Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާ ދުރުނުވޭ (ފަހުބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
February 7, 2015 12 Mins Read
37 Comments

ޒޯޔާ ނާއިޝްއާއި ދުރަށް ޖެހެލަމުން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށްފަހު ގެއަށްދާން ހިނގާށޭ ބުނުމުން ނާއިޝްވެސް އިތުރަށް އެއްޗެއް ނުބުނެ ޒޯޔާ ގެއަށް ލައިދޭން ދިޔައީއެވެ.

ހަފްތާއެއްގެ ފަހެވެ. ލިމްޝާއާއި ނާއިޝްގެ ކައިވެނީގެ ވާހަކަ ދެއާއިލާގެ ދެމެދުގައި ވަރަށް ގަދަޔަށް ދެކެވެމުން ދިޔައެވެ. މިވާހަކަ ދެކެވޭ ކޮންމެފަހަރަކު ލިމްޝާގެ އިތުރުން ނަޝާމްގެ ހިތަށް ތަދުވަމުން ދިޔައީ ދުވާލަކު އެތައް ފަހަރަކު ހިތް ރޮއްވާލެވޭ ހާލުގައެވެ. މިޚަބަރުގެ ސަބަބުން ނާއިޝްގެ ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް އެހިތަށް އުނދަގޫ ވަމުން ދިޔައީ އެރޭގެ ފަހުން ޒޯޔާ އޭނާގެ އެއްވެސް ފޯންކޯލަކަށްވެސް އަދި މެސެޖަކަށްވެސް ޖަވާބެއް ނުދޭތީއެވެ. އެރޭގެ ފަހުން ޒޯޔާއާއިވެސް އަދި ނަޒާންއާއިވެސް ބައްދަލެއް ނުވެއެވެ. ޒޯޔާ ފޯނު ނުނަގައިގެން އެތައްފަހަރަކު ޒޯޔާމެން ގޭދޮށަށްވެސް ދެވިއްޖެއެވެ. ނަމަވެސް ޒޯޔާއާއި ބައްދަލްވާ ގޮތެއް ނުވެއެވެ.

އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެވެ. ޑިއުޓީ ނިންމާލުމަށްފަހު ނާއިޝް މަތީންއާއިއެކީ އެގެއަށް ދިޔައެވެ. މިޔަދަކީ ކައިވެނީގެ ތާރީޚެއް ކަނޑައަޅާ ދުވަސްކަމުން ދެއާއިލާގެ މީހުން ތިބީ ނާއިޝްމެންގެ ގޭގައެވެ. ނާއިޝްއާއި މަތީން ތަންކޮޅެއް ލަހުން ޑިއުޓީ ނިމުމުން ވިލިނގިއްޔަށް ނުދެވި އުޅެނިކޮށް ލީނާ އެއްޗެއް ގެނެސްދޭށޭ ބުނުމުން ދެމީހުން އެގެއަށް ދިޔައީއެވެ.

“ނާއިޝް މަޑުކޮށްލާ މިތާ… އަހަރެން އެބަ އަންނަން…” މިހެން ބުނެފައި މަތީން ވަނީ އޭނާގެ ކޮޓަރިއަށެވެ. ނާއިޝް ތަންތަން ބަލަމުން އެތެރެއަށް ހިނގައިގަތެވެ. އަދި ކުރިމައްޗަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލި ވަގުތު ނާއިޝްގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ހަތަރު ބިތުގައި ހަރުކޮށްފައި ހުރި ލިމްޝާގެ ފޮޓޯތަކެވެ. އެއީ ލިމްޝާގެ ކޮޓަރިކަން ޔަގީންވުމުން ނާއިޝް އެކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ތަރުތީބުކަމާއި ރީތިކަމަށް ހިތާހިތުން ތައުރީފުކުރަމުން ނާއިޝް ކޮޓަރީގެ އެކިދިމަދިމާ ބަލަމުން ދިޔައެވެ. ނާއިޝްގޮސް މަޑުކޮށްލީ ފާރުކައިރީގައި ހުރި ފޮތްހަރުގަނޑު ދޮށުގައެވެ. އޭގައި އެކި ބޯމިނުގެ ފޮތްތައް ހުއްޓެވެ. ހުސްވެސް ވާހަކަ ފޮތެވެ. ދިވެއްސާއި އިނގިރޭސި ވާހަކަ ފޮތްތަކެވެ. ނާއިޝް ފޮތްތަކުގައި ފިރުމާލުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތްވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފޮތްހަރުގަނޑުގެ މަތީގައި ބާއްވާލާފައި އޮތް ފައިވާން ކިބައެވެ. އެފައިވާންކިބަ ކޮންމެވެސްތާކުން ފެނުން ހަނދާނެއްވުމުން ނާއިޝް އެފައިވާން ނަގައި އަތަށް ލިއެވެ. އެއަށްފަހު އޭނާ ވިސްނަމުން ދިޔައީ އެފައިވާން އޭނާއަށް ފެނުނު ތަނަކާ މެދުގައެވެ. ވިސްނަމުން ގޮސް އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ އޭނާއަށް ހީވި ހީވުން ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ފައިވާނުގައި ހިފައި ބާރުކޮށްލަމުން ދެފަރާތަށް ބޯހޫރާލެވުނީ އޭނާގެ ކުށްހީ ޔަގީނަށް ބަދަލުނުވުމަށް އެދިއެވެ. ކޮންމެ ގޮތަކުން ވިޔަސް މިވަނީ އެކަމުގެ ހަގީގަތް ހޯދަން ޖެހިފައެވެ. އޭނާގެ ހީ ޔަގީނަށް ބަދަލުވެއްޖާ ދެންވާނީ ކިހިނެއްބާވައޭ ނާއިޝްގެ ހިތަށް އެރިއެވެ. އެކަމާ ވިސްނި ވަރަކަށް އޭނާ ހާސްވަމުން ދިޔައެވެ. އިސާހިތަކު މޫނުގައި ދާތިކިތައް ވިދަމުން ދިޔައެވެ. ވިސްނުމަށް ގެއްލިފައި ހުއްޓާ މަތީން ގޮވައިލުމުން ނާއިޝް ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް މޫނުމަތީގައި ހުރި ދާތިކިތައް ފޮހެލަމުން އަތުގައި އޮތް ފައިވާން ކިބަ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ތެރެއަށްލަމުން ބޭރަށް ނުކުތެވެ.

 

ފެރީގައި އިން އިރުވެސް ނާއިޝް އިނީ ހިތްއަވަސް ވެފައެވެ. އެހެންދުވަސް ދުވަހާ ޚިލާފަށް މިޔަދު ފެރީ ދުވާލެއް ލަސްހެންވެސް އޭނާއަށް ހީވިއެވެ. ފިނިފިނި ވައިރޯޅި ޖެހެމުން ދިޔަނަމަވެސް އޭނާއިނީ ދާހިއްލާ ފޯވެފައެވެ. މޫނުމަތީގައިވަނީ ހާސްކަމެވެ. އެކަން ފާހަގަ ކުރެވިގެން މަތީންވެސް ދެތިންފަހަރަކު ކިހިނެއްވީތޯ އަހާލިއެވެ. އެހެން އަހާލާ ކޮންމެފަހަރަކުވެސް ކަމެއް ނުވެއޭ ބުނެ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ނާއިޝް ފުއްދާލަނީއެވެ.

 

