Skip to content
އެސްފިޔަ

ހިނިތުން…. 2 ވަނަ ބައި (ފަހު ބައި)

ޝާމިލް އޭނާގެ ޝަހާދަތް ހިނގިލި ކަރުގައި ޖެއްސުމަށްފަހު އަލްޔާން މަރާލާނަންކަމުގައި އިޝާރާތުން ބުންޏެވެ. މިޝްޔާ އިސްޖަހާލިއެވެ. އޭނާގެ ލޮލަށް ޖަމާވި އޭނާގެ އެކުވެރި ކަރުނަތަށް އޮހޮރިގަތެވެ. ގިސްލެވެން ފެށުނެވެ.

ލީލާ މިޝްޔާއަށް ސަމާލުކަންދިނީ އޭނާ ގިސްލާ އަޑުއިވިގެންނެވެ. ވީނުވީއެއް އޭނާއަކަށް ނޭނގުނެވެ.

“މިޝް!!” ލީލާ މިޝްޔާގެ ކޮނޑުގައި އަތް އަޅާލިއެވެ. “މިޝް! ކިހިނެއްވީ؟!”

މިޝްޔާއަކަށް އެއްވެސް ބަދަލެއް ނައެެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުންދިޔައެވެ. އޭނާ ޑެސްކުގައި ބޯއަޅާލިއެވެ.

*************************

މިޝްޔާ ލޯގަނޑުކުރިމަތީގައި ރަތްވެފައިވާ އޭނާގެ ދެލޮލަށް ބަލަހައްޓައިގެން އިނެވެ. ލޯގަނޑުގައި އޭނާ އުނގުޅައިގަތް ލިޕްސްޓިކްތަށް އޭރުވެސް ހުއްޓެވެ.

މިޝްޔާ ޓިޝޫއަކުން ލޯގަނޑުގައި އުނގުޅިފައިހުރި ލިޕްސްޓިކްތައް ފުހެލިއެވެ. އަދި ހޭވިފައިވާ ބޯ ރީތިކޮށްލިއެވެ. ފާރުގައިހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން 9 ގަޑި ބައިވީއެވެ. މިރޭގެ ޕާރޓީއައްވެސް ދާހިތެއް އޭނާ ނުވިއެވެ. އެހެންކަމުން ހެދުން ބަދަލުކޮށްލުމަށްފަހު އޭނަ އޮތީ ނިދާށެވެ. އެނދުގައި އޮވެގެން އޭނާ ވިސްނަމުންދިޔައީ އަލްޔާންއާ މެދުގައެވެ. އޭނަ ފިރިހެނުންދެކެ ފޫހިވިކަމުގައިވިއަސް އަލްޔާންވަނީ އޭނާގެ ހިތުގައިވާ ފޫހިކަން ފިލުވަލަދީފައެވެ. މިޝްޔާގެ ހަށިގަނޑުގައިވެސް އެހެން އަންހެން ކުދިންގެ އޮންނަފަދަ ހިތެއް އޮންނަކަން މި އެނގުނީ މިއަދުއެވެ. އޭނާގެ ރޫހަށް ދިރުން ލިބިއްޖެއެވެ. ނުބައި ފިރިހެނެއްގެ ހައްޔަރުގައި އިންނާކަށް ދެން މިޝްޔާ ބޭނުމެއްނޫނެވެ.

ގަޑިން ދަންވަރު 12 ޖަހަނީއެވެ. މިޝްޔާ އޮތީ އަރާމު ނިންޖަކުން ނިދާލާފައެވެ. އެ ކޮޓަރީގެ ބޮކިތަށްހުރީ ދިއްލާ އަޅާފައެވެ.

މަޑުމަޑުން ދޮރުހުޅުވެން ފެށުނެވެ. ހުޅުވުނު ދޮރުން ފަދެގެން އައީ ފަވާޒެވެ. ލަސްހިނގުމެއްގައި އައިސް ބޮކިތަށް ނިއްވާލިއެވެ. މުޅިކޮޓަރިތެރެއަށް ވެރިވެގެންދިޔައީ ފުން އަނދިރިކަމެކެވެ.

ފަވާޒު މަޑުމަޑުން އައިސް އެނދުގައި އިށީނެވެ. އަދި ނިދިފައިއޮތް މިޝްޔާގެ ކޮލުގައި މަޑުމަޑުން ފިރުމާލިއެވެ.

