އެހެންއޮތްވާ އެއްޗެއް ހަދާންވެގެން ތެދުވިއެވެ. އަަވަސް ހިނގުމެއްގައި ގޮސް މޭޒުމަތީ އިން ލެޕްޓޮޕް ނަގައިގެން އައިސް އެނދުގަ ޖައްސާލިއެވެ. އެއަށްފަހު ގޫގަލް ހުޅުވާލާލިއެވެ. ދެފަހަރަކު އެއްޗެއް ލިޔެލާފަ ފުހެލިއެވެ. އަނެއްކާވެސް ވިސްނާލުމަތްފަހު ” ވޭސްޓް ވިން ދަ ހާރޓް” ޖަހާލުމަތްފަހު އެންޓާރ ކޮށްލިއެވެ. އެއާއެކު ސްކްރީން ފުރިގެން ދިޔައީ އެކަމާ ބެހޭ ލިޔުން ތަކުންނެވެ. ރަނގަޅު ލިޔުމެއްފެނޭތޯ ސްކްރޯލް ކޮށްލަ ކޮށްލަ އިނެވެ. އެވަގުތު ލޮލުގައި ވަރަށް ޝައުގުވެރިވާ ލިޔުމެއް އަޅައިގަތެވެ. އަވަސް އަވަހަށް ހުޅުވާލަފައި ކިޔަންފެށީއެވެ. […]
ހަފްތާއެއްގެ ފަހެވެ. އަލިފުޅާ ޒުބޭދާ ތިބީ އުނދޯލީގައެވެ. ވާހަކަ ދެކެވެމުން ދިޔައީ ވާފިރު ދެމަފިރިންނާ އެވަހަކަ ހިއްސާކުރާނެ ގޮތްތާކާމެދުގައެވެ. ކުއްލިއަކަށް ދެމަފިރިންގެ ވާހަކަ މެދު ކެނޑުނީ ބޭރު ދޮރުގައި ޓަކިޖަހާ އަޑަށްށެވެ. އުނދޯލިން ފައިބައިގެން ހެދުން ރަނގަޅުކޮށްލަމުން ގޮސް، ޒުބޭދާ ދޮރު ހުޅުވާލިއެވެ. އެއާއެކު ވަރަށް ބާރަށް އަލިފުޅަށް ގޮވާލިއެވެ. “އަލިފުޅާ!” ފަޔަތްލެވުނުހާ ބާރެއްލާފަ އަލިފުޅު އައިރު ދޮރުމަތި ނޫކުލައިގެ ޓީޝާޓަކާ ކަޅުކުލައިގެ ޖިންސެއްލައިގެން ވަރަށް ހެވިލާފަ ހުރީ އާދިލްއެވެ. ފަހަތުގައި ވާފިރުއާއި ފާތުމަފުޅުވެސް ހެވިފަ ތިއްބެވެ. […]
އާދަގެ މަތިން ދުވަހެކެވެ. އާޝިޔާ އޮތީ ފޯނުން ގޭމެ ކުޅޭށެވެ. އަދި އޭރު ވިސްނަމުން ދިޔައީ އެވާހަކަ ބައްޕަ ކައިރީ ބުނާނެ ގޮތްތަކާ މެދުގައެވެ. އެހެން އޮތްވާ އަރޫން ގެ ކޯލެއް އައެވެ. ލަސްތަކެއް ނުވެ ފޯނުނެގިއެވެ. “މިހާރު އެވާހަކަ ދައްކައިފިންތަ؟” ފުރަތަމަވެސް އަރޫން ބެނެލީ އެހެންނެވެ. އާޝިޔާއަށް ދޭނެ ޖަވާބެއް ނޭގުނެވެ. އަދިވެސް އެކަމާ ގުޅިގެން ވާހަކަ ވާހަކަ ނުދައްކާ ކަން އަރޫންނަށް އެނގުނެވެ. އިތުރު އެއްޗެއްނުބުނެ އަރޫން ފޯނު ކަނޑާލިއެވެ. އާޝިޔާ މޫނުމަތީ ބާލިސްއަޅާ […]
އަރޫންނާއި އާޝިޔާ އަކީ ދެލޯބިވެރިންނެވެ. މިދެމީހުންނަކީ ހއ. މާރަންދޫއަށް އުފަންދެމީހުންނެވެ. އާޝިޔާ ކިޔަވަން ހުންނަނީ މާލޭގައެވެ. އަރޫން މަސައްކަތް ކުރަމުންދަނީ ރިސޯޓެއްގައެވެ. އަރޫން އާޝިޔާއަށްވުރެ އަށް އަހަރު ބޮޑުއެވެ. އެކެމަކު މިކަންތައް އެއީ މިދެމީހުންނަށް އެހާ ބޮޑު ކަމެއްނޫނެެވެ. އެއަށްވުރެ ބޮޑަށް އެދެމީހުން އެކަކު އަނެކަކު ދެކެލޯބިވެއެވެ. މިދެލޯބިވެރިިން ފުރަތަމަ ބައްދަލުވީވެސް މާލެއިންނެވެ. އެދުވަހު އާޝިޔާ އޭނާގެ ރަހުމަތްތެރިންނާ އެކު ސްކޫޕަށް ދިޔައީ ބަންދުދުވަހެއް ވީމަ މަޖާ ކޮށްލާ ފިނި އެއްޗެއް ބޯލުމުގެ އުއްމީދުގައެވެ. ހަމަ އެދުވަހު […]