Skip to content
އެސްފިޔަ

ހިތް ނުރޮއްވާ… (27)

އުފާވެރިކަމާއިއެކު ކުރިއަށް ދިޔަ ހަފްލާގައި ނިހާމެންގެ އުފަންދުވަހުގެ ކޭކުފަޅަން އެންމެން ތައްޔާރުވެފަ ހޯދީ ރިހާއެވެ. ނަސީރަށް ރިހާ ނެތްކަން އެނގުމުން ކުޑަކޮށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާއަށް ލިބިފަ މިހިރީ ވާ ދަރިއެއްތާއޭ ހިތަށްއެރިއެވެ. ދެފަހަރު ހަމައަށް ވާ ތަނެއްނޭނގެއެވެ.

              “ޔެސް ޑޭޑް!” ރިހާ ވީތަނެއް އޮޅުން ފިލުވުމަށް ނަސީރު ގުޅުމުން ފޯނުނަގައި ރިހާ ބުނެލިއެވެ. ރިހާ އިނީ ކުރިންވެސް އާދައިގެ މަތިން ރޭގަނޑުގެ ހަމަހިމޭން ވަގުތު އައިސް އިންނަތަނުގައެވެ. އެއީ ރަށުގެ ބަނދަރު ހެދުމަށް ޖަހާފައިހުރި ހިލަތައްމައްޗެވެ. ޕާޓީގައި އަލުން ބައިވެރިވާން އަންނަން ނަސީރު ރިހާ ގާތު އެދުމުން ރިހާގެ ޖަވާބަކަށްވީ ކުރިންވެސް ޕާޓީގައި ރިހާ ބައިވެރިވީ ނަސީރު އެދުމުންކަމުގަ އާއި މިހާރު އެކަންތައް ވުމުން އިތުރަށް ޕާޓީގައި ބައިވެރިވާން ބޭނުން ނުވާކަމުގައެވެ. ނަސީރު އުފަންދުވަހުގެ ކޭކު ފެޅުމަށް ރިހާ އެތާހުންނަން ޖެހޭނެ ކަމަށް ބުނުމުންވެސް ރިހާ އަދަބުވެރިކަމާއި އެކު އޭނާގެ ބައްޕަ ގާތު ބުނެލިއެވެ. “ޑޭޑް. އައި ޑޯންޓް ހޭވް އަ ބާރތް ޑޭ! އެހެންވެ މީގެ ކުރިންވެސް އެދުވަސް ފާހަގަ ނުކުރަނީ.” އެހެން ބުނެ ރިހާ ފޯނު ކަނޑާލީ ނަސީރަށް އިތުރު އެއްޗެއް ބުނުމުގެ ފުރުޞަތު ނުދޭންވެގެންނެވެ.

              ތެދެކެވެ. މީގެ ކުރިންވެސް ކޮންމެ އަހަރަކުވެސް މިދުވަސް އާދެއެވެ. ހަމަ އެބީދައިން އެދުވަސް ވެސް ފާއިތުވެގެން ދަނީ އެހެން ދުވަސްތަކެކޭ އެއްވެސް ތަފާތެއްނެތިއެވެ. ދެން މިއަހަރު ވަކި ތަފާތުވާންވީ ކީއްވެ ހެއްޔެވެ؟ ނިހާ އައުމުން އެހެން މީހުންގެ ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެއެވެ. ނަމަވެސް ރިހާ އެއީ ހަމަ ކުރީގެ ރިހާއެވެ. ނިހާގެ އުފަންދުވަސް ފާހަގަ ކުރުމުގަ ރިހާގެ މައްސަލައެއް ނެތެވެ. އެކަމު އޭގެ މާނައަކީ ރިހާގެ އުފަންދުވަސް ފާހަގަ ކުރުންނޫން ކަމުގަ ރިހާ ދެކުނެވެ. މިއަހަރުވެސް މިދުވަސް ފާއިތުވެގެން ދިޔަދޭށެވެ.

              ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަމުން އެ އަނދިރީގެ ތެރެއިން ކުރިމަތީގައި އޮތް މާސިންގާ ކަނޑާ ދިމާލަށް ރިހާ ނަޒަރުހުއްޓާލިއެވެ. “އިޓްސް އަ ނައިސް ޕްލޭސް ޓު ކްރައި.” ފަހަތުން އެ އިވުނީ ޒީޝާންގެ އަޑެވެ. ފަސް އެނބުރި ރިހާ ބަލާލި އިރު ދާދި ކައިރީގައި ޒީޝާން ހުއްޓިލައިގެން ހުރި އިރު ބަލަހައްޓައިގެން ހުރީ ސީދާ ރިހާ އާއި ދިމާލަށެވެ. “އައި ޑޯންޓް ކްރައި! ވައިގަދަ ވީމަ ލޮލުން ފެން އައީ.” ރެއަކީ ފުދޭވަރަކަށް ވައިގަދަ ރެއަކަށް ވުމުން ރިހާ އެހެން ބުނެލިއިރު އެއަޑުގައި ރުންކުރު ގޮތެއް އެކުލެވިފައިވިއެވެ. ރިހާ ރޯ ކަން ޒީޝާނަށް އަންގަން ބޭނުން ނުވުމާއިވެސް އެކުއެވެ. “ބައެއް ފަހަރު ހިތުގެ އުދާސްތައް އެހެން މީހުނާ ޝެއާރ ކުރީމަ ހިތްހަމަޖެހޭނެ ކޮންމެވެސް ވަރަކަށް، އެނގޭދޯ އެކަން؟” ރިހާ އާއި ދާދި ގާތުގައި އެތަނުން ހިލައެއްގައި އިށީންނަމުން ޒީޝާން ބުނެލިއެވެ. “އަހަރެން އެބައުޅެންތަ ހިތްހަމަޖައްސަން ބޭނުންވެގެން؟ ހިތުގަ އުދާސްތަކެއް ހުރެގެން؟” ހަމަ އެ ރުންކުރު އަޑުން ރިހާވެސް ޒީޝާނާއި ކުރީ ސުވާލުތަކެކެވެ. ޒީޝާން އެކުރަނީ ކުއްހީއެއްކަން އެ ސުވާލުތަކުން ހާމަ ކޮށްދޭން ރިހާ ބޭނުންވާފަދައެވެ. “އަހަރެން ބުނިންތަ މިދައްކަނީ ރިހާގެ ވާހަކައޭ؟ ވެދާނުން އަހަރެން މިދައްކަނީ އަހަރެންގެ ވާހަކަ ކަމަށްވެސް؟” ލާނެތް ހިނިތުންވުމެއް މުނުމައްޗަށް ވެރިކުރުވަމުން ރިހާއަށް ޒީޝާން ބުނެލިއެވެ. “މާނައަކީ؟” ޒީޝާން އެދައްކާ ވާހަކައެއް ރަގަޅަށް އޮޅުންފިލުވަން ބޭނުންވެފައި ހުރުމުން ރިހާ ދުރުބަލަން އިނދެ ޒީޝާން ކުރެ އަހާލިއެވެ.

              ކުޑަ އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ދުރުބަލަން އިނދެ ޒީޝާން ފުން ނޭވާއެއް ދޫކޮށްލަމުން ވާހަކަދެއްކިއެވެ. “މިބުނީ އަހަރެންނަށް ކޮން ކުށެއް ކުރެވިގެންހޭ ރިހާ އަހަރެންދެކެ ތިހާ ރުޅި އައިސްގެން ތިއުޅެނީ؟…” ޒީޝާންގެ ވާހަކަ މެދުކަނޑާލަމުން ރިހާ ވާހަކަ ދައްކަން މަސައްކަތްކުރުމުން ޒީޝާން އަނެއްކާވެސް ބުންޏެވެ. “އިހަށް އަހަރެން މި ދައްކާ ވާހަކަ އަޑު އަހާ! އަހަރެންނަށް ހިއެއް ނުވޭ އެވަރުގެ ކަމެއް އަދި ކުރެވުނު ހެނެއް… އަހަރެން ބޭނުން ކުރިންހެން ރިހާ އަހަރެންނާއި ވާހަކަ ދައްކާ އުޅެން. އެ އެކުވެރިކަން އަދިވެސް ބޭނުން. އެކަމު ރިހާ ތިއުޅޭ ގޮތުން ނޭނގެ އަހަރެން ހަދަންވީ ކިހިނެއް ކަމެއް. ދެން ބުނެބަލަ، ކީއްވެ ތިގޮތަށް ތި ކަންތައް ކުރަނީ؟ ކީއްވެ އަހަރެން މާ ދުރުކޮށްލީ؟”

