މުޅިތަނުގައި ދުވަމުން ދިޔައީ ލޭގެ ކޯރުތަކެވެ. އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ފުލުހުން ދިޔައީ އެއްވެފައި ތިބި މީހުން ދުރައްޖެއްސޭތޯ ބަލަމުންނެވެ. “ހޭ އާހިލް …. ބަލާބަލަ” މަރުވެފައިވާ މީހާ ކައިރީގައި ހުރި ޕޮލިހެއް އާހިލްއަށް ގޮވާލިއެވެ. އާހިލް ކެމެރާ ހިފައިގެން އެކި މަންޒަރުތަށް ފޮޓޯ ނަގަމުން ދިޔައެވެ. “ޔޭސް ސަރ” އާހިލް ކައިރިވެލިއެވެ. “މިތަން ނަގާލައްޗޭ” އަތުން ތަންކޮޅެއް ދައްކާލަމުން އެޕޮލިސް މީހާ ބުނެލިއެވެ. “ކޮބާ މިއަދު ކޮން ކެއުން ގަނޑެއް ކާދުވަހެއް ފަހުދު” އިންވެސްޓިގޭޝަންގެ ކަންތައް ބަލާ އަދި މި މަސައްކަތުގެ ބޮޑަކަށް އުޅޭ ރާއިދު އެމީހުންނާއި ކައިރިވެލަމުން އަހާލިއެވެ. ފަހުދު ރާއިދު ފެންނަ އިރަށް އެތަނުން ތެދުވެލިއެވެ. އަދި ސަރ އޭ ބުނެލިއެވެ. “ހަމަ މިވީ ދެމަސް ދުވަސް ތެރޭގައި ކާ އެއްޗެއް މިއަދުވެސް މި އޮތީ… ކާން ޖެހިފައި” އެމަސްގަނޑާއި ދިމާލަށް ބަލާލަމުން ފަހުދު ބުނެލިއެވެ. ރާއިދު މަޑުމަޑުން މަސްގަނޑާއި ކައިރިވެލިއެވެ. “ކާކު ކަން އެގިއްޖެތަ” ބޮލުގެ އިސްތަށިގަނޑާއި ދިމާލަށް ބަލާލަމުން ރާއިދު އަހާލިއެވެ. “ނޫން… އަދި ނޭނގެ.. ބަލާލާފަ ވެސް އެނގޭ ވަރެއް ނޫން… ކުރިން ފަހަރު ހެން މިފަހަރުވެސް ހަމަ އެގޮތް… ހަމަ ސޭމް އެމޯ… ” ފަހުދު ބުނެލިއެވެ. “އެހެންތަ… އެހެންވީމަ މިތަނުގަ ބަލާނެ އެއްޗެއް ނެތެއްނުން… އާހިލް.. ރަނގަޅަށް ފޮޓޯ ނަގާތި… ކޮބާތަ ނަދީމް.. އަދިވެސް އޭނަ ނާދޭތަ” ނަދީމް އަކީވެސް އެގްރޫޕްގެ މީހެކެވެ. “އަޅުގަނޑު މިހުރީ” ނަދީމްގެ އަޑު ފަހަތުން އިވުނެވެ. ރާއިދު ފަހަތަށް ބަލާލިއެވެ. ނަދީމްގެ ކަރުގައިވެސް ކެމެރާއެއް އޮތެވެ. ” ޔަ އަސްލު ބޭރުގަ ތިބި މީހުންވެސް ފޮޓޯ ނަގާލާށޭ ބުނަންވެގެން މި ހޯދަނީ” ރާއިދު ހީލަމުން ބުނެލިއެވެ. ބޮލުން އާއެކޭ ބުނެލަމުން އަނެއްކާވެސް ނަދީމް ބޭރަށް ނިކުތެވެ.

މިއީ ރާއްޖޭގައި މިގޮތަށް ހިގި ތިންވަނަ ގަތުލެވެ. އެންމެ ފުރަތަމަ މީހާ ފެނުނީ މީގެ ދެމަސް ކުރިންނެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެކަންތައް އޮތީ ސޯލްވް ނުކުރެވިފައެވެ. ތިންމީހުން މެރި އިރުވެސް ޕޮލިހުންނާއި ސިފައިންނަށް އެތަނުން އެއްވެސް މީހެއްގެ ފިންގާ ޕްރިންޓެއް ފެނިފައެއް ނުވެއެވެ. އދި ޑީ.އެން.އޭ އެއްވެސް ލިބިފައެއް ނުވެއެވެ. އަދި އޭނގެ އިތުރަށް އެމީހުންނަށް އެތަނުން މަޑަރ ވެޕަންވެސް ފެނިފައެއް ނުވެއެވެ. ކޮންމެ ފަހަރަކު ތަފާތު މީހެކެވެ. ކުރިން މަރުވި މީހާ އާއި އެއްވެސް ގުޅެއް ދެވަނަ މީހާގެ ނުވެއެވެ. ފުރަތަމަ މީހާ މަރާލުމާއި އެކު އެންމެވެސް ހީކުރީ އެކަން ހުއްޓޭނެ ކަމަށެވެ. ނަމަވެސް ޕޮލިހުން އެގޮތަކަށް ނުވިސްނިއެވެ. އަދި އޭގެ ބަދަލުގައި އެކަން ރަނގަޅަށް ހޯދާ އިންވެސްޓިގޭޓް ކުރުމަށް ޓީމެއް ކަނޑައެޅުނެވެ. އެޓީމްގެ ހެޑެއް ގޮތުން ހަމަޖެއްސީ ޕޮލިސް އިންސްޕެކްޓަރ އަހްމަދު ރާއިދުއެވެ. އަދި އޭނަގެ ދަށުން މަސައްކަތް ކުރުމަށް  ސަބް އިނިސްޕެކްޓަރ އަހްމަދު ފަހުދު އާއި މުހައްމަދު ނަދީމްއެވެ. އަދި ވަރަށް ފަހުން ޕޮލިހަށް ޖޮއިންކުރި ކޯޕްރަލް ހުސައިން އާހިލްއެވެ. އަދި އޭގެ އިތުރަށްވެސް ގްރޫޕްގައި މީހުން އުޅެއެވެ. ނަމަވެސް ރާއިދުގެ އެދުމުގެ މަތިން ކޭސްތަކުގެ ޑީޓެއިލް އެގެނީ ފަސް މީހުންނަށެވެ. އެއީ ރާއިދުގެ މައްޗަށް ހުންނަ ވެރިޔާ ޑިރެކްޓަރ ބައިވެރިކުރުމުގެ ގޮތުންނެވެ.

“އަވަހަށް އަޅުވާލަބަލަ ހުރިހާ ފޮޓޯތަކެއް” ކްރައިމް ސީނުގެ ފޮޓޯތަށް ހިފައިގެން އައިސް އޮފީހަށް ވަންނަމުން ނަދީމް ބުނެލިއެވެ. އާހިލް ކެމެރާ ހިފައިގެން އައިސް ބޮޑު މޭޒު ކައިރީގައި އިށީދެލިއެވެ. އެންމެ ތިބީ މާޑަރ އިންވެސްޓީކޭޓް ކުރުމަށް އެމީހުންނަށް ލިބިފައިވާ މީޓީން ހޯލްގައެވެ. އެތަނުގައި ދެ ބޯޑެއް ބަހައްޓާފައި ކުރީގެ ދެމާޑަރގެ ޕޮޓޯތަށްވަނީ ހަރުކުރެވިފައެވެ. “އަޅެ އަހަރެންނަށް އަދި ނުވިސްނޭ …. ވައި ދިސް ޕީޕަލް” ނަދީމް އެތަނުން ބޯޑެއް ކައިރިއަށް މަޑުކޮށްލަމުން އަތުގައި އޮތް ގަލަން ބޯޑުގައި ޖައްސާލަމުން ބުނެލިއެވެ. “މިދެމީހުންގެ ކޮންކުށެއްތަ އޮތީ” އެތަނުގައި ހުރި ފޮޓޯތަކަށް ބަލަމުން ނަދީމް ބުނެލިއެވެ. އެވަގުތު ފަހުދު އެތެރެއަށް ވަދެގެން އަންނަ ތަން ފެނުނެވެ. ” ސަރ މިއަދުވެސް ތޯ” އާހިލްއަށް ފަހުދު ފެނުމާއި އެކު ބުނެލިއެވެ. މޫނުގައި ވާ ދާތަށް ފޮހެލަމުން ފަހުދު އިށީދެލިއެވެ. “މިއަދުވެސް ވަޓް” އާހިލްއާއި ދިމާލަށް ބަލާލަމުން ފަހުދު ބުނެލިއެވެ. “މިއަދުވެސް ފާހާނައަށް ވަދެފަތަ ތި އައީ… އެކަމަކު ވާ.. ފިރިހެނެއްތަ ތީ” ނަދީމްވެސް ބޭނުންވި ފަހުދު އާއި ދިމާކޮށްލާށެވެ. ފަހުދު އަކީ ލޭ ފެނުނީމަ ބޮލަށް ގޮތްވާ މީހެކެވެ. އެންމެ ފުރަތަމަ ކްރައިމް ސީނަށް ގޮސްފައި އެތަނަށް އަބުރައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. އަނެއްކާ އޮފީހަށް އައިސް ހޮޑުވެސް ލިއެވެ. އެކަމަކު މިހާރު އެބައި ވަރަށް ރަނގަޅު ކޮށްފިއެވެ. ރާއިދުގެ އެހީއާއި އެކުގައެވެ. އެހެންނޫންނަމަ މިއަދު ބޮޑީއާއި އެހާ ކައިރީގައި އޭނައެއް ނުއިނީހެވެ. “ޔާ ވެރީ ފަނީ… ކޮބާތަ ރާއިދު ސަރ” ފަހުދު ބުނެލިއެވެ. “ދިޔައީ ޑިރެކްޓަރ އާއި ބައްދަލު ކުރަން… ގޯޑް ނޯސް ވަޓް ވިލް ހެޕެން” ނަދީމް ބުނެލިއެވެ. “ކޮބާ އެއްޗެއް އެނގޭ ގޮތެއް ނުވޭތަ އަދިވެސް” ފަހުދު އާހިލްގެ ގޮޑީގައި ޖަހާލަމުން އަހާލިއެވެ. އޭރު އާހިލް އިނީ ލެޕުން ފޮޓޯތަށް ބަލާށެވެ.

“އެގޭނީ ކިހިނެއްތަ… މިހުރީ ވިއްޔަ މި މީހާއަށް ކޮށްފައިވާ ވަރު” އާހިލް ފޮޓޯތަށް ޕްރޮޖެކްޓަރއިން އަޅުވާލަމުން ބުނެލިއެވެ. ނަދީމްއާއި ފަހުދު އެދިމާލަށް ބަލާލިއެވެ. “ހަމަ ކުރީގެ ގޮތް ދޯ” ނަދީމް ބުނެލިއެވެ. “ނަތިން ޑިފެރެންޓް… ސޭމް… މޫނަށް ކޮށްލާފަ އެހުރި ވަރު ބަލާބަލަ… އެއްކޮށް ފިއްސާލާފަ… އަތުގެ އިނގިލިތަށް ކަނޑާލާފަ…ހައު ކޭން ސަމްވަން ޑޫ ދެޓް” ފަހުދު ބުނެލިއެވެ. “ހަމަ ގައިމުވެސް އިންސާނަކަށް ނުކިޔޭނެ” ނަދީމް ތެދުވެލަމުން ބުނެލިއެވެ. އެވަގުތު ދޮރު ހުޅުވާލާފައި ރާއިދު ވަދެގެން އަންނަތަން ފެނުނެވެ. “ސަރ ކިހިނެއްވީ” ރާއިދުގެ ހާސްކަމުން ފުރިގެންވާ މޫނު ފެނުމާއި އެކު ކަންތައްތަށް ދިޔައީ ރަނގަޅަކަށް ނޫންކަން އެތަނުގައި ތިބި އެންމެންނަށް އެގިގެން ދިޔައެވެ. “ކިހިނެއްވާނީ… ޑިރެކްޓަރ ވޯންޓް އާންސަރ… ލައިކް އަސް… ބަޓް ދަ ޓްރޫތް އިސް ވީ ޑޯންޓް ހޭވް އެނީ” ރާއިދުގެ ހާސްކަން ފާޅުވަމުން ދިޔަ މޫނު ރުމާލުން ފޮހެލަމުން ގޮޑީގައި އިށީދެލިއެވެ. “އަހަރެން ޑިރެކްޓަރ ބްލޭމް އެއް ނުކުރަން… އަސްލު ކޮންމެ މީހަކުވެސް ހާސްވާނެ ދޯ… އެމީހެއްގެ ބެލުމުގެ ދަށުގައި މިގޮތަށް ކަންތައް ވީމަ… މިއީ ތިންވަނަ ފަހަރު ވިއްޔަ.. ބަޓް ސްޓިލް ވީ ގޮޓް ނަތިން” ރާއިދު ބުނެލިއެވެ. “ވީ އާ ޓްރައިން… އިޒިންޓް އިޓް” ނަދީމް ބުނެލިއެވެ. ރާއިދު ނަދީމްއާއި ދިމާލަށް ބަލާލަމުން ހީލިއެވެ. އައެކޭ ބުނެލާ ގޮތަށެވެ. “ޕޯސްޓްމޯޓަމް ރިޒަލްޓް ލިބޭނީ ކޮން އިރަކުން” ރާއިދު އަހާލިއެވެ. “އަދި އިރުގަނޑެއް ވާނެ.. އެޓް ލީސްޓް އާފްޓާ ފޯ އަވާޒް” ފަހުދު ބުނެލިއެވެ. “ސޯ ނައު ވީ ގޮޓް ނަތިން” ރާއިދު ބުނެލިއެވެ. ފަހުދު އާއި ނަދީމް އަދި އާހިލް ރާއިދު އާއި ދިމާލަށް ބަލާލިއެވެ.

