Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ފުރޭތަ (ދެވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
February 4, 2015 4 Mins Read
27 Comments

ޖެހިގެން އައި ދުވަހު އިބްރާހީމްބެ އައުމުގެ ކުރިން އަހަރެން ބެހެއްޓީ ކޮޓަރީގެ ކުޑަދޮރުގެ ތަންޑު ނައްޓުވާލާފައެވެ. އިބްރާހީމްބެއާއި އޭނާ ގެނައި ކުދިންކޮޅު ކިޔަވަންފެށިތާ 10 ވަރަކަށް މިނެޓްފަހުން އަހަރެންނާއި ޝާއިލް ގެ ފުރަގަހުންގޮސް އެދޮރު ކައިރި ހުއްޓިލީމެވެ. އޭރުވެސް ކޮއްކޮގެ ގިސްލުމުގެ އަޑުއިވެއެވެ. އަހަރެން މަޑުމަޑުން ކުޑަދޮރު ފޭކޮށްލީމެވެ. އަދި ކޮޓަރި ތެރެ އެއްލޮލުން ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއް ނުފެނުމުން ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލީމެވެ. އެވަގުތު “އެފުރޭތަ” ފެނިފައި އަހަރެންގެ ހެޔަށްގޮތްވެގެން ދިޔައެވެ. ޝާއިލް އައިސް އަހަރެން ގައިގާ ހިފެހެއްޓިކަން އެނގުނެވެ. ދެން ވީގޮތެއް ނޭގުނެވެ.

*****

އަހަރެންނަށް ބަޔަކު ޤުރުޢާން ކިޔަވާ އަޑާ ދެމީހަކު ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. އަހަރެން އޮތީ ދެބަދޭތެރޭގައި ކަމަށްވުމުން ދައްކާ ވާހަކައެއް ސާފެއްނުވެއެވެ. އިވެނީ ބައްޕަގެ އަޑުހެންވެސް ހީވެއެވެ. އެމީހުން ވާހަކަ ދައްކަމުންގޮސް އެ ފުރޭތައޭ ބުނެލިހެން ހީވިއެވެ. ކުއްލިއަކަށް އަހަރެންނަށް ސިފަވާންފެށީ ކުޑަ ކޮޓަރިއެކެވެ. ކޮޓަރި ތެރޭގައިވަނީ ފަނޑު އަލިކަމެކެވެ. ކޮޓަރި އެއްކަނުގައި އެނދެއް ބަހައްޓާފައިވެއެވެ. އެނދުމަތީގައި ހަތަރެސްފައި ބަނދެފައި އޮތް އަންހެން ކުއްޖަކު އޮތެވެ. އެއީ ލާރާއެވެ. ލާރާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތްއިރު އޭނާގެ މަޑު ގިސްލުމުގެ އަޑު ކޮޓަރި ތެރޭގައި އިވިއިވި ހުއްޓެވެ. ނަމަވެސް ކައިރީގައި ތިބި 03 ފިރިހެނުންނަށް އެއަޑު އިވޭ ހެނެއް ހިޔެއްނުވެއެވެ. އެންމެންވެސް އޭނާއާ ދިމާއަށް ބަލަމުންދިޔައީ ދަހިވެތި ނަޒަރަކުންނެވެ. އެތަނުން އެކަކު ލާރާ ރޮއިރޮއި އޮއްވައި ގައިމައްޗަށް މައްޗަށް ފުންމާގަތީ ބަނޑުހައިވެފައި މިނިކާވަގެއް ފަދައިންނެވެ. އެވަގުތު ދޮރެއް ހުޅުވާލި އަޑުއިވިގެންދިޔުމާއެކު އެމީހާ އެދިމާއަށް ބަލާލިއެވެ.

އަހަރެންނަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ. އޮވެވުނީ އެނދެއްގެ މަތީގައެވެ. އަހަރެންގެ ހަތަރެސްފައިވަނީ އެނދާއެކު ބަނދެފައެވެ. ކައިރީގައި ޤުރުޢާން ކިޔެވުމަށް ދެކުއްޖަކު އިނެވެ. މީ ކޮންކަންތައް ގަނޑެއް ހެއްޔެވެ؟ އަހަރެން ދެލޯ ބޮޑުކޮށްލަމުން މަންމައާއި ބައްޕައަށް ގޮވަމުން ހަޅޭލަވައިގަތީމެވެ. ނަމަވެސް އެކަކުގެވެސް ހިލަމެއް ނުވިއެވެ. އަހަރެން އައްސާފައިވާ ވާތަކުން މިންޖުވުމަށްޓަކައި ތެޅި ގަތީމެވެ. ސަލާމަތެއް ނުވެވުނެވެ. ދެއަތާ ދެފައިން ހަންމަށައިގެންގޮސް ދިލަ ނަގަންފެށުމުން މައިތިރިވެލީމެވެ. އިރުކޮޅެއްފަހުން ދޮރު ހުޅުވިގެންދިޔައެވެ. އަހަރެން އެދިމާއަށް ބަލާލީމެވެ. ދޮރުމަތީގައި ހުރީ ކޮއްކޮގެ ހަށިގަނޑުގެ ދަހިވެތިކަމުގައި އުޅޭ “އެފުރޭތަ” އެވެ. އެއީ ދެވަނަ ދެމީހެއްނޫނެވެ. އިބްރާހީމްބޭ އެވެ. އޭނާ ފެނުމާއެކު އަހަރެންގެ ލޭ ހޫނުވާންފެށިއެވެ. ދެދަތްޕިލަ ފިތި ބާރުވެގެންދިޔައިރު ދެބުމަ ގޮއްޖެހި ދެލޯވެސް ވައްވެގެންދިޔައެވެ. އިންސާނެއްގެ ސިފާގައި ހުރި އެފުރޭތަ މަޑު ހިނގުމެއްގައި އައިސް އަހަރެން ކައިރީގައި ހުއްޓުނެވެ.

“..އަހަރެން ކަލޭ މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނަން..” އަހަރެން ދެދަތްޕިލައަށް ބާރުލަމުން ބުނީމެވެ. އިބްރާހީމްބެ އެއްވެސް އެއްޗެއް ނުބުނެވެ. އަހަރެން ބުނި އެއްޗެއް އަޑުއިވުނު ހެނެއްވެސް ހިޔެއްނުވެއެވެ.

“..އަހަރެން ކަލޭ ބޭޒާރުކޮށްލާނަން..” އަހަރެން ކުރިޔަށްވުރެ ބާރަށް ބުނީމެވެ. އިބްރާހީމްބެ ސިހޭގޮތްވި ނަމަވެސް ހަމަޔަކަށް އެޅިލަމުން ހިނިތުންވެލިއެވެ.

“..ކިޔެވުން ކުރިޔަށް ގެންދޭ..” އިބްރާހީމްބެ ކިޔަވަން ތިބި ދެކުދިންނަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. “..އޭނަ ކިޔާ އެއްޗެއްސަށް އަޅާލާނެކަމެއް ނެތް.. އޭނާ އެއޮތީ ހަމަޔަކު ނޫން.. އެ ފުރޭތަ އޭނާގެ ސިކުނޑި ކޮންޓްރޯލް ކުރަމުން އެދަނީ..”

“..ތީ އެފުރޭތަ އަކީ..” އަހަރެން ހަޅޭލަވާގަތީމެވެ. “..މަކަރުވެރިކަން ކަލެޔަށް މަގޭ ސިކުނޑިއަކަށް ނޭރެވޭނެ.. ކަލޭ ތިއުޅެނީ ކަލޭ ބޭޒާރުކޮށްލަފާނެތީ ބިރުން.. މަ މިތަނުން ސަލާމަތްވީމަ ކަލެޔަށް ހަޤީޤީ ފުރޭތަ ދައްކާލާނަން.. މަގޭ ކޮއްކޮއަކާ ނުކުޅެވޭނެ.. ކަލޭގެ ފުރާނަ ދަމާގަންނާނަން.. އަޑު އިވިއްޖެތަ..”