ދެމީހުން ގެޔަށް ދިޔައިރު ގޭގެ ސިޓިންގްރޫމްގައި ފަރީޝާއާއި، ނާޝިދު އަދި ލީނާ އިނެވެ. ތަންކޮޅެއް ދުރުގައި ދެކޮޅަށް ދުވެލަދުވެލާ ލައިޝާ ހުއްޓެވެ. މަތީންގޮސް އެމީހުންގެ ގާތުގައި އިށީނެވެ. ނާއިޝް ހުރީ ގެއަށް ދިޔުން ލަސްވެފައެވެ. އެއްވެސް މީހަކަށް ބަލާލުމެއްނެތި ސިޑި ގިރާކޮށްލަމުން އޭނާ މައްޗަށް އެރިއެވެ. ވާހަކައަށް ގެއްލިފައި ތިބުމުން އެއްވެސް މީހަކު ނާއިޝްގެ ހަރަކާތްތަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ނާއިޝް މިސްރާބުޖެހީ ނަޝާމްގެ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ނާއިޝް އެތެރެ ބަލާލިއެވެ. ނަޝާމް ކޮޓަރީގައި ނެތްކަން ނަސީބެކޭ ނާއިޝްގެ ހިތަށް އެރިއެވެ. އޭނާ އަވަސް ވެގަތީ ކުރަން އައި ކަންތަކާއިގެންނެވެ. އެކަން ކުރުމަށް މާބުރަ މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ހޯދަން އައި އެތި އެއޮތީ ދިމާ ކުރިމަތީގައެވެ. ނާއިޝް އަވަސް ފިޔަވަޅުތަކެއްގައި ހިނގާލާފައި ގޮސް ޓީވީ ރެކްމަތީގައި ބާއްވާފައި އޮތް ފައިވާންކިބަ ހިފައިގެން ގޮސް އެނދުގައި އިށީނެވެ. އެއަށްފަހު އޭނާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ނެގުމަށްފަހު އޭގެ ޒިބު ހުޅުވާލަމުން އޭގެ ތެރޭގައި އޮތް ފައިވާންކިބަ ނެގިއެވެ. އޭރު އޭނާގެ އަތް ތުރުތުރު ލަމުން ދިޔައެވެ. ނިއްކުރިމަތީގައި މުތީތަކެއްހެން ދާތިކިތައް ވިދަމުން ދިޔައެވެ. ނާއިޝް ދެފައިވާންކިބަ ޖައްސާލިއެވެ. އޭނާގެ ކުށްހީ ޔަގީނަށް ބަދަލުވީއެވެ. ހައިރާންވީ ވަރުން އޭނާގެ އަތުން ދެފައިވާންކިބަ ވެއްޓުނެވެ. އޭނާއިނީ ހުއްޓުން އަރާފައެވެ. އިސާހިތަކު އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބާގަތެވެ. ނާއިޝް މަޑުމަޑުން ޓައިލްސްތައް މައްޗަށް ތިރިވެ ދެފައިވާންކިބަ އަތަށްލަމުން އޭގައި ތުންފަތް ޖައްސާލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ ނަޝާމްދެއްކި ވާހަކަތަކެވެ. އެދުވަހު އެއީ ނަޝާމްގެ ލޯބިވެރިޔާގެ ފައިވާންކިބައެއްކަމަށް ނަޝާމްވަނީ ބުނެފައެވެ. އަދި އެފައިވާންކިބަ އޭނާއަށް ލިބުނު ގޮތުގެ ވާހަކަވެސް އޭނާވަނީ ނާއިޝްއަށް ކިޔައިދީފައެވެ. އޭގެ އަނެއްކިބަ ލިމްޝާގެ ކޮޓަރިން ފެނުމުން ނަޝާމްގެ ލޯބިވެރިޔާއަކީ ލިމްޝާކަން ނާއިޝްއަށް ޔަގީންވީއެވެ. އޭނާގެ ދިރިއުޅުމުގައި ނޭނގި ހުއްޓާ ދިމާވާ ކަންތަކުން އޭނާހުރީ ބޯގޮވާފައެވެ. އޭނާއަށް ހުރިހާ ކަމެއްގެ ހަގީގަތެއްވެސް މިއެނގެނީ މާލަސްވާފަހުންނެވެ. މަޑުމަޑުން ލިމްޝާއާއި ނަޝާމްގެ ހަނދާންތައް އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ. އެންމެ ފުރަތަމަ އެގެއިން ދެމީހުން ދިމާވިދުވަހު ދެމީހުންގެ މޫނުމަތީގައިވި ހާސްކަމާއި ހައިރާންކަމެވެ. އޭގެ ފަހުންވެސް ދިމާވާ ދުވަސްދުވަހު ދެމީހުން އެކަކު އަނެކަކަށް އެބަލާލާ ބަލާލުމެވެ. ނަޝްވާއަށް އެހާދިސާ ހިނގިފަހުން ދެމީހުން އެކުގައި ފެނުނު ދުވަހު ދެމީހުން ތިބިލެއްގާތްކަމާއި ދެމީހުންގެ ލޮލުގައިވި ކަރުނައިގެ އަސަރެވެ. އެހަނދާންތައް އާވިވަރަކަށް ނާއިޝްގެ ހިތަށް ތަދުވަމުން ދިޔައެވެ. ނާއިޝް މަޑުމަޑުން އޭނާގެ އިސްތަށިގަނޑު ތެރެއަށް އަތްމަހާލަމުން ދެލޯ މަރާލިއެވެ. އެގޮތުގައި ވަގުތު ކޮޅެއް ހޭދަވެގެން ދިޔުމަށްފަހު ނާއިޝް ކޮޅަށް ތެދުވެ ކަރުނަތައް ފޮހެލިއެވެ. އަދި ކޮޓަރިން ބޭރަށް ދާން އުޅުންވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި އޮތް ފޮޓޯއަލްބަމެވެ. ނާއިޝް އެއަލްބަމް ހުޅުވާ ބަލާލިއެވެ. އޭގައިވަނީ ހުސް ލިމްޝާގެ ފޮޓޯއެވެ. ނަޝާމްއާއި ލިމްޝާ އެއްކޮށް ނަގާފައި ހުރި ބައެއް ފޮޓޯތައްވެސް އޭގައި ހުއްޓެވެ. އެފޮޓޯތައް ފެނުމުން ނަޝާމަށް ދެލޯ މަރާލެވުނެވެ. އެތާ އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް އޭނާ އެކޮޓަރިން ނުކުތީ އެފައިވާނާއި ފޮޓޯ އަލްބަމް ހިފައިގެންނެވެ.

 

ނާއިޝްއަށް ކޮޓަރިން ނުކުމެވުނު ވަގުތަކީ ޓެރަހުން ފައިބައިގެން ލައިޝާ އައި ވަގުތެވެ. ނާއިޝް ލައިޝާއަށް ގޮވާލަމުން ލިމްޝާ ކޮބާތޯ އަހާލިއެވެ. ލިމްޝާވީ ޓެރަހުގައި ކަމަށް ބުނެ ލައިޝާ ދުއްވައިގަތީ ތިރިއަށެވެ. ނާއިޝް ލަސްލަހުން ސިޑިން މައްޗަށް އަރަންފެށީ ޓެރަހަށް ދިއުމަށެވެ. އޭރު އޭނާގެ ދެފައިވެސް ތުރުތުރުލަމުން ދިޔައެވެ.

 

ނާއިޝް ޓެރަހަށް އެރިވަގުތު ފެނުނު މަންޒަރަކުން އޭނާއަށް ދެއަތް މުށްކަވާލެވުނެވެ. ލިމްޝާ ގޮނޑިއެއްގައި އިށީނދެގެން އިންއިރު ނަޝާމްއޮތީ އޭނާއާއި ދިމާއަށް ގުދުވެގެންނެވެ. އޭނާއަށް ފުރަގަސްވާގޮތަށް ތިބުމުން ކުރަނީ ކީއްކަމެއް ނޭނގެއެވެ. ޓެރަހުގެ ވަށާޖަހާފައިވާ ރެއިލިންގެ ކައިރީގައި އެންމެންނަށް ފުރގަސްވާގޮތަށް މަގުމައްޗަށް ބަލަހައްޓައިގެން ނަޝްވާއާއި ޒަޔާން ތިއްބެވެ.

“ނަޝާމް….” ނާއިޝްގެ ހަރުކަށިއަޑާއިއެކު ސިހިފައި ނަޝާމް ތެދުވެ ބަލާލިއިރު ލިމްޝާވެސް އަޑުއައި ދިމާއަށް ބަލާލިއެވެ. އަދި ނާއިޝް ފެނުމުން އަވަސްއަވަހަށް ގޮނޑިން ތެދުވެ އެއްފަހަރު ނާއިޝްއަށް އަނެއްފަހަރު ނަޝާމަށް ބަލާލިއެވެ. ނާއިޝްގެ މޫނުމަތީގައިވާ ރުޅިވެރިކަން ފެނިފައި އޭނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ނަޝާމްގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. ދުރުގައި ތިބި ނަޝްވާއާއި ޒަޔާންވެސް ނާއިޝްއަށާއި ލިމްޝާމެނަށް ބަލާލަމުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ރުޅިއައިސްފައިހުރެ ބާރުހިނގުމެއްގައި ހިނގައިފައި އައިސް ނާއިޝް މަޑުކޮށްލީ ނަޝާމްއާއި ލިމްޝާގެ ކުރިމަތީގައެވެ. ވާނުވާ ނޭނގިތިބެ ނަޝްވާއާއި ޒަޔާންވެސް އައިސް އެމީހުންގެ ގާތުގައި މަޑުކޮށްލިއެވެ.

“ތީތަ އަހަރެންގެ ކޮއްކޮއަށްވެ ހުރެ ނަޝާމަށް ކަންތައް ކުރަން އެނގުނު ގޮތަކީ…؟؟؟” ނާއިޝްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ލިމްޝާއަށް އިސްޖަހާލެވުނެވެ. މިފަހަރު ނާއިޝްއަށް ޝައްކުވެއްޖެކަން އޭނާއަށް ޔަގީންވިއެވެ.

“ދޮންބޭ ތީކުށްހީއެއް… އަހަރެމެން ދެމީހުން ދޭތެރޭ ދޮންބެ ތިހީކުރާކަހަލަ ކަމެއް ނުހިނގަ…. އަހަރެން އުޅުނީ ލިމްގެ ލޮލަށް ކުންޏެއް ވެއްޓުނީމަ އެނަގައިދެން….” ނަޝާމް އަވަސްއަވަހަށް ބުނެލިއެވެ. ދެން ކަންތައް ވެގެންދާނެ ގޮތެއް ނޭނގޭތީ އޭނާވެސްހުރީ ވަރަށް ހާސްވެފައެވެ.