“އޭނަގެ އައިޑެންޓިފިކޭޝަން އެއް އެގިއްޖެތަ ނައު އާހިލް” ރާއިދު ތެދުވެ ފޮޓޯތަކާއި ދިމާލަށް ބަލާލަމުން އާހިލް އާއި ސުވާލު ކުރިއެވެ. “ނޯ ސަރ… އެކަމަކު އެގޭހާ ވެސް އެއްޗަކީ ފިރިހެނެއްކަން.. ނަތިން މަޗް… އެއްވެސް މީހަކު ގެއްލިގެން އުޅެކަމަށް ނެތް ރިޕޯޓް ކޮށްފައެއްވެސް… އެއްވެސް ރަށެއްގައި… ސޯ އަދި ނޭނގޭ ކާކު ކަމެއް” އާހިލް އޭނައަށް ލިބިފައިވާ މައުލޫމާތު ކިޔައިދިނެވެ. “އޯކޭ.. ސޯ ހަތަރު ގަޑިއިރު ވަންދެން އަހަރުމެންނަށް ކުރެވޭނެ ކަމަކީ ކުރީގެ ދެކޭސް އަލުން ބެލުން” ރާއިދު ފޮޓޯތަކަށް ބަލަމުން ވާހަކަ ދެއްކިއެވެ. “އަޅުގަނޑުމެން ކިތައް ފަހަރުތޯ ތި ކޭސްތަށް ބަލަންވީ ސަރ.. މިހާރު ހުރިހާ އެއްޗެއް ހިތު ދަސްވާ ވަރު ވެއްޖެ” ނަދީމް ބުނެލިއެވެ. ” އާހިލް… ހުރިހާ ކޭސްތަކެއް ގެނޭ.. އެންމެންވެގެން ބަލާނީ.. ހިނގާ ކޮންމެވެސް ކަމެއް ފާހަގަ ވޭތޯ ބަލަމާ” ރާއިދު ބުނެލިއެވެ. ހަގީގަތަކީ ނަދީމް އެބުނީ ތެދެއްކަން ރާއިދުއަށް އެނގޭ ކަމެވެ. ނަމަވެސް އޭނަ އުއްމީދު ދޫކޮށްލައިފިނަމަ ދެން ވާނީ ކިހިނެއްކަން ރާއިދުއަށް އެނގެއެވެ. ރާއިދުގެ ފުލުހުންގެ ހަޔާތުގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ޗެލެންޖް އަކީ މިމަސައްކަތެވެ. ކުރިއަށް ދެވޭނެ މަގެއް ނުފެނި އެތަށް ދުވަހެއް ވެއްޖެއެވެ. އުމުރުން 45 އަހަރު ވީ އިރު ރާއިދު މިހާ ނާއުއްމީދުވި ފަހަރެއް ނާދެއެވެ. އެކަމަކު އޭނައަށް އެކަން އެއްވެސް މީހަކަށް ނުދެއްކޭނެކަން އޭނައަށް އެނގެއެވެ.

