Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިނިތުން… 1 ވަނަ ބައި

Hoody Level 310 Stories100 Comments
February 15, 2015 5 Mins Read
16 Comments

ތުންފަތިގައި ލިޕްސްޓިކް ޖައްސާލުމަށްފަހު މިޝްޔާ ބަލައިލީ ފާރުގައި ހިއްޕާފައިހުރި ދީޕިކާގެ ޕޮޓޯއަށެވެ. ދެން އަނެއްކާވެސް އޭނާގެ އަމިއްލަ ސޫރަ ފެންނަމުންދިޔަ ލޯގަނޑަށް ބަލައިލިއެވެ. މިޝްޔާާއަކަށް އެއްވެސް ތަފާތެއް ނުފެނުނެވެ. ހަމައެ މޫނެވެ. އެ ބުމައެވެ. އެ ބޮޑު ދެލޮލެވެ. ހިނިތުންވެލާއިރު ދެ ކޮލަށް އެޅޭ އަޑިކޮޅެވެ. އޭނާގެ ރައްޓެހި ކުދިން އޭނާއަށް “ދީޕިކާ” ކިޔަނީ ހަމަ ކިޔަން ވެގެންނެވެ.

މިޝްޔާގެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް އޭނާ ހިނިތުން ވެވޭތޯބެލިއެވެ. ގަދަކަމުން ހިނިތުންވިނަމަވެސް އެ ހިނތުންވުން ލޮލާހަމައަކަށް ނުފޯރިއެވެ. އެ ދެލޮލުން އޭނާ ކުރަމުންދިޔަ ހިތާމަ ފާޅުވެއެވެ.

ކުއްލިއަކަށް މިޝްޔާ ލިޕްސްޓިކް ލޯގަނޑުގައި އުނގުޅައިގަތެވެ. އަދި މޭޒުމަތީހުރި އެއްޗެހިތަށް އަތުންޖަހާ ބުރުއްސާލިއެވެ. އިސްތަށިގަމޑު ހާވާލިއެވެ. ތުންފަތުގައި ހުރި ކުލަތަށް ފުހެލިއެވެ. އޭނާ މި ރީތިކަމެއް ބޭނުމެއްނޫނެވެ. މި ރީތިކަމުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މަގުމައްޗަށް ނުކުމެއްޖެނަމަ ފިރިހެނުންގެ ކަޅިތަށް ހުއްޓިފައިހުންނާނީ އޭނާ އާ ދިމައަށެވެ. ލާނެއް ފުރައިގެ ކުދިން ސައިކަލުގައިވެސް އޭނާގެ ފަހަތުން މުގޯލިއަޅަމުން ދުއްވައެވެ. ގެއިން ބޭރަށް ނުކުތުން އޭނާއަށްވެފައިވަނީ ބޮޑު އުނދަގުލަކަށެވެ. ހަމައެހެންމެ ގޭތެރެއިންވެސް ބިރުވެރިކަމެވެ. އޭނާ ގެއިންބޭރަށް ނުކުންނަނީ ސުކޫލަށް ދާން އެކަންޏެވެ. އޭނާ މިހާރު ކިޔަވަމުންދަނީ ގުރޭޑް 10 ގައެވެ.

************************************

ކޮޓަރީގައި އެކަނި ހުންނަން އޭނަ ޖެހިލުންވެއެވެ. ބިރުގަނެއެވެ. އަބަދުވެސް ހުންނަން ޖެހެނީ ސިހިސިހި އެވެ. ހީވަނީ ދެންމެދެންމެވެސް އޭނާ ދޮރުހުޅުވާފައި ވަދެފާނެހެންނެވެ. ދެރައީ ތަޅުލާފައި ހުއްޓަސް އޭނައަށް ވަދެވޭނެތީއެވެ. ޑަބަލް ތަޅުދަނޑި ވާނީ އޭނާގެ އަތުގައެވެ.

