Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…37

މުތާ/ ސ.ހިތަދޫ Level 210 Stories
June 18, 2014 7 Mins Read
18 Comments

އަލްޔަސް ގެއަށް އައިއިރު ދަންވަރު ގަޑީގައި ވެސް ހީވަނީ ގެއަށް ކުޑަވަރެއްގެ ޢީދެއް އައިސްފައިވާ ހެންނެވެ. ކުލްޘޫމް އުފަލުން ގޮސް ހީވަނީ މޮޔަ ވެދާނެހެންނެވެ. ތާއިފް ވެސް މެއެވެ. ވާނީވެސް އެވަރު ނޫން ހެއްޔެވެ؟ އެތައް އަހަރުތަކެއް ފަހުން ދަރިފުޅު އައުމުން ކުލްޘޫމްގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. ދެން ނަޒްޔަކްއަށް ދިއުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. މެލޭޝިޔާއަށް ގޮސް އަހަރަކު ދެފަހަރު ބައްދަލުވީ ކަމުގައި ވިޔަސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭކަމަކަށް ނުވެއެވެ. ނަޒްޔަކް ބަލިކުއްޖަކަށް ވުމުން އޭނަ ނަޒްޔަކްއާ މެދު ނުވިސްނާ އެންމެ ދުވަހެއްވެސް ފާއިތުވެގެން ނުދެއެވެ. އެދަރިފުޅަށް ކަމެއް ވެދާނެކަމުގެ ބިރު އަބަދުވެސް އެހިތުގައި ވެއެވެ.

”ސޭމްއަށް އިނގޭ ދޯ ދޮންބެ އަންނަކަން؟… ދަރިފުޅު އައުމުގެ ކުރިން ބުނިނަމަ ކޮޓަރި ސާފު ކުރެވުނީހެއްނު….” ސޯފާގައި އިށީންދެލައިގެން އިން ކުލްޘޫމް ނަޒްޔަކްގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. ނަޒްޔަކް އައުމުން ގޭތެރޭގެ ހުރިހާ ހިތާމަތަކެއް ވަޔާއެކު ދުރަށް ހިނގައްޖެހެން ހީވާ ކަހަލައެވެ. ކުލްޘޫމްގެ ތުންފަތް މަތީގައިވަނީ އުފާވެރިކަމުން ޖަރީވެފައިވާ ހިނިތުންވުމެކެވެ.

”ނޭގޭ، ނިކް ފެނިފަ އަހަންނަށް ވެސް މިލިބުނީ ބޮޑު ސަޕްރައިޒެއް….” ނަޒްޔަކް އައިސް ސޯފާގައި ޖައްސާލަމުން ޚައިރާންކަމުން ފުރިގެންވާ ފަދަ އަޑަކުން ބުންޏެވެ. ހީވަނީ އޭނައަށް ނަޒްޔަކް ފެނުނީ އަދި ކިރިޔާ ހެންނެވެ. އެވަގުތު ރާނިޔާ އެތަނުގައި ހުރިނަމައޭ ހިތަށް އެރުމާއެކު ކުލްޘޫމްގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ. ނަމަވެސް އޭނަ ސިކުންތުކޮޅެއްގެ ތެރޭގައި އެޖަޒުބާތުތަކުގެ މައްޗަށް ކުރި ހޯދައިފިއެވެ.

”ކައިގެން ނިދަން ވާނީ އިނގޭ…” ކުލްޘޫމް މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ. ތާއިފް ވެސް ނަޒްޔަކްއާ ވާހަކަ ދައްކަން އިނދެފައި ކޮޓަރިއަށް ދިޔައީ އިރުކޮޅެއް ފަހުންނެވެ.

”ހޭއި މަންމަމެން ގާތު އީނޫގެ ވާހަކަ ނުދައްކައްޗޭ….” ފުރުސަތު ލިބުމާއެކު އަލްޔަސް ބުންޏެވެ. އޭނަ ވާހަކަ ދެއްކީވެސް ވައިއަޑަކުންނެވެ. ”ވައި؟ މަންމަމެންނަށް ނޭގެނީތަ ތި ދެމީހުން މެރީ ކުރަން އުޅޭކަން؟….” ބުމަ އަރުވާލަމުން ނަޒްޔަކް ސުވާލުކުރިއެވެ.

”ހާދަ ސުވާލުތައް ގިނައޭ…” އަލްޔަސް އޭނަގެ ހަށިގަނޑު ސޯފާއަށް ދޫކޮށްލަމުން ބުނެލިއެވެ.

”އޮޅުން ފިލުވަން ބޭނުމިއްޔާ ސުވާލުތައްވެސް ގިނަވާނެއެއްނު….” ނަޒްޔަކް ބުންޏެވެ.

”މަންމަމެންނަށް ސަޕްރައިޒެއްދޭން….” އަލްޔަސް ބޭނުންވީ އެކަންތައް އިހަށް ސިއްރުކުރާށެވެ. ރަގަޅު ވަގުތެއް ބަލާފައި އޭނަ މަންމައަށް ކިޔައިދޭނީއެވެ. މަންމައަށް ވިސްނޭނެކަން އޭނައަށް އިނގެއެވެ. ނަމަވެސް ބައްޕަ ހިތްހަމަ ނުޖެހިއްޖެއްޔާ ހުރިހާ ކަމެއް ބޮއްސުންލައިގެން ހިނގައިދާނެއެވެ.

