެއް ފަހަތުންދުވީ.. އެއަންހެނާއަށްޓަކައި ކުށެއް ނެތް އަނބިމީހާގެ ބޮލުގައި ދޮގުއިލްޒާމް ތަކެއް އަޅުވާފައި ވަރިކޮށްގެއިން ނެރެއެއްލާލީ.. މިކަމުން ކިނާންގެ ދިރިއުޅުން އުޖާލާވެފަ އެއޮތީ.. މަޔެއްގެ ލޯބިން މަހުރޫމްކުރަން ކަލޭ ތިހުރީ ފައިވިއްދާލައިފައި.. އެކަމް އަހަރެން ކަލެޔަށް އެކަން ކާމިޔާބު ވިޔަކަ ނުދޭނަން.. މި ހަށީގައި ފުރާނަ ހުރިހާ ހިނދަކު ކިނާން ދޫކޮށެއް ނުލާނަން.. ކަލޭމެން ދެމީހުން މޮޅެތި ޕްލޭންތައްކޮށްގެން އަހަރެން މިގެއިން ނެރެލެވިއްޖެ.. އެހެނަސް ކިނާންއާ މަށާ ދުރުކުރެވޭނޭ ހިތަށްވެސް ނާރުވާތި..”

“ކަލެޔަށް ކިނާންއެއް ނުގެންދެވޭނެ.. ..މުޅި ދުނިޔެއަށް ބޭޒާރުވާން ބޭނުންނުވަންޏާ މައިތިރިވެގެން ހުރޭ..” ކައިލް ޝަހާދު އިނގިލި ދިއްކޮށްލަމުން ހަރު އަޑުން ބުނެލިއެވެ. “..އެޗްއައިވީ ޖެހިފައިވާކަން އެކަކަށްވެސް އެނގެން ބޭނުންނުވަންޔާ ކިނާން ހޯދުމުގެ ވިސްނުން ދޫކޮށްލާ ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ..”

ކައިލް އަހަރެންނަށް ދިނީ އިންޒާރެކެވެ. އޭނާގެ މަޤުޞަދަކީ ކިނާން ހޯދުމުގެ ވިސްނުން އަހަރެންގެ ސިކުނޑިން ނެރެލުމެވެ. އަހަރެން ދުނިޔޭގެ ލަދަށްޓަކައި ކިނާން ދޫކޮށްލާނެކަމަށް ހީވަންޏާ އެކުރެވެނީ ވަރަށް ބޮޑު ކުށްހީއެކެވެ. އަހަރެން އެކަމާ ބިރުގަންނާކަށް ނުޖެހެއެވެ. އަދި އަހަރެންގެ ހަށިގަނޑުގައި އެވައިރަސް ހުރިކަމެއްވެސް ޔަޤީނެއްނުވެއެވެ. ކައިލްމެން ރާވައިގެން ނުބައި ރިޕޯޓްތަކެއް ހެއްދުވީ ނޫންކަމެއްވެސް ނޭގެއެވެ.

“..މަގޭ ހަށިގަނޑުން އެޗްއައިވީ ފެނުންވެސް އެއީ ކަލޭމެން ދެމީހުންގެ ރޭވުމެއްކަން ޔަޤީންވެއްޖެ.. މަށަށް ޔަޤީން އެއީ ފޭކް ރިޕޯޓްތަކެއްކަން..”

އަހަރެން ކައިލްގެ މޫނަށް ބަލަހައްޓައިގެން ހުރީ އެމޫނު މައްޗަށް އަރާ ކުލަވަރެއް ބެލުމުގެ ނިޔަތުގައެވެ. ނަމަވެސް ކައިލްގެ މޫނުމަތިން އެއްވެސް ކަހަލަ ހާސްވުމެއް ކަންބޮޑުވުމެއް ފާޅެއް ނުވިއެވެ. އޭނާގެ ތުންފަތަށްވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

“..ދެވަނަ ފަހަރަށް ގޮސް ޓެސްޓް ހަދާބަލަ.. އޭރުން ވަރަށް ބޮޑަށް ޔަޤީންވާނެ އަހަރުމެންގެ ރޭވުމެއްކަން..” އަހަރެންގެ ރިޕޯރޓްތައް ނުބައިނަމަ ކައިލް ދެވަނަ ފަހަރަށް ޓެސްޓް ހެދުމަށް ބުނަންވީ ކީއްވެގެން ހެއްޔެވެ؟ ހަމަ ހަޤީޤަތަށްވެސް ލޫޠު ބުނިގޮތަށް އަހަރެންގެ ހަށިގަނޑަށް އެޗްއައިވީ ވައިރަސް ވައްދައިގެން އުޅެނީކީ ނޫންބާއެވެ؟

“..ނޫނީ ކަލޭ ރަށަށްގޮސް ގެޔަށް ނިންދަވަން ގެނައި ކުއްޖާ ޓެސްޓްކޮށްލާ.. އޭރުން ޔަޤީންވާނެ..” އިވިގެން ދިޔައީ ޔުމްނުގެ އަޑެވެ. ޔުމްނުގެ އަޑުއިވުމާއެކު އަހަރެންގެ ލޭތަށް ކެކިގަތެވެ.

“..ކަލޭ ހެން ހިލޭ ފިރިހެނުން ފަހަތުން މަށެއް ނުދުވަން..” އަހަރެންނަށް ކަޅިއަޅާލެވުނެވެ. “..މަށެއް ފާފައެއް ނުކުރަން..”

ޔުމްނު މަޑު ހިނގުމެއްގައި ސިޑިން ފައިބެގެން އައިސް އަހަރެން ކައިރީ ހުއްޓުނުއިރުގެ އަހަރެންގެ ނޭވާވެސްވަނީ އަވަސްވެފައެވެ.

“..ބުނަން ރަނގަޅު ވާހަކައެއް.. ކަލޭ ރަށުގެ ރައްޔިތުންނާ މުޅި މާލޭ އެންމެންގެ ކުރިމަތީގައި ބޭޒާރުވާން ބޭނުންނުވަންޏާ ތިހިޔާލް ދޫކޮށްލާ.. ކަލެޔަކަށް ސާބިތެއް ނުކުރެވޭނެ ކަލޭ ހަށިގަނޑުގަ އެބަލި ނެތްކަމެއް.. ކިތަންމެ ވަރަކަށް ޓެސްޓްތައް ހެދިޔަސް އެއީ ވާނެކަމެއް ނޫން.. ބޭޒާރުވާނީވެސް ލަދު ގަންނާނީވެސް ޚުދު ކަލޭ.. ކައިލްގެ ހަށިގަނޑުގަ ބަލިނެތިސް ކަލެޔަށް ބަލިޖެހުނީ ކީއްވެބާއޭ ކަލޭގެ ހިތަށް އެކަނި އަރާނީ..”

ޔުމްނުގެ ވާހަކަތަކުން އަހަރެންގެ ޕްރެޝަރު ދިޔައީ މަތިވަމުންނެވެ. ހަށިގަނޑުގައި މަޑުމަޑު ތުރުތުރުލުމެއް އުފެދެމުން ދިޔައެވެ. ދަތްތަކަށް ބާރުވެގެންދިޔަ ހިނދު ހީވީ ދަތްތައްވެސް ބިންދައިގެން ހިނގައިދާނެ ހެންނެވެ.

“..އެހެންމީހުންގެ ހިތަށްއަރާނީ ކައިލް ބޭރުގަ އުޅުންދުވަސްވަރު އެހެންމީހަކާ ގުޅުމެއް ހިންގީއޭ.. އެހެންވީމަ މިކަމާމެދު ވިސްނާ.. އަމިއްލަ ނަފްސާ ދޭތެރޭ ނުވިސްނަންޏާ ބަނޑު އަޅާވިހޭ މައިމީހާ ނޫނީ ބައްޕައާމެދު ވިސްނާލާ.. އެމީހުން ކިހާލަދެއް..” ޔުމްނުއަށް ބުނެވުނީ އެހިސާބަށެވެ.

“..މަށަށް އެނގެއޭ މީ ކަލޭމެން ދެމީހުން ރާވައިގެން ދީފައިވާ ލަނޑެއްކަން..” އަހަރެންނަށް ހަޅޭލަވައި ގަނެވުނީ ކެތްނުވެގެންނެވެ. “..މަށަށް އިނގޭ މަގޭ ބޯ ފަޅާލިރޭ ކަލޭމެން މަގަޔަށް އެޗްއައިވީ ލޭ އެޅީކަން..”

