އޮއްސެމުން ދިޔައިރުގެ އަލިން އުޑުމަތީގައިވަނީ މަޑު އޮރެންޖުކުލަގެ ސާލެއް ފަތުރާލެވިފައެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވުމުގެ ކުރިން ދޫނި ސޫފާސޫފިތަށް އެސޮރުމެންގެ ހާލިތަކަށް ވަދެހިމާޔަތް ހޯދަމުން ދިޔައެވެ. ނަމަވެސް ހުދު ދޮންވެލިގަނޑުމަތީގައި ހުއްޓިލައިގެން ހުރި ޝަޒިން އިންތިޒާރު ކުރަމުން ދިޔައީ އިރުއޮއްސި އަނދިރިވާނެ އިރަކަށްށެވެ. ކަޅުވިލާތަކުން އުޑުމަތި އަނދިރިކޮށްލުމުން ޝަޒިން މިސްރާބުޖެހީ ކުރިމަތީގައި ހުރި ރަށު އޮފީހާއި ދިމާއަށްށެވެ. އިރުއޮއްސި އަނދިރި ވުމުން އެތަނުގައި މީހަކު ނޫޅޭނަކަން އެނގިހުރި ޝަޒިން އެތެރެއަށްވަނެވެ. އެ ސަރަހައްދުގައި ވަނީ ބޮޑެތި ގަސް […]
އަޕްލޯޑު ކުރުމުގައި މިވާހަކައަށް ދިމާވި މައްސަލައެއް ޙައްލުކުރުމަށްފަހު އަލުން މިވަނީ އަޕްލޯޑުކުރެވިފައެވެ. “އިމްނާ…މީހަކާ ރައްޓެހިވާކަށް ނޫޅެންތަ؟”ސުހާ އަހާލީ ހެވިލާފައެވެ. “ހޫނ…ސުހާ އަބަދު ދައްކާނީ އެކަހަލަ ވާހަކަ..އެނޫން އެހެން ވާހަކައެއް ދައްކަބަލަ..”.ފޯނުގެ ގަޑި ބަލާލަމުން އިމްނާ ބުނެލިއެވެ. “މިހެން މިބުނީ އަހަރެމެން އުމުރުގެ ކުދިންތަކުގެ ތެރެއިން މިހާރު މީހަކާ ރައްޓެހިނުވެ ހުރީ އިމްނާ އެކަނިހެން ހީވާތީ…..”.ހީލާފައި ސުހާ ބުނެލިއެވެ. “ސުހާވެސް ތިހުރީއްނު…މީހަކާ ރައްޓެހިވާކަށް ނޫޅެން!އެހެންނޫނަސް ރައްޓެހިވާހިތެއް ނުވޭ…”.ފޫހި ރާގަކަށް އިމްނާ ވާހަކަ ދެއްކިއެވެ. “ކިހިނެއްވީ؟”.ސުހާ އަހާލިއެވެ. “އާނ..ރައްޓެހިވާއިރަށް ކިޔާނެ […]
“އަހަންނަށް އެންމެ ރީތީ އަހަރެންގެ މަންމަ ގޮތަށް ބުރުގާ އަޅާފައިތިބޭ ކުދިން” ރާއިން ޖަބާބުދިނީ ޒާޔާއާއިދިމާއަށް ބަލަހައްޓައިގެން އިނދެގެނެވެ. ޒާޔާއަށްވެސް އެއަޑު ކިތަންމެ ރީއްޗަކަށްވެސް އަޑުއިވުނެވެ. އެއީ އޭނައަށް ބުނި އެއްޗެއްކަންވެސް އޭނައަށް ނަގައިގަނެވުނީ ރާއިން ބަލަހައްޓއިގެން އިނުމުންނެވެ. ސަނާއައިސް ރާއިންއާއި ދިމާކުރަމުން ވާހަކަ ދައްކަން ފެށިއެވެ. އެތާގައި މަޑުކުރަން ނޫޅެ ޒާޔާ ކޮޓަރިއަށްދާން ހިނގައިގަތެވެ. ފަހަތުން ރާއިން ދާންބޭނުންވި ކަމުގައިވިޔަސް ކުއްލިއަކަށް ތެދުވެގެން ދާން ނުކެރުނީ ސަނާ އާއި ޝާން ވާހަކަ ދައްކަން ތިބުމުންނެވެ. […]