އިބްރާހީމްބެ އެއްވެސް ބަހެއް ނުބުނެ ނުކުމެގެންދިޔުމުން ރުޅިގަނޑު އިހުނަށްވުރެ ގަދަވިއެވެ. އަހަރެން އަވަސްއަވަހަށް ނޭވާލަމުން ރުޅި މައިތިރިކޮށްލެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެއިބްރާހީމްބެގެ ގޮތްކުޑަކަން ހިތަށް އަރާ ކޮންމެ ފަހަރަކު ލޭ ހޫނުވެގެން ދެއެވެ. އެމީހާގެ ނުބައި ނުލަފާކަމުން ކޮއްކޮގެ ދިރިއުޅުން އެވަނީ އަނދިރި ވަޅުގަނޑަކަށް ވެއްޓިފައެވެ. އަހަރެން ކޮއްކޮ ސަލާމަތްކުރަން ބޭނުމެވެ. ކޮއްކޮއަށް އެހީވާން ބޭނުމެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އަހަރެން ކިތަންމެ ވަރަށް ހަޅޭލެވިޔަސް އެކަކުވެސް ކޮޓަރިއަކަށް ނާންނާނެއެވެ. މަންމައާއި ބައްޕައަށް އޮންނާނީ ކޮޓަރިއަށް ވަނުން މަނާކޮށްފައިކަން ޔަޤީނެވެ. އަހަރެންނަށްވެސް އެފުރޭތަ އަވަލާފައިވާ ކަމަށް ބުނެ އިބްރާހީމްބެ ވާނީ މަންމަމެންނަށް ވިސްނާދީފައެވެ. އެއީ އޭނާގެ މޮޅު ރޭވުމެކެވެ. މަންމަމެންނަށް އެކަން ވިސްނޭނަމަ ކޮންފަދަ ހެއްޔެވެ؟

“..ކަލޭމެން ދެމީހުންނަށްވެސް ކުޅި ދައްކާލާނަން..” އަހަރެން ދަތްކުނޑި ވިކާލަމުން ބުނީމެވެ. “..މަ މިތަނުން ސަލާމަތްވާނެ ކޮންމެވެސް ދުވަހަކުން.. ކަލޭމެން ތިކުޅޭ ޑްރާމާ ރީތި ގޮތުގަ ކުޅެލަދޭނަން..”

އެދެމީހުންވެސް އިބްރާޙީމްބެގެ ބަސްއަހައިގެން އަނގައިން ނުބުނެ ކިޔަވަމުން ދިޔައެވެ. އެމީހުން ކިޔެވުން ނިންމާކަށްވެސް ނޫޅުނެވެ. އެމީހުންގެ ކިޔެވުން ހުއްޓުވާލެވިއްޖެނަމަ މަންމަމެން މީހަކު ކޮޓަރިއަށް އަތުވެދާނޭ އަހަރެންގެ ހިތަށް އެރިއެވެ. ކިޔެވުން ހުއްޓުވާލާނީވެސް ކިހިނަކުން ހެއްޔެވެ؟ އަހަރެންނަށް ހަދާނެގޮތެއް ނުވިސްނިގެން ރުޅިގަދަވެގެން ގޮސް އަނެއްކާވެސް ހަޅޭލަވާގަނެވުނީ މަންމައަށާއި ބައްޕައަށް ގޮވަމުންނެވެ.

“..ކަލޭމެން ހީކުރީ މަށަށް އެކަނިކަމަށްތަ އިބްރާހީމްބެގެ ހަޤީޤަތް އެނގޭނީ.. ޝާއިލްއަށްވެސް އެނގޭނެ.. މަށާއެކު އޭނަވެސް ކުޑަދޮރު ކައިރީ ހުރި..” ކުއްލިއަކަށް އެމީހުންގެ ކިޔެވުން މެދުކެނޑުނެވެ. ދެމީހުންގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެންދިޔައެވެ. އަހަރެންނަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ޝާއިލް ކަންތައްކުރިގޮތް ނޭގޭ ހާލުގައިވެސް ބުނެވުނީ ރަނގަޅު އެއްޗެކޭ ހިތްބުނެލިއެވެ. އަހަރެންނަށް ވިސްނުން ގޮތުގައި ޝާއިލް ދޮރުކައިރި ހުރިކަން އެއީ އެމީހުންނަށް އެނގިފައިވާ ކަމެއް ނޫނެވެ. އަހަރެންގެ ހެޔަށްގޮތްވުމުން ޝާއިލް ބިރުން ދުވެފިލީ ކަމަށް ވެދާނެއެވެ.

