Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…36

މުތާ/ ސ.ހިތަދޫ Level 210 Stories
June 16, 2014 6 Mins Read
7 Comments

”ނޯ އިމްޕްރޫވްމެންޓް…” ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން އަލްޔަސް ބުންޏެވެ. ނަޒްޔަކް ވަކި އެއްޗެއް ނުބުނެ އަލްޔަސް އާ އީނާ އާއެކު ހިނގައިގަތީ މާލެ ފުރަން އޮތް ފެރީއާ ދިމާއަށެވެ. ނަޒްޔަކް ބޭރުފުށުން ދައްކަން ބޭނުން ނުވިކަމުގައި ވިޔަސް އެ ހިތަށް ވަނީ އަސަރުކޮށްފައެވެ. ރާނިޔާއާއި ބައްދަލުކޮށްލަން ވެސް ބޭނުންވެފައި ވަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެތައް އަހަރުތަކެއް ފަހުން ބައްދަލުވާއިރު ކޮއްކޮއަށް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ. ކޮއްކޮގެ ހިތާމަތަކަށް ލުޔެއް ލިބޭތޯ ނަޒްޔަކް މާތްﷲއަށް ދުޢާކުރިއެވެ.

ދަންވަރުގެ ވަގުތަށް ވުމުން އެހާ ގިނަ ބަޔަކު ނެތެވެ. މަޑު ދުވެއްޔެއްގައި ފެރީ އޭގެ ދަތުރު ފެށިއިރު ދިއްލާ އަޅާފައި އޮތް މާލޭގެ އުސްއިމާރާތްތައް ފެނިލަނީ ރީތި ކުރެހުމެއްގެ ސިފައިގައެވެ. ދުރުން ބަލާއިރު ހާދަ ހިތްގައިމެވެ. ނަމަވެސް އެތަނުގެ އުނދަގޫކަން ތަޖުރިބާ ކުރެވޭނީ ބަނދަރަށް ފޭބީމައެވެ. އެ ރީތި ތަސްވީރަށް އިތުރު ފުރިހަމަކަމާއި ދިރުމެއް ގެނެސްދެނީ ހާމައަށް އޮތް ކަޅު ސައިލު މައްޗަށް އުކާލެވިފައި ހުރި ކުދި އަލިމަސްކަށިތަކެއް ފަދަ ތަރިތަކުންނެވެ. މިނަވަންކަމާއެކު ތަރިތައް ފިޔަޖަހާލަމުން އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ. އުޑުމަތިން އެންމެ ކޮޅިގަނޑެއްގެ ހިލަމެއްވެސް ނުވާއިރު ވިހިވަނަ ވިލޭރޭގެ ހަނދުވެސް ބިގަރެއްގެ ސިފައިގައި ފެންނަމުން ދިޔައެވެ. ލޮނުގަނޑު ކަފާލާފައި ފެރީ ކުރިއަށް ދިޔައިރު ފެތުރިގެންދާ ފޮނުތަކަށް އީނާ އިނީ ބަލަހައްޓައިގެންނެވެ.

އީނާ އާއި ދާދި ގާތުގައި އަލްޔަސް އިނެވެ. އަލްޔަސް އިނީ އީނާގެ މޫނަށް ބަލާށެވެ. އެސޫރަ ތާއަބަދު ހިތު ތެރޭ ފޮރުވަން އުޅޭ ކަހަލައެވެ.

”ސޯ ސޭމްގެ މެރިއޭޖް އޮތީ ކޮންދުވަހަކުން ތަ، ކުރިން އޮތް ތާރީޚު ފަސްކުރެވުނު ސަބަބެއް ވެސް ނުބުނަމެއްނު…” ނަޒްޔަކް ވާހަކަ ދެއްކީ އީނާ މެންނަށް އަޑު އިވޭވަރަށެވެ. ކިތަންމެ މަޑުން ވާހަކަ ދެއްކިޔަސް ހީވަނީ ފަޒާގައި އަޑު ބާރަކަށް ގުގުމާލާހެންނެވެ. އިންޖީނުގެ އަޑާއި ލޮނުތައް ބުރުއްސައިގެން ދާ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެނީއެވެ. މީހުންތައް ވެސް ތިބީ ދަތުރުގެ ސަބަބުން ވަރުބަލިވެފައެވެ. ގިނައީ އެއާރޕޯޓުގެ މުވައްޒިފުންނެވެ.

