Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޝްފު 6

zaisha Level 210 Stories
February 15, 2015 5 Mins Read
8 Comments

ވެލިގަނޑުމަތީގައި އޮތް ޝަޒިންގެ ރަތްވެފައިވާ ދެލޮލުން ހުއްޓުމެއްނެތި އޮހޮރެމުންދަނީ ކަރުނައެވެ. ލައިގެން ހުރި ހުދު ހެދުން ލެއިން ފޭދިފައިވާއިރު އެދޮންވެލިގަނޑު ބަބުޅަމުން ދަނީ ރަތްލެއިންނެވެ. އިސްތަށިގަނޑުގައި ހަރުކޮށްފައި އިން ހުދުކުލައިގެ އޯކިޑްމާވެސް ދުރުގައިން ލެއިން ފެވިފައި އޮތެވެ. އެތާގައި ހިނގާދިޔަ އެއްވެސް ކަމެއް ދިރިހުރި ފުރާނައަކަށް ނޭނގެއެވެ. ބީއްސަމުން ދިޔަ ރާޅުތަކުން ދޮންވެލިގަނޑުމަތީގައި ހުރި ލޭތައް ފޭދެމުން ދިޔައިރު ހިނގާދިޔަ އެ ހާދިސާވެސް ލޯތަކަށް ކަޝްފުވެގެން ދިޔައެވެ.

މަޑު ހިގުމެއްގައި ގެއަށް ވަދެގެން އައި ޝަޒިން ގޭތެރެއަށް ވަދެ ނިކަން ބާރަށް ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ފާޚާނާއަށް ވަދެ މާގަނޑު ދޫކޮށްލުމަށްފަހު ޓައިލްސްތަކުގެ މައްޗަށް ތިރިވިއެވެ. އޭރުވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހެވެ. މީގެ އިރުކޮޅެއްކުރިން ހިނގާދިޔަ ހާދިސާ ލޯކުރިމަތީގައި ސިފަވަމުން ދިޔައެވެ. ވެހެމުން ދިޔަ ފެންތިކިތަކުން ލޭކޯރެއް ހެދިފައިވެއެވެ. ކިތަންމެވަރަކަށް އެފެންތިކިތަކުން ހަށިގަނޑުގައި ހުރި ލޭގެ ކުލަ ފިލުވައިދިނަސް އޭނާގެ ހިތަށާއި ޖިސްމަށް ކުރި އަސަރެއް ނުފިލާނެއެވެ. ޓައިލްސްތަކު މަތީގައި އޮށޯވެގެން އޮތް ޝަޒިން ހުއްޓުމެއް ނެތި ރޮމުން ދިޔައެވެ.

“ކޮބާތަ އެ ދާނިޝްއާއި ޝަޒިން؟ ފެންނާކަށް ނެތް” ދާނިޝްމެން ފެންނަން ނެތުމުން ކަންބޮޑުވެފައި ހުރި ޒާހިދާ ސަލީމުއާއި ވާހަކަދެއްކިއެވެ. ނަމަވެސް ސަލީމު އެހެން މީހަކާއި މާ އޮލަ ވާހަކައެއް ދައްކަންހުރުމުން ޒާހިދާ ކީއެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. ސަލީމު އެއްޗެކޭ ނުބުނުމުން ފޯނުނަގައި ޒާހިދާ ދާނިޝްއަށް ގުޅަންފެށިއެވެ.

“ހަލޯ.. ދަރިފުޅާ ކޮންތާކު؟ ކޮބާ ޝަޒިން؟ އޭނަވެސް ނެތްފެންނާކަށް” ޒާހިދާގެ އަޑުން އޭނާ ކަންބޮޑުވެފައި ހުރިކަން އެނގެއެވެ. “އަޅުގަނޑު މިހިރީ ގޭގަ. ޝަޒިން ބޮލުގައި ރިއްސަނީއޭ ބުނީމަ ގެއަށް ގެނައި. އޭނަ އެބައޮތް ބޭސް ކައިގެން ނިދިފަ. ޕާޓީ ނިމެނީ ދޯ މިހާރު؟ އަޅުގަނޑު ދާނަން އިރުކޮޅަކުން. ގެއަށް ޕާރްސަލް ތަކާއި އެއްޗެހި ގެންނަން ޖެހޭނެއެއްނުން” ދާނިޝް ވާހަކަދެއްކީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. އޭނާގެ މަކަރުވެރިކަމުން ކަމެއްވީހެންވެސް ހިއެއްނުވެއެވެ.

