Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެލީޝާ
ލޯބި

އެލީޝާ (12ވަނަބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
November 9, 2014 4 Mins Read
16 Comments

ރޭގަނޑުގެ ވަގުތެވެ. އެލީޝާ ފާހާނާއިން ނުކުތްއިރު ކަރަމް ހުރީ ބެލްކަނީގައެވެ. އެލީޝާ ނިންމީ މިގަޑީގައި ކަރަމްގެ ގާތުން މާފަށް އެދުމަށެވެ. އެލީޝާ އެދިމާއަށް ދާންނެގި ފިޔަވަޅަށް ހުއްޓުންއެރީ ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. ކަރަމްވެސް ފަސްއެނބުރި ބަލާލިއެވެ. އެލީޝާގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ ކިޔާރާއެވެ. އޭނާގެ މޫނު މަތިން ފެންނަންހުރީ ހާސްކަމެވެ. ކިޔާ ކިހިނެއްވީ…؟؟؟ ކަރަމް އައިސް ކިޔާރާގެ ގާތުގައި އަހާލިއެވެ. “ތިއްތީ…. ދޮންބެދައްތަ ބަނޑުގައިރިއްސާތީ އެބައުޅެ…. ހިނގާބަލަ….” ކަރަމްގެ އަތުގައި ހިފާލަމުން ކިޔާރާ ބުނެލިއެވެ. “އެހެންތަ…؟؟؟ ހިނގާ އަވަހަށް….” މިހެން ބުނެފާ ކަރަމް ކިޔާރާއާއިއެކު ހިނގާގަތެވެ. އެލީޝާވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ. އެލީޝާމެން އަރޫނާމެން ކޮޓަރިއަށް ދިޔައިރު ހަފްސާއާއި ކައުޝަލްގެ އިތުރުން ރިޝާވެސް އަރޫނާގެ ގާތުގައި ތިއްބެވެ. “ދޮންބޭ… އެމްބިއުލާންސް އައިއްސި….” ކިޔާން ދުވެފައި ކަހަލަގޮތަކަށް އައިސް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ކައުޝަލް އަރޫނާ އަތްމައްޗަށް ނަގައިގެން ގެންގޮސް އެމްބިއުލާންސްއަށް އެރުވިއެވެ. ކައުޝަލްއާއިއެކު ހަފްސާއާއި ކިޔާރާވެސް އެމްބިއުލާންސްއަށް އެރިއެވެ. އެލީޝާއާއި ރަޝާ ދިޔައީ ކަރަމް އާއި ކިޔާންއާއި އެކު ސައިކަލްގައެވެ. ހާސްވެފައި ހުރިވަރުން ކަރަމްއަށް ސައިކަލް ދުއްވުނީ ތަންކޮޅެއް ބާރަށެވެ. “ކަރަމް….” މާބާރަށް ދުއްވުމުން ބިރުގެންފައި އިނދެ ކަރަމްގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލަމުން އެލީޝާ ކަރަމްއަށް ގޮވާލިއެވެ. ކަރަމް ސައިކަލްގެ ދުވެލި މަޑުކޮށްލީ އެލީޝާ ބިރުގެންފާ އިނުމުންނެވެ.

ހޮސްޕިޓަލަށް ގެންދިޔުމާއިއެކު އަރޫނާވެއްދީ ވިއްސާ ކޮޓަރިއަށެވެ. އެންމެން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ފަހުމީވެސް ހަފްސާ ގުޅާފައި ބުނުމުން ވަގުތުން މާލެއައެވެ. އަރޫނާ އެތެރެއަށް ވެއްދިތާ ގަޑިއެއްހާއިރުފަހުން ލޯބިލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ ކުލަވަރުތަކެވެ. އަރޫނާއާއި ބޭބީގެ ހާލުވެސް ރަނގަޅުކަމުން ދެދުވަހެއްގެ ތެރޭގައި ގެޔަށް ފޮނުވާލާފިއެވެ.