”އޭރު ދެމީހުން ރެޑީ ނުވީމަ ފަސްކޮށްލީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، އިންޝާﷲ….” އަލްޔަސް އީނާއަށް ހިނިތުންވެލަމުން ބުނެލިއެވެ. އޭރު އޭނަގެ ހިތުގައި ސުވާލުތަކެއް އުތުރިއަރައިގަތެވެ. ދައްތަ ބުނި ޖުމްލަތައް ކަންފަތުގައި ގުގުމާލުމުން ހިތުގައި ވިންދު ޖަހާލީ ބިރުވެރި ކަމުގެ ބާނީތަކެކެވެ. ނަމަވެސް އީނާގެ ލޯތްބަށް އޭނަ އިތުބާރު ކުރެއެވެ.

”ވީކެއް ފަހުން…” އީނާ ބުންޏެވެ. އީނާގެ ޖުމްލައިން އަލްޔަސްގެ ހިނިތުންވުން އިތުރަށް ފުންވިއެވެ. އީނާ އަލްޔަސްގެ އަތުގައި ހިފާލީ ދެން އެއަތުން ދޫކޮށްނުލާނަމޭ ބުނާ ފަދަ ގޮތަކަށެވެ. އީނާގެ ދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ދެމީހުން އެކުގައި ހުރިހާ ތޫފާނަކާ ކުރިމަތިލާން އަތުކުރި އޮޅާލީއެވެ. އަލްޔަސްގެ ޢަޒުމް ވަރުގަދައެވެ. ދެން ދެމީހުން ވަކިވުން އެއީ ވުން އެކަށީގެންވާނެކަމެއް ނޫނެވެ. އޭނަ ދެން ހަމަޖެހުމުގެ ނޭވާއެއް ވެސް ލާނީ އީނާ އޭނަގެ ހައްޤަކަށް ހަދާފައެވެ.

”ގުޑް…” ނަޒްޔަކް ފޯނުގެ ސްކްރީނުން ނަޒަރު ވަކިކޮށްލިއެވެ.

”ނިކް ކުއްޖަކާ ރައްޓެހިވެސް ނުވަންތަ؟… މެލޭޝިޔާއިން ރަގަޅު ކުއްޖަކު ނުފެނުނީތަ؟….” އަލްޔަސް އެހިއެވެ.

”ސޭމްއަށް އިނގެއެއްނު މަންމަ ހިތްހަމަ ނުޖެހޭނެކަން ބޭރު ކުއްޖަކު ގެނައީމަ، އެހެންވެ މާލެ އާދެވެންދެން މަޑުކޮށްލީ، އަދި ނޭގެއެއްނު މަންމަ ކުއްޖަކު ނުހޯދާ ކަމެއް ވެސް… މާލެއިން ރަގަޅު ކުއްޖަކު ހޯދުން އެއީ ފުރަތަމަ ޓާސްކް…” ނަޒްޔަކް ބުންޏެވެ.

”މަންމައަށް ބޮޑު ސަޕްރައިޒެއް ލިބޭނެ ދޯ، ސިސްއަށް ވެސް….” އަލްޔަސް ބުންޏެވެ.

***

ދިހަ ވަރަކަށް މިނެޓް ތެރޭ މާލެ ދެވުނެވެ. ”ސޭމް މެން ދޭ ކާރުގަ، އަހަރެން ޓެކްސީއަކުން ހިނގައިދާނަން، އެހެންނޫނަސް މިގަޑީގަ ހޮސްޕިޓަލަށް ދިއުން ރަގަޅެއް ވެސް ނުވާނެ، ރިނީ އޮންނާނީ ނިދާފަ ކަންނޭގެ، ދެމީހުން މާދަމާ ހެނދުނު ހޮސްޕިޓަލަށް ދާނީ….” ނަޒްޔަކް މިހެން ބުނެލަމުން ޓެކްސީއެއް ހުއްޓުވާލައިގެން އޭނަ ގެނައި ލަގެޖްތައް ކާރުގެ ޑިކީއަށް އެރުވުމުގައި ޑްރައިވަރަށް އެހީވެ ދިނެވެ.

”ނުގެއްލެއްޗޭ…” އަލްޔަސް ބުންޏެވެ.

”މީ ބޮޑު ރަށެއް ނޫނެއްނު ގެއްލެން…” ނަޒްޔަކް ސަމާސާ ރާގަކަށް ބުންޏެވެ. ޓެކްސީ ދުއްވާލަންދެން އީނާ އާއި އަލްޔަސް މަޑުކޮށްލައިގެން ތިއްބެވެ.