“އަހަންނަށް ހުރިހާ ހަގީގަތެއް އެނގުނީމަވެސް އަދިވެސް އޮޅުވާލަނީތަ…؟؟ އެހެންވީއިރު ދެން މީ ކޮންކަމެއް…؟؟؟” ނާއިޝް އޭނާގެ ދަބަހުން ފައިވާން ނަގައި ނަޝާމްގެ މޫނާއި ދިމާއަށް އެއްލިއެވެ. ފައިވާނުގެ ދެކިބަ ފެނުމުން ނަޝާމްއަށް ހައިރާންކަން ލިބުނެވެ. އޭނާގެ އަތުގައި އޮތީ އެއްކިބައެވެ. ވީއިރު ނާއިޝްއަށް އަނެއްކިބަ ލިބުނީ ކިހިނެއްބާވައޭ އޭނާގެ ހިތަށްއެރިއެވެ. ނަޝާމަށް ވީގޮތް ނަގައިގަނެވުނެވެ. އަނެއްކިބަ ކޮންމެވެސް ގޮތަކުން ލިމްޝާމެންގެ ގެއިން ނާއިޝްއަށް ފެނުނީއެވެ. މިޔަދު މިޖެހުނީ ހަގީގަތާ ކުރިމަތިލާންކަން ނަޝާމްއަށް ޔަގީންވިއެވެ. އޭނާއަށް ބަލާލެވުނީ ލިމްޝާއާއި ދިމާއަށެވެ. އޭރު ލިމްޝާވެސް ހުރީ އޭނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

“ތިދެމީހުންގެ ދޭތޭރޭގައި ތިބުނާ ގުޅުމެއް ނެތްނަމަ ތީގެ އެއްކިބަ ނަޝާމްގެ އަތުގައި އަނެއްކިބަ ލިމްޝާގެ އަތުގައި އޮންނަންވީ ކީއްވެ…؟؟؟” ނާއިޝްގެ އަޑު ދިޔައީ އެއްފަހަރުން އަނެއްފަހަރަށް ބާރުވަމުންނެވެ. ވާނުވާ ނޭނގޭ ހާލު ނަޝްވާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައިރު، ދެން ކަންވާނެ ގޮތެއް ނޭނގޭތީ ޒަޔާންވެސް ހުރީ ކަންބޮޑުވެފައެވެ.

“ތީދޯ ތިވީ ގޮތަކީ…. ދޮންބެ ރުޅިމަޑުކޮށްބަލަ… ލިމްގެ އަތުގައި މި ފައިވާންކިބަ އޮތަސް އެއި ލިމްގެ ފައިވާނެއް ނޫނޭ… އަހަރެން ލޯބިވާ ކުއްޖާ އެއީ ލިމްގެ ފުރެންޑެއް… އެހެންވެ އޭނަ ލިމްގެ އަތުގައި އެ ބާއްވާފަ އެއޮތީ ފޮރުވާދޭށޭ ކިޔާފަ… ދޯ ލިމް…” ނަޝާމް ހަމަޖެހެން މަސައްކަތްކުރަމުން ލިމްޝާއަށް ދޯއަޅާލުމުން ލިމްޝާވެސް އަވަސްއަވަހަށް ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“ނަޝާމް…. އަދިވެސް  ތި މަސައްކަތް ކުރަނީ އަހަންނަށް އޮޅުވާލަންތަ…؟؟؟ ލިމްވެސް ތި އުޅެނީ އަދިވެސް އެކަން ސިއްރު ކުރަންތަ….؟؟؟ ނާއިޝް މިފަހަރު ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. އޭނާގެ އަޑުވަނީ ކުރެހިފައެވެ. ނާއިޝް އޭނާގެ އަތުގައި އޮތް އަލްބަމް ލިމްޝާއަށް ދިއްކޮށްލިއެވެ. ނާއިޝްގެ މޫނަށް ބަލަންހުރެ ލިމްޝާ އޭގައިހިފިއެވެ. އެއަލްބަމް ފެނުމާއިއެކީ ނަޝާމަށް އެއީ އޭނާގެ އަލްބަމްކަން އެނގުނެވެ. މިހާރު ނާއިޝްއަށް ހަމަރަނގަޅަށްވެސް ހަގީގަތް އެނގިއްޖެކަން އެނގުމުން ނަޝާމް އިސްޖަހާލިއެވެ. ލިމްޝާ އަލްބަމް ހުޅުވާ ބަލާލިއެވެ. އޭގައިވަނީ އޮފީސްކުދިންނާއިއެކު ދަތުރު ދިޔަ ދުވަހު ނަގާފައިވާ އޭނާގެ ފޮޓޯތަކާއި އައްޑޫއަށް ގޮސް ދެމީހުން އެއްކޮށް ނަގާފައިވާ ފޮޓޯތަކެވެ.

“ތުއްތު އާއި ލިމް… އޭގެ މާނައަކީ ދޮންބެ އެދައްކަނީ ތެދުވާހަކައެކޭތަ….؟؟؟” އަލްބަމްގައިވާ ލިމްޝާއާއި ނަޝާމް އެއްކޮށް ނަގާފައިވާ ފޮޓޯތައް ފެނުމުން ނަޝްވާއަށް އަހާލެވުނެވެ. ލިމްޝާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“ދޮންބޭ ސޮރީ…. އަހަންނަކަށް ނޭނގެ ދޮންބެ ލޯބިވަނީ ލިމްދެކެކަމެއް… ދޮންބެވެސް ލޯބިވާކުއްޖާގެ ނަމެއް ނުބުނަމެއްނު… އަހަރެންވެސް ނުބުނަން…. އެހެންވެ މިކަން މިގޮތަށް މިދިމާވީ…. އެކަން ކުރިން އެނގުންނަމަ އަހަރެން ލިމްއަކާ ރައްޓެއްސެއް ނުވީސް… އެކަމަކު ލިމްއަކީ މިހާރު ދޮންބެގެ ހައްގެއް….” އިސްޖަހާލައިގެން ހުރެ ނަޝާމް ވާހަކަ ދެއްކިއެވެ.

“ހުއްޓާލާ ނަޝާމް… އަހަރެން ދެން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން…” މިހެން ބުނެފައި ނާއިޝް އެތަނުން ދިޔައެވެ. ނަޝްވާ ނާއިޝްއަށް ގޮވަމުން އޭނާގެ ފަހަތުން ދިޔައެވެ. ޒަޔާންވެސް ވިސްނާލުމަށްފަހު އެމީހުންގެ ފަހަތުން ދިޔައެވެ.

ނަޝާމް އެހުރިގޮތަށް ހުރެ ގޮނޑިއަށް ވެއްޓިގަތެވެ. އަދި ދެލޯމަރާލިއެވެ. ލިމްޝާ ނަޝާމްގެ ހަރަކާތްތަކަށް ބަލަން ހުރެފައި އައިސް އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ނަޝާމް ލޯހުޅުވާލަމުން ބަލާލިއެވެ. އޭރު ލިމްޝާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނައަންނަމުން ދިޔައެވެ. މިމަންޒަރު ފެނުމުން ނަޝާމަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އަދި އެއްވެސް އިޚުތިޔާރަކާ ނުލާ ލިމްޝާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލެވުނެވެ.

“ނަޝާމް… އަހަންނަށް މާފުކުރޭ… އަހަރެންގެ ސަބަބުން މިޔަދު ނާއިޝް ނަޝާމްދެކެ ރުޅިއައީ…” އެހުރިގޮތަށް ހުރެ ރޮމުން ލިމްޝާ ބުނެލިއެވެ.

“ތިހެން ނުބުނޭ ލިމް…. ކީއްވެ ލިމްއާއި ހެދި އޭ ތިބުނީ… މައްސަލައަކީ އަހަންނަށާ ދޮންބެއަށް އެކަކު ދެކެ ލޯބިވެވުނުކަން…. ދެރަނުވޭ…. ދޮންބެ ރުޅިމަޑުވީމަ އަހަރެމެންނަށް މާފުކުރާނެ….” ލިމްޝާގެ ބޮލުގައި ލޯތްބާއިއެކު ފިރުމާލަމުން ނަޝާމް ބުނެލިއެވެ.

“ކިތަންމެ ވަރަކަށް މަސައްކަތް ކުރިކަމުގައިވީނަމަވެސް އަހަރެންނަކަށް ނަޝާމްއާއި ނުލާ ނޫޅެވޭނެ…. ޕްލީޒް… އަހަރެން ނާއިޝްއާއި ހަވާލުނުކުރޭ… އަހަރެން ނަޝާމްގެ ޙަޔާތަށް ގެންގޮސްދީ….” ނަޝާމްގެ މޫނަށް ބަލާލަމުން ލިމްޝާ ބުނެލިއެވެ. ލިމްޝާއަށް ކުރިއަށް ވުރެވެސް ބޮޑަށް ރޮވޭގޮތްވިއެވެ. ހިތުގައި އުފެދިފައިވާ ހުރިހާ އުދާސްތަކެއް މިޔަދު ބޭރުކޮށްލަން އޭނާ ބޭނުންވާ ކަހަލައެވެ.

“ޝޫޝްޝް…..” ލިމްޝާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އިތުރަށް ވާހަކަ ނުދެއްކުމަށް ބުނިއިރު ނަޝާމަށްވެސް ރޮވިއްޖެއެވެ. އޭނާގެ ކެތްތެރިކަންވެސް ކޮޅުންލީއެވެ. އޭނާއަށް ވާހަކަ ނުދެއްކުމުން އަނެއްކާވެސް ލިމްޝާ ގެނެސް އޭނާގެ އަތުތެރެއަށްލަމުން އޭނާގެ ގައިގައި ބާރަށް ބައްދާލިއެވެ.

 

ޓެރަހުން ފައިބައިގެން ދިޔަގޮތަށް ނާއިޝް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އަދިވެސް އޭނާގެ ރުޅިގަނޑު މުޅިއަކުން ފިންޏެއް ނުވެއެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދުމަތީގައި ހުރި ބާލީސްތައް ކޮޓަރިތެރެއަށް އުކާލިއެވެ. އެވަރުން ނުފުދިގެން އެނދުމަތީގައި އަޅާފައި އޮތް ބެޑްޝީޓްވެސް ނަގާ ހޫރާލިއެވެ. އެވަރުންވެސް އޭނާގެ ރުޅިމަޑުވާގޮތެއް ނުވިއެވެ.