ކުއްލިއަކަށް ޔުމްނުގެ މޫނުމަތިން ފާޅުވެގެންދިޔަ ކަންބޮޑުވުމުގެ އަސަރުގެ ސަބަބުން އަހަރެން ލަމުންދިޔަ ނޭވާތައްވެސް އިހުނަށްވުރެ އަވަސްވެގެންދިޔައެވެ. ހިތުގެ ހިނގުން އެތައްގުނައަކަށް އިތުރުވެގެން ދިޔައެވެ. ޔުމްނުއަށް ބަލާލެވުނީ ކައިލްއާ ދިމާއަށެވެ. ހަމަހިމޭން ވަގުތުކޮޅެއް ވެރިވެގެންދިޔައިރު އަހަރެން ގަޔަށް އެޗްއައިވީ ލޭ އަޅާފައިވާކަން ޔަޤީންކުރެވުނެވެ. އަހަރެން ފެންކަޅިވާގޮތްވީ ނަމަވެސް އަވަސްއަވަހަށް އެސްފިޔަތައް ޖަހަންފެށީ ކަރުނަތައް ހިންދާލުމުގެ ގޮތުންނެވެ.

“..ކަލެޔަށް ތިކަމެއްވެސް ސާބިތެއް ނުކުރެވޭނެ..” ކައިލް ހަރުކަށި ރާގެއްގައި ބުނެލިއެވެ. “..ކަލޭ ތިހެން ބުންޏަސް ތިވާހަކަތައް ޤަބޫލު ކުރާނެ މީހަކު ނުވާނެ..”

“..އަހަރެން ތިކަންވެސް ސާބިތުކޮށްދޭނަން.. ކިނާންވެސް ހޯދާނަން.. ކަލޭމެނަށް ދޫދޭނޭ ހީނުކުރާތި..” އަހަރެންގެ އަޑުގައި ތުރުތުރުލުމެއް އުފެދޭހެން ހީވުމުން ވާހަކަ މެދުކަނޑާލީމެވެ.

އަހަރެން މާގިނަ ވާހަކަތައް ދައްކަން އުޅެފިނަމަ ރޮވިދާނެކަމުގެ ބިރުވެސް ހިތުގައި ބޮޑުވެގެން ދިޔައެވެ. ކައިލްމެން ކުރިމަތީ އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލާކަށް ބޭނުމެއްނޫނެވެ. އެހެންކަމުން އަވަސްއަވަހަށް އެތަނުން ދިޔުމަށް ހިނގައިގަތީ ކިނާން ބަލާ އަންނާނެކަމަށް ބުނަމުންނެވެ. އަހަރެންނަށް ލިފްޓްއަށް ވަދެވުނީ ކިރިޔާއެވެ. އަހަރެންގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އަނގަމަތީ އަތްއަޅާ ބާރުކޮށްލެވުނުއިރު ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ތިކިތައް ފައިބަންފަށައިފިއެވެ. ކޯތާފަތްމަތި ތެންމަމުން ދިޔައެވެ. އަހަރެންނަށް ލިބުނީ ކުޑަކުޑަ ހިތްވަރެކެވެ. އަހަރެންގެ ހަށިގަނޑުގައި ބަލި ނުހުންނާނެކަމަށް ކުޑަނަމަވެސް އުއްމީދެއް ކުރެވުނެވެ. ނަމަވެސް އެހިތްވަރާއި އުއްމީދުތައް ފުޑުފުޑުވެގެން އެދިޔައީއެވެ. އެއީ އިންސާނިއްޔަތު ކަމެއްވެސް ނެތް ދެމީހުންނެވެ. އެމީހުންނަށް ކުރިލިބި އަހަރެން މިވަނީ އެއިޑްސް ބަލީގެ ޝިކާރައަކަށްވެފައެވެ. ދެދުވަހެއްގެ މެހެމާނަކަށް ވެފައެވެ. ކުރާނެކަމެއް ނެތެވެ. މީ އަހަރެންނަށް މިންވަރު ކުރައްވާފައިވާ ގޮތެވެ. އަހަރެން ކިތަންމެ ވަރަށް ރުޔަސް ވެނިމިފައިވާ ކަމެއް ބަދަލެއް ނުކުރެވޭނެއެވެ. އެއިޑްސް ޖެހިފައިވާކަން ޤަބޫލްކޮށް ކެތްތެރިވުންނޫން ގޮތެއް އަހަރެންނަކަށް ނެތެވެ.

އަހަރެން ގެޔަށް ދިޔަ މަގުމަތީގައި ވަރަށް ވިސްނީމެވެ. އަހަރެން މުޅި ދުނިޔެއަށް ބޭޒާރުވާކަށް ބޭނުމެއް ނޫނެވެ. މަންމައާއި ބައްޕަ އަހަރެން ދައްކާ ވާހަކަ ޤަބޫލްކުރި ނަމަވެސް ރަށު އެހެން މީހުންނަކަށް އަހަރެންގެ ވާހަކަތަކެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަހަރެން ކިނާން ހޯދުމަށް އުޅެފިނަމަ ލަދުގަންނާނީ އަހަރެންގެ މަންމައާއި ބައްޕައެވެ. އަހަރެންގެ ސަބަބުން މަންމަމެން ލަދު ގަންނަންޖެހޭ ވަރުގެ ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ކިނާން ދޫކޮށްލާކަށްވެސް ބޭނުމެއް ނޫނެވެ. އޭރުން ކިނާންއަށް ލިބޭނީ އިތުރު ނިކަމެތިކަމެކެވެ. ހަދާނެ ގޮތެއް ނުވިސްނުނެވެ. އެއްކޮޅުން އުފަންދަރިފުޅުގެ މުސްތަޤުބަލެވެ. އަނެއްކޮޅުން މަންމައާއި ބައްޕައާއި ދުނިޔޭގެ ލަދެވެ. ހަދާނެ ގޮތެއް ނުވިސްނިގެން އަހަރެންގެ ބޯ ހާސްވާންފެށިއެވެ. އެޔާއެކު އަހަރެންގެ ބޮލުގައި ރިހެމުންދިޔަ ރިހުންގަނޑުވެސް ގަދަވެގެންދިޔައެވެ.

އަހަރެން މަޑުމަޑުން ދޮރު ހުޅުވާލައިފައި އެތެރެއަށް ވަންއިރު ލޫޠު އާއި ނީލް ސޯފާގައި އިނެވެ. ލޫޠު ކޮޅަށް ތެދުވަމުން އަހަރެންނާ ދިމާއަށް ބަލާލިއިރު އެލޮލުގައިވާ ކަރުނަތައް އަހަރެންނަށް ފެނުނެވެ. ލޫޠު އަތުގައި އޮތް ރިޕޯޓްތައް އަހަރެންނަށް ދައްކާލިއެވެ. އެޔާއެކު އަހަރެންނަށް ދުވެފައިގޮސް ލޫޠުގައިގައި އޮޅުލައިގަނެވުނެވެ. އަހަރެން ލޫޠުގެ ގައިގައި އޮޅުލައި ގަނެގެން އޮވެ ކައިލްމެން ދެއްކިވާހަކަތައް ކިޔައިދެމުން ދިޔައީ ގިސްލަމުންނެވެ. ލޫޠުގެ ޓީޝާޓްގައި ބާރަށް ހިފަހައްޓައި ލައިގެން އޮވެ ހުރިހާ ވާހަކަތަކެއް ކިޔާދީ ނިމުނުއިރުވެސް ލޫޠު ހިމޭނުން ހުރީއެވެ. އޭނާއަށްވެސް ދެން ކަންތައްކުރަންވީ ގޮތެއް ނޭގެނީ ކަންނޭގެއެވެ. ނޫނީ ދާންވީ ދިމާލެއް ނުވިސްނެނީ ކަންނޭގެއެވެ. ލޫޠު އަހަރެން ގަޔާ ދުރުކޮށްލަމުން އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުންޏެވެ. އެވަގުތު ނީލް ލޫޠުގެ ކޮނޑުމަތީ އަތްބާއްވާލިއެވެ. އަހަރެންނަށް ނީލް އެތަނުގައި ހުރިކަން ހަނދާންވެސްވީ އެވަގުތުއެވެ.

“..ލޫޠު އައި ހޭވް އައިޑިއާ..” ނީލް ލޮލުން އިޝާރާތްކޮށްލަމުން އެއްފަރާތަކަށް ޖެހިލުމާއެކު ލޫޠުވެސް ނީލް ކައިރިއަށް ދިޔައެވެ. ލޫޠު އާއި ނީލް ސިއްރުން ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. އެޔަށްފަހު ނީލް ބާރަށް ހިނގާލައިފައިގޮސް ގެއިން ނުކުތެވެ.

“..ދޮނާ ބޭނުމީ ކޮން ގޮތެއް..” ލޫޠު އެހިއެވެ.