“އެހެންތަ. އާ މައްސަލައެއް ނެތް” ދަރިން ތިބީ ސަލާމަތުން ކަން އެނގުމުން ޒާހިދާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައިރު އަންނަން އޮތީ ކޮންފަދަ ތޫފާނެއް ކަމެއްވެސް އޭނާއަށް ރޭކާއެއް ނުލައެވެ.

ގޭގެ މައި ދޮރާށި ހުޅުވާލުމަށް ފަހު މިޝަލްއާއި ޖީލާ ވަދެގެންއައި އިރު ފަހަތުން ސަލީމު އާއި ދާނިޝް ޕާރުސަލްތައް ހިފައިގެން އާދެއެވެ. ގޭގެ ދޮރާށި ލެއްޕުމަށްފަހު ގޭތެރައަށް ވަދެގެން އައި ޒާހިދާ އެންމެ ފުރަތަމަވެސް ބޭނުންވީ ޝަޒިން ކިހިނެއްތޯ ބެލުމަށެވެ.

“ޝަޒިން.. ދަރިފުޅާ” ކޮޓަރި ދޮރުގައި ދެތިންފަހަރަކު ޖަހާލުމަށްފަހު ޒާހިދާ ޝަޒިންއަށް ގޮވަންފެށިއެވެ. މިމަންޒަރު ފެނިފައި ދުމެއް ޖަހަފައި އައި ދާނިޝް ޒާހިދާ ކައިރީގައި ހުއްޓުނެވެ. “މަންމާ އޭނައަށް ނިދިފަ ކަންނޭގެ. ދެން ބާއްވާ މާދަން ވާހަކަ ދައްކާނީ” ދާނިޝް އަށް ޝަޒިން ގެއަށް އައިކަން އިނގެއެވެ. އޭނާގެ މަޤުސަދަކީ ޒާހިދާ މިރޭ ޝަޒިންއާއި ދިމާވާނެ ގޮތެއް މެދުވެރި ނުކުރުމެވެ. ޒާހިދާވެސް ދާނިޝް ބުނިވާހަކަ ޤަބޫލު ކޮށްލައިގެން ސަލީމުއާއިއެކީ ގޮސް އޭނާގެ ކޮޓަރިއަށް ވަދެގެން ދިޔައިރު މިޝަލް އާއި ޖީލާވެސް ކޮޓަރިއަށް ވަންނަނީއެވެ. ދާނިޝްގެ ތުންފަތުގައި ކުޅެލީ ވިހަ ހިނުތުން ވުމެކެވެ.

“މަންމާ” މަޑު އާހެއްގެ ސިފައިގައި ދުލުން ބޭރުވި އެބަސް އިވުނީ ފާޚާނާތެރޭގައި އޮތް ޝަޒިންއަށް އެކަންޏެވެ. މަންމަ ގޮވި އަޑުވެސް އިވުނެވެ. މަންމަ ކައިރިއަށް ދާންބޭނުން ވިއެވެ. އެ އުނގުގައި އޮވެ ހިތްފުރެންދެން ރޮއެ، ކުޑަބެ އެކުރި ހަޑި މުޑުދާރު އަމަލުގެ ވާހަކަ ކިޔާދޭން ބޭނުންވިއެވެ. ތަދުވާވަރާއި ހަށިގަނޑުގައި އަޅާވޭން މަންމައަށް ކިޔާދޭން ބޭނުންވިއެވެ. އެހިތް ބިރުގަން ވަރާއި ކުރި އާދޭސްތަކުގެ ވާހަކަ ކިޔާދޭން ބޭނުންވިއެވެ. އެކަމަކު، އެ ހިއްވަރެއް ނެތެވެ. ހަޅޭލަވާލަވާ ކަރުތެރެއިން އަޑުބޭރެއް ނުވެއެވެ. ހަށިގަނޑުގައި އަޅާވޭނުން ތެދުވެލާނެ ވަރެއްނެތެވެ. ހަމަ ރޮވެނީއެވެ. ގިސްލަގިސްލާފައި ރޮވެނީއެވެ.

