Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެލީޝާ
ލޯބި

އެލީޝާ (10ވަނަބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
October 30, 2014 6 Mins Read
20 Comments

ކުޑައިރުކޮޅެއްގެ ތެރޭ ދޮރުހުޅުވީ އެލީޝާމެން ވަރުގެ އަންހެން ކުއްޖެކެވެ. “ކަރަމް…” އެކުއްޖާއަށް ކަރަމް ފެނުމުން ކަރަމްއަށް ގޮވާލުމަށްފަހު ކަރަމްގެ ގައިގާ ބައްދާލިއެވެ. އެލީޝާ ހުރީ ވާނުވާ ނޭގިފައެވެ. “އަނެއްކާ މީ ކާކުބާ…؟؟؟ ފެންނަހާ އަންހެންކުއްޖަކު މީނާގެ ގައިގާ މިވަރަށް މި ބައްދަނީ ކީއްވެގެންބާ… މިވަރުންދަންޏާ މީނާ ފޮނި ނުވިއްޔާ ދެރައެއްނު….” އެލީޝާގެ ހިތަށް އެރިއެއްޗަކުން އޭނާގެ ގާތަށް ހިނި އަންނަގޮތްވިއެވެ. އެކުއްޖާ ކަރަމްއާ ދުރުވެލުމުން ކަރަމް ހީލިއެވެ. “އެލީ… މީ ޒީވާ… އަހަރެންގެ……” “ކަރަމްގެ ގާރލްފުރެންޑް….” ކަރަމްގެ ޖުމްލަ މެދު ކަނޑާލަމުން ޒީވާ ކަރަމްގެ އުނަގަނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ޒީވާގެ މިޖުމްލައާއި އެކު އެލީޝާއަށް ބަލާލެވުނީ ކަރަމްއަށެވެ. ކަރަމްވެސް ހެވި ދިލިފާ އެލީޝާއަށް ބަލަހައްޓައިގެން ހުއްޓެވެ. “މީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ….؟؟؟ އޭނާ ލޯބިވާ މީހަކު ހުރިއިރު އެވަރަކުން އަހަންނާ މެރީކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ…؟؟؟ ގައިމު އަހަރެންވެސް އޭނަޔާ މެރީކުރަން ބޭނުމެއް ނުވޭވިއްޔާއެވެ…. އަޖައިބެއްކަހަލަ ފިރިހެނެކެވެ. އޭނާގެ ސަބަބުން ހަތަރު މީހުންގެ ދިރިއުޅުން ހަލާކުވެގެން ދިޔަކަމެއް އޭނާއަށް ނުވިސްނެނީ ހެއްޔެވެ…؟؟؟އަނެއްކާ އޭނާ އަހަރެންގެ ކިބައިން ބަދަލު ހިފަނީކީ ނޫންބާއެވެ….” އެލީޝާގެ ހިތަށް އެރި އެއްޗެހި ތަކެއްގެ ސަބަބުން ނިތްކުރިއަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ. ކަރަމް ހުރީ އެލީޝާގެ މޫނަށް އަރާ ފައިބަމުންދާ ކުލަތަކަށް ބަލާށެވެ. “އެއްކަލަ ޒީ… އެވަރަށް އޭނަ ތަޅުވާކަށް ނުވާނެއްނު…. އެއީ ދޮގެއް އެލީ…. މީ މަގޭ ބެސްޓް ފުރެންޑް…. އެންޑް ޒީ…. މީ މަގޭ ވައިފް އެލީ…..” ކަރަމް އެލީޝާގެ ކޮނޑުގައި ހިފާ އޭނާގެ ގަޔާ ކައިރިކޮށްލަމުން ހިނިތުންވެހުރެ ބުނެލިއެވެ. ޒީވާ އެލީޝާގެ ގައިގާ ބައްދާލުމަށްފަހު ސަލާމްކޮށްލިއެވެ. އެލީޝާވެސް ހިނިތުންވެ ހުރެ ޒީވާއާ ސަލާމް ކޮށްލިއެވެ.

