
ޤާޠިލް… 4 ވަނަ ބައި…
“އައި ތިން އައި ގޮޓް ސަމްތިން..” ރާކިން ބުނެލިއެވެ. އެންމެން ރާކިންއާއި ދިމާލަށް ބަލާލިއެވެ.
“ވަޓް…” ރާއިދު ބުނެލިއެވެ. ރާކިން ފައިލްތަށް އެންމެންނާއި ކައިރިކޮށްލިއެވެ. “ނަތިން… އިޓް ޖަސްޓް އަ ތިންކިން..” ރާކިން ބުނާކަށް ބޭނުމެއް ނުވިއެވެ. “ސަރ ބުނެބަލަ ތި ތިންކިން އެއް” ނަދީމް ހަށަން ބަދެލަމުން ބުނެލިއެވެ. “ސީ… ” ފައިލްތައް ނަގަމުން އެމީހުންނާއި ކައިރިވެލަމުން ރާކިން އެއްޗެއް ދައްކާލިއެވެ. “މޭ ބީ އިޓިއިޒް ކޯ އިންސިޑެންސް… ބަޓް… ތިންމީހުންގެ ފެމެލީ ބަލާބަލަ… ކޮންމެ ފެމެލީއެއް ގައި ޕޮލިސް މީހެއް..” ރާކިން ބުނެލިއެވެ. “ސޯ..” ރާއިދު ޝައުގުވެރިކަމާއި އެކު ބުނެލިއެވެ. “ތި ބުނަނީ މި މީހުންނަށް އެޓޭކް އެކުރަނީ އެފެމެލީގައި ޕޮލިސް މީހުން ތިބީމައޭތަ” ފަހުދު އަހާލިއެވެ. ރާކިން ދެބުމަ އަރުވާލިއެވެ. “ކުރިންވެސް ބުނިހެން އެއީ އަހަރެންގެ ބޮލަށް ވަތް ހިޔާލެއް” ރާކިން ގޮޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. “އެންޑް” ރާއިދު ރާކިންގެ މޫނަށް ބަލާލަމުން އަހާލިއެވެ. ރާކިންގެ މޫނުން ރާއިދު އަށް އެއްޗެއް ނަގައިގަނެވުނީމައެވެ. “މޭބީ ކޯ އިންސިޑެންސް.. ބަޓް އެތިން ވިކްޓިމްގެ ރަށްތައް ބަލާބަލަ.. އަތޮޅާއި އެކު ” ރާކިން އެއިން ގޮތަށް އިދެ ބުނެލިއެވެ. އެންމެން ފައިލްތަށް ބަލާލިއެވެ. “ފުރަތަމަ މީހާ ހއ އަތޮޅުން.. ދެން ހދ. އަތޮޅުން… އެންޑް ތިންވަނަ ށ އަތޮޅުން.” ފަހުދު ކިޔާލިއެވެ. ރާކިން ހަށަން ބަދެލިއެވެ. “މޭބީ ކޯއިންސިޑެންސް..” ނަދީމް ރާކިންގެ މޫނަށް ބަލާލިއެވެ. “ކޯ އިންސިޑެންސް އަށް ނުވެއްޖެނަމަ އެމީހަކު އެއުޅެނީ ރާއްޖޭގެ ކޮންމެ އަތޮޅަކުން މީހަކު މަރަންތަ.. އަދި އެވެސް ޕޮލިހުން އުޅޭ ފެމެލީ ތަކުން..” އާހިލް ބުނެލިއެވެ.
