ޤާޠިލް.. 3 ވަނަ ބައި…
“ސޯ ލެޓްސް ގެޓް ބެކް ޓު ވޯކް” ރާއިދު ބުނެލިއެވެ. “ފަހު ވިކްޓިމްގެ މައުލޫމާތު ލިބިއްޖެ ސަރ” އާހިލްގެ އަޑު އިވިގެންދިޔައެވެ. “ގުޑް.. ކާކު އެއީ” “މުހައްމަދު ނާޝް” ފަހަތުން އިވިގެން ދިޔައީ ފިރިހެނެއްގެ އަޑެކެވެ. އެންމެންނަށް ފަހަތަށް އެބުރި ބަލާލެވުނެވެ. ފަހަތުގައި ހުއްޓިލައިގެން ހުރީ އުމުރުން 25 އަހަރާއި 30 އަހަރާއި ދެމެދުގެ ފިރިހެނެކެވެ. ޕޮލިސް ޔުނީފޯމްގައި ހުއްޓިލައިގެން ހުރި އިރު މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރުތަކެވެ. ވާއަތުގައި ޕޮލިސް ތޮފި އޮތް އިރު ކަނާއަތުގައި ފައިލްއެއް އޮތެވެ. “އަޅުގަނޑުގެ ކޮއްކޮ ނާޝް” އެމީހާ ބުނެލިއެވެ. ނަދީމް ތެދުވިއެވެ. އަދި އެމީހާއަށް ގޮޑި ދައްކާލިއެވެ. “ނޫން.. އަޅުގަނޑު މިއައީ ކޮއްކޮއާއި ބެހޭ މައުލޫމާތު ބޭނުންވާކަން އެނގޭތީ އެމައުލޫމާތު ދޭން” އެމީހާ ބުނެލިއެވެ. އެމީހާގެ އަޑުގައި އެކުލެވިގެންވި މާޔޫސްކަން އެވަގުތު އެތަނުގައި ތިބި އެންމެންނަށް އިހްސާސް ކުރެވުނެވެ. “އާދޭ އިށީނަން” އެމީހާ ނަދީމްއަށް އެގޮތަށް ރައްދު ދިނުމުން ރާއިދު ކުޑަކޮށް ކުރިއަށް ޖެހިލަމުން ގޮޑި ކައިރިކޮށްލިއެވެ. “މާޝް” އެމީހާގެ ޓެގް ކޮޅަށް ބަލާލަމުން ރާއިދު ނަން ކިޔާލިއެވެ. މާޝް ރާއިދުއަށް ބަލާލިއެވެ. އަދި މަޑުހިގުމެއްގައި އައިސް ގޮޑީގައި އިށީދެލިއެވެ. “އައި އޭމް ސޯ ސޮރީ ފޮ ޔުއަރ ބްރާދަރ” ރާއިދު ބުނެލިއެވެ. މާޝް މަޑުމަޑުން ދަތްޕިލަ ފިއްތާލިއެވެ. އެންމެންގެ ކުރިމަތީގައި އޭނަގެ ލޮލުން ކަރުނަ އޮހޭކަން މާޝް ބޭނުމެއް ނޫނެކެވެ. “ނާޝް އާއި ބެހޭގޮތުން ކިޔާލަދީބަލަ.. އެއީ ކޮންކަހަލަ ކުއްޖެއް” ނަދީމް އަހާލިއެވެ. “އަޅުގަނޑަށް އެނގޭ ތި ބޭފުޅުން ތި ވިސްނަނީ ކިހިނެއްކަން.. އެކަމަކު ނާޝް އަކީ އެކަހަލަ ކުއްޖެއް ނޫން” މާޝްގެ އަޑު ކެޑުނެވެ. ރާއިދު މަޑުމަޑުން މާޝްގެ ބުރަކަށީގައި ފިރުމާލިއެވެ. “ނާޝް އަކީ ވަރަށް ބަސް އަހާ ކުއްޖެއް… އަޅުގަނޑުމެންގޭގައި ހުރި ދެވަނައަށް އެންމެ ކުޑަ ކުއްޖާ… މާލެ އައީ ވަރަށް ފަހުން.. ކޯހެއް ހަދަން ވެގެން.. އޭނަ ބޭނުންވަނީ ކޮންޕިއުޓަރ ހަދަން.. އެހެންވެގެން ސައިރެސް އަށް ފޯމް ލައިގެން ދެ ހަފްތާ ކުރިން އެމީހުން ގުޅާފަ ބުނީ ކޯސް ލިބިއްޖެއޭ… ނާޝް އަކީ ވަރަށް ބަސްއަހާ ކުއްޖެއް” މާޝް ވާހަކަ ހުއްޓާލިއެވެ. އަދި ދެއިނގިލިން ލޯ ފުހެލިއެވެ.
“އެންމެ ރަނގަޅު… އަހަރުމެން ފަހުން ދެން ސުވާލު ކޮށްލާނީ.. ތިގެއަށް ދާނަން.. ނާޝްގެ އެއްޗެހިތަށް ކުޑަކޮށް ބަލާލުމަށް… މި ވަގުތު އެންމެ ރަނގަޅު” ރާއިދު މާޝްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ރާއިދު އެހެން ބުނެލުމާއި އެކު މާޝް ބޭރަށް ނިކުންނަށް ހިގައިގަތެވެ. އޭނަ ނިކުންނަންދެން ރާއިދު އޭނައާއި ދިމާލަށް ބަލަހައްޓައގެން ހުއްޓެވެ. “އާހިލް.. މާޝް އާއި ބެހޭގޮތުން ހުރިހާ މައުލޫމަތެއް ހޯދުނުހާ އަވަހަކަށް ހޯދަ ދީބަލަ” އޭނަ ނިކުތުމާއި އެކު އާހިލް އާއި ދިމާލަށް ބަލާލަމުން ރާއިދު ބުނެލިއެވެ. “ނަދީމް އާއި ފަހުދު ގާތްގަނޑަކަށް ތިރީސް މިނެޓް ފަހުން މާޝްގެ ގެއަށް ދޭ… އެގެއިން ފެންނަން ހުރިއްޔާ ހުރި ހުރިހާ އެއްޗެއް އަހަރެން ބޭނުންވޭ” ރާއިދު ފަހުދު އާއި ނަދީމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ވަޓްސް ރޯންގް ސަރ” ރާއިދުގެ އަޑުގައި އެކުލެވިގެން ވި އަވަސްކަން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ. “ސްޓިލް ޑޯންޓް ނޯ… ބަޓް ދެއަރ އިޒް ސަމްތިން” ރާއިދު ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.