ކުރީގެ ދެކޭސް ގެނެސްގެން އަލުން ދެކޭސް ރިވިއު ކުރަން ފެށިއެވެ. ތިން ވައިޓް ބޯޑް އެތަނަށް ވެއްދުނެވެ. “ފުރަތަމަ ކޭސް ކިޔައިދީބަލަ” ރާއިދު ތެދުވެ ރަތްކުލައިގެ މާކަރއެއް ނަގަމުން ބުނެލިއެވެ. ނަދީމް ފައިލް ހުޅުވާލިއެވެ. “25 އަހަރުގެ ޒުވާން ފިރިހެނެއް.. ސޭމް.. މޫނު ފިއްސާލަފަ ނޫނީ އަންދާލާފަ.. ހުރިހާ އިނގިލި ވަކިކޮށްލާފަ… 18 ތަނަކަށް ވަޅި ހަރާފައި…” ނަދީމް ކިޔައިދެމުން ދިޔަ ވަރަކަށް ރާއިދު ދިޔައީ ހުދު ބޯޑުގައި ލިޔަމުންނެވެ. “ދެވަނަ ކޭސް” އަނެއް ބޯޑު ކައިރިއަށް ޖެހިލަމުން ރާއިދު ބުނެލިއެވެ. ” 20 އަހަރުގެ ކުއްޖެ… ފިރިހެން… ހުރިހާ އިނގިލިތަކެއް ބުރި ކޮށްލާފައި… މޫނު އަންދާލާފައި… 20 ތަނަކަށް ވަޅި ހަރާފައި” ފަހުދު ކިޔައިދިނެވެ. “އަސްލު މިދެމީހުން މަރުވީ ކިހިނެއްތަ” ރާއިދު ތިން މީހުންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ” ޑޮކް ބުނާ ގޮތުން ބަނޑަށާއި މެއަށް ލިބިފައިވާ ގެއްލުމުން… ފުރަތަމަ ކޭސްގަ ބަނޑަށް 10 ފަހަރު ވަޅި ހަރާފައި އަދި މެއަށް 03 ފަހަރު.. އެގޮތުން ހިތަށް ވަނީ އެއްފަހަރު އަރާފައި” އާހިލް ބުނެލިއެވެ. “ސޯ ދެޓް ކިލް ހިމް” ނަދީމް ބުނެލިއެވެ. ރާއިދު ނަދީމް އާއި ދިމާލަށް ބަލާލިއެވެ. “ދެވަނަ ކޭސްގަވެސް ޑޮކް ބުނަނީ އެގޮތަށް ތިން ފަހަރު މެއަށް ހަރާފައިވާކަމަށް.. އޭގެން އެއްފަހަރު ސީފާ ހިތަށް އަމާޒުކޮށް ހަރާފައިވާ ކަމަށް… އަދި އެއީކަމަށް އޭނަ މަރުވި ގޮތަކީ” ނަދީމް ބުނެލިއެވެ. “ސޯ ދިސް ޕާސަން ވޯންޓް ވިކްޓިމް ޓު ސަފަރ އަ ލޮޓް” ރާއިދު ބުނެލިއެވެ. ތިން މީހުންނަށް އެއްފަހަރާ ބޯ ޖަހާލެވުނެވެ. “އަސްލު ހީ އިސް ގުޑް އިނގޭ.. އެއްވެސް ފަހަރަކު އޭނަ ފިންގާ ޕްރިންޓްއެއް ޑީ.އެން.އޭވެސް ލިބިފައެއް ނުވޭ އެއްވެސް ސީން އަކުން” ފަހުދު ބުނެލިއެވެ. “ޔާ .. އެކަމަކު އެއީ މޮޅުވުމެއް ނޫން.. އެއްވެސް މުޖުރިމަކީ މޮޅު މީހެކޭ ހީކޮށްފިއްޔާ އަހަރުމެންނަށް އޭނަ ހޯދަން އުދަގޫވާނެ” ރާއިދު ބުނެލިއެވެ. ފަހުދު އިސްޖަހާލިއެވެ.