“ރާއްޖޭގެ ފެމެލީ ތަކުގެ 100 ޕަސެންޓް ފެމެލީގެ ތެރެއިން 99 ޕަސެންޓް ފެމެލީގައި ޕޮލިސް މީހަކު ހުންނާނެ.. މާނައަކީ އެކޮންމެ ފެމެލީއެއް މިހާރު އެތިބީ ރިސްކް އެއްގެ ތެރޭގައޭތަ… އިޓް އިންކުލޫޑްސް އެވްރީވަން ހިޔަރ” ނަދީމް ބުނެލިއެވެ. “ތި ތިޔަރީ އަހަރުމެންނަށް މިހާރު ޕްރޫފް ކޮށްދެވޭކަށް ނެތް..” ފަހުދު ބުނެލިއެވެ. އެންމެން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ” ކުރިންވެސް ބުނިހެން މިއީ ކޯއިންސިޑެންޑް އަށް ވެދާނެ… އެކަމަކު … ނުވެއްޖެނަމަ… އަހަރުމެން އެންމެން މިތިބީ ޑޭންޖަރއެއްގައި.. މި ތިޔަރީ ބޮޑަށް އަހަރުމެންނަށް އެގޭނީ އެހެން ބޮޑީއެއް ފެނިގެން” ރާކިން ބުނެލިއެވެ. އެންމެން ރާކިން އާއި ދިމާލަށް ބަލާލިއެވެ. ދެލޯ އަޅާ ބޮޑުކޮށްލިއެވެ. “ފައިން.. ސޮރީ.. ބަޓް ޓުރޫ” ރާކިން އެއިން ގޮތަށް އިދެ ބުނެލިއެވެ. “ތިހެން ނުވެއްޖެ ނަމަ ވަރަށް ރަގަޅު… އެކަމަކު ދެން މިއަދަށް މަސައްކަތް ބަހައްޓާނީ… މާދަން އެންމެން ރަނގަޅު މޫޑް އަކާއި އެކު މަސައްކަތަށް ނިކުންނާނީ… ” ރާއިދު ބުނެލިއެވެ. އެހެންބުނުމާއި އެކު ރާކިން އެތަނުން ތެދުވެގެން ބޭރަށް ނިކުތެވެ. އެންމެން ތިބީ އޭނައާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
އެންމެންބޭރަށް ނިކުތުމާއި އެކު ރާއިދު މިސްރާބު ޖެހީ ޑިރެކްޓަރގެ ކެބިންއަށެވެ. ޑިރެކްޓަރ އިނީ ފޯނެއްގައެވެ. ރާއިދު ވަނުމާއި އެކު ފޯނު ބޭއްވުމަށް ފަހު ރާއިދުއާއި ދިމާލަށް ބަލާލިއެވެ. “ރާއިދު… ކިހިނެއްވީ…” ޑިރެކްޓަރ ރާއިދުގެ މޫނަށް ބަލާލަމުން އަހާލިއެވެ.
ރާކިން ދިޔަގޮތަށް އޭނަގެ ކެބިންއަށް ވަނެވެ. ގޮޑީގައި އިށީދެލަމުން ދެލޯމަރާލިއެވެ. އެވަގުތު ކައިރީގައި ހުރި ފޯނު ރިންގް ވާން ފެށިއެވެ. “ހަލޯ… ލައްބަ… އަޅުގަނޑު މިދަނީ..” ރާކިން ފޯނު ބޭއްވުމަށް ފަހު ތެދުވެ ހިގައިގަތީ ޑިރެކްޓަރގެ ކެބިންއަށް ދިއުމަށެވެ. ޑިރެކްޓަރގެ ކެބިންއިން އެތެރެއަށް ވަދެފައި ރާކިންގެ ހިގުމަށް ހުއްޓުމެއް އެރިއެވެ. އެކަން ޑިރެކްޓަރ އަށާއި އެތަނުގައި އިން ރާއިދުއަށް ފާހަގަ ވިއެވެ. “ކިހިނެއްތޯ ވީ ސަރ..” ރާކިން ކުރިމަތީގައި ހުއްޓިލަމުން އިހްތިރާމްއާއި އެކު އަހާލިއެވެ. “އިށީދޭ ރާކިން” ޑިރެކްޓަރ ރާއިދު އިށީދެއިން ގޮޑި ކައިރީގައި ހުރި ގޮޑި ދައްކާލަމުން ރާކިންއަށް ބަލާލިއެވެ. “ނޫން… އަޅުގަނޑު އޯކޭ..” ރާކިން ރާއިދުއަށް ބަލާލަމުން ބުނެލިއެވެ. “އަހަރެން ރާކިން މިގެންނައީ ކަމަކު…” ޑިރެކްޓަރ ރާކިންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ރާކިން ބޯޖަހާލިއެވެ. “ރާއިދު ބޭނުންވަނީ ރާކިން އެމީހުންގެ ޓީމްގެ މެންބަރެއްގެ ގޮތުން މަސައްކަތް ކުރަން… އަހަރެން ބުނެފިން ރާކިންއަކީ ވަރަށް މުހިއްމު އެހެން މަސައްކަތްތަކެއް ކުރާ މީހެކޭ… އެކަމަކު ރާއިދު އެއްބަހެއް ނުވި… އެހެންކަމުން އަހަރެން ރާކިން އެމީހުންގެ މަސައްކަތައް މި ހުސްކުރަނީ..” ޑިރެކްޓަރ ވާހަކަ ދެއްކިއެވެ. “އެކަމަކު އަހަރެން ހަނދާނެއް ނުނެތޭ ކުރިން ވީ އެއްވެސް ކަމެއް… އެހެންވީމަ ރާކިން ކައިރީގައި އަހަރެން އަހަން ބޭނުންވަނީ މިމަސައްކަތް ރާކިންއަށް ކުރެވޭނެތޯ… އެއްވެސް އުދަގުލެއް ނެތި… އެއްވެސް ކަހަލަ ކަމެއް އުޅޭނަމަ ބުނަންވީ.. ރާއިދު ބޭނުންވިޔަސް ރާކިން ބޭނުން ނުވަންޏާ އަހަރެން އެގޮތަކަށް ނަހަދާނަން” ޑިރެކްޓަރ ގޮޑީގައި ހަމަޖެހިލަމުން ބުނެލިއެވެ.