ރޭގަނޑު ވެއްޖެނަމަ ނިދުމަކީ މީޝްޔާއަށް އުނދަގޫ ކަމެކެވެ. އޭނާ ނިދަން އޮންނަނީވެސް ހުރިހާ ބޮތްކެއް ދިއްލައިގެންނެވެ. ނަމަވެސް ވާނީ އިރުކޮޅެކެވެ. ބޮކިތަށް ނިވޭނެއެވެ. މިޝްޔާއަށް އެވަގުތު ކުރެވޭނެހާވެސް ކަމަކީ ބެޑްޝީޓް ދަށަށް ވަދެ ފިލުމެވެ. ބާލީސްތަކުގެ އެހީ ހޯދުމެވެ. ނަމަވެސް މި އެއްޗެއްސަކީވެސް އެއްވެސް ބާރެއް ހިންގޭ އެއްޗެއްސެއް ނޫނެވެ. އޭނުލަފާމީހާގެ ވަރުގަދަ ދެއަތުން އެ ހުރިހާ އެއްޗެއްސެއް ދުރައްލައެވެ. މިޝްޔާގެ ފޭރާންވެސް މެއެވެ.

ރޮއެ ރޮއެ އޮއްވާ އެ މީހާ ކުރަން އައިކަންތަށް ނިމިދެއެވެ. ކޮޓަރިން އޭނާ ނުކުމެގެންދާއިރު އާންމުކޮށް ހުންނާނީ ދަންވަރު 2 ޖަހާ ބޮޑުވެފައެވެ. ފަތިސްވަންދެން މިޝްޔާ އޮންނަން ޖެހޭނީ ރޯށެވެ.

ސުކޫލަށް ދިއުމައްޓަކައި ތައްޔާރުވުމަކީ މިޝްޔާއަށް އުނދަގޫކަމެކެވެ. މޫނުމަތީގައި ހުންނަ ލަކުނުތަށް މަންމައަށް ކޮންމެހެންވެސް ފޮރުވަން ޖެހެއެވެ. ނިތްކުރިމަތީގައި ހުންނަ ނިޝާންތަށް ފޮރުވަނީ އިސްތަށިގަނޑުގެ އެހީގައެވެ. ކޮލުގައި ހުންނަ ލަކުނު ‘މޭކްއަޕް’ އަކުން ފަރުދާ ކޮށްލަނީއެވެ. ތައްޔަރުވެ ނިމިގެން ކޮޓަރިން ނުކުތުމުގެކުރިން މޫނުމަތީގައި “ހިނިތުންވުމެއް” ކުރަހަން ޖެހެއެވެ. ނަމަވެސް ރަތްވެފައިވާ ދެލޮލަށް އެއްވެސް ބަރެއް ނުފޯރުވެއެވެ.

ސައިބޯން ކާގެއަށް ވަންއިރު އޭނާގެ ބައްޕަ ފަވާޒު އިނީ ސައިބޯށެވެ. މިޝްޔާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ނަމަވެސް އިސްޖަހަލަމުން އޭނާއެތެރެއަށް ވަނެވެ.

“ދަރިފުޅާ!” މިޝްޔާ ދިޔައީ ސިހިގެންނެވެ. އޭނަގެ މަންމަ ކާގޭގައި ހުރިކަމެއް އޭނަ ނުދެނެހުއްޓެވެ. “ޓެސްޓް ގާތްވައިރު ޖެހޭނެ ރަނގަޅަށް ސައިބޯން! ފަވާޒް މިއަދު ދޮންކެޔޮކޮޅެއް ގެންނައްޗޭ އޮފީހުންއަންނަމުން! މިހާރު މިޝްޔާވެސް އެ ކަހަލަ ރަނގަޅު ކާނާއެއް ނުކާތާ ދުވަސްތަކެއް ވެއްޖެ! “

މިޝްޔާ ވައްކަޅިން ފަވާޒަށް ބަލައިލިއެވެ. ފަވާޒު އެއްމިޔަކަނިން ހީލަމުން ދެލޯ ބޮޑުކޮށްލިއެވެ. މިޝްޔާގެ ގައިން ހީބިހި ހިލުވާލިއެވެ. ވަގުތުން އިސްޖެހުނެވެ. ކުރިމަތީގައި އެއިނީ އޭނާގެ ބައްޕައެވެ. ނަމަވެސް އެ ދެލޮލަކުން މިފަދަ ގާތްކަމެއް މިޝްޔައަކަށް ނުފެނުނެވެ. އޭނާއަށް ސިފަވީ އަމިއްލަ އެދުމުން ފޯވެފައިވާ ސިންގާއެކެވެ. އަދި ނިކަމެތި ކުޑަ މުސަޅެކެވެ.

