![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ކުށަކީ ކޮބާ؟؟؟؟
އަޅުގަނޑުގެ ކުށަކީ ކޮބާތޯއެވެ. ވާހަކަ ވިދާޅުވާ ބޭފުޅުން އަޅުގަނޑަށް ބުނެދިފާނަން ތޯއެވެ. އަޅުގަނޑަކީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކީމެވެ. މަންމައަކީ ކޮބާކަމެއް އަދި ބައްޕައަކީ ކޮބާކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއީ އަޅުގަނޑުގެ ކުށެއް ހެއްޔެވެ. އުމުރުން މިވީހާ ދުވަހު އެމީހުން އަޅުގަނޑަށް ނުފެނުން އެއީ އަޅުގަނޑުގެ ކުށެއް ހެއްޔެވެ. ދެމީހުން މަރުވެފައިވާ ކަމުގައި ވާނަމަ ނުވަތަ އަޅުގަނޑު އެއްލާލާފައި އެހެން ތަނަކަށް ގޮސްފައިވާނަމަވެސް އެއީ އަޅުގަނޑުގެ ކުށެއް ހެއްޔެވެ.
އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެއް އަޅުގަނޑު ބަލާބޮޑު ކުރީ ދައްތައެކެވެ. އެންމެ ކުޑައިރުގަވެސް ދައްތައަށް އޮޅިގެން މަންމައޭ ބުނެވުނަސް ރުޅި އަންނާނެއެވެ. ދައްތައަކީ އުމުރުން 50 އަހަރު ވެފައިވާ މީހެކެވެ. ދައްތަ އިދެގެން އުޅޭ ބޭބެއަކީ ދައްތައަށް ވުރެއް މުސްކުޅިކޮށް ހުންނަ މީހެކެވެ. އަދި ދައްތަގެ ދެ ފިރިހެން ކުދިން ނާއި ދެ އަންހެން ކުދިން ތިބެއެވެ. މިއީ ދައްތަގެ އާއިލާއެވެ. އަޅުގަނޑަކީ އެގޭގައި ގެންގުޅޭ ނޯކަރެކެވެ. އެގޭގައި ނޯކަރެއްގެ ސިފައިގައި އަޅުގަނޑު އުޅެން ޖެހުން އެއީ އަޅުގަނޑުގެ މައްސަލަ ހެއްޔެވެ.
މީހުން ބުނާނެއެވެ. މިހާރު ރާއްޖެގެ މީހުންނަކީ ތަންދޮރު އެނގޭ މީހުންނެވެ. މައުލޫމާތު އެވަރަށް ނުލިބޭ މީހަކު ނުހުންނާނެއެވެ. އެއީ ތެދު ކަމުގައި ވާނަމަ އަޅުގަނޑަށް އަނިޔާ ލިބެމުން ދިޔަ އިރު އެ މައުލޫމާތު ތަކުގެ ބޭނުން އެމީހުން ނުކުރީ ކީއްވެ ހެއްޔެވެ. ދައްތަގެ ގެއަކީ ބޮޑު ގެއެކެވެ. ހަތަރު ކޮޓަރި ހުންނަ އިރު ކުޑަ ސިޓިންރޫމްއަކާއި ކުޑަ ބަދިގެއެއް ހުރެއެވެ. އަދި އިތުރަށް ގަސް ހައްދާފައިވާ ކުޑަ ވަރެއްގެ ބަގީޗާއެއް ހުރެއެވެ. އަޅުގަނޑުގެ އުމުރުން ފަސް އަހަރުން ފެށިގެން އަޅުގަނޑުގެ މަސައްކަތަކީ ހެނދުނު ފަތިހާ ހޭލާ އެގޭގައި އޮންނަ ބަގީޗާއަށް ފެން ދިނުމެވެ. އަދި އެގޭ މީހުން ހެނދުނު ހޭލަން ވާއިރަށް ސައި ތައްޔާރު ކުރުމެވެ. މެންދުރު އޮފީހުން ނުވަތަ ސްކޫލުން އަންނަން ވާއިރަށް ގޭތެރެ ސާފުކޮށް ކޮޓަރި ތެރެ ސާފު ކުރުމެވެ. މެންދުރު ކާއެއްޗެއް ތައްޔާރުކުރުން ވެސް އެއީވެސް އަޅުގަނޑުގެ މަސައްކަތެކެވެ. އޮފީހުން ނުވަތަ ސްކޫލުން އައުމުން އުކާލާފައި ހުންނަ އަންނައުނު