
އިންތިޒާރު 5
ޒާޔާއަށްބެލެނީ ނަށަންތިބި މީހުންތަކުގެ ތެރެއިން ރާއިންއަށެވެ. ރާއިންއަށްވެސް ކުޑައިރުކޮޅެއްފަހުން އޭނައާދިމާއަށް ބަލަންހުރި ޒާޔާފެނުނެވެ. އޭނަގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އަދި ޒާޔާއާއި ދިމާއަށް ކުރިއަށް ހިނގައިގަތެވެ. ޒާޔާގެ ހިތް ތެޅެންފެށިއެވެ. ރާއިން ހަމަ ހަގީގަތުގައިވެސް އެއަންނަނީ އޭނަގާތަށްބާއޭ ހިތަށް އެރިއެވެ. ވަށައިގެންވާ މާހައުލުގައިވެސް ތިބީ ހަމައެކަނި އެދެމީހުންހެން ޒާޔާއަށް އިހުސާސްވިއެވެ. ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ.
ރާއިން ޒާޔާއާއި ކައިރިއަށް އަންނަމުން ދިޔައެވެ. ޒާޔާމެންނާއި އަރާހަމަވުމަށްފަހު ރާއިން ހުއްޓިލިއެވެ. ޒާޔާގެ ތުންފަތުގައިވި ހިނިތުންވުން ފެނިފައި ރާއިންގެ ހިތަށް އުދަގޫވަމުން ދިޔައެވެ. ދެދަތްޕިލާ ޖައްސާބާރުކޮށްލެވުނެވެ. މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ޒާޔާގެ ކައިރީގައި ތިބި ނޫރާއާއި ޔާނާގެ އަތުގައި ހިފައިގެން ނަށާމީހުންގެ ތެރެއަށް ރާއިން ވަނެވެ. މިތަންފެނިފައި ޒާޔާ އަށް މަޑުއާހެއް ބޭރުކޮށްލެވުނެވެ. ޔާނާގެ އަތުގައި ހިފައިގެން ނަށަމުންދިޔަ ރާއިންއަށް ބަލަމުންދިޔަ ޒާޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ގޭތެރެއަށް ވަންނަން ހިނގައިގަތީ އިތުރަށް އެމަންޒަރު ބަލަން އެހިތަށް އިތުރަށް ކެތްނުވުމުންނެވެ.
ގޭތެރެއަށް ވަދެގެންދަމުން ސަލްމާގެގާތުގައި ބޮލުގައި ރިއްސާތީ ނިދަންދަނީކަމުގއި ބުންޏެވެ. ރާއިން ޒާޔާ ދިޔަމަންޒަރު ބަލަން ހުރިކަމެއް ޒާޔާއަކަށް ނޭގެއެވެ. ރާއިންގެ އަތް މުއްކެވިގެންދިޔަ ނަމަވެސް މޫނުމަތިން އެއްވެސް އަސަރެއް ނުދައްކަވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
ޒާޔާއަށް ކަރުނަތައް ހިފަހައްޓާލައިގެން ހުރެވުނީ ކޮޓަރިއަށް ވަދެވެންދަކަށެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލުމަށްފަހު ދޮރުގައި ނިތްކުރި ޖައްސާލައިގެން އިރުކޮޅެއްވަންދެން ހުއްޓެވެ. އަދި އެއަށްފަހު ދޮރުގައި ލެނގިލިއެވެ. މަޑުމަޑުން ތިރިވަމުންގޮސް ދޮރުކައިރީ ތިރީގައި ދޮރުގައި ލެނގިލައިގެން އިށީއިނދެލިއެވެ. އެދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތްމައްޗަށް ކަރުނަ ފައިބަމުން ދިޔައެވެ. އަނގަމަތީގައި އަތްއަޅާލެވުނީ ގިސްލެވެން ފެށުމުންނެވެ. ދެއަތުން މޫނުފޮރުވާލުމަށްފަހު އޭނައަށް ހަމަރަނގަޅަށްވެސް ރޮވެން ފެށުނެވެ. ރުއިމުގެ ތެރެއިން ތަކުރާރުކޮށް ކުރެވުނީ އެންމެ ސުވާލެކެވެ. “ކީއްވެގެންހެއްޔެވެ؟ ކީއްވެގެންހެއްޔެވެ؟”