އާހިލް ކައިރީގައި މަސައްކަތުގެ ވާހަކަ ބުނުމާއި އެކު ލެޕްޓޮޕްއިން މަސައްކަތް ފެށިއެވެ. އާހިލްއަކީ ކޮންޕިއުޓަރ މަސައްކަތް ވަރަށް ރަނގަޅަށް ދަންނަ ކުއްޖެކެވެ. ކޮމްޕިއުޓަރ އިން ކަމެއް ކުރުމަށް ބުނެފިނަމަ އެކަމެއް ވަރަށް އަވަހަށް އޭނަކޮށްލާނެއެވެ. މައުލޫމާތު ހޯދާތަނެއް ހޯދާގޮތެއް އެކަކަށްވެސް ނޭނގެއެވެ. “ސަރ” ފަސްވަރަކަށް މިނެޓް ފަހުން އާހިލްގެ އަޑު އިވިގެން ދިޔައެވެ. ވިސްނުމަކަށް ގެއްލިފައި ހުރި ރާއިދު އާހިލްގެ އަޑަށް އެދިމާލަށް ބަލާލިއެވެ. “މާބޮޑު އެއްޗެއް އެނގޭކަން ނެތް މާޝްއާއި ބެހޭގޮތަކުން…” އާހިލް ލެޕްގައި މޫނު ‘ޖައްސައިގެން’ އިދެ ބުނެލިއެވެ. “ކީކޭ އޮތީ” ރާއިދު އާހިލްއާއި ދިމާލަށް ބަލާލިއެވެ. “ނޯ ލީގަލް އިޝޫޒް.. މިހާރު ޕޮލިހުގައި 04 މަސް.. ރަނގަޅު އަހްލާގްވެސް” އާހިލް ރާއިދުއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ބަލާބަލަ އޭނަ އެއްވެސް ހިސާބެއްގަ އެއްވެސް ކަހަލަ މައްސަލައެއް އުޅޭތޯ.. ކުޑައިރުގަ ވިޔަސް އެއްވެސް އިރެއްގަ” ރާއިދު ބުނެލިއެވެ. އަދި ނަދީމް އާދި ފަހުދު އާއި ދިމާލަށް އެބުރެލިއެވެ. “އެގެއަށް ދޭ… ގޮސް އެއްވެސް ކަހަލަ އެއްޗެއް ފެނުނު ކަމުގައިވިޔަސް އަހަރެންނަށް ރިޕޯޓް ބޭނުންވާނެ..” ރާއިދު ބުނެލިއެވެ. “އެކަމަކު އަޅުގަނޑުމެންނަށް ޗިޓެއް ނެތީސް އެނގޭ އެއްވެސް އެއްޗެއް ޗެކް އެއް ނުކުރެވޭނެ ނޫންތޯ” ފަހުދު ތެދުވަމުން ބުނެލިއެވެ. “ޗެކް ކުރާކަށް އަތެއް ބޭނުމެއް ނުވާނެ ހުރިހާ ފަހަރެއްގައެއް.. ލޮލުންވެސް ޗެކް ކުރެވޭނެ.. އެމީހުން ހުއްދަ ދީފިނަމަ ނާޝްގެ ރޫމްވެސް ބަލާލާތި.. މިބުނީ އޭނަ ނިދާތަންވެސް.. އޭނަގެ އެއްޗެހިވެސް… އެކަމަކު ހުއްދަ ނުދީފިނަމަ އަޅާނުލާ” ރާއިދު ބުނެލިއެވެ. ނަދީމްއާއި ފަހުދު ބޯޖަހާލަމުން ބޭރަށް ނިކުތެވެ.
“އާހިލް” ރާއިދު ގޮވާލިއެވެ. ކުޑަކޮށް ސިހިފައި އާހިލް ރާއިދު އާއި ދިމާލަށް ބަލާލިއެވެ. “އެއްވެސް އެއްޗެއް” ރާއިދު ފޮޓޯތަކަށް ބަލާލަމުން އަހާލިއެވެ. “ނޫން.. އަދި ނެތް.. ކުޑަ ވަގުތު ކޮޅެއް ބޭނުންވާނެ އަޅުގަނޑު” އާހިލް ބުނެލިއެވެ. “ތިއީ ނެތް އެއްޗަކީ އާހިލް.. އަދި އަހަރެން ބޭނުން ކުރީ ދެފަހަރު ކޭސްގައި ބައިވެރިވި އާއިލާ މީހުންގެ މައުލޫމާތު…” ރާއިދު ބުނެލިއެވެ. އާހިލް ބޯޖަހާލަމުން ލެޕްއާއި ދިމާލަށް އެނބުރުނެވެ. ރާއިދު ފުންވިސްނުމަކަށް ގެއްލިގެން ދިޔައެވެ.
ފަހުދު އާއި ނަދީމް ސައިކަލުގައި މަޑުކޮށްލީ މާފަންނު ސަހަރާކައިރިއަށެވެ. އެތަނުގައި ހުރި ގެއަކަށް ދެމީހުން ވަނެވެ. ނާޝް އުޅުނީ އެގޭގައި ދެވަނަ ފްލޯގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަދީމް މަޑުމަޑުން ދެވަނަ ފްލޯގެ ބެލްއަށް ފިއްތާލިއެވެ. އެވަގުތު ދޮރު ހުޅުވާލީ އަންހެން ކުއްޖެކެވެ. “އަޅުގަނޑުމެންނަކީ ޕޮލިހުންގެ ފަރާތުން މުހައްމަދު ނާޝް އާއި ބެހޭގޮތުން ވާހަކަ ދައްކާލަން އައި ބޭފުޅުން” ނަދީމް މަޑުމައިތިރިކަމާއި އެކު ބުނެލިއެވެ. އޭރުވެސް އެއަންހެން ކުއްޖާގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރު ތަކެވެ. “ވަދޭ.. މާޝް ދޮންބެ ބުނެފަ އޮތީ އަންނަ ވާހަކަ … ދުރުވޭ.. މަންމާ…” އެކުއްޖާ ނަދީމްމެން އެތެރެއަށް ވައްދަމުން އެކުއްޖާގެ މަންމައަށް ގޮވާލިއެވެ. “ކޮންބައެއް އުޅެނީ..” ފަހުދު ގޭތެރެއަށް ނަޒަރު ހިންގާލަމުން އަހާލިއެވެ. “ދެންމެ ކަހަލައިން މަންމަމެން ރަށުން އެއައީ… މިހާރު އެންމެވެސް އެބަ އާދޭ” އެއަންހެން ކުއްޖާ ބުނެލިއެވެ. “އައި އޭމް ސޯ ސޮރީ ފޮ ޔުއަރ ލޮސް” ނަދީމް އެކުއްޖާ އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެކުއްޖާ ފަނޑު ގޮތަކަށް ހީލިއެވެ. އެވަގުތު ކޮޓަރި ތެރެއިން ނިކުމެގެން އައީ މުސްކުޅި ފުރައިއިގެ އަންހެނެކެވެ. އޭރުވެސް އެމީހާގެ ދެލޮލުން ކަރުނަގެ އަސަރު ފަޅުވަމުން ދިޔައެވެ. “އަޅުގަނޑުމެން މިކަހަލަ ދަޑިވަޅެއްގައި ސުވާލު ކުރަން ޖެހޭތީ ވަރަށް ބޮޑަށް މާފަށް އެދެން.. އެކަމަކު އެގެން ޖެހޭ މައުލޫމާތު ތަކެއް ހުރުމުން” ނަދީމް އެމީހާ އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އޭރުވެސް ފަހުދުގެ ލޯ ހަރަކާތް ތެރިވަމުން ދިޔައީ މުޅި ގޭތެރޭގައެވެ. ކުޑަ ތަންކޮޅެކެވެ. ބޮޑު ސޯފާއެއް ބަހައްޓާފައި ހުރި އިރު އެސިޓިން ރޫމްވަނީ ފުރިފައެވެ. އެއް ފާރުގައި އެންމެ މިޒަމާނުގެ ޓީވީއެކެވެ. އަދި ފާރުގައި އަޅުވާފައި ހުރި އެކި ވައްތަރުގެ ފޯސްޓަރެވެ. ކެއްކުމަށްވެސް ވަނީ ކުޑަ ތަންކޮޅެކެވެ. އެތަނުގައި ވަނީ މޭޒެއް ބަހައްޓާފައެވެ. “އަޅުގަނޑަށް ނާޝް ނިދަން ބޭނުން ކުރާ ތަން ދައްކާލެވިދާނެތޯ” ފަހުދު އަހާލިއެވެ. އެމީހާ ބަލާލީ އަންހެއް ކުއްޖާއާއި ދިމާލަށެވެ.