“އެލީ މިގެއަށް ފުރަތަމަ އައިފަހަރުވެސް މިތާ ބޭރުގަ ކޮޅަށްތަ ބަހައްޓާނީ..؟؟؟” ހީލަމުން ކަރަމް ބުނެލިއެވެ. “ނޫނޭ…. އެލީ ހިނގާ އެތެރެއަށް….” މިހެން ބުނެފާ އެލީޝާގެ އަތުގައި ހިފައިގެން ޒީވާ އެތެރެއަށް ވަނެވެ. “ކޮބާ ނިހާން ގޭގަ ނޫޅެނީތަ….؟؟؟” ޒީވާމެންގެ ފަހަތުން އެތެރެއަށް ވަންނަމުން ކަރަމް އަހާލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިހާން ނުކުތެވެ. ކަރަމް ނިހާންއަށް އެލީޝާ ތައާރަފް ކޮށްދިނެވެ. އަދި ޒީވާ އެލީޝާއާ ކޮށްލި ސަމާސާވެސް ކިޔާދިނެވެ. “ރަނގަޅަށް ޒީ ތިހެދީ… ކަރަމްވެސް އަހަރެން ފުރަތަމަ ދިމާވި ދުވަހު ހެދީ ހަމަ އެހެންނު…. ހަނދާންވޭތަ….؟؟؟” ކުރީގެ ހަނދާނެއް އާކޮށްލަމުން ހިނިތުންވެ ހުރެ ނިހާން ބުނެލިއެވެ. ނިހާން މިހެން ބުނުމުން އެންމެން އެކީ ހޭންފެށިއެވެ.
“ޑެޑީ… ޑެޑީ….. ކޮއްކޮ ކުލަޖައްސާ ނިމިއްޖެ….” އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުމެގެން އައީ ޒީވާއާއި ނިހާންގެ ހަތަރުއަހަރުގެ ކުޑަ ދަރިފުޅު ޒަވީންއެވެ. “ކަރަމްބޭ….” ޒަވީންއަށް ކަރަމްފެނުމާއިއެކު ކަރަމްގެ އުނގު މަތީ އިށީނެވެ. “ކަރަމްބެ ކީއްވެ މިހާރު ނާންނަނީ…. މީ ކޮންދައްތައެއް…؟؟؟” އެލީޝާ ދައްކާލަމުން ޒަވީން ބުނެލިއެވެ. އެލީޝާ ޒަވީންގެ ކޮލުގައި ހިފާލިއެވެ. “މީ ކަރަމްބެގެ ޕާޓްނަރ އެލީ ދައްތަ….. މިދައްތަ ބަލާދިޔައީމައޭ ޒަންގެ ގާތަށް ނާދެވުނީ…. އެކަމް ކަރަމްބެ މިއައީ ޒަންއަށް ޗޮކްލެޓް ހިފައިގެން….” ޒަވީން އަށް ޗޮކްލެޓެއް ދެމުން ކަރަމް ބުނެލިއެވެ. ޒަވީން ޗޮކްލެޓްގައި ހިފަމުން ގޮސް އެލީޝާގެ އުނގަށް ވަނެވެ. “މަންމީ…. މަންމިގެ ޕާޓްނަރ އަކީ ޑެޑީ… ކަރަމްބެގެ ޕާޓްނަރ އަކީ އެލީ ދައްތަ…. ދެން ކޮންއިރަކުން ކޮއްކޮއަށް ޕާޓްނަރއެއް ލިބޭނީ….” ޒަވީން މިހެން ބުނުމުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ކޮއްކޮ ބޮޑުވީމަ ކޮއްކޮއަށްވެސް ޕާޓްނަރ އެއް ލިބޭނޭ…” ހެމުން ހެމުން ޒީވާ ބުނެލިއެވެ.

“ކަރަމް ހިނގާބަލަ… ކުޑަ ވާހަކައެއް ދައްކާލަންވެފަ އެބައޮތް….” ނިހާން މިހެން ބުނުމުން ކަރަމް ތެދުވިއެވެ. “އަހަރެން ހިތަށް އަރާ މީ އަހަރެންގެ ބެސްޓް ފުރެންޑްބާއޭ ނޫނީ ނިހާންގެ ބާއޭ…..” ޒީވާ އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. “ނިހާންގެ….” ކަރަމް ބޭނުންވީ ޒީވާ ރުޅިއަރުވާލާށެވެ. “ހުއް… ވަރަށް ފޫހިވެ…. އެހެންވީއިރު މީގެފަހުން ކަރަމްތީ މަގޭ ބެސްޓްފުރެންޑްއެއް ނޫން… އަހަރެންގެ ބެސްޓްފުރެންޑްއަކީ އެލީ….” ކަރަމްއަށް ވައްތަރު ޖައްސާލަމުން ޒީވާ ބުނެލިއެވެ.
އެދުވަހު އެލީޝާ ގެއަށް ދިޔައިރު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޒީވާ ކަހަލަ ރަނގަޅު އެކުވެރިއެއް ލިބުނީމައެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އެލީޝާއާ ކަރަމްގެ ގުޅުމަށް ވަކި ބަދަލެއް ނާދެއެވެ. ގޭމީހުން ކުރިމަތީ ހަމަޖެހޭގޮތް ދައްކާގެން އުޅުނަސް ހަގީގަތުގައި އެދެމެދުގައި ގާތް ގުޅުމެއް ނެތެވެ. ކަރަމް އެކި ގޮތްގޮތުން އެލީޝާ އާ ގާތްވާން މަސައްކަތް ކުރެއެވެ. ނަމަވެސް އެލީޝާ ކަރަމްއަށް އެފުރުސަތެއް ނުދެއެވެ.