އަރޫނާ ވިހޭފަހުން އެލީޝާ ގިނަވަގުތު ހޭދަކުރަނީ އަރޫނާމެންގެ ދަރިފުޅު އަރީކާ ގާތުގައެވެ. ދަރިފުޅުގެ ކަންތަކުގައި އެލީޝާ އަރޫނާއަށް އެހީވެދެއެވެ. ކަރަމް އެލީޝާޔާ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކާތީ އެލީޝާއަށްވެސް ކަރަމްއާ ވާހަކަ ދައްކާކަށް ނުކެރެއެވެ. އެއްދުވަހެއްގެ މެންދުރުފަހެވެ. ކަރަމް ޑިއުޓީ ނިންމާފައި ގެއަށް އައިސް ކޮޓަރިއަށް ވަންއިރު އެލީޝާ ކޮޓަރިއަކު ނެތެވެ. ކަރަމް ސިޓިންގްރޫމަށް ނުކުތްއިރު ހަފްސާ ސޯފާގައި އިނެވެ. “މަންމާ ކޮބާ އެލީ…؟؟؟ ކޮޓަރިއަކުވެސް ނެތް….؟؟؟” “އަރޫނާމެން ކޮޓަރީގަ ކަންނޭނގެ ވީ…” ކަރަމްއަށް ބަލާލަމުން ހަފްސާ ބުނެލިއެވެ. “ތެދެއް ކަރަމް…. އޭނަ އެބައިން އަހަރެމެން ކޮޓަރީގަ…. އޭނާ ނުފެނިއްޖާ ޖެހޭނީ ފުރަތަމަވެސް އަހަރެމެން ކޮޓަރިބަލަން…” ހީލަމުން ކައުޝަލް މިހެން ބުނުމުން ހަފްސާވެސް ހޭންފެށިއެވެ. ކަރަމް ކައުޝަލްއާއިއެކު އެކޮޓަރިއަށް ދިޔައިރު އެލީޝާ އަރީކާގެ ކޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ. “އެލީ މިހާރު އުޅޭ ގޮތުން ކަރަމް ޖެހޭނީ ޑިއުޓީން އަންނަ ގޮތަށް އެލީ ހޯދަން މުޅިގޭގަ އަތްފުނާ އަޅަން….” ލާނެއް ގޮތަކަށް ކައުޝަލް މިހެން ބުނުމުން އަރޫނާ ހޭންފެށިއެވެ. އެލީޝާއަށް ބަލާލެވުނީ ކަރަމްއާ ދިމާއަށެވެ. ނަމަވެސް ކަރަމް އެލީޝާއަށް ބަލާވެސް ނުލާ ގޮސް އަރީކާގެ ގާތުގައި އިށީނދެ އަރީކާގެ ކޮލުގައި ފިރުމާލިއެވެ. “އެލީ މަންމަ ރަށުން ފޮނުވި އެއްޗެއް ހުންނާނެ ކޮޓަރީގަ….” އެއިންގޮތަށް އިނދެ ކަރަމް ބުނެލިއެވެ. ކަރަމްގެ މި އަޅާލުން ކުޑަކަމުން އެލީޝާ ވަރަށް ދެރަވިއެވެ. ” ކަރަމް އަހަންނަށް ހީވަނީ ދެން ކަރަމްމެންވެސް ބޭބީއެއް ހޯދަންވީ ކަންނޭނގެ….” އަރޫނާ މިހެން ބުނުމުން އެލީޝާއަށާއި ކަރަމްއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. “ކީއްވެ ތިހެން ތިބުނީ….؟؟” ކަރަމް އަހާލިއެވެ. “އަހަންނަށްހީވަނީ އެލީ ވަރަށް ބޭބީއެއް ބޭނުންވޭ ކަންނޭނގެ…. އޭނަޔަށް އެންމެ ހިނދުކޮޅަކުވެސް އަރީއާ ދުރުގައެއް ނުހުރެވެ….” އެލީޝާގެ ކޮނޑުގައި ހިފަހައްޓާލަމުން އަރޫނާ ބުނެލިއެވެ. “ތީ ދޮންބެދައްތައަށް ހީވާގޮތް…. އޭނަ ކުއްޖަކު ބޭނުމެއް ނުވާނެ….” މިހެން ބުނެފައި ކަރަމް ކޮޓަރިން ނުކުމެގެން ދިޔައެވެ. އެލީޝާއަށް ކަރަމް ދިޔަ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ކަރަމް އެބުނީ ކީކޭކަން އެލީޝާއަށް ރަނގަޅަށް އެނގެއެވެ. “އެލީ…..” އެލީޝާ ސިހިގެން ދިޔައީ އަރޫނާ އެލީޝާގެ ކޮނޑުގައި ހިފާ ތަޅުވާލުމުންނެވެ. “ކިހިނެއްވެފަ ތިއިނީ… ކީއްވެ ކަރަމް އެހެން އެބުނީ….؟؟؟ އަނެއްކާ ދެކުދިން މައްސަލައެއް ޖެހުނީތަ….؟؟؟؟” “ނޫނޭ….. މައްސަލައެއް ނުޖެހެ….. އޭނަ ކޮންމެވެސް ކަމަކާ ބޯގޮވާފަ ހުރީމަ ކަންނޭނގެ އެހެން އެބުނީ…. އަހަރެން އެބަ އަންނަން….” މިހެން ބުނެފާ އެލީޝާ ހިނގައިގަތެވެ.