އެކުއްޖާ ބޯޖަހާލަމުން ފަހުދު އަށް ބަލާލަމުން ފެންނަން ހުރި ދެދޮރުގެ ތެރެއިން ފަހުދު އާއި ކައިރިއަށް ހުރި ދޮރު ހުޅުވާލިއެވެ. “މި ކޮޓަރީގައި ނިދަނީ ނާޝް އެކަނިތަ” ފެންނަން ހުރި ދެ އެނދުގެ ސަބަބުން ފަހުދު ޔަގީން ކުރަން ބޭނުންވިއެވެ. “ނޫން ދޮންބެ ނިދަނީ” އެ އަންހެން ކުއްޖާ ބުނެލިއެވެ. ފަހުދު ބޯޖަހާލިއެވެ. ކޮޓަރި ތެރެއަށް ރަނގަޅަށް ބަލާލިއެވެ. ދެ އެނދުގައިވެސް ވަނީ ރަނގަޅަށް ތަންމަތި އަޅާފައެވެ. “މިތަނުގަތަ މާޝް ނިދަނީ” އެނދެއް ކައިރިއަށް ޖެހިލަމުން ފަހުދު އަހަލިއެވެ. “ނޫން ތިއީ ދޮންބެ ނިދާ އެނދު” އެ އަންހެއް ކުއްޖާ ބުނެލިއެވެ. ފަހުދު ރަނގަޅަށް ކޮޓަރީގެ ހުރިހާ އެއްޗަކަށް ބަލާލުމަށްފަހު އެތަނުން ނިކުތެވެ. އޭރު ނަދީމްވެސް ވާހަކަ ދައްކާ ނިމިއްޖެއެވެ. މުސްކުޅި ފުރައިގެ އަންހެންމީހާ ރޯލަ ރޯލާ އިނެވެ. ފަހުދު އާއި ނަދީމް ދެމައިންނަށް ޝުކުރު އަދާކުރުމަށްފަހު ބޭރަށް ނިކުތެވެ.
އާހިލް މަސައްކަތް ކުރަމުން ދިޔައެވެ. ލެޕްގެ ކީބޯޑުގެ ފިއްތަކަށް ބާރުލަމުން އެކި ފިތައް ފިތަމުން ދިޔައެވެ. “އަޅުގަނޑު އެކަނި މިކަން ކުރާނަމަ އަދި ކުޑަ އިރުކޮޅެއް ވާނެ… އެކަމަކު އެހެން މީހަކު ލިބިއްޖެނަމަ” “ކާކު ބޭނުންވަނީ” އާހިލްގެ ޖުމްލަ ނުނިމެނީސް ރާއިދު ވާހަކަ ދެއްކިއެވެ. އާހިލް ބަލާލީ ރާއިދުއާއި ދިމާލަށެވެ. “ނޯ ކާންޓް” ރާއިދު މޫނު އަބުރާލިއެވެ. “ހީ އިޒް ގުޑް ސަރ” އާހިލް ބުނެލިއެވެ. ރާއިދުއަށް އާހިލް އެބުނަނީ ކާކުކަން އެނގެއެވެ. އެކަމަކު އެމީހަކީ ރާއިދު އެއްގޮތަކަށްވެސް އިތުބާރު ކުރާ މީހެއް ނޫނެކެވެ. “ބަޓް ސަރ” “އާހިލް ނޯ” ރާއިދު އާހިލްގެ ޖުމްލަ މިފަހަރުވެސް މެދު ކަނޑާލިއެވެ. އާހިލް އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އަނެއްކާވެސް މަސައްކަތަށް އެބުރުނެވެ. ރާއިދު ބޭރަށް ނިކުތުމަށް ހިގައިގަތެވެ.
ރާއިދު މަޑު ހިގުމެއްގައި މަޑުކޮށްލީ ލިފްޓް ކައިރީގައެވެ. ލިފްޓަށް އަރައި ހަތަރުވަނަ ފްލޯއަށް ދިއުމަށް ހަތަރަކަށް ފިއްތާލިއެވެ. އަދި ނޭވާއެއް ހަމަޖެހުމަށްޓަކައި ލިއެވެ. ހަތަރުވަނަ ފްލޯ އަށް ލިފްޓް މަޑުވުމާއި އެކު ރާއިދު މަޑު ހިގުމެއްގައި މަޑުކޮށްލީ ކެބިންއެއް ކައިރިއަށެވެ. ރާއިދު ދޮރުގައި ޓަކި ޖަހާލުމަށް އަތް ނެގުމަށްފަހު އަތް ތިރިކޮށްލިއެވެ. “ދޮރުގައި ޓަކި ޖެހިޔަސް ސަރގެ އަގެއް ނުވެއްޓޭނެ” ފަހަތުން އިވުނު އަޑާއި އެކު ރާއިދު ސިހިގެން ދިޔައެވެ. ނަމަވެސް އެކަން ނުދައްކާ ރާއިދު އަތް މުއްމަޅާލިއެވެ. ދަތްޕިލަ ފިއްތާލިއެވެ. އަދި މަޑުމަޑުން އެމީހާއާއި ދިމާލަށް އެބުރެލިއެވެ. ކުރިމަތީގައި ހުރި މީހާގެ މޫނުމަތިން ފެންނަމުން ދިޔަ މަލާމާތުގެ ހިނިތުންވުމުން ރާއިދުގެ ލޭ ކައްކުވާލިއެވެ. “އަހަރެން މިއައީ ކަމަކު” ރާއިދު ބުނަން ކިތައްމެ ބޭނުން ނުވިޔަސް އެކަން ކުރަން ޖެހޭނެކަން ރާއިދުއަށް އެނގެއެވެ. “އޯހް.. ސަރ.. އަޅުގަނޑު ކައިރިއަށް ކަމަކު” އެމީހާ ރާއިދުގެ ކޮނޑުގައި ޖެހިލަމުން ކެބިންގެ ތެރެއަށް ވަނެވެ. އެތެރެއަށް ވަދެ އެމީހާ ގޮޑީގައި އިށީދެލިއެވެ. އަދި ރާއިދުއަށް މޭޒު ކައިރީގައި ހުރި އަނެއް ގޮނޑި އަތުން ދައްކާލިއެވެ. “އަހަރެން މިތަނަށް މިއައީ އިށީނާކަށް ނޫން… އަހަރެން މިއައީ އެހީ އެއް ބޭނުންވެގެން.. ނުވަންޏާ ބުނޭ… އަހަރެން އެހެން މީހަކު ހޯދަފާނަން” ރާއިދު ބަލަމުން ދިޔައީ އޭނަގެ ރުޅިގަނޑު ކޮންޓްރޯލް ކުރެވޭތޯއެވެ. “އަހަރެން ކަހަލަ ދެވަނަ މީހެއް ސަރ އަކަށް ނުހޯދޭނެ.. އެކަމަކު ދެން އޯކޭ.. ރާއިދު ސަރ ވިއްޔަ.. އެހެންމީހަކު ނަމަތާ ނޫނެކޭވެސް ބުނެވޭނީ… އަހަރެން ކީއްކޮށްދެންވީ” އެމީހާ ތެދުވެ ރާއިދުއަށް ސެލިއުޓް ކޮށްލަމުން ފޮނި ގޮތަކަށް އަހާލިއެވެ. ރާއިދު އޭނަގެ ދަތްޕިލަ ފިއްތާލީ ހުރިހަ ދަތްތަކެއް ބުރިވެގެން ވެރޭހާވެސް ބާރަށެވެ. ” ކޮންކަމެއްކަންވެސް އެނގޭނީ މަސައްކަތް ކުރާތަނަށް އައީމަ” އެހެން ބުނެލަމުން ބާރު ހިގުމެއްގައި ރާއިދު އެތަނުން ނިކުތެވެ. އެވަގުތު އެމީހާގެ މޫނުމަތިން ފެނިގެންދިޔައީ ކާމިޔާބީގެ ހިނިތުންވުމެވެ.