“މިހާރަކަށް އައިސް މިޝްޔާގެ ލޯ ހާދަވަރަކަށް ރަތްވެޔޭ އެބަ!” މިޝްޔާގެ މަންމަ ނާދިޔާ ތަށިތަށް ތަރުތީބުކުރަމުން ވާހަކަދެއްކިއެވެ. “ދަރިފުޅު ރޭގަނޑު ރަނގަޅަށް ނުނިދަނީތަ؟”

“އެއީ ރޭގަނޑު ފިލާވަޅު ދަސްކުރާތީއޭ ދޯ ދަރިފުޅާ!” ޖަވާބުދިނީ ފަވާޒެވެ. އޭނަ މަޑުމަޑުން މިޝްޔާގެ އަތުގައި ފިރުމާލިއެވެ. މިޝްޔާ އަތް ދަމައިގަތެވެ. ނަދިޔާ ފުރަގަސްދީގެން ހުރުމުން މިފަދަ އެއްވެސް ހަރަކަތެއް އޭނައަކަށް ނުފެނެއެވެ.

އަވަސް އަވަސް ކޮށްލައިގެން މިޝްޔާ ކާގެއިން ނުކުމެގެން ދިޔައެވެ.

********************************************

“އޯހް!!! ވާވް!!!” ކޮންމެދުވަހަކުވެސް ކުލާހަށް ވަނުމާއެކު އެންމެ ފުރަތަމަ އިވޭ އަޑަކީ މިއީއެވެ. “ހޭ މައި ސެކްސީ ދިޕިކާ!!!!”

  ހުރިހާކުދިންގެ ލޯތަށް މީޝްޔާއަށް ހުއްޓުނެވެ. އޭނަ ލަދުގަތުމުގެ ސަބަބުން ވަގުތުން ދެ ލޯ ފެންކަޅިވިއެވެ. ނަމަވެސް ހިތްވަރުކޮށްލުމަށްފަހު އައިސް އޭނާގެ އެކުވެރި ލީލާ ކައިރީގައި ހުރި ހުސް ގޮނޑީގައި އިށީނެވެ.

ކުއްލިއަކަށް ޝާމިލް އައިސް މީޝްޔާގެ ޑެސްކް މައްޗަށް ޖެހިގަތެވެ. “ލޯބީ!!! މިކޮޅު ބަލާބިޔަ!” ޝާމިލް އޭނާގެ އަތް މިޝްޔާގެ ކޮލުގައި ޖައްސާލިއެވެ. މިޝްޔާ އިނީ ގަނޑުވެފައެވެ. ލޮލަށް ޖަމާވި ކަރުނަތަށް ހީވަނީ ދެންމެ ދެންމެ ފައިބަފާނެހެންނެވެ.

“ކޮންފާޑަކަށްތަ ތިއުޅެނީ؟” އެހެންފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ލީލާ މިޝްޔާ ދިފާއުކޮށްދިނެވެ. “ތެދުވަންއުޅޭ ތިތަނުން! އިރުކޮޅަކުން ސަރ އަންނާނެ!”

“އޭހް!!!!” ލީލާއާ ދިމާއަށް އިނގިލި ދިއްކޮށްފައި ޝާމިލް ހަޅޭލަވައިގަތެވެ. “މީކީ ކަލެއާ ބެހޭކަމެއްނޫނެއްނު!! ނަން އޮފް ޔޯރ ބިސްނަސް!! ޖަސްޓް ޝަޓް…..” ކުލާހަށް ސަރ ވަނުމުން ޝާމިލް މޭޒުމަތިން ފުންމާލައިގެން ދުއްވައިގަތެވެ. އަދި ފަހެއްބަލާލުމަށްފަހު މިޝްޔާއަށް ފްލައިން ކިސްއެއް ފޮނުވާލިއެވެ. އަދި ލީލާއާ ދިމާއަށް އިނގިލި ދިއްކޮށްލުމަށްފަހު އިންޒާރެއް ދިނެވެ.