              “މާހީ ޓޯލްޑް މީ! އިޒިޓް ޓްރޫ؟” ޒީޝާންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރިހާވެސް ކުރީ ސުވާލެކެވެ. ޒީޝާނަށް ރިހާ އެބުނީ ކޮން ވާހަކައެއްކަން އެނގުނު ނަމަވެސް ޒީޝާން ބޭނުންވީ ރިހާ ލައްވާ ބުނުވާށެވެ. އެހެންކަމުން ޒީޝާން ރިހާ ކުރެން އަހާލިއެވެ. “ކޮން ވާހަކައެއް؟ މާހީ ކީކޭ ބުނީ؟ މާހީ ރިހާ ގާތު އެއްޗެއް ބުނިއްޔާ އަހަރެންނަށް ކީއްވެ އެނގެންވީ؟ އެއެއް އެނގޭނީ ތި ދެމީހުނަކަށްނު!” ޒީޝާންގެ އެ ޖަވާބުން ރިހާ ގާތަށް އައީ ރުޅިއެވެ. އައި ރުޅީގައި ކޮޅަށް ތެދުވެ ޒީޝާނާއި ދިމާއަށް އެނބުރެމުން ބުނެލިއެވެ. “ޑޯންޓް ޓްރައި ޓު އެކްޓް ސްމާޓް ޒީޝާން! ޒީޝާނަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މިދައްކަނީ ކޮންވާހަކައެއްކަން… ނޭނގެންޔާ އަހަރެން މިކުރާ ސުވާލަށް ޖަވާބުދީ! ޑޫ ޔޫ ލަވް މީ؟!”

              ރިހާ އަލުން އެ ޙަފްލާގައި ބައިވެރި ނުވާނެކަން އެނގުމުން ނަސީރު އެކަމާއި މާޔޫސް ނުވިއަސް ނަސީރު ދެރަވީ ފޯނު ބާއްވަމުން ރިހާ ބުނި ޖުމްލައިންނެވެ. ރިހާ އެބުނީވެސް މުޅިއަކުން ގޯސް ވާހަކައެއް ނޫނެވެ. ރިހާގެ އުފަންދުވަސް މީގެ ކުރިން ފާހަގަ ނުކުރާއިރު މިއަދު ވަކި ރިހާ އެކަމުގަ ބައިވެރި ވާންވީ ކީއްވެ ހެއްޔެވެ؟ ނަސީރު ކޮށްދޭން ބުނި ކަންތައް ރިހާ ވަރަށް ފުރިހަމައަށް ކޮށްދީފިއެވެ. މީގެ ކުރިންވެސް ނަސީރު މިދުވަސް ރިހާ އަށްޓަކައި ފާހަގަ ކޮށްދޭން ބޭނުންވިއެވެ. ނަމަވެސް ނަސީމާ އާއި ހުރެ އެކަންތައް ނަސީރަށް ނުކުރެވުނީއެވެ. އޭގެ ފަހުން ނަސީރުވެސް ދެން އެކަމާއި ނޫޅުނީއެވެ.

              ކޭކު ފަޅަން ތައްޔާރުވެފައި ރިހާ ފެންނަން ނެތުމުން ނަސީމާ ގާތު ރިހާ ކޮބައިތޯ އާއި ރިހާ ކޭކު ފަޅަން ނާންނާނެތޯ ސުވާލުކޮށްލިއެވެ. ނިހާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނަސީމާއަކަށް ނޭނގުނެވެ. އެހެންކަމުން ނަސީމާ ވަށައިގެން ހޯދާލީ ރިހާ ކޮބައިތޯއެވެ. “ރިހާ ވީ އޮފީހުގަ. ކުޑަކަމެއް ކުރަން ޖެހިގެން ނާދެވޭނޭ ބުނީ. އަދި ބުނި ނިހާ ގާތު ބުނާށޭ ކޭކު ފަޅާށޭވެސް. އެހެންވީމަ ދަރިފުޅު ކޭކު ފަޅަން ވީނުން.” ނަސީމާއަށް ޖަވާބު ނުދެވުނު ސުވާލަށް ޖަވާނު ދިނީ ނަސީރެވެ. ނިހާއަށް ދޮގު ހަދަން ޖެހުމުން ދެރަވި ނަމަވެސް މިވަގުތު ރިހާ އެތަނުގައި ނެތުމުން އެކަން ފޫބައްދާނެ ރަގަޅު އުޒުރެއް ނަސީރަށް އެނޫނީ ނުފެނުނެވެ. ނިހާގެ އިތުރުން ދެން ތިބި މީހުންވެސް ރިހާ ނެތި ކޭކުފަޅަން ވުމުން އެ ސުވާލު ކުރާނެކަން ނަސީރަށް އެނގެއެވެ.