“ދޮންބޭ…” ކޮޓަރީގެ އެތަން މިތަނަށް އުކާލެވިފައިވާ ބާލީސްތަކާއި ބޮނޑިކޮށްފައި އޮތް ބެޑްޝީޓް ފެނުމުން ނަޝްވާއަށް ނާއިޝްއަށް ގޮވާލެވުނެވެ. އެވަގުތަކީ ޒަޔާންވެސް އައިސް އެތާ މަޑުކޮށްލި ވަގުތެވެ. ކޮޓަރި އޮތްގޮތް ފެނުމުން އޭނާވެސް ހައިރާންވިއެވެ.

ނާއިޝް ނަޝްވާމެނަށް ބަލާލަމުން އެނދުމަތީގައި އިށީނދެ ކަކުލުގައި ދެއަތް ވިއްދާލައިގެން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލަމުން އިސްޖަހާލިއެވެ. ދެން އިވެން ފެށީ އޭނާގެ ރުއިމުގެ އަޑެވެ. ނަޝްވާއަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. އޭނާ ހިނގައިގަތީ ނާއިޝްގެ ގާތަށް ދިއުމަށެވެ. ނަމަވެސް ޒަޔާން އޭނާގެ އަތުގައި ހިފައި ހުއްޓުވަމުން ފެންތަށްޓެއް ހިފައިގެން އައުމަށް ބުންޏެވެ. ނަޝްވާ ދެކޮޅު ހެދުމެއްނެތި ދިޔައެވެ. ޒަޔާން ދެން ބަލާލީ ނާއިޝްއަށެވެ. އަދި އޭނާއާއި މެދު ހަމްދަރުދީ ވާހާލު މަޑުމަޑުން ހިނގާފައި ގޮސް ނާއިޝްގެ ގާތުގައި އިށީނދެ އޭނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެހާލުގައި ވަނިކޮށް މީހެއްގެ އެހީތެރިކަން ލިބުމުން ނާއިޝްގެ ކެތްތެރިކަން ކޮޅުން ލިއެވެ. ޒަޔާންގެ ކޮނޑުގައި ބޯއަޅާލައިގެން އިނދެ އޭނާ ރޮމުން ދިޔައެވެ.

އިރުކޮޅެއްފަހުން ނަޝްވާ ފެންތަށި ގެނައުމުން ޒަޔާން ނާއިޝްއަށް ފެންތަށި ދިއްކޮށްލިއެވެ. ނާއިޝް އޭގެއިން ކޯވަރެއް ބޯލުމަށްފަހު ނަޝްވާއަށް ތަށި ދިއްކޮށްލިއެވެ. ނަޝްވާ އޭނާގެ އަތުގައިވާ ޓިޝޫ ދިނުމުން ނާއިޝް އޭގެއިން އޭނާގެ މޫނު ސާފުކޮށްލިއެވެ.

“ކީއްވެތަ އަހަންނަށް އެންމެންވެސް ކަންތައްތައް ސިއްރުކުރަނީ…؟؟؟” ޒަޔާންއަށް ބަލާލަމުން ނާއިޝް އަހާލިއެވެ.

“އެމީހުން ދޮންބެއަށް އެކަން ސިއްރުކުރީ ދޮންބެއަށް ދެރައެއް ދޭން ބޭނުންނުވާތީ… ލިމްޝާއާއި ނަޝާމް އެކަކު އަނެކަކުދެކެ ވަރަށް ލޯބިވޭ… އެދެމީހުން ރައްޓެހިވެގެން އުޅެނިކޮށް ދޮންބެއާއި ލިމްގެ ކައިވެނި ހަމަޖެހުނީ…. ފުރަތަމަ ލިމްއަކަށްވެސް ނޭނގޭ ދޮންބެއަކީ ނަޝާމްގެ ބޭބެކަމެއް… އޭނާގެ ބައްޕައަށްޓަކައި ލިމް ކައިވެންޏަށް އެއްބަސްވީ ނަޝާމްގެ ހިތް ރޮއްވާލަމުން…. ނަޝާމް އާދޭސް ކޮށްކޮށް ހުއްޓާ ލިމް ނަޝާމްއާއި ރުޅިވީ… އޭރު ނަޝާމްއަކަށްވެސް ނޭނގޭ ލިމް މެރީ ކުރަން އުޅެނީ ދޮންބެއާއި ކަމެއް…. ލިމް މިގެއަށް އައި ފުރަތަމަ ދުވަހު އެމީހުނަށްވެސް ހަގީގަތް އެނގުނީ… ދެމީހުންވެސް ތިބީ ޝޮކެއްގައި… އެދުވަހު ނަޝާމްވެސް ނިންމީ ދޮންބެއަށްޓަކައި ލިމް ދޫކޮށްލަން….” ޒަޔާން ވާހަކަ ދައްކަމުން ދިޔައިރު ނާއިޝް އިނީ ކަނުލާ އަޑުއަހާށެވެ. މިވާހަކަތައް އަޑުއިވުމުން ނަޝްވާވެސް އިނީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް ނޭނގި އެތައް ކަމެއް ހިނގައިފިއޭ އޭނާގެ ހިތަށް އެރިއެވެ.

“އެމީހުން މިވީދުވަހު ދޮންބެއަށް އެކަން ސިއްރުކުރީ ހަމަ ދޮންބެއަށްޓަކައި…. އެދެމީހުންގެ ލޯބި ގުރުބާންކޮށް، ދޮންބެގެ އުފަލަށްޓަކައި… މީގަ ނަޝާމްގެވެސް އަދި ލިމްގެވެސް ކުށެއްނެތް….” ޒަޔާން ބެލީ ނަޝާމްމެންގެ ކުށެއް ނެތްކަން ނާއިޝްއަށް ހާމަކޮށްދެވޭތޯއެވެ.

“ޒަޔާން ތިބުނީ ތެދެއް… އެދެމީހުންގެ ކުށެއް ނެތް… ކުށް ކުރެވުނީ އަހަންނަށް… ދެލޯބިވެރިންގެ ދޭތެރެއަށް ވަދެވުނީ އަހަންނަށް….” ޒަޔާންއަށް ބަލަން އިނދެ ނާއިޝް ވާހަކަ ދެއްކިއެވެ.

“އެކަމަކު އަހަރެން ދެރަވަނީ އެދެމީހުން އަހަންނަށް އެކަން ސިއްރުކުރީމަ…. އަހަރެންވެސް ބޭނުމެއް ނޫން ދެލޯބިވެރިއެއްގެ ދެމެދަށް ވަންނާކަށް…. އަހަރެން ކިހާ ގޯސް… އެންމެންވެސް ވިސްނީ އަހަންނާ ދޭތެރޭގައި…. އެކަމަކު ބަލާބަލަ މިޔަދު އަހަރެން ވިސްނާނުލާ ނަޝާމްމެނަށް ހެދި ގޮތް…. ޒޯޔާއާއި ދޭތެރޭވެސް އަހަންނަށް ކަންތައް ކުރެވުނީ ހަމައެގޮތަށް…. އަހަންނަށް އެފަކީރުގެ ހިތް ރޮއްވާލެވުނީ…. އެހެންވެ ކަންނޭނގެ މިޔަދު އަހަންނަށް މިހެން މި ދިމާވީ…. މީހުން ބުނެއެއްނު އެކަކަށް ދެރައެއް ދީފައި އަނެކާއަށް އުފަލަކު ނޫޅެވޭނެއޭ…..” ނާއިޝްއަށް އިތުރަށް ވާހަކަ ދައްކަން އުނދަގޫވުމުން ހުއްޓާލިއެވެ. އޭނާއަށް ދެކެވުނު ވާހަކަ އޭނާއަށް ރޭކާލީހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް ނަޝްވާއާއި ޒަޔާން ހައިރާންވެފައި ނާއިޝްއަށް ބަލަން އިނެވެ.

“ޒޯޔާ އެއީ ކާކު….؟؟؟” ނަޝްވާ މިހެން އެހުމުން ނާއިޝް ނަޝްވާއަށް ބަލާލިއެވެ. އޭނާއަށް ދެކެވުނު ވާހަކަ ރޭކާލީވެސް ދެނެވެ. ނާއިޝް އެއްވެސް ފޮރުވުމެއްނެތި ޒޯޔާގެ ވާހަކަ ނަޝްވާމެނަށް ކިޔައިދިނެވެ. އެވާހަކަތައް ގަބޫލުކުރަން ދަތިވެފައި ނަޝްވާއަށް އިނދެވުނީ އަނގަމަތީ އަތް އަޅައިގެންނެވެ. އެވާހަކަ އަޑު އަހާފައި ޒަޔާންވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ދޮންބެ ކަންތައް ތިކުރީކީ ރަނގަޅަކަށް ނޫން…. އެއީ ދޮންބެ ގަސްތުގަ ކުރި ކަމަކަށް ނުވިޔަސް އޭގައި ޒޯޔާގެވެސް އަދި ނަޒާންގެވެސް ކުށެއް ނެތެއްނު…. އަހަންނަށް ފެންނަނީ ދޮންބެ ތުއްތުއަށް ލިމް ދޫކޮށްލާފައި ދޮންބެގެ ލައިފްއަށް ޒޯޔާއާއި ނަޒާން ގެންނަން…. ދޮންބެ މިހާރު ކަންތައް ތިކުރި ގޮތުން އެތައް ބަޔަކަށް ވޭނާއި ހިތްދަތިކަން ލިބޭނެ…. ދޮންބެ ކިތަންމެ ލޯބިވެގެން ލިމްއާއި މެރީކުރިކަމުގައިވިޔަސް އެމީހުން ހިތްދަތިކޮށްފައި ދޮންބެއަކަށްވެސް އުފަލުގައި ހިތްހަމަ ޖެހިގެން އުޅެވޭނެހެނެއް އަހަންނަކަށް ހިޔެއް ނުވެ….” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ނަޝްވާ އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ. ޒަޔާންވެސް ނަޝްވާގެ ވާހަކައަށް ތާއީދުކުރިއެވެ.