ރާއިދު އެމީހުން މަސައްކަތް ކުރާތަނަށް އައި އިރު ނަދީމްއާއި ފަހުދު ގޮޑީގައި އިށީދެލައިގެން ތިއްބެވެ. އާހިލް އޭރުވެސް ލެޕްޓޮޕްގެ ފިއްތަކަށް ފިއްތަމުން ދިޔައެވެ. “ކިހިނެއްވަނީ” ނަދީމްއާއި ފަހުދު ފެނުމުން ރާއިދު އަހާލިއެވެ. “މާ ބޮޑު އެއްޗެއް ނޭނގުނު” ނަދީމް ފާޑަކަށް ބުނެލިއެވެ. ރާއިދު ނަދީމްއާއި ދިމާލަށް ބަލާލިއެވެ. “ތިބުނީ.. ކީއްވެ އެއްވެސް އެއްޗެއް ނޭނގެންވީ… ބަލަ އަހަރެން އެގެއަށް ފޮނުވީ ތުއްތު ތުއްތު ދެ ކުދިންނެއް ނޫނޭ… އެއްޗެއް ނޭނގޭކަން.. މަސައްކަތުގެ ގާބިލްކަން ހުރި ވިސްނުންތެރި ދެމީހުން… އެވަރުންވެސް އެއްޗެއް ނޭނގުނުތަ” ނަދީމްގެ އަޑު ހުރި ގޮތުން ރާއިދު ހިތްހަމަނުޖެހުނެވެ. އެހެންކަމުން ރާއިދުއަށް އެހެންބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. “ތިގޮތަށް ހަޅޭލެވިޔަސް އެއްވެސް ކަމެއް ހައްލެއް ނުކުރެވޭނެ.” އަޑު އައީ ފަހަތުން ކަމުން ނަދީމް އާއި ފަހުދު އަދި އާހިލް ފަހަތަށް އެބުރެލިއެވެ. ރާއިދު ހަށަންބަދެލާ ދެބުމަ ވައްކޮށްލިއެވެ. “ހެލޯ ސަރ” ރަކީން ހިނިތުންވެލަމުން އެތެރެއަށް ވަނެވެ. ރަކީން ފެނުމާއި އެކު ނަދީމް، ފަހުދު އަދި އާހިލްގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ރާއިދު ވަރަށް ބޮޑަށް ދެބުމަ ގޮށްޖަހާލިއެވެ. “އަޅުގަނޑުގެ އެހީ ހޯދުމަށް އެދުނިން ދެއްތޯ… އެހެންވެ މިއައީ” ރަކީން ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ. “އަޅުގަނޑަށް މިކަންތައް” އާހިލްގެ ޖުމްލަ މެދު ކަނޑާލީ ރާއިދުގެ އަތުންނެވެ. “އަހަރެން މިތަނަށް ރާކިން މިގެންނައީ ކީއްކުރަންކަން ރާކިންއަށް އެނގޭނެ… އަހަރުމެންނަށް އެހީވުމަށް… އޭގެ މާނައަކީ މި ގްރޫޕް މީހަކަށް މިއަދުން ފެށިގެން ރާކިން ވާނެއޭ.. އެންޑް މި ގްރޫޕްގައި ދެއްކޭ އެއްވެސް ވާހަކަ އަކީ ބޭރަށް ނިކުމެގެން ވާނެ ވާހަކައެއް ނޫން…. އަދި އެކަން ހަނދާން ކުރާތީ… ބޭރުން މީގެ ވާހަކަ އެއް އަޑު އިވޭ ދުވަހަކީ ރާކިން އަށް ވަރަށް ބޮޑު އުދަގުލަކާ ކުރި މަތި ލާން ޖެހޭނެ ދުވަހެއް” ރާއިދުގެ އަޑު ގުގުމައިގެން ދިޔައެވެ. “އަހަރެންނަށް މިއައް ވުރެއް އުދަގޫ ދުވަހެެއް ހިޔެއް ނުވޭ އަންނާނެ ހެނެއް” ރާކިން ވަރަށް މަޑުން ބުނެލިއެވެ. “އޯކޭ އައި އޭމް އިން… އެކަމަކު މަސައްކަތް ފެށުމުގެ ކުރިން ތި ގޮތަށް އެގްރިމޭންޓްއެއްގަ ސޮއި ކުރަން ޖެހޭތަ.. މިހެން މި އަހާލީ ތި ބުނެލި ގޮތުން… އެނީވޭ.. އެހެން މީހުން އިތުބާރު ނުކުރުން އެއީ އަހަރެންގެ މައްސަލައެއް ނޫން… އަހަރެން ގަބޫލު ކުރާގޮތުގައި އެއީ އެމީހުންގެ މައްސަލަ… އަދި އަހަރެންގެ އަނގަ މިތަނުން ނިކުތުމަށްފަހު ޒިޕް” ރާކިން އަތުން ތުންފަތުގައި ޒިބު އަޅުވާ ގޮތް ދައްކާލަމުން ބުނެލިއެވެ. ރާކިންގެ ވާހަކަ ހުރި ގޮތުން ރާއިދުގެ ރުޅިގަނޑު އިތުރަށް ބޮޑުވިއެވެ. ނަމަވެސް ރާއިދު އެއްވެސް އެއްޗެއް ނުބުނެވެ.
