
” އަޅުގަނޑު ދަންނަވަން ތޯ ކަންހިނގިގޮތް؟” އެންމެންނަށް އެއްފަހަރާހެން ބަލައިލެވުނީ ކޯޓުގެ ދޮރުން ވަދެގެން އައި ނަވާއަށެވެ. ފެހި ކުލައިގެ ޓޮޕަކާއި ޖިންސެއް ލައިފައި ހުރި އިރު އޭނާގެ ރީތިކަން އިންތިހާއަށް ހާމަވެއެވެ. އެހެނަސް އެރީތި ދެލޮލުން އޮހޮރެމުންދާ ކަރުނަތައް ކޯތާފަތްޗަށް ބައިބަމުންދާއިރު އޭނާ ހުރީ ބަޔާން ކުރަން ނޭގޭ ފަދަ ފުން ހިތާމައެއްގެ ތެރޭގައިކަން ރަގަޅަށް ދޭހަވެއެވެ. ” ތީ ކޮންބޭފުޅެއްތޯ؟” ޣާޒީ ސުވާލު ކުރެއްވެވިއެވެ. ” ނަވާ” ނަވާ ބުންޏެވެ. ނާއިޝްއާއި ޒާހިރުގެ ފައިދޮށުން ބިންގަނޑު ދެމިގެންހެން އެމީހުނަށް ހީވިއެވެ. އެއްޗެއް ބުނަން ނާއިޝް އަނގަ ހުޅުވާލި ނަމަވެސް އޭނާގެ ޢަރު ތެރެއިން އަޑެއް ނުނިކުތެވެ. ނަވާ އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ
އެރޭ ޒާހިރުއާއި އޭނާގެ ގުރޫޕް އަޅުގަނޑުމެންގެ ފަހަތުން އަންނަން ފެށުމުން އެމީހުންނާއި ފިލަން އަޅުގަނޑާއި ޝާއިން ދުވެފައިގޮސް ވަދެގެން ތިބީ ދިގުކޮށް ހެދިފައި ހުރި ވިނަގަސްތަކެއްގެ ތެރެއަށް.. އޭރުވެސް އެމީހުންގެ އަޑު އަޅުގަނޑުމެންނަށް އިވޭ.. ނޭވާގެ އަޑުވެސް ނީވޭނެހާ ހިމޭނުން އަޅުގަނޑުމެން ފިލައިގެން ތިބީ އެމީހުންނަށް ފެނިދާނެތީ. ކުއްލިއަކަށް އަޅުގަނޑުމެން ތިބި ތަނާއި ދާދި ގާތަށް މީހަކު އައިސް ހުއްޓުނު.. އަޅުގަނޑުމެންނަށް ހަދާނެގޮތް ހުސްވި. އެހެނަސް ގުޑުވައިވެސް ނުލައި ތިބިތާ ތިބީ ހެދޭނެ އިތުރު ގޮތެއް ނެތުމުން. ” ކޮންތާކަށްތަ އެ ދެމިގަތީ؟” އަޅުގަނޑުމެންނާ ދާދި ގާތުން އިވުނީ ޝާހުގެ އަޑު.. ” އޭތް ޝާހު!.. ހިނގާބަލަ އެދިމާއަށް” ދުރުން އިވުނީ ޒާހިރު ޝާހުއަށް ގޮވާލިއަޑު. ޝާހު ޒާހިރު ހުރި ދިމާއަށް ދުއްވައިގަތް.. ޝާހުގެ ފިޔަވަޅުގެ އަޑު މަޑުވަމުން ގޮސް ކެނޑުނު. އަޅުގަނޑާއި ޝާއިންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު.. ޝާއިން އޭނާގެ ޖީބުގައި އޮތް ފޯނު ނަގައި ނާއިޝްއަށް ގުޅާލި. ” ނާއިޝް އަހަރެމެން މިތިބީ ހިތަދޫގަ..ފާޑެއްގެ ގުރޫޕްގަނޑެއް އަހަރެމެން ފަހަތުން އަޅުވާލައިގެން މިއުޅެނީ..މިހާރުވެސް މިތިބީ ގަސްތަކުގެ ތެރެއަށް ވަދެ ފިލައިގެން” ޝާއިން އަވަސް އަވަހަށް ބުނެލި. ” ދެން ކިހިނެތް ހަދާނީ..ޓެކްސީއެއް ލިބޭތޯ ބަލާބަލަ..އެހެންނޫނީ މަބުނާ ގޮތެއް ހަދާ…ތިތަނުން ނުކުމެގެން ތިހުރި ސީދަލަށް ހިނގާފަ ގޮސް ފުރަތަމަ ޖެހޭ ގޯޅި އަޅާ..އެ އޯޅީގައި ހުންނާނެ ” ރައިމެކްސް” ކިޔާ ގެސްޓު ހައުސްއެއް..އެތަން އަދި ބަންދެއް ނުކުރާނެ..އަވަހަށްދޭ” ނާއިޝް ދާންވީތަން ބުނެދިން.. އަޅުގަނޑުމެން ވަރަށް ހުޝިޔާރުވެ ތިބެ ގަސްތަކު ތެރެއިން ނުކުމެގެން ނާއިޝް އެބުނި ގެސްޓް ހައުސް ފެނޭތޯ ދިޔައިން.. އަޅުގަނޑުމެންނަށް ނާއިޝް ބުނި ގެސްޓްހައުސްއާއި ހަމައަށް އާދެވުނީ ވަރަށް ގިނައިރު ހިނގިފަހުން…ދެމީހުންނަށްވެސް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެހިސާބުން
އޭރުވެސް ޒާހިރުއާއި އޭނާގެ ގުރޫޕް ދިޔައީ އަޅުގަނޑުމެން ހޯދަމުން.. ކުއްލިއަކަށް ޒާހިރުގެ ފޯނު ރިންގުވާން ފެށި. ” ހަލޯ” ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ޒާހިރު ވާހަކަ ދެއްކި. ” އޭތް މީ ނާއިޝްއޭ.” އެކޮޅުން ވާހަކަ ދެއްކީ ނާއިޝް. ” ކިހިނެތް ވިއްޔޭ؟” މިގަނޑީގައި ނާއިޝްގުޅުމުން ޒާހިރު ހުރީ ހިތްހަމަ ނުޖެހިފަ. ޒާހިރު އަކީ ނާއިޝް ދަންނަ މީހެއް. ނާއިޝް އެއްފަހަރެއްގައި ހިތަދޫ އަށް ގޮސް އުޅުނުއިރު އެރަށު ކުދިބަޔަކާއިއެކު ދަތުރު ގޮސްއުޅުމުގެ ތެރޭގައި ޒާހިރުއާއި އޭނާގެ ގުރޫޕާއި ނާއިޝް ބައްދަލުވި. އަދި އެހިސާބުން ފެށިގެން އެމީހުންގެ މެދުގައި އެކުވެރިކަން ވަނީ އުފެދިފަ. ” ވަރަށް އަގު ބޮޑު އެއްޗެއް ދޭން ވެފައި އެބައޮތް” ނާއިޝް ބުނެލި. ” ބުނަން ވާހަކައެއް..