
އަބަދަށް އެކީގަ ވާނަމޭ………………( އެއްވަނަ ބައި)
އަރޫންނާއި އާޝިޔާ އަކީ ދެލޯބިވެރިންނެވެ. މިދެމީހުންނަކީ ހއ. މާރަންދޫއަށް އުފަންދެމީހުންނެވެ. އާޝިޔާ ކިޔަވަން ހުންނަނީ މާލޭގައެވެ. އަރޫން މަސައްކަތް ކުރަމުންދަނީ ރިސޯޓެއްގައެވެ. އަރޫން އާޝިޔާއަށްވުރެ އަށް އަހަރު ބޮޑުއެވެ. އެކެމަކު މިކަންތައް އެއީ މިދެމީހުންނަށް އެހާ ބޮޑު ކަމެއްނޫނެެވެ. އެއަށްވުރެ ބޮޑަށް އެދެމީހުން އެކަކު އަނެކަކު ދެކެލޯބިވެއެވެ. މިދެލޯބިވެރިިން ފުރަތަމަ ބައްދަލުވީވެސް މާލެއިންނެވެ.
އެދުވަހު އާޝިޔާ އޭނާގެ ރަހުމަތްތެރިންނާ އެކު ސްކޫޕަށް ދިޔައީ ބަންދުދުވަހެއް ވީމަ މަޖާ ކޮށްލާ ފިނި އެއްޗެއް ބޯލުމުގެ އުއްމީދުގައެވެ. ހަމަ އެދުވަހު އަރޫންވެސް ދިޔީ ރަހުމަތްތެރިޔަކާ އެކު ސްކޫޕަށްށެވެ. ހަމަ އެމަގުޞަދުގައެވެ. ހަށިގަނޑު އެތެރެ ފިނިކޮށްލުމަށްށެވެ. އަރޫން ރަހުމަތްތެރިޔާ އާއި ވާހަކަ ދައްކަން އިންދަ ކުއްލިއަކަށް އެލިއް ކަޅިއަކުން ލޮލުގައި އަޅައި ގަތީ ކައުންޓަރު ކައިރީ ހުރި އާޝިޔާއެވެ. ވަގުތުން އާޝިޔާ ގެ ހަރާކަތްތަކަށް މީހާގެ ސަމާލުކަން އެއްކޮން ހުއްޓިގެން ދިޔައެވެ. ރަހުމަތްތެރިޔާ ދައްކާ ވާހަކަ އެއްވެސް ވަރަކަށް ނީއްވެއެވެ. މިހެން ބަލަން އިންދަށް ދެމީހުންނަށް ހަތަރު ކަޅި ހަމަކޮށްލެވުނެވެ. ވަގުތުން އާޝިޔާ ހިނިތުންވެލާފަ އިސްޖަހާލިއެވެ. އަރޫންގެ ހިތް އުފަލުން ފުރިގެންދިޔައެވެ. ވަގުތުން ރަހުމަތްތެރިޔާއަށް އާޝިޔާ ދައްކާލިއެވެ. އަދި އޭނާގެ މައުލޫމާތު ހޯދައިދޭން އެދުނެވެ.
އޭގެ ދެދުވަސްފަހުން އަރޫންގެ ރަހުމަތްތެރިޔާ އަހުމަދު ގުޅާލުމަތްފަހު އާޝިޔާގެ ހުރިހާ މައުލޫމާތެއް ވަރަށް ފުރިހަމައަށް އޮޅުންފިލުވާދިނެވެ. އަދި އާޝިޔާގެ ނަންބަރުވެސް ދިނެވެ. ނަންބަރު ލިބުމާއެކު އެއްވެސް ލަސްކުރުމެއް ނެތި އަރޫން އެނަންބަރަށް ގުޅާލިއެވެ. ނަމަވެސް ލިބިގެން ދިޔައީ މާޔޫސްކަމެވެ. ނަންބަރު އޮތީ ނިވާލާފައެވެ. ވަގުތުން އަހުމަަދަށްގުޅާފަ އެވާހަކަ ބުންޏެވެ. އަހުމަދު ބުނި ގޮތްތުން އާޝިޔާ އަތުގައި އެހެން ނަންބަރެއް އޮތްނަކަމެއް އެނގިފަނެތެވެ.