މިޝްޔާއަކީ އާދަޔާ ހިލާފަށް ހިތްބަލިކުއްޖެއްކަމުން ވަރަށްފަސޭހައިން ރޮވެއެވެ.  ލަދުގަންނަފަދަ ކަމެއް ދިމަވުމުންވެސް ދެލޯ ފެންކަޅިވަނީ އެހެންވެއެވެ.

މިޝްޔާ ދެލޯ ފުހެލުމަށްފަހު ސަރއަށް ސަމާލުކަންދިނެވެ.

“މިޝް ތިހާ މަޑުން އިންނާތީއޭ އޭނާ އެހާ ވަރު އެއަރުވަނީ!! ނިކަން އެއްޗެހި ކިޔައިގަނެބަލަ!” ލީލާ މިޝަޔާއަށް ބަލައިލިއެވެ. އެ ދެ ލޯ ވަނީ ރަތްވެފައެވެ.

މީޝްޔާ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާއަށް އުޅެން ޖެހިފައިވާ ހާލެއް ލީލާއަކަށްވެސް ނޭނގޭނެއެވެ. އެއްވެސް މީހަކު ގާތު މިވާހަކަ ދެއްކުމަކީ މިޝްޔާ ޖެހިލުންވާކަމެކެވެ. އޭނަގެ ދެލޯ އަނެއްކާވެސް ފެންކަޅިވަމުންދިޔައެވެ. އެންމެފަހުން ނުހިފެހެއްޓުމުން އޭނާ މޭޒުގައި ބޯޖެހިއެވެ.

“މިޝްޔާ ބަލީތަ؟” ސަރ އައިސް މިޝްޔާ ކައިރިއަށް ހުއްޓުމަށްފަހު މިޝްޔާގެ ބޮލުގައި އަތްލިއެވެ. އެވަގުތު މިޝްޔާގެ ހަށިގަނޑަށް އައްސިގަނޑެއް އަރައިގެން ދިޔައެވެ. ފިރިހެނެއްގެ ބީހުން ދެކެ މިޝްޔާ މިހާރު ބިރުގަނެއެވެ. ސިއްސައިގެން ގޮސްފައި މިޝްޔަ ބޯ ހިއްލާލިއެވެ.

“ނޫން!” ޖަވާބު ދިނުމަށްފަހު މިޝްޔާ ބަލައިލީ ޝާމިލްއަށެވެ. އެއިރުވެސް ކަޅި ޖަހާނުލައި ޝާމިލް ބަލަން އިނީ މިޝްޔާއަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިވަގުތު ޝާމިލް އެއްލޯ މަރާލިއެވެ. މިޝްޔާ ވަގުތުން މޫނު އަނބުރާލިއެވެ.

ކޮންމެ ދުވަހަކުވެސް ގަޑިތަށް ނިމިގެން ދަނީ މިކަހަލަ ގޮތަކަށެވެ. ކޮންމެ ދުވަހަކުވެސް ގެއަށް ދިއުމުގެކުރިން މިޝްޔާ ސުކޫލު ފާހާނަބަޔަށް ގޮސް މޫނުދޮވެ ތާޒާވެލައެވެ. އެއީ ގެއަށް ދިއުމުން މަންމަށް ޝައްކެއް ވެދާނެތީއެވެ. އެއްވެސް ކަމެއް މަންމައަށް އަންގާކަށް މިޝްޔާ ބޭނުމެއްނުވެއެވެ. އޭނާގެ މަންމައަކީ ލޭމައްޗަށް ދާ މީހެއްކަމުން ކަމަކާ ވިސްނަންފަށައިފިނަމަ ހާލު މާބޮޑަށް ދެރަވެދާނެތީއެވެ.

“ދަރިފުޅު އައީދޯ! ޔުނީފޯމް ބާލާފައި އާދޭ ކާން!” މިޝްޔާގެ މަންމަހުރީ ސިޓިން ރޫމްގައި ކޮއްކޮއަށް ކާންދޭށެވެ. މިޝްޔާ ވަގުތުން އިސްޖަހާލަމުން ކޮޓަރިއާދިމާއަށް ހިނގައިގަތެވެ. ރަތްވެ ދުޅަވެފައިވާ އޭނާގެ ދެލޯ މަންމައަށް ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ.