އެއްރެއެވެ. ކަރަމް ފާހާނާއިން ނުކުތްއިރު އެލީޝާ ހުރީ ބެލްކަނީގައެވެ. ކަރަމްއަށް މިމަންޒަރު ފެނުމުން އެލީޝާގެ ގާތަށް ގޮސް ފުރަގަހުން އެލީޝާގެ ގައިގާ ބައްދާލިއެވެ. އެލީޝާ ސިހިފައި ފަހަތް ބަލާލުމަށްފަހު ދުރަށް ޖެހިލިއެވެ. އަދި އެތަނުން ދުރަށް ދިޔުމަށްޓަކައި ހިނގާގަތެވެ. އެވަގުތު ކަރަމް އެލީޝާގެ އަތުގައި ހިފާ އޭނާގެ ގަޔާ ދިމާއަށް ދަމާލިއެވެ. އެލީޝާ ގޮސް ޖެހުނީ ކަރަމްގެ މޭމަތީގައެވެ. ކަރަމް އެލީޝާގެ މޫނުގައި ހިފަހައްޓާ އޭނާގެ ތުންފަތުގައި ބޮސްދިނެވެ. “ކަރަމް ކިހިނެއް ވެގެންތަ ތި އުޅެނީ…” އެލީޝާ ކަރަމް ދުރަށް ކޮށްޕާލިއެވެ. “އެލީ….” ކަރަމް އުޅުނީ އެލީޝާގެ ގާތަށް ޖެހޭށެވެ. “އަހަރެންގެ ގާތަށް ނާންނާތި….”ފަހަތަށް ޖެހެމުން އެލީޝާ ބުންޏެވެ. އޭރު އޭނާއަށް ހުރީ ރޮވިފައެވެ. “އަހަރެން ކަލޭ ދެކެ ލޯތްބެއް ނުވެޔޭ… ނުވެޔޭ… ކިހާވަރަކަށް ބުނީމަތަ އަޑުއިވޭނީ….. އަހަރެންގެ ގައިގަ ކަލޭ އަތްލީމަ އަހަންނަށް އުނދަގޫވޭ…. ދުވަހަކުވެސް އަހަންނަށް ކަލެއާ ދޭތެރޭ ފިރިއެއްގެ ހައިސިއްޔަތުން ނުބެލޭނެ…. އަހަރެން ކަލެއަށް ނަފުރަތު ކުރަން…. ނަފުރަތު ކުރަން…..” އެލީޝާ އެހުރިގޮތަށް ހުރެ ޓައިލްސްތައް މައްޗަށް ތިރިވެ ދެކަކޫ ޖަހައިގެން އިނދެ ގިސްލަ ގިސްލާފާ މޫނުގައި އަތް އަޅައިގެން އިނދެ ރޯން ފެށިއެވެ. ކަރަމްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ކަރަމް އެލީޝާގެ ބޮލުގައި ފިރުމާލިއެވެ. އެލީޝާ ކަރަމްގެ އަތް ފޮޅުވާލުމަށްފަހު ދުވެފައިގޮސް ފާހާނާއަށް ވަނެވެ. ކަރަމް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. މަޑުމަޑުން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލިއެވެ. މިރޭ އޭނާއަށް ކުށެއް ކުރެވިއްޖެ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ކުރެވިއްޖެއެވެ. އެއްވެސް ކުށަކާނުލާ މައުސޫމު ކުއްޖެއްގެ އުފާތައް ފޭރިގަނެވިއްޖެ ކަމުގެ އިހުސާސްއެވެ. އެލީޝާގެ ހިތުގެ އަނިޔާވެރިޔަކީ އޭނާ ކަމުގައި ހީވާން ފަށާފިއެވެ. ކަރަމްގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ.