އާދުވަހަކަށް އިރުއަރައިގެން އައިއިރު އީނާއަށް އޮތީ ނުނިދިފައެވެ. އޭނަގެ ހިތުގެ ތެޅުން އަވަސް ވެފައިވަނީ އިންތިހާއަށެވެ. ރޫޔާ އެހާ ބޮޑަށް ހިތްހަމަނުޖެހިފައި ހުރުމުން ރޫޔާއާއި ވެސް ވާހަކަ ދައްކަން އޭނަ ބޭނުމެވެ. ދެމީހުންގެ ގުޅުމަށް ހުރަހަކަށް އަލްޔަސް ވާން އޭނަ ބޭނުމެއް ނޫނެވެ. މައްސަލައަކީ ރޫޔާ ހަޤީޤަތް ޤަބޫލުކުރަން ބޭނުންނުވާތީއެވެ. އޭނަ ރޫޔާއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ އޭނައާއި އަލްޔަސްގެ ގުޅުން މަންމައާއި ބައްޕައަށް އިނގޭ ދުވަހަކުން ވާނެ ގޮތަކާމެދު ވިސްނާލިޔަސް އީނާ ހާސްވެއެވެ. އޭނަ މޭފުއްޕާލާފައި އުޅުނަސް އެދުވަހަކުން ކުރިއަށް ފިޔަވަޅެއް އަޅަން ހިތްވަރު ލިބިދާނެ ހެއްޔެވެ؟

އީނާ ސިއްސައިގެން ދިޔައީ މަންމަ އައިސް ދޮރުގައި ޓަކިޖަހާލުމުންނެވެ. އަންގާލުމެއްނެތި މާލެ އައުމުން ރޭވެސް މަންމަ ހުރީ ހިތްހަމަ ނުޖެހިފައެވެ. ދަންވަރު ގަޑީގައި އަންހެންކުއްޖަކު އެކަނި އަންނަން ނުވާނެކަމަށް ބުނެ އެއް ގަޑިއިރު ވަންދެން ތަޤުރީރު ވެސް ދިނެވެ.

ތައްޔާރުވެލައިގެން އީނާ ކާކޮޓަރިއަށް ދިޔައިރު އެހެންޏާ ނުފެންނަ މަންޒަރެއް ފެނުނެވެ. މައިމޫނާގެ މޫނުމަތިން އެހެންޏާ ފެންނަ ފަދަ ރުޅިވެރިކަމެއް ނުފެނުނެވެ. އޭނަ އީނާއާއި ވާހަކަ ދެއްކީވެސް އެހާމެ ލޯބިންނެވެ. ނުވީ ތާކަށް އޭނަ ތައްޔާރުކުރި ޑިޝް އެއްވެސް އީނާއަށް ދިނެވެ. މައިމޫނާއަށް އެއައި ކުއްލި ބަދަލުތަކާއެކު އީނާ އިނީ އަޖައިބުވެ އަންތަރީސް ވެފައެވެ. ކުޑަކޮށް އަނގަހުޅުވާލެވުނު ގޮތަށް ލައްޕަން ވެސް އެނގުނީ ފޯނު ވައިބްރެޓުވާން ފެށީމައެވެ.

”މިހާ ހެނދުނު ތިގުޅަނީ ކާކު؟….” މައިމޫނާ އެންމެ ސިކުންތެއްވެސް ނަގާނުލައި އަހާލިއެވެ. ”ޒަނާ…” ފޯނުގެ ސްރީނަށް ބަލާލަމުން އީނާ ދޮގެއް ހަދާލިއެވެ. ކާރީގައި އިން ރޫޔާއަށް އެމަންޒަރު ރަގަޅަށް ފެނުނެވެ. އޭނަ ހުރީ ހިމޭނުންނެވެ. ވަގުތު ފާއިތުވުމުގެ ކުރިން އީނާއަށް ވިސްނޭނެކަމުގެ އުއްމީދު އެހިތުގައި އެބައޮތެވެ.

މައިމޫނާ ގާތަށް އައީ ނުލަފާ ހިންޏެވެ. އަލްޔަސްއަށް ޓަކާ އީނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ހާމަވަގެން ދިޔަ ވަގުތުކޮޅެކެވެ. އެފިރިހެނާއަށް ޓަކައި ފުރަތަމަ ފަހަރަށް މައިންބަފައިން ކުރިމަތީގައި އީނާ ދޮގުވެސް ހެދީއެވެ. މިފަހަރު ފޯރިއެއް ހުންނާނެތާއެވެ. މައިމޫނާ އެތެރެއިން ހިނިގަނޑެއް ޖަހާލިއެވެ. އޭނަގެ މޫނު އުޖާލާވެފައިވަނީ އިންތިހާއަށެވެ.

ހެނދުނުގެ ނާޝްތާއަށް ފަހު އެންމެން ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ރޫޔާއާއި އީނާއާ ދެމެދު ވާހަކަތައް ދެކެވުނު ކަމުގައި ވިޔަސް އެގުޅުން ކުރިއަށް ވުރެ ހީނަރުވުން ނޫންކަމެއް ވެސް ނުވިއެވެ. މިކަމާ އެންމެ ބޮޑަށް އުފާވެފައި ހުރީ މައިމޫނާއެވެ. އޭނަގެ ނަސީބު ގަދަކަމާމެދު ވިސްނާލާފައި ބޮޑާވެވުނީ ކިތައްފަހަރުކަމެއް ވެސް ނޭގެއެވެ.

ރޫމްގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނުމާއެކު އަލްޔަސް އާއި އީނާގެ ހަތަރުކަޅި ހަމަވެ އީނާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އޭނަ އަވަސް އަވަހަށް އެހެންދިމާއަކަށް ނަޒަރުހިންގާލިއެވެ.

އަލްޔަސްއާއި ނަޒްޔަކްގެ އިތުރުން ކުލްޘޫމްވެސް ރާނިޔާ ގާތު ތިއްބެވެ.