“އަސްލު ސަރ އެބުނީ ދޮގެއް ނޫން … ސަރ… މިގޮތަށް ކަމެއް ކޮށްފަ އަދި ބޮޑީ އެކަހަލަ ތަނަކަށް އެއްލާލާއިރު އެއްވެސް އެއްޗެއް ނުފެންނަ ގޮތަށް އެއްލާލެވޭނީ މޮޅުވީމަ” އާހިލް ފަހުދުގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. ފަހުދު އެވަގުތު އާހިލް އަށް ހިނިތުންވެލިއެވެ. “ޔާ.. އެކަމަކު އެއީ ސިކް ޕާސަންއެއް.. މިގޮތަށް މީހަކާއި ދޭތެރޭގައި ކަންތައް ކުރެވޭނީ ވަރަށް ސިކް ވީމަ” ރާއިދު އެތަނަށް އަޅުވާފައި ހުރި ފޮޓޯތަށް ދައްކާލަމުން ބުނެލިއެވެ. އޭނަ ގަބޫލު ކުރާ ގޮތުގައި އެމީހާއަކީ އެއްވެސް މޮޅު މީހެއް ނޫނެކެވެ. “އެސް ކިއުޒް މީ ސަރ” ކުއްލިއަކަށް އިވިގެން ދިޔައީ އަންހެނެއް ގެ އަޑެވެ. ހަތަރު މީހުންގެ ސަމާލުކަން އެއަޑު ހޯދިއެވެ. “ޔޭސް” ރާއިދު އެކުއްޖާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ޔުނިފޯމްގައި ހުއްޓިލައިގެން ހުރި ކުއްޖާގެ ދޮން މޫނުމަތިން ފެންނަމުން ދިޔައީ ކުޑަކޮށް ނަމަވެސް ވަރުބަލިކަމެވެ. އަތުގައި ފައިލްއެއް އޮތެވެ. ބޮލުގައި ތޮފި އަޅާފައި އޮތް އިރު އިސްތަށިކޮޅެއް ވަނީ ވެއްޓިފައެވެ. “ސޮރީ ފޮ ޑިސްޓާބެންސް.. ބަޓް ހައި ތިންކްސް ދިސް ވަން އިސް އިމްޕޯޓެންޓް” އެކުއްޖާ އިސްތަށިކޮޅު ތޮފީ ތެރެއަށް ލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. “ވަޓް” ރާއިދު އަހާލިއެވެ. “މި ރިޕޯޓް… ޑޮކް ބުނީ ފުލީ ރިޕޯޓް ނިމޭނީ އިރުކޮޅަކުންނޯ.. އެކަމަކު މި މައުލޫމާތު މުހިއްމުވާނެތީ” އެކުއްޖާގެ ބުނެލިއެވެ. ފަހުދު އެވަގުތު ނަދީމްގެ ގޮޑީގައި ޖެހިލިއެވެ. ނަދީމް ފަހުދުއަށް ލޯ އަޅާލަމުން އެކުއްޖާއާއި ދިމާލަށް ބަލާލިއެވެ. “ކޮން ނަމެއްތަ ކިޔަނީ” ރާއިދު އަހާލިއެވެ. “އާމް.. އަޅުގަނޑަށްތޯ.. މާއިން ސަރ” މާއިން ލަދުން ހުރެ ނަން ބުނެލިއެވެ. “އޯކޭ މާއިން.. ކީކޭތަ ރިޕޯޓްގައި އޮތީ.. ތިހާ މުހިއްމުވީ” ރާއިދު ގޮޑިއެއް ކައިރިކޮށްލަމުން އިށީދެލުމަށް މާއިން ކައިރީގައި ބުނެލިއެވެ. އެވަގުތު މާއިން އެތަނުގައި ތިބި ތިން މީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ފަހުދު ނުބައި ފާޑަކަށް ހީލާފަ އިން އިރު ނަދީމްގެ ތޫނު ނަޒަރު ހުއްޓިފައިވަނީ މާއިންގެ މޫނަށެވެ. އާހިލްގެ މޫނު މަތިންވެސް ވަނީ ފަޑު ހިނިތުންވުމެކެވެ. “ޑޮކް ބުނީ ވިންޓިމް އަކީ 18 އަހަރުގެ ކުއްޖެއް ކަމަށް… މިފަހަރު 30 ތަނަކަށް ވަޅި ހަރާފައިވޭ… އެންޑް މިފަހަރު އަސްލު މަރުވެފައިވަނީ ކަރުގައި ވަޅި އަޅުވައިގެން..” މާއިން ބުނެލިއެވެ. “ވަޓް” ރާއިދު ހައިރާން ކަމާއި އެކު ބުނެލިއެވެ. އަދި ފޮޓޯތަކާއި ކައިރިއަށް ޖެހިލިއެވެ. “ކީއްވެތަ އަހަރެންގެ ލޮލުގައި ތިކަން ނާޅައިގަތީ… އިތުރު ތަފްސީލެއް ލިބޭނެތަ މާއިން” ރާއިދު ބުނެލިއެވެ. “އަދި ގާތްގަނޑަކަށް ތިން ގަޑިއުރ ވާނެ” މާއިން އިސްޖަހާލަމުން ބުނެލިއެވެ. “ތެންކްސް އަ ލޮޓް” އެހެން ރާއިދު ބުނެލުމާއި އެކު މާއިން އެތަނުން ނިކުންނަށް ހިގައިގަތެވެ. އެވަގުތު ފަހުދު ވަރަށް ބާރަށް ކަރު ކެހިލިއެވެ. ނަދީމް ފަހުދުގެ ކޮނޑުގައި ބޮޑިއެއް އަޅާ މައިތިރި ކޮށްލިއެވެ.