އެއާއެކު ސިއްސައިގެންގޮސްފައި މިޝްޔާއަށް ހޭލެވުނެވެ. އަދި ހަޅޭ ލަވައިގަންނަށް އަނގަ ހުޅުވާލިވަގުތު ފަވާޒު އޭނަގެ އަނގަމަތީގައި އަތްއެޅިއެވެ.

“ހަޅޭލެވީމަ ވަނެގޮތް ކަލޭއަށް އެނގެއެއްނު!” ފަވާޒު ވާހަކަދެއްކީ ވައި އަޑުންނެވެ. “މައިތިރިވެގެން އޮވޭ!”

ފަވާޒު މިޝްޔާގެ ދޫ ނިދާހެދުން ދަމައިގަތެވެ. މިޝްޔާއަށް މަޖުބޫރުވީ ބެޑްޝީޓް ގައިގާ އޮޅާލުމަށެވެ.

ފަވަޒު ގަމީހުގެ ގޮށް ތަށް ނައްޓުވަންފެށުމާއެކު މިޝްޔާ ފަވާޒު ކޮށްޕާލިއެވެ. އަދި އެނދުން ފުންމާލައިންގެން ގޮސް ބޮކި ދިއްލިއެެވެ.

އެއިރު ފަވާޒު އެނދުމަތީގައި ހައިރާންވެފައި އޮތެވެ. މިއީ އެހެން ރޭރޭ މިޝްޔާ އުޅޭގޮތެއް ނޫނެވެ.

ފަވާޒު އެއްމިޔަކަނިން ހީލުމަށްފަހު އެނދުން ތެދުވެގެން މިޝްޔައާ ދިމާއަށް ހިނގައިގަތެވެ. މިޝްޔާ މަޑުމަޑުން ފަހަތަށް ޖެހެމުންދިޔައެވެ. ފަވާޒު އޭނާގެ ގަމީސް ބާލާ އެއްލާލުމަށްފަހު މިޝްޔާދިމައަށް އަންނަމުންދިޔައެވެ. އޭނާ ހީވަނީ ބަނޑުހައިގެންފައިވާ މިނިކާވަގެއްހެންނެވެ.

މިޝްޔާއަށް ހުއްޓެވުނީ އިސްތިރިކުރާ މޭޒުގައި އޭނާގެ ބުރަކަށި ޖެހުމުންނެވެ. ހަމައެވަގުތު އޭނާގެ އަތް، އެ މޭޒުމަތީ ހުރި އިސްތިރީގެ އަތްގަނޑުގައި ޖެހުނެވެ. އެއިރު ފަވާޒު އައިސް މިޝްޔާއާއި އަރާ ހަމަކުރަނީއެވެ.

މިޝްޔާ އިސްތިރީގެ އަތްގަނޑުގައި ހިފާ ބާރުކޮށްލިއެވެ. ނަމަވެސް މި މަންޒަރެއް ފަވާޒަކަށް ނުފެނެއެވެ.

……………………

ނާދިޔާއަށް ހޭލެވުނީ ފެން ބޮވައިގަނެގެންނެވެ. އެއިރު ކައިރިއަކު ފަވާޒެއްނެތެވެ. ފަހާނަ ބޮކި ދިއްލާފައި ހުރުމުން ފަވާޒުވީ ފާހާނާގައިކަމަށް ނާދިޔާ ހީކުރިއެވެ. ނަމަވެސް އެއީ ފަވާޒު ގަސްދުގައި ނާދިޔައަށް އޮޅުވާލަންވެގެން ކޮށްފައިހުރިކަމެކެވެ.

އެނދުން ތެދުވުމަށްފަހު އޭނާ ގަޑިއަށް ބަލައިލިއެވެ. ގަޑިން 12 ގަޑި 15 އެވެ. ކޮޓަރިން ނުކުމެގެން ގޮސް ބަދިގެއަށް ވަދެވަދެ ހުއްޓާ އޭނާއަށް އިވުނީ އެއްޗެއް ވަރަށްބަރަށް ވެއްޓުނުއަޑެވެ. އެއަޑު އައީ މިޝްޔާގެ ކޮޓަރިންނެވެ.