“ސަރ އަޅުގަނޑު ކައިރީގައި އެހީމަ ވަރަށް އުފާވެއްޖެ… ބައެއް މީހުންގެ އެބައި ނުހުންނާތީ ދެރަވަނީ… އެނީވޭ.. އަޅުގަނޑަށް އެއްވެސް މައްސަލައެއް ނޫން… އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ…” ރާކިން ބުނެލިއެވެ. “ރާއިދު… އެއްވެސް އިތުރު އެއްޗެއް ބުނެލަން ބޭނުން” ޑިރެކްޓަރ ރާއިދުއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑުގެ ގްރޫޕްގައި އަޅުގަނޑު ބުނާގޮތް ހަދަން ޖެހޭނީ… އެ ހެޔޮ ކޮންމެ ގޮތެއްވިޔަސް…. ” ރާއިދު ތެދުވަމުން ބުނެލިއެވެ. “އާންމުކޮށް ކޮންޓްރޯލް ފްރީކް އަކީ ތިކަހަލަ މީހުން” ރާކިން މަޑުމަޑުން ބުނެލިއެވެ. ރާއިދު ރާކިންއަށް ބަލާލީ އެޖުމްލަ ކިތައްމެ ރީއްޗަކަށްވެސް އަޑުއިވުނީމައެވެ. އެހެންކަމުން ދެލޯވައްކޮށްލިއެވެ. “އަޅުގަނޑު ކުރާކޮންމެ ކަމެއް އަދި ބުނާ ކޮންމެ އެއްޗެއް ބުނަނީ ވަރަށް ވިސްނާފަ.. އަޅުގަނޑުގެ ގަޓް ބުނާ ގޮތަށް… ސޯ ދެންވެސް ކުރާނީ އެގޮތަށް..” ރާކިން ޑިރެކްޓަރގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “އޯކޭ… އެހެންވީމަ ހީކުރަން ދެމީހުންވެސް އެއްގަލަކަށް އެރިއްޖެކަމަށް..” ޑިރެކްޓަރގެ ޖުމްލަ ނިމުމާއި އެކު ރާއިދު ވާހަކައެއް ބުނަން އަނގަހުޅުވާލިއެވެ. “އެހެންވީމަ ރާކިންގެ މަސައްކަތްތައް ކުރެވޭ ވަރަކުން ކޮށްދޭތި.. އަހަރެންނަށް ވަރަށް އުދަގޫވާނެ މީހަކު ޓަސްލާފައި ތިމަސައްކަތްތަކަށް ނަގަން.. އެކަމަކު އަހަރެން ބަލާލަން.. ދެން މައްސަލައެއް ނެތް ރާކިން ދިޔަޔަސް” ރާއިދު އަށް ފުރުސަތެއް ނުދީ ޑިރެކްޓަރ ބުނެލިއެވެ. އެހެންބުނުމާއި އެކު ރާކިން އެއްވެސް މަޑުޖެހުމެއް ނެތި ބޭރަށް ނިކުތެވެ.
ރޭގަނޑުގެ ވަގުތު..
ނަދީމް އާއި މާއިން ތިބީ ސެންޓްރަލް ޑައިންމޯގައެވެ. “މިހާރު ކިހިނެއް ކޭސްދަނީ” މާއިން އެތަނުގައި އުފެދިފައިވާ ހަމަހިމޭކަން ކަނޑާލުމުގެ ގޮތުން ބުނެލިއެވެ. “މިކަހަލަ ވަގުތެއްގަވެސް ކޭސް ވާހަކަތަ ދައްކަނީ..” ނަދީމް މާއިންގެ މަޑު އަތުގައި ހިފާލަމުން ބުނެލިއެވެ. މާއިން ލަދުން އިސްޖަހާލިއެވެ. “އޮފީސް ވާހަކަ ނުދައްކަމާ ދޯ” މާއިންގެ އަތަށް ފިއްތާލަމުން ނަދީމް ބުނެލިއެވެ. “ކިހިނެއްވީ.. އަހަރެން ކައިރީގަވެސް އެކަހަލަ ވާހަކައެއް ނުދެއްކޭނެތަ..” މާއިން ލަދުރަކި ކަމާއި އެކު އަހާލިއެވެ. “މާން ކައިރީގައި ނުދެއްކޭ ވާހަކައެއް ނުއޮންނާއެއް ނެއްނުން… އެހެންނޫނަސް އަދި އަހަރުމެންނަށްވެސް ވާނުވާ ނޭނގޭ..” ނަދީމް މާއިންގެ އަތުން ދޫކޮށްލަމުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. “އަހަރެންނަށް އެނގޭ އެއްޗެއްވެސް ބުނެވޭނީ އަހަރެންނާއި ޝެއަރ ކޮށްލީމަތާ” މާއިން އަނެއްކާވެސް ބުނެލިއެވެ. ނަދީމް މާއިންގެ މޫނަށް ބަލާލިއެވެ. މާއިންއަށް އެވާހަކަތައް އެނގިގެން ވާނެ ފައިދާއެއް ނެތްކަން ނަދީމްއަށް އެނގެއެވެ. “ނޭނގެ.. އަހަރުމެންގެ ތެރޭގައި ދެ ތިއަރީއެއް އެބަ އުޅޭ.. އެކަމަކު އަހަރެންނަށް ވެސް އަދި އެކަކަށްވެސް ސީދާ ބުނާކަށް ނޭނގެ” ނަދީމް އެވާހަކަ ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް މާއިން ދުލެއް ނުކުރިއެވެ. އެހެންކަމުން އެންމެ ފަހުން ނަދީމް އެމީހުންނަށް ފެނުނު އެންމެ ފަހުގެ އެއްޗެހި މާއިންއަށް ކިޔައިދިނެވެ. “އަސްލުތަ.. ހާދަ ބިރުވެރިއޭ” މާއިންގެ މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ. “އަހަރެން ކުރިން ހީކުރަނީ ޕޮލިހުންގެ މަސައްކަތަކީ ރައްކާތެރި މަސައްކަތެއްކަމަށް… އެކަމަކު ތިބުނި ގޮތަށް އަހަރުމެންގެ އާއިލާއާއި ދިމާކުރާ މީހަކު އުޅޭނަމަ..”މާއިންގެ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. “އަހަރެން ހުއްޓަ މާންއަކަށް އެއްވެސް މީހަކަށް ކަމެއް ކުރާކަށް ނުކެރޭނެ.. އެހެންނޫނަސް އެއީ އަދި ރާކިންގެ ތިއަރީއެއް.. ހަގީގަތަކަށްވެސް ނުވެދާނެ..ދެން އެވާހަކަ ނުދައްކާ.. އަހަރުމެން ދެމީހުންގެ ވާހަކަ ދައްކަމާ ދެން ދޯ..” އެހެން ބުނެލަމުން ނަދީމް މާއިންގެ އަތަށް މަޑުމަޑުން ދޮނެއް ދިނެވެ. މާއިންގެ މޫނު ވަގުތުން ރަތްވެގެން ދިޔަތަން ނަދީމްއަށް ފެނުނެވެ.
ރާކިން ސައިކަލު ޕާކްކޮށްލުމަށްފަހު ކުރިމަތިން ފެންނަން ހުރި ފަސްބުރީގެ އިމާރާތާއި ދިމާލަށް ހިގައިގަތެވެ. އިމާރާތުން ވަދެގެން ދަމުން އެތަނުގައި އިން ސެކިއުރިޓީއަށް ކުޑަ ހިނިތުންވުމެއް ރައްދުކޮށްލަމުން ލިފްޓަށް އަރާ ފަހަކަށް ފިއްތާލިއެވެ. އޭރުވެސް ރާކިންގެ ބޮލުގައި އެބުރެމުން ދިޔައީ މިއަދު ވީ ކަންތަކެވެ. ރާއިދުގެ އެހުށަހެޅުމާއި ރާކިންގެ ނިންމުމެވެ. ލިފްޓް ފަހަކަށް ހުއްޓުމާއި އެކު ލިފްޓް އިން ފައިބައި ވާތް ފަރާތަށް ހުރި ދޮރަށް ޖީބުން ނަނގާ ދަޅުދަނޑި ޖަހާލިއެވެ. އަދި ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ދޮރު ހުޅުވާލި އަޑަށް ގޭތެރޭގައި އެއްޗެއް ކޮށަން ހުރި އަންހެން ކުއްޖާ ބަލާލިއެވެ. ރާކިން ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. “ކިން” ރާކިން ފެނުމާއި އެކު އެކުއްޖާ ކުރިން ހުރި މަސައްކަތް ހުއްޓާލިއެވެ. ރާކިން އެއްވެސް އެއްޗެކޭ ނުބުނެ އެތެރެއަށް ހިގައިގަތެވެ. މަޑު ހިގުމެއްގައި ގޮަސް އެދުމައްޗަށް ވެއްޓެގަތީ ލައިގެން ހުރި ޕޮލިސް ޔުނީފޯމްއާއި އެކުގައެވެ. ބާލީސް ނަގާ މޫނު ފޮރުވާލިއެވެ. “ކިން” އެވަގުތު އެއަންހެންކުއްޖާގެ އަޑު އިވުނެވެ. މަޑުމަޑުން ރާކިން ކައިރީގައި އިށީދެލިއެވެ. އަދި މަޑުމަޑުން އޭނަގެ ބުރަކަށިގައި ފިރުމާލިއެވެ. އަދި މަޑުމަޑުން ރާކިންގެ ބޮލުގައި ފިރުމާލިއެވެ. “އެއީ ތެދެއްތަ..” އެކުއްޖާ މަޑުމަޑުން އަހާލިއެވެ. ރާކިން އެއްވެސް އެއްޗެއް ނުބުނެ އެއޮތް ގޮތަށް އޮތެވެ. “ކިން ވާހަކަ ދައްކަބަލަ.. ޕްލީޒް.. އެނގޭނެ ތިހެން އޮތީމަ ސުނާއަށް އުދަގޫވާކަން” ސުނާ މަޑުމަޑުން ބުނެލިއެވެ. ރާކިން އެވަގުތު މަޑުމަޑުން ސުނާއާއި ދިމާލަށް އެބުރެލިއެވެ. “އަހަރެންގެ ލޯބިވާ ސުނާ” ސުނާގެ މޫނުގައި މަޑުމަޑުން ފިރުމާލަމުން ރާކިންގެ މަސްތީ އަޑަކުން ބުނެލިއެވެ. “ސޯ ދެޓްސް ޓުރޫ ދޯ” ރާކިންގެ ބޮލުގައި ފިރުމާލިއެވެ. ރާކިން އެއްކޮލުން ހިނިތުންވެލިއެވެ. “ކީއްވެތަ.. އެގެއެއްނުން ކުރިން ފަހަރުވެސް ވީ ގޮތް… މިފަހަރު އޭނަގެ ކައިރިއަށް ތި ދިޔައީ.. ރާއިދު މިފަހަރު އެހެން ނަހަދާނެ ކަމެއް ކިހިނެއް އެނގެނީ” ސުނާ ހިތްހަމަނުޖެހުނެވެ. ރާކިންއަށް ކުރިން ފަހަރު ދިމާވި ގޮތުން އެއްވެސް އެއްޗެއް ދަސްނުވުމުންނެވެ. “ސުނާ.. އެގެއެއްނުން އަހަރެންނަށް އިތުރު އެއްވެސް ގޮތެއް އޮތްނަމަ މިގޮތަކަށް ކަންތަކެއް ނުކުރާނެކަން.. އައި ޑޯންޓް ހޭވް އެނީ ޗޮއިސް.. ” ސުނާގެ މަޑު އަތްތިލައިގައި ހިފާލަމުން ރާކިން ބުނެލިއެވެ. “ބުނޭ ތިހެން ދެން.. ރާއިދު އާއި ޖެހުނީމަ ކިންގެ އެއްވެސް ޗޮއިސްއެއް ނި އިންނާނެ..” ސުނާ ރުޅި މޫނު ހަދާލިއެވެ. “އަހަރެންގެ ލޯބި ހާދަ ރީއްޗޭ ރުޅި އައީމާ..” ރާކިން ސުނާއާއި ލޯބި ކޮށްލިއެވެ. “ދެން ކިން” ސުނާ ރަކި ގޮތަކަށް ރާކިން ދުރަށް ޖައްސާލިއެވެ. “އަސްލުވެސް ލޯބީ.. މިފަހަރުވެސް ޑިރެކްޓަރ ބުނީ އަހަރެން ކައިރީގައި އެމީހުންނާއި ވޯކް ކުރާށޭ.. އެހެން ނޫނަސް ލޯބި އަށް އެނގެއެއްނުން މިތަނުގަ ވޯކް ކުރާ ގޮތް” ރާކިން ސުނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ސުނާއަކީވެސް ރާކިން އެކޭ އެއްގޮތަށް ޕޮލިހުގައި މަސައްކަތް ކުރާ ކުއްޖެކެވެ. “އަހަރެންނަށް އެނގޭތީ އޭ މި ބުނަނީ.. އަހަރެން ވަރަށް ބިރު ގަނޭ ކުރިން ފަހަރު ވީ ކަހަލަ ގޮތެއް މިފަހަރުވެސް ވެދާނެތީ..” ސުނާ ބުނެލިއެވެ. “ހިނގާ ބަލަމާ..” ރާކިން އެހެން ބުނެލަމުން ސުނާ އޭނައާއި ކައިރިކޮށްލިއެވެ.
ދަންވަރު….
ރާކިންއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އެއްފަހަރު ސައިލެންޓްއަށް ލުމަށްފަހު ކައިރީގައި އޮތް ސުނާ ގައި ބައްދާލީ ދެލޯ ނުހުޅުވަން ވެގެންނެވެ. ނަމަވެސް ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށިއެވެ. އެހެންކަމުން ކުޑަކޮށް ލޯ ހުޅުވާލަމުން ފޯނަށް ބަލާލިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. “ހަލޯ.. އާދެބަލަ ވަރަށް އަވަހަށް ސަލްޓަން ޕާކަށް… ވީ ހޭން އެނަދާ ބޮޑީ” އެކޮޅުން ވާހަކަ ދެއްކީ ނަދީމްއެވެ. އެހެން ބުނެލުމަށްފަހު ނަދީމް ފޯނު ކަނޑާލިއިރު ރާކިން ހުރީ ތެދުވެއެވެ. ރާކިންގެ އަވަސް ހަރަކާތާއި އެކު ނިދާފައި އޮތް ސުނާއަށްވެސް ހޭލެވުނެވެ. “ކިހިނެއްވީ..” ނިދި އަޑާއި އެކު ސުނާ އަހާލީ ރާކިންގެ ހަރަކާތްތައް އަވަސް ވެފައި ވާތީއެވެ. “އެނަދާ ބޮޑީ” ރާކިން އެހެން ބުނެލަމުން އަވަހަށް ގޮަސް ފާހާނައަށް ވަނެވެ.
ސަލްޓަންޕާކް..
ގަޑިން ފަތިހު ހަތަރެއް ޖަހަނީއެވެ. ސަލްޓަންޕާކްގެ މުޅި ސަރަހައްދު ވަނީ ޕޮލިހުން ފުރިފައެވެ. ގިނަ ޕޮލިހުންތަކެއް ސަލްޓަންޕާކްގެ ބިއްދޮށުގައި (ސީ.އެޗް.އެސް.ސީ) އާއި ވީ ފަރާތުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެތަނުގައި ނަދީމްވެސް ކެމެރާ ހިފައިގެން ފޮޓޯ ނެގުމުގައި އުޅުނެވެ. ރާކިން އެތަނަށް މަޑުކޮށްލީ އެވަގުތު އެވެ. “ވަޓް ހެޕެން” ރާކިން އަޑު ޖެހުމާއި އެކު ނަދީމް ބަލާލިއެވެ. “ވެއަރ އިޒް ދަ ބޮޑީ” ރާކިން އަހާލިއެވެ. ނަދީމް އަތުން ތަންކޮޅެއް ދުރު ގާތަކެއް ދައްކާލިއެވެ. އެވަގުތު އެތަނުން ފަހުދު ދުވަމުން ކަހަލަ ގޮތަކަށް އަނގަމަތީ އަތް އަޅައިގެން ދުރަށް ޖެހިލި ތަން ފެނުނެވެ. “އިޒް އިޓް ސޯ ބޭޑް” ރާކިން ފަހުދުގެ އެ ހަރަކާތާއި އެކު ނަދީމްގެ މޫނަށް ބަލާލިއެވެ. “ނޯ ކޮމެންޓް” ނަދީމް އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވިއެވެ. ރާކިން މަޑު ހިގުމެއްގައި އެތަނަށް އެއްކޮށްފައިވާ ގާތައް ކައިރިއަށް ޖެހިލިއެވެ. އެތަނުގައި މަސައްކަތް ކުރަމުންދިޔަ ޕޮލިހުންގެ އަތުގައިވާ ޓޯޗް ތަކުން އެތަނަށް ނުލާހިކު ރަނގަޅަށް އަލި ވެފައިވެއެވެ. ރާކިންއަށް އެމަންޒަރު ފެނުމާއި އެކު އަނގަމަތީގައި އަތް އަޅާލެވުނެވެ. “ޔޫ އާސްކް ފޮ އެނަދަރ ބޮޑީ… ހިޔާ އިޓް އިޒް” ރާކިން ބަލާލީ ރާއިދުގެ އަޑު އިވުމުންނެވެ. އޭރު ރާއިދުގެ އަތުގައި ފާޑެއްގެ ގަނޑެއް އޮތެވެ. “އެއީ އަހަރެން ބުނި އެއްޗެއް ނޫން… އެކަމަކު މީގެ ލިޔެފަ އިން އެއްޗެއް” ރާއިދު އެގަނޑު ރާކިންއަށް ދެމުން ބުނެލިއެވެ. ރާކިންގެ މޫނަށް ހާސްކަން ފާޅު ވިއެވެ.