އޭގެ ދެދުވަސް ފަހެވެ. އެލީޝާ އިނީ ބަގީޗާތެރޭގައެވެ. އެވަގުތު އެތަނަށް ރަޝާއައެވެ. “އެލީ ކީއްވެ މިތާ އެކަނި ތިއިނީ…” އެލީޝާ އިނީ ހައިރާންވެފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރަޝާއަކީ އެވަރަށް އެގެއަށް އަޔަސް އެލީޝާއާ ވާހަކަ ދައްކާ މީހެއްނޫނެވެ. ނަމަވެސް މިޔަދު އައިސް އެހާ ރީތިކޮށް ވާހަކަ ދެއްކީމާ ހައިރާންވާނެ ނޫން ހެއްޔެވެ. “ކަމެއް ނުވެ…. ހަމައިނީ….” ހިނިތުން ވެލަމުން އެލީޝާ ބުނެލިއެވެ. ރަޝާ އެލީޝާގެ ގާތުގައި އިށީނެވެ. “ކޮބާތަ ކަރަމް…؟؟؟ މިޔަދު ނުވެސް ދެކެން….” “އޭނަވީ ރައްޓެހިންނާއެކީ މޫދަށްގޮސް….” “އެހެންތަ….؟؟؟ އެލީ ނުގެންދޭތަ….؟؟؟ އަހަރެން މިގޭގަ އުޅުން އިރު އަހަރެން ނުލާ އޭނަ ނުދާނެ….” ފޮނިވެލަމުން ރަޝާ ބުނެލިއެވެ. “އެހެންތަ….” ރަޝާ ބުނިގޮތުން އެލީޝާ ގާތަށް ހިނިއައި ނަމަވެސް އެކަން ނުދައްކާ ވޭތޯ ބެލިއެވެ. “ހޫމް…. ބަލާލަބަލަ… މިފޮޓޯގަ ކަރަމް ވަރަށް ރީތި ދޯ….” ކަރަމް އާއި ރަޝާ އެއްކޮށް ނަގާފައިން ފޮޓޯއެއް ފޯނުން ދައްކާލަމުން ރަޝާ ބުނެލިއެވެ. ރަޝާގެ މަގުސަދަކީ ރަޝާއާއި ކަރަމްގެ ދެމެދުގައި ގުޅުމެއްވާކަން އެލީޝާއަށް އެންގުމެވެ. އޭނާ ބޭނުންވަނީ އެލީޝާގެ ހިތުގައި ކަރަމްއާއި ދޭތެރޭ ޝައްކު އުފައްދާށެވެ. ނަމަވެސް ރަޝާއަށް ނޭނގޭކަމަކީ އެލީޝާގެ ހިތުގައި ކަރަމްއާއި ދޭތެރޭ އެއްވެސް ޝައުގުވެރި ކަމެއް ނެތްކަމެވެ. “ހޫމް… ރީތި…. ރަޝާވެސް ވަރަށް ރީތި…” އެލީޝާއަށް ކޮންމެވެސް ވަރަކަށް ރަޝާގެ މަގުސަދު ރޭކާލިއެވެ.

އެވަގުތު އަރޫނާއާއި ކައުޝަލް ގެޔަށް ވަދެގެން އައުމުން އެލީޝާ އެމީހުންގެ ގާތަށް ދިޔައެވެ. “ކީކޭތަ ޑޮކްޓަރ ބުނީ…..” އެލީޝާ އަރޫނާގެ އަތުގައި ހިފާލަމުން އަހާލިއެވެ. “ކޮބާތަ މަންމަމެން….؟؟؟ ދޭންވެފައޮތް ޚަބަރު ވަރަށް ބޮޑު…. ހިނގާ އެތެރެއަށް…. ހަމަޖެހިލައިގެން ވާހަކަދައްކާނީ….” ކައުޝަލް މިހެން ބުނުމުން ކައުޝަލްގެ ފަހަތުން އަރޫނާ އާއި އެލީޝާ ހިނގައިގަތެވެ. ދުރުގައި ހުރި ރަޝާވެސް އެމީހުންގެ ފަހަތުން ދިޔައެވެ. ގެއަށް ވަންއިރު ހަފްސާއާއި ކިޔާންގެ ދެމަފިރިން ޓީވީ ބަލަން ސިޓިންގްރޫމްގައި އިނެވެ. “ދަރިފުޅާ ކީކޭ ޑޮކްޓަރ ބުނީ….؟؟؟” ކައުޝަލްމެން ފެނުމުން ހަފްސާއަހާލިއެވެ. “މަންމާ…. މަންމަ މާމައަކަށްވަނީ…. އަރޫ ޕުރެގް…..” ސޯފާގައި އިށީންނަމުން ކައުޝަލް ބުނެލިއެވެ. “އަސްލުވެސްތަ….؟؟؟ އޯ… އަހަރެން ވަރަށް އުފާވެއްޖެ…..” އެލީޝާ އަރޫނާގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. އެންމެންވެސް އަރޫނާމެނަށް މަރުހަބާ ކިއެވެ.