އިރުގަނޑެއްވަންދެން އެހެންއިނުމަށްފަހު ތެދުވެގެން އަލަމާރިއާއި ދިމާއަށް ހިނގައިގަތެވެ. އަލަމާރީގެ ވަތްގަނޑެއްގެ ތެރޭގައި އޮތް އޭނާގެ ޑައިރީ ތެރޭގައިއޮތް ކުޑަ ސިޓީއުރައެއް ހިފައިގެން އައިސް އެނދުގައި އިށީއިނެވެ. ސިޓީ އުރައިގެ ތެރޭގައި އޮތީ ރާއިންގެ ފޮޓޯގަނޑެކެވެ. އެފޮޓޯގަނޑަށް ބަލަހައްޓައިގެން އިނުމަށްފަހު އެފޮޓޯގަނޑު އަތުގެ ތެރޭގައި ބޮޑިކޮށްލިއެވެ. އޭރުވެސް އޭނައަށް ގިސްލެވެމުން ދިޔައެވެ. ބާލީހުގައި ބައްދާލުމަށްފަހު މޫނުފޮރުވައިލައިގެން އޮތީ އެއްވެސް ތަނެއްބަލަން ބޭނުންނުވާ ފަދައަކުންނެވެ. މަޑުގިސްލުމެއްގެ އަޑު އެކޮޓަރީގައި ހަރުލާފައި ހުއްޓެވެ.
އާދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތަށް އެކި ކުލަގެނުވަމުންނެވެ. ރޭގައި އެންމެންވެސް ލަހުން ނިދުމުން މިއަދުގެ ހެނދުނުގެ ނާޝްތާގައި އެންމެންވެސް ބައިވެރިވީ ފަހުންނެވެ. އަބްދުﷲގެ ދެމަފިރިން އިނީ އޭނަގެ ތިން ދަރިންނާއިއެކު ގިނަދުވަސްތަކަކަށްފަހު އެއްމޭޒުދޮށަކުން ބައްދަލުވުމުން ހިތްހަމަޖެހިފައެވެ. އޭނަގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ލިބިފައިވާތީ އެކަމާ ފަހުރުވެރިވެއެވެ. އޭނަގެ ދަރިންނަކީ މައިންބަފައިންނަށް އިހުތިރާމްކުރާ ދަރިންތަކެކެވެ. އަބްދުﷲ އާއި ބަލްގިސްގެ އިތުރިން ދޮށީދަރިފުޅު ޔާސިރުގެ ދެމަފިރިންނާއި އަންހެން ދަރިފުޅު ޔަޝާރުގެ ދެމަފިރިން އަދި ހަގު ދަރިފުޅު ޝާންގެ ދެމަފިރިން ތިއްބެވެ.
ބޮޑެތިމީހުން ސައިބޮއިނިމުމުން ރާއިންމެން ސައިބޯން ވަދެއްޖެއެވެ، އެމީހުންނަށް އަތްގާތްކޮށްދެން ސަނާ އުޅުނެވެ. ރާއިންއާއި ޔާނާތިބީ ޖެހިޖެހިގެން ތިބި ދެގޮނޑީގައެވެ. ޔާނާގާތުގައި ނޫރާގެ ދައްތަ ނާޔާ އިށީއިދެގެން އިނެވެ. ޔާނާއާ ކުރިމައްޒަށް ވާގޮތަށް ނޫރާ އިށީއިދެގެން އިނެވެ. ޔާނާއާއި ނާޔާގެ ނަން އެއްގޮތްކަމުން އެކަމާ ނޫރާ ނާޔާއާއި ދިމާކުރަމުން ދިޔައެވެ. ރާއިންވެސް މަޖާވެފައި ނޫރާއާއި އެއްބައިވަމުން ދިޔައެވެ.