“..ޝާއިލް އޮތީ ހަމަ މިގޮތަށް ބަނދެފަތަ؟..” އަހަރެން އެމީހުން އިތުރަށް ބިރުގަންނުވާލުމުގެ ބޭނުމުގައި ބުނީމެވެ. “..ޝާއިލް ބައްޕައަކީ ޕޮލިހެއްކަން ހަނދާން އެބަހުރިތަ؟..” ދެމީހުންވެސް ކުއްލިއަކަށް ތެދުވެގެންގޮސް ބޭރު ބަލައިލުމާއެކު އިބްރާހީމްބެ އައިސް ދޮރުމައްޗަށް ހުއްޓުންތަން ފެނުނެވެ.

“..ނިމުނީތަ؟..” މަންމަގެ އަޑުއިވުނެވެ. އިބްރާހީމްބެއަށް ޖަވާބެއް ނުދެވި އުޅެނިކޮށް މަންމަ ކޮޓަރިއަށް ދެމިގަތެވެ. ފަހަތުން ހަލުވި ހިނގުމުގައި އައި އިބްރާހީމްބެގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވެގެންދިޔައެވެ.

“..ދަރިފުޅާ..” މަންމަގެ ދެލޯވަނީ ކަރުނުންފުރިފައެވެ.

“..މިގަޑި މީ ވާހަކަ ދައްކަން އެހާ ރަނގަޅު ވަގުތެއްނޫން..” އިބްރާހިމްބެ އަވަހަށް ބުނެލިއެވެ. ނުތަނަވަސްވެފައި ހުރި ބައްޕަ އިބްރާހީމްބެގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ. މަންމަ އަހަރެން ގާތަށް އައުމަށް ހިނގައިގަތެވެ.

“..މަންމާ.. ކޮއްކޮއަށް އެހީވޭ..”

“..ލުބުނާ ހިނގާ ބޭރަށް..” ބައްޕަ އަހަރެންގެ ވާހަކަ މެދު ކަނޑާލަމުން މަންމަގެ އަތުގައި ހިފައިގެން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. އަހަރެން މަންމައަށާއި ބައްޕައަށް ބާރަށް ގޮވާލީމެވެ. މަންމަ ބަލާލިނަމަވެސް ބައްޕަ ހަލުވިހިނގުމުގައި މަންމަ ގޮވައިގެން ނުކުމެގެން ދިޔައީއެވެ.

އަހަރެންނަށް ދޮރާދިމާއަށް ބަލަން އޮވެވުނީ ޤަބޫލްކުރަން އުނދަގޫވި ވަރުންނެވެ. މަންމަމެން އަހަރެން ދައްކާވާހަކަ އަޑުއަހަން ބޭނުންނުވީ ކީއްވެގެންހެއްޔެވެ؟

“..ކަލޭ ކުޑަޔަކަސް ބޯ ވަރަށް ރަނގަޅު..” އިބްރާހީމްބެ ވާހަކަ ދައްކަންފެށިއެވެ. “..ޝާއިލްއަށް ފެނުނޭ ކިޔައިގެން ކަލޭ މަސައްކަތްތިކުރީ އެމީހުންނަށް ހަޤީޤަތް އަންގަން.. ތިކަން އަހަރެން ހަމަހޭގައި ހުއްޓާ ކާމިޔާބު ވިޔަކަ ނުދޭނަން.. ކަލޭގެ ބަދުނަސީބު އެއީ އެމަންޒަރު ކަލެޔަށް ފެނުންކަން..”

“..ކަލޭގެ ބަދު ނަސީބު އެއީ މަށަށް ކަލޭގެ ހަޤީޤަތް އެނގުންކަން..” އަހަރެން އަޑަށް ބާރުލަމުން ބުނީމެވެ. “..ކަލެޔަށް މަ އުމުރު ދުވަހު މިގޮތަށް ބަނދެފައެއް ނުބޭއްވޭނެ..”