އެރޭ މަސައްކަތް ނިންމާލާފަ އަރޫން އަނެތްކާވެސް އާޝިޔާ އަށް ގުޅާލިއެވެ. މިފަހަރު ފޯނު ރިންގުވިއެވެ. ކުޑަ އިރުކޮޅަކު ރިންގުވިތަނާ އެކޮޅުން ފޯނުނަގާ ވަރަށް އޯގާތެރި އަޑަކުން ހަލޯ ބުނެލިއެވެ. އެއީ އާޝިޔާކަން ވަގުތުން އަރޫންނަށް ޔަގީންވިއެވެ. ބުނާނެ އެއްޗެއް ނޭންގިފަ އަރޫން ހުއްޓެއެވެ. އެކޮޅުން ހަލޯ ލަހޯ ގޮވާލަ އިރުކޮޅަކު ހުރުމަތްފަހު ފޯނު ކަނޑާލިއެވެ. ދެން އަރޫނަށް ގުޅާކަށް ނުކެރުނެވެ. ކުޑަކޮށް ވިސްނާލުމަތްފަހު އަރޫން އެއީ ކާކުކަން ބުނެދިނުމަށް ފަހު މެސެޖެއްކޮށްލިއެވެ. މާގިނަ އިރުތަކެއްނުވެ ޖަވާބު އައެވެ. ނުދައްނަ މީހުންނާ ވާހަަކަ ދައްކަން ބޭނުން ނުވާ ވާހަކަ ބުނެފައެވެ. އަރޫން ދެފިކުރެއްގަ ހުރެފަ ޖަވާބު ފޮނުވާލިއެވެ. ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރަށް ސްކޫޕަށްދާން ދައުވަތުދީފައެވެ. ނަމަވެސް އާޝިއާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.
ދުވަސްތައް ވަރަށް ހަލުވިކަމާއެކު ފާއިތުވެގެން ދިޔައެވެ. އަރޫން އިންތިޒާރު ކުރަމުން އައި ހުކުރު ދުވަސް ޖެހުނެވެ. ވަރަށް ނަލަ ހެދިލައިގެން އަރޫން މާލެއައެވެ. އަދި މިސްރާބު ޖެހީ ކަނޑައެޅިފައިވާ ތަންކަމަށްވާ ސްކޫޕަށްށެވެ. އަރޫންނަށް ދެވުނުއިރު އަދި ހަތަރެއް ނުޖަހައެވެ. އަހަރެން ވަދެ ވަކިން އިން މޭޒެއްގަ އިށީންނެވެ. އިރުކޮޅަ ކޮޅާ ދޮރާ ދިމާލަށް ބަލާލެއެވެ. ނަމަވެސް އާޝިއާގެ އެއްވެސް ހަބަރެއް ނުވެއެވެ. އިންތިޒާރު ކޮށް ކޮށް އެއްގަޑީރު ވީއިރުވެސް އާޝިޔާގެ ހަބަރެއް ނުވިއެވެ. މާޔޫސްކަމާއެކު އަރޫން ދާންތެދުވިއެވެ. އެވަގުުތު ސްކޫޕް ދޮރު ހުޅުވާލަފަ އެތެރެއަށް ވަދެގެން އައީ އާޝިޔާއެވެ. ވަގުތުން އަރޫންގެ މޫނު އަލިވެގެން ދިޔައެވެ. ހިތުގައި އުފެދިގައިވާ ޝަކުވާ ވަގުތުން ފިލައިގެން ދިޔައެވެ. އާޝަޔާ ވަށާ ހޯދަން ދެށިއެވެ. އަރޫން ހަނާއަޅާލިއެވެ. ފަރި ހިނގުމެއްގައި އައިސް އާޝިޔާ އަރޫން ކުރިމަތީ އިން ގޮނޑީގައި އިށީންނެވެ. އެއާ އެކު ދެމީހުންގެ ދޭތެރޭ ފެތުރިގެން ދިޔައީ ހަމަ ހިމޭންކަމެވެ. ދެމީހުން އެކަކު އަނެކާ ހަތަރު ކަޅި ހަމަކޮށްލައިގެން ތިބީއެވެ. އެއްވެސް އެއްޗެއް ނުކިޔައެވެ.