“ޒާ ކިހިނެތްވެފަ ތިހިރީ” ކާކޮޓަރިއަށް ވަދެގެންއައި ޒާޔާފެނުމުން ސަނާ ބުނެލިއެވެ. ރާއިންއަށް އަވަސްއަވަހަށް ޒާޔާ އާއި ދިމާއަށް ބަލައިލެވުނެވެ. އެދެލޯ ވަނީ ރަތްވެ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. ނޭފަތަށްވެސް މަޑުރަތްކަމެއް ވަނީ ވެރިވެފައެވެ. އެސްފިޔަތަށް އަދިވެސް ހީވަނީ ތެތްހެނެވެ. ރާއިންއަށް އިސްޖަހާލެވުނީ ކުށްވެރިއެއްފަދައިންނެވެ.
“ރޯގާވައްތަރުވެފަ ހުރީމަ ލޯރަތްވެފަ އެހެރީ” ޒާޔާ ގޮނޑީގައި އިށިއިންނަމުން މަޑުމަޑުން ބުނެލިއެވެ. އެއަޑުވެސް ވަނީ ކުރަކިވެފައެވެ.
“ސައި ބޮއިގެން ބޭސް ކާންވީނުން، ބޭސް ގެނެސްދެންތަ؟” ސަނާ ޒާޔާކައިރީ ހުއްޓިލަމުން ބުނެލިއެވެ.
ހީލާފައި ޔާނާ އާއެކޭ ބުނެލީ އެހެންމީހުންނަށް އޭނަ ރޮއިފަކަން ހުރީ ސިއްރު ކުރުމަށެވެ. ކުރިމަތީ އިން ޒާޔާއަށް ރާއިން އިރުއިރުކޮޅާ ބަލާލަނީ ސިއްރުންނެވެ. ނަމަވެސް ސައިބޮއިނިމިގެން ނިކުންނަނަދެކަންވެސް ޒާޔާ އެންމެ ފަހަރަކުވެސް ރާއިންއާއި ދިމާއަށް ބަލައިނުލައެވެ. ޒާޔާގެ ވާއަތުގައި އޮތް ކުދި އެސްތަކެއް އެލުވާފައިވާ ހިމަ ރިހި ކެވެލިކޮޅު ރާއިންގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ހިތަށް ތަދުވަމުންދިޔައެވެ. ސައިބޮއިގެން ޒާޔާގޭތެރޭގައި މަޑުކުރުމެއްނެތި ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ރޭގައި ބޮނޑިކޮށްލާފައި އެއްލާލި ފޮޓޯގަނޑު އަދިވެސް އެއްލާލިތަނުގައި އޮތެވެ. ޒާޔާ އެފޮޓޯގަނޑު ނަގާ ރީތިކޮށްލިއެވެ. ލޮލަށް ކަރުނަ ޖަމާވެގަތްހިނދު ދެލޯމަރާ ބާރު ކޮށްލީ އެއިން އެންމެ ކަރުނައެއްވެސް އޮހޮރުނަދޭން ބޭނުންނުވާތީއެވެ. ފޮޓޯގަނޑު ގެންގޮސް ޑައިރީގެ ތެރެއަށްލާފައި އެނދުގައި އޮށޯވެލިއެވެ.
ނޫރާ އެކޮޓަރިއަށް އައީ ޒާޔާ އެހެން އޮންނަތާ ބައިގަޑިއިރެއްހާފަހުންނެވެ. އޭނައައިސް ދެއްކީ ޔާނާ ގޮވައިގެން ބޭރަށްދާވާހަކައެވެ. ނަމަވެސް ޒާޔާ އެކަމުން ސަލާމަތްވީ ރޯގާޖެހިގެން ހުރިކަމަށްބުނެ ބަހަނާ ދައްކަމުންނެވެ. ނޫރާއާއި ޒާޔާ ވާހަކަ ދައްކަން ތިއްބާ ސަލްމާ އެތަނަށް އައިސްވަނެވެ.