ތަށް ގަސްގަހުން ވެރިފައިވާ ފަތްތަކެއް ނަގާ ގޮތަށް އެކި ތަންތަނުން ނެގުން އެއީވެސް އަޅުގަނޑުގެ ވަޒީފާގެ އެއްބައެވެ. އަދި ފާހާނަ ސާފުކުރުމާއި އެއްޗެހި ދޮވެ އިސްތިރި ކުރުންވެސް އެއީ އަޅުގަނޑުގެ ޒިންމާއެކެވެ. މި ކަންތައް ކުރުން އެއީ އަޅުގަނޑަށް މައްސަލައެއް ނޫނެކެވެ. އަޅުގަނޑު މިހުރިހާ ކަމެއް އޭރުވެސް ކުރަނީ ހިތުން ރުހުމުންނެވެ. ނަމަވެސް އަޅުގަނޑު ހުރީ ކައިގެންތޯވެސް އެމީހުން ބަލާނުލައެވެ. އަޅުގަނޑު ބަލިވެގެން ވެއްޓިފަ އޮތަސް އަޅާ ނުލައެވެ. ހުމާއި ނުތެދުވޭ ހާލުގައި އޮންނަ އިރުވެސް އަޅުގަނޑު ބޭސްކޭތޯވެސް ބަލާނުލެވެއެވެ. އަޅުގަނޑަށް ސްކޫލަށް ދާނެ ފުރުސަތެއް ނުލިބުނެވެ. ރައްޓެހިންނަކީ ކޮންބައެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިއީވެސް އަޅުގަނޑުގެ ކުށެއް ހެއްޔެވެ.
އަޅުގަނޑުގެ މަންމަ އަކީ ކާކުކަން ނޭނގޭ ވާހަކަ ކުރިންވެސް ބުނެވިފައިވާނެއެވެ. އުމުރުން ފަސްއަހަރުގައި އަޅުގަނޑު އެއްދުވަހު ދައްތަ ކައިރީގައި އަޅުގަނޑުގެ މަންމަ ވާހަކަ އެހީމެވެ. ސަބަބަކީ އެގޭގައި އުޅޭ ބޭބެ މެންނާއި ދައްތަ މެންނަށް ‘ދައްތަ’އަށް މަންމަ ކިޔާނެ ފުރުސަތު ލިބިފައި އަޅުގަނޑަށް ނުލިބޭތީއެވެ. ދައްތަގެ ޖަވާބު އެނގޭހެއްޔެވެ. އިލޮށިފައްޗެއް ހުސްވަންދެން އަޅުގަނޑުގެ ގައިގައި ތެޅުމެވެ. އެއްޗެހި ކިޔަމުންނެވެ. ދުވަހަކުވެސް ދައްތަ ނުކިޔާ ކިތައްމެ އެއްޗެއް އަޅުގަނޑާއި ދިމާލަށް ކިޔެވެ. ނޭނގޭ އެތައް ބަހެއް ބޭނުން ކުރިއެވެ. އަޅުގަނޑަށް އެނގުނީ ދައްތަ ކީ މަދު އެއްޗެކެވެ. ދައްތަ ބުންޏެވެ. ކަލޭތިއީ ސުންޕާ މީހެކެވެ. މިދުނިޔެއަށް އައީ ސުންޕާ ކަންމަތީގައެވެ. މުޑުދާރު އަންހެނަކު ހިންގި މުޑުދާރު އަމަލެއްގެ ނަތީޖާއަކީ އަޅުގަނޑު ކަމެވެ. އަޅުގަނޑަކީ ތުންފުއްސެއްގެ ދަރިއެއް ކަމަށްވެސް ބުންޏެވެ. އަދި ތުންފުސެއްގެ ދަރިވާނީވެސް ތުންފުސަކަށް ކަމަށް ބުންޏެވެ. އަޅުގަނޑަށް އެބުނި ޖުމްލައިގެ މާނައެއް ނޭނގުނެވެ. އެހެންނޫނަސް ދައްތަ ގިނައިން ކީ މާނަ ނޭނގޭ ބަސްބަހެވެ. އެދުވަހު ދައްތަ ހިތްހަމަ ޖެހުނީ އަޅުގަނޑުގެ ގައިގެ އެތައް މިތަނުން ލޭ އަންނަން ފެށީފައެވެ. އެދުވަހަކީ ދައްތައާއި މެދު ފުރަތަމަ ފަހަރަށް އަޅުގަނޑުގެ ހިތުގައި ޝަކުވާ އުފެދުނު ދުވަހެވެ. ހިތުގައި ފުނިޖެހި ސުވާލުތަށް ފަންޑުންވި ދުވަހެވެ. ނަމަވެސް އަޅުގަނޑަށް އެންމެ ސުވާލެއްގެ ޖަވާބެއްވެސް ނުލިބުނެވެ. އެއީވެސް އަޅުގަނޑުގެ ކުށްހެންޔެވެ.