އެންމެ ފަހުން އެހަމަ ހިމޭންކަން ފޫއަޅުވާލީ އަރޫންނެވެ. ކަރު ކެލިލުމަތްފަހު ވާހަކަ ދައްކަންފެއްޓިއެވެ. ” އަހަރެންމީ މުހައްމަދު އަރޫން. މަސައްކަތް ކުރަނީ ރިސޯޓެއްގަ. އަހަރެންނަށް އާޝިޔާ ވަރަށް ކަމުދޭ. ބޭނުން ގުޅެން!” އާޝިޔާ ވަރަށް ކަނުލާ އަޑު އަހަން އިނުމަތްފަހު ވާހަކަ ދައްކަންފެށިއެވެ. ” އަހަރެންމީ އާޝިޔާ އަލީ. މިހާރު މި އުޅެނީ ގްރޭޑް 11 ގައި. ކަިޔަވަމުންދަނީ އަމީނިޔާ ސްކޫލުގައި. އަހަރެންނަށްވެސް އަރޫން ވަރަށް ކަމު ގޮސްފި. އެކަމަކު އަހަރެން މައިންބަފައިން ހިތްހަމަ ނުޖެހިދާނެ ކިޔެވުން ނުނިމެނީނސް މިހެން ބައްދަލުކޮށް ހެދީމަ. އެހެންވީމަ އެހާގިނައިން ބައްދަލު ނުވެދާނެ.” އާޝިޔާގެ މިވާހަކަ އަޑުއަހާފަ އަރޫންނަށްވެސް އެކަން ގަބޫލުކުރެވުނެވެ. އަދި އެގޮަތްތަށް އެއްބަސްވިއެވެ. އެދުވަހަށް ފަހު ދެމީހުންގެ ލޯބީގެ ގުޅުންފެށިގެން ދިޔައެވެ. މިހާރު އެގުޅުމަށް މިވީ ދެއަހަރެވެ.
މިއަހަރަކީ އާޝިޔާ ކިވާ ނިމިގެން ރަށަށްދާން ހަމަ ޖެހިފަ އޮަތް އަހަރެވެ. އެހެންކަމުން އާޝިޔާ ދިޔާއީ ދަތުރަށް ދުރާލާ ތައްޔާރުވަމުންނެވެ. އަރޫންވެސް މަސައްކަތް ކުރަމުންދިޔައީ އާޝިޔާ އެކު ރަށަށް ދެވޭތޯއެވެ. އެންމެ ފަހުން ޖޫންމަހުގެ ޓެސްޓް ނިންމާ ލުމަތްފަހު އާޝިޔާ ރަަށް ފުރައިފިއެވެ. އަރޫންނަށް ދެވެން އޮތީ އޭގެ އެއްމަސް ފަހުންނެެވެ. އެހެންކަމުން ދެމީހުން އެއްބަސްވީ ރަށަށް ދެވޭހާ އަވަހަކަށް އާޝިޔާ އޭނާގެ މައިންބަފައިންނާ ވާހަކަ ދައްކާ ދެމީހުންގެ ގުޅުމަށް އެއްބަސް ކުރުވުމެވެ.
އާޝިޔާއަށް ރަށަށް ދެވުނުއިރު މައިންބަފައިން ވަނީ އާޝިޔާގެ ކައިވެނު، އާޝިޔާގެ ބައްޕަގެ އެންމެގާތް ރަހުމަތްތެިޔާ ވާފިރުގެ އެންމެ ހަގު ދަރިފުޅާ ކުރުމަތް ހަމަޖައްސާފައެވެ. އާޝިޔާ އެއްކޮން މާޔުސްވިއެވެ. މިކަން އެނގުނުހާ އަވަހަށް އަރޫންނަށް ގުޅާވަ މިވާހަކަ ބުންޏެވެ. އަރޫނަށްވެސް ލިބިގެން ދިޔައީ ކުއްލި ސިހިމެކެވެ. ދެމީހުން ހަދާނެ ގޮތް ހުސްވިއެވެ. އެންމެ ފަހުން އަރޫން ހިތްވަރުދިނީ ތެދު ތެދަށް ހުރިހާ ވާހަކަ އެއް އާޝިޔާގެ މައިންބަފައިންނަށް ކިޔާދިނުމަށްށެވެ. ކިޔާދިނުމަތްފަހު އެއްބަސް ނުވެއްޖެނަމަ އަރޫން ވަގުތުން ރަށަށް ދާންނެކަމަށް ބުންޏެވެ. އަދި އާޝީޔާގެ މައިންބަފައިންނާ ބައްދަލުކޮށް ވާހަކަ ދައްކާނެ ކަމަށްބުންޏެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން އެންމެން ދިޔައެެވެ. ނަމަވެސް އާޝިޔާ ތައްޓަށް ބަތް އެޅިގޮތްތަށް އިނެވެ. މިކަން އާޝިޔާގެ މަންމަ ޒުބޭދާއަށް ފަހަގަ ކުރެވުނެވެ. ވީއްކޯތޯ ޒުބޭދާ ސުވާލު ކޮށްލިއެވެ. އާޝިޔާ ވަރަށް ހިތްވަރުކޮށްފަ އެވާހަކަ ބުނަން އަނގަޅު ހުޅުވާލިއެވެ. އެވަގުތު ސަލާމް ގޮވާލުމަތް ފަހު އެތެރެއަށް ވަދެގެން އައީ ވާފުރު އާއި އޭނަގެ އަންހެނުނެވެ. އެމީހުން ފެނުމާއެކު އާޝިޔާގެ އަނގައިގަ ތަޅެއް އެޅުވުނު ކަހަލައެވެ. އެއްވެސް އެއްޗެއް ނުބުނެވުނެވެ. މަޑު މަޑުން އިނދެގެން ކައި ނިންމާލަފަ އަވަހަށް ގޮސްވަނީ ކޮޓަރިއަށްށެވެ. އޭރު އާޝިޔާގެ މައިންބަފައިންނާއި ވާފިރުގެ ދެމަފިރިން އާޝީޔާ އާއި އެމީހުންގެ ދަރިފުޅު އާދިލްގެ ކައިވެނީގެ ވާހަކަ ދައްކާ އަޑުއިވެއެވެ. މިވާހަކަތައް އިވުނު އިވުނުހެން އާޝިޔާގެ ހިތްދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ.
އާދިލް ރަަށަށް އަންނަން ހަމަޖެހިފަ ވަނީ އަދި ހަފްތާއެއްގެ ފަހުންނެވެ. މިހާރު އާދިލް ހުރީ ލަންކާގައި ކިޔަވާށެވެ. ވިޔަފާރިގެ ދާއިރާއިން މާސްޓާސް ހަދަނީއެވެ. މިހާރު އެކިޔަވަނީ އެންމެ ފަހު ސެމިސްޓާރ އެވެ. މިފަހަރު ރަށަށް އެއަންނަނީ އެއްކޮން ކިޔަަވާ ނިންމާލައިގެންނެވެ. ރަށަށް އައުމާއެކު ފުރަތަމަވެސް އޮތީ އާޝިޔާ އާއި އާދިލުގެ ކައިވެންޏެވެ. އެއަށްފަހު ދެންއޮތީ ވިޔަފާރިއެއްފެށުމެވެ. މިވާހަކަތައް އަޑުއަހަން އޮތްވަ އާޝިޔާއަށް ނިދުނު އިރެއްވެސް ނޭންގުނެވެ.
ހެނދުނު ހޭލެވުނީ އާޝިޔާގެ މަންމަ ގޮވާ އަޑަށްށެވެ. އަވަސް އަވަހަށް ތެދުވެގެން ތައްޔާރުވެގެން ނިކުތެވެ. އޭރު ޒުބައިދާ ސައި ތައްޔާރު ކޮށްގެން އިނެވެ. އާޝިޔާގެ ބައްޕަ އަލިފިޅު ފެންނާކަށް ނެތެވެ. މިފުރުސަތުގެ ބޭނުން ރަނގަޅު ގޮތްތުގައި ހިފަން އާޝިޔާ ނިންމިއެވެ. ގޮނޑީގައި ރަނގަޅަށް އިށީންދެ ހަމަ ޖެހިލިއެވެ. އެއަށްފަހު ވަރަށް ޖެހިލުންވެ އިނދެ ވާހަކަ ދައްކަން ފެއްޓިއެވެ. ” މަންމާ! އަހަރެން ބޭނުމެއްނޫނ ކައިވެނި ކުރާކަށް” މިހެން ބުނުމަށްފަހު އާޝިޔާ ޒުބޭދާގެ މޫނަށް ބަލާލިއެވެ. ޒުބޭދާ ބޯންއިން ސައިތަށި މޭޒުމަތީ ބޭންދުމަށްފަހު، ގޮޑިން ތެދުވިއެވެ. އެއާ އެކު އާޝިޔާ އެއްކޮށް ފިނިވެގެން ދިޔައެވެ. ޒުބޭދާ އައިސް އާޝިޔާ ކައިރީ ހުއްޓެނެވެ. އަދި ވަަރަށް މަޑު މަޑުން ވާހަކަ ދައްކަން ފެއްޓިެވެ. ” ދަރިފުޅާ! ދެންތިހެން ނުބުނާތީ. މިކައިވެންޏަކީ ދަރިފުޅު ބައްޕަގެ ވަރަށް ފޮނި އުއްމީދެއް. ދަރިފުޅު އިންކާރު ކުރިކަން އެގިއްޖެނަމަ ބައްޕަ ވަރަށް ދެރަވާނެ…” ޒުބޭދާގެ ވަހަކަ ފުރިހަމަ ނުވަނީސް އާޝިޔާ ވަހަކަ ދައްކަން ފެއްޓިއެވެ. ” މަންމާ! އަހަރެން ބޭނުން އިތުރަށް ކިޔަވަން. ކިޔަވާ ނިމިގެވެސް ކައިވެނި ކުރެވިދާނެ.” ތެދުބުނާނެ ހިތްވަރު އާޝިޔާ އަކަށް ނުލިބުނެވެ. ނަމަވެސް ކައިވެނި ލަސްވާނެ ގޮތްތެއް ވޭތޯ އެހެންބުނެލިއެވެ. ޒުބާދާ އެކަމަށް