“ދަރިފުޅާ މިޝްޔާ! ހޭލާތަ؟” ނަދިޔާ ގޮސް އެ ކޮޓަރި ދޮރުކައިރީ ހުއްޓުނެވެ. އެއްވެސް ޖަވާބެއް ނުލިބުމުން ތަޅުގައި ހިފައި އަނބުރާލިއެވެ. ދޮރުހުޅުވިގެންދިޔައެވެ. ހަމައެއާއެކު ނާދިޔާއަށް ހަޅޭލަވައިގަނެވުނެވެ.

ގައިގާ ބެޑްޝީޓް އޮޅާލައިގެން ފާރު ކައިރީގައި ރޯން މިޝްޔާއިނެވެ. ފަވާޒު އޮތީ ބިންމަތީ ވެއްޓިފައެވެ. އޭނަގެ ނިތްކުރިމަތިން ތަންގަނޑެއް ފަޅައިގެންގޮސްފައި ހުއްޓެވެ. ތަޅުންގަނޑުމަތީގައި ބޮޑު ލޭކޯރެއް ދެމެމުން ދިޔައެވެ. ފަވާޒުގެ ބޮލާ ދިމާގައި ލޭއުނގުޅިފައިވާ އިސްތިރިއެއް އޮތެވެ.

……………………..

ސައިރަންގެ އަޑުން މުޅި ސަރަހައްދު ގުގުމާލިއެވެ. މިޝްޔާ ޕޮލިސް ސްޓޭޝަނަށް ގެންދިޔުމުން ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ފަވާޒު މަރުވީއެވެ. އެހެންކަމުން ޕޮލިހުން މި ކޭސް އިތުރަށް ކުރިއަށް ނުގެންގޮސް ނިންމަލީއެވެ.

“ދަރިފުޅާ! ކީއްވެތަ މަންމަ ގާތު ނުބުނީ؟” މިޝްޔާ ނާދިޔާގެ އުނގުގައި ބޯ އަޅަލައިގެން އޮތެވެ. އެއިރުވެސް އޭނާގެ ލޮލުން ކަރުނަ އަންނަމުންދިޔައެވެ.

“ބައްޕަ ބުނީ މަންމަގާތު އެވާހަކަ ބުނެފިއްޔާ މަންމަ މަރާލާނަމޯ! އެހެންވެ ނުކެރުނީ!” ނާދިޔާ އޭނާގެ ލޯބިވާ ދަރިފުޅުގެ ގައިގާ އޮޅުލައިގަތެވެ. އެ ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުކޮށްލި ފަވާޒައަށް ދުވަހަކުވެސް އޭނާ މާފެއް ނުކުރާނެއެވެ.

**********************

މަގުތަކަށްވެރިވެފައިވަނީ ފުން އަނދިރިކަމެކެވެ. ހަމަހިމޭންކަމުގެ ތެރެއިން އިވޭ ހަަމައެކަނި އަޑަކީ ކުދި ފަނިފަކްސަ ގޮވާއަޑެވެ.

އަނދިރިކަމުގެ ތެރެއިން ހަރުހިނގުމެއްގައި ހިނގަަފައި އަންނަ ޒުވާނަކު ފެނެއެވެ. އެއީ ޝާމިލްއެވެ. އަތުގައި ފަލަ ދަނޑިބުރިއެއް އޮތެވެ. އަނދިރިކަމުން ބަލާމީހަކަށް މޫނުފާހަގަވާވަރެއްނޫނެވެ.

އެ އަނދިރި ގޯޅިގަނޑުން ހިނގާލާފައި އައިސް އެތާހުރި ގެއަކަށް އޭނާ ވަނެވެ. އެ ގޭގެ އެންމެ ބޭރަށް ހުރި ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. ފުރަތަމަ ޖަވާބެއް ނައެވެ. ދެވަނަފަހަރަށް ތަންކޮޅެއް ބާރަށް ޓަކި ޖަހަލިއެވެ. އެއާއެކު ކޮޓަރީގެ ބޮކި ދިއްލުނުތަންފެނުނެވެ. ޝާމިލް ދަނޑިބުރީގައި ހިފާ ބަރުކޮށްލިއެވެ.

ދޮރުހުޅުވާލީ އަލްޔާންއެވެ. ހަމައެއާއެކު ޝާމިލް އަތުގައި އޮތް ދަނޑިބުރި އަލްޔާންއާ ދިމައަށް ހޫރާލިއެވެ.

………………………..