އެނދުމަތީގައި ދެލޯމަރައިލައިގެން އޮތް މިޝަލްގެ ޚިޔާލުގައި އެނބުރެނީ މިރޭގެ ކައިވެންޏެވެ. ޖީލާ އަބަދުގެ އަބަދަށް އޭނާގެ މީހަކަށްވީއެވެ. ފުރިހަމަ ލޯބިދީގެން އޭނާ ޖީލާ ބަލާނެއެވެ. ދުވަހަކުވެސް ދުލެއްނުކުރާނެއެވެ. ހަޔާތަށް ކިތަންމެ ބަދަލުތަކެއް އަޔަސް އޭނާ ޖީލާއަށް ހިތާމައެއް ނުދީ އަބަދުމެ އޭނާއާއި އެކީ ވާނެކަމަށް އަމިއްލަ ނަފްސަށް ވަޢުދުވިއެވެ.

ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް ތެދުވެ އެދިމާއަށް މިޝަލް ބަލައިލިއެވެ. އަސްތާއެވެ. މީ ކޮންފަދަ ރީތިކަމެއްބާއެވެ. ހިތަށްއަރާ ފައިބަމުންދާ ޚިޔާލުތަކުން މިޝަލް ހިނިތުންވެލިއެވެ. ކުރިމަތީގައި ހުރީ އޭނަގެ އަލަތު އަނބިމީހާ ޖީލާއެވެ.

ރަތްކުލައިގެ ކުރު ސިލްކުހެދުން ކޮޅެއްގައި ހުރި ޖީލާވަނީ އިސްޖެހިފައިވެ. އެރީތި މޫނުވަނީ އުއްބަތީގެ އަލިއެޅި ދިއްލިފައެވެ. ކުރިމަތީގައި އައިސް ހުއްޓުނު މިޝަލްއާއި ދިމާއަށް ބަލައިލާކަށް ޖީލާއަކަށް ނުކެރުނެވެ. ދެކޯތާފަތުގައި ހިފައި އިސްޖެހިފައިވާ އެ މޫން މިޝަލް އުފުލާލިއެވެ. އެއާއިއެކީ އެދޮންމޫނުގެ ކޮލަށް ލޭއަރާ ރަތްވެއްޖެއެވެ. މިޝަލްގެ ނޭވާގެ ހޫނުކަން އެޅޭހާއި ހިސާބަށް އެމޫނު ކައިރިކޮށްލިއެވެ. “ހާދަ ހިތްގައިމެ” މިޝަލް މިހެން ބުނެލުމާއިއެކީ ޖީލާ މިޝަލްގެ ތަނަވަސް މޭމަތީގައި އެމޫނު ފޮރުވާލިއެވެ. އަތްދަނޑި މައްޗަށް އުފުލާލައިގެން ގެންގޮސް އެނދުގައި ބޭއްވިއިރުވެސް ޖީލާހަމަ އެގޮތަށް އޮތެވެ. އުއްބަތީގެ އަލިން އެދެމަފިރިންގެ ހިޔަނި ފާރަށް އެޅިފައިވާއިރު ހުޅުކޮޅުތައްވެސް އެހިތްގައިމު ރޭގެއުފަލުގައި ނަށަމުން ދިޔައެވެ.