“ނަޝްކޮ ތިބުނީ ރަނގަޅަށް ތިމާގެ އުފަލަށްވުރެ ބޮޑަށް އިސްކަންދޭންޖެހޭނީ އެހެންމީހުންގެ އުފަލަށް…. މިހާރު އަހަރެންގެ ކޮއްކޮވެސް ބޮޑުވެއްޖެދޯ….” ނަޝްވާ ދެއްކި ވާހަކަތައް ގަބޫލުކުރަމުން ލުއި ހިނިތުންވުމަކާއިއެކު ނަޝްވާގެ ބޮލުގައި ފިރުމާލަމުން ނާއިޝް ބުނެލިއެވެ. ނަޝްވާ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ޒަޔާނަށް ބަލާލިއިރު އޭނާވެސް އިނީ ހިނިތުންވެލައިގެން ނަޝްވާއަށް ބަލާށެވެ.

 

“ނަޝާމް….” މޭޒުގެ ދެފަރާތުގައި ގޮނޑީގައި އިށީނދެލައިގެން ތިބި ނަޝާމްއާއި ލިމްޝާ ސިހިގެން ދިޔައީ ނާއިޝްގެ އަޑަށެވެ. ދެމީހުން އެއްފަހަރާ ގޮނޑިން ތެދުވަމުން ނާއިޝްއަށް ބަލާލިއެވެ. އޭރު ނާއިޝް އެދިމާއަށް އަންނަނީއެވެ. އޭނާގެ ފަހަތުން ނަޝްވާއާއި ޒަޔާންވެސް އައެވެ. ނާއިޝް އައިސް މަޑުކޮށްލީ ނަޝާމްގެ ކުރިމަތީގައެވެ.

“ސޮރީ ނަޝާމް…. ދޮންބެ ވަރަށް ދެރަވެއްޖެ ކަންތައް ހިނގާދިޔަ ގޮތުން ވަރަށް ލަދުވެސް ގަނޭ… ދޮންބެއަށް ކުރިން އެނގުންނަމަ ތިދެކުދިން ދޭތެރެއަކަށް ނުވަނީސް… ދޮންބެއަށް މާފުކުރޭ…” ނާއިޝް ވާހަކަ ދެއްކީ މަޑުމައިތިކަމާއި އެކީގައެވެ.

“ނޫން ދޮންބޭ… ތިހެން ނުބުނޭ…. ދޮންބެ އަހަރެންގެ ކިބައިން ދުވަހަކުވެސް މާފަށް އެދޭކަށް ނުޖެހޭނެ…” ނާއިޝްގެ ގައިގައި ބައްދާލަމުން އުފާވެފައި ހުރެ ނަޝާމް ބުނެލިއެވެ. ނަޝާމް ދުރަށް ޖެހިލުމުން ނާއިޝް ދެން ބަލާލީ ލިމްޝާއަށެވެ. މިހާރުވެސް ލިމްޝާއަށް ބަލާލާ ކޮންމެފަހަރަކު އޭނާގެ ހިތަށް ބުނެދެން ނޭނގޭ ގޮތްތަކެއް ވެއެވެ. ނަމަވެސް ނާއިޝް އޭނާގެ ހިތުގެ ހައިޖާންތަށް ގަދަކަމުން ހަމަޔަކަށް އަޅުވާލިއެވެ. ކިތަންމެ ލޯބިވީ ނަމަވެސް ކުރިން ދެކޭފަދަ ނަޒަރަކުން ދެން އޭނާއަކަށް ލިމްޝާއާއި ދޭތެރޭގައި ނުދެކެވޭނެއެވެ. އެއީ މިހާރު އޭނާގެ ކޮއްކޮގެ ހައްގެކެވެ. ނާއިޝް ލިމްޝާދެކެ އޭނާވާ ލޯބި ހިތުގެ އެންމެ ފުންމިނުގައި ރައްކާކުރީ އެންމެނަށްވެސް ސިއްރުންނެވެ. އެންމެންގެ އުފަލަށްޓަކައި އޭނާގެ ލޯބިގުރުބާން ކުރަމުންނެވެ.

“ސޮރީ…” ނާއިޝް އައިސް ލިމްޝާގެ ކުރިމައްޗަށް ހުއްޓުމުން ނާއިޝް ވާހަކަ ދެއްކުމުގެ ކުރިން ލިމްޝާ ބުނެލިއެވެ.

“އަދިވެސް ލިމްތަ ސޮރީ ބުނަނީ… އަހަންނެއްނު ސޮރީ ބުނަންޖެހޭނީ….” ހިނިތުންވެލަމުން ނާއިޝް މިހެން ބުނުމުން ލިމްޝާވެސް ހިނިތުންވެލިއެވެ.

“ލިމް… ވަރަށް ވިސްނައިގެން އުޅެއްޗޭ…. ނަޝާމް ވަރަށް ނޯޓީވާނެ…” ނަޝާމްގެ ކޮނޑުގައި އަތް ބާއްވާލަމުން ނާއިޝް މިހެން ބުނުމުން އެންމެން ހޭން ފެށިއެވެ. ލިމްޝާ ލަދުން އިސްޖަހާލިއެވެ.

“ހިނގާ ތިރިއަށް ދާން…. މަންމަމެނަށްވެސް މިޚަބަރުދޭން ޖެހޭނެއެއްނު…” މިހެން ބުނެފައި ނާއިޝް ހިނގައިގަތުމުން އޭނާގެ ފަހަތުން ނަޝްވާމެންވެސް ދިޔައެވެ. އެންމެން ދިޔުމުން ދެޖީބަށް އަތް ޖަހާލަމުން ނަޝާމް ލިމްޝާއަށް ބަލާލިއެވެ. ނަޝާމް މާވަރަކަށް ބަލަން ފެށުމުން ލިމްޝާ ލަދުން އިސްޖަހާލިއެވެ. ދެއަތްދެއަތާ މޮޑެމުން ދިޔައިރު އޭނާގެ ދޮންމޫނަށްވަނީ ޖަންބުކުލަވެރިވެފައެވެ. ލިމްޝާގެ ހާލުފެނި ނަޝާމްގެ ތުންފަތުގައި ދުވެލީ ލާނެއް ހިނިތުންވުމެކެވެ. ނަޝާމް ލިމްޝާގެ އަތުގައި ހިފައި ލުއްކިއެއް ޖެހުމުން ލިމްޝާ އައިސް ޖެހުނީ ނަޝާމްގެ މޭމަތީގައެވެ. ނަޝާމް އޭނާގެ ބާރުގަދަ އަތުން ލިމްޝާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. އަދި އަނެއް އަތުން ލިމްޝާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލިއެވެ. އެއަށްފަހު ލިމްޝާގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ. ލިމްޝާ ނަޝާމަށް ބަލާލިއެވެ.

“ދެން އަހަރެންގެ ޙަޔާތުން ލިމް ދުރަށް ދިޔަކަ ނުދޭނަން…. އަހަރެންގެ ހަޔާތުން ދުރަށް ނުދައްޗޭ….”ލިމްޝާގެ ނިއްކުރިއަށް ބޮސްދެމުން ނަޝާމް މިހެން ބުނުމުން ލިމްޝާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ބޮލުގެ އިޝާރާތުން އާނއެކޭ ބުނަމުން ލިމްޝާ ނަޝާމްގެ މޭގައި ބޯއަޅާލިއެވެ. ނަޝާމް އޭނާގެ ދެއަތުން ލިމްޝާ ވަށާލަމުން ދެލޯމަރާލީ ހިތްހަމަޖެހިފައި ހުރެއެވެ.

 

ނަޝާމްމެން ދެވަނަބަޔަށް އައިއިރު ނާއިޝްމެން އެމީހުންގެ އިންތިޒާރުގައި އެތާ ތިއްބެވެ.
“ތިއައީ ދޯ… ހިނގާ މަންމަމެންގެ ގާތުގައި މިވާހަކަ ބުނަންދާން…” ނާއިޝް މިހެން ބުނުމުން އެންމެން އެކީ ތިރިއަށް ދިޔައެވެ.

“އަނހަ…. މަންމަމެން ހީކުރީ ދަރިފުޅުމެން މިޔަދު ތިރިއަށް ނާންނަ ދުވަހެއްކަމަށް… ނާއިޝް އާދެބަލަ މިކޮޅަށް… ބައްޕަމެން މިހާރު ކައިވެނިކުރަން ރަނގަޅު ތާރީޚެއްވެސް ކަނޑައަޅައިފި…” ނާއިޝްމެން ފެނުމުން ފަރީޝާ ބުނެލިއެވެ.

“މަންމާ… އަހަރެން ތި ކައިވެންޏެއް ނުކުރާނަން….” ނާއިޝްގެ މިޖުމްލައިން ނާޝިދުގެ ދެމަފިރިންގެ އިތުރުން މަތީންގެ ދެމަފިރިންވެސް ހައިރާންވެ ކޮޅަށް ތެދުވުނެވެ.

“އެކީއްވެ ދަރިފުޅާ….” ނާޝިދު އަހާލިއެވެ.