އަހަރެން މިހުރީ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައެއް ނޫން” ޒާހިރު ހުރީ އަޅުގަނޑުމެން ނުފެނުމުން ފޫހިވެފަ. “އަޑު އަހާބަލަ..މި ވާހަކަ ބުނީމަ މޫޑުވެސް ރަގަޅު ވެދާނެ…ވަރަށް ރީތި އަންހެން ކުއްޖެއް އެބައުޅޭ ތިރަށުގަ..” ނާއިޝް އަސްލު މަޢުލޫއަށް ދިޔަ.. “އަންހެން ކުއްޖެކޭ؟ މަޑުކޮށްބަލަ..ތިބުނާ އަންހެން ކުއްޖާ އައިސް އުޅެނީ އެކަނިތަ” ޒާހިރު ސުވާލު ކުރި. “ނޫނޭ..އޭނަގެ ލޯބިވެރިޔާ އާއިއެކު..އެމަންޖެ ލައިގެން ހުންނާނީ ފެހި ކުލައިގެ ޓޮޕްކޮޅަކާއި ޖިންސެއް…އަހަންނަށް ޔަޤީން އެމީހުންވީ ތިތަނުގައި ކަން..އެމީހުން ފޭބީ ހިތަދޫއަށް..އަހަރެން އައިން މޫނު ބުރުގާ އަޅައިގެން އެމީހުންއައި ބަހުގަ އެމީހުނާއި އެކު” ނާއިޝް ބުނެދިން. ” ފެހި ކުލައިގެ ޓޮޕްކޮޅެއް؟ އޭނާއާއިއެކު އައި ފިރެހެން ސޮރު ހުރީ ގޮޅި ޖެހި ގަމީހެއް ލައިގެން ތަ؟” ޒާހިރު ޔަޤީން ކޮށްލި. ” އާން…ކިހިނެއް އެނގުނީ؟ ” ނާއިޝް އަހާލި. “ބަލަ ތިބުނާ ދެމީހުން ފަހަތުންނޭ އަހަރެމެން މިއުޅެނީ..އެކަމަކު ކަލޭ އެމީހުން ދަންނަނީ ކިހިނެއް؟” ޒާހިރުމެން ހޯދަމުން އެދާ ބަޔަކީ ނާއިޝް އެބުނާ މީހުންކަން އޭނާއަށް ޔަޤީންވި. ” އެއީ އަހަންނާއެކު އެއްތަނެއްގައި މަސައްކަތް ކުރާ ދެމީހުން…ތިބުނާ ފިރެހެން ސޮރަކީ އަހަރެން އެންމެ ގާތްކޮށް އުޅޭ މީހާ” ނާއިޝް ކިޔައިދިން. ” މާރަގަޅަކަށްނު މިވީ..އެކަމަކު ބުނަން..އަހަރެމެން މިއުޅެނީ އެމީހުން ވަތް ދިމާއެއް ނޭގިގެން” ޒާހިރު ހުރީ މާޔޫސްވެފަ. ” އަހަރެންނަށް އެނގޭ..” ނާއިޝް ބުނެލި. ” އަވަހަށް ބުނޭ” ޒާހިރު ހުރީ ކެތްމަދުވެފަ. ” ޝަރުތެއްގެ މަތިން” ނާއިޝް ބުނި. ” ކޮން ޝަރުތެއް؟” ޒާހިރު އަހާލި. ” އެމަންޖެއަށް ރަގަޅު ފިލާވަޅެއް ދޭންވާނެ..އޭނާ އެހުރީ އަހަރެންގެ ލޯބީގައި ކޮޅުފައިން ޖަހާފަ..އަދި އޭގެ އިތުރުން އަހަރެންނަށް ދިހަހާސް ރުފިޔާ ދޭންވާނެ..އޭރުން އެމީހުން ތިބި ތަނެއް ބުނެވޭނީ” ނާއިޝް އޭނާގެ ޝާރުތު ހުށައެޅި.” ހައްހައްހާ…ކަލޭ ހީކުރީ އަހަރެމެން އެމަންޖެ މި ހޯދަނީ ގޭގައި ކައްކަން ގެންގުޅެންކަމަށްތަ؟ ދައްކާ ވާހަކަ…ދެން ފައިސާ ދޯ..ދިހަހާސް ރުފިޔާ އެއީ އަހަރެމެންނަށް އެއްވެސް އެއްޗެއް ނޫން…ތިކަން ވެދާނެ…އަވަހަށް އެމީހުން ވީ ތަނެއް ބުނެދީ” ޒާހިރު އެއްބަސް ވި. ” “ރައިމެކްސް” ގެސްޓުހައުސްގައި އެމީހުން ވީ …އަހަރެން ބުނެގެން އެތަނަށް އެމީހުން ދިޔައީ…އެމީހުން ތިތަނަށް ވަރަށް އާވާނެ” އަޅުގަނޑުމެން ތިބިތަން ނާއިޝް ޒާހިރުއަށް ބުނެދިން..ޒާހިރުއާއި އޭނާގެ ގުރޫޕް އުފަލުން ތިބެ އަޅުގަނޑުމެން ތިބި ތަނަށް ދިޔުމަށް މިސްރާބު ޖެހި. އަޅުގަނޑުމެން ތިބި ގެސްޓްހައުސްއަށް ގޮސް އެމީހުން ކޮޓަރިއަށް ގަދަކަމުން ވަދެގަތް..އެއަށްފަހު ދެން އެމީހުން އަޅުގަނޑުމެންނާއި ދޭތެރޭ ކަންތައް ކުރީ އިންސާނުންނާއި ދޭތެރޭ އެއްވެސް އިންސާނަކު ކަންތައް ނުކުރާނެހާ އަނޔާވެރިކޮށް
އޭގެ ގާތްގަނޑަކަށް ތިންގަޑިއިރު ފަހުން ޒާހިރު އާއި އޭނާގެ ގުރޫޕް ތިބީ އެ ދިމާ ވަލުތެރޭގަ. އެންމެންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތައް. ހަދާނެގޮތް ހުސްވެފައި އެމީހުން ތިބި އިރު އަޅުގަނޑު އޮތީ ބިންމަތީގައި ބާއްވާލެވިފަ. ” ކީއްވެ އޭނަ މަރާލީ؟” ޝާހު ސުވާލުކުރީ ޒާހިރުއާ. ” އޭތް! އެއީ މަގަސްތުގަ ކުރިކަމެއް ނޫނޭ” ޒާހިރު އިނީ ބޯހާސްވެފަ… އޭރު މަސީހުއާއި ނާހިލް އިނީ ސިނގިރޭޓެއް ރޯކޮށްގެން ފަތްތަކު މަތީ ދެފައި ވަށްކޮށްލައިގެން އިށީނދެގެން. ” އަސްލު މިކުއްޖާ ހަޅޭއްލަވަން އުޅޭތީ އަހަރެން މީނާގެ އަނގަމަތީ އަތްއަޅާ ވަރަށް ބާރުކޮށްލީ..