ގަޑިން ދޭއްޖެހީއެވެ. ޝަޒިން އަދިވެސް އެއޮތްގޮތަށް ޓައިލްސަތަކުގެ މަތީގައި އޮތެވެ. މާގަނޑުން އޮހެމުންދިޔަ ފެންތަށް ހުއްޓިފައި ވީއިރު ތިރީގައިހުރިފެންތަކުގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. އިވެމުންދަނީ ޝަޒިންގެ ގިސްލުމުގެ އަޑެވެ. ކައިރީގައި ހުރި ފެންމާގަނޑުގެ އަތްގަނޑުގައި ހިފުމަށްފަހު ޝަޒިން މަޑުމަޑުން ކޮޅަށް ތެދުވެ އިށީނެވެ. ހެދުމުގެ އެއްއަތް ނައްޓާލުމަށް ފަހު ހެދުން ދޫކޮށް ލިއެވެ. ތުރުތުރު އަޅަމުން ކޮށްޅަށް ތެދުވެވުނު އިރު ނޭވާވަނީ ކުރުވެފައެވެ. އަޅަމުންދިޔަވޭނަށް ކެއްކުރަމުން ޝަޒިން މަޑުމަޑުން ކުރިއަށް ހިނގަންފެށިއެވެ. އެކިތަންތަނުގައި ހިފަހައްޓަމުން ގޮސް ތުވާލިނަގާ ގައިގައި އޮޅާލިއެވެ. އަދި ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. މޫނާއި ދެލޯ ރަތްވެ ދުޅަވެފައި ވާއިރު ތުންފަތްވަނީ ފަޅައިގެން ގޮސްފައެވެ. މިރޭ ރީތިވާން ކުރި މޭކަޕުވެސް ފެނާއިއެކީ ފޮހެވިގެންދިޔަފަދއިން އޭނާގެ ހަށިގަނޑުގެ ޠާހިރުކަންވެސް ފޮހެވިގެން ދިޔައީއެވެ. ކޮނޑުމަތީގައި ވަކިއެޅީފައިހުރި ނިޝާނެއް ހުރިއިރު ބުރަކަށިން ދެތަނެއްވަނީ ކަފައިގެން ގޮސް ދުޅަވެ އަރާފައެވެ.

ކީއްވެ؟ ކީއްވެ ކުޑަބޭ؟ މިއީ ކުޑަބެގެ ކޮއްކޮއެވެ. ކުޑައިރު އެކީ ކުޅެއުޅުނު ކޮއްކޮ މިރޭ ކުޅޭކުޅޭ އެއްޗަކަށް ތި ހަދާލީހެއްޔެވެ. ހާދަ ތަދެއްވިއެވެ. ހާދަ ވޭނެއް އެޅިއެވެ. ހަމަ މި ކޮއްކޮގެ ހަޅޭކުގެ އަޑު ނީވުނީހެއްޔެވެ؟؟ ކުރިހާ އާދެސް އަޑުނޭހީހެއްޔެވެ؟ ޝަޒިންގެ ހިތް ފުރެމުންދިޔައީ ޝަކުވާއިންނެވެ.

ކަބަޑުމަތީގައި ހުރި ރަތްބޭސްފުޅިނެގުމަށް ފަހު އަލަމާރިގައި އިން ބޮޑު ލޯގަނޑުގެ ކުރިމަތީގައި ޝަޒިން ހުއްޓުމަށްފަހު ބުރަކަށީގައި އެޅިފައިވާ ދެ ޒަހަމަށް ނަޒަރު ހުއްޓަލިއެވެ. ކަނާތު ކޮނޑުގެ ތިރިން މެދާއިހިސާބަށް އެއްޒަހަމް ހުރިއިރު އަނެއްޒަހަމް ހުރީ މެދުން ފެށިގެން ތިރިއަށްށެވެ. މާ ބޮޑަށް ފުންކޮން ގޮސްފައި ހުރިހެންނެއް ހިއެއްނުވެއެވެ. އެހާގިނައިރު ފެންމާގަނޑު ދޮށުގައި އޮތުމުން ލޭމަނާވި ނަމަވެސް ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. ޝަޒިން އަތް ފޯރިގޮތަކަށް އެ ޒަހަމްތަކުގައި ރަތްބޭސް ހާކަމުން ދިޔައެވެ. މިއީ އޭނާއަށް އޮތްގޮތެވެ. އިތުރު ބޭހެއް އަޅާނީކިހިނެއް ހެއްޔެވެ. އަޅަމުން ދިޔަވޭނުން ދެލޯ ކަރުނުން ތެމެމުން ދިޔައެވެ.