އަޅުގަނޑު ހަނދާން ހުންނަން ފެށީސުރެއް އަޅުގަނޑުގެ ކޮޓަރިއަކީ ކުޑަ ސިޓިން ރޫމްއެވެ. ނަމަވެސް ފަސްއަހަރުން ފެށިގެން ކޮޓަރި ބަދަލުވީ ކުޑަ ބަދިގެތެރެއަށެވެ. ހަމައެކަނި ލިބެނީ ބޯދަށަށް ލާނެ ބާލީހެކެވެ. އެވެސް ހަލާކުވެފަ އޮންނަ ބާލީހެކެވެ. އެކަމާއި އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ނަމަވެސް އެރެއަކީ އަޅުގަނޑުގެ ހަޔާތަށް އައި އެންމެ ބިރުވެރި ރެއެވެ. ދުވަހަކުވެސް އެކަހަލަ ކަމެއް ވާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. މުޅި ދުނިޔެ ދެކެ ފޫހިވިއެވެ. އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އުފަންވިގޮތަށް މަރުވި ނަމައޭ ހިތަށް އެރިއެވެ. އެރެއަކީ ދައްތަގެ ފަރާތުން އަޅުގަނޑަށް އެނިޔާ ލިބުމުން ނުނިދިފަ އޮތް ރެއެވެ. ގައިގަ އެކި ތަންތަނުގައި ރިއްސަމުން ދިއުމުގެ ސަބަބުން އެއްގޮތަކަށް ނުނިދުނު ރެއެކެވެ. ވިއްސާރަ ރެއެއްވެސް މެއެވެ. ހީކަރުވާ ވަރުންނާއި ގައިގަ ރިއްސާވަރުން އަޅުގަނޑު އޮތީ ކުޑަކޮށް ކުރުގެޅި ލައިގެންނެވެ. ދެލޯމަރާލައިގެން އަޅުގަނޑު އޮތީ ވިދާލާ ގަޑީގައި ބަދިގެ ތެރެއަށް ވެގެންދާ އަލީގެ ސަބަބުންނާއި ޖަހާލާ ބަރު ގުގުރީގެ ސަބަބުން ބިރުގަންނާތީއެވެ. ކުއްލިއަކަށް އަޅުގަނޑު ސިހުނީ ބާރުގަދަ އަތަކުން އަޅުގަނޑުގެ ފައިގައި ހިފެހެއްޓުމުންނެވެ. އެމީހަކު ހީކުރީ އަޅުގަނޑު އޮތީ ނިދާފައި ކަމަށް ކަންނޭނގެއެވެ. އަޅުގަނޑު ބޯހިއްލާލި ތަން ފެނުމުން އެމީހަކު އަޅުގަނޑު މައްޗަށް ޖެހިގަތީ ވަލު ޖަނަވާރެއްގެ ސިފައިގައެވެ. އަޅުގަނޑުގެ އަނގަމަތީގައި އަތް އަޅަމުން މަޑުން އޮންނަން ބުނެލީ އަމުރު ވެރި ރާގަކަށެވެ. އެމީހާގެ އަޑު ޖެހުމާއި އެކު އަޅުގަނޑު ހިފަހައްޓައިގެން ހުރި ކަރުނަތަށް ލޮލުން އޮހިގަތެވެ. ބޭރުފުށުން ފެންނަން ހުރި އެއްވެސް އަނިޔާއަކަށް ބެލުމެއް ނެތި އެމީހާ އަޅުގަނޑުގެ ހަށިގަނޑަށް ދިނީ ދުވަހަކުވެސް ނުފިލާނެ އަނިޔާއެކެވެ. އަޅުގަނޑު ހަށިގަނޑު ކޮށައިގެން ކަމުން ދިޔައީ ފުރޭތައެއް އޭތީގެ ބަނޑުހައި ފިލުވުމަށް ކަނޑުމަސްތަކެއް ކަމުން ދިޔަ އުސޫލުންނެވެ. އަޅުގަނޑު ހަށިގަނޑުގައި އެތައް ވޭނެއް އަޅަމުން ދިޔައެވެ. އަޅުގަނޑު ރޮމުން އެގޮތަށް ނެހެދުމަށް އާދޭސް ކުރީމެވެ. ނަމަވެސް…. މިކަންވެސް މިގޮތަށް މިވީ އަޅުގަނޑުގެ ކުށުން ހެއްޔެވެ.