“މިހާއަވަހަށް ހަނދާން ނެތުނީ ދޯ. ހަނދާން ކޮށްދެންތަ. މިޝަލް ހަދާން އެބަހުރިތަ އަހަރެން ކިޔަވާނިމުނުތާ ދުވަސް ކޮޅެއްފަހުން މިޝަލްގެ އުފަންދުވަހު އަތިރިމަތީގައި އެހުރި ރުއްބުޑުކައިރިއަށް އަންނަން ބުނިކަން. އަހަރެން ބޭނުންވީ އެ އުފާވެރި ޚަބަރު އެރޭ މިޝަލްއަށް ދޭން. އަހަރެން އެއްވެސް ޝައްކެން ނުކުރަން މިޝަލް އަހަރެން ދޫކޮއްލަފާނެ ކަމަކަށް. ނަމަވެސް އެހާ އުއްމީދުތަކާއި އެކީ ދިޔައިރު އިނގޭތަ އަހަރެންނަށް އެތަނުން ފެނުނު މަންޒަރު. އެތަނުން ފެނުނީ ތި މިޝަލް އެހެން އަންހެނެއްގެ ގައިގައި އޮޅުލާ މަންޒަރު! […]
ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު މަޑުހިނގުމެއްގައި ރާއިން ޒާޔާގާތަށް ހިނގައިގަތެވެ. އެނދުކައިރީ ތިރީގައި އިށިއިނުމަށްފަހު އެމޫނަށް ބަލާލިއެވެ. ތެތްކަންގަދަ އެތުންފަތަށް ބަލާލެވުނީ ދަހިވެތިނަޒަރަކުންނެވެ. ހިންދިރުވާލެވުނީ އެތުންފަތުގައި ލޯބިކޮށްލުމަށް ހިތްއެދުނުވަރުންނެވެ. ޒާޔާއާއި ގާތްވެލުމަށްފަހު ފުރަތަމަފަހަރަށް އެތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. ނިދިފައިއޮތް ޒާޔާއަށް އެއްވެސްކަމެއް އިހުސާސެއްނުވިއެވެ. އަތުގެ ނުފަށުން ތުންފަތުގައި ބީހިލުމަށްފަހު އަނެއްކާވެސް ރާއިން އެތުންފަތުގައި ބޮސްދިނެވެ. ކުޑަހިނދުކޮޅަކަށް ދެމިގެންދިޔަ އެހަރަކާތް ހުއްޓުނީ ޒާޔާލޯހުޅުވާލުމަށްފަހު ރާއިންގެ ކޮނޑުގައި އަތްއަޅާ ކޮށްޕާލަމުން ހަޅޭއްލަވައިގަތުމުންނެވެ. ވެއްޓެންދިޔަ ރާއިން ހަށިގަނޑު ބެލެންސް ކޮށްލުމަށްފަހު ތެދުވެ ޒާޔާގެ […]
“އިޒް އިޓް އަ ޔެސް” ދެންވެސް ވާހަކަދެއްކީ ރާއިންއެވެ. ޒާޔާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ރާއިން ޒާޔާ އުފުލާލުމަށްފަހު އެނބުރިލއެވެ. އަދި ބެހެއްޓުމަށްފަހު ވަރަށް ލޯބިވާކަމަށް ބުނެލިއެވެ. ލަދުން ރަތް ވެފައިވާ އެމޫނުފެނި ރާއިން އަނެއްކާވެސް ޒާޔާއޭނަގެ އަތުތެރެއަށް ގެނައެވެ. “ހެޕީ ނިއު އިޔަރ ލަވް” ޒާޔާގެ ގައިގައި ބައްދާލައިގެން ހުރެ ރާއިން ބުނެލިއެވެ. އަދި ފޯނުނެގުމަށްފަހު ޒާޔާއަށް ގަޑިދައްކާލިއެވެ. އޭރު 12 ޖަހާ 5 މިނިޓް ހިނގަނީއެވެ. ޒާޔާ ހީލިއެވެ. ރާއިންބުނިގޮތަށް އޭނަގެ ހިތުގެވެރިޔާއަށް […]