ރާކިން ގޮޑިއެއް ދުރުކޮށްލަމުން އާހިލް ކައިރީގައި އިށީދެލިއެވެ. މަސައްކަތް ފެށުނީ އެހާ ހިސާބުންނެވެ. ރާކިން އަކީ އާހިލްއާއި އެއްގޮތަށް ލެޕްއިން ކޮންމެ ކަމެއް ވިޔަސް ކޮށްލެވޭ ވަރުގެ މީހެކެވެ. އަދި ހަމަ އެގޮތަށް މޮޅުސިކުނޑިއެއްވެސް ގުދުރަތުން ދެއްވާފައިވާ ފިރިހެނެކެވެ. އާހިލް އާއި ރާކިން ތިރީސް މިނެޓް ދެރޭގައި ރާއިދު ބޭނުންވާ މައުލޫމާތުތަށް ހޯދާލިއެވެ. “ބޭނުންވާ މައުލޫމާތު މިހުރީ” އާހިލް ރާއިދުއަށް ބުނެލިއެވެ. ރާއިދު ބަލާލިއެވެ. ރާކިން ގޮޑީގައި ރީއްޗަށް ލެގިލިއެވެ. “ކޮބާ” ރަކީންގެ މޫނަށް ބަލާލަމުން ރުޅިވެރިކަމާއި އެކު ރާއިދު ބުނެލިއެވެ. “އޯހް… އަޅުގަނޑުތަ.. އަޅުގަނޑު ހީކުރީ އާހިލް ކަމަށް..” ރާކިން ލެޕްއާއި ކައިރިވެލަމުން އާހިލްއަށް އެއްލޯ މަރާލިއެވެ. މިމަންޒަރު ކިތައްމެ ރީއްޗަކަށްވެސް ރާއިދަށް ފެނުނެވެ. ރާކިންގެ ބޭނުމަކީ ރާއިދު ރުޅި އެރުވުންކަން ރާއިދުއަށް އެނގެއެވެ. އެކަން ކާމިޔާބު ވަމުން ދާކަށް ރާއިދުއަށް އިހްސާސް ވަމުން ދިޔައެވެ. ރާއިދުގެ އެތެރެހަށިގައި އުފެދިފައިވާ ރުޅިގަނޑު ހިނދޭގޮތެއް ނުވިއެވެ.
ނަދީމް އާއި ފަހުދު ތިބީ އެތެރެއިން ހީލަ ހީލައެވެ. ނަމަވެސް ރާއިދުގެ ރުޅިގަނޑު އެގޭތީ އެމީހުން ބަލަމުން ދިޔައީ އަޑު ބޭރު ނުކުރެވޭތޯއެވެ. އާހިލްވެސް ހިނިތުންވެލިއެވެ. “ޔާ ބުނީ މާޝްއާއި ބެހޭގޮތުން މައުލޫމާތު ހޯދާށޭ… ދެއަރ އިޒް ނަތިން މަޗް… ހީ ވޯޒް ގުޑް ސްޓޫޑެންޓް… ޑިޑް ޓޫ ޖޮބް… ކޮންމެ ތާކުންވެސް އަމިއްލައަށް ވަކިވީ… ނޯ ލީގަލް އިޝޫ… ޕޮލިހުގަ އަދި ނުވޭ އެހާ ގިނަ ދުވަހެއް…” ރާކިލް ލެޕްއަށް ބަލާލަމުން ބުނެލިއެވެ. “ތިއީތަ ހުރިހާ އިރުގައި މަސައްކަތް ކޮށްގެން އެނގުނު އެއްޗަކީ” ރާއިދުގެ އަޑު ދިޔައީ ބާރުވަމުންނެވެ. “ތިއީ އާހިލްވެސް ހޯދާފަ ހުރި މައުލޫމާތު.. ރާކިން ކީއްކުރީ މިތަނުގަ” ރާއިދު ބުނެލިއެވެ. އެކަކު ސިއްސައިގެން ނުދިޔަ ކަމުގައި ވިޔަސް އާހިލް މިފަހަރުވެސް ދިޔައީ ސިއްސައިގެންނެވެ. “ކަމޯން.. އަހަރެން މިތަނަށް ރާކިން ގެންނައީ.. އިތުރު މައުލޫމާތު ހޯދަން.. ތިތަނުގަ އިށީދެގެން އިންނާކަށް ނޫން..” ރާއިދުގެ އަޑު މަޑުވާގޮތެއް ނުވިއެވެ. އެހެން ބުނުމާއި އެކު ރާކިން ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. އަދި ރާއިދުއާއި ހަތަރުކަޅި ހަމަކުރިއެވެ. “ފޮ ޔުއަރ ކައިންޑް އިންފޮމޭޝަން ސަރ.. އަހަރެން މިތަނަށް ގެންނައީ ކީ ނޫން.. އަހަރެން އަމިއްލަ ދެފައިން ހިނގާފަ އައީ… ދެވަނަ ކަމަކީ އަހަރެން ކުރާ ކަމަށް ފާޑު ކިޔުމުގެ އެއްވެސް އިހްތުޔާރެއް ސަރ އަކަށް ނެތް… އެހެން ނޫންނަމަ މިއަދު މިގޮޑީގައި އަދި މި ލެޕް ކައިރީގައި ހުންނަނީ އަހަރެންނެއް ނޫން.. ސަރ” ރާކިން ‘ސަރ’ އޭ ކިޔާފަ ވާހަކަ ދެއްކިޔަސް އޭނަވެސް ހުރީ ރުޅި އައިސްފައެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރުމެއް ނެތި ބޭރަށް ނިކުމެގެން ދިޔައެވެ. ފަހުދު އާއި ނަދީމް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުވަހަކުވެސް މީގެ ކުރިން ރާއިދު އާއި ދިމާލަށް އެގޮތަށް މީހަކު ވާހަކަ ދައްކާއަޑެއް އެމީހުން އަހާފައެއްވެސް ނުވެއެވެ. އާހިލްވެސް އިސްޖަހަލީ ބުނާނެ އިތުރު އެއްޗެއް ނޭނގޭތީއެވެ. ރާއިދު އޭނަގެ މުއްމެޅިފައިވާ އަތުން ވަރަށް ބާރަށް އެތަނުގައި ހުރި ގޮޑީގައި ޖެހިއެވެ. އަދި ބާރު ހިނގުމެއްގައި ބޭރަށް ނުކުމެގެން ދިޔައެވެ.