“އަހަރެންގެ ބަދަލުގައި ތިކައިވެނި ކުރާނީ ނަޝާމް….” މިހެން ބުނެފައި ނާއިޝް ހުރިހާ ވާހަކައެއް މަންމަމެނަށް ކިޔައިދިނެވެ. އެމީހުން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ނަޝާމްއަކީވެސް ހަމަ ނާޝިދުގެ ދަރިއެއް…. އަހަރެންގެ މައްސަލައެއް ނެތް…” ނާޝިދު ދެން ހަދާނީ ކިހިނެއްހޭ އަހާލާފަދަ ގޮތަކަށް މަތީންއަށް ބަލާލުމުން ހިނިތުން ވެލަމުން މަތީން ބުނެލިއެވެ. ނާޝިދުވެސް ހިނިތުންވެލިއެވެ.

“އަހަރެން މިޔަދު އަހަރެންގެ ދަރިފުޅަށްޓަކައި ފަހުރުވެރިވަން… އެކަމަކު ބުނަން ދަރިފުޅާ… ބައްޕަމެންނަށްޓަކައި ދެންވެސް ދަރިފުޅުގެ އުފާތައް ގުރުބާން ނުކުރާތި…. އަބަދުވެސް ހަނދާން ކުރާތި ބައްޕަމެންގެ އުފަލަކީ ހަމަ ދަރިފުޅުގެވެސް އުފާ… ދަރިފުޅު އުފަލުގައި ހުރިއްޔާ ބައްޕަމެންވެސް ތިބޭނީ އުފަލުން….” ލިމްޝާގެ ބޮލުގައި ފިރުމާލަމުން މަތީން ބުނެލިއެވެ. ލީނާވެސް ލިމްޝާގެ ބޮލުގައި ފިރުމާލިއެވެ. ލިމްޝާ ހިނިތުންވެފައި ހުރެ މަންމައަށާއި ބައްޕައަށް ޝުކުރުވެރިވިއެވެ. އަދި ހިތާހިތުން އޭނާގެ ލޯބި ކާމިޔާބުވީތީ މާތް ﷲގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. އަނެއްކާވެސް މުޅި މާހައުލަށް އުފާވެރިކަން ވެރިގަތެވެ. މިހާރު އެންމެންގެ ދުލުގައިވެސް ވަނީ ލިމްޝާއާއި ނަޝާމްގެ ކައިވެނީގެ ވާހަކައެވެ.

ރަނގަޅު ދަނޑިވަޅަކަށް ބަލަން ހުރި ޒަޔާން ލިމްޝާއާއި ނަޝްވާ ދުރަށް ޖެހިލުމުން ނަޝާމްގެ ގާތު ޒޯޔާގެ ވާހަކަ ކިޔައިދިނެވެ. އެވާހަކަ އަޑުއިވުމުން ނަޝާމަށްވެސް ލިބުނީ ޝޮކެކެވެ. އެވަގުތަކީ ނާއިޝްވެސް ކޮޓަރިއަށް ގޮސް ނަމާދުކޮށްލައިގެން އައިވަގުތެވެ. ނަޝާމް ނާއިޝްގެ ގާތަށް ޖެހިލަމުން ޒޯޔާގެ ވާހަކަ އެއީ ތެދެއްތޯ އަހާލިއެވެ. ނާއިޝް ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“ދޮންބޭ… އެހެންވީއިރު ކޮންމެހެންވެސް ޒޯޔާ ދޮންބެގެ ލައިފްއަށް ގެންނަން ޖެހޭނެ…. އެއީ ނަޒާންއަށްވެސް އެންމެ ރަނގަޅުގޮތަކީ….” ނަޝާމް ބުނެލިއެވެ.

“ހޫމް… އެހެންވެ އަހަރެން މިދަނީ ޒޯޔާމެން ގެއަށް ދާން…. ކޮންމެހެންވެސް އަހަރެން ޒޯޔާއާއި ބައްދަލް ކުރަން ބޭނުން….” މިހެން ބުނެފައި ނާއިޝް ހިނގައިގަތެވެ.

 

ނާއިޝް ޒޯޔާމެންގޭދޮށަށް ދިޔައިރު ޒޯޔާހުރީ ގޭގެ ދޮރުމަތީގައި ނަޒާން އުރާލައިގެންނެވެ. ޒޯޔާ ފެނުމުން ނާއިޝްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދުރުގައި ސައިކަލް ޕާކުކޮށްލުމަށްފަހު ނާއިޝް އައިސް ޒޯޔާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ނާއިޝް ފެނުމުން ޒޯޔާ ދިޔައީ ސިއްސައިގެންނެވެ.

“ނާއިޝް….” ހައިރާންވެފައި ހުރެ ޒޯޔާއަށް ނާއިޝްގެ ނަން ކިޔާލެވުނެވެ.

“އާނ… އަހަރެން…. ކިހިނެއް ވެގެންތަ ޒޯޔާ ތިއުޅެނީ…؟؟؟ އަހަރެން ގުޅީމަ ފޯނުނަގަނީކީ ނޫން…. މެސެޖަކަށް ރިޕްލައި ކުރަނީއެއް ނޫން….” ނަޒާން އުރާލަމުން ނާއިޝް ޝަކުވާ ކޮށްލިއެވެ.

“އަހަރެން ބުނީމެއްނު އަހަރެންގެ ސަބަބުން ނާއިޝްގެ ދިރިއުޅުމަށް ހިޔަނިއެޅޭކަށް އަހަރެން ބޭނުމެއް ނޫނޭ…. އެހެން ނޫނަސް ނާއިޝްއާއި ވާހަކަ ދައްކައިގެން އަހަރެންގެ ހިތަށް އަނިޔާ ލިބުން ނޫންކަމެއް ނުވާނެ….” އިސްޖަހާލައިގެން ހުރެ ޒޯޔާ ވާހަކަ ދެއްކިއެވެ.

“ނޫން ޒޯޔާ… ތިހެން ނުބުނޭ…. ދެން ޒޯޔާގެ ހިތަކަށް އަނިޔާއެއް ނުލިބޭނެ… އަހަރެން ވަރަށް ރަނގަޅަށް ޒޯޔާގެ ހިތް ބަލަހައްޓާނަން… އަހަރެން މިއައީ ޒޯޔާ ބަލާ… ޒޯޔާ އަހަރެންގެ މީހަކަށް ހަދަން…. އަހަންނަށް މިޔަދު ރަނގަޅުގޮތް ވިސްނިއްޖެ….” ނާއިޝްގެ ވާހަކައިން ޒޯޔާ ހައިރާންވެފައި ނާއިޝްއަށް ބަލަން ހުރެވުނީ ގަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ. އެވަގުތު ގޭގެ ދޮރުހުޅުވާލާފައި ނުކުތީ ޒޯޔާގެ މަންމައާއި ބައްޕައެވެ. ޒޯޔާގެ ބައްޕަގެ އަތުގައި ބޮޑު ފޮށްޓެއްވެސް ހުއްޓެވެ.

“ޒޯޔާ ރަށަށް ދަނީތަ..؟؟؟” ޒޯޔާއަށް ބަލާލަމުން ނާއިޝް މިހެން އަހާލުމުން ޒޯޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

“ނޫން… ޒޯޔާއަކަށް ނުދެވޭނެ… އަހަރެން މިއައީ ޒޯޔާއާއި ނަޒާން ބަލާ….” ނާއިޝް އަވަސް އަވަހަށް ބުނެލިއެވެ.

“ބޭބޭ…. ޒޯޔާ ނުގެންދޭ…. އަހަރެން ޒޯޔާއާއި ނަޒާން ބޭނުން…. އަހަރެން ޒޯޔާއާއި ކައިވެނި ކުރަން ބޭނުން….” އާދޭހުގެ ރާގެއްގައި ޒޯޔާގެ ބައްޕަގެ ގާތުގައި ނާއިޝް ބުނެލިއެވެ. ޒޯޔާގެ ބައްޕަ ސުވާލުގެ ނަޒަރަކުން ޒޯޔާއަށް ބަލާލުމުން ޒޯޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“ޒޯޔާ އަހަރެމެންނަށް ނަޒާންގެ ހަގީގަތް ކިޔައިދީފި… އަހަރެން ވަރަށް އުފާވެއްޖެ ނާއިޝް ހަގީގަތް ގަބޫލުކުރީތީ…. ޒޯޔާ އެހުންނަނީ ނަޒާންގެ ބައްޕައާއި ނޫނީ ނީންނަން… ޒޯޔާއަށްވެސް އަދި ނަޒާންއަށްވެސް ނާއިޝް ވަރަށް މުހިންމު…. ޒޯޔާ އެއީ ނާއިޝްގެ މީހެއް… އަހަރެން ތިކައިވެންޏަށް ގަބޫލު….” ހިތްހެޔޮކަމާއިއެކު ޒޯޔާގެ ބައްޕަމިހެން ބުނުމުން ޒޯޔާގެ މަންމަވެސް ހިނިތުންވެލިއެވެ. ނާއިޝް ވީއުފަލެއްގެ ބޮޑުކަމުން ނަޒާންގެ މޫނުގެ އެކިތަންތަނަށް ބޮސްދިނެވެ. މިމަންޒަރު ފެނިފައި ޒޯޔާވެސް އޭނާގެ ދެލޯ ފޮހެލަމުން ހިނިތުންވެލިއެވެ. އަދި އޭނާގެ ދުޢާތައް އިޖާބަކުރެއްވީތީ މާތްﷲގެ ހަޟްރަތަށް ޙަމްދު ދެންނެވިއެވެ.

 

ވ.މޫރިތި ގެއަށް ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭހެންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ.