“ކީއްވެތަ އަހަރުމެންނަށް އެކަން ނުފެނުނީ” ރާއިދުގެ ހަރުއަޑުން އެންމެން ހަމަހިމޭން ވިއެވެ. ” އާހިލް ފޮޓޯތަށް އަޅުވާލަބަލަ” ރާއިދު ބުނެލިއެވެ. އާހިލް ފޮޓޯތަށް އަޅުވާލިއެވެ. “އަސްލުވެސް.. މިފަހަރު ތަފާތަކީ އޭނަގެ ކަރުގައި ވަޅި އަޅާފަ އިންކަން” ފޮޓޯ ފެނުމާއި އެކު ފަހުދު ބުނެލިއެވެ. “ތެންކްސް… އެކަމް މިހާރު އެކަން އެގިއްޖެ” ރާއިދު ބުނެލިއެވެ. ރާއިދު މަޑުމަޑުން ފޮޓޯތަކަށް ބަލަމުން ދިޔައެވެ. ފަހުދުވެސް އަދި ނަދީމްވެސް ކޮޕީ ނަގާފައި މޭޒުމަތީގައި ބަހައްޓާފައި ހުރި ގަނޑުތަކަށް ބަލަމުން ދިޔައެވެ. އާހިލް ދިޔައީ ލެޕުން ފޮޓޯތަށް ބަލަމުންނެވެ. “އިތުރު ތަފާތެއް” ރާއިދު ބުނެލިއެވެ. އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ރާއިދު އެންމެންނާއި ދިމާލަށް ބަލާލިއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ވަރުބަލިކަން ރާއިދުއަށް ފާހަގަވިއެވެ. “އޯކޭ ލެޓްސް ޓޭކް އަ ބްރޭކް… ކޮންމެ ގޮތެއްވިޔަސް ޕޯސްޓް މޯޓަމްގެ ނަތީޖާވެސް ލިބޭނީ ތިންގަޑި އިރު ފަހުން. ނަދީމް ތިންގަޑިއިރު ފަހުން އަންނަ އިރު ބޮޑީގެ ހުރިހާ މައުލޫމާތެއް ހިފައިގެން އާދޭ… ފަހުދު ހުރިހާ ކޭސްތަކެއް އަލުން ރިވިއުކޮށް ފަހުދުއަށް ފާހަގަވާ ތަފާތުކަންތައްތަށް ބަލައިގެން އާދޭ… އެންޑް އާހިލް… ޔުރ ވޯކް އިޒް ހުރިހާ ފޮޓޯތަކުންވިޔަސް އަދި އެތަނަށް ގޮސްގެންވިޔަސް ބޮޑީ ފެނުންތަނުން އެއްވެސް ކަހަލަ ކަމެއް އިތުރު ކަމެއް ފާހަގަ ވޭތޯ ބެލުން.. ސޯ ލެޓްސް މީޓް އާފްޓަރ ތިރީ އަވާޒް… އޯކޭ” ރާއިދު އެންމެންނަށް މަސައްކަތްތަށް ބަހާލިއެވެ. އަދި ކުޑަ ހިނިތުން ވެލަމުން އެތަނުން  ނިކުންނަށް ހިގައިގަތެވެ.