ޝަޒިން އެނދުގައި އޮށޯވެ ބެޑްޝީޓުން މުޅި ހަށިގަނޑު ނިވާ ކޮއްލިއެވެ. އޭނާގެ ތަޤުދީރުގައި ލިޔެވިފައިވަނީ ކީކޭކަމެއް ނޭނގެއެވެ. މާދަން ދެން ވާނީކިހިނެއްބާއެވެ. މަންމަ ކައިރި ބުނާނެހާ ހިތްވަރު ޝަޒިންގެ ކިބައިގައި އެބަހުރި ބާއްވައެވެ. ކުރިއަށް އަންނަން އޮތީ ކޮންފަދަ ތޫފާނެއްބާއްވައެވެ. ހެއްދެވި ފަރާތްމަތިން ހަނދުމަކުރަމުން ޝަޒިން ދެލޯމަރައިލި އިރު ހުއްޓުމެއްނެތި އޮހޮރެމުންދިޔަ ކަރުނަތަކުން ބާލިސް ތެމެމުން ދިޔައެވެ.

އިރުގެ އަލިން ގޭތެރެ އަލިކޮށްލެވިފައިވާއިރު ޒާހިދާ އަވަދިނެތި އުޅެނީ ރޮށިފިހުމުގައެވެ. އޭރު ޖީލާ މޭޒުމަތީގައި ހުރި އާފަލު ކޮޅަކާއި އޮރެންޖު ކޮޅެއް ހިފައިގެން ކޮށަން އުޅެއެވެ. “މިޝަލް. ދޭބަލަ ފިހާރައަށް ގޮސް ކުކުޅަކާއި ފިޔާކޮޅެއް ގަނެގެން އަންނަން. އަންނަން ވާއިރަށް މަންމަ ސައި ތައްޔާރު ކުރާނަން އިގޭ” ކޮޓަރިން ނިކުން މިޝަލް ފެނިފައި ޒާހިދާ ބުނެލިއެވެ. ހުކުރު ދުވަސް ކަމުން މެންދުރަށް ރަނގަޅު އެއްޗެއް ތައްޔާރު ކުރުމަށް ޒާހިދާ ވަނީ ނިންމާފައެވެ.

“ކޮބާ ޝަޒިން؟ ނުހޭލާތަ؟” ކާގޭގައި ޝަޒިން ނެތުމުން މިޝަލް ސުވާލުކުރިއެވެ. “އާން. އޭނަ ރޭގަ ބޮލުގަ ރިއްސާތީއެއްނުން އުޅުނީ. އެހެންވެ މަންމަ ނުގޮވަން މިހުންނަނީ. އަމިއްލައަށް ހޭލާގެން އަންނާނެ އެއްނުން ދޯ” ރޮށިތަށިގެނެސް މޭޒުގައި ބަހައްޓާލަމުން ޒާހިދާ ބުނެލިއެވެ.

މެންދުރު ބާރަ ޖެހިއިރުވެސް ޝަޒިން ކޮޓަރިއަކުން ނުނިކުމެއެވެ. ކަންބޮޑުވެފައި ހުރި ޒާހިދާ އެ ކޮޓަރީގައި ދެފަހަރަކު ޓަކިޖަހާލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ޝަޒިން ފެނި ޒާހިދާ ދެލޯބޮޑުވިއެވެ. “ދަރިފުޅާ.. ކީއްވެފަ މިހިރީ” ޝަޒިންގެ ތުންފަތް ކައިރި ފަޅައިގެން ގޮސްފައިވާތާނގައި އިނގިލި ޖައްސާލުމަށްފަހު ޒާހިދާ ބުނެލިއެވެ. ޝަޒިން ވަގުތުން މަންމަ ކައިރި ހުރިހާވާހަކައެއް ކިޔާދިނުމަށް ނިންމިއެވެ. “މަންމާ… ކުޑަ..” ކުއްލިއަކަށް ޝަޒިން ދައްކަމުން އައިވާހަކައަށް ހުއްޓުމެއްއައެވެ. މަންމަގެ ފަހަތުގައި ތަންކޮޅެއް ދުރުގައި ހުއްޓުނު ދާނިޝްފެނި އޭނާގެ ދުލުގައި ގޮއްޖެހުނުހެން ހީވިއެވެ. ދާނިޝްގެ އެވިހަގަދަ ބެލުމުން ވެސް ގައިން ހީބިހިނަގުވާލިއެވެ. އެ ދެލޯ އަމާޒުވެފައިވަނީ ޝަޒިންއަށްށެވެ. ޝަހާދަތް އިނގިލ ގެނެސް ދާނިޝް އޭނާގެ ތުންފަތުގައި ޖައްސާލަމުން ނުބުނާށޭ ބުނާފަދަ ގޮތަކަށް ޝަޒިންއަށް އިންޒާރެއްދިނެވެ. އެ ސޫރައިން ޝަޒިންއަށް ފެންނަމުން ދިޔައީ ބިރުވެރިކަމެވެ.