އެކަމަކު އަހަރެންނަށް ނޭގި އަތް އެޅުނީ ނޭފަތުގައާއި ވެސް އެއްކޮށް” ޒާހިރު އޭނާއަށް ކަން ކުރެވުނު ގޮތް ހާމަކުރި. ” ދެން އަހަރެމެން ކިހިނެއް ހަދާނީ؟” ނާހިލްއަށް އަހާލެވުނު. ” ފުލުހުން އަހަރެމެން އަތުލައިގަންފިއްޔާޔޯ؟” މަސީހު އިނީ ޒާހިރުގެ ފަރުވާކުޑަކަމާއިމެދު ހިތްހަމަ ނުޖެހިފަ. ” ދެން ތިހާ ކަންތައް ބޮޑު ނުކޮށްބަލަ..ފުލުހުންނަކަށް ނޭގޭނެ..އަހަރެމެން މިކަން ކުރަނިކޮށް ފެނުނު ބަޔަކުވެސް ނެތް..އެ ފިރެހެންސޮރު އެތާ އޮތްތޯ ބަލަން ދޭބަލަ..އޭނާ ނޫން މީހަކަށް މިކަމެއް ނޭގޭނެންނު” ޒާހިރު ބެލީ އޭނާގެ ކުށް ފޮރުވޭތޯ
ނާހިލްއާއި މަސީހު ދުއްވައިގަތީ އެމީހުން ޝާއިންގައިގައި ތަޅައިގަތްފައި ބޭއްވިތަނުގައި އޭނާ އޮތްތޯ ބަލައިލާން.. އެމީހުން ދުވެފައި އެހިސާބަށް އައިއިރު ޝާއިން އެތަނުގައި އޮތް..އެމީހުން ޝާއިން ނަގައިގަނެގެން ގޮސް ޒާހިރުމެން ތިބިތަނަށް ގެންދިޔަ. އަދި އެއަށްފަހު ވަޅެއްކޮނެ އަޅުގަނޑުގެ ފުރާނަ ނެތް މަސްގަނޑު ވަޅުލައި ފަސްއެޅުމަށްފަހު އެފަސްގަނޑުމަތީ ޝާއިން ބޭއްވި. އޭރުވެސް ޝާއިންގެ ހޭވެރިކަމެއް ނެތް. ” މީތި ސަޅިވާނެ..އޭރުން ހީވާނީ މިދެމީހުންގެ ދެމެދުގައި ތަޅާފޮޅުމެއް ހިނގައިގެން މި ސޮރު އެމަންޖެ މަރައިލީކަމަށް..މި ސޮރުގެ ގައިގައި މިހިރަ ޒަހަމްތައްވެސް އެކަމަށް ހެކިދޭނެ” ޒާހިރު ރާވާލީ މޮޅު ރޭވުމެއް..އެވަގުތު އެންމެންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަން.. އެމީހުންގެ މި އަނިޔާވެރި ޢަމަލު އަބަދުގެ އަބަދަށް މުޅި ދުނިޔެއަށް ވަންހަނާ ކުރަމުން ވަލުން ނުކުމެގެން އެމީހުން ދިޔަ
ހެނދުނު އިރު އެރިއިރު ޒާހިރުއާއި އޭނާގެ ގުރޫޕް ތިބީ ނާހިލްގެ ގޭގަ. އެދުވަސްކޮޅަކީ ނާހިލްގެ މައިންބަފައިން ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ ދުވަސްކޮޅެއް ކަމުން އެމީހުންނަށް އޮތީ މުޅި ގެ ހިތަކަށް ލިބިފަ. އެންމެންވެސް ތިބީ ކަޅު ކޮފީއާއެކު ސިނގިރޭޓް ރޯކޮށްގެން ރާޒުވާ ކުޅެން. ކުއްލިއަކަށް ޒާހިރުގެ ފޯނު ރިންގުވާން ފެށި. ވަރަށް ޖެހިލުންވެ އިނދެ އޭނާ ފޯނަށް ޖަވާބު ދިން. ” ކޮބާ އެކަންތައް ވެއްޖެތަ؟” އެކޮޅުން ވާހަކަ ދެއްކީ ނާއިޝް. ” އޭތް ވަރަށް ކަޑަކަމެއް ވެއްޖެއޭ..އަހަރެމެން އަތުން އެ އަންހެންކުއްޖާ މަރުވެއްޖެ” ޒާހިރު ވާހަކަ ދެއްކީ ޖެހިލުންވެ އިނދެ. އޭރު ނާހިލް، ޝާހު އަދި މަސީހު ތިބީ ކުޅުން ހުއްޓާލައިގެން ޒާހިރުގެ ވާހަކައަށް ސަމާލުކަން ދީގެން. “މަރުވިއްޔޭ!!!! ސުބްހާނައްﷲ!! ” ނާއިޝްއަށް ލިބުނީ ކުއްލި ޝޮކެއް.. އެއީ އޭނާ ބޭނުންވި ގޮތެއް ނޫން.. އޭނާ ބޭނުންވީ އަޅުގަނޑަށް ލަޑެއްދީ ރަގަޅު ފިލާވަޅެއް ދިނުމަށް. ފަހަރެއްގައިވެސް އަޅުގަނޑު މަރައިލާކަށް އޭނާ ގަސްތެއް ނުކުރޭ ” ބުނަން ވާހަކައެއް..ފުލުހުންނަށް މިކަން އަންގައިފިއްޔާ ކަލޭވެސް ބެދޭނެ…ކަލޭގެ ބައިވެރިވުން މީގަ ވަރަށް ބޮޑު..އެމީހުން ތިބިތަން ބުނީ ކަލޭ..އެމީހުންނާވެސް އަދި އަހަރެމެންނާވެސް އެންމެ ފަހުން ކޮންޓެކްޓް ކޮށްފައިވަނީ ކަލޭ..ކޮންމެ ދިމާއަކުންވެސް ބެދޭނީ ކަލޭ” ޒާހިރު ނާއިޝްއަށް އިންޒާރު ދިން.. ނާއިޝްއަށް ދެން އިވުނީ އެތަނުގައި ތިބި އެހެން މީހުންގެ ހުނުމުގެ އަޑު.. އޭނާ ހުރީ ހަދާނެގޮތް ހުސްވެފަ.. ހަށިގަނޑުގެ ނާރުތަކުގައި ލޭހިނގުންވަނީ އަވަސްވެފަ. ” ދެން..ދެން މަށަށް ދޭންބުނި ދިހަހާސް ރުފިޔާޔޯ؟” ނާއިޝްގެ ހަނދާނަށް އައީ އެދެމެދުގައި ވެވުނު އެއްބަސްވުން. ” ކޮން ލާރިއެއް…އަހަރެމެން ކަލެއަކަށް ނުދޭނަން އެންމެ ލޯ ލާރިފޮއްޗެއްވެސް.. ކަލެއަށް ކުރެވޭނެ އެއްކަމެއްވެސް ނޯއްނާނެ..” ޒާހިރު ހިނިގަނޑެއް ޖަހާލަމުން ފޯނު ކަނޑައިލި