އީނާ ކާރަށް އަރައި ހަމަޖެހިލުމުން އަލްޔަސް އީނާއަށް ބަލާލިއެވެ. އެސީގެ ފިނިކަމުން އީނާއަށް ފިނިވާހެން ހީވެގެންނެވެ. ”ފިނިވަނީތަ؟…” އަލްޔަސް އަހާލިއެވެ.

”ހޫމްމްމް….” އީނާ ބުނެލިއެވެ. އޭނަ ދެއަތް ޖޯޑުކޮށްލައިގެން އިންއިރު އޭނަގެ ދެލޯ އަމާޒުވެފައިވަނީ އަލްޔަސް އަށެވެ.

”ހޮސްޕިޓަލަށްތަ ދަނީ؟…” އަލްޔަސް އެސީގެ ޓެމްޕެރޭޗާރ ދަށްކޮށްލަމުން އަހާލިއެވެ. ”މިގަޑީގަ ދިއުން ރަގަޅެއް ނުވާނެ…. މާދަން ދާނީ….” ވިސްނާލަމުން އީނާ ބުންޏެވެ. އިތުރަށް ދައްކާނެ ވާހަކައެއް އީނާގެ ދުލަކަށް ނައެވެ. ދަތުރުގެ މެދާ ހަމައަށް ދެވެންދެން އެދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އެހިމޭންކަމުން އީނާއަށް އުނދަގޫވިއެވެ.

”ސޭމް…” އީނާއަށް ނީދެވިގެން ގޮވާލެވުނެވެ. އަލްޔަސްގެ އަޑު އިތުރަށް އަހާލަން އޭނަ ބޭނުންވަނީއެވެ. އެސޫރައަށް ހާސް ފަހަރު ބެލިކަމުގައި ވިޔަސް ހިތް ނުފުރެއެވެ. އަލްޔަސްގެ ތޫނު ނަޒަރުން އީނާގެ މޭގަނޑުގެ ތެޅިގަތެވެ. ދެޒުވާނުންގެ ހަތަރުކަޅި ސިކުންތުކޮޅަކަށް ބައްދަލުވެފައި އަލްޔަސް ސަމާލުކަން ދިނީ މަގަށެވެ. އޭނަވެސް ވާހަކަ ދައްކަން ބޭނުމެވެ. ނަމަވެސް ފަށާނެ ގޮތެއް ނޭގެނީއެވެ. ހިތު ތެރޭގައި އެތައް ކަމެއް ފުނިޖެހިފައި ވެއެވެ.

”އީނޫ އަހަރެން ސުވާލެއް ކޮށްލަން ތަ؟…” އަލްޔަސް ކަރުކެހިލަމުން ބުންޏެވެ. ”އޮފްކޯޒް…” އީނާ ޝައުޤުވެރިކަމުން ފުރިގެންވާ އަޑަކުން ބުންޏެވެ.

”މިހުރިހާ މިސްއަންޑަސްޓޭންޑިންގްސްތައް ވީކެއްގެ ތެރޭގަ ހައްލުކުރެވޭނެ ތަ؟…” އަލްޔަސް ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

”ޓްރައި ކުރީމަ އެއްނު ދޯ ؟… ކޮންމެ ގޮތެއް ވިޔަސް އަހަރެން ދެން ފަހަތަކަށް ނުޖެހޭނަން، އެމީހުން ބޭނުންވަނީ އަހަންނާ ސޭމް ދުރުކުރުވަން… އަހަންނަކަށް ދެން ނުހުރެވޭނެ ސޭމް އާ ދުރުގަ. ފެމިލީ މީހުން ރުޅިއަޔަސް ފަހުން ރަގަޅުވެދާނެ… އައި ލަވް ޔޫ….” އީނާ ހުރީ އެމައްސަލަގަނޑު ހައްލު ނުވާނަމަ ޢާއިލާއާ ދެކޮޅަށްވެސް އަލްޔަސްއާ ކައިވެނި ކުރަން ނިންމައިގެންނެވެ. ދުރާލާ ރާވައިގެން ބަޔަކު ހިންގާފައިވާ ”މާސްޓާރ ޕްލޭން” އެކެވެ. ދެޢާއިލާގެ ދެމެދުގައި މައްސަލަ އުފެއްދުން ވެސް އެއީ އެރޭވުމުގެ ބަޔެއް ތާއެވެ. އޭރުން ދެމީހުން ގުޅުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ފަދައިންނެވެ.