“އަޅުގަނޑު ކުޑަކޮން ކައްސާލީ.. ފާޙާނާތެރެއިން އެ..އެހެންވެ ތުންފަތް ފަޅައިގެން ދިޔައީ” ޝަޒިން އަޅައަޅައި ގަންނަމުން ވާހަކަދެއްކިއެވެ. “ކައްސާލީއޭ؟؟ ނަސީބެއްނުން އެއްކޮން ފަޅައިގެން ނުދިޔަކަން. މަންމަ ދޭނަން ބޭސް ފުޅިއެއް ތިތާ ހާކާލާ އިނގޭ. އަނެއްކާ އެހެންތާކަށް ތަދުވިތަ؟” ޒާހިދާ ކަންބޮޑުވެފައި ހުރެ ވާހަކަ ދެއްކުމުން ޝަޒިންގެ ހިތައްވީ އިތުރު އުނދަގުލެކެވެ.

މަންމާ އާއެކެވެ. ތަދުވާކިތަންމެ ތަނެއް އެބަހުއްޓެވެ. މަންމާއެވެ. އަހަންނަށް އެހީވާށެވެ. މިހުރިހާވާހަކަ ތަކެއްވަނީ ޝަޒިންގެ ހިތުތެރޭގައެވެ. ދުލާ ހަމައަކަށް ނައެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓާއި ދިގު ސޯޓުކޮޅުގެ ސަބަބަން ލިބިފައިވާ އެއްވެސް އަނިޔާއެއް މީހަކަށް ނުފެންނާނެއެވެ. އޭނާގެ ބާރުދެރަކަން އިނގި ލޮލުން ކަރުނަ ހިލުނެވެ. ދާނިޝްގެ ތުންފަތަށް ވެރިވި އެ ވިހަ ހިނިތުންވުން ކިތަންމެ ރަނގަޅަށްވެސް ޝަޒިންއަށް ފެނުނެވެ. ކުރާނީ ކީއްހެއްޔެވެ. މިއަދު އޭނާ މަޖުބޫރުވީއެވެ. “އާދޭ އަވަހަށް ސައިބޯން” ޒާހިދާ މިހެންބުނެ ފަހަތަށް އެނބުރުނުތަނާ ދާނިޝްފެނި އޭނާކައިރިވެސް ސައިބޯން އައުމަށް ބުންޏެވެ. ޝަޒިން ހިތް ހީވީ ހުއްޓުނު ހެންނެވެ. ދާނިޝްއާއި އެކީ އެއްމޭޒެއްގައި އިންނާކަށްވެސް އޭނާއަށް ކުޅަދާނައެއް ނޫނެވެ. ނަމަވެސް ޒާހިދާ އޭނާގެ އަތުގައި ހިފައިގެން ދާން ހެދުމުން އިތުރު ބަހަނާއެއް ނުދައްކާ ދިޔައެވެ.

ގޮނޑީގައި މަޑު މަޑުން އިށީދެލިއިރުވެސް އެ ނާޒުކު ހަށިގަނޑުގައި ވޭން އަޅައެވެ. ދާނިޝް ހަމަ ގަސްތުގައި އައިސް ޝަޒިން އާއި ޖެހިގެން އިށީދެލަމުން ޝަޒިން ބުރަކަށީގައި ކުޑަކޮން ޖަހާލުމަށްފަހު ޒާހިދާއަށް އަޑުއިވޭވަރަށް ބޮލުގައި ރިއްސުން ކިހިނެއްހެއި އަހާލިއެވެ. ވީ ތަދުން ޝަޒިން ދެލޮލުގައި ފޮރުވައިގެން ހުރި ކަރުނަތައް ބޭރުވިއެވެ. އިންސާނަކު މިހާ ރަހުމް ކުޑަ ވެދާނެ ހެއްޔެވެ. އަދިވެސް އޭނާއަށް ކުރެވުނުވަރު ކުޑައީ ހެއްޔެވެ. ޝަޒިންގެ ލޮލުން އޮހޮރުނުހާ ކަރުނައެއް އެކަކައްވެސް ނުފެނުނެވެ. ދުރުގައި ހުރި ޒާހިދާއަށްވެސް ފެނުނީ ދާނިޝް އޭނާގެ ކޮއްކޮގެ ބުރަކަށީގައި ފިރުމާލުމަށްފަހު އޭނާގެ ހާލުބަލައިލިކަމެވެ. ދާނިޝްގެ ކިބައިގައި ފޮރުވިފައިވާ ނުލަފާކަން ޒާހިދާއަށް ވަޒަންވެސް ކޮށްނުލެވޭނެއެވެ.