              ކޭކު ފަޅާ ނިމުމުން ނިހާ ބޭނުންވީ އެކަނިވެލާށެވެ. އެ ދުވަހު ބޭނުންވި ގޮތަށް ރިހާ އާއި އެކު ވަގުތު ހޭދަނުކުރެވުމުން މާޔޫސްވި ވަރުންނެވެ. ނިހާ އަތުގައި އޮތް ރޫބީ ޖެހި ރިހި ކެވެލި ކޮޅަށް ބަލާލިއެވެ. އެއީ މިއަދު ހަވީރު ރިހާ ގެއަށް އައިސްލި ވަގުތެއްގައި ނިހާގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ރިހާ ގެނެސްދިން އެއްޗެހީގެ ތެރެއިން އެކައްޗެވެ. އެ ކެއެވެލި ކޮޅުގެ އިތުރުން އެންމެ ފަހުގެ ފޯނަކާއި އަދިވެސް މިދުވަސް ވަރުގެ ޒުވާނުން އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް އެއްޗެހި ރިހާ ދިނެވެ. ފޯނާއި ލެޕްޓޮޕް އެއީ ނިހާއަށް އާ އެއްޗެހި ކަމާއި އެ ގެންގުޅެން ނޭނގޭނެ ކަމަށް ބުނުމުން، ފަހުން ދަސްކޮށްދޭނަން ކަމުގަ ބުނެ އެވަގުތުވެސް ރިހާ ދިޔައީ ނިހާ ވަރަށް ވާހަކަ ދައްކާލާ ހިތުން އިންދައެވެ. އަނެއްކާ މިރޭވެސް ފެނިލާފައި އެ ގެއްލުނީއެވެ.

              ރިހާ އާއި ދާދި އެކުއެކީ އިން ހިލަގަނޑު މަތިން ތެދުވެ ރިހާ އާއި ކުރިމަތިލައިގެން ހުރި ޒީޝާންގެ މޫނުމައްޗަށް ރިހާގެ އެ ސުވާލުން ވެރިވީ ހިނިތުންވުމެކެވެ. ކާމިޔާބީގެ ހިނިތުންވުމެކެވެ. “ޔެސް! އައި ލަވް ޔޫ!” ރިހާ އާއި ހަތަރުކަޅި ހަމަކޮށްލަމުން ޒީޝާން މަޑުމަޑުން ލޮތްބާއި އެކު ބުނެލިއެވެ. ޒީޝާން ހީކުރީ ރިހާ ދެންވެސް ރުޅި އައިސްގެން ޒީޝާނާއި ދިމާއަށް އެތިވަރު ގޮވާލާނީ ކަމަށެވެ. ނޫނީ ބޮޑުވަރަކަށްވެސް ރިހާގެ އަތުގެ ހޫނު އެތިފަހަރެއް ޒީޝާންގެ ކޯތާފަތަށް އަމާޒުވާނީ ކަމުގައެވެ. ނަމަވެސް ރިހާ ކަންތައް ކުރީ ޒީޝާން ހީކުރި ގޮތަކަށްނޫނެވެ. ބަދަލުގައި ރިހާގެ ދެ ލޯ މަރާލީއެވެ. އެއީ ވީ އުފަލަކުން ކަމެއް ނުވަތަ ރުޅިގަދަވި ވަރުން އެ ރުޅިގަނޑު މައިތިރި ކުރުމަށް ކަމެއް އެ މޫނުމަތިން ނޭނގުނެވެ. “ކީއްވެ؟” އަނެއްކާވެސް ދެ ލޯ ހުޅުވާލަމުން ރިހާ ސުވާލުކޮށްލިއެވެ. ނަމަވެސް ކުރީ ފަހަރާއި ހިލާފަށް ރިހާގެ އަޑު މަޑުވެފައި އެއްވެސް ރުޅިވެރިކަމެއް އެ އަޑުގައި ނުވެއެވެ. އެ ދެލޮލުގައިވީ އާދޭސްހެންވެސް ޒީޝާނަށް ހީވިއެވެ. “ވައި މީ؟ ކީއްވެ އަހަރެން ދެކެ ލޯބިވަނީ؟ ނޯބަޑީ ލަވްސް މީ! އެވްރީ ވަން ހޭޓްސް މީ!… އެހެން މީހަކަށް ވުރެ ބޮޑަށް މިހާރު ޒީޝާނަށް އެކަން އެނގިފަ ކަންނޭނގެ އޮންނަންވާނީ. ދެން ކީއްވެ؟” ރިހާގެ ސުވާލުތައް އަމާޒުވީ ޒީޝާނަށް ނަމަވެސް ހީވާކަހަލައެވެ. ރިހާ އެ މަސައްކަތް ކުރަނީ އަމިއްލަ ނަފްސަށް ވިސްނައިދޭށެވެ. “ރިހާ! ކީއްވެތަ ޤަބޫލު ނުކުރެވެނީ ރިހާދެކެވެސް މީހަކަށް ލޯބިވެވިދާނެ ކަމަށް؟ އަހަރެންނަށް ރިހާ ދެކެ ލޯބިވެވިދާނެ ކަމަށް؟” ރިހާގެ މޫނުގައި ދެއަތުން ހިފާލަމުން ޒީޝާން ބުނެލިއެވެ.