“ރ.މީދޫ ފެންފިނިގޭގައި ކިޔަވަންއުޅޭ ކުއްޖެއްކަމުގައިވާ ރ އުނގޫފަރު، އަލްޔާން ޝަރީފަށް ދަނޑިބުރިއަކުން ހަމަލާދީ ރޭގެ ވަގުތެއްގައި މަރާލައިފި!”

ޚަބަރުގެ ސުރުހީ އަޑުއިވުމާއެކު މިޝްޔާއަށް ތެޅިގަނެވުނެވެ. ގައިން ހީބިހި ހިލުވަލިއެވެ. ކުޑަކޮށް އަނގަވެސް ހުޅުވިގެން ދިޔައެވެ.

“މަންމާ!!!” މިޝްޔާ އޭނާގެ މަންމައަށް ގޮވިއެވެ.

ނަދިޔާއަށްވެސް ޓީވީއިން ސުރުހީ ފެނުމާއެކު ހައިރާންވިއެވެ.

“އަޑުބާރުކޮށްލަބަލަ!”

“މި ޖަރީމާ ހިންގި ފަރާތެއް އަދިވެސް ނޭނގޭކަމަށް ފުލުހުންވަނީ މަޢުލޫމަތު ދީފައި! ގާތިލް ހޯދުމުގެ މަސައްކަތް މިހާރުވެސް ފުލުހުން ކުރަމުން އެބަގެންދޭ! ނަމަވެސް މިވީހާތަނަށް އެ މީހެއްގެ އެއްވެސް ހިލަމެއް ވެފައިނުވާކަމަށްވެސް ފުލުހުންބުނޭ!”

“އެ އަލްޔާން އެއީ އިހަކަށްދުވަހު މިރަށަށް އައި ކުއްޖެއްނޫންތަ؟ ކާކުތަ މޮޔަވެގެން އެ އުޅެނީ!” ނާދިޔާ ގާތަށް ރުޅިއައެވެ. އެއިރު މިޝްޔާ އިނީ ގަނޑުވެފައެވެ. ލޮލަށް ޖަމާވި ކަރުނަތަށް އޮހިރިގަންނަންވެސް ނޭނގިފައި ހުރިކަހަލައެވެ. ގާތިލަކީ ކާކުކަން ހަމަރަނގަޅަށްވެސް މިޝްޔާއަށް އެނގެއެވެ.

 މި ހުރިހާ ކަމެއް މިވީ ހަމަ މިޝްޔާއާ ހެދި ބާއެވެ؟ އޭނާއަށް މި ދުނިޔޭގައި އެއްވެސް އުފަލެއް ނެތީހެއްޔެވެ؟ އެއްކަމަކުން ސަލާމަތްވާއިރަށް އަނެއްކަމަކަ ކުރިމަތިވެއެވެ. މިހާރު މިދުނިޔެއިން ވަކިވެގެން އެދިޔައީ އޭނަގެ ތުންފަތަށް ހަޤީޤީ ހިނިތުންވުމެއް ގެނެސްދިން ހަމައެކަނި ފިރިހެނާއެވެ. އޭނާގެ ހިތުގެ ވިންދާ ކުޅެލި ހަމައެކަނި އިންސާނާއެވެ.

“މަރުވެފައިވާ މަސްގަނޑަށްވަނީ ވަރަށްބޮޑެތި ގެއްލުންތަކެއްދީފައިކަމަށް ފުލުހުންބުނޭ! މިގޮތުން ގައިގެ އެކިއެކި ތަންތާ ދަނޑިބުރިން ތަޅާފައިވާކަމަށާއި މޫނުގެ ސިފަ ވަކިނުވާވަރަށް މޫނަށް ގެއްލުންދިފައިވާކަމަށް ފުލުހުން މަޢުލޫމާތުދޭ! މަރުވެފައިވަނީ އަލްޔާން ކަމަށް ޔަގީންކުރެވެނީ ލައިގެންހުރި ޖިންސްގެ ޖީބުގައި އޮތް ވޮލެޓްގައި އޮތް އަޑީކާޑުންކަމަށްވެސް ފުލުހުން ބުނޭ!”