“..އެންމެ ދެދުވަސް.. ކަލޭ ތިގޮތަށް އޮންނާނީ ދެދުވަހު..” އިބްރާހީމްބެ ދެއިނގިލި ދައްކާލަމުން ބުނެލިއެވެ. “..އޭގެ ފަހުން ކަލެޔަށް ނޭގެނެ އެކައްޗެއްވެސް.. ހަމަ ހަޤީޤަތުގަވެސް ޖިންނި މޮޔަވެގެން ދެން ކަލެޔަށް އުމުރު ދުވަހުވެސް އުޅެންޖެހޭނީ.. އަހަރެންގެ ސިހުރުގެ ބާރު މިފަހަރު އިޙްސާސްކުރެވޭނެ..”

“..ކަލެޔަށް އެއްކަމެއްވެސް ނުކުރެވޭނެ..” އަހަރެން އަރައިގަތް ރުޅިން މުޅި މީހާ ތުރުތުރު އަޅާގަތް ވަގުތު ކަރުކެހިލުމަށްފަހު އިބްރާހީމްބެގެ މޫނަށް ކުޅުގަނޑެއް ޖެހީމެވެ. އިބްރާހީމްބެގެ ގާތަށް އައީ އަމަށަކު ރުޅި އެއް ނޫނެވެ. އަހަރެންގެ މޫނުމަތީ އެތިފަހަރެއް އަޅާލިއެވެ. އަނގަޔަށްފިތާ ތަދުކޮށްލިއެވެ. އަދި ކައިރީގައި އޮތް ފޮތި ގަނޑެއް އަނގަމަތީ އައްސާލުމަށްފަހު ނުކުމެގެންދިޔައެވެ.

އަހަރެންނަކަށް އެރޭ ނުނިދުނެވެ. ލޯ މަރާލާއިރަށް ފެންނަނީ ކޮއްކޮއެވެ. ކޮއްކޮ ރޯ މަންޒަރާއި އިބްރާހިމްބެގެ މުޑުދާރު ޢަމަލްތަކެވެ. ފަންޑިތަހެދުމުގެ ނަމުގައި އިބްރާހީމްބެ އާއި އޭނާގެ ބައިވެރިން ކޮއްކޮ ރޮލާކަމުންދިޔަ މަންޒަރެވެ. އަހަރެންގެ ދެލޯ ކަރުނުން ފުރިގެންދިޔައެވެ. އާއިލާ މީހުން ބޭރުކޮށްގެން ފަންޑިތަހެދުން އެއީ ބުއްދިސަލާމަތުން ހުރި އެކަކުވެސް ޤަބޫލްކުރާނެ ވާހަކައެއް ނޫނެވެ. އަހަރެން އުމުރުން ހަގެއްކަމަކު އިބްރާހީމްބެގެ ނިޔަތް ރަނގަޅު ނޫންކަން ފުރަތަމަ ދުވަހުވެސް އެނގުނެވެ. ވީއިރު މަންމަމެންނަށް އެވަރު ނުވިސްނުނީ ކީއްވެގެންހެއްޔެވެ؟ އަހަރެންނަށް ވިސްނުންގޮތަށް އެމީހުންނަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ އެމީހުން އެއީ ނުވިސްނޭވަރުގެ ކުޑަކުދިންނެއްވެސް ނޫނެވެ.

ފަތިން ނަމާދު ބަންގި ގޮވީވެސް އަހަރެންނަށް ނުނިދިފައި އޮއްވައެވެ. އެވަގުތު މީހަކު ދޮރުހުޅުވާލާފައި ވަތް އަޑުއިވުނެވެ. ކޮޓަރިތެރެ އަނދިރިކަމުން ކާކުކަމެއް ނޭގުނެވެ. އެމީހަކު އަހަރެންނާ ދިމާއަށް އަޔެވެ.