“ޑެފިނެޓްލީ ދޭ ހޭވް އަ ޕާސްޓް” ނަދީމް ބޮލުގައި އަތް އަޅުވާލަމުން ބުނެލިއެވެ. “ޔާ.. އައި ހާޑް އެބައުޓް އިޓް… ރާކިން.. ކޮންމެވެސް ކަމެއް ކުރިއްޔޯ…” ފަހުދު ބުނެލިއެވެ. “ކޮންމެވެސް ކަމެއް ނޫން.. ބޮޑު ކަމެއް ކުރީތި… އެހެންނޫނީ ރާއިދު ސަރ އެހާ ރުޅިގަދައެއް ނުވާނެ” އާހިލް ބުނެލިއެވެ. “އެނީވޭ ލެޓްސް ގެޓް ބެކް ޓު ވޯކް” ނަދީމް ބުނެލިއެވެ. “އާހިލް ސަރ ބުންޏެއްނުން އަނެއް ފެމެލީ އާއި ބެހޭގޮތުންވެސް މައުލޫމާތު ހޯދައްޗޭ… އެންޑް އޭގެ ތެރެއަށް އެޑް ކޮށްލައްޗޭ މި މާޝް އޭގެން އެއްވެސް މީހަކާއި ގުޅުމެއް ވޭތޯ.. ސީ ދޭ މެޓް ބިފޯ… އެނިވެއަރ.. ސީ އޯލް ދަ ފްޑޭޖް ފްރޮމް ސީސީޓީވީ…” ނަދީމް އާހިލްއަށް ބުނެލިއެވެ. “ބަޓް ސަރ.. އިޓް ވިލް ޓޭކް އަވާޒް..” އާހިލް ނަދީމްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “އައި ނޯ ކިޑް… ބަޓް.. ޖަސްޓް ޑޫ ފާސްޓް” ނަދީމްއަށް އެކަން އެނގެއެވެ. އެކަމަކު މާޝް އާއި މެދު ރާއިދު އެވަރަށް ހާސްވަނީ ކަމެއްވެގެންކަން ނަދީމްއަށް އެނގެއެވެ. އެހެންކަމުން ނަދީމްވެސް ބޭނުންވީ އަވަހަށް އެކަމެއް ހޯދާށެވެ. “ސޯ އަހަރެން ކީރަންވީ.. ބޮސް” ފަހުދު ނަދީމް އާއި ދިމާލަށް ބުނެލިއެވެ. ނަދީމް ފަހުދު ކޮނޑުގައި ވަރަށް ބާރަށް ޖެހިއެވެ. “އައި ހޭވް ކުޑް ޖޮބް ފޮ ޔޫ.. ލެޓްސް ގޯ” ނަދީމް ފަހުދުގެ ކޮނޑުގައި ޖެހުމަށްފަހު ބޭރަށް ނިކުންނަށް ހިގައިގަތެވެ. ފަހުދުވެސް ނަދީމްގެ ފަހަތުން ނިކުތެވެ.
ރާކިން ދިޔަ ބާރުމަތީގައި އޭނަގެ ކެބިންއަށް ވަނެވެ. އަދި ގޮނޑީގައި އިށީދެލިއެވެ. ދެތިން ނޭވާ ބޭރުކޮށްލީ މީހާ ހަމައަކަށް އަޅުވާލުމުގެ ބޭނުމުގައެވެ. ދެލޯމަރާލާ ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. އެވަގުތު ކެބިންގެ ދޮރުގައި ޓަކި ޖަހާލަމުން ދޮރު ހުޅުވާލިއެވެ. ރާކިން ދެލޯ ހުޅުވާލަމުން ދޮރާއި ދިމާލަށް ބަލާލިއެވެ. “ވަދޭ” ހަމަޖެހިލަމުން ރާކިން ބުނެލިއެވެ. އެވަގުތު ފަހުދު އެތެރެއަށް ވަނެވެ. “ފަހުދު ރައިޓް..” ރާކިން ގޮޑި ދައްކާލަމުން ބުނެލިއެވެ. ފަހުދު ހިނިތުންވެލަމުން ގޮޑީގައި އިށީދެލިއެވެ. “ޔޭސް… ވަޑް ކޭން އައި ޑޫ ފޮރ ޔޫ” ރާކިން ހަމަޖެހިލަމުން އަހާލިއެވެ. ރާކިންގެ މޫނުމަތިން ފެންނަން ހުރި ހިތްހަމަނުޖެހުން ފަހުދުއަށް ނަގައިގަނެވުނެވެ. ނަމަވެސް ރާކިން ރީއްޗަށް ވާހަކަ ދެއްކުމުން ފަހުދު ހަމަޖެހިލިއެވެ. “އަޅުގަނޑު މިއައީ..” “ޕްލީޒް… ނޯ އަޅުގަނޑު.. އަހަރެން ކިޔައިގެން ވާހަކަ ދެއްކޭނެ.. އަހަރެންނަކީ ތަނެއްގެ ރައީސްއެއް ނޫން” ރަކީން އަތް އުފުލާލަމުން ފަހުދުގެ ޖުމްލަ މެދު ކަނޑާލަމުން ބުނެލިއެވެ.
“އަޅުގަނޑަކަށް ނޭނގެ ރާއިދު ސަރ އާއި ރަކީން ސަރގެ ޖެހުނީ ކޮން މައްސަލައެއް ކަން… އެކަމަކު އަޅުގަނޑުމެން މިވަގުތު ރާކިންސަރގެ އެހީ ވަރަށް ބޭނުން” ރާކިން އެހެން ބުނުމުންވެސް ފަހުދު ވާހަކަ ދެއްކީ ‘އަޅުގަނޑު’ ކިޔައިގެންނެވެ. “ކިހިނެއް އެނގުނީ އަހަރެންނާއި ރާއިދުގެ މައްސަލައެއް ޖެހުނުކަމެއް” މޭޒުމަތީގައި އޮތް ބަރު އަތައްލާ ފިއްތާލަމުން ރާކިން ބުނެލިއެވެ. “މިއަދު ވީ ކަންތަކަށްފަހު… އެނީވޭ ދެޓްސް ނޮޓް އިމްޕޯޓެންޓް… ބަޓް ވީ ނީޑް ޔުއަރ ހެލްޕް” ފަހުދު ބުނެލިއެވެ. “އާހިލްއަކީ ލެޕުން ކުރާ ކަންތަކަށް ވަރަށް މޮޅު ކުއްޖެ.. އޭނަ މައުލޫމާތު ހޯދަނީ ކިހިނެއްކަމެއް ނޭނގެ.. ގޯޑް ނޯސް ހައު… ބަޓް ހީ އިޒް ގުޑް… އެކަމަކު ކުރަން ހުރި މަސައްކަތް ވަރަށް ބައިވަރު.. އިތުރު ދެއަތް ލިބިއްޖެނަމަ ފަސޭހަވާނެ” ފަހުދު ބުނެލިއެވެ. ރާކިން ހިނިތުންވެލިއެވެ. “ސަރ… ވީ ނީޑް އަންސަރ.. ޖަސްޓް ހެލްޕް އަސް.. ޕްލީޒް..” ފަހުދު އެދުނެވެ. “އަހަރެންނަކީ އަންހެން ކުއްޖެއް ނޫނޭ.. އަހަރެން ލަދު ގަންނަވަނީ ތި… އަހަރެން ހިތައް އަރާ ފަހުދު ތި ވާހަކަ ދެއްކި ގޮތަށް ބޮޑު މީހާއަށްވެސް ވާހަކަ ދައްކަން އެނގޭނެ ނަމައޭ… އައި އޭމް ކަމިން… ޔޫ ގޯރ..” ރާކިން ބުނެލިއެވެ. ފަހުދު ބޯޖަހާލަމުން އެތަނުން ނިކުތެވެ. އަދި ހިނިތުންވެލިއެވެ.