މިއަދު ރާނިޔާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން އަލްޔަސް ނެތްނަމަ ފަޒްލާގެ ހިތަށް ކުޑަ ނަމަވެސް އުފަލެއް ލިބުނީސްކަން ކަށަވަރެވެ. މޫނުކުނިކޮށްލައިގެ އޭނަ ހުރިއިރު އެއްވެސް މީހަކާއަނގައިން ބުނަންވެސް ގަސްދެއް ނުކުރިއެވެ. ރާނިޔާގެ ބޮލުގައި ފިރުމާލާފައި ރަގަޅު ހެއްޔޭ އަހާލިއިރުވެސް ރާގު ވަނީ ބަދަލުވެފައެވެ. ފަޒްލާއާ ހިލާފަށް ޝިޔާޢު ކުލްޘޫމްއާ ނަޒްޔަކްއާ ވާހަކަ ދެއްކިއެވެ.

ރާނިޔާ ނޭވާ ހިފަހައްޓާލައިގެން އޮތީ އީނާއާއި އަލްޔަސްގެ ހަރަކާތްތަކަށް ބަލާށެވެ. އެޖޯޑާ މެދު ވިސްނާލުމުންވެސް މާޔޫސްވެއެވެ. މި ދުނިޔެއަކީ ހާދަ ކެހިވެރިތަނެކޭ އޭނަގެ ހިތަށް އެރިއެވެ. އުފާތައް ފޭރިގަންނަން އަބަދުވެސް ފެންބޮވައިގެންފައި ވާ ތަނެކެވެ. ނަމަވެސް ރާނިޔާ އުއްމީދު ކަނޑާނުލައެވެ. މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެރަގޮތެއް މެދުވެރި ނުކުރުއްވާނެކަން އޭނައަށް އިނގެއެވެ. ކެތްތެރިވުމުން އެކަލާނގެ ރުހިވޮޑިގަތުން ވެސް ލިބޭނެއެވެ. ކޮންމެ ހިތާމައަކަށް ފަހު އުފާވެރިކަމެއް ވެސް އަންނާނެކަން ގައިމެވެ. ރާނިޔާ ވަރުގަދަ އަޒުމަކާއެކު ހިތާމަތަކާ ދުރުވާން ނިންމިއެވެ. ދަރިފުޅު ބައިގެން ދިއުމުގެ ވޭނާއެކު އަވްޝަންގެ ލޯބިވެސް އޭނައަށް ލިބެމުން ދިޔައީ އިމެއް ނެތިއެވެ.

އުމެއިރާ އޭނަގެ އެއްބަނޑު އެއްބަފާ ދައްތައަކަށް ޒިޔާރަތްކުރަން ހޮސްޕިޓަލަށް އައިސް އުޅުމުގެ ތެރޭގައި ރާނިޔާ އޮތް ޕްރައިވެޓް ރޫމަށް ދާން ބޭނުންވިއެވެ. އޭނަ ބޭނުންވަނީ އެންމެ ކަމެއް އޮޅުން ފިލުވާށެވެ. އެދެޢާއިލާގެ ގުޅުން އޮތް ހިސާބެއް ބަލައިލުމުން އޭނަގެ ހިތަށް ފިނިކަމެއް ލިބިދާނެއެވެ. ފާއިތުވެގެން ދިޔަ ދުވަހުގެ ތެރޭގައި ދެޢާއިލާގެ މެންބަރުންވެސް ރާނިޔާއަށް ޒިޔާރަތްކުރަން އަންނަކަން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެނަސް އަލްޔަސް ފެނިފައެއް ނުވެއެވެ.

އުމެއިރާ ކަންތައްތައް އޮޅުންފިލުވަން އެހުންނަ ފޯރިއެއްގެ ސަބަބުން އޭނައަށް އެއްވެސް ކަމެއް ސިއްރުވާ ކަމަކަށް ނުވެއެވެ. އޭނަ ރޫމަށް ދާން ދިޔައީވެސް ދައްކާނެ ބަހަނާއެއް ތައްޔާރުކޮށްގެންނެވެ.

އުމެއިރާ އަވަސް ނޭވާތަކެއް ދޫކޮށްލަމުން ރޫމްއަށް ވަނުމާއެކު ހީވީ އޭނަގެ މޭގަނޑަށް ބާރުގަދަ އެތިފަހަރެއް އަރައިގެން ދިޔަ ހެންނެވެ. އެންމެންގެ ލޯތައް އޭނައަށް އަމާޒުވުމުން ހިސާބަކަށް ލަދުވެސް ގަތެވެ.

”އަހާނ،އުމޭ… ބޭރުގައި މަޑުކޮށްލަމުން އަހަންނަށް ގުޅާލިނަމަ……” ”ޝޮޕިންގްއަށް ދާން މިދަނީ… ރޫވެސް ހިނގާބަލަ މަންމައާއެކު ދާން….” މައިމޫނާ އައިސް އުމެއިރާ ސަލާމަތްކޮށް ދިނުމުން އުމެއިރާއަށް ލިބުނީ ޚައިރާންކަމެކެވެ. ނަމަވެސް އޭނަގެ ޚައިރާންކަން ފިލައިގެންދާން މާކަ ގިނަ އިރެއް ނުނެގިއެވެ. އީނާ ފެނި އޭނަ އެތެރެއަށް ލާން އުޅުނު ނޭވާވެސް އެތެރެހަށީގައި ތާށި ވެއްޖެއެވެ. އޭނަ ދެން ބަލާލީ އަލްޔަސްއަށެވެ. އެއާއެކު އޭނަގެ ހިތަށް ނުބައި ގޮތެއް ވިއެވެ. ސިއްރުކުރަން އުޅުނަސް އީނާއާއި އަލްޔަސްގެ ދެމެދުގައިވި ސިއްރު ގުޅުން އޭނަ ދެނެގެންފިއެވެ. އިރުއިރުކޮޅާ އީނާ އަލްޔަސްއަށް ބަލާކަން އެއްވެސް މީހަކަށް ފާހަގަ ނުކުރެވެނީ ހެއްޔެވެ؟ އުމެއިރާގެ މޫޑު މުޅިން ޚަރާބު ވިއެވެ. އެންމެފަހުން މައިމޫނާ ބުނި ދުވަސް އައިސް ޖެހުނީ ހެއްޔެވެ؟ އެހެނަސް ބަލި ޤަބޫލުކުރާކަށް އޭނާ ނޫޅުނެވެ.