މިޝްޔާ ތެދުވެގެން ދުއްވައިގަތެވެ. ގެއިން ނުކުމެގެންގޮސް އަލްޔާން އުޅުނުގެއާ ދިމައަށް މިސްރާބުޖެހިއެވެ. ދުވަމުންދުވަމުން އައިސް އެގެއާއަރާހަމަވިއިރު އެތަނަށްވަނީ ވަރަށްގިނަ ބަޔަކު އެއްވެފައެވެ. ފުލުހުންވެސް އެކި ހިސާބުތަކުގައި ހަރަކާތްތެރިވާތަން ފެނެއެވެ. މިޝްޔަ ބޭނުންވީ އެންމެ ފަހުފަހަރަށް އަލްޔާގެ ހަށިގަނޑު ހަމަލޮލުން ބަލާލަށެވެ. ނަމަވެސް އެ ފުރުސަތުވެސް މިޝްޔާއަކަށް ނުލިބުނެވެ.

******************************

12 ގަޑިއިރު ކުރި……

އެ އަނދިރި ގޯޅިގަނޑުން ހިނގާލާފައި އައިސް އެތާހުރި ގެއަކަށް ޝާމިލް ވަނެވެ. އެ ގޭގެ އެންމެ ބޭރަށް ހުރި ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. ފުރަތަމަ ޖަވާބެއް ނައެވެ. ދެވަނަފަހަރަށް ތަންކޮޅެއް ބާރަށް ޓަކި ޖަހަލިއެވެ. އެއާއެކު ކޮޓަރީގެ ބޮކި ދިއްލުނުތަންފެނުނެވެ. ޝާމިލް ދަނޑިބުރީގައި ހިފާ ބަރުކޮށްލިއެވެ.

ދޮރުހުޅުވާލީ އަލްޔާންއެވެ. ހަމައެއާއެކު ޝާމިލް އަތުގައި އޮތް ދަނޑިބުރި އަލްޔާންއާ ދިމާއަށް ހޫރާލިއެވެ.

ޝާމިލް ހޫރާލި ދަނޑިބުރީގައި ހުށިޔާރުކަމައެކު އަލްޔާން ހިފެހެއްޓިއެވެ. އަދި އެ ދަނޑިބުރި އަތުލުމަށްފަހު ޝާމިލްގެ ފައިގެ ފަލަމަސްގަނޑުގައި ދަނޑިބުރިން ޖެހިއެވެ. އެއާއެކު ޝާމިލް އެތަނަށްވެއްޓުނެވެ.

އަލްޔާން ޝާމިލްގެ ގަމީހުގައި ހިފައި ދަމާފައިގެނެސް ކޮޓަރިއަށްވެއްދިއެވެ. އަދި ދޮރު ތަޅުލުމަށްފަހު ވެއްޓިފައި އޮތް ޝާމިލްގެ ގައިގަ ދަނޑިބުރިން ތަޅަންފެށިއެވެ. އެއިރު އެ މޫނުމަތިގައި ކުރިންފެނުނު މައުސޫމުކަމެއްނެތެވެ.

“ކަލޭ ހީކުރީ މަ މީ ކާކުކަމައްތަ! އޭނ؟؟ މަމީ ކިހާވަރެއްގެ މީހެއްކަން އެނގޭނަމަ ތިހެން މަގޭ ގައިގަ **ކަށް ނައިސް! މައޭ ގައިގަ ***ން ހިޔަލުކުރީތީވެސް މިފަހަރު ކުޅި ދައްކާލާނަން!” އަލްޔާން ރުޅިވެރިކަމާއެކު ތަޅަމުންދިޔައެވެ. ބޮލުމެދުގައި އެތިފަހަރެއް ޖެހުމާއެކު ޝާމިލް މައިތިރިވިއެވެ. ނޭފަތުންނާއި އަނގަައިން ލޭގަނޑު އޮހޮރިގަތެވެ. ހަމައެއާއެކު އޭނަގެ ފުރާނަވެސް ހަށިގަނޑާ ވަކިވެގެން ދިޔައެވެ.