“..އައި ޑޯންޓް ނޯ..” އަހަރެން ކަރުނައިން ފުރިފައިވާ ލޮލުން ބަލާލަމުން ބުނީމެވެ. “..އަހަރެން ކިނާންވެސް ބޭނުން.. އެކަމް މަންމައާ ބައްޕައާމެދު ވެސް ވިސްނަންޖެހޭ.. އަހަންނަށް ދުނިޔޭގެ ލަދަށްވެސް ކެތްކުރެވިދާނެ.. އެކަމް މަންމަމެންނަށް..”

“..މަންމަމެނާ މެދު ނުވިސްނާ.. އެކަން އަހަރެން ހަމައަކަށް އަޅުވަދޭނަން.. ޓެލް މީ ދޮނާ ކިނާން ބޭނުންތަ ނޫންތަ؟..” އަހަރެންނަށް މިހާލު ޖެއްސީތީވެސް އެމީހުންގެ އަތުން ކިނާން އަތުލުމަށް އަހަރެން ބޭނުންވެއެވެ. އަހަރެންގެ ފަހުދުވަސްތައް ކިނާން ފެންނަ ހިސާބެއްގައި އުޅުމުގެ ނަސީބު ލިބިއްޖެނަމަ އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނެއެވެ. އެހެންކަމުން އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ.

“..ދޮނާއަށް.. ކިނާން ލިބޭނީ.. ޑޯންޓް ވޮރީ..” ލޫޠު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “.. އެމީހުންނަށް ރަނގަޅު ފިލާވަޅެއް މިއަދު ދަސްކޮށްދޭނަން.. އަހަރެން ހުރިހާކަމެއް ހަމަޔަކަށް އަޅުވާލަދޭނަން..”

ލޫޠު އެހެން ބުނަމުން ގެއިން ނުކުމެގެން ދިޔައީ އަހަރެންނަށް އިތުރު ސުވާލެއްކޮށްލުމަށް ފުރުޞަތެއް ދިނުމެއް ނެތިއެވެ. ލޫޠު ކުރަން އުޅެނީ ކީއްކަމެއް އަހަރެންނަކަށް ނުވިސްނުނެވެ. އެމީހުންގެ އަނގަ ބައްދާލުމަށް ލޫޠުއަށް ވަކި ކުރެވޭނީވެސް ކީއްހެއްޔެވެ؟

ލޫޠު ގެޔަށް އައީ ހަތެއް ޖަހަން އުޅެނިކޮށެވެ. އޭރު އަހަރެން އުޅުނީ ނީލްގެ މަންމައާއެކު ބަދިގެ ތެރޭގައި ރޭގަނޑު ކެއުން ތައްޔާރު ކުރުމަށްޓަކައެވެ. ލޫޠު ބަދިގެއަށް ބޯ ދިއްކޮށްލަމުން މީރުވަސް ދުވާ ވާހަކަ ބުނެލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. އަހަރެންވެސް ނީލް މަންމަ ކައިރީ އެބަ އަންނަމޭ ބުނުމަށްފަހު ކޮޓަރިއަށް ދިޔައީ ލޫޠު ކުރިކަމެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

އަހަރެން ކޮޓަރިއަށް ވަނުމާއެކު އެނދުގައި އިށީދެލައިގެން އިން ލޫޠު ހީލަމުން އެނދުގައި އިށީނުމަށް އެދުނެވެ. އަހަރެން އެނދުގައި އިށީނުމާއެކު ލޫޠު ކޮށްޅަށް ތެދުވަމުން ޖީބުން “އިންޖެކްޝަން”އެއް ނަގައި އެނދުމަތީ ބޭއްވިއެވެ. އަހަރެންނަށް ލޫޠުއާ ހަތަރު ކަޅި ހަމަކޮށްލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

“..ދޮނާގެ ގައިން ބްލަޑް ނަގާ..” ލޫޠު ބުނެލިއެވެ. އަހަރެންނަށް ލޫޠުއަށް ބަލަހައްޓައިގެން އިނދެވުނީ ލޫޠު ކުރަން އުޅޭކަމެއް ވިސްނުމަށް ނައިސްގެންނެވެ. އަހަރެންގެ ހަށިގަނޑުން ލޭ ނަގައިގެން އަނެއްކާވެސް ޓެސްޓް ހަދަން އުޅެނީހެއްޔެވެ؟

“..ކީއްކުރަން..” ލޫޠު އެއްޗެއް ނުބުނެ ހުރުމުން އަހަރެން އެހީމެވެ.

“..އެމީހުންނަށް އިޙްސާސްކޮށްދޭން އެކުރެވުނީ ކިހާވަރެއްގެ ކަމެއްކަން..” އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލޫޠު އެއުޅެނީ އެމީހުންގެ ގަޔަށް އަހަރެންގެ ލޭ އިންޖެކްޓް ކުރަން ހެއްޔެވެ؟ ބަދަލް ހިފުމުގެ ރޫހުގައި އެމީހުން ހިނގި މަގުން ހިނގަން ބޭނުންވީ ހެއްޔެވެ؟

“..ލޫޠު ތީ ރަނގަޅު ވިސްނުމެއް ނޫން..” އަހަރެންނަށް ކޮޅަށް ތެދުވެލަމުން ލޫޠުއަށް ފުރަގަސްދެވުނެވެ. “..އަހަރެން ބޭނުމެއްނޫން ތިގޮތެއް..” ކައިލްއާ ޔުމްނު އަހަރެންނާމެދު ކިތަންމެ ނުބައިކޮށް ކަންތައްކޮށްފައިވީ ނަމަވެސް އެކަމަކާ އެއްބަހެއް ނުވެވޭނެއެވެ. އަހަރުމެން އެކަކަށްވެސް އަނެކަކުގެ ފުރާނައާ ކުޅުމުގެ ހައްޤެއް ލިބިގެނެއް ނުވެއެވެ.

“..ދޮނާ..” ލޫޠު ބުނިއަޑު އިވުނެވެ.

“..ތިގޮތަށް ކަންތައްކުރީމަ އަހަރުމެންނެކޭ އެމީހުންނެކޭ ކޮންތަފާތެއް އޮންނާނީ..” އަހަރެން އެނބުރިލަމުން ބުނީމެވެ.

“..ދޮނާ..އަހަރެން ނޫޅެމޭ އެމީހުންގެ ގަޔަށް އިންޖެކްޓް ކުރާކަށް..” ލޫޠު އަހަރެންގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. “..ހަމައެކަނި ބޭނުންވަނީ ދޮނާއަށް އެމީހުން ކަންތައްކުރިގޮތް އޮޅުންފިލުވާލަން.. އެމީހުން ސާބިތެއް ނުކުރެވޭނޭ ބުނިކަންތައް ސާބިތުކުރެވޭނެ ހެތްކެއް ހޯދަން.. ޓްރަސްޓް މީ.. އެމީހުންގެ އެކެއްގެވެސް ފުރާނައަކަށް ގެއްލުމެއް ނުދޭނަން.. ޕްރޮމިސް.. އަހަރެން ކަންތައް ކުރަންވިސްނާފައިވާ ގޮތް ކިޔާދޭނަން.. ދޮނާ މިތާ އިށީނދެބަލަ..”

ލޫޠު އަހަރެންނަށް އޭނާ ކަންތައްކުރަން ރާވާފައިވާ ގޮތް ތަފްސީލްކޮށް ކިޔައި ދިނެވެ. ލޫޠު ރާވާފައިވާ ގޮތަށް ކަންތައް ވެއްޖެނަމަ ޔުމްނުއާއި ކައިލްގެ އަނގަ ބަންދުކޮށްލެވިދާނެއެވެ. އޭރުން އަސްލު ކަންތައްވެފައިވާގޮތް އެންމެންނަށްވެސް އެނގިގެންދާނެއެވެ. އަހަރެންނާ ދިމާއަށް ޠުހުމަތުގެ އިނގިލި ދިއްކުރާ މީހުން މަދުވާނެއެވެ. އެހެންކަމުން އަހަރެން ލޫޠުއަށް އިތުބާރުކޮށް އެކަމާ އެއްބަސްވީމެވެ.

ނުވައެއް ޖަހަނިކޮށް ލޫޠުއަށް ނީލްގެ ކޯލެއް ލިބުނެވެ. ނީލް ގުޅީ ޔުމްނުމެން އުޅޭ ހިސާބެއް އަންގާލަ ދިނުމަށްޓަކައެވެ. ލޫޠުވަނީ ނީލްއަށް އަހަރެންނަށް ދިމާވެފައިވާ ހާލަތު ތަފްސީލްކޮށް ކިޔައިދީފައެވެ. ނީލްއަށް ވެވުނު އެހީއެއް ވެދިނުމަށް އޭނާ ހުރީ ތައްޔާރަށެވެ. އަސްލު ހަޤީޤަތުގައި ލޫޠު ރޭވި ޕްލޭނަކީވެސް ނީލް ދިން ހިޔާލެކެވެ. އަހަރެންނާއި ލޫޠު މިސްރާބު ޖެހީ ޔުމްނުމެން ގެޔާ ދިމާއަށެވެ. ނީލް މަޢުލޫމާތު ދިންގޮތުގައި ޔުމްނުއާއި ކައިލް މިވަގުތު ތިބީ އެގޭގައެވެ.