              “އެކަމު އެންމެން…” ރިހާ ބުނަން އުޅުން އެއްޗެއް އެނގުމުން ރިހާގެ ޖުމްލަ މެދުކަނޑާލަމުން ޒީޝާން ބުންޏެވެ. “ރިހާ އަބަދު ތިހެން ކިޔައިން ތި ވިސްނައިދެނީ އަހަރެންނަށްތަ؟ ނޫނީ އަމިއްލަ ނަފްސަށްތަ؟ އަހަރެން މީ އެންމެނެއް ނޫނެއްނު. އެހެންނޫނަސް އަހަރެން ރިހާ ދެކެ ލޯބިވެއޭ ކިޔާފަ އަހަރެން ނުބުނަމެއްނު ރިހާވެސް އަހަރެންދެކެ ލޯބިވާށޭ. އަހަރެންނަށް މައްސަލައެއްނެތޭ ރިހާ އަހަރެން ދެކެ ލޯބި ނުވިއަސް. މައްސަލައެއްނެތޭ ފްރެންޑެއް ގޮތަށް ޓްރީޓް ކުރިއަސް. ޖަސްޓް ޑޯންޓް ޓްރީޓް މީ ލައިކް އަ ސްޓްރޭންޖަރ ޕްލީޒް!” އޭރު ރިހާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔަތަން ޒީޝާނަށް ފެނުނެވެ. އަވަހަށް ޒީޝާންގެ އަތުތެރެއިން ރިހާގެ މޫނު މިނިވަންކުރަމުން ރިހާ ޒީޝާނަށް ފުރަގަސް ދިނެވެ.

              ރިހާ ހިތަށް އެރިއެވެ. ޒީޝާން ރިހާ ދެކެ ލޯބިވާކަން ޤަބޫލު ނުކުރެވެނީއެއްނޫނެވެ. ރިހާގެ ޢާއިލާ މީހުން ރިހާދެކެ ލޯބި ނުވާއިރު މާ ދުރުން އައިސް ހުރި މީހަކު އެހެން ބުނުމުން ފުރަތަމަ ޤަބޫލު ކުރަން ދަތިވި ނަމަވެސް މިހާތަނަށް ރިހާއާއި މެދު ޒީޝާން ކަންތައްކޮށްފަ ހުރިގޮތުން ޤަބޫލުކުރުން ނޫން ގޮތެއް ރިހާއަކަށް ނެތެވެ. ނަމަވެސް މިހާތަނަށް އެފަދަ ލޮތްބެއް ރިހާއަށް ލިބިފަ ނެތުމުން ފަހުން ދެރަވާން ނޭދޭތީ ޖެހިލުންވަނީއެވެ. އަނެއްކޮޅުން ރިހާ އެ ތައްޔާރު ވަނީ އެ އެންމެނާއިވެސް އަބަދުގެ އަބަދަށް ދުރަށް ދިއުމަށެވެ. ކަން އެހެން އޮއްވާ ޒީޝާން ކަހަލަ މީހެއްގެ ހަޔާތަށް އެފަދަ ގޮތަކަށް އައުން އެއީ ރިހާދެކޭ ގޮތުގައި އެމީހަކަށް ކުރެވޭ ބޭއިންސާފެކެވެ. އެހެންނޫން ނަމަ ޒީޝާންގެ ލޯބި ރިހާ ޤަބޫލު ކުރިތާ ކޮންދުވަހެއް ހެއްޔެވެ؟ އާއެކެވެ. ޤަބޫލު ކުރަން ބޭނުންވިއަސް ހަޤީޤަތަކީ އެއީއެވެ. މިވީ މަދު ދުވަސްކޮޅު ތެރޭ ކުޑަކޮށް ނަމަވެސް ރިހާއަށް ޒީޝާން ދެކެ ލޯބިވެވިއްޖެއެވެ. އެ ލޯބި ލިބެން އޮތްނަމަވެސް އެ ލޯބި ބޮލާލާ ޖެހުން ނޫން ގޮތެއް މިވަގުތު ރިހާއަކަށް ނުވިސްނެއެވެ.

