Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެލީޝާ
ލޯބި

އެލީޝާ (11ވަނަބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
November 7, 2014 4 Mins Read
19 Comments

ކަރަމް އެލީޝާގެ އަތުގައި ހިފައި އޭނާއާ ވީ ދިމާއަށް އަނބުރާލިއެވެ. އެލިޝާ ސިހިފައި ކަރަމްއަށް ބަލާލިއެވެ. މީގެ ކުރިން ނުފެންނަ ސީރިޔަސް ކަމެއް ކަރަމްގެ މޫނުމަތިން އެވަގުތު އެލީޝާއަށް ފެނުނެވެ. “އެލީއަށް ކީއްވެތަ ހީވަނީ އަހަރެން އެކްޓް ޖައްސަނީއޭ… އެލީ ގަބޫލު ކުރިޔަސް ނުކުރިޔަސް އަހަރެން އެލީދެކެ ވަރަސް ލޯބިވޭ….އެހެން ނޫންނަމަ އެލީ ތިވަރަށް އަހަންނަށް ނަފްރަތު ކުރާއިރުވެސް އަހަރެން މިގޮތަށް މަޑަކުން ނުހުރީހެއްނު….އަހަރެން ގަދަކަމުން އެލީއާ ގުޅުން ހިންގާކަށް މަސައްކަތެއް ނުކުރަން…. އެނގޭތަ ކީއްވެގެންކަން…؟؟؟ އެއީ އަހަރެން އެލީ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން…. އަހަރެންގެ ހިތުން އެލީއަށް ދެވިފައިވާ ގަދަރެއްގެ ބޮޑުކަމުން…..” ކަރަމްގެ އަޑުގައި ހަރުކަށިކަމެއް އެކުލެވިފައިވެއެވެ. “ކަރަމް އަހަންނަށް ތަދުވޭއެބަ….” އެލީޝާއަށް މިހެން ބުނެވުނީ މާބޮޑަށް އަތަށް ތަދުވީމައެވެ. އެލީޝާގެ އަތުގައި ހިފިފައި ވަނީ ވަރަށް ބާރަށްކަން ކަރަމްއަށް ރޭކާލީވެސް އެލީޝާ މިހެން ބުނުމުންނެވެ. ކަރަމް އެލީޝާގެ އަތުން ދޫކޮށްލިއެވެ. ދެމީހުންނަށްވެސް އެލީޝާގެ އަތަށް ބަލާލެވުނެވެ. ކަރަމް ހިފެހެއްޓިތަން ހުރީ ރަތްވެފައެވެ. އެލީޝަ ކަރަމްއަށް ބަލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. “ސޮރީ…. އެލީއަށް އެނގޭތަ…؟؟؟ ތިގޮތަށް ނިޝާން ފެންނަން ނެތަސް އަހަންނަށްވެސް ވަރަށް ތަދުވޭ…. އަހަރެންގެ ހިތަށް….” މެޔާ ދިމަލުގައި އަތް ޖައްސާލަމުން ކަރަމް މިފަހަރު ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކީގައެވެ. ކަރަމްގެ އަޑުގައި ރިހުމެއް އެކުލެވިފައިވެއެވެ. “އަހަރެން މިކައިވެންޏަށް އިންކާރު ނުކުރީތީ އެކަމާވެސް އެލީ އަހަންނަށް ނަފަރަތުކުރޭ… އެކަމަކު އެލީ ވިސްނާލަބަލަ…. އެލީ ތިހާ ބޭނުން ނުވާއިރު އެލީ ކީއްވެ އިންކާރު ނުކުރީ…؟؟؟ ކީއްވެ އަހަރެންގެ ބޮލުގަ ހުރިހާ އިލްޒާމެއް ތި އަޅުވަނީ…؟؟؟ އަހަރެން އެލީއާ ކައިވެނިކުރީ މަޖުބޫރުވެގެންނެއް ނޫން… ހަމަ ހަގީގަތުގަވެސް އެލީދެކެ ލޯބިވާތީ…. އަހަރެން މި ހުންނަނީ އެލީގެ ލޯތްބަށްޓަކައި މޮޔަވާވަރުވެފަ…. އެކަމަކު އަހަރެންގެ ނަސީބު ކިހާ ދެރަ…. އަހަންނަށް ހައްދުފަހަނައަޅާ ވަރަށް ލޯބިވެވުނީމި އަހަރެން ދެކެ އިންތިހާ ދަރަޖައަށް ނަފްރަތުކުރާ ކުއްޖެއްދެކެ… ކަރަމްއަށް ރޮވުނެވެ. އެލީޝާ އިސްއުފުލާ ކަރަމްއަށް ބަލާލީ ހައިރާންކަމާއި އެކީގައެވެ. ކަރަމް އެލީޝާއަށް ފުރަގަސްދިނީ އެލީޝާއަށް އޭނާގެ ކަރުނަތައް ދައްކަން ބޭނުން ނުވާތީއެވެ. ކަރަމް ހައިރާން ވިއެވެ. އޭނާއަކީ ހަނދާންވާން ފެށީއްސުރެވެސް އެއްވެސް ކަމަކާ އެއްވެސް މީހެއްގެ ކުރިމަތީ ރޮއުން މީހެއް ނޫނެވެ. ނަމަވެސް މިޔަދު މިވީ ކިނެއް ހެއްޔެވެ…؟؟؟ ލޯތްބަކީ ހަމައެހާ ބާރުގަދަ އެއްޗަކީ ހެއްޔެވެ…؟؟؟ ކަރަމް އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު ގޭން ބޭރަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.
ރޭގަނޑުގެ ވަގުތެވެ. އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި އެލީޝާ އޮތީ ދެލޮލަށް ނިދިނައިސްގެންނެވެ. ދެލޯމަރާލާއިރަށް ފެންނަނީ ކަރުނުން ފުރިފައިވާ ކަރަމްގެ ހިތާމަވެރި މޫނެވެ. ކަންފަތުގައި ގުގުމަމުން ދަނީ ކަރަމް ދެއްކި ވާހަކަތަކެވެ. އެންމެފަހުން ނުނިދުމުން ތެދުވެގެން ގޮސް ބެލްކަނީގައި މަޑުކޮށްލިއެވެ. އެލީޝާ ކަރަމް ދެއްކި ވާހަކަތަކާމެދު ވިސްނާލިއެވެ. “ކަރަމް އެބުނީ ތެދެކެވެ. އަހަންނަށް ހުރިހާ ކަމަކުންވެސް ކުށްވެރި މި ކުރެވުނީ ކަރަމްއެވެ. އަހަންނަށް ވެސް ކައިވެންޏަށް އިންކާރު ކުރެވުނީހެވެ. ކައިވެނި ކުރަން ބޭނުންނުވެގެން އުޅުނީ އަހަންނެވެ. ކަރަމް އެއް ނޫނެވެ. އެކަމަކު ކުށްވެރި ކުރެވުނީމި ކަރަމްއެވެ. އަހަރެން މިހާ ހިތްހަރު މީހަކަށް މިވީ ކީއްވެގެންހެއްޔެވެ.؟ މިރޭ އަހަރެންގެ ސަބަބުން ކަރަމް އެދިޔައީ އަހަރެންގެ ކުރިމަތީގައި ރޮވިފައެވެ. މީގެ ކުރިން ދުވަހަކުވެސް މީހަކު އަހަރެންގެ ކުރިމަތީގައި ރޮވެފައެއް ނެތެވެ. އަހަރެން މީ ހާދަ ގޯސް މީހެކެވެ.” އެލީޝާގެ ހިތަށް މިހެން އެރުމުން ވަރަށް ދެރަވިއެވެ. ކަރަމް ގެއަށް އައި އިރަކުން އޭނާގެ ކިބައިން މާފަށް އެދެން އެލީޝާ ނިންމިއެވެ. ނަމަވެސް އެތައް ދަމެއްވީއިރުވެސް ކަރަމްއެއް ނާދެއެވެ. އެންމެފަހުން ނިދިއައިސްގެން ނުހުރެވިގެން އެލީޝާ ނިދީއެވެ.