“އައި ކާންޑް ހޭންޑްލް ދިސް” ދެމީހުން ސިހުނީ އާހިލްގެ އަޑު އިވުމުންނެވެ. އޭރު އާހިލް ކެމެރާ ގޮނޑުގައި އަޅުވާލައިގެން އެތަނުން ދުރަށް ދަނީއެވެ. އާހިލް ކައިރިއަށް ފަހުދު އައިސް މަޑުކޮށްލީ އެވަގުތުއެވެ. “ކޮބާ އަންހެނާ… މިއަދު ހަމަ ސަލާމަތެއް ނުވި ދޯ” ފަހުދު އެތަނަށް ހުއްޓެލިތަން ފެނުމާއި އެކު ނަދީމް އައިސް ދިމާކޮށްލިއެވެ. “ކިހިނެއްވާނީ… އެ އޮތީ ވިއްޔަ ކޮށްފަ އޮތް ވަރު” ފަހުދު މޫނު މަތިން އަދިވެސް ފެންނަނީ ފާޑަކަށެވެ. “އަސްލުވެސް… އަޅުގަނޑަށްވެސް ކިރިޔާ މި ހުރެވެނީ.. އަޅެ ހާދަ ރަހުމު ކުޑަ މީހެކޭ” އާހިލްވެސް ފަހުދު އާއި އެއްބަސް ވެލިއެވެ. “ޔާ… އަސްލު މީ ދެން ފުކެއް ބޮޑު ވަރު… ” ނަދީމްވެސް އެމީހުންގެ ވާހަކައާއި އެއްބަސް ވަމުން ބުނެލިއެވެ. ރާކިން އޭރުވެސް ދިޔައީ އަތުގައި އޮތް ކަރުދާސްގަނޑަށް ބަލަމުންނެވެ. ރާއިދު ހުރީ ރާކިންއަށް އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“އެހާ ބޮޑަށް ދެން ބޮޑީ އާއި ކައިރިވާނެ ކަމެއްނެތް… ފޮޓޯ ކޮޅެއް ނެގިއްޖެއެއްނުން.. ފަހުދު އަމުދުން ދެން އެތަނަށް ކައިރިވާނެ ކަމެއް ނެތް… އާހިލް ހުރިހާ އެވިޑެންސްއެއް އެއްތަން ވޭތޯ ބަލާ… ނަދީމް ވެސް އާހިލްއަށް އެހީވެދީ” ރާއިދު ބުނެލިއެވެ. “ރާކިން ތިއީވެސް އެވިޑެންސް އެއް..” އެގަނޑު އަތުލަމުން ރާއިދު ބުނެލިއެވެ. އަދި ނަދީމްއަތަށް ދެމުން އެއިގެ ފޮޓޯއެއް ނެގުމަށްވެސް ބުނެލިއެވެ.
“އަހަރެންގެ ނެތް މިހުރިހާ ފޮޓޯއަކަށް ބަލާނެ ހިތްވަރެއް…” ޕޮލިސް ސްޓޭޝަންއަށް ވަދެ ކޮންފަރެންސް ރޫމްއަށް ވަންނަމުން ފަހުދު ބުނެލިއެވެ. ނަދީމް އާއި އާހިލް ފޮޓޯތައް މޭޒުމަތީގައި އަތުރާލިއެވެ. ރާކިން ހިޔާލަކަށް ގެއްލިފައި ހުރި ގޮތަކަށް ހިގާފައި އައިސް ގޮޑީގައި އިށީނެވެ. ރާއިދުގެ ބަލަމުން ދިޔައީ ރާކިންގެ ހަރާކާތްތަކަށެވެ. “އަސްލުވެސް ސަރ… އަޅުގަނޑުވެސް މިހާރު ހޮޑުލަވާ ގޮތް ވެއްޖެ.. މިހާ ހެނދުނާ މިކަހަލަ އެއްޗެއް ފެނުނީމަ” އާހިލްވެސް ފަހުދު އާއި ބައިވެރި ވެލިއެވެ. އެންމެންނަށް އޮފީހަށް އާދެވުނު އިރު ފަތިހު ފަސްގަޑި ބައިވަނީއެވެ. “ކޮބާ ކޮފީއެއް ނެތްތަ” ނަދީމް ގޮޑީގައި އިށީދެލަމުން ފަހުދުގެ ގޮނޑީގައި ފައިން ޖަހާލަމުން ބުނެލިއެވެ. “އަދިވެސް ކޮފީތަ ނުބޮވިގެން ތިއުޅެނީ… މަށައް އެއްވެސް އެއްޗެއް ނުބޮވޭނެ މިއަދަކު” ފަހުދު އެއަށް ޖަވާބު ދެމުން ގޮނޑީގައި ހަމަޖެހިލިއެވެ. އެންމެން އެކަމަކު އަނެކަކަށް ބަސް ބުނަމުން ދިޔައިރު އެންމެންގެ ހިތުގެ އަޑީގަވެސް ފާޑެއްގެ ބިރެއްވަނީ އުފެދެން ފަށާފައެވެ. ވަމުން ދަނީ ކިހިނެއްކަމެއް ދެން ވާނީ ކިހިނެއް ކަމެއް ނޭނގޭ ހާލުއެވެ. އެކަން ރާއިދު އަށް އެނގެއެވެ. މޫނުމަތިން ކިތައްމެ ރީތިކޮށް ފެނުނަސް އެކުދިންގެ ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަން ދިޔައީ ރާއިދުގެ ހިތުގައި ވެސް އުފެދެމުންނެވެ. ތިންމަސް ދުވަހުން ކުރިން ފެށިގެން ދިޔަ މި ކަމުގެ ސަބަބުން ރާއިދުއަށް ވެސް މިހާރު ހަމަ ނިދި ނުލިބެއެވެ. އެންމެންގެ ފަރާތުން އަންނަ ޕްރެޝަރ އެގޭނީވެސް ރާއިދުއަށެވެ. “ގައިސް… ވީ ހޭވްޓް ފައިންޑް އާންސާ.. އަހަރުމެންނަށް މިކަންތައް ނިއްމާލެވޭނީ ހުރިހާ ސުވާލެއްގެ ޖަވާބެއް ލިބުނީމަ.. މިފަހަރުވެސް އަހަރުމެން އެންމެ ފުރަތަމަ ބަލަންވީ އެއީ ކާކުތޯ…” ރާއިދު އެންމެންގެ މޫނަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “މިވަރުން މިއީ ކާކުކަން އެނގޭނީވެސް ކިހިނެއް.. މިހުރީ ވިއްޔާ ކޮންފަ ހުރި ވަރު..” ފަހުދު ފޮޓޯތައް ހާވާލަމުން ބުނެލިއެވެ. “މިކަންތައް ހައްލު ކުރެވޭނީ ތި އެންމެންގެ ފަރާތުން އެއްބާރުލުން ލިބެގެން..” ރާއިދު ބުނެލިއެވެ.