              “އައި ޑޯން ޑިޒާވް ޔޫ؟” ފަސްދީ ހުރެ ރިހާ ކުރެހިފައިވާ އަޑަކުން އެހެން ބުނި އިރު ރިހާއަށް ހުރީ ރޮވިފައެވެ. ނަމަވެސް އެކަން ފޮރުވަން ރިހާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. “އަހަރެންނާއި ޒީޝާން އެކަށީގެނެއް ނުވޭ… އަހަރެން ވާނީ ޒީޝާންގެ ދިރިއުޅުމަށް އެޅޭ ހިޔަންޏަކަށް… އެހެން ވާކަށް އަހަރެން ބޭނުމެއް ނޫން… ބަޓް އައި ތިންކް ވީ ކެން ބީ ފްރެންޑްސް ލައިކް ބިފޯ.” ހުއްޓަ ހުއްޓަމުން ރިހާ ހިތްވަރު ކޮށްލާފައި ވީހާވެސް އާދައިގެ ގޮތެއް ބަހައްޓަމުން ވާހަކަދެއްކިއެވެ. ރިހާގެ ނިންމުމަކި އެއީ ކަން އެނގުމުން ޒީޝާން މާޔޫސްވިއެވެ. “އިފް ދެޓްސް ވަޓް ޔޫ ވޯންޓް، އޯކޭ ވީ ވިލް ބީ ފްރެންޑްސް. އެކަމު ދިރިއުޅުމުގެ ކޮންމެ ހިސާބަކުންވެސް ރިހާއަށް އަހަރެންގެ އެހީއެއް ބޭނުން ވެއްޖެޔާ، އައިލް އޯލްވޭސް ބީ ދެއާ ފޮ ޔޫ. އަހަރެންނަށް އެނގޭ ރިހާ އުޅެނީ ހިތްހަމަޖެހިގެން ނޫންކަން. އެނގޭ ރިހާ ކިހާ އެކަނިވެރިވާކަންވެސް. އެވާހަކަ ދައްކަން ބޭނުން ނުވާކަންވެސް އެނގޭ! އެކަމުވެސް ބުނެލަން ބޭނުން، ރިހާ އެވަހާކަތައް ކިޔައިދީ ހިތުގެ އުދާސްތައް ބޭރުކޮށްލަން ބޭނުން ވެއްޖެނަމަ ކުރިންވެސް ބުނިހެން އަހަރެން މިހިރީ އެ ވާހަކަތައް އަޑުއަހަން.” ޒީޝާންގެ ވާހަކަ ނިންމާލަމުން އެނބުރި ދާން ހިނގަންނަމުން އަނެއްކާވެސް ފުރަގަސްދީގެން ހުރި ރިހާއަށް ބަލާލަމުން ޒީޝާން ބުނެލިއެވެ. “ހެޕީ ބާރތް ޑޭ ރިހާ!” އެހެން ބުނެ ޒީޝާން ހިނގައިގަތީ އެތަނުން ދިއުމަށެވެ. ނަމަވެސް ކުޑަތަންކޮޅަކަށް ދެވުނު ތަނާ ޒީޝާން ހުއްޓުނީ ރިހާގެ އަޑަށެވެ.