އަހަރެން ޔުމްނުމެންގޭ ދޮރުގައި ޓަކި ޖަހާލީ މަޑުމަޑުންނެވެ. ނަމަވެސް އެތެރޭން އެއްވެސް ޚަބަރެއް ނުވުމުން ތަންކޮޅެއް ބާރަށް ދޮރުގައި ޖަހައިލީމެވެ. އެތެރެއިން ޔުމްނުގެ އަޑު އިވިގެންދިޔައެވެ. ކާކުތޯ ސުވާލްކުރަމުން ދޮރާ ކައިރިއަށް އަންނަހެން ހީވިއެވެ. އަހަރެން އެއްވެސް ޖަވާބެއް ދިނުމެއްނެތި ހުރީއެވެ. މަޑުމަޑުން ކުޑަކޮށް ދޮރު ހުޅުވިގެންދިޔައެވެ. ޔުމްނުއަށް އަހަރެން ފެނުމާއެކު ފުޅާ ހިނިތުންވުމަކާއެކު އެއްކޮށް ދޮރު ހުޅުވާލީ އެތެރެއަށް ވަނުމަށް ދަޢުވަތު ދެމުންނެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. ލޫޠު ހުރީ ފާރާ ނިވާވެގެންކަމަށްވުމުން ޔުމްނުއަކަށް ލޫޠެއް ނުފެނެއެވެ.

“..ކޮބާ.. ކޮންބޭނުމަކު..” ޔުމްނު އެހިއެވެ.

“..މިއައީ ޔުމްނު ޝައުކަތަށް ފިލާވަޅެއް ނަގައިދޭން..” އަހަރެން ކުއްލިއަކަށް ގޭތެރެއަށް ދެމިގަންނަމުން ޔުމްނުގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފަހައްޓާލުމާއެކު ޔުމްނު ދެލޯ ބޮޑުކޮށްލިއެވެ. ލޫޠު ދޮރުމައްޗަށް އެރީ އެވަގުތުއެވެ. ޔުމްނުއަށް ވާނުވާ ނޭގިގެން ފަހަރަކު މީހަކަށް ބަލަމުން ދިޔައެވެ. ލޫޠު ދެލޯ ވައްކޮށްލަމުން އަތުގައި އޮތް އިންޖްކްޝަން ދައްކާލިއެވެ. ޔުމްނުއަށް ހާސްވެގެން ތެޅި ގަނެވުނީ ކަންތައް ވާން އުޅޭ ގޮތް ވިސްނުމުންނެވެ. އޭނާ އަހަރެންގެ އަތް ފޮޅުވާލުމަށް މަސައްކަތްކުރަނިކޮށް ލޫޠު ދޮރު ލައްޕާލަމުން އައިސް ޔުމްނުގެ އަތުގައި ބާރަށް ހިފާލިއެވެ. އެވަގުތު ޔުމްނު ކައިލްއަށް ބާރަށް ގޮވާލިއެވެ. ލޫޠު ހަޅޭ ނުލެވުމަށް ބުނަމުން ޔުމްނު ފާރާ ދިމާއަށް ހޫރުވާލުމާއެކު ޔުމްނު ކައިލްއަށް ގޮވާލަމުން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ލޫޠު ޔުމްނު ހިފެހެއްޓީ މައިތިރިވެގެން ހުރުމަށް ބުނަމުންނެވެ. އެވަގުތު ކައިލް ދުވެފައި ކޮޓަރިން ނިކުތެވެ. ކައިލްއަށްވެސް ލިބުނީ ސިހުމެކެވެ. ހައިރާންކަމެކެވެ. ޔުމްނުއާ ދިމާއަށް ދުއްވައިގަތެވެ.

“..ތިހުރި ފިޔަވަޅުމަތީ ހުއްޓި ހުރޭ.. މީގަ މިހުރީ ދޮނާގެ ގައިން ނެގި ލޭ..” ލޫޠު ހަޅޭލަވާގަތީ ކައިލްއާ ދިމާއަށެވެ. ކައިލް ވަގުތުން ހުއްޓުނެވެ. އިންޖެކްޝަން ހުރީ ޔުމްނުގެ ކަރުދަށުގައި ޖައްސައިފައެވެ. ޔުމްނުއަށް ފަރާތަކަށް ގުޑިލަންވެސް ނުކެރިފައި ހުރީ އިންޖެކްޝަން ގަޔަށް ވަދެގެން ހިނގައިދާނެތީއެވެ. އޭނާ ހުރީ ދެއަތް މައްޗަށް ނަގައިގެން ލޯ މަރާ ބާރުކޮށްލައިގެންނެވެ. ދެތުންފަތް ފިއްތާ ބާރުކޮށްލައިގެން ހުރިއިރު ނޭވާވެސް ހިފަހައްޓާލައިގެން ހުރިހެން ހީވެއެވެ.

“..ލޫޠު ތީ ކޮންކަމެއް..” ކައިލް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ލޫޠު ކައިލްއަކަށް އެފުރުޞަތެއް ނުދިނެވެ.

“..ކަލޭ އަނގައިން އެންމެ ލަފްޒެއް ބޭރުވިޔަސް މިކަށި ވަދެގެންދާނެކަން ހަނދާންކުރާތި.. މިއަދު ކަންތައްވާނީ އަހަރެން ބޭނުންވާ ގޮތަށް.. ކަލޭމެން ބޭނުންވާ ގޮތަށް ކަންތައްކޮށް ނިންމައިފީމެއްނުން.. ދެން އެހެންވީމަ މައިތިރިވެގެން ހުރޭ..”

ލޫޠު އެހެން ބުނަމުން ފާރު ކައިރީ ހުރި ސޯފާ ގޮނޑިއަށް ޔުމްނު ގަންނުވާލިއެވެ. އެއްވެސް ރަހުމެއްނެތިއެވެ. ކައިލްއަށް ފިޔަވަޅެއް ކުރިޔަށް އަޅާލެވުމާއެކު ލޫޠު ކައިރި ނުވުމަށް ހަނދާންކޮށްދިނެވެ. ޔުމްނު ވަނީ ދާހިއްލާ ފޯވެފައެވެ. ބިރުންގޮސް މީހާ ތުރުތުރުވެސް އަޅައެވެ.

“..ކިޔާދީ.. ކަލޭމެން ރޭވި ޕްލޭން.. ކަންތައްކުރި ހުރިހާ ގޮތެއް ކިޔާދީ..” ލޫޠު ހަރުކަށި ރާގެއްގައި ބުނެލިއެވެ. ލޫޠު ޖީބުން ފޯނުގައި ނަގައި އަހަރެންނާ ދިމާއަށް އެއްލިއެވެ. އަހަރެންނަށް ޙަވާލްކުރެވިފައިވާ މަސައްކަތަކީ ޔުމްނު ކިޔާދޭ ވާހަކަތައް ރެކޯޑް ކުރުމެވެ.

“..ލޫޠު ޕްލީޒް.. އައި އޭމް ސޮރީ..” ޔުމްނު ދެއަތް ދެއަތާ ޖޯޑްކޮށްލަމުން ލޫޠުއާ ދިމާއަށް ބަލާލީ އާދޭހުގެ ނަޒަރަކުންނެވެ. އޭނާއަށް ރަޙުމް ކުރާށޭ ބުނާކަހަލައެވެ. ނަމަވެސް ލޫޠު ކުރިޔަށްވުރެ ބޮޑަށް ލޯ ބޮޑުކޮށްލަމުން އިންޖެކްޝަން ކައިރިކޮށްލުމާއެކު ޔުމްނުއަށް ފަހަތަށް ޖެހެވުނުއިރު ލޮލުން ކަރުނަ އޮހެން ފަށައިފިއެވެ.

“..ކިޔާދީ .. ނޫނީ ދޮނާއަށް ޖެއްސިހާލު ކަލެޔަށް މިރޭ ޖެހިގެންދާނީ..” ލޫޠު އަނެއްކާވެސް ބުނެލިއެވެ.