އަލްޔަސްގެ ސިކުނޑީގައި ކުރީ ދުވަހުގެ ހާދިސާ ކުރެހިގެން ދިޔައެވެ. އޭނަގެ ހިތުގައި އިންދާލެވުނު ޝައްކުގެ އޮށް މޫ އެރި މޫތަކަށް އިތުރު ދިރުމެއް ލިބުނު ކަހަލައެވެ. މައިމޫނާ އީނާ ދެކެ ނަފްރަތު ކުރާކަން އޭނައަށް އެނގެއެވެ. އޭނައާއި އީނާ އެކުގައި ފެނިލިޔަސް މައިމޫނާގެ މޫނުމައްޗަށް އަރައިގެންދާ ކުލަވަރުތައް އޭނައަށް ރަގަޅަށް ފާހަގަ ކުރެވެއެވެ. އެވެއިޓަރު މީހާއާއި މައިމޫނާއާއި ގުޅުމެއް ވާނެކަން ޔަޤީނެވެ. މި ރޭވުމުގެ ފަހަތުގައި މައިމޫނާގެ އަތެއް ނުވެ ނުދާނެއެވެ. ބޭނުންވަނީ ހެއްކެވެ.

އަލްޔަސް އެއިން އެއްވެސް ވާހަކައެއް އީނާއާއި ހިއްސާ ނުކުރިއެވެ. ފަހަރެއްގައި އީނާ އަޅާލާނެ ފިޔަވަޅަކުން މައިމޫނާއަށް ޝައްކުވެދާނެއެވެ. އޭރުން ކުށުން ބަރިއްޔަ ވާން މައިމޫނާއަށް ފުރުސަތުތައް ލިބޭނެއެވެ. މައިމޫނާގެ ހަޤީޤީ ސޫރަ އޭނަ އެންމެނަށް ހާމަކުރާނެއެވެ.

”ސޭމް…” ވިސްނުމަކަށް ގެއްލިފައި އިން އަލްޔަސް ސިއްސައިގެން ދިޔައީ އީނާގެ އަޑަށެވެ. އޭނަ ދެފަރާތަށް ބޯހޫރާލަމުން އީނާއަށް ބަލާލިއެވެ.

”އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑެއް ނާހަން ދޯ؟…” އީނާ ހަށަން ބަނދެލަމުން ބުންޏެވެ. ”އުހޫނ…” އަލްޔަސް ބުންޏެވެ.

”ތިހެން ވިއްޔާ އަހަރެން އެންމެ ފަހުން ބުނި ޖުމްލަ ރިޕީޓްކޮށްބަލަ….” އީނާ ބުންޏެވެ.

”ސަމްތިންގް އެބައުޓް ޓުމޯރޯ ؟…” އަލްޔަސް ވިސްނާލަމުން ބުންޏެވެ. އޭނަ ޚިޔާލަކަށް ގެއްލިފައި އިނުމުން އީނާގެ ވާހަކަތަކަށް ސަމާލުކަމެއް ނުދެވުނެވެ. އެހެންނޫނަސް ސިކުނޑީގައި އުފެދިފައިވާ ހަނގުރާމައިން ވެސް މިންޖުވާން އޭނަ ބޭނުމެވެ. މައިމޫނާއާ ދެކޮޅަށް ހެއްކެއް ލިބެނިކޮށް އެނިމުނީއެވެ.

”ރޯންގް…. ސޭމް ކަމެއް ސިއްރުކުރާހެން ހީވަނީ….” އީނާގެ ހިތް ތެޅިލީ ކީއްވެގެން ކަމެއް އޭނައަށް ނޭގުނެވެ. ނޭވަ ހިފަހައްޓާލައިގެން އިނދެ އޭނަ އަލްޔަސްއަށް ބަލާލިއެވެ.

”ނޫން، އަހަރެން އީނޫއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަން، ނުވެސް ކުރާނަން…. ޔޫ އާރ މައި އެވްރީ ތިންގް….” އަލްޔަސްގެ އަޑުގައިވި ޔަޤީން ކަމާއެކު އީނާގެ ހިތަށް ލިބިގެން ދިޔައީ ބުނަން ނޭގޭ ފަދަ އުފަލެކެވެ. ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. އޭނަ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަލްޔަސްއަށް އިތުބާރު ކުރެއެވެ.