އެއްބަސްވާ ގޮަތްތެނިވިއެވެ. ” ދަރިފުޅު ކައިރީ ބުނެފީމެއްނު ކައިވެނި ލަހެއްނުވާނެއޭ! އެހެންނޫނަސް އަންހެންކުދިން ކީއްކުރަން އެހާ މައްޗަށް ކިޔަވަނީ. ކައިވެނި ކުރީމަ އިންނަން ޖެހޭނީ ގޭގަ. މިހާރު ތިހުރީ އޭލެވަލް ކިޔެވިފަ. އިތުރަށް ކިޔަވަން ބޭނުމިއްޔާ އާދިލް ކިޔވާދޭނެ. މަންމަ އާދިލް ކައިރީ ބުނާނަށް ދަރިފުޅު ކިޔަވަން ބޭނުންވާ ވާހަކަ.” ޒުބޭދާގެ މިޖާވަބު އަޑު އިވުމާއެކު އާޝިޔާއަށް ބުނާނެ އެއްޗެއް ނޭންގުނެވެ. ވަގުތުން ތެދުވެގެން ދިޔައީއެވެ.
ކޮޓަރިއަށް ވަނުމާއެކު އާޝިޔަށް ރޮވުނެވެ. ވަގުތުން އަރޫނަަށް ގުޅާލިއެވެ. ނަމަވެސް އަރޫން ޑިޔުޓީ ގަނޑިކަމުން ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ. ފަހުން ގުޅާނެކަމަށް ބުނެ ފޯނު ބޭއްވީއެވެ. އާޝިޔާ ވިސްނަންފެށިއެވެ. މިހާރު ނުބުނެއްޖެނަމަ ކަންތައް އިތުރަށްވާނީ ގޯހެވެ.
ނުނިމޭ ……………..
10 Comments!
Comments are closed.
nuhoo..you have talent, but something is odd in this story….you have to be more creative…..then it will be a nice one…anyway…its gud…but you can do much more…..keep it up….:-)…….
“Vaguthun” Mibas haadha ginain thakuraaru koffa eba othey vaahakaiga…. Hope you’ll try to correct it for the next time….
nuhoo new writer eh tha? mi bai salhi igey ekam feshun thankolheh interesting kohlaafa genes dhin nama. misaalakah conservation akun ekahala gothakah seedhaa mauloo ah dhiyumuge badhaluga. anyways , it’s fine. hope u will up this story without any delay.
އަރޫން އާޝިޔާއަށްވުރެ އަށް އަހަރު ބޮޑުއެވެ”.މިއީ ކުއްގޮތެއް ރަނގަޅުގޮތަކީ އަރޫން އާޝިޔާއަށް ވުރެ އަށް އަހަރު ދޮއްޓެވެ”.ވާހަކަ ލިޔާކުދިން މިކަހަލަ ކަންތައްތަކަށް ވިސްނާލުން މުހިއްމު
Maa avahah kanthahthah thi nimmany.. Kuda kudhin vz migothah liyaane..
Thanks all for the lovely comments. Definitely I will think about all these minor mistakes. keep encouraging me like this…..
Mee alhe koacheh..vrh hadi
thaa sukunaai shaviyani sukunuge faragu neygey kujjeh…..dhivehibahuge hamathakaa ehgothah sukun kuran dhaskurun varah muhimmu…..liyuntheri akah vaan beynun nama bahuge gavaaidha ehgothah liyan dhaskurun varah muhimmu…….
ehvess meehakee “PERFECT” meeheh noon
anyone can make mistakes
keeep up the good work ……nuhoo
Kudhakon feshun odd ……,but reethi….it is interesting