“..ލޫޝާގެ ހަށިގަނޑަށް އެޗްއައިވީ ލޭ އެޅީ އަހަރެން..” ޔުމްނު ތުރުތުރުލަމުން ދިޔަ އަޑުން ބުނެލިއެވެ. “..އަހަރެންނަށް މާފްކޮށްދީ.. ސޮރީ .. “

“..ތަފްސީލްކޮށް ކިޔާދީ.. ކަލޭމެން ރޭވި ރޭވުމާ ކަންތައްކުރިގޮތާއި.. ބައިވެރިވި މީހުންނާ ހުރިހާ އެއްޗެއް ކިޔާދީ..” ޔުމްނު ކަރުނައިން ފުރިގެންވާ ލޮލުން ކައިލްއަށް ބަލަހައްޓައިގެން އިންއިރު އޭނާގެ ތުންފަތުގައި ތުރުތުރުލުމެއް އުފެދިފައިވެއެވެ. ޔުމްނު އަނގައިން ނުބުނެ އިނީ ކައިލްގެ އެހީއެއް ލިބޭތޯ ކަންނޭގެއެވެ. ނަމަވެސް ކައިލް ހުރީ ކަސްތޮޅު އެޅިފައެވެ. އޭނާ ކުރިޔަށް އަޅާ އެންމެ ފިޔަވަޅަކުން ޔުމްނުގެ ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެއެވެ. އޭނާ ކިތަންމެ ބާރަށް ފުންމައި ގަތަސް ލޫޠު ކަށިކޮށްޕާލުމުގެ ކުރިން އެހިސާބަށް ނުދެވޭނެކަން އޭނައަށް ޔަޤީންވެއެވެ. ލޫޠު ކައިލްއަށް ބަލާލަމުން އިންޖެކްޝަން ކަށި ޔުމްނުގެ ކަރުގައި ޖައްސާ ފިއްތާލުމާއެކު ކައިލް ހަޅޭލަވައިގަތެވެ. ޔުމްނު ކައިރީ ހުރިހާ ވާހަކަތަކެއް ކިޔައި ދިނުމަށް ކައިލް ބުނީ ހާސްވެހުރެއެވެ. ލޫޠު އިންޖެކްޝަން ދުރުކޮށްލިއެވެ. ޔުމްނު އިރުގަނޑަކު ވާހަކަ ނުދައްކައި އަނގަމަތީ އަތްއަޅައިގެން ރޯން އިނެވެ. އަހަރެން ދިޔައީ އެހުރިހާ މަންޒަރެއް ފޯނަށް ރެކޯޑް ކުރަމުންނެވެ.

“..ލޫޝާ ބޯ ފަޅައިގެން ދިޔަ ރޭ އެކަންކުރީ..” ޔުމްނު މަޑުމަޑުން ލަސްލަހުން ވާހަކަ ދައްކަންފެށިއެވެ. “..އަހަރެންނާ ކައިލް ރައްޓެހިވެފަ ފުރަތަމަ ބޭނުންވީ ދެއަތްބަށް އިންނަން.. އެހެނަސް ލޫޝާ ޤަބޫލް ނުވާނެކަން އެނގޭތީ ރޭވީ ލޫޝާއަށް އެޗްއައިވީ ޖައްސާ ގެއިން ނެރެލަން. އެއީ ކައިލް ކިނާން ބޭނުންވާތީ ނިންމި ގޮތެއް.. ކައިލް ބުނީ އެހެން ހެދީމަ ލޫޝާ ކިނާން ހޯދާކަށް ނޫޅޭނޭ… އެހެންވެ ކައިލް އޮފީހުގަ އުޅޭ ޒައިކު މެދުވެރިކޮށްގެން އެޗްއައިވީ ޕޮޒިޓިވް ލޭވެސް ލިބޭނެގޮތް ހަމަޖެއްސީ.. ނަމަވެސް އެކަމުގެ ނުރައްކާ ބޮޑުވީމަ އެކަންތައް ނުކުރެވިފަ އޮތީ.. އެހެން ހުއްޓާ ލޫޝާއަށް ހުރިހާ ކަމެއް އެނގިގެން މަންމައަށް ހުރިހާކަމެއް އެންގީ.. އެރޭ ކައިލް ރުޅި އައިސްގެން ލޫޝާ ހޫރުވާލިތަނުން ބޯފަޅައިގެން ގޮސް ހޭނެތުނީ.. އަހަރެމެން ރޭވި ޕްލޭނަށް ކަންތައްކުރުމަށް ވިސްނުމަށް އައީ އެހިސާބުން.. އެހެންވެ ކައިލް ބޭރަށް ދިޔައީ ލޭ ހޯދަން.. ދިޔަތަނުން ލޫޝާ އަތް ގުޑުވާލި.. ހޭއެރީ.. އަހަރެން ހަދާނެގޮތެއް ނޭގިގެން ފޮތިގަނޑަކުން ނޭފަތްމަތީ އަޅާ ނޭވާ ހާސްކޮށްލީ.. އެވަގުތު ކައިލް ފޯން ބަލާއައީ.. ލޫޝާގެ ލޯ މެރިގެން ދިޔައީވެސް އެވަގުތު.. ކައިލް ބިރުން ހަޅޭލަވާގަތީ މަރާލީއޭ ކިޔާފަ.. އަހަންނަށް އެވަގުތު ވިސްނުނީ ހެދުނު އެތިވެސް.. ނަސީބަކުން ލޫޝާ މަރެއްނުވެ.. ވިންދު ހުރީމަ އެނގުނީ ހޭނެތިފައި އޮތްކަން ..އެއީ އަހަރުމެންގެ ނަސީބު.. ދެން ކައިލް ގޮސް ލޭ ހިފައިގެން އައީމަ އަހަރެން ލޫޝާގެ އަތުގެ ބޮޑީ މަސްގަނޑަށް އެ އިންޖެކްޝަން ޖެހީ.. ލޫޝާ އެރޭ ހޮސްޕިޓަލްއަކަށް ނުގެންދެ.. ބޭސް އަޅައިގެން ސީދާ ގެޔަށް ގެންދިޔައީ.. އެއީވެސް އަހަރުމެން މަންމަގެ ރުހުން ހޯދަން..” ޔުމްނުއަށް ވާހަކަ ދެއްކުނީ އެހިސާބަށެވެ.

ކައިލް ކުއްލިއަކަށް ހަޅޭލަވައިގަންނަމުން ދަނޑިބުރިއަކުން އަހަރެންގެ އަތުގެ ކުޑަ ހުޅާ ހިސާބުގައި ޖެހިއެވެ. އެޔާއެކު އަހަރެންނަށް ހަޅޭލަވައިގަނެވުނީ އެޅި ވޭނެއްގެ ސަބަބުންނެވެ. އަރައިގެންދިޔަ ތަދާއި ދިލައިގެ ސަބަބުން ފޯން އަތުން ދޫވެގެން ޓައިލް ގަނޑު މައްޗަށް ވެއްޓުނެވެ. ލޫޠުގެ އަތުގައި އޮތް އިންޖެކްޝަންވެސް ވެއްޓުނުއިރު އޭނާ އަތުގެ ކުޑަހުޅުގައި ބާރަށް ހިފަހައްޓާލިއެވެ. ކައިލް އަތުގައި އޮތް ފިހިގަނޑު އެއްލާލަމުން ޔުމްނުއާ ދިމާއަށް ދިޔައެވެ. ޔުމްނުވެސް ލިބުނު ފުރުޞަތުގައި ކައިލްއާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ކުއްލިއަކަށް ލޫޠު އިންޖެކްޝަން ނަގަމުން ޔުމްނުގެ އަތުގެ ބޮޑީ މަސްގަނޑަށް ހަރާލައިފިއެވެ. ޔުމްނު ވަގުތުން ހުއްޓުނުއިރު ދެލޯވަނީ ތަންމިނަށް ހުޅުވިފައެވެ. ކައިލްއަށް ބާރަށް ޔުމްނުއަށް ގޮވާލެވުނެވެ. އަހަރެންގެ ވަށައިގެން ދުނިޔެ އެނބުރިގަތް ކަހަލައެވެ. ލިބުނު ހައިރާންކަމާއެކު ޤަބޫލްކުރަން އުނދަގޫވެފައި ބަލަހައްޓައިގެން ހުރެވުނެވެ. ކައިލް ގޮސް ޔުމްނުގެ ގައިގައި އޮޅުލައިގަތީ މޮޔައަކު ފަދައިންނެވެ. ޔުމްނު އަޑުއަޑު ނަގާ ރޯންފެށިއެވެ.

“..ދެން ނިކަން ސާބިތުކޮށްދީބަލަ.. މަށޭ ތިކަންކުރީ..” ލޫޠު ހަރުއަޑުން ބުނެލިއިރު ކުރެވުންކަންތަކާމެދު ކުޑަކޮށްވެސް ދެރަވިހެނެއް ހިޔެއް ނުވެއެވެ. އަދި ލޫޠު ވެއްޓިފައި އޮތް ފޯނާއި އިންޖެކްޝަން ހިފައިގެން ބާރު ހިނގުމުގައި ގޮސް ގެއިން ނުކުތެވެ.