އުމުރުން އެ ހުރިހާ ދުވަހު އަޅުގަނޑު ހީކުރީ އަޅުގަނޑު ދެކެ އާއިލާ މީހުން ލޯބިވާ ކަމަށެވެ. ނަމަވެސް އެދުވަހު އެއްވެސް މީހަކު އަޅުގަނޑު ދެކެ ލޯބިނުވާކަން ޔަގީން ކުރެވުނެވެ. އެރޭގައި އަޅުގަނޑަށް އަނިޔާ ދިނީ ދައްތަ އިދެގެން އުޅޭ މުސްކުޅި ބޭބެއެވެ. އެރޭގައި ބޭބެ އަޅުގަނޑު ރޮއިރޮއި އޮއްވާ ބޭނުން ގޮތެއް ހަދަމުން ދިޔައެވެ. އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ. އޭގެ އަނެއްދުވަހު އަޅުގަނޑަށް ހިގާ ނުލެވުނެވެ. ނަމަވެސް ދައްތަ އައިސް ހިތައް އެރި އެއްޗެއް ގޮވީ އަޅުގަނޑާއި ދިމާލަށެވެ. ބޭބެ ކަންތައް ކުރި ގޮތް ރޮމުން ދައްތައަށް ކިޔައިދީނީމެވެ. ދައްތަ ދިން ޖަވާބު އެނގޭހެއްޔެވެ. ‘ކަލޭތީ މާރީތި މީހެއްތަ… މަގޭ ފިރި ކަލޭ ކައިރިއަށް ވަންނަން.. އެހެން ނޫނަސް މައްސަލައަކީ ކޮބާ.. ކަލޭ އެހެން އުޅުނީމަ ހަމަ މަގޭ ފިރިމީހާ ދާނީ’ އަޅުގަނޑުގެ ގައިގައި ކޮޅުފައިން ޖަހަމުން ބުންޏެވެ. ބޭބެ ގެ އެކުޅިވަރު އެއީ އެކަމުގެ ފެށުމެވެ. އަޅުގަނޑު ހީކުރީ އެކަމަކީ އެންމެ ރެއެއްގެ ކަމެއް ކަމަށް ވާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ އެކަމަކީ ކޮންމެ ހަފްތާއަކުން އެއްރެއެއްގެ ކަމެކެވެ. ދެންވީ ހަފްތާއަކު ދެރެއަށެވެ. އެންމެ ފަހުން ކޮންމެ ރެއެއްގެ ކެއުމަށް އަޅުގަނޑު ވެގެން ދިޔައެވެ. އެބޭބެގެ އެކަންޏެއް ނޫނެކެވެ. ދައްތަގެ ހުންނަ ބޮޑު ފިރިހެން ކުއްޖާގެވެސް މެއެވެ. ބުނެބަލާށެވެ. މިއީވެސް އަޅުގަނޑުގެ ކުށުން ވީކަމެއް ހެއްޔެވެ.