ގެއަށް ދެވެންދެން އީނާއާއި އަލްޔަސްއާ ދެމެދު އެތަކެއް ވާހަކަތަކެއް ދެކެވުނެވެ. މެލޭޝިޔާގައި އުޅުނު ދުވަސްތަކުގެ ވާހަކަތައްވެސް އީނާ ކިޔައިދިނެވެ. އަލްޔަސް އިނީ ފޫހިކަމެއް ނެތި އަޑު އަހާށެވެ. އީނާގެ އަންހެންވަންތަ އަޑު އިވިލަނީ ރީތި މިޔުޒިކެއްގެ ސިފައިގައެވެ. މަގުމަތިން ދުއްވާފައިދާ އުޅަނދުފަހަރުތައް އެހެން ރޭތަކާ އަޅާބަލާއިރު މަދުވެފައި އޮމާންކަމާއެކު މަންޒިލާ ހަމައަށް ދެވުނެވެ.

އީނާއާއެކު ލިފްޓާ ހަމައަށް އަލްޔަސް ދިޔައެވެ. މަޖުބޫރު ނޫންނަމަ އޭނަ އީނާއާއެކު އެޕާރޓްމެންޓާހަމައަށް ވެސް ދިޔައީހެވެ. ދަންވަރުގެ ވަގުތަށް ވެފައި އިތުރު މައްސަލަ ގަނޑެއް ހިލެން އޭނަ ބޭނުމެއް ނޫނެވެ. ”އެޕާރޓްމެންޓަށް ދެވުނީމަ ގުޅައްޗޭ، އަހަރެން ކާރުގަ މަޑުކުރާނަން….” އަލްޔަސް ދާން ބެނުންވެފައި ނުވާ ރާގެއްގައި ބުންޏެވެ. ”ގުޅާނަމޭ، މިހާރު ފަސްފަހަރު ތިހެން ބުނެފީމެއްނު…” އީނާ އަރިމަތިން އަލްޔަސްގެ ގައިގައި ބައްދާލިއެވެ.

އަލްޔަސް ގޮސް ކާރަށް އެރުމުން އީނާ ވެސް ލިފްޓަށް އަރައިފިއެވެ.

އީނާ އެޕާރޓްމެންޓާ ހަމައަށް ދިޔައީ އަވަސް ހިނގުމެއްގައެވެ. ބޮކިތަކުގެ އަލިވަރު ފެތުރިފައި އޮތްކަމުގައި ވިޔަސް ދިރޭ ފުރާނައެއްގެ ހިލަން ނުވުމުން މުޅިތަނަށް ވެރިވެފައި އޮތީ ބިރުވެރިކަމެވެ. ހިމޭންކަމުގައި ކޫރުން އަޅުވާލަމުން ދިޔައީ އީނާ ދަމަމުން ގެންދިޔަ ފޮށީގެ ފުރޮޅިތައް ޓައިލްސް މަތީގައި ކޭއްތޭ އަޑުންނެވެ. އެޕާރޓްމެންޓްގެ ދޮރުގައި ޓަކި ޖަހާލާއިރަށް ރުޔާ އައިސް ދޮރު ހުޅުވާލައިފިއެވެ. ހީވީ އޭނަގެ އިންތިޒާރުގައި ހުރި ހެންނެވެ. ރޫޔާގެ މޫނުމަތިން ފާޅުވެގެން ދިޔައީ ޚައިރާންކަމެވެ. ރޫޔާގެ ތުންފަތްމަތިން ހިނިތުންވުމުގެ އަސަރެއްވެސް ނުފެނުނެވެ. ކަމަކާ މެދު ހިތްހަމަ ނުޖެހިފައިވާހެން ހީވާކަހަލައެވެ.

”އީނޫ އެކޮޅަށް ދިޔައީމަ ސައިކޯ ވީ ތަ؟…” ރޫޔާ އީނާ އެތެރެއަށް ވަނުމާއެކު ބުންޏެވެ. ރޫޔާ ބުނި ސުވާލު އީނާއަށް ދޭހަވާން އިރުކޮޅެއް ނެގިއެވެ. ބެލްކަނިން ވަންނަމުން ދިޔަ ފިނި ވައިރޯޅިތަކުން ބެލްކަނީގެ ފަރުދާތައް އެގޮތް މިގޮތަށް އެނބުރެމުން ދިޔަތަން ވެސް ފެނުނީ ދެނެވެ.