ދުވަސްކޮޅެއް ފަހެވެ. އެލީޝާއާއި ހަފްސާއިނީ އެލީޝާމެންގެ ކޮޓަރީގައި ފޮޓޯ އަލްބަމެއް ބަލާށެވެ. ކަރަމްވެސް އެނދުމަތީގައި ލެޕްޓޮޕް ހިފައިގެން ފިލްމެއް ބަލަން އޮތެވެ. ކުއްލިއަކަށް އެލީޝާ އޯކަށް ދެމިގެންފައި ދުވެފާގޮސް ފާހަނައަށް ވަނެވެ. އެލީޝާގެ ފަހަތުން ހަފްސާއާއި ކަރަމްވެސް ދިޔައެވެ. އެލީޝާއަށް ފާހަނައަށް ވަދެވުނީ ކިރިޔާއެވެ. ހޮޑު ލެވިއްޖެއެވެ. ކަރަމް ދުވެފައި ގޮސް ފެންތަށްޓެއް ހިފައިގެން އައެވެ. “ދަރިފުޅާ ކިހިނެއްވީ….؟؟؟ ދަރިފުޅު ބަލީތަ….؟؟؟” އެލީޝާ ފެންފޮދެއް ބޯލުމުން ހަފްސާ އެލީޝާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. “ނޫން މަންމާ…. އެކަމަކު މިދުވަސްކޮޅު ހުންނަނީ ކުޑަކޮށް ބޮލަށް އެނބުރުން އަރާ ގޮތްވެފަ….” އެލީޝާ ނިތްކުރީގައި ފިރުމާލަމުން ބުނެލިއެވެ. “އެހެންތަ…؟؟؟ ދެން ދަރިފުޅު ކީއްވެ މަންމަގާތު ނުބުނެ ތިހުރީ…. މަންމަޔަށް އެނގިއްޖެ ތިވާގޮތް….” “މަންމާ އެއީ އެވަރު ކަމެއް ނޫނޭ…. ދޭތެރެއަކުން އެކަހަލަ ގޮތްގޮތް ވާނެ…. އަނެއްކޮޅުން…..” “މާ ވާހަކަ ގިނަނުކޮށް އާދޭ މިތާ އޮންނަން…. މަންމަ ބުނެފީމެއްނު ތިވާގޮތް މަންމައަށް އެނގެއޭ….” އެލީޝާ ވަހަކަ ދައްކަ ދައްކާ ހުއްޓާ ހަފްސާ އެލީޝާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. “ކަރަމް…. ޑޮކްޓަރ ރަޝީދުއަށް ގުޅާބަލަ….” އެކީކުރަން މަންމާ…..؟؟؟؟ އެލީ އެބުނީނު މާބޮޑުކަމެއް ނުވެއޭ…..” “ދެން މަންމަ މި ބުނީނު ގުޅާށޭ….” ހަފްސާ މިހެން ބުނުމުން ކަރަމް ޑރ ރަޝީދުއަށް ގުޅިއެވެ. “ދަރިފުޅާ މަންމައަށް ހީވަނީ ދަރިފުޅު ބަނޑުބޮޑީހެން….” ހަފްސާ މިހެން ބުނުމުން އެލީޝާއަށާއި ކަރަމްއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ކަރަމް ދެލޯ ބޮޑުކޮށްލީ ވެގެން މި އުޅެނީ ކީއްހޭ ބުނާކަހަލަ ގޮތަކަށެވެ. އެލީޝާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ. “ދަރިފުޅާ އަދިވެސް އިނީތަ…. މިތާ އޮށޯވެބަލަ….” ހަފްސާ ބުނެލިއެވެ. “އެކަމަކު މަންމާ….” “ދަރިފުޅު މިޔަދު ހާދަ ހާސަރު ގިނަވެގެން އުޅޭ ދުވަހެކޭ….. ދެން މިތާ އޮށޯވެބަލަ…. އެހާ ގިނައިން ވާހަކަ ނުދައްކަބަލަ…..” މިހެން ބުނެފާ ހަފްސާ އެލީޝާ އެނދުމަތީ ބޭއްވިއެވެ. އެލީޝާ ކަރަމްއަށް ބަލާލިއެވެ. އޭރު ކަރަމް ވަގުހިންޏެއް އައިސްފައި އެލީޝާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެލީޝާ ރުޅިއައިސްގެން ދެލޯ ބޮޑުކޮށްލުމުން ބޯކަހާލަމުން އަނެއް ފަރާތަށް އެބުރުނެވެ. އޭރުވެސް ހަފްސާގެ ސަބަބުން އެލީޝާއަށް އުޅެންޖެހުން ގޮތުން ކަރަމްއަށް ހެވެވެނީއެވެ. އެލީޝާ ހިތާހިތުން ކަރަމްއަށް ކުދިކިޔާލިއެވެ. އެވަގުތު ޑރ ރަޝީދު އައިސް ވަނެވެ. ” މާބޮޑު ކަމެއް ނުވެ… ގިނައިން ފެން ބޮއެފަ ރަނގަޅަށް ކައިގެން ހުރީމަ ރަނގަޅުވާނެ…. ގިނައިރު ނުކައި ހުރީމަ ހޮޑުލެވުނީ….” އެލީޝާ ބެލުމަށްފަހު ޑރ ރަޝީދު ބުނެލިއެވެ. ރަޝީދުގެ ޖަވާބާއިއެކު ހަފްސާގެ މޫނުމަތީގެ އުފާވެރިކަން ގެއްލުނެވެ. “މަންމާ… އަހަރެން އޭރުވެސް ބުނީމެއްނު… މާބޮޑުކަމެއް ނުވެއޭ….” ރަޝީދު ދިޔުމުން އެލީޝާ ބުނެލިއެވެ. “މަންމައަށް މާ ބޮޑަށް އުއްމީދު ކުރެވުނީ… މަންމަ ހީކުރި މަންމަދެކެ އެންމެ ލޯބިވާ ދަރިފުޅު މަންމައަށް މާމަ ދަރިއެއް ހޯދަދޭނެ ކަމަށް….” ކަރަމްއަށް ބަލާލަމުން ހަފްސާ ބުނެލިއެވެ. “މަންމާ… އަރިއްކޮ އެހުރީނު މާމަ ކިޔަން….” ހަފްސާގެ ގާތު އިށީންނަމުން ކަރަމް ބުނެލިއެވެ. “މަންމަ ބޭނުންވަނީ އެންމެ މާމަ ދަރިއެއްނޫން….” މިހެން ބުނެފައި ހަފްސާ ބޭރަށް ނުކުމެގެން ދިޔައެވެ. ކަރަމް އެލީޝާއަށް ބަލާލިއެވެ. “ކޮންކަމަކާ ތިހެނީ….” އެލީޝާ ހެވިފައި އިނުމުން ކަރަމް އަހާލިއެވެ. މަންމަގެ ދަރިފުޅު ފުކަކަށް ވެފައިނީމަ…. މަންމަގެ ލޯބިވާ ދަރިފުޅު….. ހީވަނީ ހަމަ ކުޑަކުޑަ ބޭބީއެއްހެން….” ކަރަމްގެ ކޮލުގައި ހިފާލަމުން ހީގެންފައި އެލީޝާ ހިނގައިގަތެވެ. އެވަގުތު ކަރަމް އެލީޝާގެ އަތުގައި ހިފާލިއެވެ. އެލީޝާ ފަސްއެނބުރި ބަލާލިއެވެ. “އަހަންނާ ދިމާއަށްތަ ބޭބީ އެކޭ ތިބުނީ….؟؟؟؟” އެހުރިގޮތަށްހުރެ ކަރަމް އަހާލިއެވެ. އެލީޝާ ބޯ ޖަހާލިއެވެ. ކަރަމް އެލީޝާއާ ގާތްވެލިއެވެ. “ބޭބީއެއް ނޫންކަން އަންގާދޭނަން މިފަހަރު….” އެލީޝާ ފަހަތަށް ޖެހިލިއެވެ. ކަރަމް އެލީޝާގެ ގާތަށް ޖެހުނެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެލީޝާ ފާރުގައި ތަތްވިއެވެ. ކަރަމް އެލީޝާއާ ގާތްވެލީ ވައިރޯޅިއަށްވެސް އެދެމެދަށް ނުވަދެވޭހާ ގާތަށެވެ. ކަރަމް އެލީޝާގެ މޫނުގައި ހިފަހައްޓާލިއެވެ. އެލީޝާ ދެލޯ މަރާލިއެވެ. އެވަގުތު ކުއްލިއަކަށް ކަރަމްގެ ފޯނު ރިންގްވާން ފެށުމުން ދެމީހުން ދިޔައީ ސިއްސައިގެންނެވެ. އެލީޝާ ކަރަމްގެ އަތްދަށުން ދެމިގަނެގެން ދުވެފާ ނުކުމެގެން ދިޔައެވެ.