އެލީޝާ އޮތީ ކޮޓަރީގައެވެ. އެވަގުތު ކަރަމް އައިސްވަނެވެ. “ކަރަމް…” ކަރަމް ވަންތަން ފެނުމުން އެލީޝާ ކަރަމްއަށް ގޮވާލުމަށްފަހު އޭނާގެ ގާތަށް އައެވެ. ކަރަމް ހުރީ ހައިރާން ވެފައެވެ. އެރޭގެ ފަހުން އެލީޝާ ކަރަމްއާއި ވާހަކަ ނުދައްކާ ހުރެފަ މިޔަދު ވާހަކަ ދެއްކީމައެވެ… އެލީޝާ އައިސް ކަރަމްގެ ގާތު މަޑުކޮށްލިއެވެ. “ތީ މޫދަށް އެރެން ދިޔަ މީހާއެއްނު…. ކީއްވެ ނޭރެ ތިއައީ…..؟؟؟” “އެރޭހިތް ނުވީމަ….” މިހެން ބުނެފާ ކަރަމް ގޮސް އިނީ ކޮޓަރީގައި ހުރި ސޯފާގައެވެ. އެލީޝާވެސް ގޮސް ކަރަމްގެ ގާތު އިށީނެވެ. ކަރަމް އެލީޝާއަށް ބަލާލިއެވެ. “އެލީއަށް މިޔަދު ކިހިނެއްވީބާ…؟؟؟ އޭނަޔަކީ ދުވަހަކުވެސް އަމިއްލައަށް އައިސް އަހަރެންގެ ކައިރީގައި އިށީންނަ މީހެއްނޫން….” ކަރަމްގެ ހިތަށް އެރިއެވެ. “ކަރަމްއަށް އެނގޭތަ…؟؟؟ ދޮންބެ ދައްތަ ޕުރެގް….” ވަރަށް ހިނިއައިސްފައި އިނދެ އެލީޝާ ބުނެލިއެވެ. “އޯ…. މިވާހަކަ ބުނަންވެގެން ދޯ މީނާ މާ ވަރަކަށް އަހަރެންގެ ފަހަތުން މި އުޅުނީ….. އަހަރެން ހީކުރީ މީނާގެ ހިތް އަހަންނަށް ލެނބުނީ ކަމަށް…” އަހަރެންވެސް މޮޔަދޯ….. އޭނާގެ ހިތް އެހާ ފަސޭހައިން އަހަންނަށް ލިބޭނެ ކަމަށް އުއްމީދުކުރެވުނުކަން އެއީ ހަމަ އަހަރެންގެ މޮޔަކަން…. ” ކަރަމްގެ ހިތަށް އެރި އެއްޗަކުން އޭނަޔަށް ހީލެވުނެވެ. “ހޭ ކަރަމް… ކޮން ހިޔާލަކަށް ގެއްލިފަ ތިއިނީ….؟؟؟” ކަރަމްގެ މޫނުމަތީ ފުށްޓަތްކެއް ޖަހާލަމުން އެލީޝާ އަހާލިއެވެ. “އޭނ… ހިނގާ ދޮންބެމެންނަށް މަރުހަބާ ކިޔަން…..” މިހެން ބުނެފާ ކަރަމް އެލީޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެލީޝާވެސް ކަރަމް އަތުގައި ހިފުމަކުން މިޔަދު ރުޅިއެއްނާދެއެވެ. ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން ކަރަމްއަށް ކުރާ ނަފުރަތުވެސް ވަގުތީގޮތުން ހަނދާން ނެތުނީ ކަންނޭނގެއެވެ.