”އީނޫ، ހައު ކޭން ޔޫ ފޮގިވް ހިމް، އަހަރެން ފުރަތަމަ ހީކުރީ ހެލުސިނޭޓްވީ ކަމަށް، އެކަމް ފަހުން އެއީ ހަޤީޤަތްކަން ޤަބޫލުކުރަން މަޖުބޫރުވީ… އީނޫގެ ނަސީބު ރަގަޅުކަމުން ދައްތަ ދެންމެ ބެލްކަނީގަ ހުރެފަ ކޮޓަރިއަށް އެދިޔައީ… އެހެންނޫންނަމަ ނޭގޭ ވާނެ ގޮތެއްވެސް… އިނޫ ޑޮކްއަކަށް ދައްކަން ފެންނަނީ، ޔޫ އާރ އިންސޭން…” ރޫޔާ އެއްނޭވާއިން ބުނެލިއެވެ. އެއްހަމައެއްގައި އަޑު ހިފަހައްޓަން ރޫޔާ މަސައްކަތްކުރިއެވެ.

އަލްޔަސްއަށް ގުޅުމުގެ ބަދަލުގައި އީނާ ހަމައެކަނި މެސެޖެއް ފޮނުވާލިއެވެ.

”އަހަރެން މިބުނާ އެއްޗެއް އީނޫއަށް އަޑުއެބައިވޭތަ؟ އޭނަ އެއީ ރަގަޅު މީހެއް ނޫނޭ، އަހަންނަށް ފުރަތަމަވެސް ހީވިޔޭ އޭނަ އީނޫގެ ބޮލަށް ސަވާރުވާނެކަން. މަކަރުވެރި މީހެއް….” ރޫޔާގެ ރުޅިގަނޑު ރަގަޅަށްވެސް ހިލުނެވެ. އޭނަ އަލްޔަސްއާ ދިމާއަށް ވަރަކަށް އެއްޗެހި ކިޔާލިއެވެ. ވީހާވެސް މަޑުން ވާހަކަ ދެއްކޭތޯ އޭނަ ބެލިއެވެ.

”ރޫ، ހަޤީޤަތް އެނގިގެން ވާހަކަ ދައްކަބަލަ، ކީއްވެތަ އަލްޔަސް ކުށްވެރި ތިކުރަނީ؟ އަލްޔަސް އަހަރެންގެ ބޮލަށް ސަވާރެއްނުވޭ…. އަހަރެން އަލްޔަސްއަށް މާފްކުރީ އަލްޔަސްގެ ކުށެއް ނެތްކަން ޔަޤީންވުމުން…. އެއީ ބަޔެއްގެ ރޭވުމެއް، އެރޭ އަލްޔަސްއަށް މީހަކު ދިން ޖޫސްތައްޓެއްގެ ސަބަބުން އެހުރިހާ ކަމެއް ހިނގީ، ހީ ވިލް ނެވާރ ޑޫ އެނީތިންގް ލައިކް ދެޓް، އަހަރެން އަލްޔަސްއަށް އިތުބާރުކުރަން… ހޮޔެ އެއްވެސް މީހަކު ޤަބޫލު ނުކުރިޔަސް، އަހަރެންގެ އަލްޔަސް ދުވަހަކު އެފަދަ ކަމެއް ކުރަން ނޫޅޭނެ… އެރޭވުމުގެ ފަހަތުގައި ތިބި މީހުންތައް އަހަރެން ހޯދާނަން….” އީނާއަށް އިތުރަކަށް ކެތް ނުކުރެވުނެވެ. އަލްޔަސްއާ ދިމާއަށް އެއްވެސް މީހަކު އެއްޗެކޭ ކިޔާ އަޑު އަހަން އޭނަގެ ހިތަށް ކެތްނުކުރެވޭނެއެވެ.

”އީނޫ ތިހުރީ އޭނަގެ ޖާދޫގަ މޮޔަވެފަ، އެއީ އީނޫ ތިހީކުރާހާ ރަގަޅު މީހެއް ނޫނޭ….” ރޫޔާ ޤަބޫލެއް ނުކުރިއެވެ. އޭނަ ދެފަރާތަށް ބޯހޫރާލައިފިއެވެ.

”ޕްލީސް ސްޓޮޕް އިޓް، އަހަރެން ބޭނުމެއް ނޫން އަލްޔަސްއާ ދިމާއަށް އެއްވެސް އެއްޗެކޭ ކިޔާ އަޑު އަހަން، އައި ލަވް ހިމް، އަހަރެން އަލްޔަސްގެ ކުށެއް ނެތްކަން ސާބިތުކޮށްދޭނަން….” އީނާ ދެބުމަ ކައިރިކޮށްލިއެވެ. އޭނައާއި ރޫޔާ ފުރަތަމަ ފަހަރަށް ޒުވާބަކަށް ދިޔައީއެވެ.