އުމެއިރާގެ ސަމާލުކަމަށް ނަޒްޔަކް ދިޔައީ މާ ފަހުންނެވެ. ނުވެސް ފެންނަ ޒުވާނަކު އެތަނުން ފެނުމުން އޭނަގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެއީ ކާކު ހެއްޔެވެ؟ ޔަޤީނުންވެސް އަލްޔަސްއާއި ދެމީހުންގެ އެއްގޮތް ސިފަތަކެއް އެބަހުއްޓެވެ. އެއީ އަލްޔަސްގެ ކޮއްކޮއެއް ބާވައެވެ؟ އެމެއިރާގެ ސުވާލުތަކަށް ޖަވާބު ލިބެން މާކަ ގިނައިރެއް ނުނެގިއެވެ.

”މަންމާ، އަހަރެން މިދަނީ ސޭމްއާ އެއްކޮށް ހުޅުމާލެއަށް ދާން….” ކުލްޘޫމްގެ ހުއްދަ ލިބުމާއެކު އަލްޔަސްއާއެކު ނަޒްޔަކް ރޫމްއިން ނިކުންނަން ހިނގައިގަތެވެ. ނަޒްޔަކްއަށް ބަލާލުމުން އުމެއިރާއަށް އާއުއްމީދެއް ލިބުނު ކަހަލައެވެ. ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. މިމަންޒަރު ފެނި މައިމޫނާގެ ދެބުމަ ގޮށްޖެހުނެވެ.

”ވަރަށް އަންފްރެންޑްލީ ފެމިލީއެއް ދޯ؟…” ކޮރިޑޯން ހިނގާލާފައި ގޮސް ލިފްޓަށް އެރި ނަޒްޔަކް އަހާލިއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަލްޔަސް ބޯޖަހާލިއެވެ.

އުމެއިރާ އެންމެނަށް ހިނިތުންވެލަމުން ރޫމް އިން ނިކުތްތަނާހެން މައިމޫނާވެސް ނިކުމެއްޖެއެވެ. އުމެއިރާގެ ތުންފަތްމަތިން ފާޅުވި ސިއްރުވެރި ހިނިތުންވުމާއެކު މައިމޫނާގެ އުފާވެރިކަން ފޭރި ގެންފިއެވެ. އުމެއިރާގެ ވިސްނުން ތޫނުކަން އޭނައަށް ވަނީ ފެނިފައެވެ. އެއަންހެނާ ކޮންމެ ގޮތެއް ހަދާފައިވެސް ޒެލީންއާއި އަލްޔަސް ގުޅުވަފާނެއެވެ. އޭރުން އޭނަގެ އެހީއެއް އުމެއިރާއަކަށް ބޭނުމެއް ނުވާނެއެވެ. އެކަން އެގޮތަށް ވުމުގެ ފުރުސަތެއް ހަމަހިލާ އޭނަ ނުދޭނެއެވެ.

ހޮސްޕިޓަލްގެ ޕޯޓިކޯއާ ހިސާބަށް ދެވުމުން އުމެއިރާ އޭނަގެ ފިޔަވަޅުތައް މަޑުކޮށްލަމުން މައިމޫނާއާ ކުރިމައްޗަށް ވާހެން ހުއްޓިލިއެވެ.

”މައިމޫނާ ބުނީ ތެދެއްކަން ނޭގެ، ރޯމިއޯ އެންޑް ޖޫލިއެޓް ދުރުކުރަން ފަސޭހަކަމަށް ނުވެދާނެ، އެކަމަކުވެސް ދެން އަހަންނަށް ދުވަހަކު މައިމޫނާގެ އެހީއެއް ބޭނުމެއް ނުވާނެ، އަނެއްކޮޅުން މިހާރު އަހަރެންގެ ވިސްނުން ހުރިގޮތުން މައިމޫނާއަށް ބޮޑު ލަނޑެއްވެސް ލިބޭނެ….” އުމެއިރާ ފޮނި ރާގަކަށް ބުންޏެވެ. މައިމޫނާއަށް ދެބުމަ ކައިރިކޮށްލެވުނެވެ. އޭނަ ހުއްޓާ އެމެއިރާއަށް ކާމިޔާބު ލިބުން އެއީ މުސްތަހީލުކަމެކެވެ.

”ބަލަ އަހަރެން ކިތައް ފަހަރު ބުނާނީ އަލްޔަސް އެޒެލީންއަކާ ނީންނާނެއޭ….” މައިމޫނާ ރުޅިވެރި ރާގެއްގައި ބުންޏެވެ.

”އަހަރެން އެބަބުނިންތަ އަލްޔަސްއާ ޒެލީން ކައިވެނި ކުރުވާށޭ މިއުޅެނީ…” އުމެއިރާގެ ތުންފަތަށް ވެރިވެގެން ދިޔައީ ވިހަހިނިތުންވުމެކެވެ.