“ދޮންބެދައްތަ ބުނި ޒާޔާ ހުރީ ވަރަށް ބޮޑަށް ރޯގާޖެހިފައޭ، މިހާރު ބޭސް ކައިފިންތަ؟” ސަލްމާ މިހެން އެހުމުން ޒާޔާ އަވަސް އަވަހަށް އާއެކޭ ބުންޏެވެ. ބަލައިގެން އުޅެއްޗޭ ބުނުމަށްފަހު އިތުރަށް އެތާގައި މަޑުކުރުމެއްނެތި ސަލްމާ ނިކުމެގެން ދިޔައެވެ. ހީވަނީ ކޮންމެހެން އަދާކުރަންޖެހޭ ވާޖިބެއް އަދާކުރިހެނެވެ. ސަލްމާ ޒާޔާއަށް އަޅާލިނަމަވެސް އެ އަޅާލުމުގައި އެއްވެސް ލޯތްބެއް ނުވާކަން ޒާޔާއަށްވެސް އެނގެއެވެ. ނަމަވެސް އެއާއި ހިލާފަށް ޔާސިރު ޒާޔާދެކެ އުފަންދަރިއެއްދެކެ ލޯބިވާފަދައިން ލޯބިވެއެވެ. ނުރާ ޒާޔާއާއި ވާހަކަދައްކަން އިރުކޮޅަކު މަޑުކުރުމަށްފަ ދިޔައީ ޔާނާމެންނާއިއެކު ބޭރަށެވެ.
ރާއިން އޮފީހަށް ވަނުމަށް ގަސްތުކުރިވާހަކަ ޔާސިރުގާތުގައި ބުނުމުން އޭނަހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ރާއިން ކިޔަވާ ނިމުމަށްފަހުގައިވެސް އިތުރު އެއްއަހަރުވަންދެން ރާއްޖެއިން ބޭރުގައި ހޭދަކުރި އިރުވެސް ޔާސިރު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ރާއިން ބޭނުންވެގެން މަސަތްކަތް ކުރާނެ ދުވަހަކަށް އޭނަ އެފުރުސަތު ދިނީ ބޭނުންވެގެންނެވެ. ކުޑަނަމަވެސް މަޖުބޫރުކަމެއް އޭނަގެ ދަރިފުޅަށް ކުރަންބޭނުން ނުވާތީއެވެ.
ރާއިންއާއި ނޫރާމެން މެންދުރު ބޭރަށް ދިޔަގޮތަށް އައީ ރޭގަނޑުއެވެ. ހެނދުނު ސައިބޮއިގެން ކޮޓަރިއަށް ވަންގޮތަށް ޒާޔާ ކޮޓަރިއަކުން ނުނިކުމެއެވެ. މެންދުރު ކާންވެސް އޭނަ ނުނިކުމެއެވެ. މިހާރު ހުރީ ކޮންމެވެސް ވަރަކަށް ހުންވައްތަރުވެސް ވެފައެވެ. ރޭގަނޑު އެންމެން ކާންތިބިއިރުވެސް ޒާޔާ ފެންނަންނެތުމުން ރާއިން ހިތްނުތަނަވަސްވިއެވެ. މިއަދު ހެނދުނު ޒާޔާ ފެނުނުފަހުން އަދި އޭނާއަކަށް އެމޫނެއް ނުފެނެއެވެ. ޔާސިރުއަށް ޒާޔާ ބަލިކަން އެނގޭތީ ޒާޔާ ކާންނުނިކުންނަނީތޯ ސަލްމާ ގާތުން އަހާލިއެވެ. ރާއިންގެ ހިތަށް ފިނިކަމެއްލިބުނެވެ. އެއީ ޔާސިރު އެވާހަކައެހީ ކޮންމެވެސް މީހަކު ޒާޔާގެ ވާހަކަ ދައްކާނެނަމައޭ އޭނަގެ ހިތުން ކިޔާލަ ކިޔާލަ އިންދައެވެ. ޒާޔާގެ ހާލު އޭނަ ބަލަން ބޭނުންވެފައި އިނީމައެވެ. ޒާޔާ ހުރީ ހެނދުނު ރޯގާވައްތަރުވެފަ އަދި މިހާރު ހުންއައިސްފައިކަމުގައި ބުނުމުން ރާއިން ދެރަވިއެވެ. ޒާޔާ ބަލިވީ އޭނައާދޭތެރޭ ވިސްނާވިސްނާކަން އެނގެއެވެ. ޒާޔާގެ ހާލު ބަލަން ދާން އޭނަބޭނުންވިއެވެ. ނަމަވެސް އެހިޔާލު ހިތުންނެރެލިއެވެ.