“..ޔުމްނު..” އަހަރެންނަށްވެސް ރޮވިއްޖެއެވެ. ޔުމްނުއާ ދިމާއަށް ހިނގައިގަނެވުނެވެ. ނަމަވެސް ދެވުނީ ވަކި ހިސާބަކަށެވެ. ކައިލް ރުޅިއައިސްގެން ހަޅޭލަވާގަތެވެ. ކައިރި ނުވުމަށް ބުނީ ހޮނުގުގުރިއެއްހާ ބާރު އަޑަކުންނެވެ. އަހަރެންނަށް އަނގަމަތީ އަތްއަޅާލެވުނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލަމުން އެނބުރި ގެއިން ނުކުތުމަށް ދުއްވައިގަނެވުނެވެ.

“..ލޫޠު..” އަހަރެން އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. ގޭގެ މައި ދޮރާށިން ނުކުންނަންދިޔަ ލޫޠު ހުއްޓުނެވެ. އަހަރެންނަށް ބާރު ހިނގުމުގައި ލޫޠުއާ ދިމާއަށް ހިނގައި ގަނެވުނުއިރު ރުޅި ގަދަވެގެންގޮސް ތުރުތުރު އަޅައެވެ. ލޫޠު ހުރީ ފުރަގަސްދީގެންނެވެ. އަހަރެން ލޫޠުގެ ޓީޝާޓްގައި ހިފާލަމުން އަހަރެންނާ ދިމާއަށް އަނބުރާލަމުން އޭނާގެ ކަންކަށި މައްޗަށް ހޫނު އެތި ފަހަރެއް ވިހެލެވުނެވެ.

“..ދޮނާ ހަމަޖެހިބަލަ..” އަހަރެން ދެވަނަ ފަހަރަށް ޖަހަން މަޅާލި އަތުގައި ލޫޠު ހިފަހައްޓަމުން މަގުމައްޗަށް ނެރުނެވެ. އަހަރެން ލޫޠުގެ އަތް ފޮޅުވާލީމެވެ.

“..ހަމަ ޖެހޭށޭ.. ލޫޠުއަށް އެބަ އިޙްސާސްކުރެވޭތަ.. ތިކުރެވުނީ ކިހާވަރެއްގެ ކަމެއްކަމެއް..” އަހަރެންނަށް ވާހަކަ ދެއްކުނީ ދެދަތްޕިލަ ފިއްތާ ބާރުކޮށްގެން ހުރެއެވެ. ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން މުޅިމީހާ ތުރުތުރު އަޅަމުން ދިޔައެވެ. “.. މަށަށޭ ލޫޠު ދޮގު ތިހެދީ.. ދޮނާއަށް.. އަދި އެވަރުން ނުވެގެން މީހެއްގެ ފުރާނައާއޭ ތިކުޅެލީ.. އަހަރެންނަށް އެމީހުން ކޮންމެ ގޮތެއް ހެދި ނަމަވެސް އަހަރެން ބޭނުމެއްނޫން އެމީހުންނަށް އެހެންވާކަށް.. އަހަރުމެން އެމީހުންނަށް ޝަޒާ ނުދިނަސް އެމީހުންނަށް ޝަޒާ ލިބެންވާ ދުވަހު ލިބޭނޭ..ތިކުރެވުނީ ކިހާބޮޑު ފާފައެއްކަން އެބަ އިނގޭތަ؟ އިޙްސާސްވޭތަ؟..”

“..ދޮނާ ހަމަޖެހިބަލަ.. އަހަރެން ދޮގެއް ނުހަދަމޭ.. ޔުމްނުއަކަށް އެބައްޔެއް ނުޖެހޭނޭ..” ލޫޠު ބުނެލިއެވެ.

“..އަހަރެންގެ ހަށިގަނޑުން ނެގިލޭ.. އަހަރެންގެ ދެއަތުން ނެގިލޭ..” އަހަރެންނަށް ބުނެވުނީ އެހިސާބަށެވެ.

“..ދޮނާގެ ހަށިގަނޑަކުވެސް އެބައްޔެއް ނެތޭ..” އަހަރެން ވަގުތުން ގަނޑުވިއެވެ. ހުއްޓުން އެރިއެވެ. ލޫޠު ޖީބުން ރިޕޯޓްތައް ނަގާ އަހަރެންނަށް ދިއްކޮށްލީ ހިނިތުންވެލަމުންނެވެ.

“..ޤަބޫލް ނުކުރެވެންޏާ ބަލާބަލަ..” އަހަރެން މަޑުމަޑުން ރިޕޯޓްގައި ހިފާލަމުން ބަލާލީމެވެ. ލޫޠު ބުނީ ތެދެކެވެ. އަހަރެންގެ ހަށިގަނޑުގައި އެޗްއައިވީ ވައިރަސްގެ އަސަރެއްނެތެވެ. އެކަމާ އަހަރެން އުފާވުމުގެ ބަދަލުގައި ހިތުގައި ބޮނޑިވެތީ ސުވާލްތަކެކެވެ. އެކަމް މީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ ޤަބޫލްކުރަން އުނދަގޫވެގެން ލޫޠުގެ މޫނަށް ބަލާލެވުނެވެ. އަހަރެން ހިތް ހަމަ ޖައްސަދޭން ލޫޠު “ފޭކް” ރިޕޯޓްތަކެއް ހެއްދީ ހެއްޔެވެ؟ ޔުމްނުމެން އަހަރެންނަށް އެއިޑްސް ޖައްސަން ކަންތައް ކުރިގޮތް އަދިވެސް ހިނދުރީގައި ހަރުލައިފައިވެއެވެ. ޔުމްނު އަހަރެންގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅި ކަމަށް ވަނީ އެއްބަސްވެފައެވެ. އަހަރެންނަށް މަޑުމަޑުން ޔުމްނުގެ ނަން ބުނެވުނެވެ. ލޫޠު ހިނިތުންވެލިއެވެ. އޭނާ ހުރީ އުފާވެފައެވެ.

“..ދޮނާ ޤަބޫލްކުރޭ.. ދޮނާގެ ހަށިގަނޑަކު އެވައިރަސްގެ އަސަރެއް ނެތް..” ލޫޠު އަހަރެންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. “..ޔުމްނު އެކިޔާދިނީ ޔުމްނު ކަންތައް ކުރިގޮތުގެ ވާހަކަ.. އަސްލު ހަޤީޤަތް އޮތީ އެންމެނަށް ފޮރުވިފަ.. ކައިލްއަށް އަދި ޔުމްނުއަކަށްވެސް ނޭގެ ދޮނާއަށް ބަލި ނުޖެހޭކަމެއް.. ހަޤީޤަތަކީ ޔުމްނު އާއި ކައިލް ދޮނާއަށް ބަލިޖައްސާ ގެއިން ނެރެލުމަށް ރާވަމުން ދިޔަކަން އެހެންމީހަކަށް އެނގިފައި އޮތްކަން.. އަދި އެމީހަކު އައީ ފަރުދާގެ ފުރަގަހުގައި ހުރެގެން ދޮނާ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން.. އެމީހަކު އައީ ޔުމްނުމެންގެ ރޭވުން ފެނަށް ހެދުމަށްޓަކައި މޮޅު އެހެން ރޭވުމެއް ރާވަމުން..”

އަހަރެންނަށް ލޫޠުއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ބުނާނެ އެއްޗެއް ނޭގިގެންނެވެ. އަހަރެން ޔުމްނުމެންގެ ކިބައިން ސަލާމަތްކޮށް އެދިނީ ކާކުބާވައެވެ.

“..ކާކު..” އަހަރެންނަށް މަޑުމަޑުން އެހުނެވެ. ލޫޠު ނިތް އެއްލާލަމުން ފަހަތް ބަލާލުމަށް އެދުނެވެ. އަހަރެން ތެޅިތެޅި އޮތް ހިތަކާއެކު ފަހަތަށް އެނބުރި ބަލާލުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ.

“..ނީލް..” އަހަރެންނަށް މަޑުމަޑުން ބުނެލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ހިތް ނުރޮއްވާ… (26)

Next

އޯގާވީ ހިތަކުން…34

Next
June 9, 2014

އޯގާވީ ހިތަކުން…34

Previews
June 4, 2014

ހިތް ނުރޮއްވާ… (26)

89 Comments!

  1. އައސްތު says:
    June 5, 2014 at 9:15 am

    ހާދަ ވިސްނުން ތޫނު ކުއްޖެކޭދޯ ވަރަށް ވަރށް ރީތި މިވާހަކަ މިވާހަކަ ލިޔާކުއްޚާއަކީ ވަރަށް މޮޅު ކުއްޖެއް .ަަވަހަށް އަނެއްބައިވެސް ގެނެސްދޭނެކަމަށް ހީކުރަން

    1. nishan says:
      June 5, 2014 at 12:08 pm

      awww aisth .. thanx a lot 🙂 iraadha kurehviyya varah avahah 13 vana bai genesdheynan..