“..ދޮންބޭ..” ލާރާގެ އަޑުއިވުނެވެ. އަހަރެން ތެޅިގަތީ އަނގަމަތީ ފޮތިގަނޑު އައްސާފައިވުމުން ވާހަކަ ނުދެއްކިގެންނެވެ. ލާރާ ބޮކި ދިއްލާލުމާއެކު އަހަރެންގެ ހާލަތުފެނިފައި އަނގަމަތީ އަތްއަޅާލައިގެން ހުއްޓުން އަރާފައި ހުއްޓެވެ. އެހިނދު އެއްވެސް އިޚްތިޔަރަކާނުލާ އޭނާގެ ލޮލަށް ކަރުނަތައް ޖަމާވެގަތެވެ. ދެއަތަށް ބޯހޫރުވާލަމުން އަވަސްއަވަހަށް އައިސް އައްސާފައިވާ ވާގަނޑުތައް މޮހަންފެށިއިރު ކޯތާފަތްމައްޗަށް ފައިބަމުންދިޔަ ކަރުނަތައް އަހަރެންނަށް ފެނުނެވެ. އަދި އަނގަމަތީ އައްސާފައިވާ ފޮތިގަނޑު މޮހާލަދިނުމާއެކު ފުންނޭވާއެއް ބޭރުކޮށްލެވުނެވެ.

ލާރާ މާފަށް އެދުނެވެ. ގިސްލާ ރުޔެވެ. އަހަރެންނަށް ޖެހިފައިވާ ހާލުގެ ޒިންމާ ނަގަންޖެހޭނީ އޭނާ ކަމުގައި ބުނަމުންނެވެ. ލާރާގެ އެއްވެސް ކުށެއްނެތްކަމުގައި އަހަރެން ބުނީމެވެ. އަދި ލާރާ އަހަރެންނަށް އެއްވެސް ވާހަކައެއް ކިޔާނުދިނީތީ ޝަކުވާކުރީމެވެ.

“..ދޮންބެ ކައިރީ ބުނަން ނުކެރުނަސް މަންމަމެން ކައިރީ ބުނެލިނަމަ..” އަހަރެންގެ އަޑުވެސް ވަނީ ބެދިފައެވެ.

“..ބުނީމޭ..” ލާރާ ކަރުނަތައް ފޮހެލަމުން ބުންޏެވެ. “..ބައްޕަކައިރީ ބުނިން.. އެކަމް ބައްޕަ އެވާހަކަ ޤަބޫލެއްނުކުރި..”

އަހަރެންނަށް ލިބުނީ އިތުރު ޚައިރާންކަމެކެވެ. އިބްރާހީމްބެގެ މަކަރުވެރިކަމުގެ ދަލުގައިޖެހި ބައްޕަގެ ސިކުނޑި އެވަނީ ގާވެފައެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އަހަރެން އެވާހަކަތައް ކިޔާދިންނަމަވެސް ބައްޕަ އެވާހަކަތައް ޤަބޫލްކުރާނެ ހެނެއް ހިޔެއްނުވެއެވެ.

“..ދޮންބެ އަހަރެން ސަލާމަތްކޮށްދީ..” ލާރާ އަހަރެންގެ އަތުގައި ހިފާލިއެވެ. “..އެމީހާ މިހާރު ކޮންމެދުވަހަކުވެސް އަންނާނެ.. މިއަދުވެސް އަންނާނެ..”

ލާރާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރިއެވެ. އޭނާގެ ހަމައެކަނި އުންމީދަކީ އަހަރެންނެވެ. އަހަރެން ލާރާ ސަލާމަތްކޮށްދޭނަމެވެ. އެއިބްރާހީމްބެއަށް ވަރުގަދަ ފިލާވަޅެއް ނަގާދޭނަމެވެ.

“..ދޮންބެ ދެފައި ބަނދެފަ ކޮއްކޮދޭ.. ދޮންބެއަށް ޓްރަސްޓް ކުރާތި މިއަދު މީ އެމީހާގެ ފަހު ދުވަސް..” އަހަރެން އިބްރާހީމްބެ ބޭޒާރުކޮށްލާނެ މޮޅުގޮތެއް ސިކުނޑީގައި ރާވާލީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

އިންތިޒާރު 3

Next

އިންތިޒާރު 4

Next
February 5, 2015

އިންތިޒާރު 4

Previews
February 4, 2015

އިންތިޒާރު 3

27 Comments!

  1. zee says:
    February 4, 2015 at 5:53 pm

    varah varah reethi adhi mivareh nudheken

  2. nash says:
    February 4, 2015 at 6:41 pm

    varah thefeethu…..