“މަންމާ…” އެންމެން އެއްފަހަރާ ދޮރާ ދިމާއަށް ބަލާލީ ނާއިޝްގެ އަޑަށެވެ. އޭރު އެއްއަތުން ނަޒާން އުރާލައިގެން އަނެއް އަތުން ޒޯޔާގެ އުނގަނޑުގައި ހިފަހައްޓައިލައިގެން ހެވިފައި ނާއިޝް ހުއްޓެވެ. މިމަންޒަރު ފެނުމުން ނަޝާމްގޮސް ނަޒާން އުރާލިއެވެ. ނަޝްވާ ޒޯޔާގެ އަތުގައި ހިފައިގެން އެތެރެއަށް އައުމުން އެމީހުންގެ ފަހަތުން ނާއިޝްވެސް އައެވެ. ފަރީޝާމެން ވާނުވާ ނޭނގި ހައިރާންވެފައި ބަލަން ތިބީއެވެ.

“މަންމާ މީ އަހަރެންގެ ވާން އުޅޭ އަނބިމީހާ ޒޯޔާ….. މީ އަހަރެމެންގެ ދަރިފުޅު ނަޒާން….” ފަރީޝާގެ ކުރިމަތީ މަޑުކޮށްލަމުން ޒޯޔާއަށާއި ނަޒާނަށް އިޝާރާތްކޮށްލަމުން ނާއިޝް މިހެން ބުނުމުން އެންމެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

“ދަރިފުޅު ތިއުޅެނީ އެކުއްޖާގެ ދޮންބައްޕައަށް ވާންތަ….؟؟؟” ދެލޯ ބޮޑުކޮށްގެން ހުރެ ފަރީޝާ އަހާލިއެވެ.

“ނޫނޭ މަންމާ… ނަޒާން އެއީ އަހަރެންގެ ލޭ… އަހަރެންގެ ދޮންދަރިއެއް ނޫން….” ނާއިޝްގެ ޖުމްލަ ނިމުމާއިއެކު ނާއިޝްގެ ކަންފަތްމައްޗަށް ނާޝިދުގެ އަތުގެ ހޫނުއެތިފަހަރެއް އެރިއެވެ. އެންމެނަށްވެސް ހައިރާން ކަމެއް ލިބުނެވެ.

“ލަދެއް ނުގަނޭތަ ތިކަހަލަ ވާހަކަ ދައްކާކަށް….” ފަރީޝާ ނުރުހިފައި ބުނެލިއެވެ.

“މަންމާ ތިހެން ނުބުނޭ… މީގައި ދޮންބެގެވެސް އަދި ޒޯޔާގެވެސް ކުށެއް ނެތް….” ލިމްޝާގެ އަތަށް ނަޒާން ދެމުން ފަރީޝާގެ ކޮނޑުގައި ހިފަހައްޓާލަމުން ނަޝާމް ބުނެލިއެވެ. އަދި އެންމެނަށް އެކަން ހިނގައި ދިޔަ ގޮތް ކިޔައިދިނެވެ.

“މަންމާ… އަހަންނަށް މާފުކުރޭ… އަހަރެން ގަސްތަކު އެކަހަލަ ވިޔާ ނުދާ ކަމެއް ނުކުރާނަން… ކޮންމެ ގޮތެއް ވިޔަސް މިހާރު ނަޒާންއާއި ޒޯޔާ އެއީ އަހަރެންގެ ޒިންމާއެއް…” ފަރީޝާގެ އަތުގައި ހިފާލަމުން ނާއިޝް ބުނެލިއެވެ.

“ދަރިފުޅު ކުށަށް އިއުތިރާފުވެ ތިހާ ޒިންމާދާރުވީތީ ބައްޕަ ވަރަށް އުފާވެއްޖެ… ދަރިފުޅު ތިބުނީ ތެދެއް… މިހާރު އެދެމައިން އެއީ ދަރިފުޅުގެ ޒިންމާއެއް….” ނަޝާމްގެ ވާހަކަ ކަނުލާ އަޑުއަހަން ހުރެފައި ނާއިޝްގެ ބޮލުގައި ފިރުމާލަމުން ނާޝިދު ބުނެލިއެވެ. ނާޝިދުގެ ނިންމުމާއިއެކު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

“އެއްކައިވެނި މިބަދަލުވީ ތިން ކައިވެންޏަށް… ދެން ތިން ކައިވެނި އެއްކޮށް ދޯ ކުރާނީ…” ލިމްޝާއާއި ޒޯޔާގެ ބޮލުގައި ފިރުމާލަމުން ޒަޔާންއަށް ބަލާލަމުން ހިނިތުންވެފައިހުރެ ފަރީޝާ ބުނެލިއެވެ. އަދި ލިމްޝާގެ އަތުގައި އިން ކުޑަކުޑަ ނަޒާން އުރާލާ އޭނާގެ ދެކޮލަށާއި ނިއްކުރިއަށް ބޮސްދިނެވެ.

އޭގެ އެއްމަސް ދުވަސް ފަހުން ލިމްޝާއާއި ނަޝާމް، ޒޯޔާއާއި ނާއިޝް އަދި ނަޝްވާއާއި ޒަޔާންގެ ކައިވެނި އެއްހަފްލާއެއްގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެވިގެން ދިޔައެވެ. ޒޯޔާގެ އިތުރުން ލިމްޝާއާއި ނަޝްވާވެސް ހުރީ ކައިވެނި ޕާޓިގައި ބުރުގާ އަޅާފައެވެ. ތިންކުދިންނަކީވެސް ތަފާތު ގޮތުގައި ރީތި ތިންކުދިންނެވެ. ޕާޓީއަށް އަންނަ ކޮންމެ މީހެއްގެ ދުލުން މިތިން ޖޯޑަށް ތައުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ.

*******

ހައަހަރުފަސް

“މަންމާ ކޮންއިރަކުންތަ ޕިކްނިކްދަނީ…؟؟ ކޮއްކޮއަށް މިހާރު ހުރެވެނީކީ ނޫން…” ލިމްޝާގެ ފަސްއަހަރުގެ އަންހެން ދަރިފުޅު ލަޔާ ފުޅިއަކަށް ފެން އަޅަންހުރި ލިމްޝާގެ ހެދުމަށް ދަމާލަމުން އަހާލިއެވެ.

“ކޮބާތަ ދަރިފުޅުގެ ބައްޕަމެން…. އަދިވެސް ނިދާފަދޯ… ހިނގާ ހޭލައްވާލަން ދާން….” ފުޅިބަހައްޓަމުން ލިމްޝާ ލަޔާ އުރާލައިގެން ކޮޓަރިއަށް ދިޔައެވެ. އަދި ދެމީހުން އެނދުގެ ދެފަރާތުގައި ތިބެފައި ބެޑްޝީޓް ދަމައިގަންނަމުން އެއްއަޑުން ހަޅޭލަވައިގަތެވެ. މިއަޑަށް ނަޝާމްއާއި އެމީހުންގެ ފިރިހެން ދަރިފުޅު ލަޔާން ދެލޯ ބޮޑުކޮށްލަމުން ކޮޅަށްޖެހުނެވެ. ލިމްޝާއާއި ލަޔާ ހޭންފެށިއެވެ. ލަޔާ އާއި ލަޔާންއަކީ އެއްމާބަނޑު ދެކުދީންނެވެ.

“ދަރިފުޅާ އަވަހަށް ހިނގާ ރެޑީވާން… މިހާރު އެއޮށް ޕިކްނިކްދާގަޑި ޖެހެނީ…” ލިމްޝާ މިހެން ބުނުމުން ލަޔާން އަވަސްއަވަހަށް އެނދުން ފޭބުމަށްފަހު ގޮސް ފާހާނާއަށް ވަނެވެ.

“ލަޔާ….” ނަޝްވާ ގޮވާލުމުން ލަޔާ ދުވެފައި ބޭރަށް ދިޔައެވެ. ލިމްޝާ ހިނިތުންވެފައި ހުރެ ދެފަރާތަށް ބޯހޫރާލަމުން ފާހާނާއާއި ދިމާއަށް ހިނގައިގަތްވަގުތު ނަޝާމް ލިމްޝާގެ އަތުގައި ހިފަހައްޓާ އޭނާއާއި ދިމާއަށް ދަމައިގަތެވެ. ލިމްޝާގޮސް ޖެހުނީ ނަޝާމްގެ މޭމަތީގައެވެ. ލިމްޝާ ތެދުވަން އުޅުމުން ނަޝާމް އޭނާ ހިފެހެއްޓިއެވެ.

“އެހާ ފަސޭހައަކުން އަދި ނުދެވޭނެ….” ލާނެއް ގޮތަކަށް މިހެން ބުނެފައި ނަޝާމް ލިމްޝާގެ މޫނުގައި ހިފަހައްޓާ އޭނާގެ މޫނާއި ކައިރިކޮށްލިއެވެ. ނަޝާމްގެ ހޫނުނޭވާތައް ލިމްޝާގެ މޫނަށް އެޅެން ފެށުމުން ލިމްޝާއަށް ދެލޯ މަރާލެވުނެވެ.

“މަންމާ އަވަސް…” ދެމީހުން ސިހިގެން ދިޔައީ ލަޔާންގެ އަޑަށެވެ. ލިމްޝާ އަވަސް އަވަހަށް ނަޝާމްއާއި ދުރަށް ޖެހިލަމުން ދާން ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ނަޝާމް ލިމްޝާގެ އަތުގައި ހިފެހެއްޓިއެވެ.