ދެފަހަރަކު ބެލްޖެހުމާއިއެކު ނިހާން ދޮރު ހުޅުވާލިއެވެ. ދޮރުމަތީހުރި ކަރަމް ފެނިފާ އޭނާގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. “ކަރަމް ކިހިނެއްވެފަ ތިހުރީ…؟؟؟” ކަރަމް ހުރިގޮތް ފެނިފާ ނިހާނަށް އަހާލެވުނެވެ. ކަރަމް ޖަވާބު ދިނުމުގެ ބަދަލުގައި ގޮސް ސޯފާގައި އިށީނދެ ހަށިގަނޑު ދަމާލިއެވެ. އަދި ދެލޯ މަރާލިއެވެ. ނިހާން ކަރަމްގެ ހަރަކާތްތަކަށް ބަލަން ހުރެފައި އެތެރެއަށް ގޮސް އައީ ޒީވާ ގޮވައިގެންނެވެ. “ކަރަމް ކިހިނެއްތަ ވެގެން ތި އުޅެނީ….” ޒީވާ ކަރަމްގެ އަތަށް ފިތާލަމުން އަހާލިއެވެ. ކަރަމް ހަށިގަނޑު ތެދުކޮށްލަމުން ދެއަތް ޖޯޑުކޮށްލައިގެން އިނދެ އިސްޖަހާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފުރަތަމަ ފަހަރަށް ކަރަމް އޭނާއާ އެލީޝާގެ ގުޅުމުގެ ވާހަކަ ޒީވާ މެނަށް ކިޔަދިނެވެ. ކަރަމް އެވާހަކަ ކިޔާދިނުމުން ޒީވާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވާނީވެސް އެހެންނެވެ. އެމީހުން އުޅޭ އުޅުމުން އެހެންމީހުންނަށް އެދެމީހުންގެ ދޭތެރޭ މައްސަލައެއް އުޅޭހެނެއް ހިޔެއް ނުވާނެއެވެ. “ކީކޭ އަހަރެން ބުނާނީވެސް… އެލީއަށް ވަރަށް އުނދަގުވާނެ އޭނާގެ ލޯބިވެރިޔާ މަތިން ހަނދާން ނައްތާލާ ކުރިން ނުވެސް ދަންނަ މީހަކާއެކީ ދިރިއުޅެން…. އޭނަޔަށް ވަގުތު ބޭނުން ވާނެ…. ކަރަމް ޖެހޭނީ އޭނަޔަށް ވަގުތު ދޭން….” ވަރަށް ވިސްނަން އިނުމަށްފަހު ޒީވާ ބުނެލިއެވެ. އަހަރެން ދީފާނަން ވަރަށް މޮޅު ޚިޔާލެއް….” މިހެން ބުނެފާ ނިހާން ކަންތައް ކުރަންވީގޮތް ކަރަމްއަށް ކިޔާދިނެވެ. ނިހާން މެނާއެކީ ވަގުތު ހޭދަކޮށްލެވުމުން ކަރަމް އިނީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ.