އެވޭނުގައި އަޅުގަނޑު އެތަށް ދުވަހަކު އުޅުނީމެވެ. ފުރަތަމަ ކޮޅުގައި ގައިގައި އެތަށް ވޭނެ އަޅަމުން ދިޔައެވެ. ދައްބަނޑުގައި ހީވަނީ ވަޅި އަޅަމުން ދިޔަ ހެންނެވެ. މުޅިގައިގައި އެތައް މިތަން ހުންނަނީ ރަތްވެގެން ދުޅަ ވެފައެވެ. ނޫފައިގަންވެފައެވެ. ނަމަވެސް އެތަން ފެންނަ މީހަކު މި ދުނިޔޭގައެއް ނޫޅެއެވެ. ނަމަވެސް ފަހުން އެވޭނަށް އަޅުގަނޑު ހޭނުނެވެ. ކިތައްމެ ވަރެއް ކުރިޔަސް އެންމެ ކަރުނަ ތިއްކެއްވެސް އެމީހުން ކުރިމަތީގައި ނު އޮރުވަމެވެ. ނަމަވެސް ދެން އެމީހުން އަޅުގަނޑަށް ދެން ކަންތައް ކުރި ގޮތަކީ ޖަނަވާރަކާއި ދޭތެރޭގައި ކަންތައް ނުކުރާނެ ގޮތަކަށެވެ. ގެއިން ބޭރުގައި ގަސްތަކުގެ ތެރޭގައި ބަންނަން ފެށިއެވެ. އެކި ދުވަހު އެކި އެއްޗެހި ކިޔަމުންނެވެ. ކައްކާ އެއްޗެހީގެ ރަހަ ރަނގަޅު ނުވާތީއެވެ. ކުނި ރަނގަޅަށް ނުކަހާތީއެވެ. ފަހުން ފަހުން އައިސް އެމީހުން ބެލީ ކޮންމެވެސް ގޮތަކުން އަޅުގަނޑަށް އަނިޔާއެއް ދެވޭތޯއެވެ. ފަހުން ބޭބެ އަޅުގަނޑަށް ކަންތައް ކުރަމުން ދާއިރު ދައްތަ އެމަންޒަރު ބަލަންވެސް ހުންނާނެއެވެ. އެއްވެސް ރަހުމެއް ނެތިއެވެ. ގެއިން ބޭރަށް ކޮންމެ ގަޑިއެއްގަވެސް ލައިފާނެވެވެ. ދަންވަރުވެސް ބެރުގެ ގަސްތަކުގައި ބަދެފައި ބައިންދަ ފާނެއެވެ. ވާރެތެރޭގައި ގޮޑީގައި އައްސާފައި ބައިންދަފާނެއެވެ. ގުރުރި ޖަހަމުންދާއިރު ނުނީ އަދިރި ތަނެއް ދޮރެއް ނޭނގޭ ރޭތަކުގެ ގަހެއްގައި ބަދެފަވެސް ބައިންދަ ފާނެއެވެ. މިގޮތަސް އެތައް އަނިޔާއެއް އެމީހުން އަޅުގަނޑަށް ކުރަމުން ދިޔައެވެ. ގިނަރޭރޭ ތަކުގައި އަޅުގަނޑު ރޮއި އާދޭސް ކުރަމެވެ. ކުރެވުނީ ކޮންކަމެއްކަން ނޭނގޭ އިރު އެތައް އިރެއްވަންދެން މާފަށް އެދެމެވެ. ނަމަވެސް އެމީހުންގެ ހިތައް އެއްވެސް އެއްޗެއް ނާރަނީ ކަންނޭނގެއެވެ. ނޫނީ ހަމަ އަޅުގަނޑަށް ކަންތައް ކުރެވޭގޮތް ރަނގަޅު ނޫނީ ކަމަށް ވެދާނެއެވެ. ނޫނީ މިއަނިޔާ ލިބެމުން މިދަނީ އަޅުގަނޑު އަޅުގަނޑަށް ވީމަ ކަން ނޭނގެއެވެ. މިކަމުގައި އަޅުގަނޑުގެ ކުށެއް ބުނެބަލާށެވެ.
އެވޭނުގައި އަޅުގަނޑު ފަސް އަހަރު އުޅުނީމެވެ. އެއްވެސް މީހަކަށް އެތަނެއް ނުފެނުނެވެ. އަޅުގަނޑުގެ ރުއިމުގެ އަޑު އަހާނެ މީހަކު މި ބޮޑު ދުނިޔެއަކު ނެތެވެ. އާދޭސްތަށް އަހާނެ މީހަކު ނުވިއެވެ. އަޅުގަނޑު އެއް އިރެއްގަވެސް އެވޭނަށް ކެތެއް ނުކުރަމެވެ. އެނޫން ގޮތެއް ނެތުމުން އަޅުގަނޑު މަޑުން ހުރީއެވެ. ނަމަވެސް އަޅުގަނޑަށް އެހެން ގޮތެއް ފެނުނެވެ. ފަސް އަހަރު ފަހުންނެވެ. އެއްދުވަހެއްގައި އަޅުގަނޑު ބަދިގެއަށް ވަތްތަނުން ކަނބަޑުމަތީގައި ބާއްވާފައި އޮތް ވަޅި ފެނުނެވެ. ވަގުތުން ބޮލަށް އެހެން ގޮތެއް ފާޅު ވިއެވެ. އެކަން އައީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ބަލާކަށް ނުހުރެ ދިޔަ ގޮތަށް ވަޅި ނަގާ ދެއަތުގެ ނާރު މަތީގައި ދަމާލީމެވެ. ލޭތަށް އޮހިގަތީ ބަލަން ހުއްޓައެވެ. މީހާ ގައިން ބާރު ހުސްވަމުން މަޑުމަޑުން ވެއްޓުނެވެ. އެގޭ ދައްތަ ހަޅޭލަވައިގެން އަޑު އިވުނުހެން ހީވިއެވެ. ދެން އަޅުގަނޑަސް ވީގޮތެއް ނޭނގުނެވެ.