  2. bubbles says:
    June 5, 2014 at 9:41 am

    Masha allah v v salhi mi part ves.. neyvaa hifahattaalgn indhe mi kiyaalevuneee.. dhn yumnu n kail thibedhaaanu dhw birun avadhi vefa… hehehe… :p loosh gaiga e virus nethyma hithah fini.kameh libijjje… looosh ah dhw. Kinaan ves libeyneee… dhn anehkka neel loabi vanee tha.. dhn looosh dhera nukurachey… 😀

    1. nishan says:
      June 5, 2014 at 12:12 pm

      hehehe.. yumnu ah mihaaru ihusaas kureveyne loosh vaane dhera.. hurihaa shukureh neel ah 😀 i think neel loosh dheke loabi vaahen 😉 loosh ah happy life eh libeyne kamuge hope eh eba oiy.. and thank you bubbles .. <3

  3. Aisha says:
    June 5, 2014 at 10:55 am

    dhen oiy bai upload kuraani kondhuvahakun

    1. Nana says:
      June 5, 2014 at 11:47 am

      Mi part ves varah riythi kail aa yumnu birugannavaafa baathihbaa e erun tibeyne kaiveni mukurevifa dho hehehe Nishn vaahaka kuriyah gendhaa goiy varah ranglhu buneveyney vaahaka liyan varah molhey

    2. nishan says:
      June 5, 2014 at 12:14 pm

      varah avahah up koh dheynan Aisha..
      thanx a lot for the lovely comment Nana 🙂

  4. sufa says:
    June 5, 2014 at 11:41 am

    varah thafaath reethi vaahaka e .

    1. nishan says:
      June 5, 2014 at 12:15 pm

      thank you sufa..

  5. aish says:
    June 5, 2014 at 12:29 pm

    ?neel aky boy ehtha

    1. nishan says:
      June 5, 2014 at 12:34 pm

      yeah boy eh..

  6. މަރީ says:
    June 5, 2014 at 12:39 pm

    ވަރަށް ރީތި. އުއްމީދު ކުރަން އަނެއްބައި މިޔަދު ކިޔާލަން ލިބޭނެކަމަށް.

    1. nishan says:
      June 5, 2014 at 12:46 pm

      hehe mary.. kihineh miadhu upload kohla dheveynii adhi miulhenii liyan vs nufashaa.. next week ga up kohdheynan.. inthizaaru kohlaa.. and thank you..

  7. lulu says:
    June 5, 2014 at 2:38 pm

    Varah salhi mipart wes

  8. lulu says:
    June 5, 2014 at 2:38 pm

    Varah salhi mipart wes

    1. nishan says:
      June 5, 2014 at 2:44 pm

      thank you lulu..

  9. cuty says:
    June 5, 2014 at 3:47 pm

    varah salhi

    1. nishan says:
      June 5, 2014 at 9:15 pm

      Thank you cuty

  10. Aish says:
    June 5, 2014 at 4:06 pm

    Omg mioh haa dhuahu heekury girl eh kamah neel aky haha 😛 heekury eyna ulheyni looth aa hedhy kamah…. They’d be together kamah 😛

    1. nishan says:
      June 5, 2014 at 9:20 pm

      Hehe.. Neal girl namakaa vahthareh nooneh nun 😉

  11. Aish says:
    June 5, 2014 at 4:07 pm

    Btw story v reethi inge 🙂

    1. nishan says:
      June 5, 2014 at 9:21 pm

      Thank you inge 🙂

  12. naj says:
    June 5, 2014 at 4:48 pm

    dhn innaany lst part dhw .. so exiting….kail aa yumnu thibeyne mihaaru varugadha filaavalheh libifa 😛 .. neel n loosh dhn gulhuvaa .. dhn kinaan vess libeynyy loosh ah .. hhahahahahaaaaaaaaaaaa…..v happy vehje .. yumnu ah vyy goi kiyaafa heehee kiriyaa halaaku nuvyy .. hunnaanethaa e dhe myy hun reehchakah thelhi laafa .. v v v nice mi part vess 🙂 … keep going nishn 😉

    1. nishan says:
      June 5, 2014 at 9:28 pm

      Hehehe.. Yumnu mihaaru ihusaas vefa hunnanii Loosh ah vaane varu 😉 And may b adhi ithurah 2 part. Liyan jehadhaaane .. Liyan feshunee ma engeynii 😀 and Thanx for the lovely comment Naj.. 🙂

  13. naj says:
    June 5, 2014 at 6:25 pm

    dhn kon irakun tha next part ?….. 🙂

    1. nishan says:
      June 5, 2014 at 9:30 pm

      May b Sunday ga..

  14. fixy says:
    June 5, 2014 at 7:50 pm

    Vvvvvvvvv reethi ingeh.. kiyaa hithun indhaa a nimuny. V molhu v salhi.. dhen konirakun update vaany. Can’t wait

    1. nishan says:
      June 5, 2014 at 9:32 pm

      Thank you fixy 🙂 Sunday ga up kohla dhevytho masahkaiy kuraanan 🙂

  15. roxe says:
    June 5, 2014 at 8:53 pm

    aharen ves huree hama dhen loosh HIV +ve vee kamah nimmaigen…ekam mibai kiyaaleema varah hiy hama jehijje…..varah reethi story eh meee…

    1. nishan says:
      June 5, 2014 at 9:36 pm

      Roxe men hiy hama jehey gothah kanthah kurevunii ma happy 🙂 and thank you.

  16. swyt says:
    June 5, 2014 at 10:04 pm

    hama habeys……. v salhi vaahaka… varah hiyhama jehige mi HIV ge kanthah nimuny ma… hehehe… waiting for aneh bai

    1. nishan says:
      June 5, 2014 at 11:05 pm

      Thank you swyt.. Kiyuntherin HIV kanthakaa varah dhera vefa thibi kan comments thakun varah bodah faahaga kurevey 😀

  17. sem says:
    June 5, 2014 at 10:18 pm

    heheh..salhi.. m,a bunymeh nun e fake ekey…

    1. nishan says:
      June 5, 2014 at 11:06 pm

      Hama sem bunii gothah e vee 😉 Thank you

  18. bubbles says:
    June 6, 2014 at 10:27 am

    Dhn nishaan aky gal eh tha..

    1. nishan says:
      June 6, 2014 at 2:02 pm

      Hehe.. Nishan mii boy eh 😛

  19. bubbles says:
    June 6, 2014 at 2:41 pm

    Hehehehe.. mioh huri haa dhuhuku bubbles heeekury thy gal eh kamah. . :-p

    1. nishan says:
      June 6, 2014 at 3:38 pm

      Kekeke.. I never thought Ekaku vs girl eh kamah heekuraaney 😛

  20. irish says:
    June 6, 2014 at 5:09 pm

    Thnk god dat loosh is not HIV positive.. mioh hurihaa dhuvahu i thougt neel is a girl.. dhen v foohi vey e kail ulhey gothakun.. doesnt he hav any feeling for her.. after al marry koh gen viyaa ulhunee.. nd eothu bestfriend.eh libifa.. hate them both.. yumnu ah aids jehunu nama adhi salhi vaane.. hehe.. kyp it up.. nice storyy

    1. nishan says:
      June 6, 2014 at 7:41 pm

      Neal girl nameh tha kudhin kudhin nah girl eh hen heevani 😀 and Thanx for the lovely comment Irish

  21. Haxu says:
    June 6, 2014 at 9:12 pm

    kobaa eyuvx haxu ah ingune mihenkan vaani n loosh maruvinama mi story v hadi vaane eenve dhw thi loosh numaraali.. hahaha.. neel ulheni loosh aa hedhi dhw.. v heevey ekahala ehcheh ehen noonama neel ehaa varakun looosh ge haaleh nubalane dhw. btw v salhi mi part vx n dhn loosh aa neel aaa dhw gulhey eyrun dhen salhi vaane.. eyrun neel kuri masaaiy kathuge reward vx eynayah libey nennu dhw.. ok dhn waiting 4 the nxt part.. gudluk nishan.. 😀 <3

    1. nishan says:
      June 6, 2014 at 10:03 pm

      Hehe.. Loosh maraali nama kudhin kudhin Rulhi annaane nun 😛 ehenve ehen nuhedhii.. 😀 dhen Neal hithuga oiyy ehcheh vs engidhaane thaa dho.. Thank you..

  22. aysh says:
    June 7, 2014 at 5:32 pm

    v v v v reethi mi part ves 🙂 kn iraku up kohlany :*

    1. nishan says:
      June 8, 2014 at 12:08 pm

      thank yu aysh.. thursday ge kurin up koh dheynan..