ހަފްތާއެއްގެ ފަހެވެ. އެލީޝާ ހުރީ ކާގޭގާ އަރޫނާއަށް ގެންދަން އާފަލު ފޮތި ޖަހާށެވެ. އެވަގުތު ރަޝާ އެތަނަށް އައެވެ. “އެލީ….. ހާދަ ބިޒީ ކޮށްލައިގެން….” އެލީޝާ ރަޝާއަށް ރީތި ހިނިތުންވުމެއް ދިނެވެ. އެވަގުތު އެލީޝާގެ ރީތިކަން ފެނިފާ ރަޝާގެ ހިތުގައި އެލީޝާއަށްޓަކާ އުފެދިފައިވާ ނަފުރަތުގެ އަލިފާން އިތުރަށް އަނދައިގަތެވެ. “އެލީ… އަހަރެން ވާހަކައެއް އަހާލަންތަ….؟؟؟ އެލީޝާ ހޫމް އަޅުވާލިއެވެ. “އެލީއާ ކަރަމްގެ ގުޅުން ރަނގަޅުތަ….؟؟؟ މިހެން މި އެހީ ދެމީހުން އެއްކޮށް ތަންތަނަށް ގޮސް އުޅޭތަންވެސް ނުފެންނާތީ…. އަހަރެން މިގޭގަ އުޅުންއިރު ވަރަށް ގިނައިން އަހަރެމެން ދެމީހުން އެއްކޮށް ބޭރަށް ގޮސް އުޅެން….” އާފަލް ފޮށްޗެއް ހަފާލަމުން ރަޝާ ބުނެލިއެވެ. “ތީ ރަޝާއަށް ހީވާ ގޮތް… އަހަރެމެން ދަން ބޭރަށް…. މިގޭގަ ނޫޅޭތީ ރަޝާއަށް ނުފެންނަނީ….” އެލީޝާ މިހެން ބުނެލިއިރު މޫނުމަތީގައި އެއްވެސް އަސަރެއްނެތެވެ. “ވެދާނެ ތިހެން… އަނެއްކާ އަހަންނާ ކަރަމްއާ އޮންނަކަހަލަ ގާތް ގުޅުމެއް އެލީއާ ކަރަމްއާ ދޭތެރޭ ނޯވެދާނެ…. އަހަންނަށް އެނގޭ ތިދެމީހުންގެ ކައިވެންޏަކީ ލޯބިން ވެވުނު ކައިވެންޏެއް ނޫންކަން… އަދި ވަރަށް މުހިންމު ވާހަކައެއް ބުނަންތަ…؟؟؟” މިހެން ބުނެފާ ރަޝާ ދެފަރާތް ބަލާލީ އިތުރު މީހަކު ފެންނަންހުރިތޯއެވެ. “އެލީއަށް އެނގޭތަ…. ކަރަމް ތި ކައިވެންޏަށް އެއްބަސްވީ މަޖުބޫރުވެގެން…. އޭނަ ބޭނުންވެގެން ކުރެވުނު ކައިވެންޏެއް ނޫންތީ…. އޭނަ އުޅުނީ އަހަރެންގާތު ރައްޓެހިވާން އަހަންވެގެން… އެކަމްއޭގެ ކުރިން ކަރަމްގެ މަންމަ ތި ކައިވެނި ކުރަން މަޖުބޫރު ކޮށްފި…. އޭނަ ލޯބިވަނީ އަހަރެންދެކެ…. އެލީދެކެއެއް ނޫން…..” ރަޝާ މިހެން ބުނިވަގުތަކީ ކާގެއަށް ވަންނަން ކަރަމްއައި ވަގުތެވެ. ކަރަމްއަށް ރީތިކޮށް ރަޝާ ދެއްކި ވާހަކަ އަޑުއިވުނެވެ. އޭނާ އަވަހަށް ދޮރާ ނިވާވެލީ އެމީހުން ދައްކާ ވާހަކަ އިތުރަށް އަޑުއަހާލުމުގެ ބޭނުމުގައެވެ. “އެހެންތަ…؟؟؟؟ އެކަމް ކަރަމް އުޅޭ އުޅުމަކުން ހިޔެއް ނުވެ މަޖުބޫރުން ކުރި ކައިވެންޏެއްހެން މީ….” މިފަހަރު އެލީޝާގެ މޫނުމަތިން ސީރަޔަސް ގޮތް ފެންނަން ހުއްޓެވެ. “އޭނަ މަންމަ ދެކެ ވަރަށް ލޯބިވާނެ…. މަންމަޔަށްޓަކާ އޭނަ އެކަން ނުދައްކަ އެ އެއުޅެނީ…..” ކަރަމްއަށް އިތުރަށް އެވާހަކަ އަޑުއަހަން ހުންނާކަށް ކެތެއްނުވިއެވެ. އޭނާ އުޅުނީ އެތެރެއަށް ވަންނާށެވެ. ނަމަވެސް އެވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާންފެށިއެވެ. މުހިންމު ކޯލަކަށް ވުމުން އައިކޮޅަށް ހިނގައިގަތީ ފޯނަށް ޖަވާބު ދެމުންނެވެ.