ހޭއަރަމުން ދިޔައިރު އެކި މީހުންގެ އަޑު އިވެމުން ދިޔައެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ކުރިމަތިން ފެންނަމުން ދިޔަ ލައިޓްއެވެ. އެލައިޓްގެ ސަބަބުން ކުޑަ އިރުކޮޅެއް ވަންދެން ލޯ ހުޅުވުމަށް އުދަގޫވިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ދެލޯ ހުޅުވާލީ އޮވެވުނީ ސުވަރުގޭގައި ކަމަށް ހިތަށް އެރުމުންނެވެ. ނަމަވެސް ދެލޯ މަރާލީ ކުރިމަތިން ދައްތަ ފެނުމުންނެވެ. ‘ކޮއްކޯ’ އަޅުގަނޑު ލޯ ހުޅުވާލީ ނުދައްނަ މީހެއްގެ އަޑު ވިމުންނެވެ. އެވަގުތު އަޅުގަނޑަށް ފެނުނީ އަޅުގަނޑު ނުވެސް ދަންނަ މީހަކު ހިނިތުން ވެލައިގެން ހުއްޓައެވެ. ވަމުން ދިޔައީ ކިހިނެއް ކަމެއް އަޅުގަނޑަކަށް އޭރަކު ނޭނގެއެވެ. ކުރިމަތީގައި ނޫކުލައިގެ ޔުނިފޯމް ލައިގެން ތިބި ދެމީހުން ތިއްބެވެ. ދައްތަ ދުރުގައި ރޮވިފައި ހުއްޓެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެވަގުތު ހިތަށް ލިބިގެން ދިޔައީ ބުނަން ނޭގޭ ކަހަލަ ހިތްހަމަ ޖެހުމެކެވެ. ޑޮކްޓަރެއް އައިސް އަހަރެންގެ ގައިގެ އެއްތައް މިތަނުގެ ލަކުނު ތަށް ބަލަމުން ދިޔައެވެ. ނޫފައިގެންފައިވާ ތަންތަން ބެލިއެވެ. ހަލާކުވެފައިވާ ތަންތަނުގައި ބޭސް އަޅައިދިނެވެ. އަދި ކީއްވެފަތޯ އަހާ ސުވާލު ކުރަން ފެށިއެވެ. އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނަމެވެ. ފަސް އަހަރު ވަންދެން އަޅުގަނޑަށް ވޭން ލިބުނު އިރު މި މީހުންތަށް ކޮބާ ހެއްޔެވެ. އަޅުގަނޑުގެ ހާލު އަހާލާނެ މީހަކު އަޅުގަނޑުގެ ވޭންތަކުގެ ވާހަކަ އަހާނެ މީހަކު ކޮބާ ހެއްޔެވެ. އަޅުގަނޑު ދައްތައަށް ބަލާލީމެވެ. އޭރު ޔުނީފޯމްގައި ތިބި މީހުން ދައްތަ ގޮވައިގެން އެތަނުން ނިކުންނަނީއެވެ.
އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނަމެވެ. ހަނު ހިމޭނުން އެމީހުން ކުރާނެ ކަމެއް ކުރަން ދީގެން އޮތީމެވެ. އަންހެނަކު އައިސް އެތަށް ސުވާލެއް ކުރިއެވެ. އެއްވެސް އެއްޗެއް ނުބުނެ އިނުމުން ދެން އައީ ފިރިހެނެކެވެ. އެމީހާ އަޅުގަނޑުގެ ގައިގައި ފިރުމާލުމާއި އެކު އަޅުގަނޑުށް ފަހަތަށް ޖެހިލެވުނީ ގައިގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުންނެވެ. އަދި އަޅުގަނޑު ފިރިހެނުންދެކެ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. އެހެންކަމުން އެމީހާ އެއްވެސް އެއްޗެއް ނާހައެވެ. އޭގެ ދެދުވަސް ފަހުން އެއ އަންހެން މީހާ އަޅުގަނޑު ގޮވައިގެން އައީ އެހެން ރަށަކަށެވެ. އެމީހާ ކިޔައިދިން ގޮތުގައި އެއީ ވިލިގިއްޏެވެ. އަޅުގަނޑު ގެންދަނީ އަހަރެން ކަހަލަ ކުދިންތަކެއް ތިބި ތަނަކަށެވެ. އެކަހަލަ ތަނަކަށް އަޅުގަނޑު ގެންދިއުން އެއީ އަޅުގަނޑުގެ ކުށެއް ހެއްޔެވެ.
އަޅުގަނޑު ބޭނުންވީ އަޅުގަނޑު ކަހަލަ ކުދިން ތިބި ތަނަކަށް ދާކަށް ނޫނެކެވެ. އަދި މީހުންގެ ސުވާލު ތަކަށް ޖަވާބު ދޭކަށްވެސް ބޭނުމެއް ނޫނެކެވެ. ބޭނުންވަނީ ދުނިޔެއިން ދާށެވެ. އެހެންތާކަށް ދާށެވެ. އެކަނި ހުންނާށެވެ. އެހެންކަމުން ދެތިން ފަހަރެއްގެ މަތިން އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް…. މިހާރު މިތަނުގައި ހުންނަތާ ދެއަހަރު ވީއެވެ. މިތާ އުޅޭ މީހުން ވަރަށް ރަނގަޅެވެ. ކުދިންވެސް ރަނގަޅެވެ. އެކަމަކު އަދިވެސް ނިދަން އުދަގުލެވެ. ނިދާއިރަށް ފާޑުފާޑު ބިރުވެރި ހުވަފެން ފެނެއެވެ. އަދިވެސް ގައިގެ ތަންތަނުގައި ރިއްސައެވެ.
މިހާރު އަޅުގަނޑަކީ ސްކޫލަށް ދާ ކުއްޖެކެވެ. ކިޔަވަން ބޭނުންވާތީ އެކަން ކުރަނީ ކުރާހިތުންނެވެ. ނަމަވެސް ބައެއް ފަހަރު މުދައްރިސުންގެ މޫނުމަތިން ފެންނަން ހުންނަ ކުލަވަރުގެ ސަބަބުން ބިރުގަނެވެ. ބަލާގޮތުން ހީވަނީ މުޑުދާރު އެއްޗަކަށް ބަލާހެންނެވެ. ބައެއް ބެލެނިވެރިންގެ ލޮލުންވެސް އަހަރެންނަށް އެކަން ފާހަގަ ވެއެވެ.
މިއަދާއި ހަމައަށްވެސް އަޅުގަނޑަށް ނުލިބެނީ އެއްމެ ސުވާލެއްގެ ޖަވާބެކެވެ. އަޅުގަނޑަށް މިހުރިހާ ކަމެއް މިދިމާވީ އަޅުގަނޑުގެ ކުށެއް އޮވެގެން ހެއްޔެވެ. އަޅުގަނޑު މުޑުދާރު މީހަކަށްވީ އަޅުގަނޑުގެ ކުށެއް އޮވެގެން ހެއްޔެވެ. އަޅުގަނޑަށް ލިބުނީ ނުހައްގުން އަނިޔާ ކަމަށް ވާނަމަ އެ އަނިޔާ ލިބުނީ އަޅުގަނޑުގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ. އެކަމެއް ބުނެލަދޭށެވެ.
ނިމުނީ….
28 Comments!
Comments are closed.