”މިއަދު އެފިރިހެނާގެ ސަބަބުން އީނޫ އަހަންނާ ޒުވާބު ވެސް ކުރަން ފެށީ… މާދަމާ އީނޫގެ ޕޭރެންޓުންނާ ދެކޮޅަށްވެސް ނިކުންނާނަން ދޯ؟ ފަޒްލާ ދައްތަ ދުވަހަކު އަލްޔަސްއާ ވައިއެޅޭ ހިސާބަކަށް ވެސް އީނޫއަށް ދިއުމުގެ ފުރުސަތު ނުދޭނެ، އީނޫއަށް ނުފެންނަނީ ކީއްވެތަ؟ އެއީ ބޮޑު ޑެވިލްއެއް….” ރޫޔާގެ ލޮލުން ކަރުނަ ހިލުނެވެ. އީނާ އޭނަ ދެކެ ރުޅިއަޔަސް ހެވެވެ. އީނާ ދައުވަތު ދެމުން އެދާ ތޫފާނުން އީނާގެ ދިރިއުޅުން ސަލާމަތްކޮށްދިނުން އެއީ އޭނަގެ ޒިންމާއެކެވެ.

”ރޫ، އަހަރެން ބެނުމެއް ނޫން ދެން އިތުރަށް އެއްވެސް އެއްޗެއް އަޑުއަހަން…” އިތުރަށް ޒުވާބު ކުރަން އީނާ ބޭނުމެއް ނުވިއެވެ.

”ފައިން، އަހަރެން ހުއްޓާލާނަން، އެކަމަކު ހަޤީޤަތް ސިއްރެއް ނުކުރެވޭނެ….. އަހަރެން އެއްވެސް މީހަކު ގާތު ނުބުނާނަން، އެކަމަކު ވެސް އީނޫއަށް ރަގަޅު މަގު ދައްކަން މަސައްކަތް ކުރާނަން….” ރޫޔާ ބުންޏެވެ.

އީނާ އާއި ރޫޔާގެ ވާހަކަތައް އަޑުއަހަން ސިއްރުން ހުރި މައިމޫނާގެ ހިތުގެ ތެޅުން އަވަސް ވެފައިވަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އީނާ އައުމުން ކުޑަ އުފަލެއް ލިބުނު ކަމުގައި ވިޔަސް އެހިތުގައި ވިންދު ޖަހަމުން ދިޔައީ ބިރުވެރިކަމެވެ. އުމެއިރާގެ ހުވަފެންތައް ވިއްސިވިހާލިވެގެން ދާނެކަން އިނގޭއިރުވެސް އޭނައަށް އައިސްދާނެ ރޯޅިތަކާމެދު ވިސްނާލުމުން މޭގަނޑު އަނގަޔަށް އަންވަރު ވިއެވެ. އުމެއިރާއަށް ރަގަޅު ފިލާވަޅެއް މިފަހަރު ލިބޭނެކަމުގެ އުފާވެރިކަން ހާސިލުވިޔަސް އޭނަގެ އެއުފާވެރިކަންވެސް އީނާ ފޭރިގެންފިއެވެ. އިންސާނެއްގެ ސިފައިގައި ހުރި ކުޑަ އިފުރީތެކެވެ. މި އީނާގަނޑާ ހެދި އޭނައަށް ހަމަ އެއްވެސް އުފަލެއް ލިބެން ނެތީ ހެއްޔެވެ؟

”އީނާއަކަށް ހެއްކެއް ނުހޯދޭނެ، ދެއާރ އާރ ނޯ އެވިޑެންސް، އެ ވެއިޓަރު މީހާވެސް މިހާރު އޭނަގެ ރަށަށް ހިނގައިދާނެ ކަން ނޭގެ…” މައިމޫނާ އޭނަގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭން މަސައްކަތްކުރަމުން ގޮސް ކޮޓަރިއަށް ވަނެވެ.