އެލީޝާއަށް ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. ދެލޯ ހުޅުވާލެވުމާއިއެކު އެލީޝާއަށް ބަލާލެވުނީ ކަރަމް ކޮބާތޯއެވެ. އެނދުގައި ކަރަމް ނެތުމުން ފުންމާގެން ތެދުވެ ގޮސް ފާހާނާ ބަލާލެވުނީ އެތާގައިވެސް ކަރަމް އުޅެފާނެތީއެވެ. ނަމަވެސް ފާހާނާގައިވެސް ކަރަމްއެއް ނޫޅެއެވެ. އެލީޝާ ވަރަށް ހާސްވިއެވެ. އޭރު ދިޔަގޮތަށް ކަރަމް ގެއަށް ނާންނަނީކަން އެނގުމުން ހިތުގައި ބިރުވެރިކަން އުފެދުނެވެ. “އަނެއްކާ ކަރަމްއަށް ކަމެއްވީބާ….؟؟؟” އެލީޝާގެ ހިތަށް މިހެން އެރުމުން ދެފަރާތަށް ބޯހޫރާލެވުނެވެ. ފަތިސް ނަމާދުކޮށްލައިގެން މާތް ﷲ ގެ ކިބަފުޅަށް ކަރަމްއަށް ދެރަގޮތެއް ނުވުމަށް އެދި ދުއާވެސް ދެންނެވުނެވެ.
ހެނދުނުގެ ނާސްތާއަށް މޭޒުމަތީ ތަށިތައް އަތުރަންހުރި އެލީޝާއަށް ދޮރާދިމާއަށް ބަލާލެވުނީ ކަރަމްގެ އަޑުއިވުމުންނެވެ. އޭރު ކިޔާންއާ ކަރަމް ވާހަކައެއްގައި ހުރެގެން އައިސް ގޮނޑީގައި އިށީންނަނީއެވެ. ކަރަމް ހެޔޮހާލުގައި ފެނުމުން އެލީޝާއަށް ހިތާހިތުން މާތް ﷲ އަށް ޝުކުރު ދެންނެވުނެވެ. ނަމަވެސް ކަރަމް ބަލާނުލުމުން ހިތަށް ނޭނގޭ ގޮތެއް ވިއެވެ.
ސައި ބޮއެ ނިމުމުން ތަށިތައް ނެގުމަށްފަހު އެލީޝާ ސިޓިންގްރޫމަށް ދިޔައިރު ކަރަމް ޓީވީ ބަލަން އިނެވެ. އެލީޝާވެސް ގޮސް ސޯފާގައި އިށީނެވެ. ނަމަވެސް ކަރަމް ބަލާވެސް ނުލައެވެ. މިވަގުތު އެދެމީހުންގެ އިތުރުން ކިޔާރާ ފިޔަވައި އިތުރު މީހަކު ގޭގައި ނެތުމުން އެލީޝާ ނިންމީ މިގަޑީގައި ކަރަމްއާ ވާހަކަދައްކާށެވެ. އެލީޝާ ވާހަކަ ދައްކަން އަނގަ ހުޅުވާލިތަނާ ފެނުނީ އެތެރެއަށް ވަދެގެން އައި ރަޝާއެވެ. އެހެންކަމުން އެލީޝާއަށް ވާހަކަ ކުރިޔަށް ގެންދާކަށް ނުކެރުނެވެ. “ހާދަ އަޑުމަޑޭ ގޭތެރެ…. ގޭގައި މީހަކު ނޫޅެނީތަ…. ކޮބާތަ ތުއްތަ…؟؟؟” ރަޝާ ވާހަކަ ދެއްކީ ކަރަމްއާއެވެ. ނަމަވެސް ކަރަމްއަށް މީހަކު އެއްޗެއް ކިޔާހެންވެސް ހީނުވެއެވެ. “މިވަގުތު ގޭގަ ނެތް….” ކަރަމް ޖަވާބު ނުދިނުމުން އެލީޝާ ބުނެލިއެވެ. ” އެހެންތަ….؟؟؟ ތުއްތަ އިއްޔެ ގުޅާފަ މިޔަދު އައިސްބަލާށޭ ބުނީމަ އަހަރެން މިއައީ… ނުބައި ގަޑިއެއްގަ ދޯ މި އާދެވުނީ…. ކަރަމް ހިނގާބަ އަހަރެން ގެޔަށް ލާދެންދާން….” ކަރަމްގެ އަތުގައި ހިފާލަމުން ރަޝާ ބުނެލިއެވެ. ” ކިހިނެއްވެގެންތަ ތި އުޅެނީ….؟؟؟ ގަޔަށް ބޮލަށް އަތްލަނީ ކީއްވެގެންތަ….” ރަޝާގެ އަތް ފޮޅުވާލަމުން ކަރަމް ކޮޅަށް ތެދުވީ ނިކަން ރުޅިއައިސްފައި ހުރެއެވެ. އެލީޝާއަށް ވެސް ކޮޅަށް ތެދުވެވުނެވެ. ކަރަމް މިހާ ރުޅިއައިސްފައި ހުއްޓާ އެލީޝާ އަދި ނުދެކެއެވެ. “އައްދޭ…. އެއީ އެހާ ރުޅި އަންނަވަރުގެ ކަމެއްތަ….؟؟؟” ޖެހިލުންވެފާ ހުރި ނަމަވެސް އެކަން ނުދައްކާހަމަޖެހިލަމުން ރިޝާ ބުނެލިއެވެ. “އާނ… އަހަންނަށް އެނގޭ ކަލޭގެ މަގުސަދަކީ އަހަރެމެންގެ ދޭތެރެއަށް ވަނުންކަން… ދޭތެރެ ޖައްސަން ކަލޭ އެލީގެ ގާތު ދެއްކި ވާހަކަ މަށަށް އިނގެއޭ….” އުނަގަނޑުގައި ދެއަތް ވިއްދާލަމުން ކަރަމް ބުނެލިއެވެ. “އޯ…. ކަލޭ މިހާރު ކަރަމްގެ ގާތު ކުޓުވަންވެސް ފެށީތަ….” ރަޝާ މިފަހަރު ދިމާކުރީ އެލީޝާއާއެވެ. އެލީޝާ ދެފަރާތަށް ބޯ ހޫރާލިއެވެ. “އޭނަ އަހަރެން ގާތު އެކައްޗެއްވެސް ނުބުނެ…. އަހަންނަށް ކަލޭ ދެއްކި ވާހަކަތައް އަޑުއިވުނޭ…. ބުނަން ވާހަކައެއް…. އަހަރެން އެއްވެސް އިރެއްގައި ކަލޭ ދެކެ ލޯތްބެއް ނުވެ… އެހެންނޫނަސް ކަލޭތީ އަހަރެން މާ ގަޔާވާ މީހެއްވެސް ނޫން… އަހަރެން އެލީޝާއާ ކައިވެނި ކުރީ މަޖުބޫރުން ނޫންކަން ކަލެއަށް ހަމަރަނގަޅަށް އެނގޭނެ…. ދެން މީގެ ފަހުން މިގެއަށް ކަލޭ އަޔަސް އެލީގާތު އެކަހަލަ ވާހަކައެއް ދެއްކިކަން އެނގިއްޖާ މިގެއަށް ނުވަދެވޭ ވަރުކޮށްލާނަން….” ކަރަމް މިހެން ބުނުމުން ރުޅިއައިސްފައިހުރެ ރަޝާ ނުކުމެގެން ދިޔައެވެ. އެލީޝާ ކަރަމްއަށް ބަލާލިއެވެ. އެވަގުތަކީ ކަރަމްއަށް ވެސް އެލީޝާއަށް ބަލާލެވުނު ވަގުތެވެ. ހަތަރުކަޅި ހަމަވި ވަގުތު އެލީޝާއަށް އިސްޖަހާލެވުނެވެ. ކަރަމް ދިޔައީ ކޮޓަރިއަށެވެ.
ރޭގަނޑުގެ ވަގުތެވެ. އެލީޝާ ފާހާނާއިން ނުކުތްއިރު ކަރަމް ހުރީ ބެލްކަނީގައެވެ. އެލީޝާ ނިންމީ މިގަޑީގައި ކަރަމްގެ ގާތުން މާފަށް އެދުމަށެވެ. އެލީޝާ އެދިމާއަށް ދާންނެގި ފިޔަވަޅަށް ހުއްޓުންއެރީ ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. ކަރަމްވެސް ފަސްއެނބުރި ބަލާލިއެވެ. އެލީޝާގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ ކިޔާރާއެވެ. އޭނާގެ މޫނު މަތިން ފެންނަންހުރީ ހާސްކަމެވެ. ކިޔާ ކިހިނެއްވީ…؟؟؟ ކަރަމް އައިސް ކިޔާރާގެ ގާތުގައި އަހާލިއެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޤާޠިލް.. 3 ވަނަ ބައި…