“ނިމުނީ ރޭގަވީ އެއްވެސްކަމެއް މަންމަ ކައިރި ކީއްކުރަން ކޮންމެ މީހެއްކައިރި ބުންޏަސް. އެހެންނޫނަސް ކަލޭ ބުނާވާހަކައެއް އެކަކުވެސް ޤަބޫލެއް ނުކުރާނެ. ބުނެފިއްޔާ އަދި ތިޔައްވުރެން ބޮޑުވަރު ކޮއްލާނަން. އޭރުން ބޭޒާރުވާނީވެސް ހަމަ ކަލޭ. އަޑުއިވެއްޖެ.” ދާނިޝް ޝަޒިންއާއި ގާތައް ޖެހިލަމުން އޭނާގެ ކަންފަތް ދޮށުގައި ބުނެލިއެއްޗަކުން މީހާ މުޅިންހެން ފިނިވިއެވެ. ތެދެކެވެ. ބޭބެއަކު ކޮއްކޮއެއްގެ ޢިއްފަތްތެރިކަން ފޭރިގަނެފާނެކަމަށް ޤަބޫލުކުރާނީ ކާކުހެއްޔެވެ. އަދި އެވެސް ދާނިޝްއެވެ. އެހާ އެކުގައި އުޅެފައި އެކަހަލަ މުޑުދާރު ޢަމަލެއް ކޮއްފާނެކަމެއް އެކަކުވެސް ޤަބޫލެއްނުކުރާނެއެވެ. ޝަޒިންއަށް އެވާހަކަ ފޮރުވަން މަޖުބޫރުވީއެވެ. ސައިބުއިން ނިމިގެން ދިޔައީވެސް ދާނިޝްގެ ފަރާތުން ކުދި ގޯނާތައް ލިބިގެންނެވެ.

-ނުނިމޭ-

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

އިންތިޒާރު 8

Next

ހިނިތުން…. 2 ވަނަ ބައި (ފަހު ބައި)

Next
February 16, 2015

ހިނިތުން…. 2 ވަނަ ބައި (ފަހު ބައި)

Previews
February 15, 2015

އިންތިޒާރު 8

8 Comments!

  1. faai says:
    February 15, 2015 at 10:06 pm

    V rythi… Alhe e dhaanish haadha rahum kuda eyy…
    Waiting fr next…

  2. sal says:
    February 15, 2015 at 10:28 pm

    Dhaanis haadha rahum kudaey

  3. Haf says:
    February 15, 2015 at 11:35 pm

    Haadha nulafaa beybe ekey.. Pis pis nuvaaneh nu shazzin ah ehen hadhaakah… Plx dhen baeh avahah up koh dhehchey.. Nice story… I luv it

  4. aish says:
    February 16, 2015 at 12:04 am

    dhen kon iraku up vaany…v nice story

  5. zaisha says:
    February 16, 2015 at 12:08 am

    i’ll try to update it maybe day after tmrw. thanks all 🙂

  6. Naash says:
    February 16, 2015 at 9:39 am

    vvvvvv reethi mi story…avahah up kohdheeba….

  7. lee says:
    February 18, 2015 at 6:37 pm

    Kashfu vumakee faalhuvumennu.

  8. zaisha says:
    February 26, 2015 at 9:44 pm

    yes lee. kashfu vumakee faalhuvun 🙂

Comments are closed.


All Right Reserved!