    2. nishan says:
      June 8, 2014 at 12:11 pm

      . mi week varah busy vaane but varah try kuraanan thursday kurin veytho.

  23. suju says:
    June 8, 2014 at 12:07 am

    ?Mee real story eh tha mi part ves Vv reethi

    1. nishan says:
      June 8, 2014 at 12:13 pm

      not real.. and thank yu suju

  24. Uhal says:
    June 8, 2014 at 11:36 am

    Story varah reethi, den update kuraanee kon dhuvahakunkan bunedhevidhaane tha?? Nishan You Are GReat

    1. nishan says:
      June 8, 2014 at 12:16 pm

      thank you Uhal.. update vaane dhuvaheh yageen kamaa eku bunelan varah undhagu.. but i will try to upload before thursday.. thursday kurin nuvehjaa SUNDAY kamah balaa..

  25. nop says:
    June 8, 2014 at 11:42 pm

    Impressive

    1. nishan says:
      June 9, 2014 at 11:12 am

      🙂 ..

  26. Naash says:
    June 9, 2014 at 8:45 am

    konirakuntha meege ehen part ah nikuhnanii….

    1. nishan says:
      June 9, 2014 at 11:15 am

      iraadha kurehviyya thursday ge kurin up vaane..

  27. naxu says:
    June 9, 2014 at 9:27 am

    cant waittt…. Plxxxxxxxxxxxxxxxxxxx thankolheh avahah up kohdheeeebrrrrrrr…….. plxxx plxxxxx

    1. nishan says:
      June 9, 2014 at 11:24 am

      will upload soon.. before thursday in shaa allah

  28. aysh says:
    June 9, 2014 at 12:58 pm

    next part kiyaalaa hithun hama moya vany:P ….up kobba plx:(

    1. nishan says:
      June 9, 2014 at 2:49 pm

      adhi liyevunee 1 page aysh ok ee ya up kohfaanan 😉 weekend ga busy veema ninmaa nulevuneema las vanii.. soon will up

  29. zyn says:
    June 9, 2014 at 2:08 pm

    alhe thursday kurin nuvaanetha haadha kiyaahihvi vaahakeh mee

    1. nishan says:
      June 9, 2014 at 2:52 pm

      thursday ge kurin vaane in shaa allah 🙂

  30. Shaya says:
    June 10, 2014 at 1:29 am

    Next part kiyaa hithun keh madhu vefa. Abadhuhen mi vaahaka in thoa check kohlevey. Hehe . Nice story. Keep up the good work. 🙂 .

    1. nishan says:
      June 10, 2014 at 9:01 am

      thank you Shaya 🙂

  31. Leaf says:
    June 10, 2014 at 1:52 pm

    Can u update the shedule of the days whiche u would uplode the story

  32. Leaf says:
    June 10, 2014 at 1:52 pm

    Can u update the shedule of the days whiche u would uplode the story

    1. nishan says:
      June 12, 2014 at 12:26 pm

      hey.. fixed day eh kanda elhifa eh neh upload kuraakah.. free time eh libuneema liyelaafa up kohlanii..

  33. Mimi says:
    June 10, 2014 at 4:10 pm

    Can u please tell the shedule whiche you would uplode the story

    1. nishan says:
      June 12, 2014 at 12:28 pm

      no shedule dear.. 🙁

  34. aalaa says:
    June 10, 2014 at 5:00 pm

    nishaan ………….. avahah up kohdheebah ………… I can’t wait…………….. btw story is very nice and I love the story……….shaan ge vaahakathah v habeys……………. hope today you will update it………………….

    1. nishan says:
      June 12, 2014 at 12:30 pm

      sorry aalaa.. i cudnt upload story cox was busy with office work.. soon i will up.. thank you..

  35. fai says:
    June 10, 2014 at 6:41 pm

    Kon irakun. Next part uplod vaani. Inthizaaru koh koh varubali vehje. V reethi vaakaha eh…….. Plxxx avahah mi vaahaka uplod kohdheeeeeeeeeeeba plxxxxxxcccccccc

    1. nishan says:
      June 12, 2014 at 12:32 pm

      sorry fai dhigu inthizaareh kuran jehsuneethii.. adhives kuda inthizaareh kohla dhee.. soon will up,.. thank yu..

  36. Naaz says:
    June 10, 2014 at 7:20 pm

    Nishaan plx maadhamaa noony miadhu up kohdhehchey. Plx plx pls plx pls nishaaaaaan. Mi varuge inthizaareh loabiveriyaa ah ves nukuran , 🙂

    1. nishan says:
      June 12, 2014 at 12:36 pm

      sorry dear.. miadhu up kosheh nuleveyne.. varah dhera vehje thihaa varah inthizaaru kuraa iru story up kodhinun las vaa kamah takaaa.. wil up soon.. ..

  37. ވާހަކަ ކިޔާމީހާ says:
    June 10, 2014 at 7:52 pm

    އަޅެދެން އަނެއްބައި ގެނެސްދީބަލަ އަވަހަށް ވަރަށް ކިޔާހިތުން މިހުރީ

    1. nishan says:
      June 12, 2014 at 12:37 pm

      މަސައްކަތް ކުރަމުން މިދަނީ އަވަހަށް ގެނެސްދެވޭތޯ..

  38. bubbles says:
    June 10, 2014 at 11:59 pm

    Tomorrow Thursday.. 🙁

    1. nishan says:
      June 12, 2014 at 12:39 pm

      sorry bubbles.. 🙁

  39. nuxu says:
    June 11, 2014 at 5:34 pm

    sunday maalas varahkiyaahithun mihury

    1. mal says:
      June 12, 2014 at 12:47 am

      V reeti mibaives

    2. nishan says:
      June 12, 2014 at 12:43 pm

      nuxu sunday ah inthizaaru kohla dhee..
      and mal thank you..

  40. އިފޫ says:
    June 12, 2014 at 10:26 am

    hey lovely… story nunimenis comment nukuranhury ekam enme fahuthankolhun thihadhaali gothakun hama nuhurevunu… migothah story genesdheythyey ifoo shaan aahedhi moyamivany… nice twist ingey…n missed u sooooooo much.. dhn avahah anehbai up kolladhybaa…

    1. nishan says:
      June 12, 2014 at 12:47 pm

      hey ifoo.. happy to see you again.. i missed yu too.. how r u? ifoo story kiyaakan engunii ma varah happy vehjje.. 😀 thank yu inge.. will up soon

    2. އިފޫ says:
      June 12, 2014 at 1:47 pm

      m great… shaan rangalhutha… dhn thivarah inthizaaru kuran nujassabala…

    3. nishan says:
      June 12, 2014 at 2:07 pm

      Good.. Ehaa laheh nuvaane dheneh

  41. nishan says:
    June 12, 2014 at 12:56 pm

    ވާހަކަ ގެނެސްނުދެވި ލަސްވާކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން.. އަޅުގަނޑަށް މިހަފްތާގައި ވާހަކަ ގެނެސްނުދެވުނީ އަޅުގަނޑަކީ ސަރުކާރު އޮފީހެއްގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފަކަށްވެފައި މިހަފްތާގައި އޮފީހު މަސައްކަތްތަކެއްގައި ބިޒީކޮށް އުޅެންޖެހުމުގެ ސަބަބުން ވާހަކަ ލިޔާނެ ވަގުތެއް ނުވުމުންނެވެ. އިރާދަ ކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ވާހަކަ ގެނެސްދޭނަން.. ހުރިހާ ކިޔުންތެރިން މިވާހަކައަށް ތިބަހައްޓާ ޝަޢުޤުވެރިކަމަށްޓަކައި ޝުކުރު ދަންނަވަން..

  42. Naaz says:
    June 12, 2014 at 2:58 pm

    :)Avahah buney. Kon dhuvahakun aneh part genesdheynee

    1. nishan says:
      June 13, 2014 at 2:34 am

      Kuriyah oiyy 3days therey up kohdheynan 🙂

  43. ummi says:
    June 12, 2014 at 9:09 pm

    Woww v reethii. . Kiyaafa hama rovihje… alhe avahah up kohdhybaa anehbain … v v vaahaka kiyan. Ekm mihaa reethi story eh adhii nukiyannn.. miadhu adhi mi kiyaali mi story feshigen… keep it up dear.. waiting for the next part 😀

    1. nishan says:
      June 13, 2014 at 3:02 am

      Thanks a lot for the lovely comment ummi 😀

  44. mary says:
    June 13, 2014 at 8:37 am

    އަޅެ ވާހަކަ ހާދަ ލަހޭ

Comments are closed.

Next Episodeބަރުބާދު (ތޭރަވަނަބައި)←


All Right Reserved!