ދެތިންދުވަސް ފަހެވެ. އެލީޝާ ދިޔައީ ގޭކައިރީގައި ހުރި ފިހާރައަކަށެވެ. އެވަގުތު ކުއްލިއަކަށް މީހަކު އެލީޝާގެ އަތުގައި ހިފާލިއެވެ. “ހާދަ ރީތި ކުއްޖެކޭ…. ކޮންތާކަށް ތިދަނީ….” އެމީހާ ބުނެލިއެވެ. “ކަލެއަށް ކީއް… މަގޭ އަތުން ދޫކޮށްލާ….” މީހުން ބަލަން ފެށުމުން އެމީހާވެސް އެލީޝާގެ އަތުން ދޫކޮށްލިއެވެ.

އެލީޝާ ގެއަށް ވަންއިރު އެންމެން ހަމައަށް ސިޓިންގްރޫމްގައި ތިއްބެވެ. އަދި އިތުރު މީހަކު އެލީޝާއާ ފުރަގަސްވާގޮތަށް އިނެވެ. “އެލީ…. އާދެބަ…. އަހަރެންގެ ބޯއިފުރެންޑް މިއިނީ….” ކިޔާރާ މިހެން ބުނުމުން އެލީޝާ އެތަނަށް ދިޔައެވެ. އެވަގުތު އެލީޝާގެ ލޮލުގައި އަޅައިގަތީ ދެންމެ މަގުމަތިން އެލީޝާއާ ފޮށުން މީހާ ކަރަމްގެ ގާތު ސޯފާގައި އިންތަނެވެ. އެމީހާއަށް އެލީޝާ ފެނުމުން ސިހޭ ގޮތްވިއެވެ. އެންމެން ވާހަކައިގައި ތިބެފައި އެމީހާ ދިޔުމުން އެލީޝާ ކިޔާރާ ގޮވައިގެން ކިޔާރާގެ ކޮޓަރިއަށް ދިޔައެވެ. “ކިޔާ….ހުޝާމް އެއީ ރަނގަޅު މީހެއްތަ….؟؟؟” ހޫމް… ކީއްވެ ތިހެން ތިއެހީ…..” “އަހަންނަށް ހާދަ ހީނުވޭ…. އަހަރެން ދެކުނިން އޭނަ އަންހެން ކުއްޖަކާ ފޮށެނިކޮށް ތަންކޮޅެއް ކުރީ ދުވަހެއްގަ….” އެލީޝާއަށް ހަގީގަތަށް ބުނާކަށް ނުކެރުނެވެ. އެލީޝާ މިހެން ބުނުމުން ކިޔާރާ ހޭން ފެށިއެވެ. “ތީ އެލީ ހީވި އެއްޗެއް… ހުޝާމް އެއީ މަގުމަތީ ހިނގާފަ ދާއިރު އަންހެންކުއްޖަކާ ދިމާއަށް ބަލާލާ މީހެއްވެސް ނޫން…. އަހަންނަށް އޭނަ ވަރަށް ރަނގަޅަށްއިނގޭ….” “އެކަމަކު….” އެލީޝާ އުޅުނީ އެއްޗެކޭ ބުނާށެވެ. “އެލީ ޓުރަސްޓް މީ….. އެއީ ވަރަށް ރަނގަޅު މީހެއް….” މިހެން ބުނެފާ ކިޔާރާ އެތަނުން ނުކުމެގެން ދިޔައެވެ.