އަޅޭ ފެންޓަސީ ހަމަ ރޮވިއްޖެ ޔަޝްއަށް.. ވ ވ ވ ރީތީ
ވަރަށް އުފާ ވެއްޖެ ޔަޝް މިވާހަކަ ކިޔާލީމަ… ތެންކްސް ވަރަށް ބޮޑަށް 🙂
Knmeves myhaku e kujja ah help van v nu?raajeyge haalathu…
Aslu dhoo shaamy.. raajeheyge haalathu… dhera ee ehyvaane meehun ves nethyma… ehyvaa meehunves gina faharah v gose… anyway thnks varah bodah
v dhera vejje mivaahaka kiyaafa… I wish u all the best in your life.. Allah evves anhen kujjakah mikahala hithaama eh medhuveri nukurahvaashi ,.. n dear hihvaru kurey .. ragalhah ulhey,…. maru vumahvure aahirah baajaveri kuran masahkai kurun buhdhiveri vaane…
maine fantasyge ves dhua aky thi eiy.. Allah eheves kujjakah mikahala kameh medhuveri nukurehvun… thnks varah bodah mine
i wish all the bst to u in ur life…. hama rovihje….yeah aharen ah ves thiveyn igey… gahanaane biraa vane goiy igey… aharen mee ehbadu ehbafaa beybe magey gayah eri meeheh veeru dhuru hiley meeheh kuraavareh vure bodaha aailaa meeheh kuryma hithuga alhaa veyn boduvaane… mee muslimun ey kiyaameehunge haalu hurigoiy ginsee gulhun hingumaa nahama gothuga jareemaa thah hingun mi dhany aanmuvegen mi kanthah huhtuvaakah sarukaarakah ves nunikumeveytha…. hadha haa vaa ginaey mihar mi amal thah …. mee dhn v dhera kameh iraadh kurehvihyaa ahren salaameh vi hen mulhi umurudhuvahah thi kuhjaa ves salaameh vane….
alhe shai… fantasy v dhera vejje… ya mi rajje mi iy muslimun ulhey thanekey bunaa iru mikahala kanthah mi eiy aanmu kameh… aslu hurihaa enmenge ves zinmaa kuda eiy.. ehves faraathakun zinmaa nunagaa.. ehenveema mikanthah aanmu vany… thnks varah bodah mi vaahaka shai kiyaaleema
aslu mi vaahaka kiyaafa varah dheravejje mee hama asluves mi mujuthamauga dhimaavaakantha thah ekujjaage ehves kusheh ney mikujja ah heyo goiy minvaru kuravaashi
thnks Elsa… ya mikahala kithahme kameh mi mujuthamauge thereyga dhimaavey dhooo… anyway thnks v bodah 🙂
masha allah!!!!very intersting story!!!!rovvalafa thi ninmaly…….vrh dhera vejje!!!!mi kahala kudhin mi rajjeyga vx ulheynetha dw!!!vrh asaru koffi
thnks maee… ya mikahala kithahme kudin neh mi mujuthamauga ulhey… anyway v ufaa vejje maee ah mivaahaka kamudhiya eema… thnks a lot 🙂
Omg omg mi vaahaka kiyaafa hama rovihje…ekahala gotheh vehjejya vsaane goii vissnenyy….. so sadddddd… anyway lovely stry… 🙂 Thanks dear
thnks ummi… aslu ekahala kameh dhimaa veema visneny kihineh kameh ves neygey… v hopeless and helpless vaane dhooo… thnks v boha vaahaka kiyaaleema 🙂
varah dera vehjje mivaahak kiyaalumun..
varah dera vehjje mivaahak kiyaalumun..
thnks sem…. sem men kudin dhera veema fantasy ves dhera vey… ekam migaumuge haalau mi iy dhooo.. keekurany… anyway thnks v bodah 🙂
Alhe haadha reethi vaahaka eh… Varah gina kiyaifin ekam Vaahaka eh kiyaigen rovunu miee furathama faharu.. asluves varah dheravejje.. 🙂 Fantasy ah kurierun edheny 🙂
varah gina VAAHAKA kiyaifin.. Kusheh islaahu kolly
thnks aksham.. mi vaahaka aksham ah kamudhiya eema fantasy v happy vejje … thnks v bodah 🙂
Hey fantasy.
Welcome to the Esfiya. :-D. Mivaahaka varah asaru Gadha adhi varah salhi.. Keep it up.
🙂
Heart touching story.. V v reethi…
Varah nyc
Varah dhera vehje me ge maajee mathin handhaan vehje mivaahakain
me ves beynumeh nun ekahala gotheh ehen kuhjakah vaakah
varah reethi vaahakaeh
nice…feeling thah vv rangalhah genesdhyfa ebahuri…..
vv reethi mi vaahaka
ވ. ރީތި