އެލީޝާ
Next

އެލީޝާ (12ވަނަބައި)

Next
އެލީޝާ
November 9, 2014

އެލީޝާ (12ވަނަބައި)

Previews
November 7, 2014

ޤާޠިލް.. 3 ވަނަ ބައި…

19 Comments!

  1. iru says:
    November 7, 2014 at 6:54 pm

    impart hadhaa kurey dw dhen aneh part up kohlankihaadhuveh naganetha mipartvarah reethi

  2. sam says:
    November 7, 2014 at 7:02 pm

    Haadha lahuney up thikohdhinee v reethi mi part ves. Waiting for the next part.

  3. Ishy says:
    November 7, 2014 at 7:03 pm

    Haadha kurey.. thankolheh dhigu koh genesdhyba…. plx..

  4. Ishy says:
    November 7, 2014 at 7:04 pm

    Ekm ves vrh nyc mi story….

  5. Shadhi says:
    November 7, 2014 at 7:09 pm

    Ebunaahen v kuru ….ehaa ginadhuvas vejje….vaahaka v reethi…ummeedh kuran mifaharu than kolheh avaha up kollaane kamah…

  6. Mishy says:
    November 7, 2014 at 7:10 pm

    Alheyyy! Ehaa gina dhuvas kohfa ves haaadha kuda thankolhekey! Soooo sad! Mishy varaaaaah kiaa hiyvefa indha nimuneeema v dheravejje 🙁 plsss next part avas koh dhehchey!

  7. n says:
    November 7, 2014 at 8:38 pm

    Mi part ves varan reethi ,
    Waiting for next part.

  8. pinky says:
    November 7, 2014 at 8:47 pm

    Wow! Gorgeous eemiya. This part is so nice. I love it. This story isvery interesting. Now elly also feeling love

  9. ina says:
    November 8, 2014 at 11:03 am

    Mi part v kuru..ekam shukuru verivan mivaruvex kiyaalan libbunytheeve.eemu dhen anna part dhigu kurachchey igey…vvvv salhi mi part….♥♡love it .

  10. Zuhako says:
    November 8, 2014 at 11:33 am

    Haadha dhuvas koala ha up thi kohly……but vvv nice…next part avaha up kolachey…

  11. hadheee says:
    November 8, 2014 at 4:51 pm

    alhe mi vaahaka thankolhu avaha genes dheeba…haadha kiyaa hith veye

  12. raakin says:
    November 8, 2014 at 7:22 pm

    Dhigu inthixaareh….alhe aneh part avahah up kurahchey…v nyc mi part vx..plx plx avas

  13. sha4f says:
    November 8, 2014 at 10:50 pm

    w0w…..n1ce….

  14. beauty says:
    November 9, 2014 at 8:25 am

    v nyc mi vaahaka.=D
    Eemiyaa ah hama saabas..aneh part avahah up kohdhehcheyy..kiyaa hithun hurevey vareh vx noon 🙂 **WAITING 4 NEXT PART**

  15. elsa says:
    November 9, 2014 at 9:00 am

    lap hedhunytha? anyways story vv salhi..hope to see the next part soon.. 🙂

  16. me says:
    November 9, 2014 at 3:20 pm

    Just awesome Masha Allah…! Thank you eemiya…

  17. eemiyaa says:
    November 9, 2014 at 5:54 pm

    thanks all for ur support 🙂

  18. eemiyaa says:
    November 9, 2014 at 5:56 pm

    nuney else….. else dhin idea beynun kohleee…

  19. elsa says:
    November 10, 2014 at 8:15 am

    hehe i m happy my idea worked.. 🙂

Comments are closed.

Next Episodeއެލީޝާ (12ވަނަބައި)←


All Right Reserved!