ރެޑްވިލްގޭ އެންމެން ހަލަބޮލިވަމުން ދިޔައީ ކިޔަރާގެ ކައިވެނީގެ ތައްޔާރީތައް ވުމުގައެވެ. އެލީޝާ ހުރީ ހުޝާމްއާ ދޭތެރޭ ހިތްހަމަ ނުޖެހިފައި ނަމަވެސް އެހެން މީހެއްގެ ގާތުގައި އެވާހަކަ ދައްކަން ނުކެރިފައެވެ. ކައިވެނީގެ ކަންތައް ނިމުމުން އެންމެން ދިޔައީ ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުބާރުގެއަށެވެ. ވަގުތު ޖެހުމުން މެހެމާނުންވެސް އަންނަން ފެށިއެވެ. ކުއްލިއަކަށް އެލީޝާގެ ލޮލުގައި އަޅައިގަތީ ރިޝާގެ އަތުގައި ހިފައިލައިގެން ކިޔާރާމެންނާ ސަލާމް ކުރަން ދިޔަ ޒުވާނާއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

އެލީޝާ
Previous

އެލީޝާ (11ވަނަބައި)

Next

ޤާޠިލް… 4 ވަނަ ބައި…

Next
November 10, 2014

ޤާޠިލް… 4 ވަނަ ބައި…

Previews
November 7, 2014

އެލީޝާ (11ވަނަބައި)

އެލީޝާ

16 Comments!

  1. green says:
    November 9, 2014 at 6:20 pm

    Wow…. V salhi… Migothah avahah up kohdhechey aneh part ves….i love this story… Risha kaireega huree eleege xboy friend dhw???

  2. pinky says:
    November 9, 2014 at 6:27 pm

    V reethi mi part. Avahah up kurahchey.

  3. me says:
    November 9, 2014 at 6:44 pm

    Miuvaan dhw Risha kaaryga e hury…? BTW thank you for the lovely story… Mi gothah avahah up kohdhehche.. Luv you…

  4. ifaa says:
    November 9, 2014 at 7:41 pm

    Reethi mi part vss .. Aneh bayah inthixaaru kuran.. v avahah up kohdhehchey ingey !!

  5. pinky says:
    November 9, 2014 at 10:40 pm

    V salhi story eh…..migothah up kohdheythi v like vey……dhen in part kudakoh dhigukoh dhehchey…..kuruvyma maa avahah nimeny kiyaa hithun indha

  6. elsa says:
    November 10, 2014 at 8:16 am

    vv salhi mi part ves.. thankx ehaa avaha up koh dhinyma

  7. beauty says:
    November 10, 2014 at 9:04 am

    avahah aney part up kohdhehchey eem..
    vvvvvvvvvvv reethi mi part =D
    love it…

  8. athoo says:
    November 10, 2014 at 4:46 pm

    އެ ޒުވާނާއަކީ މިއުވާން….

  9. look says:
    November 10, 2014 at 7:59 pm

    Vaahaka vv reethi. Ekam Elee marry kohgen ehaadhuvas veekamakah nuve kiyamun dhiyairu. Ehenveema kudakoh olhunaraagoi vefa minee. Anyways waiting for di Nxt part. Interesting kihinebaa vaan miulhenee. Miuvaan tha eaee. Anekkaa Kiya ge hus ge undhagoo Elee ah v bodu vaanebaa.

  10. vaa vaaahaka says:
    November 11, 2014 at 12:24 am

    Koba aneh part?? Avahah up kohba! Great story. 🙂 keep it up :* :*

  11. green says:
    November 11, 2014 at 11:50 am

    When is the next part?????

  12. hai says:
    November 11, 2014 at 9:01 pm

    Kon irakun nxt prt up kurany…vvvv reethi mi stry…cant wait to read the nxt prt…luv this stry a lot…keep it up

  13. n says:
    November 12, 2014 at 5:46 pm

    Mi vahaka varan nice, waiting for next part , mi vahaka genes they dhuves thakaky kobatha.

  14. eemiyaa says:
    November 12, 2014 at 9:01 pm

    Thanks all for the lovely comments 🙂

  15. eemiyaa says:
    November 12, 2014 at 9:03 pm

    look ely marry kuei fahun aruna preg vefa vihe ee vs. so ehn v ma 9 mnths ah vure gina dhuvas v dw ely marry kohgen ulheythaa

  16. eemiyaa says:
    November 12, 2014 at 9:05 pm

    “n” mi vaahaka vaki dhuvas thakaku nun genesdheny. v enme avahah genesdheveytho v balan. aanmukoh 1 day dhookohfa up kureveytho balan. bt kanthah hunna gothun baeh faharu deley vs vey….

Comments are closed.

Next Episodeއެލީޝާ (13ވަނަބައި)←


All Right Reserved!