އަރޫނާ ބަނޑުބޮޑުކަން އެނގުނީއްސުރެ އެލީޝާ އުޅެނީ އަރޫނާގެ ހިދުމަތުގައެވެ. މީހަކު ބުނެގެނެއް ނޫނެވެ. އަމިއްލައަށް ފެނިގެންނެވެ. އަރޫނާއަށް މިހާރު އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. އެލީޝާ ހުރިހާކަމެއް އަރޫނާއަށް ކޮށްދެނީ ހެޔޮހިތުންނެވެ. އަބަދުވެސް އުޅޭނީ އަރޫނާ އަށް ކޮންމެވެސް އެއްޗެއް ކާންދެވޭތޯއެވެ. މިކަމުގެ ސަބަބުން އަރޫނާގެ ހިތުގައި އެލީޝާއަށްވަނީ ވަރަށް މަތީ ގަދަރެއް ދެވިފައެވެ. އަރޫނާ ދެކޭ ގޮތުގައި އެއްބަނޑު އެއްބަފާ ކޮއްކޮއެއްވެސް އެހާރަނގަޅަކަށް ކަންތަކެއް ނުކޮށްދޭނެއެވެ. ކައުޝަލްވެސް ހިތުގެއަޑިން އެލީޝާއަށް ޝުކުރުވެރިވެއެވެ.

އެއްރެއެވެ. އެލީޝާއިނީ ބަގީޗާގައިވާ އުނދޯލީގައެވެ. މިތަންފެނިގެން ކަރަމްވެސް އައިސް އެލީޝާގެ ގާތުގައި އައިސް އިށީނެވެ. “ކީއްވެ އެކަނި މިތާ ތިއިނީ….؟؟؟” “ކީއްކުރަން ކަރަމް މިތަނަށް ތިއައީ…؟؟؟” އެލީޝާވެސް ބަދަލުގައި ސުވާލެއް ކޮށްލިއެވެ. “އަހަރެންގެ ލޯބިވާ އަންހެނުން މިތާ އެކަނި އިނީމަ….” އެލީޝާގެ ކޮނޑުމަތީ އަތްބާއްވާލަމުން ކަރަމް ބުނެލިއެވެ. “ކަރަމްގާތު ކިތައްފަހަރު ބުނީމާތަ ހަނދާންވާނީ…. އަހަރެން ބުނީމެއްނު އަހަރެން ގައިގަ ކަރަމް އަތްލަންޏާ އަހަންނަށް އުނދަގޫވޭ…. ކިތަންމެ ދުވަހެއްވިޔަސް އަހަރެން ކަރަމްއާ ދޭތެރޭ ދެކޭގޮތް ބަދަލެއް ނުވާނޭ…..” ކަރަމްގެ އަތް ފޮޅުވާލަމުން އެލީޝާ ބުނެލިއެވެ. “ސޮރީ ކަމަނާ…. ކީއްކުރާނީ…. އެލީ ފެނުނީމަ ހަމަ މަޑުން ނުހުރެވެނީ….. އެކަމް ބުނަން ވާހަކައެއް…. މާތް ﷲ އިރާދަކުރެއްވިއްޔާ އެލީ އަހަންނާ ދޭތެރޭ ތިދެކޭގޮތް އަދި ބަދަލުވާނެ… މިހާރު އަހަރެން އަތްލީމަ އުނދަގޫވިޔަސް ފަހުން އެލީވެސް ބޭނުންވާނެ އަހަރެން ގިނަގިނައިން އެލީގައިގަ އަތްލަން…..” އެލީޝާގެ އިސްތަށިގަނޑާ ކުޅެލަމުން ލާނެއް ގޮތަކަށް ކަރަމް ބުނެލިއެވެ. “ހުއް… ތީ ހަމަ ކަރަމްއަށް ހީވާގޮތް…. އަހަންނަށް ނުވިސްނޭ ތަންކޮޅަކީ ކަރަމް ތިހާ ވަރަށް އެކްޓް ކުރާ ސަބަބެއް…. ލޯބިނުވާއިރުވެސް ލޯބިވާކަން އަންގަން ތި އުޅޭ ސަބަބެއް…. ފިރިހެންނުންވެސް މަޖުބޫރުވެގެން ކައިވެނި ކުރޭތަ….؟؟؟” ކޮޅަށް ތެދުވެ ހަށަމް ބަނދެލަމުން މަލާމާތުގެ ރާގެއްގައި އެލީޝާ ބުނެލިއެވެ. އެލީޝާގެ މިޖުމްލައާއިއެކު ކަރަމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެލީޝާ ސިހިގެން ދިޔައީ ކުއްލިއަކަށް ވަރަށް ބާރަށް ކަރަމް އެލީޝާގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނަޔާ ވީ ދިމާއަށް އަނބުރާލުމުންނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