އެވަރުންވެސް އަލްޔާން ދުލެއްނުކުރިއެވެ. ޝާމިލްގެ މޫނުމަތީގައި ދަނޑިބުރިން ތަޅާތަޅާ މޫނުގެ ސިފަ ވަކިނުވާވަރަށް އަނިޔާކުރިއެވެ. އަދި ޝާމިލް ލައިގެންހުރި ޖިންސާއި ޓީޝާޓް ބޭލުމަށްފަހު އަލްޔަންގެ ޖިންސަކާއި ގަމީހެއް ލެއްވިއެވެ. އަދި އަލްޔާންގެ ވޮލެޓް ޝާމިލް ލައްވާފައިވާ ޖިންސުގެ ޖީބަށް ޖަހާލިއެވެ. ބަލާލި މީހަކަށް މިހާރު މަރުވެފައި އެއޮތީ ޝާމިލްކަމެއް ނޭނގޭނެއެވެ. މޫނުގެ ސިފަ ފިޔަވާ ޝަމިލްއާއި އަލްޔާންގެ އެއްވެސް ތަފަތުކަމެއް ނެތެވެ. މިހާރު ޝާމިލްގެ މޫނުގެ ސިފަވެސް ވަކިނުވެއެވެ.

 އަލްޔާން ފާހާނައަށް ވަނުމަށްފަހު ގައިން ލޭތަށް ސާފުކުރިއެވެ. އަދި ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ޝާމިލްގެ އަންނައުނުތަށް ކޮތަޅަކަށްލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. މީހެއްގެ ހިލަމެއް ވޭތޯ ބަލައިލުމަށްފަހު ގެއިން ނުކުމެގެން ހިނގައިގަތީ ބަނދަރާދިމާއަށެވެ.

“އޭ ބުރޯ!!! އާދެބިޔަ މައެ ބަލާ!!” އަލްޔާން ފޯނު ނެގުމަށްފަހު މީހަކަށްގުޅާލިއެވެ. “މިހިރީ މީދޫ ޖެޓީގަ! ކައެއަށް ނާދެވެންޏާ ބައްޓޭލައްވާ ލޯންޗު ފޮނުވާ!!” އަލްޔާން ފޯނު ބޭއްވުމަށްފަހު ދިމަދިމާ ބަލައިލިއެވެ. ވަގުތަކީ ދަންވަރުގެ ވަގުތަށްވުމުން މުޅި ބަނދަރަށްވެސް ވެރިވެފައިވަނި ހަމަހިމޭންކަމެވެ.

15 ވަރަކަށް މިނެޓްފަހުން ކުޑަވަރެއްގެ ލޯންޗެއް ފަޅުތެރެއަށް ވަނެވެ. އަލްޔާންގޮސް ލޯންޗަށްއެރުމައެކު ލޯންޗް ނައްޓާލިއެވެ. ބޮޑު ސިއްރެއްގެ މައްޗަށް ފަސްއެޅުމަށްފަހުގައެވެ. އަދި ހަމައެހެންމެ މައުސޫމު އަންހެންކުއްޖެއްގެ ތުންފަތަށް ވެރިވި ހަޤީޤީ ހިނިތުންވުންވެސް ހިފައިގެންނެވެ.

…..ނިމުނީ…..

Comments (29)

  1. Hoody

    Mistakes hurun ekasheegen vey!!!! sorry for that!! kiyuntheringe edhumuge mathin vahah up kureveythoa varah belin!!! And I did it!!! 🙂 heekuran mi baives reethi vaanekamah…. 😀

  2. zuby

    Varan hadi kanaku nudhey

  3. faai

    Hoody kihineh thi hedhy?? Alhe mish n alyan gulhuwi nama….

  4. faai

    Ehen story akah wait kuran…..

  5. athoo..

    haadha avahakah? furathama alyaan kamah heekoh athoo ah kiriyaa norovuny. ekamaku ey shaamil kan iguneema vaahakaige hurihaa suspense eh gehlijje. hoody miah vure faruvaa theri koh liyununama mi vaahaka v perfect vaane.dhen kuda kuda haadhisaa akun v bodu messege eh thi angaidhiny. aniyaaverin hen heevaa meehunnahvure vex maa aniyaaveri meehun thibeyne kan beyru fushah nudhehki kamuga viyas. athoo higher studies hoadhan beyru gaumehga ulhunu iru mi kahala kameh kurimathi vi. jinsee goanaa libe mun dhiya anhen kuhjaku e kuhjaa ge bf gaathu bunegen bf aa dhe meehun vegen e anhen kuhjaa ge bappa kotari ah ai gadeega badi jahaigen maraaly. athoo ves ulhunu apartment ey. dhanvaru vaguthu, athoo hury birun fiy kadaigen dhaa varu vefa.