ނާއިޝް ފޭހި އިލޮށިގަނޑު ޚުދު އޭނާގެ ލޮލަށް ހެރުމުން އޭނާ ހުރީ ހަދާނެ އިތުރު ގޮތެއް ނުވިސްނިފަ. ކޮންމެ ކޮޅަކުން ބެލިނަމަވެސް އޭނާއެހުރީ ބެދިފަ. އަދި އެވަރަކުން ނާއިޝް އެކަން ނިންމާކަށް ބޭނުމެއް ނުވި. އޭނާ ބޭނުންވީ އަޅުގަނޑުގެ ބޭބެ ރުޝްދީއާއި ބައްދަލު ކުރަން. އަޅުގަނޑު މަރުވި ވާހަކަ ހިއްސާނުކޮށް އަޅުގަނޑުގެ އިއްފަތްތެރިކަން ފޭރިގަތް މީހުންގެ ވާހަކަ ރުޝްދީބެ ގާތު ބުނުމަށް. އޭރުން ރުޝްދީބެ މެދުވެރިކޮށް އެމީހުންނަށް އަދަބު ދެވޭނެ ކަމަށް. އޭގައި ނާއިޝްގެ އަތެއް ވާކަން ޒާހިރުމެންނަށް ޝައްކުވެސް ނުވާނެހެން
ނާއިޝް ދިޔައީ އަޅުގަނޑުމެންގެ ގެއަށް. އޭނާ ގޮސް ގޭގެ ދޮރުމައްޗަށް އެރިއިރު އިވުނީ އެތެރޭން ރުޝްދީބެ ކޮންމެވެސް ވާހަކަ އެއް ދައްކާ އަޑު. ” ކަލޭމެންނަށް އަހަރެންގެ ކޮއްކޮއަށް ގެއްލުން ދީފައި ތިހެން އުޅޭކަށް ފުރުސަތެއް ނެތް…އަހަރެން ކަލޭމެން އެންމެން މަރައިލާނަން..” ރުޝްދީބެގެ އަޑުގައި ވަނީ ރުޅިވެރިކަން. އޭނާ އެ ވާހަކަ ދައްކަނީ ކާކާ ކަމެއް ނޭގެ. ނާއިޝް މަޑުމަޑުން ތަޅުގައި ހިފާ ދޮރު ހުޅުވާލި. އޭރު ރުޝްދީ އިނީ ފޮތިން ހަދާފައިވާ ބުދެއް ހިފައިގެން އެއާއި ވާހަކަ ދައްކަން. ” މިއަންނަ ބުދަ ވިލޭރެއަކީ އަހަރެން ކަލޭމެންނަށް ހަމަލާ ދޭން ފަށާރޭ..އެންމެ ފުރަތަމަ ޝާހު، ދެން ނާހިލް، އެއަށްފަހު މަސީހް އަދި އެންމެ ފަހުން ޒާހިރު..ކޮންމެ ހަފްތާއެއްގެ ބުދަ ވިލޭރެއަކީ ކަލޭމެންގެ ތެރެއިން އެކަކުގެ ނިމުން އަންނާނެ ރެއެއް” ޝާއިން ފޮނުވި މެސެޖަށް ބަލަން އިނދެ ތަރުތީބުން އެމީހުންގެ ނަންތައް ރުޝްދީބެ ކިޔަމުން ގެންދިޔަ. އާން.. ރުޝްދީބެ އިނީ ހަމަ ރަގަޅަށްވެސް މޮޔަވެފަ ވާނީވެސް އެހެން. ހުރި ހަމައެކަނި ކޮއްކޮއާއި މެދު ކަންތައްވީ ގޮތުން ކޮންމެ ބޭބައަކަށްވެސް ލިބޭނީ އެފަދަ ހިތްދަތި ކަމެއް. އަނެއްކާ އަޅުގަނޑުގެ ކަންތަކަށްފަހު ބައްޕަ ނިޔާވުން ވެގެން ދިޔައީ ރުޝްދީބެގެ ސިކުނޑިއަށް އިތުރަށް ބާރު ބޮޑުވި ކަމަކަށް
ގޭގެ އެތެރެ ފެންނާނެހެން ދޮރު ކުޑަކޮށް ހުޅުވައިގެން ހުރި ނާއިޝްގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެއް. އޭނާގެ ސިނކުޑިއަށް ވިސްނުނީ މޮޅު ގޮތެއް. އެގެއަށް ވަންނަން އައި ނާއިޝް އެގެއަށް ނުވަދެ އަބުރައިލައިފައި ދިޔައީ މޮޅު ރޭވުމެއް އޭނާގެ ސިނކުޑީގައި ރާވަމުން. މަޑު ހިނގުމެއްގައި ހިނގާފައިގޮސް ނާއިޝް ވަނީ މަރަދޫގައި ފަންޑިތަވެރިކަމަށް އެންމެ މަޝްހޫރު ތައްޚާނުބޭގެ ގެއަށް. އޭރު ތައްޚާނުބޭ އިނީ ދުފާދަޅު ހިފައިގެން އުނދޯލީގަ. ” ކޮންކަމަކު އައި ކުއްޖެއް؟” ނާއިޝް ވަންތަން ފެނުމުން ތައްޚާނުބޭ ސުވާލު ކުރި. ” މިއައީ ވަރަށް ބޮޑު ކަމަކު..އެކަމަކު މިކަން އެއްވެސް މީހަކާ ހިއްސާކޮށްގެން ނުވާނެ..މިކަން ކޮށްދީފިނަމަ ތައްޚާނުބޭ ބުނި އަދަދަކަށް އަހަރެން ފައިސާ ދޭނަން” ނާއިޝް ބޭނުންވީ އޭނާގެ މާލުން ހަދިޔާކޮށްގެންވެސް މިކަންތައްގަނޑުގެ ތެރެއިން ނުކުންނަން. ” އެއީ އަނެއްކާ ކޮންކަމެއް؟ އަވަހަށް ބުނޭ” ތައްޚާނަކީވެސް ފައިސާގެ ދަހިވެތިކަން އިންތިހާއަށް ހުންނަ މީހެއް. ފައިސާގެ ބޭނުމުގައި ފަންޑިތައާއި ސިހުރު އޭނާ ވަނީ މީގެ ކުރިންވެސް ހަދާފަ. ” މީހުން މަރަން ހަދާ ސިހުރު ތައްޚާނުބޭ ދަންނަމުތަ؟” ނާއިޝް ބޭނުންވީ ތައްޚާނުބޭއަށް އެފަދަ މޮޅު ސިހުރެއް އެގޭތޯ ޔަޤީންކުރުމަށް. ” އާނ..ކީއްވެ ނޭގެންވީ..އަހަރެން ކޮށްއުޅޭ ކަންކަމޭ ތިހުންނަނީ” ތައްޚާނު އޭނާއަށް އެނގިފައިވާ އެއްޗަކާ މެދު ފަޚުރުވެރިވި.