ކޮޓަރިއަށް ވަދެވުމާއެކު އޭނާގެ ބަޑިފަޅައިގެން ދިޔައެވެ. ދަބަސް ނަގާ ހޫރާލެވުނެވެ. ބާލީސްތަށް އެކިތަންތަނަށް އުކައިގަތެވެ. އެންމެފަހުން ވަރުބަލިވެގެން އޭނާ އެނދުމައްޗަށް ޖެހިގަތެވެ.

އޭނާއަށް އޮތްގޮތަކީ މިއީ ހެއްޔެވެ؟ އޭނާއަށް ރައްކާތެރިކަން އިހްސާސްވާނެ ހަމަ އެއްވެސް ތަނެއް ނެތީހެއްޔެވެ؟ މި ވާހަކަތަށް މީހަކާ ހިއްސާ ކުރެވޭކަށްވެސް ނެތެވެ. އެއްކޮޅުން މަންމައަށް ޖެހޭނެ ހާލެއް ނޭނގެއެވެ. އަނެއްކޮޅުން ބައްޕަގެ “އިންޒާރު” ތަކެވެ.

މިޝްޔާ ބަލަހައްޓައިގެން އޮތީ އެނބުރެމުންދިޔަ ފަންކާގެ ފިޔަތަކަށެވެ. އޭނާގެ ހަޔާތަކީވެސް މި ފަދަ ފަންކާއެކެވެ. ސްވިޗް ޖައްސާލުމުން އެނބުރިގަންނަނީއެވެ. އޭގެ އެނބުރުން ހުއްޓޭނީ ސްވިޗް ނިއްވާލި އިރަކުންނެވެ. މިޝްޔާއަކީ އޭނާގެ ބައްޕައަށް ފިނިކޮށްދިނުމަށްޓަކައި އެލުވަފައިވާ ފަންކާއެއްކަހަލައެވެ. އޭނާގެ ބައްޕަ ސްވިޗް ޖައްސާލުމާއެކު އެނބުރިގަންނަންވީއެވެ. ސްވިޗް ނިއްވާލަންދެން ޖެހޭނީ އެނބުރިއެނބުރި ހުންނާށެވެ. ވަރުބަލިވެގެން ދެލޯ ނުކުތަސް ހެވެ.

ދެން އޭނާ ވިސްނާލީ ޝާމިލްއާ ދޭތެރޭގައެވެ. މިޝްޔާއަށް ކަމުދާ ހުރިހަ ސިފަތަކެއް ޝާމިލްގެ ކިބައިގާ އެބަހުއްޓެވެ. ދިގު އިސްކޮޅަކާއި ދޮން ހަންގަނޑެކެވެ. ފަންއިސްތަށިކޮޅަކާއި ކަޅުކަން ގަދަ ބުމައެވެ. މިޝްޔާއަށް ކަމުނުދަނީ އޭނާގެ އަޙުލާގެވެ. މިޝްޔާއާ ހެދި އޭނާ މޮޔަވެފައި ހުންނަވަރު ކުލާސް ހުރިހާ ކުދިންނަށް އެނގޭނެއެވެ. އެހެން ފިރިހެންކުއްޖަކު މިޝްޔާއަށް ބަލައިލިއަސް ޝާމިލް ރުޅިއައިސް ރަތްވެއެވެ. އެ ކުއްޖެއްގެ ލޮލަށާއި ބޮލަށް އަރައިގަނެއެވެ. މި ފަދަ ކަންތައްތައް ފެނުމުން މިޝްޔާ ވަނީ ދެރައެވެ. އޭނާއަށް ހީވެފައި އޮންނަނީ އޭނައަކީ އެއްވެސް މިނިވަންކަމެއް ނެތް އަޅެއްގެ ގޮތުގައެވެ.