”މައިމޫނާއަށް ފާހަގަ ކުރެވުނުތަ ކުލްޘޫމްމެންނާއެކު ހުރި ޒުވާނާ؟…” އުމެއިރާ އެހިއެވެ.

”ދެނޯ؟…” ދެވަ ފަހަރަށް ބަލި ޤަބޫލުކުރަން ޖެހިދާނެތީ މައިމޫނާ ހާސްވިއެވެ.

”ހާދަ ވަރަކަށް ހާސްތިވީ؟ ހީކުރީ ދޯ އަހަރެން މައިމޫނާ ގާތަށް އެހީއަކަށް އެދިގެން އަންނާނެކަމަށް؟ ބަލަ އަހަރެން ނުޖެހޭނެޔޭ އެހެންމީހުންގެ އެހީއަށް އެދިގެން އަންނާކަށް، މައިމޫނާ އަހަރެންގެ އެހީއަށް ނޭދުނުނަމަ މިއަދު ތި ލިބުނު ހިތްހަމަ ޖެހުމެއްވެސް ނުލިބޭނެ، ބުނަން، އަދި މައިމޫނާގެ ރުޅިގަނޑު ފަޅައިގެން ދާނެ ދުވަސްތައް އޮތީ ކުރިއަށް، އީނާއާއި އަލްޔަސް ގުޅޭ ދުވަހަކުން މައިމޫނާ ދުނިޔެއިން ރަންވާނެ ދޯ؟….. އެކަމަށް މިހާރުއްސުރެ ތައްޔާރު ވައްޗޭ، ހިޔެއް ނުވޭ އެދެމީހުން ދެން ދުރުގަ އުޅެފާނެއެކޭ، މަށަށް ހީވަނީ އެދެމީހުން ޢާއިލާއާ ދެކޮޅަށްވެސް ކައިވެނިކޮށްފާނެހެން، އެހާވެސް ވަރުގަދަ ލޯތްބެއް ވިއްޔާ އެދެމުގައި އޮތީ، ގައިމު މިހާ ގިނަ މައްސަލަތަކެއް ހިލުނުއިރުވެސް އެގުޅުމަށް ކުޑަވެސް ބަދަލެއް ނާދޭ ވިއްޔާ… ދެން އަހަރެން ކުރިން ބުނި ފަދައިން ޒެލީންގެ ކައިވެނީގެ އިންވިޓޭޝަން ކާޑު ފުރަތަމަވެސް ލިބޭނީ މައިމޫނާއަށް… ހާދަ ދެރަގޮތެކޭ ދޯ މިވީ، އައި ފީލް ސޭޑް ފޯރ ޔޫ، މައިމޫނާއަށް ކެތްވާނެތަ އީނާ އުފަލުގަ އުޅޭތަން ދެކެން އަދި އެވެސް އަލްޔަސްއާއެކު، ޕްލަސް ޒެލީން ވާނެ އެގޭ ކުއްޖަކަށް ވެސް….” މައިމޫނާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އުމެއިރާގެ ވިސްނުންތޫނުކަމާމެދު އޭނަ ހަސަދަވެރިވިއެވެ. ޔަޤީނުންވެސް އުމެއިރާއާއި ހަނގުރާމަކޮށްގެން އޭނައަށް ކުރިއެރުމެއް ލިބޭނެކަމެއް ނޭގެއެވެ. މިހާރު އެއުޅެނީ ނަޒްޔަކްއާއި ޒެލީން ގުޅުވާށެވެ!

”ކިހިނެއްވީ އަނގަ ބަންދުވީ ތޯއްޗެއް؟….” އުމެއިރާ ހިނިގަނޑެއް ޖަހާލިއެވެ.

”އެހެންވީމައޭ އަހަރެން ކުރިންވެސް ބުނީ، ޔޫ ކާންޓް ވިން އެ ފައިޓް އެގެއިންސްޓް މީ އޭ… ދެން އަވަހަށް ތައްޔާރުވޭ އީނާއާއި އަލްޔަސްގެ ކައިވެންޏަށް، މައިމޫނާއަށް ހާޓް އެޓޭކެއް ޖެހޭނެދޯ އީނާއަށް އެހާ ބޮޑު އުފަލެއް ލިބުނީމަ؟….” އުމެއިރާ ޖެއްސުމުގެ ރާގަކަށް ބުންޏެވެ. އީނާއަށް އުފަލެއް ލިބެން ނޭދޭ މައިމޫނާއަށް ވާނެ ގޮތްތަކާ މެދު ވިސްނާލުމުން އުމެއިރާގެ ހިނިގަނޑު ކޮންޓްރޯލް ކުރެވޭވަރެއް ނުވިއެވެ.

”އަދި އެއްވާހަކަ ބުނަން ހަނދާން ނެތުނިއްޔޭ، ދެން އަހަންނަކަށް ހިޔެއް ނުވޭ މައިމޫނާ ކިތަންމެ ރޭވުމެއް ރޭވިޔަސް އީނާއާ އަލްޔަސް ދުރުކުރެވޭނެ ހެނެއް، ދެއާރ ލަވް އިޒް މަޗް ސްޓްރޯންގާރ…” އުމެއިރާ ދަމުން ބުންޏެވެ.