ނާއިޝް އެގެއިން ނުކުތީ ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު. ރުޝްދީބެ ކީގޮތަށް ނަންތައް ތަރުތީބު ކުރުމަށްފަހު ތައްޚާނުއާއި ހަވާލު ކުރުމަށްފަހު.. އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ތައްޚާނުބޭ ބުނިގޮތަށް ކުރުމަށް އޭނާ ނިންމި. އެއަށްފަހު އޭނާ އިންތިޒާރު ކުރީ އަންނަ ބުދަ ވިލޭރޭގެ އިރާކޮޅު ހިތަދުއަށް ގޮސް ދަންވަރުގެ ވަގުތުގައި އެކަން ކުރެވޭނެ ވަގުތަކަށް
ބުދަ ވިލޭރޭ ނާއިޝްއާއި ތައްޚާނު ހިތަދޫއަށް ދިޔައީ އެކަމަށް ބޭނުންވާ ހުރިހާ ސާމާނަކާއި އެކުގަ. ނާއިޝް ވަރަށް މަސައްކަތުން ވަލަށް ވަދެ ހޯދި ކަޅު ބުޅާ ތަކުގެ ތެރެއިން އެއް ބުޅާ އޭނާ ގެންދިޔައީ އޭނާގެ ގޭގެ ކޮއްޓެއްގައި އަނެއް ތިން ބުޅާ ހައްޔަރު ކުރުމަށްފަހު. އެރަށަށް ގޮސް ފުރަތަމަ އޭނާގެ ޝިކާރައަކަށް ހަދަން ބޭނުންވީ ރުޝްދީބެ ބުނިގޮތަށް ޝާހު . އެހެންކަމުން ޝާހުގެ ގެ ހުންނަ ސަރަހައްދާއި ދިމާ ވަލުތެރެއަށް ނާއިޝްއާއި ތައްޚާނު ވަދެގެން ދިޔައީ އެއްވެސް ބިރެއް ފިކުރެއް ޚިޔާލެއް ނެތި. އެމީހުން ގޮސް އެކަމަށް އެކަށޭނަ ތަނެއް ހޯދާ އެތަނުގައި އިށީން. އަދި ރަގަޅު އިރުވަރެއް ބަލައި އެގަޑި ޖެހެންދެން އިންތިޒާރުގައި ތިބި. ގަޑިން ބާރަ ޖެހުމާއެކު ތައްޚާނުބޭ ރޯކުރީ ބޮޑު އަލިފާން ގަނޑެއް. އަދި އެއަށްފަހު އޭނާ ގެންގުޅޭ ފޮތްތައް ހުޅުވައި އެއިން ކޮންމެވެސް އެއްޗެއް ހޯދައި ކިޔަވަން ފެށި. އޭރު އޭނާގެ އަތުގައި ނާއިޝް ގެނައި ކަޅު ބުޅާ އޮތް. ވަރަށް ގިނަ އިރު އެގޮތަށް އަލިފާންގަނޑަށް ކިޔެވުމަށް ފަހު ތައްޓަށް ފެންފޮދެއް އަޅައި އެފެން ފޮދަށް ކިޔަވަން ފެށި. ފެއްތައްޓަށް ކިޔަވާ ނިމުމާއި އެކު ބުޅަލަށް އެ ފެންތަށި ބޯން ދިން. ” މި ގެންގޮސް ދޫކޮށްލާ! މީތި ޝާހުގެ ގޭގެ ގޯތި ތެރެއަށް ވަނުމާއެކު ޝާހުއަށް ފާޑު ފާޑުގެ ގޮތްތައްވެ އިސާހިތަކު މަރުވެދާނެ..އޭނާ މަރުވުމާއެކުހެން މި ބުޅާވެސް މަރުވާނެ..މިހާރު މީތި މިހުރީ އަހަރެމެންގެ ބާރުގެ ދަށުގަ” ތައްޚާނުބޭ ކަންތައް ކުރަންވީގޮތް ނާއިޝްއަށް ބުނެދިން. ހަމައެއާއެކު ނާއިޝް އެގޮތަށް އަމަލުކުރި
ބުޅާ ދޫކޮށްލުމަށް ފަހު ނާއިޝް އައިސް އިށީނީ ތައްޚާނުބޭ ކައިރީގަ. ” ޔަޤީންތަ އެކަން ވާނެކަން؟” ނާއިޝް އިނީ އެމީހުންގެ މަސައްކަތް ބޭކާރުވެގެން ހިނގައިދާނެތީ ކަންބޮޑުވެފަ. ” ޔަޤީން..އަހަރެން މިކަހަލަ ކަންކަން ކޮށް އުޅެނީ ވަރަށް ދަނެގެން” ތައްޚާނުބޭ ޔަޤީންކަންދިން. އެމީހުން ކުރަން އައި މަސައްކަތް ނިންމާލުމަށް ފަހު ހެނދުނު ހިތަދޫއާއި މަރަދޫއާއި ދެމެދު ދަތުރު ކުރާ ބަހަށް އަރައިގެން އެނބުރި މަރަދޫއަށް ދިޔަ. އެއީ އެމީހުންނާއި މެދު އެއްވެސް މީހަކަށް ޝައްކެއް ވެދާނެތީ. އެއަށްފަހު ކޮންމެ ބުދަ ވިލޭރެއަކު އެމީހުން ހިތަދުއަށް އައިސް އެކަން އެގޮތަށް ކުރޭ
ކޯޓުގައި ތިބި އެންމެންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ނަވާ މަރުވެފައިވާ ކަމަށް ބުނާއިރު އެމީހުންގެ ކުރިމަތީ އެހުރީ ކާކުބާވައެވެ؟ ޝާއިން އިނީ ނަވާގެ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. ނާވާ މަރުވެފައި ވާނަމަ ދެން އެއީ ކާކު ހެއްޔެވެ؟މިވީ ހުރިހާ ދުވަހު ޝާއިންގެ ގާތުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެން އެއުޅުނީ ކާކު ހެއްޔެވެ؟ އަނެއްކާ އެހެން އަންހެން ކުއްޖަކު އޭނާއަށް އޮޅުވައިލައިގެން ނަވާއަށް ވެގެން އުޅުނީ ބާވައެވެ. ނޫނެކެވެ. އެއީ ހަމަ ނަވާއެވެ. އޭނާގެ ރީތި އަޑެވެ. އެ އޯގާވެރި ފިރުމުންތަކެވެ. ޝާއިންގެ ލޮލަށް ނުފެނުނު ކަމުގައި ވިއަސް އޭނާއަށް ނަވާގެ އިހްސާސްވެއެވެ. އެއީހަމަ ނަވާއެވެ ” ނޫން..ނޫން!ނަވާ މަރެއް ނުވޭ..އެހުރީނު ނަވާ.އޭނަ ވާހަކަ ދައްކާ އަޑު އެބައިވެއެއްނު؟.. ނަވާ ތި ދައްކަނީ ކޮންކަހަލަ ވާހަކަ ތަކެއް؟ ” ޝާއިންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އޭނާއާއި މެދު ކަންތައް ކުރިގޮތް އެނގުމުން އޭނާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އަނެއްކާ އަނެއްކޮޅުން ނަވާ އޭނާ މަރުވީ ކަމަށް ބުނެ މިދައްކަނީ ކޮން ހަމަނުޖެހޭ ވާހަކަތަކެއް ހެއްޔެވެ؟ ” ނަ..ނަވާ އަށް ތިހުރިހާ ކަމެއް އެނގެނީ ކިހިނެއް؟ ނަ..ނަވާ މަރުވެފައޭ ބުނާ އިރު ތި..ތިހުރީ އަހަރެމެންގެ ކުރިމަތީއެއްނު؟” ޣާޒީއަށްވެސް ވާހަކަ ދެއްކެވުނީ ވަރަށް އުނދަގުލުންނެވެ
” އަޅުގަނޑަށް ވަންހަނާވާނީ ކޮންކަމެއްތޯ؟… އަޅުގަނޑަކީ އިންސާނެއް ނޫން” ނަވާ އޭނާގެ އަސްލު ސިފައަށް ބަދަލުވިއެވެ. އޭނާގެ ދެލޮލުގެ ކަޅި ވަނީ ރަތްވެފައެވެ. ކުރިން އެދެލޮލުން ފައިބަމުންދިޔަ ކަރުނައިގެ ބަދަލުގައި މިހާރު ފައިބަނީ ލެއެވެ. އިސްތަށިގަނޑު އޮތީ އެގޮތް މިގޮތަށް ހޭވިފައެވެ. ފައި ހަމަ ބިމަކު ނުޖެހެއެވެ. އެހެނަސް އެހެން ހުރި އިރުވެސް އޭނާގެ ރީތިކަން ފާޅުވާން ހުއްޓެވެ. އެންމެންނަށް އެއްފަހަރާ އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. ޤަބޫލުކުރަން ދަތިވި ނަމަވެސް ކުރިމަތިން ފެންނަމުން އެދަނީ ހަޤީގަތެވެ. ލަޔާލްވެސް ތުރުތުރު އަޅައިގެން ދިޔައެވެ. އޭނާއަކީ ކުރިން މިކަހަލަ ކަންކަން ޤަބޫލުކުރި މީހެއް ނޫނެވެ. އެހެނަސް މިއަދު އެކަންކަން ޤަބޫލުކުރަން އޭނާއަށްވެސް މަޖުބޫރު ވެއްޖެއެވެ. ޒާހިރުއާއި ނާއިޝްގެ ހާލު އެހެން އެންމެންނަށް ވުރެ ބޮޑެވެ. އަނގަ ހާކޮށްގެން ތިބި އިރު އެމީހުންގެ ހަށިގަނޑު ތުރުތުރު ލައެވެ. ތައްޚާނުބޭވެސް އިނީ ބަސްހުއްޓިފައެވެ
ޒާހިރު އާއި ނާއިޝްއާއި ދިމާއަށް ނަވާގެ ސިފައިގެ ހުރި ސޫރަ ލޯ އަޅައިލިއެވެ. ” ނާއިޝް! ކަލޭ ހީކުރީ ދޯ ކަލޭ ތައްޚާނު ލައްވާ ސިހުރު ހަދައިގެންނޭ އެމީހުން މެރީ..އެމީހުން މެރީ ކަލޭމެންގެ ސިހުރެއް ނޫން..އެމީހުން މެރީ އަހަރެން..ކަލޭގެ ސިހުރު ބާތިލްކޮށް އެމީހުންގެ މައްޗަށް ވެރިވެގަންނަނީ އަހަރެން…އެމީހުން އަހަރެންނަށް ހެދި އިހާނެތި ގޮތް އަހަރެން އެމީހުނަށް ހަދަން ބޭނުންވި..އެހެންވެ ކަލާމެން ސިހުރު ހަދާ ކޮންމެ ރެއަކު ކަލޭމެނަށް އަހަރެން ފާރަލިން..އަދި އެއަށްފަހު ކަލޭމެން ކިޔަވާފައި ދޫކޮށްލާ ކަޅު ބުޅާ މަރާލުމަށްފަހު އެމީހުންނަށް ހަމަލާ ދިނީ އަހަރެން..ކަލޭމެން ހިތުން ވަރަށް މޮޅުކަމެއް ކޮށްގެން ދޯ ތިތިބީ…އަދި އުޅެފިއެއްނު ޝާއިންގެ ބޮލުގަ އެތުހުމަތު އަޅުވަން.. ” ނަވާގެ ސިފައިގައި ހުރި ސޫރައިގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ. ” ނާއިޝް! ކަލޭ އެމީހުންގެ ކިބައިން ބަދަލު ހިފީ އަހަރެންދެކެ ލޯބިވާތީއެއް ނޫން..ކަލޭ އެމީހުންގެ ކިބައިން ބަދަލު ހިފީ ކަލޭގެ އަމިއްލަ ބޭނުމަށް..ދުނިޔޭގެ ލަދާއި ލިބެން އޮތް އަދަބެއްގެ ބޮޑުކަމުން އެކަމުން މިންޖުވޭތޯ..ކަލޭގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ނިމިގެންދިޔައީ ވަރަށް ހިތްދަތިކޮށް..އަހަރެން އެމީހަކު ދެކެ އެންމެ ލޯބިވި ޝާއިންއާއި ވަކިވާން ޖެހުނީ ކަލޭމެންގެ ނުބައި ރޭވުމުން.. ކަލޭ އަހަރެންނަށް އެހެން ހެދީ އަހަރެން ކަލެއަށް ކޮން ގެއްލުމެއް ދީގެން؟” ނަވާގެ ސޫރައިގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. އެތަނުގައި ތިބ އެހެން އެންމެން ތިބީ ބިރުންގޮސް އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ. ” ޒާހިރު… ކަލޭމެން ތީ އިންސާނުންގެ ތެރޭގައި އުޅެން ހެޔޮވާވަރުގެ ބައެއް ނޫން.. އެފަދަ ރަހުމުކުޑަގޮތަކަށް އަހަރެންގެ އިއްފަތްތެރިކަން ނަގާލުމަށްފަހު، އަހަރެންގެ ފުރާނަނެތް މަސްގަނޑު ހާމައަށް އޮތް ވަލުތެރޭގައި ވަޅުލިއިރު އެކަމުން ނުކުމެދާނެ ނަތީޖާއަކަށް ކަލޭމެން ނުވިސްނަމުތަ؟ ކަލޭމެން ތިއީ އިންސާނުންގެ ނަސްލުން އުފަންވެފައި ތިބި ނަމަވެސް ގޮތެއް ފޮތެއް ނެތް ހައިވާނުން ތަކެއް..ކަލޭމެންގެ ހިތެއް ނޯވޭ…ޒާހިރު ބުނަން..ކަލޭގެ އެހެން އެކުވެރިންނޭ އެއްގޮތަށް ކަލޭވެސް ސަލާމަތެއް ނުވާނެ” ހަމަ އެޖުމްލައާއި އެކު ނަވާގެ އަތް ދެމިގެން ގޮސް ޒާހިރުއާއި ނާއިޝްގެ ކަރުގައި ހިފިއެވެ. ހަމައެވަގުތު ކޯތުގެ ދޮރުން އެތެރެއަށް ވަދެގެން އައި ފިނި ވައިރޯޅިން އެންމެން ހީކަރުވައިގަތެވެ. ނޭވާ ހާސްވެގެން ޒާހިރުއާއި ނާއިޝް ތެޅުނު އިރު އެމީހުން ސަލާމަތްކުރަން ގާތްވާން ކެރުނު އެކަކުވެސް އެތަނަކު ނެތެވެ. ކޮންމެ މީހަކުވެސް ހުރީ ހިތްވަރުކޮށްލައިގެން ކުރިމަތިން ފެންނަމުން އެދާ ބިރުވެރި މަންޒަރު ބަލަން ގުޑުވައިލަންވެސް ނޭގިފައެވެ. ޒާހިރުއާއި ނާއިޝްގެ އަނގައިން ހޯސްލައިފައި ލޭތަށް ފައިބަން ފެށިއެވެ. އެމީހުންގެ ކަރުގައި ހިފަހައްޓާފައިވާ ނަވާގެ ދެއަތް ދޫކޮށްލީ އެމީހުންގެ އެންމެ ފަހު ނޭވައާއި އެކުއެވެ. ނާއިޝްއާއި ޒާހިރު ނިމިގެން ދިޔަ ތަން ބަލަން އެންމެންނަށް ތިބެވުނީ އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓާލައިގެންނެވެ
އެތަނުގައި ވާނުވާ ނޭގިފައި އިން ޝާއިންގެ ގާތަށް ނަވާގެ ސިފައިގައި ހުރި ސޫރަ ގާތްވެލިއެވެ. ” ޝާއިން އަހަންނަށް މަޢާފުކުރޭ! އަހަރެން މީ އިންސާނެއް ނޫންކަން ޝާއިންއަށް ސިއްރުކުރީ އަހަރެންގެ މަރުގެ ޚަބަރު ޝާއިންއަށް ލިބުމުން ޝާއިންއަށް ކުރާނެ އަސަރު އަހަރެންނަށް އެނގޭތީ..ޝާއިންއަށް އަހަރެންނާއި ނުލައި އުޅެން ވެއްޖެނަމަ ޝާއިންއަށް ޖެހޭނެ ހާލު އަހަރެންނަށް އެނގޭތީ..އަހަރެން ޝާއިންއަށް އޮޅުވާލީ އެއްވެސް ހާލެއްގައި އަބަދު އެކަން ޝާއިންއަށް ސިއްރުކޮށްފައި ބާއްވާކަށް ނޫން..އަހަރެން ހުރީ އެއަނިޔާވެރިންގެ ކިބައިން ބަދަލު ހިފުނު ދުވަހަކުން މިވާހަކަތައް ޝާއިންއާއި ހިއްސާކުރަން..ޝާއިން އަހަރެން ޝާއިން ދެކެ ވަރަށް ލޯބިވޭ..ހިތުގައި ޖަހާ ވިންދު ހުއްޓި،ހަށިގަނޑާ ފުރާނަ ވަކިވެ ދެތަން ވިއަސް އަހަރެން އަބަދުވެސް ޝާއިން އާއި އެކު ވާނަން” ނަވާއަށް ހުރީ ރަގަޅަށް ރޮވިފައެވެ. އޭރު ޝާއިންގެ ހާލަތު ބަޔާން ކޮށްދެވޭ ވަރަށްވުރެ ބޮޑެވެ. އޭނާ މިދުނިޔެއިން އެންމެ ލޯބިވި އޭނާގެ ލޯބިވެރިޔާ މިދުނިޔޭގައި ނެތްކަން އެނގުމުން އޭނާ އިންތިހާއަށް ހިތާމަކުރިއެވެ. އެހެނަސް މިވީ ހުރިހާ ދުވަހު ނަވާގެ ސިފައިގައި ހުރި ސޫރައާއި އެކު އޭނާ ހޭދަކުރީ ވަރަށްވެސް އުފާވެރި ވަގުތު ތަކެކެވެ. ” ނަވާ! އަހަރެން ނަވާދެކެ ވަރަށް ލޯބިވަން..ނަވާ މިދުނިޔޭގައި ނެންކަމުގެ އިހްސާސް އަހަރެންނަށް ނުވީ ތިލޯބި ފިރުމުންތަކާއި އޯގާވެރިކަން މެދުނުކެނޑި އަހަރެންނަށް ލިބުމުން..އަހަރެންނަށް ޖެހިފައި މިއިން މަޖުބޫރީ ހާލަތަށް މަދަދުވެރިވާނެ ފަރާތެއް އަހަރެން ބޭނުން..ނަވާގެ ތި އޯގާވެރި ފިރުމުންތައް އަހަރެން މުޅި އުމުރަށް ބޭނުންވޭ…މިއަދު ނަވާ ދިރި ހުރި ނަމަވެސް އަހަރެންނަށް ނަވާއެއް ނުފެންނާނެ..ވީއިރު ނަވާގެ ތި ސޫރަ އަހަރެންނާއެކު މުޅި އުމުރަށް އުޅޭނެނަމަ އަހަރެންގެ ނަވާ އަހަރެންނަށް ލިބުނީ ކަމުގައި އަހަރެން ދެކޭނަން” ޝާއިންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔަ އިރު އޭނާގެ އަޑު ވަނީ ކުރަކިވެފައެވެ. ތެދެކެވެ..އޭނާ ލޯބިވީ ނަވާގެ ރީތި ސިފަދެކެއެއް ނޫނެވެ. ނަވާއާއި އޭނާ ގުޅިފައިވަނީ ހިތުގެ އެންމެ ފުންމިނުންނެވެ. އޭނާ ނަވާދެކެ ވީ ލޯތްބަކީ ވަރަށް މަތިވެރި އަދި އެހާމެ ތެދުވެރި ލޯތްބެކެވެ. މިދުނިޔޭގައި އޭނާއަށް ނަވާ ނުލިބުނު ނަމަވެސް އާޚިރުގައި އޭނާ ނަވާއާއި ބައްދަލުވުމަށް އެދެއެވެ. ދެން އޭނާ މުޅިއުމުރު ހޭދަ ކުރާނީ ނަވާގެ ސިފައިގައި ހުރި ނަވާގެ ސޫރައާއި އެކުއެވެ. ވޭތުވެ ދިޔަ ދުވަސްތައް ހޭދަކުރިގޮތަށެވެ