  3. afoo says:
    February 4, 2015 at 8:04 pm

    salhi.waiting 4 next part

  4. nishan says:
    February 4, 2015 at 8:31 pm

    Thanks hurihaa kudhin nah vs 🙂

  5. nishan's fan says:
    February 5, 2015 at 4:17 am

    Nish.. Ehaa avahah nimmaanulahchey.. Plz. Aharen varah kiyaahiyy vey nish ge storyz. Aslu varah biruveri vaahakaeh genes dheebala. U can do it.. Plz nish. Hus loaby ge vaahaka kiyaa kiyaa mihaaru foohi vehje

  6. faai says:
    February 5, 2015 at 10:46 am

    I luv it… Nishan ge konme story eh vx hama v rythi…. Jux luv ur stories… 🙂 n waiting for next part… Awahah up kohdhehchey…

  7. nishan says:
    February 5, 2015 at 12:17 pm

    @nishan’s fan: mi story akii short story eh v ma varah avaha nimeyne.. next part in nimeyne.. sorry.. biruveri vaahaka eh liyumah visnaanan 🙂 thank you

    @faai: thanks for the lovely comment.. 🙂

  8. suhana says:
    February 5, 2015 at 3:06 pm

    Vvvvv rythi stry eh .avahah aneh oart genasdhinun eden.

  9. nishan says:
    February 5, 2015 at 4:56 pm

    Thanks suhana.. Will up next soon 🙂

  10. shiu says:
    February 5, 2015 at 9:26 pm

    k v v v rythi
    dhen new part ahnany kn dhuvahehga……………….

  11. shiu says:
    February 5, 2015 at 9:27 pm

    v v v rythi
    dhen new part ahnany kn dhuvahehga……………….

  12. nishan says:
    February 6, 2015 at 12:24 am

    Thanks shiu.. Sunday ga in shaa Allah 🙂

  13. Naail says:
    February 6, 2015 at 8:35 am

    not scary but very nice………………….

  14. nishan says:
    February 6, 2015 at 9:54 am

    Yea naail this is not horror story.. Thank yu..

  15. lily says:
    February 7, 2015 at 9:49 pm

    Beybe moyakoh nulahchey

  16. mode mode says:
    February 8, 2015 at 6:07 am

    varah kiyaahitun miinnanee hitaharaa kihineh baaeyvaanee 🙂 vaahaka varah reeti adidaagoh

  17. Anonymous says:
    February 9, 2015 at 6:03 pm

    varah salhi!!!!!!!!!!!!!!!! the best story ever!!!!!!!!!!!!!!

  18. mishko says:
    April 29, 2015 at 12:43 pm

    very nice story up to now!!!!

  19. yamxari says:
    April 30, 2015 at 1:36 pm

    V salhi aslu aharen hykury biruveri story eh kamah………..

  20. Aarsh says:
    May 25, 2015 at 10:44 am

    …nice

  21. Aarsh says:
    May 25, 2015 at 10:46 am

    ……..hoping to see next part soon nishan

  22. Naahik says:
    September 4, 2015 at 11:25 am

    John irakun 3 part Annaneeee.

    1. nishan says:
      September 7, 2015 at 11:19 am

      3 vana part up kurevifa vaani 🙂

  23. simyan says:
    October 19, 2015 at 3:46 pm

    vaahaka hama varah habeys! doing grat nish

  24. naii says:
    October 22, 2015 at 12:28 pm

    Beautiful story <3 🙂

  25. Faz says:
    July 18, 2016 at 3:07 pm

    Mashakah nufenun 3 vana baeh hoadhaa hoadhaa vs

  26. Rozy says:
    September 21, 2016 at 7:54 am

    Vara reethi mi story… nishange gina story kiyafin vara reethi… good work

Comments are closed.

Next Episodeއެފުރޭތަ (ފަހުބައި)←


All Right Reserved!