ޒާޔާ ގައިގައި ރަޖާއަޅާލައިގެން އޮށުއޮވެލައިގެން އޮތެވެ. އެއްވެސް އެއްޗެއް ނުކެވޭތީ ގައިގައި ވަރުނެތީމައެވެ. ކުޑައިރުކޮޅެއްކުރިން ސަލްމާ ގެނެސްދިން ސޫޕް ތަށިން އެތިފޮދެއްބޯލިނަމަވެސް ރާހަތެއް ކުރާވަރަކަށް ނުބޮވުނެވެ. ބޭސްކައިގެން ނިދަން އޮތްނަމަވެސް އޭނައަށް ނުމެއް ނިދުނެވެ. އެލޮލުން ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުން ދިޔައެވެ. ކައިރީގައި ކުރީރޭ ބޮނޑިކޮށްލާފައިއޮތް ފޮޓޯއޮތެވެ. ހުއްޓާލަން ބޭނުންވިނަމަވެސް ހުއްޓައެއްނުލެވުނެވެ. ކަންތައްތައް ވަމުން މިދަނީ ހަމަ ހަގީގަތައްބާއޭވެސް އޭނަ ހިތަށް އަރަމުން ދިޔައެވެ. ގަބޫލުކުރަން ދަތިވަނީއެވެ. ލޯމަރާއިރަށް ފެންނަނީ ރާއިންއާއި ޔާނާގެ ސޫރައެވެ. އެކުގައި އަތުގުޅުވާލައިގެން ތިބިމަންޒަރެވެ. ޔާނާގެ އުނަގަނޑުގައި ހިފާ ގަޔާކައިރި ކޮށްލައިގެން ހުރި މަންޒަރެވެ. ހިތުން އެހިޔާލުތައް ނެރެލަން މަސައްކަތް ކުރިނަމަވެސް ކާމިޔާބު ވާގޮތެއްނުވިއެވެ. އޭނަވަނީ ގޮތްހުސްވެފައެވެ.
ރާއިން އާއި ޔާނާ ތިބީ ޓެރަސްގައެވެ. ޔާނާ ރާއިންގެ ކޮނޑުގައި ހިފަހައްޓާލައިގެން އިނެވެ.
“އަހަރެން ކިހާދުވަހަކު މަޑުކުރަންވީ” ރާއިން އެއްޗެކޭ ނުބުނުމުން އެންމެ ފަހުން ރާއިން ގާތުގައި ޔާނާ ސުވާލުކޮށްލިއެވެ.
” 2 ވީކްސް، ދެޓްސް އޯލް އައި އާސްކް” ޔާނާގެ ސުވާލަށް ރާއިން ޖަވާބުދިނީ މަގުމައްޗަށް ބަލަންހުރެގެނެވެ. އެމޫނުމަތީގައި އެއްވެސް އަސަރެއް ނުވާކަހަލައެވެ.
“ދެންއޭގެ ފަހުން ކީތް ކުރަނީ” ޔާނާ އަނެއްކާވެސް ސުވާލު ކުރިއެވެ.