  6. zaisha

    haadha avahaka thi nihmaali. u cud gav made the story longer and interesting. maa avaha mi nimuni. but still story is nice.

  7. lily

    Kamakunudhey

  8. yaal

    asluves tha athoo.. alhe hoody eyoh interestngkoh fashaafa kihinei thi ninmaali.. varah reethi ekm dhigukohlinama miahvure maa reethi vys

  9. Hoody

    Dear readers
    kiyun therin beunun vaagothah vaahaka genes nudhevuneethee maafah edhen!! 🙁 konme vaahaka akee ufaaveri nimumakun nimeyne vaahaka akah nuve hingai dhaane! mihaaru engihjje mi style ge vaahaka kiyuntherinnah kamu nudhaakan!! BTW, alhugandu ge vaahaka thakuga maa romentic bai bodukuraa hitheh nuvey! ehenve mi gothah stry badhaluvegen dhiyaeee! And mee varah kuru stry eh asslu! thankolheh dhugukoh liyevuneema hithah ery 2 parts ah hadhaalaanee ey!!! faharehga kiyuntherin heekohfaane mee dhiguvaahakaeh kamah!!! sorry 4 that!!!! thnk you for your comments!!! 🙂

    1. aishaa
      Hoody

      ehen ve dhw kaleah 4dhamu chat kuran indheveny nooney vaa molhu drama eh thi kulhely

    2. aishaa
      Hoody

      drama eh thi kulhely salhi

  10. some one

    hykuri warah wuren kada dhen hyvany kuda kuhjeh liyefa oih vaahaka eh hen!!!:@

  11. yaal

    aslu first part kiyaafa hyvi varah dhigukoh gennan ulhey vaahaka eh kamah. ekm dhevana baiga hurihaa kameh ehfaharaa thi ninmaali.. vaahakaige nimun hithaama veriyax ok ey.. ekm ehfaharaa hurihaa ehcheh genesdhyfa avas aruvaalaafa ninmaalyma aslu.. anyways waitng hoodyge ehn vaahka eh kiyaalan libeyne dhuvahakah 🙂

  12. Hoody

    kiyuntherin beynuvaanama mi vaahaka dhigu koh genesdhevidhaane!! I can continue it hama!! like “hinithun- returns” gothah!!!!!

  13. suha

    Shaamil ge aailaa in shaamil hoadhaanennu v hadi nimun

  14. yaal

    alheyyyyy continue kohba hoody plxxxxxxxxxxxxxxxxxxxx…..

  15. yaal

    waiting for ” hinithun returns”… 🙂

  16. me

    enmen maraalaafa ninmaaly tha? ebbuaahen shamil ge family eyna hoadhaanehnun? kolhehga jahsaafa ninmi nama dhw. aslu heekuri mi story v outstanding vaane kamah.

  17. sweety

    ebunaahen vaahaka digu koh leema v reeti vaane

  18. Lyy

    Vaahaka maa avas aruvaalaafa ninmaalaafa miothee. Nimun kamaku nudhe 🙁

  19. yaal

    hoooooooooooooooody javaabeh dhyba hinithun returns aa behey gothun 🙁

  20. Hoody

    To yaal….
    yeah try kuran eba e story ithurah expand kureveythoa!…. asslu gabool kurevey e stry avahah nimmaalevunukan vex!! heekuree like vaane kamah!!! ekam mihaaru engijje kiyuntheringe tast akee kobaikan!!!! 🙂 so yaal!!! hinithun returns genesdheynan In Sha Allah!!! 😀

  21. AFREEN

    story hadi eh noon. but its too short piease continue. waiting for yur answer.

  22. Hoody

    AFREEN… iraadha kurevviyya mi stry continue kuraanan…… heekuran inthizaaru kuraane kamah….. 🙂

  23. Shab

    this story is So touching….This story had potential..Hope to see a return.It has an interesting story line :3 🙂 I really Hope you continue…

  24. ziu

    Aslu mi vaahaka v reethi. I lyk this.hama ekani massala aky maa avahah story nimunyma. Anyways hama v reethi story e

  25. Lees

    Hoody Liyaa vaahaka thakuga nimun haadha hadiey.. Saharow!!

  26. naai

    Negey mi vaahakai ga vaa gothe. Ham ae nujehey mi vaahaka.

  27. ?Jaeminie?

    Wow… ❤️

Comments are closed.