މައިމޫނާ އެތެރެއިން އަނދަމުން ދިޔައެވެ. ފަހަތުން ގޮސް އުމެއިރާއަށް ހަމަލާއެއް ދީފާނަމޭ ވެސް އޭނަގެ ހިތަށް އެރިއެވެ. އެތެރެއިން ދުންތަކެއް އަހަރަމުންދާހެން ވެސް ހީވެއެވެ. ދެލޯ ހަނިކޮށްގެން ހުރިއިރު އުމެއިރާ ބުނި ޖުމްލަތަކާމެދު ފުންކޮށް ވިސްނާލެވުނެވެ. އެއާއެކު އޭނަގެ މާޔޫސްކަން އިތުރުވެ ރުޅިގަނޑު ފަޅައިގެން ދާހާ ވިއެވެ. ލިބުނު އުފާތައް ވިއްސިވިހާލި ވެއްޖެއެވެ. އުމެއިރާގެ ވިސްނުންތޫނުކަން އޭނައަށް ނުލިބުނީ ކީއްވެ ހެއްޔެވެ؟

ހަވީރުގެ ވަގުތެވެ. އީނާއާއި އަލްޔަސްގެ އިތުރުން ނަޒްޔަކް ތިބީ އާރޓިފިޝަލް ބީޗް ގައެވެ. މޫސުން ގޯސް ދުވަސްކޮޅަކަށް ވުމުން ތޮށިގަނޑު މައްޗަށް ބިންދާލާ ރާޅުތައް ބިޔަ ވެފައި އޭގެ ފޮނުތައް ދުރުދުރަށް ބުރުއްސާލައެވެ. އުޑުމަތީގައި ވިއްސާރަ ދުނިތައް ކުރަހާލާފައި އޮތުމުން ބަލައިލަން ވަރަށް ވެސް ރީއްޗެވެ. އޭގެ ކުލަތައްވެސް ސާފުކޮށް ފާޅުވެފައި ވާއިރު އެއާއި ވިދިގެން ފެންނަނީ އިރު މޫދުގެ ސަތަހައިގެ މަތީގައި ބޮސްދެމުން އޭގެ ރަން ދޯދިތައް ފަތުރާލަން އުޅުނު މަންޒަރެވެ. އިރުގެ އެމަސައްކަތަށް ހުރަސް އުޅެމުގައި ކާމިޔާބު ހޯދާފައި ވަނީ އުދަރެސްމަތިން ފެންނަމުން ދިޔަ ކަޅު ވިލާގަނޑުތަކެކެވެ. ވިއްސާރަ ވާން އުޅޭކަމުގެ ނިޝާންތައް ފާޅުވަމުން ދަނީއެވެ.

ނަޒްޔަކް ބުނެލީ މިރޭ ފިލްމެއް ބަލަންދާ ވާހަކައެވެ. ”ކޮން ފިލްމެއްތަ؟…” އަލްޔަސް ސުވާލުކުރީ ސައިކަލު މަތީގައި އިށީންދެލައިގެން ފޯނާ ކުޅެން އިން ނަޒްޔަކް އާއެވެ. ”ދަ ފޯލްޓް އިން އަވާރ ސްޓާރސް….” ނަޒްޔަކް އެހެންބުނީ މަޖާވެލާފައެވެ.

”ޕިސް، ޕިސް، ލޯބީގެ ފިލްމުތަ ބަލަނީ؟…” އަލްޔަސް ބުނެލިއެވެ. އީނާ ކުރުނުކޮށް އެފިލްމް ބަލަންދާން ބޭނުންވާ ކަމަށް ބުނުމުން އަލްޔަސްއަށް އެންމެ ފަހުން މަޖުބޫރިވީ އީނާ ގޮވައިގެން އެފިލްމު ބަލަން ދާށެވެ. ނަޒްޔަކް އިނީ ހީލަހީލައެވެ. އެއީ އޭނަ ގަސްދުގައި އަލްޔަސްއަށް ދިން ލަނޑެކެވެ. އަލްޔަސް އެފަދަ ފިލްމުތަކަށް އެހާ ބޮޑު ޝައުޤުވެރިކަމެއް ނުހުންނަކަން އޭނައަށް އިނގެއެވެ.

”ނިކް ވެސް ދާންވާނެ…” އަލްޔަސް ބުންޏެވެ.

”މިރޭ އަހަރެން އެބަޖެހޭ ތަނަކަށް ދާން، ސޭމް ދާއިރު އީނޫއަށް ދޭން ޓިޝޫ ބޮނޑިއެއް ހިފައިގެން ދައްޗޭ…” ނަޒްޔަކް ދެން އެތާންގައި މަޑުކުރުމެއްނެތި ސައިކަލު ދުއްވާލިތަނާ ކުރިމައްޗަށް އެރި އަންހެން ގުރޫޕެއް ފެނި ސައިކަލުގެ ބުރަކި ޖައްސާލެވުނީ ހަމަ ކިރިޔާއެވެ. ގުރޫޕްގެ މެދުގައި ހުރި ކުއްޖާ ނަޒްޔަކްއާ ދިމާއަށް ކަޅި އަޅަލިއިރު ބިރުން ގޮސް އެމޫނު ހުދުވެފައި ވެއެވެ. ނަޒްޔަކްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

”އިޑިޔަޓް!!!…” އޭނާ ހަޅޭއްލވައިގަތެވެ. ހީވަނީ ނަޒްޔަކްގެ ބޮލަށްވެސް އަރާފާނެހެންނެވެ. ރުޅިއައިސް މުޅި މޫނު ރަތްކޮށްލައިގެން އޭނާ ހުއްޓެވެ. ނަޒްޔަކްއަށް އެމަންޒަރު ފެނި މަޖާވިއެވެ. އެހާ ލޯބި ކުއްޖަކު ރުޅިއައިސް އުޅެމުން ދިޔަ ގޮތަކުން ވަކިން ބޮޑަށް ރީތި ވިއެވެ.