ހަފްތާއެއްގެ ފަހެވެ. އަލިފުޅާ ޒުބޭދާ ތިބީ އުނދޯލީގައެވެ. ވާހަކަ ދެކެވެމުން ދިޔައީ ވާފިރު ދެމަފިރިންނާ އެވަހަކަ ހިއްސާކުރާނެ ގޮތްތާކާމެދުގައެވެ. ކުއްލިއަކަށް ދެމަފިރިންގެ ވާހަކަ މެދު ކެނޑުނީ ބޭރު ދޮރުގައި ޓަކިޖަހާ އަޑަށްށެވެ. އުނދޯލިން ފައިބައިގެން ހެދުން ރަނގަޅުކޮށްލަމުން ގޮސް، ޒުބޭދާ ދޮރު ހުޅުވާލިއެވެ. އެއާއެކު ވަރަށް ބާރަށް އަލިފުޅަށް ގޮވާލިއެވެ. “އަލިފުޅާ!” ފަޔަތްލެވުނުހާ ބާރެއްލާފަ އަލިފުޅު އައިރު ދޮރުމަތި ނޫކުލައިގެ ޓީޝާޓަކާ ކަޅުކުލައިގެ ޖިންސެއްލައިގެން ވަރަށް ހެވިލާފަ ހުރީ އާދިލްއެވެ. ފަހަތުގައި ވާފިރުއާއި ފާތުމަފުޅުވެސް ހެވިފަ ތިއްބެވެ. […]
ނަމަވެސް އެތަނުގައި ހިނގަމުންދިޔަ ކަންތަން ތިންވަނަ ފަރާތަކަށް އިނގި ހާވަމުން ދިޔަކަމެއް ދާނިޝްއަކަށް ނޭނގެއެވެ. އޭރުވެސް އެނދުމަތީގައި އޮތްފޯނުގައި ޖުމައިލް ގުޅައިގެން ހުއްޓެވެ. އެތަނުގައި ހިނގަމުންދާ ހުރިހާކަމެއް ޖުމައިލްއަށް ވަގުތުން ވަގުތަށް އަޑު އިވެމުންދެއެވެ. އެނދުމަތީގައި ނިދިފައި އޮތް ޝަޒިން ދެފަރާތަށް އެނބުރި އެނބުރިފައި އޮވެ ފުއްމައިގެން ތެދުވިއެވެ. އޭރު މުޅި މީހާވަނީ ދަލުން ފޯވެފައެވެ. ދެލޯ ބޮޑުކޮށްގެންހުރެ އެކި ފަރާތް ފާރާތަށް ނަޒަރު ހިންގަމުން ދިޔައިރު ނޭވާވަނީ ފުންވެފައެވެ. ދެންމެ އެފެނުނީ ހުވަފެނެއްކަން އިނގި އެ […]
ނިދަންއޮތް ކަމުގައިވިނަމަވެސް ޒާޔާގެ ލޮލަށް ނިންޖެއް ނައެވެ. 11 ގަޑި ބައިވާން ކައިރިވިއިރުވެސް އޭނައަކަށް ނުނިދުނެވެ. 11 ގަޑި ބައިވެ ފަސް މިނެޓު ހިނގިތަނާ އޭނަގެ ފޯނަށް މެސެޖެއް އައެވެ. “އެމް ވެއިޓިންގ” ރާއިންގެ ނަންބަރުން ފޮނުވާފައިވާ މެސެޖެކެވެ. ރާއިން އެއުޅެނީ މޮޔަވެގެންބާއޭ ހިތަށް އަރަމުން ކޮޓަރިން ދާން ހިނގައިގަތެވެ. ނަމަވެސް ހުރެވުނީ ނިދާހެދުމުގައިކަން ހަނދާންވެ އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލުމަށްފަހު އެއްޗެހި ބަދަލުކޮށްލިއެވެ. ޖިންސަކާއި ޓީޝާޓެއްލުމަށްފަހު އިސްތަށިގަނޑުގައި ކުޑަކޮށް ފުނާއަޅާލާފައި ފޯނުބަލާލީ އިތުރު މެސެޖެއް އައުމުންނެވެ. […]