”މީ އަހަރެން އުފާވާން ވީ ވަގުތު. ކޮބާ އެ އުމެއިރާއަށް ވަކި މޮޅެއް ވިތަ؟ ހުއް، ތިމާ ވަރުގެ މީހެއް ނެތް ކަމަށް ހެދިގެން އުޅެނިކޮށް އެއޮތީ ބޮޑިއެއް ލިބިފަ، މާދަން އަންނާނެ ތެޅިފޮޅެމުން އަހަރެން ގާތަށް، އޭރުން ކުޅިދައްކާލާނަން، . ފޮނި ކަނޑާލަމުން ހުވަފެން ބެލީމަ ހީވީ އެ ހަޤީޤަތަކަށް ވާނެކަމަށް… ތިމާވަރުގެ މީހެއް ނެތް ކަމަށް ހެދިގެން އުޅޭ މީހުންނަށް ވާނީ އެވަރު، އެ އީނަ ގަނޑަށް ވެސް އުފަލެއް ލިބުނަކަ ނުދޭނަން… އަހަރެން ބިރުގަންނާކަށް ނުޖެހޭނެ، އީނާއަށް ހެއްކެއް ނުހޯދޭނެ މަރުވާއިރު ވެސް، އޭނައަށް ޝައްކެއް ވެސް ނުވާނެ، މިއޮތް ބޮޑު މާލެއިން އޭނަ ކުށްވެރިން ހޯދާނީ ފަހެ ކިހިނެއް؟…. ބާޒީ މިއޮތީ އަހަރެންގެ އަތަށް އަރާފައި، އަހަރެން ބޭނުން ދިމާއަކަށް ކުޅިގަނޑު ގެންދެވޭނެ، އުމެއިރާ އާއި އީނާގެ ފަރާތުން ވެސް ބަދަލު ހިފާނަން، އަނެއްކޮޅުން ރޫޔާ އާއި އީނާގެ ގުޅުމަށްވެސް އެވަނީ ލޮޅުންތަކެއް އަރާފައި، ހީވެސް ނުކުރާފަދަ ކަންތައް މިވަނީ، އަހަރެންގެ ނަސީބު ހަމަ ގަދައީ…” މައިމޫނާ އޭނަގެ ޒަމީރާ ވާހަކަދައްކާލުމުން ހިތަށް ތަސައްލީއެއް ލިބުނެވެ. އޭނަގެ މޫނުމަތި އުޖާލާވާން ނެގީ މަދު ސިކުންތުކޮޅެކެވެ.

”ހާސްވާކަށް ނުޖެހޭނެ…” މައިމޫނާ އަވަސް ނޭވާތަކެއް ލިޔެވެ. އޭނަގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

”މިފަހަރު ފޯރިއެއް ހުންނާނެ، ފަޒްލާއަށް ވެސް ޝޮކްތަކެއް ލިބޭނެ….” މައިމޫނާ ހިތާހިތުން ކިޔާލިއެވެ. އޭނަގެ ލޯކުރިމަތިން މަންޒަރުތަކެއް ކުރަހާލަން އުޅުނު ކަހަލައެވެ. މައިމޫނާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ފުރަތަމައަށް ވެސް އޭނަ ހަމަލާ ދޭނީ އުމެއިރާ އަށެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ބަރުބާދު (ސާދަވަނަބައި)

Next

އޯގާވީ ހިތަކުން…37

Next
June 18, 2014

އޯގާވީ ހިތަކުން…37

Previews
June 16, 2014

ބަރުބާދު (ސާދަވަނަބައި)

7 Comments!

  1. mai says:
    June 16, 2014 at 4:29 pm

    Please enoon gotheh neththa

  2. sha says:
    June 16, 2014 at 4:49 pm

    Varah salhi… Ekm buneba innadhuvahahgenas dhahcheyy plx. ….

  3. shai says:
    June 16, 2014 at 4:51 pm

    thihaa gina dhuvas kohfa ves haadha kurey

  4. maayaa says:
    June 16, 2014 at 6:18 pm

    waiting very nice but kuree

  5. reen says:
    June 16, 2014 at 7:42 pm

    plx vaahaka geanesdeaythi…..mibai maa kururu…..

  6. Babydhooni says:
    June 16, 2014 at 8:10 pm

    Mutha ge vaahaka reethi.. But v vai vey lahun up kuraatheeve.. Thi varun vaahaka nuliyaan veenu.. Reethi Ekam eh hafthaa 3 days genes dhyfiyya aneh hafthaa genes dheyne 2 days o.. U keep in changing days! Ehnve kada..

  7. sem says:
    June 17, 2014 at 3:18 pm

    Gud..Avas gothakah falhaa rauvaalaaa.

Comments are closed.

Next Episodeއޯގާވީ ހިތަކުން…37←


All Right Reserved!