              “ދޭ ޑޯންޓް ލަވް މީ! ނެވަރ ޑިޑް އެން ނެވަރ ވިލް…” ރިހާ އާއި ދިމާއަށް ޒީޝާން އެނބުރުނު އިރު ރިހާ ވެސް ހަށަން ބަދެލައިން ހުރީ ޒީޝާނަށް ބަލާށެވެ. މުޅި މޫނުމަތިން ހިތްދަތިކަން ފާލުވަމުން ދިޔައިރު އެ ދެލޮލުން އޮހޮރެމުން ދިޔައީ ކަރުނައެވެ. ނަމަވެސް ލޮލުން އޮހޮރެމުން ދިޔަ ކަރުނައިގެ އެއްވެސް އަސަރެއް ރިހާއަށް ނުކުރާފަދައެވެ. އެ ކަރުނަތައް ފުހުމުގެ ބަދަލުގައި ރިހާ ވާހަކަ ގެންދިޔައީ ކުރިއަށެވެ. މަޑުމަޑުން ޒީޝާންވެސް ރިހާ ގާތަށް ހިނގައިގަތެވެ. “މިއޮއްހާ ދުވަހު އައި ތޯޓް، ރިހާ ދެކެ މަންމަމެން ލޯބި ނުވަނީކަމަށް. ޔޫ ނޯ، ޖަސްޓް ލައިކް ދެޓް… އެހެންވެ ކިތަންމެ ދެރަވިއަސް އެކަމާ އަޅައެއްނުލަން. ބާކީވެފަ ހުރީ. އައި ގޮޓް ޔޫސްޑް ޓު އިޓް. އެކަމު އެރޭ… އެރޭ އެނގުނީ ނިހާ އާއި ބެހޭގޮތުން. ޤަބޫލެއް ނުކުރެވުން. ޤަބޫލު ކުރަން ބޭނުމެއްވެސް ނުވި. އެރޭ އެނގުނީ ކީއްވެކަން މި ޢާއިލާގައި ރިހާ ބާކީވާން ޖެހުނީ… އޭގެ ފަހުން ނިންމީ ނިހާ ހޯދައިގެން އަނބުރާ މަންމަމެން ގާތަށް ގެންނަން. އެންޑް އައި ޑިޑް އިޓް.” ހިތްދަތި ކަމުގެ ތެރެއިން ހިނތުންވެލަމުން ރިހާ އެ ފަހު ޖުމްލަ ބުނެލިއެވެ.

===(ނުނިމޭ)===

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. elsa

    Haadha lahey vaahaka upload kuraaleh dho mibaives varah reethi vaahakaige anehbai thankolhe avahah genesdhehchey ingey mihaaru varah foohi misite balaalanves

  2. razeel

    އަޅެ އަވަހަށް ގެނެސްދީބަ…..މިވާހަކަ މިހާރު ހާދަ ރީއްޗޭ
    ރިހާގެ މަންމަ އަށް ހަމަ އެކައްޗެއްވެސް ނުވިސްނޭތަ؟؟

  3. ummi

    Wow v reethii.. alhe haadha lahun ney thi up kuree. . Dhera vehje kiyaaliiii ma 🙁

  4. Aathu

    !!Riha aai Zeeshan dhuru nukohlahcheyy ingeyyy
    And please dont send Riha away
    Varah Reethi vahaka eh
    !Hope you will upload the next part soon! 🙂

    1. Anonymous
      Aathu

      Yes I upload next part v soon…dont worry

  5. naj

    dhn in part varah avahah up kohdhehcheyy. plx…. mi vaahaka fahun fahun ais varah reethi .. haasakoh mi part … mi site ga vaahaka up nuvaathy varah foohi vey.. but thx… 🙂 …. alhey… rihaa ah rangalhu gotheh vaany kon dhuvahakun tha ?…. raina keehve tha reply nukuranyy …v v v v reethi mi part vess .. i can say that this is awsome storyy dear… looking forward to the next part …. 🙂

  6. azeema

    vaahaka up liyaahih nuvanyaa nuliyebala

  7. azeema

    liyaahih nuvanyaa nuliyebala

  8. bubbles

    Masha allah v nice mi part ves.. aneh baiy ves avahah up kohdhechey..

  9. shai

    thank raina igey bxv veema kan up nukureveny ekam v salhi igey

  10. reesh ..

    Kobaa tha upkollaba haadha reeche

  11. Aathu

    Alhe mi site ah roadha mahuge kureega upload kuran fashaafa huri hurihaa vahaka eh liyaa kudhin mi vahakathah liyn huhtaaleetha
    Buneleema ehnu ingeynee ves
    No hard feeelings
    But I have been waiting for months for this story
    Komme dhuvahaku site check kurevey aa baeh inthoa balan
    Its sad that the good things in life are becoming such disappointment
    vahaka liyun huhtaaliyya evaahaka ves bunela dhinun edhen
    adhi vahaka kuriyah gendhaanamaves ishaaraatheh kohla dhinun edhen
    mihaa dhigu inthizaareh hayaathuga adhi mi haathanah kurevifa eh nei
    mi inthizaarah foni nimumeh annnaane kamah ummeedhu kuran..