އެއްފަހަރަކު މިޝްޔާ ކުލާހަށް ވަދެގެން އަންނަނިކޮށް އެހެން ފިރިހެން ކުއްޖެއްގެ ގައިގާ އަޅައިގަތެވެ. މިތަން ހަމަ ފެނުމާއެކު ޝާމިލް ފުންމައިގެން އައިސް އެ ފިރިހެން ކުއްޖާގެ ކަރުގައި ހިފަ ބިންމައްޗަށް ވައްޓާލިއެވެ. އަދި އޭނާގެ ވާއަތުލޮލަށް ގަލަން ހަރާލިއެވެ. އަދި އަނެއްލޮލަށް ގަލަން ހަރާލަން މަޅައިގަތްވަގުތު އެހެން ކުދިންތަށްއައިސް ހިފެހެއްޓީއެވެ. އެދުވަހުވެސް ދުލަށް އައިހާ ނުބައި އެއްޗެއް އޭނާ ގޮވިއެވެ. މި ކަމުގެ ސަބަބުން ޝާމިލް އެއްހަފްތާއަށް ސަސްޕެންޑްކުރެވުނެވެ. އެ ފިރިހެންކުއްޖާގެ އެއްލޮލުގެ ފެނުން ދިޔައީއެވެ. މިޝްޔާއަށް ގަބޫލުކުރެވޭގޮތުގައި ހުރިހާކަމެއްގެ އަސްލަކީ ހަމަ މިޝްޔާއެވެ. ޝާމިލްއަށް މިޝްޔާގެ ހަށިގަނޑު، އެހެންކުދިންގެ ފުރާނައަށްވުރެވެސް މުހިންމެވެ.

ސަސްޕެންޑު ކުރުމުންވެސް އޭނާ ކުލާސް ކުޑަދޮރުބޭރުގައި ހުރެގެން މިޝްޔާއަށް ގޮވިއެވެ. ފްލައިންކިސް ފޮނުވިއެވެ. ގަނޑުކޮޅުކޮޅުގައި އެކިއެކި މެސެޖްތަށް ލިޔެފައި އުކިއެވެ.

މިޝްޔަ ކުލާހުގައި އެކަނިވެރިވިއެވެ. އެހެންކުދިން މިޝްޔާއާއި ވާހަކަދައްކަން ބިރުގަނެއެވެ. ރަހުމަތްތެރިކަމެއްބާއްވާ ހަމައެކަނި ކުއްޖަކީ ލީލާއެވެ. ލީލާއަކީ ބިރުކުޑަ އަނގަގަދަ ކުއްޖެއްކަމުން ކޮންމެފަހަރަކު ޝާމިލް މައިތިރި ކޮއްލައެވެ.

ހަފްތާ ބަންދަކަށްފަހު އާދިއްތަ ދުވަހު ސުކޫލު ހުޅުވިއްޖެއެވެ. މިޝްޔާ ކުލާހަށް ވަދެގެން އައިސް ގޮނޑީގައި އިށީނެވެ. އެއިރުވެސް ހުރިހާކުދިންނެއް ހަމައެއްނުވެއެވެ. ނަމަވެސް ޝާމިލް އައިސް އިނެވެ.

“ހޭ ދީޕިކް!!! ޔޫ ލުކް އެޑޯރެބަލް!” އާދައިގެމަތިން ޝާމިލް އޭނާގެ ލޯބިވެތި ބަސްތަށް މިޝްޔާއަށް ރައްދުކުރަމުންދިޔައެވެ. މިޝްޔާ ޝާމިލްއާ ދިމާއަށް ބަލައިވެސް ނުލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިހުރީ ބޯޑާ ދިމާއަށެވެ.

“މީ ތިކުދިންގެ ކުލާހަށް އަލަށް ޖޮއިންވާ ކުއްޖެއް!” ޕްރިންސިޕަލްގެ އަޑަށް މިޝްޔާ ބަލައިލީ ދޮރާ ދިމާއަށެވެ. އެއާއެކު އޭނާގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. ހީބިހިނެގިއެވެ. އެސްފިޔަތަށް ތަޅުވާލަމުން ދެލޯ ބޮޑުކޮށްލެވުނެވެ. މީގެ ކުރިންނުވާ ގޮތެއް ވާން ފަށައިފިއެވެ.

އެއިރު ދޮރުމަތީގައި ޕްރިންސިޕަލްއާއި އެކު ފިރިހެންވަންތަގޮތަކަށް ހުއްޓިލައިގެންހުރީ އަލްޔާންއެވެ. ހުރިހާކުދިންނަށް ބަލައިލުމަށްފަހު އޭނާ ހިނިތުންވެލިއެވެ.