”ދެލޯ ހުންނަނީ ކީއްކުރަން؟، އަނދިރިވީތަ؟….” އެކުއްޖާ ހަޅޭއްލަވައިގަތެވެ. އޭރު އެހިސާބުގައި ތިބި މީހުންގެ ނަޒަރުވެސް އަމާޒުވެފައިވަނީ ނަޒްޔަކް އަށެވެ. ނަޒްޔަކް ޖަވާބެއް ނުދީ އެކުއްޖާއަށް ބަލަން އިނީއެވެ.

”ޒެލީން، ދެން ހިނގާބަލަ ދާން، ގަޑި ޖެހެނިއްޔޭ…” ތާރާ ޒެލީންގެ އަތުގައި ހިފާލަމުން ބުންޏެވެ. އެވަރުން ވެސް ޒެލީން މައިތިރިވިކަމަކަށް ނުވިއެވެ. ”މީނަގެ ސަބަބުން އަހަރެން މަރުވިނަމަޔޯ؟….” ޒެލީން ދޫދޭކަށް ނޫޅުނެވެ.

”ނިކް އާރ ޔޫ އޯލް ރައިޓް؟….” އަލްޔަސް އާއި އީނާ، ނަޒްޔަކްއާ އަރާހަމަކުރަމުން އަހާލިއެވެ.

އަލްޔަސް ފެނި ޒެލީންގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. އިތުރަށް ބަހެއް ބުނާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އީނާއާއި އަލްޔަސް އެކީގައި ފެނި މެޔަށް ލޮޅުންގަނޑެއް އަރައި ހިތުގައި ޖެހުނެވެ. އެއީ ނަޒްޔަކްގެ ވޮލެޓުން އޭނައަށް ފެނުނު އަންހެން ކުއްޖާއެވެ!

”ޒެލީން….” ތާރާ ޒެލީންގެ އަތުގައި ހިފާ ދަމައިގަތެވެ.

ޒެލީން ފެނި އަލްޔަސްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފެނުނެވެ. އެކަމުން އެކަނިވެސް އަލްޔަސް އޭނަ ދެކެ ފޫހިވާ މިންވަރު ޒެލީންއަށް އަންދާޒާ ކުރެވުނެވެ. ނުވީތާކަށް އަލްޔަސް އާއި އީނާގެ ގާތްކަން ފެނި ބޮލަށްވެސް އެނބުރުން އަރއިފިއެވެ. އޭނަ ނަޒްޔަކްއަށް ބަލާލަމުން ދާން ހިނގައިގަތެވެ. އޭރު އޭނަގެ ރުޅިގަނޑު މައިތިރިވެއްޖެއެވެ.

”ސޮރީ….” އަމިއްލަ ކުށް ޤަބޫލުކުރަމުން ނަޒްޔަކް މާފަށް އެދުނެވެ. ޒެލީން ފަސްއެނބުރި ބަލާލާފައި ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ޒެލީން ލޮލުގެ ކޮޅަށް ގޮސް އޮބާލަންދެން ނަޒްޔަކް ބަލަން އިނެވެ.

”ޒީ، ކިހިނެއް ވެފަތަ؟….” ފިޒާޔާ ސުވާލުކޮށްލިއެވެ.

”ޒީ، އެއީ އަލްޔަސްގެ ކޮއްކޮ އެއްތަ ނޫނީ ބޭބެ އެއްތަ؟ ޑޭމް އައި ލައިކް ހިމް….” ތާރާ ހުވަފެނީ ރާގަކަށް ބުންޏެވެ. ”އަހަންނަށްތަ އިނގެނީ؟….” ޒެލީން ރުންކުރު ރާގަކަށް ބުންޏެވެ. އޭނަގެ ހިތް އަނދާ އަޅިއަށް ވަމުން ދާ ކަން އެއްވެސް މީހަކަށް އިހުސާސް އެބަކުރެވޭހެއްޔެވެ؟

”ޒީ، ލުކް، އަހަރެން ކުރިންވެސް ބުނީމެއްނު ލޮލުން ފެންނަ ކޮންމެ މީހަކަށް އިތުބާރު ނުކުރާށޭ، އެ އަލްޔަސް އަކީ މާކަ ރަގަޅު މީހެއް ނޫނޭ، ބަލާބަ މިހާރު އެހުރީ އެހެން ކުއްޖަކާ ރައްޓެހިވެގެން، ޒީއަށް ރަގަޅު ގޮތް ވުމަށް އެދޭތި މިބުނީ އޭނަ މަތިން ހަނދާން ނައްތާލާފަ އެހެން ކުއްޖަކާ ރައްޓެހިވާށޭ…. މިއަދު އެފެނުނު ޒުވާނާވެސް އަލްޔަސްއަށް ވުރެ މާ ޑީސެންޓް ވެފަ ރީތި، ހިތްހޮޔެ ރަގަޅު މިޒާޖެއްގެ ޒުވާނެއް އެއީ، ޒީ އެހުރިހާ އެއްޗެއް ކިޔާލި އިރުވެސް އެންމެ ލަފްޒެއްވެސް ނުބުންޏެއްނު، އެއީ އެހެން ފިރިހެނަކު ނަމަ ނޭގޭ މިއަދު ޒީއަށް ހަދާލާނެ ގޮތެއް ވެސް….” ފިޒާޔާއަށް މިހެން ބުނެވޭއިރަށް ތާރާ ތުންފިއްތާލާފައި ފިޒާޔާގެ އަތުގައި ހިފާލީ ހިތްހަމަނުޖެހުނުކަން އަންގާށެވެ. ރީތި މީހަކު ވިއްޔާ ލިބެންވީ ޒެލީންއަށް ހެއްޔެވެ؟

ޒެލީން ހުރީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. އަލްޔަސްދެކެ ރުޅިވެސް އާދެވުނެވެ. އެ އަންހެންކުއްޖާ ދެކެ ހަސަދަވެރިވެވުނީ ވެސް ވަކިވަރެއް ބަލާފައެއް ނޫނެވެ. އޭނަ ހިތް ހަލާކުވެއްޖެއެވެ. ފިޒާޔާގެ ޖުމްލަތައްވެސް ކަންފަތުގައި ގުގުމާލަމުން ދިޔައެވެ.