“ދެން ނަޝާމް…. އަހަރެން މިދަނީ ލަޔާން ފެންވަރުވާށޭ….” ނަޝާމްގެ އަތު ތެރޭން އަތް ދަމައިގަންނަމުން ލިމްޝާ ބުނެލިއެވެ. އަދި ނަޝާމް ހިފަހައްޓަން އުޅުމުން އޭނާގެ އަތުނުވެ ސަލާމަތްވުމުން އަނގައިން ވައްތަރެއް ޖައްސާލަމުން ފާހާނާއާއި ދިމާއަށް ދިޔައެވެ. ނަޝާމް ހެވިފައި އެދިމާ ބަލަހައްޓައިގެން އޮތެވެ.

ނަޝާމްމެން ތައްޔާރުވެގެން ނުކުތްއިރު ޒަޔާންއާއި ނަޝްވާ އިނީ ރިންގްތަކަކަށް ވައިޖަހާށެވެ. އެމީހުންގެ ގާތުގައި އެމީހުންގެ ފަސްއަހަރުގެ ދަރިފުޅު ޒަނާއާއި ލިމްޝާމެންގެ ދަރިފުޅު ލަޔާ ހުއްޓެވެ. ތަންކޮޅެއް ދުރުގައި ނާއިޝްއާއި ނަޒާން ބޯޅައެއް ހިފައިގެން ފައިން ޖަހާލަ ޖަހާލަ ތިއްބެވެ. މިމަންޒަރުފެނުމުން ލަޔާންއާއި ނަޝާމްވެސް އެމީހުންނާއި ބައިވެރިވިއެވެ. ސޯފާގައި އެމަންޒަރު ބަލަން ހެވިފައި ނާޝިދު އިނެވެ. ޒޯޔާއާއި ފަރީޝާ ދަތުރަށް ބޭނުންވާ ސާމާނުތައް ހަމަކުރުމައިގެން އުޅެއެވެ. ލިމްޝާވެސް ޒޯޔާމެނަށް އެހީވެދިނެވެ.

އެދުވަހު ދިހައެއްޖަހާކަށްހާއިރު އެމީހުންތިބީ ވިލިނގިލި ބީޗްގައެވެ. ނާޝިދުއާއި ފަރީޝާ ހެވިފައި ދަރިންނައި މާމަދަރިން ޖަހަމުންދާ ސަކަރާތް ބަލަން ގަހެއްގެ ހިޔަލުގައި ތިއްބެވެ. ދަރިންގެ އެކުވެރިކަމާއި އެކުދިންގެ މެދުގައިވާ ލޯބިފެނި އެދެމަފިރިންތިބީ ނުހަނު އުފާވެފައެވެ. މިހާރު އެއާއިލާއަކީ ހަމަޖެހޭ އުފާވެރި އާއިލާއެކެވެ.

***ނިމުނީ***

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އިންތިޒާރު 4

Next

އަބަދަށް އެކީގަ ވާނަމޭ………………( އެއްވަނަ ބައި)

Next
February 7, 2015

އަބަދަށް އެކީގަ ވާނަމޭ………………( އެއްވަނަ ބައި)

Previews
February 5, 2015

އިންތިޒާރު 4

37 Comments!

  1. eemiyaa says:
    February 7, 2015 at 4:48 am

    All readers ah mi story kamudhiyakamah heekuran
    Thanks for ur support 🙂

  2. min says:
    February 7, 2015 at 7:17 am

    Ooooooh eem wat a beautiful story alhey hadha reechey alhe eem ge vaahakaeh dhen fenaanee kon irakun

  3. Shadhi says:
    February 7, 2015 at 8:56 am

    Varah reethi happy ending..keep it up… ekam nimunee ey dhw dhen v foohi vaane mihaaru zim fantasy shine athoo men kahala vaahaka nimendhen liyaa kudhin ge vaahakaeh nulibe kiyaalan dhen shine liye sun ah e kiyaalan libe 3dhuvahun 1dhuvah.. ekam miadh adhi up nuve.. dhen eem ves thi vaahaka nimmaalee avahah ehen vaahaka eh fashaanen dhw 🙂

  4. Shai says:
    February 7, 2015 at 9:36 am

    Eem.. Dhen ehen vaahaka eh start kuraanan dho!!!!

  5. athoo.. says:
    February 7, 2015 at 10:10 am

    what a wonderful story bext of luck, eem!

  6. lilaa says:
    February 7, 2015 at 10:22 am

    Varan reethi mivahaka

  7. shaxa says:
    February 7, 2015 at 11:38 am

    Vrah vrah reethi.. keep it up

  8. Lovely says:
    February 7, 2015 at 11:40 am

    Nice ending 😀 eem ge ehen vaahaka eh ge inthizaaruga!!

  9. shaf says:
    February 7, 2015 at 2:04 pm

    v v reethi vaahaka eh…

  10. shaph says:
    February 7, 2015 at 3:03 pm

    Alhe haadha reethi story ekay……….repeat koh ves kiyaalaa hievany…….thnx” eemiyaa”

  11. eemiyaa says:
    February 7, 2015 at 3:12 pm

    Thaks All 🙂 🙂 🙂
    Allah iraadha kureviyaa eem ge ehen story eh ves adhi fennaane Ekamaku kihaathaaku kameh bunaakah adhi neyge

  12. mary says:
    February 7, 2015 at 4:46 pm

    vvvvv reeethi mi vaahaka
    waiting 4the next story

  13. eemiyaa says:
    February 9, 2015 at 7:41 pm

    Thanks mary 🙂

  14. maee says:
    February 10, 2015 at 5:38 am

    Alhey, maee ah nukeegn ulhenikoh story mi nimuny….athoo siss! Maee maa bodha bxy vma habareh nuveveny…sis plxx maee ah help eh vedhyba..maee ge moonuga in bodu pimple rangalhu kuran hadhane gotheh bunedhyba plxxx!! Hope u’ ll rply me ASAP!

  15. athoo.. says:
    February 10, 2015 at 3:11 pm

    maee kokky ice cube thi pimple ga jahsaba ragalhukuran. dhen baamu ugulhaba remedy eh libeythoa. athoo sis ah ves igeyey maee mi dhuvaskolhu buzy vaane kan. unit test othy kon irakutha maeege? varah salaam. good good results gennahchey captain kamah kuri mathi nulantha? bext of luck and good days to u……

  16. maee says:
    February 11, 2015 at 5:42 am

    Ok thnx athoo siss!! Hmm maee vv bxy!! Hehe im the scool captain!vvv salaaam!

  17. athoo.. says:
    February 11, 2015 at 1:31 pm

    oh ehentha? congra. be a good girl!

  18. vaahakabe says:
    February 11, 2015 at 5:16 pm

    habeys vaahaka eh

    1. need says:
      July 10, 2017 at 8:38 am

      cheeeeei

  19. yaish says:
    February 11, 2015 at 5:18 pm

    varah nice vaahaka eh

  20. eemiyaa says:
    February 11, 2015 at 9:42 pm

    Thanks vaahakabe and yaish

  21. sikey says:
    February 21, 2015 at 11:03 am

    varah salhi….. adhi mikahala vaahakaeh beynun….. vaahaka liyunu meehaa ah thnkx……

  22. eemiyaa says:
    February 21, 2015 at 7:25 pm

    Thanks sikey.. Allah iraadha kurehviaa adhi mikahala vaahakaeh kiyaalan libeyne..

  23. Ramih says:
    February 24, 2015 at 12:38 pm

    Varah Ves Furihama “Story” Eh 😉
    looking Forward to a more attaractive Story (Y)
    Keep Up The good Work 🙂

  24. eemiyaa says:
    February 26, 2015 at 5:08 pm

    Thanks ramih.. 🙂 allah iraadha kurehviaa mi aharu thereyga eem ge ehn vaahaka eh genesdheynan.

  25. same says:
    March 6, 2015 at 4:29 pm

    Wow v nice….. Adi mi kahala story eh eem ge faraathuh libeyne kaman ummydhukurah….. Once again v habeyxxx…. Keep it up….

  26. eemiyaa says:
    March 8, 2015 at 11:00 pm

    Thanks same 🙂

  27. reader says:
    March 16, 2015 at 11:22 am

    very nice story but the part 12 and 15 does not open.. can u upload it again so that the error could not occur and can be opened.. hope u success in ur future as well.. ver welldone story 🙂

  28. Shiu says:
    March 24, 2015 at 12:54 pm

    Ohhhh ….. It’s great n lovely to read this story

  29. eemiyaa says:
    March 24, 2015 at 11:46 pm

    Thanks reader n shiu 🙂 🙂 🙂
    Reader try it again.. may b nw u can open it..

  30. Shai says:
    April 13, 2015 at 7:42 pm

    Eem ge Vaahaka akah inthizaaru kuraatha 2 months ah vure gina vany ! A story plz…. 🙁

  31. eemiyaa says:
    April 19, 2015 at 11:18 pm

    Shai am on it
    in sha allah dhn maa gina dhuvaheh nuvaane
    may be 1 mnth varu adhi nagaafaane
    mi balany may 20 ga e vaahaka genesdheveytho

  32. testing carried says:
    May 8, 2015 at 10:43 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice

  33. eemiyaa says:
    September 17, 2015 at 11:30 pm

    Thanks testing

  34. xxx says:
    September 9, 2016 at 10:06 pm

    Interesting???

  35. Nuzu says:
    October 5, 2020 at 1:37 pm

    V reeti mi story ves ? Masha Allah ?

  36. LIM🖤 says:
    February 15, 2025 at 3:01 am

    story vrh ves reethi ekm my ah weird my genan v ma hehe ekm veys story hama habeys 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

Comments are closed.



All Right Reserved!