“ނަމަކީ އަލްޔާން! އަލްޔާން އިންނާނީ އޭނަ ޝީޓް ގަ އިނގޭ!” އަތުން އެންމެ ކުރީ ސަފުގައިހުރި ހުސް ގޮންޑިއެއް ދެއްކުމަށްފަހު ޕްރިންސިޕަލް ދާން ހިނގައިގަތެވެ.

އަލްޔާން އޭނާގެ ދަބަހުގެ އަތްގަނޑުގައި ކަނާއަތް އަޅުވާލަމުން އޭނާގެ ޑެސްކާދިމާއަށް ހިނގައިގަތެވެ. މި ހުރިހާ މަންޒަރެއްބަލަން މިޝްޔާއަށް އިނދެވުނީ ހައިރާންވެފައެވެ. އަލްޔާންގެ ކިބައިގާ އޭނާ ބޭނުންވާ ހުރިހަ ސިފައެއް އެބަހުއްޓެވެ. މޫނުގެ ސިފަ ފިޔަވާ އެހެން ހުރިހާ ސިފައެއް ޝާމިލްއާ ތަފާތެއް ނެތެވެ. އެއް އިސްކޮޅެވެ. ހަމުގެ ކުލަވެސް އެއްވަރެވެ. ބޮލުގެ އިސްތަށިގަނޑުވެސް އެއްވަރަކަށް ފަނެވެ. ހަށިގަނޑުގެ ހިކިމިންވެސް އެއްވަރެވެ. މިޝްޔާއަށް ނޭނގެނީ އޭނަގެ އެތެރެފުށެވެ. މޫނުމަތިން ޝާމިލްގެ ކިބައިން ނުފެންނަފަދަ މައުސޫމްކަމެއް މިޝްޔާއަށް ފާހަގަކުރެވުނެވެ. އެ ދެލޮލުގެ ސާފުކަމާއި އެ ހިނިތުންވުން މިޝްޔާގެ ހިތް ކަތިލައިފިއެވެ.

އަލްޔާން އޭނާގެ ގޮނޑީގައި އިށީންނަމުން މިޝްޔާއަށް ބަލައިލިއެވެ. އަދި ހިނތުންވެލިއެވެ. މިޝްޔާއަސްވެސް ހިނިތުންވެވުނީ ބޭ އިޙްތިޔާރުގައެވެ. ޒަމާންތަކަކަށްފަހު މިޝްޔާގެ ތުންފަތަށް ޙަޤީޤީ ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނިތުންވުން އޭނާގެ ލޮލާހަމައަށްވެސް ފޯރިއެވެ.

މިޝްޔާއަށް ނޭގުނީ ޝާމިލް އޭނާއަށް ބަލަހައްޓައިގެން އިންކަމެވެ. އޭނަގެ މޫނުވަނީ ރަތްވެފައެވެ. ބޮލުން އާވި އަރާހެން ހީވެއެވެ. ދެކަންފަތުން ދުން ނުކުންނަހެންވެސް ހީވެއެވެ. ހީވަނީ ދެންމެދެންމެ ފުންމައިގެން އަތުވެދާނެހެންނެވެ.

ކުއްލިއަކަށް މިޝްޔަގެ ހިނތުންވުން ފަނޑުވެއްޖެއެވެ. ހީވާގޮތުން އޭނާ ޝާމިލް މަތިން ހަނދާންވީއެވެ. ހަމައެއާއެކު ހިތްވެސް ބިރުވެރިގޮތަކަށް ތެޅިގަނެއްޖެއެވެ. ދެލޯ ކުޑަވެއްޖެއެވެ. މިޝްޔާ ޝާމިލްއަށް ބަލައިލީ މަޑުމަޑުންނެވެ. ހަމަ ބަލައިލުމާއެކު ޝާމިލް ދެލޯބޮޑުކޮށްލިއެވެ. އޭނާގެ މޫނުމަތިން ފެނުނު ރުޅިވެރިކަން މިޝްޔާގެ ހިތުގައި އުފެދުނު އުފާވެރިކަން އަންދާ އަޅިއަށް ހަދާލިއެވެ.

ޝާމިލްގެ ރުޅިވެރި ނަޒަރު ދެންގޮސް ހުއްޓުނީ އަލްޔާންއާ ދިމާއަށެވެ. ދެން ވާނެގޮތް މިޝްޔާއަށް އެނގިއްޖެއެވެ. އެކަމާ އިންތިހާއަށް ބިރުވެސް ގަނެއްޖެއެވެ. އޭނަގެ ސަބަބުން މައުސޫމު ކުއްޖަކަށް ގެއްލުންވާކަށް އޭނާ ބޭނުމެއް ނޫނެވެ.