(ނުނިމޭ)

 

 

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އޯގާވީ ހިތަކުން…36

Next

ބަރުބާދު (ފަނަރަވަނަބައި)

Next
June 20, 2014

ބަރުބާދު (ފަނަރަވަނަބައި)

Previews
June 16, 2014

އޯގާވީ ހިތަކުން…36

18 Comments!

  1. ummi says:
    June 18, 2014 at 9:15 pm

    Woww vaahaka uppppp vvv ….. v salhii thanks dear

  2. maayaa says:
    June 18, 2014 at 10:13 pm

    reethi avahah upp kohdhechei muthaa please 🙂 🙂

  3. shai says:
    June 18, 2014 at 10:41 pm

    fainally u upp this part and v salhi dhn shai ah heevany alyas ah een ge sababun family ga dhimaavi problem thah solved koh dhemeehun gulhuvan vy kahneynge eha dhigu dhemyma kamaku nudhey

  4. goges girl says:
    June 19, 2014 at 10:04 am

    ކޮބާ އެފިނިމެންދަން

  5. x33 says:
    June 19, 2014 at 11:32 am

    Wow v salhi mi part … thankolheh avas avahah story up kohdhyba. .. konme dhuwahaku 3 faharu 4 faharu check kurevey

  6. liyu says:
    June 19, 2014 at 10:19 pm

    muthaaaa……ehaaa haaasaru gandu dhigu kuryma haadha foosseyyyy….liyu vvvv gina dhuvas koh ffa mi kiyan feshy vx ekm vvvvv fooohi falhaaa naaraaathy…..dhn avahah falhaa aruvan v nu dho…..haadha fooosssey dhn…….kithah dhuvas mi vany mihaaru falhaa naaraathaa…aslu knme echevx hadi vane dho …..falhaa naaranya….ehn v ma mihaaru vaahaka ehaaa rycheei nun…..maaa gina dhuvas vany 🙁 🙁 🙁 🙁 🙁 🙁
    secret thah falhaa araifiyya vaahaka vvv rythi vaaane …..ths is mai point of view ingey…..knme kameiga vx faadu kiyan jeheyne dho…ehn ve mi bunely………

  7. maee says:
    June 19, 2014 at 10:31 pm

    i dont like da cover pic

  8. fan says:
    June 20, 2014 at 2:17 pm

    Reethi story eh, liyu bunihen hageegan falhaa aruvaalima habeys vaane nd haasaru digunukurahchey, story reethi but digu dhenmima touch gehleyne ingey mutha

  9. Rookko says:
    June 20, 2014 at 2:41 pm

    Ebunaahen falhaa aruvaalaba!! :p But story varah reethi ingey.This is one of the best stories I ever read so far 🙂

  10. އިޝްކޮ says:
    June 22, 2014 at 10:49 am

    މުތާ ކޮބާ އަނެށް ޕާރޓް… ހާދަ ލަސްވަނީ… ވާހަކަ ވ ވ ރީތި

  11. REEE says:
    June 22, 2014 at 5:13 pm

    Kobaatha aneh bai? Saturday ves fahana alhaa higajje :'(

  12. ފަރުހިކަދި says:
    June 22, 2014 at 7:49 pm

    we are waiting monday. so keep writing. we well keep reading . good luck . 🙂

  13. ހިޔަނިހިޔަޅު says:
    June 22, 2014 at 7:54 pm

    ދެން މާދަމައް ކެއް ކޮއްލައިގެން ތިބެން ތާދޯޖެހޭނީ … އެހެން ވީމާ އުންމީދު މިކުރަނީ މާދަން ވާހަކަ އަޕް ވެފަ އިންނާނެ ކަމަށް . މާދަން ދެން ވާހަކަ އަޕް ނުވެފަ އިނިއްޔާ މަ ހަމަ ގައިމުން ވެސް ވ ވ ވައި ވާނެ . ފަހަރެއްގަ ދުވަސް ވެސް ހަރާބުވެދާނެ ..

  14. reeeh says:
    June 23, 2014 at 9:36 am

    Dhn avahah falhaa aruvaalaba eyrah salhi vaani ..

  15. zuoo says:
    June 23, 2014 at 5:30 pm

    waiting waiting…..

  16. sha says:
    June 25, 2014 at 4:48 pm

    hey mutha adhi ves mondayy eh naadheyytha.. upload kuran bunefa in dhuvahah nuve inyyyma ahaalii… waiting for next part plx upload soon… muthaa varah molhu vaahaka liyan.all the best

    1. Nana says:
      June 28, 2014 at 9:11 pm

      Muthaa kobaatha vaahaka haadha lahey up kuraaleh inthizaaru haadha dhiguvehgeyey avahah up kohdhiybala Muthaa kiyhvetha comment thakah reply nukuranee hurihaakudhinnah ramazaan mubaarak

  17. amly says:
    June 28, 2014 at 9:04 pm

    bunaa bahuga nuhifaathy foohi

Comments are closed.


All Right Reserved!