ނަދީމް ގޮޑިން ތެދުވެލިއެވެ. އަދި ފޮޓޯތައް ހާވާލިއެވެ. ކުރިން ފަހަރު ތަކެކޭ އެއްގޮތަށް މޫނު ވަނީ ފިއްސާލަފައެވެ. އަތުގެ އިނގިލިތައް ކަނޑާލާފައެވެ. “މިފަހަރު ފެންނަން ހުރި ހަށިގަނޑުގެ ބައިތަކަށް ބަލާފައި ހީވަނީ މިވެސް ވާނީ އުމުރުން 18 އަށް ވުރެއް ކުޑަ ކުއްޖަކަށް ހެން” ނަދީމް ފޮޓޯތަކަށް ބަލާލަމުން ބުނެލިއެވެ. “ޔާ… ހަށިގަނޑުގެ ހުރިހާ ތަނެއްގައި ވަޅި އަޅާފައި.. ބަލާބަލަ ބަނޑު ކަފާލާފަ… ގޮހޮރުގެ އެއްބައިވެސް ފެންނަން އެއޮތީ..” އާހިލް ނަދީމް އާއި ބައިވެރި ވެލިއެވެ. ރާއިދު ރާކިން އާއި ދިމާލަށް ބަލާލިއެވެ. ރާކިން އިނީ ފޮޓޯ ގަނޑެއް ހިފައިގެންނެވެ. “ރާކިން.. ރާކިންއަށް ހީވަނީ ކިހިނެއް” ރާއިދު ރާކިންގެ ހަރަކާތްތަކަށް ބަލާލަމުން ގޮވާލިއެވެ. “އަހަރެންނަށް ހީވަނީ އަހަރުމެންގެ ތެރެއިން މީހަކު ކުރާކަމެއް ހެން މީ” ފޮޓޯ ގަނޑުގައި ހިފަހައްޓައިގެން އިދެ ރާކިން ބުނެލިއެވެ.
ނުނިމޭ…..
17 Comments!
Comments are closed.
Habeys!!!! Thafaathu interesting vaahaka eh.. Keep it up..
Vvvvvv reethi. Nayge bunaane ehcheves. Waiting for di Nxt part.
thnks nishan and look 🙂
dhekudinah mi bai kamudhiyaeethee fantasy v happy vejje 🙂
Very interesting stry….waiting 4 the next prt…
thnks Ifa v bodah… 🙂
Fantasy work kurany police ga tha?? Mihen mibuny araamagu ga liyunu vaahaka aky ves police vaahaka eh v ma
aSas.sdaS>ADS
smdkasmd
aSAskdmasda.kdnsksdsadsdaSdasdadsd
adsakmda
a_
Raaid ge kameh dho???
Wow,, its nice… V interesting… Nxt part awahah up kohdhyba… M waiting… I really luv it… 🙂
Vvvv.interesting vaahaka eh!!!!!!waitin 4 da naxt part!!!!!!!!!
dhe anna part varah interesting vaanahan heevey……..5 vana part avahah up kohdhyba!!!!!!!!!!!!
nun coincidence .. fantasy aky polihuga work kuraa kujjeh nun… ya kurin faharves liyevy polihun ulhey story eh dhoo 🙂
thnks hurihaa kudinge ‘lobi’ comment thakah igey… 🙂
aniya vaahaka dhen kiyaalaakah nulibey ne tha? mihaaraku araamagakuves e vaahaka eh netheh nu.. e story ves mi story ves v salhi…waiting fo part 5
ABC
Kobaa anehbaii. 😀
avahah upload kurey :3
It’s really interesting 🙂
wowwhh dhen vaany kihinehba 😀 😮 varah reethi mi bai vx