ޝާމިލް އޭނާގެ ޝަހާދަތް ހިނގިލި ކަރުގައި ޖެއްސުމަށްފަހު އަލްޔާން މަރާލާނަންކަމުގައި އިޝާރާތުން ބުންޏެވެ. މިޝްޔާ އިސްޖަހާލިއެވެ. އޭނާގެ ލޮލަށް ޖަމާވި އޭނާގެ އެކުވެރި ކަރުނަތަށް އޮހޮރިގަތެވެ. ގިސްލެވެން ފެށުނެވެ…….

….ނުނިމޭ….

ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!….

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ކަޝްފު 5

Next

އިންތިޒާރު 8

Next
February 15, 2015

އިންތިޒާރު 8

Previews
February 13, 2015

ކަޝްފު 5

16 Comments!

  1. Hoody says:
    February 15, 2015 at 11:09 am

    mi vaahaka reethivaane kamah ummeedhu kuran!!!! 🙂 rangalhu kuranjehey kameh oinama bunedhinun edhen…. Enjoy it 😉

  2. sha says:
    February 15, 2015 at 11:29 am

    wow.. hoody this story is so touching…. avahah next part genesdhyba

  3. najukko says:
    February 15, 2015 at 1:00 pm

    Wow varah salhi mivahaka anebayaa inthixarukuraa thakolhe avaha genesdheche plz plz<3

  4. athoo. says:
    February 15, 2015 at 1:28 pm

    hoody ragalhu kohlan feney, “hinithunvun” mi hennehnoon tha onnany. “hinithun” ehen othyma varah odd gotheh.
    sechond part ga ethankolhu ragalhukohlah chey.
    over all varah kamudhey hoodyge vaahakathah varah touching.

  5. faai says:
    February 15, 2015 at 2:15 pm

    Maai kalaakoa…!!! Hoody mii konkahala kuhjeh… Faai mi hury hama bunaane ehcheh vx neyngifa… Mi story ah thauryfu kuraane gotheh vx neynge…. Maasha Allah…. V v v v v v v furihama inge cute hoody… 🙂 Waiting fr nxt part…

  6. Aina says:
    February 15, 2015 at 5:41 pm

    V v v v v v reethi.next part kiyaa hithun maruvanee.second part kiyaalan libeynee kondhuvahakun kan bune dheeba.May god bless you and your writing skill.

  7. ainnappx says:
    February 15, 2015 at 10:10 pm

    Brrwww awesome stryy….btt rangalhu kollanjeheyyy thanthan kolhu ebahuri.. E ehchix text kollaanan ingeyyy 😀 keep up the gud work.. All the best 🙂

  8. Naash says:
    February 16, 2015 at 9:38 am

    vvvvv reeethi story avahah up kohdheeeba….

  9. Naash says:
    February 16, 2015 at 9:38 am

    vvvvv reeethi story avahah up kohdheeeba….

  10. aalaa says:
    February 16, 2015 at 6:38 pm

    kn irakun next pat up vaany??????????????????

  11. mee says:
    February 16, 2015 at 8:00 pm

    Thah kiyaafa nimey baeh lafuzuthakuga alifu sukunves onnaane. Aamukoh hood hunnanee hus shaviyani sukun. Misaalakah esfiyathah.

  12. zai says:
    February 16, 2015 at 8:06 pm

    Wow wow v nice waiting 4 next part

  13. Hoody says:
    February 16, 2015 at 9:04 pm

    thnkx all… 🙂

  14. Lyy says:
    February 19, 2015 at 8:28 am

    Mikolhu “balaabiya” e ee rangalhu gotheh noon. Mikolhu “balaalabala” e ee rangalhu goiy. Vaahaka varah reethi

  15. Hoody says:
    February 19, 2015 at 7:52 pm

    dialogs ga egothah liyunas e ee massalaeh nooney lyy!!!

    1. raisha says:
      December 17, 2016 at 2:23 am

      Yeah

Comments are closed.



All Right Reserved!