ކޯޓުން އެންމެން ނުކުމެގެން ދިޔައީ އެމީހުންގެ ލޯތަކަށް ފެނުނު މަންޒަރު ތެދުކުރަމުންނެވެ. ނާއިޝްއާއި ޒާހިރުމެން ކަހަލަ ގޮތެއް ނެތް އަނިޔާވެރިން މުޅިދުނިޔެއަށް ބޭޒާރުވެ، އެމީހުން ކުރި ކުށުގެ ހައްޤު ސަޒާ އެލިބުނީއެވެ. ފައިސާގެ ދަހިވެތިކަމުގައި މީހުންނަށް ގެއްލުންދޭން ސިހުރާއި ފަންޑިތަ ހެދި ކަމުގެ ކުށުގައި ތައްޚާނު ފަސްއަހަރަށް ޖަލަށްލާން ހުކުމް ކުރެވިގެން ދިޔައެވެ. އަހަރެމެން އިންސާނުންގެ ތެރޭގައިވެސް ރޫހާނީ ބާރުތައް ވާކަން ޤަބޫލުކުރަން ލަޔާލްއަށް މަޖުބޫރުވިއެވެ. ރުޝްދީ އޭނާގެ ލޯބިވާ ކޮއްކޮގެ ސޫރަ ނަމަވެސް ދެކިލުމުގެ ނަސީބު ލިބުމުން އުފާކުރިއެވެ. އަދި އިތުރު ފަރުވާ ދިނުމަށްޓަކައި ރުޝްދީ މޮޔައިންގެ ޚާއްސަ ޑޮކްޓަރަކާއި ހަވާލުކުރެވުނެވެ
ޝާއިން ކޯޓުން ނުކުމެގެން އައީ ހިނިތުންވެ ހުރެއެވެ. އެހެން މީހުންނަށް މިހާރު ނަވާ ނުފެނުނު ކަމުގައި ވިއަސް ޝާއިންގެ އަތުގައި ހިފަހައްޓާލައިގެން ނަވާ ހުރީ ހިނިތުންވެފައެވެ. ނަވާގެ އަތުތެރެއަށް ވަދެ ލޯބީގެ ފުރިހަމަ ހިމާޔަތް ހޯދައިގެން ހުރި ޝާއިންއަށް ހީވީ އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ ލިބުނުހެންނެވެ. ނަވާ އޭނާއަށް ނުލިބުނު ނަމަވެސް ނަވާގެ ސިފައިގައި ހުރި ސޫރަދެކެ އިންތިހާއަށް އޭނާ ލޯބިއެވެ. ނަވާއާ ގުޅުންހުރި ކޮންމެ އެއްޗަކީވެސް އޭނާއަށް ވަރަށް ޚާއްސައެއްޗަކަށް ވަނީ ވެފައެވެ. ނަވާ މިދުނިޔެއިން ވަކިވެދިޔަ ނަމަވެސް އެރީތި ސޫރަ ވަނީ ޝާއިންގެ ހިތުގައި ބިންވަޅު ނެގިފައެވެ. ނަވާގެ ސޫރަ އޭނާއާއި އެކު ވީހައި ހިނދެއްގައި ނަވާގެ ހަނދާންތައް ޝާއިންގެ ހިތުގައި އާވެ އާލާވެ ހުންނާނެއެވެ. އަދި ﷲ ގެ ހެޔޮ ރަހްމަތްފުޅުން ޑޮކްޓަރީ ބޭސްކޮށް ޝާއިންގެ ލޮލުގެ ފެނުން އަނބުރާ ލިބުނު ދުވަހަކުން އޭނާ ނަވާގެ އެ ރީތި ސޫރަ ދެކޭނެއެވެ. (ނިމުނީ
21 Comments!
Comments are closed.
Vrh nyc mi story..
thnk u
feshun vx… adhi nimun vx varah reethi…
vr v r vr vr reeeeeeethiiiii mi stryyyy……..
varah varah reeeethi
Story Masha Allah V rythi… Guess kuramun ai gothaa v different koh vaahaka dhiyaee… Thank you….
awsom..v v v v v v v nys..luv it..
shukuriya kiyuntherin
V asarugadha, v v v v v v v reethi… Thigothugai kuriah dhey. V reethi mivaahaka…;-)
Thank you
Fttggrg
Awsam…………………………..
V V V V V lowbi…………….
I love it……………………..
well, this is a very stupid story. Starting was quiet good but at the end all went vein. This is something that no one is going to believe. Jinni will not come to court to give his or her testimony…….
Mariyam men thibalaa vampire diaries aky vaki dhen kohcheh…e ves believe
this story was awesome.adhi mikahala vaahaka eh nukiyey..i mean to say kurin stories kiyany sunonline in.miadhu inguny esfiyaiga vaahaka thibey kan.and izza you were so lucky.enme furathama mi page in mi ky izza ge vaahaka eh.ths story was awesome.hama habeys.keep it up.thank you so much for keepng us entertained with such stories.may god bless you with a hapy future.
mikahala ithuru reethi vaahaka thakeh kiyeyne kamuge ummedhuga vakivelan.hope to read a nice and a better story of you.
thank you
this story was great…
intresting story 🙂
aslu hen heevanee kiyamun dhiya iru…. cool…. waitin for ur next story
maashaa allah
nothin to say
really itx perfect
rangalhah ves rovih je
varah salhiyey buny
izza your the best story writer l ever seen. This stoy was great