“ނޭނގެ، ހަމައެކަނި މިވަގުތަށް މި ވިސްނަނީ، ނޭނގެ ކިހިނެއްކަމެއް ކަންތައްވާނީ، ކަންތައްކުރަންވީ، އައި ޖަސް ޑޯންޓްނޯ” ޔާނާއާއި ދިމާއަށް ބަލައިލަމުން ރާއިން މާޔޫސީގޮތަކަށް ބުނެލިއެވެ.
“އަހަރެން ބޯގޮވާ، ކިހިނެތްތަ އެންމެން އުފަލުގަ ބަހައްޓަން އަހަރެން ހަދާނީ، މިހާބޮޑު އިމްތިހާނެއް އަހަރެންނަށް ކުރިމަތިމިވީ ކީތްވެތަ، ޔޫނޯ، ޝީއިޒް ސިކް، އެން ކްރައިން އައުޓް ދެއަރ ކޯޒް އޮފް މީ، އެން އަހަރެން މިހުރީ މިތާ، އޭނަގެ ހާލުވެސް އަހަރެންނަށް ބެލެންނެތް، އޭނައަށް ކެއަރ ކުރެވޭކަށެއް ނެތް، އޭނައަށް ކުޑަކުޑަ އުންމީދެއް ދެވުނަސް ފަހުން އޭނައަށް ލިބޭ ހިތާމަ މާދެރަވާނެ، އޭރުން އޭނަ މާ ހާރޓް ވާނެ، އޭނައަށް ކުޑަކުޑަ އިޝާރާތެއް ވިޔަސް އަހަރެންނަށް މުޅި އުމުރަށްވެސް ވެއިޓް ކޮށްފާނެ، އައި ޑޯންޓް ވޯންޓް ދެޓް، އައި ޖަސްޓް ޑޯންޓް، އަހަރެން ބޭނުމީ އޭނަވެސް ހެޕީކޮށް ހުންނަން، އެކަމް އެކަމް “
ރާއިން ވާހަކަ ދައްކަމުންގޮސް އެންމެ ފަހުން ދެއަތުން ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާލާފައި ރެއިލިންގ ކައިރިއަށް ހިނގައިގަތެވެ. ޔާނާ ރާއިންގެ ގާތަށް އައިސް ރާއިންގެ އަތުގައި ހިފަހައްޓާލިއެވެ. ރާއިންއަށް ޔާނާގެ ގައިގައި ބައްދާލެވުނެވެ. އެހެންމީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. “އައި ކޭންޓ ޔާނާ، އައި ޖަސް ކޭންޓް” ޔާނާގެ ގައިގައި ބައްދައިގެން ހުރެ ރާއިން ކިޔަމުން ދިޔައެވެ.
“ރާއިން” ރާއިން ހޯދަމުން އައި ސަލްމާ ޓެރަސް ދޮރުމަތީ ހުރެފައި ގޮވާލިއެވެ. ރާއިން އާއި ޔާނާ ސިއްސައިގެން ގޮސް ދުރައްޖެހެވުނެވެ. ކުރިމަތީ ހުރި ސަލްމާފެނި ދެމީހުން ހާސްވިއެވެ.
ޔާނާއަށް ހާސްވެފައިހުރެ ރާއިންއަށް ގޮވާލެވުނެވެ. ދެމީހުންގެ ހިތުގައިވެސް ވީ އެއްސުވާލެކެވެ. ސަލްމާއަށް އެމީހުން ދެއްކިވާހަކަ އަޑުއިވުނުބާއެވެ. އަޑުއިވުނުނަމަ ދެން ކަންތައްވާނީ ކިހިނެތްހެއްޔެވެ.
(ނުނިމޭ)
8 Comments!
Comments are closed.
vv salhi ingey..vv curious..:)
reethi
vvvv reeethi…avahah up kohdhehchey ingey
Salhi avahah up kurachey!!
V rythi.. Keep it up.. Nxt part awas kohlahchey….. 🙂
Its beatiful story….waiting for next epi
V salhi… Shahu ves mihury next part ge INTHIZAARUGA…
darkangle anehbai genesdhyba avahah.. yaal hama kiyaa hithun keinukurevey..