ރާއިދު ހުރީ ބޭރުގައެވެ. ސިގިރޭޓްއެއް ރޯކޮށްލަމުން ތުމުގައި ޖަހަލާ އެތެރެއަށް ދަމާލިއެވެ. އެއަތް ޖީބަށް ޖަހާލަ ފާރުގައި ލެގިލީ ކުޑަކޮށް މީހާ ހަމަޖެހިލުމަށެވެ. “އަޅުގަނޑު ރޯކޮށްލަން ލައިޓަރު ލިބިދާނެތޯ” ރާއިދު ސިހިގެންދިޔައީ ނަދީމްގެ އަޑު އިވުމުންނެވެ. އަޑުއައި ދިމާލަށް ބަލާލި އިރު ނަދީމް ސިނގިރެޓްއެއް ދައްކާލިއެވެ. ހިނިތުންވެލަމުން ލައިޓަރު ނަގާ ނަދީމްއަށް ދިއްކޮށްލިއެވެ. ނަދީމްއަށް ރާއިދުގެ މޫނުމަތިން ފެންނަން ހުރި ހާސްކަން ނަގައިގަނެވުނެވެ. “އަޅުގަނޑަށް އެނގޭ ސަރ ވަރަށް މަސައްކަތް ކުރާކަށް ހާސްވުންތަށް އަޅުގަނޑުމެންނަށް ނުދައްކަން.. އެކަމަކު އެނގޭ އެންމެ ބޮޑަށް ހާސްވާނީވެސް ސަރ ކަން” ނަދީމް ސިނގިރެޓް ރޯކޮށްލަމުން ލައިޓަރު ރާއިދުއަށް ދިއްކޮށްލިއެވެ. ރާއިދު އޭނަގެ ސިނގިރެޓް ދަމާލިއެވެ. “އެކަމަކު މިވަގުތު ތިގޮތަށް ޑީ މޯޓިވެއްޖެ ނަމަ އެކަމަކުގެ އަސަރު ވަރަށް ފަސޭހައިން ފެންނާނެ.. ސަރ.. ވީ ކޭން ޑޫ ދިސް.. ބަޓް އޭޒް އަ ޓީމް…” ނަދީމް އެހެން ބުނެލުމާއި އެކު ރާއިދު ނަދީމްއާއި ދިމާލަށް ބަލާލިއެވެ. “ވީ ކޭން ޑޫ ދިސް… ވީ ކޭން ފައިޑް އާންސަރ.. ބަޓް ވީ ނީޑް ޔޫ ސަރ” ނަދީމް ބުނެލިއެވެ. ރާއިދު ނަދީމްއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “އިފް ޔޫ ޑޯންޓް ސްމޯކް… ކީއްވެ ރޯކުރީ… ހާދަ ބޮޑު ގެއްލުމެކޭ ތިއީ” ނަދީމްގެ އަތުގައި އޮވެ ހުލި ވަމުންދިޔަ ސިނގިރޭޓްއަށް ބަލާލަމުން ރާއިދު ބުނެލިއެވެ. ނަދީމް ހިނިތުންވެލިއެވެ. ރާއިދު އަތުގައި އޮތް ސިގިރޭޓް މަގުމައްޗަށް އެއްލާލަމުން ނަދީމް އާއި އެކު އޮފީހަށް ވަނުމަށް ހިގައިގަތެވެ.
އެންމެން ވެސް ބޭނުންވަނީ ސުވާލު ތަކުގެ ޖަވާބެވެ. އެކިގޮތްގޮތަށް މަސައްކަތް ކުރަމުން ދިޔައީ ކުރިމަތިން ހިނގަމުންދިޔަ ‘ކޭސް’ ނިއްމާލުމަށެވެ. ރާއިދުއާއި ނަދީމް އެމީހުންގެ މަސައްކަތް ކުރާތަނަށް ވަތް އިރު ރާކިން އިނީ އާހިލްއާއި އެކު ލެޕްއެއް ހިފައިގެން މަސައްކަތުގައެވެ. ފަހުދު ފޮޓޯތަކެއް ބަލަމުން ދިޔައެވެ. “ސަރ” ރާއިދު ފެނުމާއި އެކު ފަހދު ގޮވާލިއެވެ. ރާކިން އާއި އާހިލް ރާއިދުއާއި ދިމާލަށް ބަލާލިއެވެ. ރާއިދު އައިސް މޭޒު ކައިރީގައި ހުއްޓެލިއެވެ. “އަހަރުމެން މި މަސައްކަތް އިތުރު ގޮތަކަށް ކުރަން އެބަޖެހޭ.. ވީހާވެސް އަވަހަށް ނަތީޖާއެއް ނެރެން ޖެހޭ… އަހަރެން ބެނުންވަނީ ފަހުދު ފުރަތަމަ ވިކްޓިމްގެ ފެމެލީ އާއި އަލުން ބައްދަލު ކުރަން… އެމީހުންނާއި ބެހޭގޮތުން ހުރިހާ މައުލޫމާތެއް އަހަރެން ބޭނުންވޭ… ނަދީމް.. ދެވަނަ ވިކްޓިމްގެ ފެމެލީ… އާހިލް އާއި ރާކިން.. ތިންވަނަ ވިކްޓިމް.. ފެމެލީގަ ތިބޭ އެންމެންނާއި ބެހޭ މައުލޫމާތު އަހަރެން ބެނުން… ވީހާވެސް އަވަހަށް..” ރާއިދު މަސައްކަތްތަށް ބަހަލިއެވެ. “ތިންގަޑި އިރު ފަހުން ބައްދަލު ކޮށްލާނީ.. ހުރިހާ މައުލޫމާތަކާއި އެކު” ރާއިދު ގަޑި ބަލާލަމުން ބުނެލިއެވެ. އެންމެން ބޯޖަހަލިއެވެ.
ތިންގަޑި އިރު ފަސް……
ރާއިދު އިށީދެލައިގެން އިނީ ފައިލްތަކުން އެއްޗެއް ފެނޭތޯއެވެ. އިރު އިރު ކޮޅާ ގަޑި ބަލާލައެވެ. ދީފައިވާ ގަޑި ހަމަވި އިރު ވެސް އެއްވެސް މީހަކު ނާދެއެވެ. އެހެންކަމުން އެތަނުން ފައިލްއެއް ހިފައިގެން ތެދުވެ ހިނގަން ފެށިއެވެ. އެފައިލްތަކަކީ ރާއިދުވެސް އެތައް ފަހަރެއްގައި ބަލާފައިވައިވާ ފައިލްއެކެވެ. ނަމަވެސް އަދިވެސް ރާއިދުވެސް ބަލަމުން އެދަނީ އެތަނުން އެއްވެސް އެއްޗެއް ފާހަގަ ކުރެވޭތޯއެވެ. ބަލަމުން ދިޔަ ވަރަކަށް ރާއިދުގެ ބޮލުގެ ތެރޭގައި އުފެދެމުން ދިޔަ ސުވާލު ތަށް ދިޔައީ ގިނަވަމުންނެވެ. “އާހިލް އަހަރެން..” ރާއިދު އިސްއުފުލާ ބަލާލީ ރާކިންގެ އަޑު އިވުމުންނެވެ. ރާކިން އެތެރެއަށް ވަދެގެންއައީ އަތުގައި އޮތް ފައިލް ބޮޑިއަށް ބަލަމުން ކަމުން އެތަނުގައި އާހިލްނެތްކަން ނޭނގުނީއެވެ. ރާއިދު ފެނުމާއި އެކު ރާކިން މަޑުޖެހިލިއެވެ. “އަދި އެއްވެސް ކުއްޖެއް ނާދޭ” ރާއިދު އިސްވެ މަޑުމައިތިރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “އޯހް… އާހިލް ބުނި އަވަހަށް އަންނާނަމޯ.. އޭނަ ދިޔައީ ކޮފީއެއް ބޯލަން..” ރާކިން ފައިލްތަށް ތިރިކޮށްލަމުން ބުނެލިއެވެ. ދެން އެދެމެދުގައި ދިޔައީ ހަމަހިމޭން ވަގުތު ކޮޅެކެވެ. ރާކިން ހުއްޓި ފިޔަވަޅުމަތީގައި ހުރީއެވެ. ރާއިދުވެސް އެހެން ހުރީއެވެ.