އެލީޝާ
Previous

އެލީޝާ (9ވަނަބައި)

Next

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( ފަހު ބައި)

Next
October 31, 2014

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( ފަހު ބައި)

Previews
October 28, 2014

އެލީޝާ (9ވަނަބައި)

އެލީޝާ

20 Comments!

  1. pinky says:
    October 31, 2014 at 12:06 am

    Mi part ves v reethi. Waiting for next part

  2. look says:
    October 31, 2014 at 6:18 am

    Yes nice. Alhe dhen ulhebala Eleee karam dhee like kuruvan. Vaane v Else thalhuvaalan. Waiting… Nxt part kondhuvakuntha <3

  3. n says:
    October 31, 2014 at 7:18 am

    Mi part ves very nice , waiting for next part.

  4. huChen says:
    October 31, 2014 at 10:49 am

    reethi….. <3 vaiting for the next part……kn dhuvahakun baa up vaany????

  5. greenie says:
    October 31, 2014 at 4:21 pm

    nice…. waiting fof next part…<3

  6. gr says:
    October 31, 2014 at 4:23 pm

    eleee……….. respect ur husband and give him love

  7. sh says:
    October 31, 2014 at 4:24 pm

    nice…………

  8. yoohaa says:
    October 31, 2014 at 5:15 pm

    Vvv reethi eleesha ulhey gotheh

  9. zany says:
    October 31, 2014 at 9:27 pm

    vvvvvv reethi aneh bai ves avahah up kohlacchey……. 🙂

  10. look says:
    November 1, 2014 at 9:33 pm

    Haadha Lahey up vaaleh. Vv kiyaahithun Nxt part avahah up kodheebala pls pls pls pls

  11. look says:
    November 3, 2014 at 6:54 pm

    Eemiyaa kobaatha vaahaka. Baliveetha. Pls pls pls next part avaskodheebala

  12. Ahana says:
    November 4, 2014 at 11:30 am

    Hai guys mee eemiyaa ge sis eh. Laptop halaaku vegen next part up nukurevigen eyna ulheny..so kiyun theringe faraathun nihaayathah maafah edhen..next part thursdayge kurin up kureveytho v try kurey

  13. elsa says:
    November 4, 2014 at 2:21 pm

    avaha up koh dheeba…ehen myhehge lap in viyas..

  14. huChen says:
    November 4, 2014 at 8:37 pm

    ma elsa ah thaaeedhu…kiyaahithun knme dhuvahakuvx emme furathama balaileveny next part up vefa in tho……

  15. ina says:
    November 5, 2014 at 2:54 pm

    Alheyyyy haadha laheyyy up kuraaleh….plxxxxx dhen oih part up kodhdhyba eemiyya….

  16. ammu says:
    November 6, 2014 at 4:19 pm

    Alhe koba tha aneh part..v eagerly waiting.. v nice stry…

  17. ifa says:
    November 6, 2014 at 7:07 pm

    Koba nxt prt ??? Waiting 4 the nxt prt….vvv reethi story eh mee…

  18. ina says:
    November 6, 2014 at 7:49 pm

    Waitin for da next part..lolakah ninjeh naadhey.mivaahaka kiyaa hithun..alhe plxx up kohdheeba…plxxx plxxx eemu 🙂

  19. raakin says:
    November 8, 2014 at 9:24 am

    Alhe avavs…mi vy dhuvas thakuga nuves nidhey…haadha salhi ey

  20. eemiyaa says:
    November 9, 2014 at 5:59 pm

    thanks all 🙂 and really sorry for the late

Comments are closed.

Next Episodeއެލީޝާ (11ވަނަބައި)←


All Right Reserved!