“މީދެން ކިހާ ދެރަކަމެއް… ކެޔަސް ބުޔަސް މި ޖެހެނީ ފޮޓޯތަށް ބަލަން.. މިހާރު ނިދިފަ އޮތަސް އަދި ހޭލާ ހުއްޓަސް މަށަށް ފެންނަނީ މި އެއްޗެހިތަށް” ފަހުދު ފޫހިކަމާއި މޭޒުމަތީގައި ހުރި ފޮޓޯތަށް އެއްކުރަމުން ބުނެލިއެވެ. “އޯކޭއެއްނުން.. އޭރުވެސް ތިހުރި ފިޑިކަމެއް ކެނޑެނިކޮށް” ނަދީމް ހިނިތުންވެލަމުން ފަހުދުއަށް އެހީވަން ފެށިއެވެ. “އާ ދެން ކަލޭ ބުނޭ ތިހެން.. ކަލެއަށް ރަނގަޅެއްނުން… އެ ލެބޯޓްރީއަށް ކަލެއަށް ވަދެވެނިކޮށް އެނިމުނީ… އަހަރެންނަށް ހީވަނީ ރާއިދުސަރ އަށް މިހާރު ކަލޭމެންގެ ކަންތައް އެނގޭހެން… އެހެންނޫންނަމަ ކަލޭ އެތަނަކަށް ނުފޮނުވާނެ ކީކޭ އާހިލް ބުނަނީ” އާހިލް މާމަޑުން އިނުމުން ފަހުދު އާހިލް އާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “އަޅުގަނޑު ތި ތަޅާފޮޅުމުގެ މެދަށް ލާން މަސައްކަތް ނުކުރޭ… ނޯ ކޮމެންޓް… މިދަނީ ފުރަތަމަ ސީންއަށް…” ލެޕް ލައްޕާލަމުން އާހިލް ތެދުވިއެވެ. އާހިލް އެހެން ބުނެލުމުން ނަދީމް ހީގަތެވެ. އާހިލް އިތުރު އެއްޗެކޭ ނުބުނެ ނިކުތެވެ.

ނުނިމޭޭ….

14

14 Comments

 1. sal

  October 31, 2014 at 3:46 pm

  Vaahaka v reethi. Waiting for the next part

 2. kiyuntheri eh

  October 31, 2014 at 4:21 pm

  Vvvvvvv rythi… Ekm haadha lahey update kohdhey leh…

 3. roo

  October 31, 2014 at 4:51 pm

  Haadha gina dhuvaheh koffa ey fantasy ge story eh kiyaalan mi libuny.. vaahaka v reethi.. ingey dhn fantasy ge story eh vejjeyya hadi eh nuvaanekan… dhn oyy bai vs avahah kiyaalan libeyne kamah ummeedhu kuran..

 4. shaaar

  November 1, 2014 at 1:56 pm

  vara salhi hama habeyx like it <3

 5. roxe

  November 1, 2014 at 4:48 pm

  mashah heevany fantasy aky police kujjeh hen…ehen veema mihaa molhah police case thah liyan ingeny…noontha? …i like it <3

 6. Baby

  November 2, 2014 at 1:21 pm

  Savdhaan Maldives… :p

 7. sara

  November 2, 2014 at 9:37 pm

  varah salhi, waiting 4 the next part!!!!!!

 8. sum 1

  November 3, 2014 at 9:04 pm

  ok ekam haadha english words gina ey. solve-hallu, detail-thafseelu, adhives faahaga kurevunu baeh words. dialog ga use kurias story kiyaidhey iru eng words use kureema odd

 9. Fantasy

  November 4, 2014 at 11:14 am

  hiyaal dhevi hurihaa kudin nah v bodah shukuriyya… fantasy balaanan hafathaaku dhefaharu vaahaka up koh dheveythoo.. and hurihaa kudinge hiyaalves fantasy v beynun 🙂
  roxe fantasy aky police kujjeh nun igey <3
  sum 1 fantasy massakai kuraanan kuda koh english bai kuda kohelveythoo igey <3

 10. shaali

  November 11, 2014 at 3:42 pm

  varah salhi!!!!!!! 🙂

 11. min

  November 23, 2014 at 7:36 pm

  Vaanuvaa eh neygey

 12. min

  December 7, 2014 at 1:53 pm

  too many ppl

 13. nax

  May 14, 2015 at 12:47 am

  V reethi mivaahaka

 14. a

  September 30, 2016 at 1:04 pm

  this was realy awsome and v.reethi

Comments are closed.