“އާދޭ… އެމީހުން އަންނަ ވާއިރަށް ރާކިންއަށް ފެނުނު އެއްޗެއް ކިޔާލަދީބަލަ” ރާއިދު އެ ހަމަހިމޭންކަން ދުއްވާލަމުން އެތަނުގެ ގޮޑިއެއް ގައި ޖައްސާލިއެވެ. ރާކިންވެސް ރާއިދުއަށް ބަލަމުން އައިސް އެތަނުގައި އިށީދެލިއެވެ. އަދި ފައިލްތައް މޭޒުމަތީގައި ބެހެއްޓިއެވެ. “ތިންވަނަ ވިކްޓަމް އަކީ މިއީތަ” އެތަނުން ފައިލްއެއްގެ އެތެރެ ބަލާލަމުން ރާއިދު އަހާލިއެވެ. ރާކިން ‘ހޫމް’ ލައްވާލުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރިއެވެ. ރާއިދު އިތުރަށް ވާހަކަ ދައްކަން ބޭނުންވިއެވެ. އޭނަ ބުނަން ބޭނުން ބައިވަރު އެއްޗެހި އެބަ ހުއްޓެވެ. އެހެންކަމުން ފައިލް ލައްޕާލަމުން ރާކިންގެ މޫނަށް ބަލާލިއެވެ. ރާކިން އިނީ އޭނަގެ ފޯނާއި ކުޅެން އިސްޖަހާލައިގެންނެވެ. “ރާކިން އަހަރެން” ރާއިދުއަށް ބުނެވުނީ އެވަރަށެވެ. ދޮރު ހުޅުވާފައި ވަތް ފަހުދު އާއި ނަދީމް ފެނުމުން ރާއިދު އޭނަގެ ޖުމްލަ ހުއްޓަލިއެވެ. ރާކިން ރާއިދުއާއި ދިމާލަށް ބަލާލަމުން ދޮރާއި ދިމާލަށް ބަލާލިއެވެ.
“ސޮރީ ސަރ.. ކުޑަކޮށްލަސްވީ” ފަހުދު ރާއިދު ފެނުމާއި އެކު ބުނެލިއެވެ. “ކޮބާ އެއްވެސް އެއްޗެއް އެނުގުނުތަ..” ރާއިދު ފަހުދު ގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ފަހުދުއާއި ނަދީމްގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ވަރުބަލިކަމެވެ. އެކަން ރާއިދުއަށް ދެނެގަނެވުނެވެ. ފަހުދު އާއި ނަދީމް އައިސް މެޒުމަތީގައި ފައިލް ބެހެއްޓުމުން ރާކިން އެފައިލްތަށް ބަލަން ފެށިއެވެ. “މިހާރު މިހުރިހާ އެއްޗެއް ހިތުދަސްވެއްޖެ… ކޮންމެ ފޮޓޮއެއް ވަކިން ބުނެދެވޭނެ… އެކަމަކު އެއްވެސް އެއްޗެއް ނޭނގުނު” ނަދީމްގެ އަޑުގައި އެކުލެވިގެންވަނީ މާޔޫސްކަމެކެވެ. އެވަރަށް މަސައްކަތް ކުރާއިރުވެސް އެއްވެސް އެއްޗެއް ނޭނގި އަދި މީހުންތައް މަރުވަމުން ދާތީ އެންމެންވެސް ތިބެނީ މާޔޫސް ވެފައެވެ. ރާއިދު އިސް އުފުލާލަމުން ނަދީމްއާއި ދިމާލަށް ބަލާލިއެވެ. “ސަރ…. ސީރިއަސްލީ… ވި ގޮޓް ނަތިން..” ފަހުދު އިށީދެލަމުން ރާއިދުއަށް ބަލާލިއެވެ. އެވަގުތު އާހިލް އައިސް މޭޒު ކައިރީގައި މަޑުކޮށްލިއެވެ. އާހިލްގެ މޫނުމަތިންވެސް ރާއިދުއަށް ފެނުނީ ފަހުދު އާއި ނަދީމްގެ މޫނުމަތިން ފެނުނު މާޔޫސްކަމެވެ. “އައި ތިން އައި ގޮޓް ސަމްތިން..” ރާކިން ބުނެލިއެވެ. އެންމެން ރާކިންއާއި ދިމާލަށް ބަލާލިއެވެ.
“ވަޓް…” ރާއިދު ބުނެލިއެވެ. ރާކިން ފައިލްތަށް އެންމެންނާއި ކައިރިކޮށްލިއެވެ. “ނަތިން… އިޓް ޖަސްޓް އަ ތިންކިން..” ރާކިން ބުނާކަށް ބޭނުމެއް ނުވިއެވެ. “ސަރ ބުނެބަލަ ތި ތިންކިން އެއް” ނަދީމް ހަށަށް ބަދެލަމުން ބުނެލިއެވެ. “ސީ… ” ފައިލްތައް ނަގަމުން އެމީހުންނާއި ކައިރިވެލަމުން ރާކިން އެއްޗެއް ދައްކާލިއެވެ. “މޭ ބީ އިޓިއިޒް ކޯ އިންސިޑެންސް… ބަޓް… ތިންމީހުންގެ ފެމެލީ ބަލާބަލަ… ކޮންމެ ފެމެލީއެއް ގައި ޕޮލިސް މީހެއް..” ރާކިން ބުނެލިއެވެ. “ސޯ..” ރާއިދު ޝައުގުވެރިކަމާއި އެކު ބުނެލިއެވެ. “ތި ބުނަނީ މި މީހުންނަށް އެޓޭކް އެކުރަނީ އެފެމެލީގައި ޕޮލިސް މީހުން ތިބީމައޭތަ” ފަހުދު އަހާލިއެވެ. ރާކިން ދެބުމަ އަރުވާލިއެވެ.
ނުނިމޭ…..
4 Comments
Comments are closed.
when is the next part
monday ga iraadha kureviyya up koh dheynan igey eema 🙂
u mean tomorrow tha fantasy???
wow varah reethu 😀 Fantasy you r great!