  12. Aathu

    Alhe mi site ah roadha mahuge kureega upload kuran fashaafa huri hurihaa vahaka eh liyaa kudhin mi vahakathah liyn huhtaaleetha
    Buneleema ehnu ingeynee ves
    No hard feeelings
    But I have been waiting for months for this story
    Komme dhuvahaku site check kurevey aa baeh inthoa balan
    Its sad that the good things in life are becoming such disappointments
    vahaka liyun huhtaaliyya evaahaka ves bunela dhinun edhen
    adhi vahaka kuriyah gendhaanamaves ishaaraatheh kohla dhinun edhen
    mihaa dhigu inthizaareh hayaathuga adhi mi haathanah kurevifa eh nei
    mi inthizaarah foni nimumeh annnaane kamah ummeedhu kuran..

  13. mmmm

    mi vaahaka genesdhybala. pls! mi vaahaka varah reethi. keevetha nugenesdheny. ummydhukuran varah avahah kiyaaleveyne kamah

  14. ސައިއްޓޭ

    ރައިނާ: ލަސްވާ ސަބަބެއް ބުނެބަލަ! ކިއުންތެރިން ފޫހިކުރުވާކަށް ނުވާނެ!

  15. ވާނުވާ

    ދެން ހުރިހާ ކިޔުންތެރިން އުއްމީދުކުރޭ މިވާހަކައިގެއި ދެން ހުރި ބައިތައް 2015 ގައި ކިޔަން ލިބޭނެކަމަށް. އެއީ މި ވާހަކައަކީ 2013 ގައި ލިޔަންފެށި ވާހަކައަކަށް ވާތީވެ. ވެދާނެ މިއަހަރަށް ނިމުނީކަމަށް. މި ވާނުވާ ނޭނގޭ ލިޔުންތެރިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!!!!!

  16. ޒޯއީ

    ކޮބާތަ 28ވަނަ ބައި؟؟؟ ކީއްވެ އެހާ ލަހީ؟؟؟؟؟؟؟؟؟؟؟

  17. shahi

    Raina pls…..pls…pls …mivaahaka aploud kohladhybala mihaaru inthizaaru kuraathaa kondhuvahetha?… vrah dheravey mihaaru mivaahaka kiyan nulibey thy ges ….. ehenchaa bunanvynun mivaahaka kiyan libeyne thaneh dhia?…. inshaa allah avahah mivaahakakiyan libeyne

  18. someone

    dhera kamehnun dhen upload kurey 2015 ga

  19. bruno mars

    hama thedhe sum1 thibuny mashaka hiye nuvey 2015 vaairaves mi raina aka mithi up kureveyne kamai aharumen ge ketherikan ves kolhun laigen dhavaru vaane dho thi migraine ey kiya excuse nudhkabala vaahaka nuliyannam vaahaka feshy kiikuran aharumen lava thiinaya inthizaaru kuruvan mi vaahaka ah foohivevijjje thinna ah ves foohivevijje ehen meehun rangalha vaahaka dhakaigen mikan hallu kuran ulhe ulhe nuviennu thina thi onnany ac dhashu mikama evves faruvaale nethi araamu kuran ihateu i hate ur bloody story mihaary regret kurevey mi vaahaka kiyan feshunythy ekam i am only going to correct mi hurihaa dhuvahu ham ekachekeyves nubune kehkury ekamuge natheeja akahvy aharumem emmenge aadheys thiina beeru kanfathe dhin kan so gooodbye will never read ur story

  20. Mish

    Raina maa busy vee dhw….kiyuntherin bad comments dhinas vahaka liyun huttaa nulahchey….i am still hoping u will write this awesome story ge aneh prt….even if i have to wait for a long time i will wait patiently cuz i believe that u will write the next prt….so try ur maximum to continue this story……

  21. look

    Raina akah mikameh Nuvaane. Mi mivaahaka liyanfeshi dhevana site. Dhuvahakuves minimunu. Ehenveema vaavaruge kankan kurevaytho balama. Balives vaane, bxy ves vaane, gabool kuran. Ekama mi varuverma hama vv foohi. Alhe vegen ulhey gotheh kiyun therinnah angaalabala.

  22. me

    Rain a… Masha Allah you are a bright writer…. Thanks for the lurvly story… And Plx upload it asap….. & admin inn vx mi kujjaa kaari edheba mi story ninman… Plx Plx Plx….

Comments are closed.