Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް އެކީގައި ވާނަމޭ……… (ދެވަނަ ބައި)

nuhoo
February 12, 2015
4 Mins Read
7 Comments

އާދަގެ މަތިން ދުވަހެކެވެ. އާޝިޔާ އޮތީ ފޯނުން ގޭމެ ކުޅޭށެވެ. އަދި އޭރު ވިސްނަމުން ދިޔައީ އެވާހަކަ ބައްޕަ ކައިރީ ބުނާނެ ގޮތްތަކާ މެދުގައެވެ. އެހެން އޮތްވާ އަރޫން ގެ ކޯލެއް އައެވެ. ލަސްތަކެއް ނުވެ ފޯނުނެގިއެވެ. “މިހާރު އެވާހަކަ ދައްކައިފިންތަ؟” ފުރަތަމަވެސް އަރޫން ބެނެލީ އެހެންނެވެ. އާޝިޔާއަށް ދޭނެ ޖަވާބެއް ނޭގުނެވެ. އަދިވެސް އެކަމާ ގުޅިގެން ވާހަކަ ވާހަކަ ނުދައްކާ ކަން އަރޫންނަށް އެނގުނެވެ. އިތުރު އެއްޗެއްނުބުނެ އަރޫން ފޯނު ކަނޑާލިއެވެ. އާޝިޔާ މޫނުމަތީ ބާލިސްއަޅާ ބާރުކޮށްލުމަށްފަހު ރޯންފެށިއެެވެ. މޫނުމަތީ އޮތްބާލީސް ތެެމެމުން ދިޔައެވެ. އަދި އެދުވަހުގެ ބާކީބައި ހޭދަވީ އެކަހަލަ ގޮތްތަކަށްށެވެ.

“އާޝިޔާ! އާޝިޔާ! ޒުބޭދާ ވަރަށް ބާރަށް ގޮވާލިއެވެ. ނިދިފަ އޮތް އާޝިޔާ ފުންމައިގެން ތެދުވެ ގަނޑި ބަލާލިއެވެ. ހެނދުނުގެ ނުވައެއް ޖަހަނީއެވެ. އަވަސް އަވަހަށް ރިތީ ވެލައިގެން ބަދިގެއަށް ދިޔައެވެ. ޒުބޭދާ ވަރަށް ހިތްހަމަ ނުޖެހި ހުރެ ފިޔާ ކޮށަމުން ދިޔައެވެ. ” މިހާރު މީހަކަ އިންނަންވީ އަދިވެސް ހެނދުނު ހޭނުލެވެ! ހިތްހަމަ ނުޖެހި ކުރާ ކައިވެންޏެއް ވިޔަސް އަތްބެއްގެ ވާޖިބު ޖެހޭނެ އަދާކުރަން” އާޝިޔާ ފެނުމާއެކު ޒުބޭދާ ފަށްޗަކައް އަމުނާލިއެވެ. އެއްވެސް އިތުރު އެއްޗެއް ނުބުނެ ވަރަށް ކުޑަގޮތްތަކަށް ސައި ބޯލަިގެން މަންމައަށް އަތްގައި ކޮށްދޭން ފެށިއެވެ. މެންދުރު ވާފިރުގެ ދެމަފިރިން ކެއުމަށް ދައުވަތުދީފައި ވާތީ ޒުބޭދާ އެކަމަށް އަވަދިނެތި ތައްޔާރުވަނީއެވެ.

އެދުވަހުގެ މެންދުރު އެކެއް ޖެހީ ވާފިރުގެ ދެމަފިރިން އެގޭގައި ތިއްބައެވެ. އެމީހުންނާ ވާހަކަ ދައްކަން އަލިފުޅު ވަރަށް ހިތްހަމަ ޖެލިފާ އިންއިރު ޒުބޭދާ އާއި އާޝިޔާ ސުފުރުމަތި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެއެވެ. މާގިނަ ވަގުތެއް ނުވެ އެކަން ނިންމާލުމަތްފަހު ކެއުމަށް އިންސާފު ކުރަން އެދެމައިން ފިޔާވާ އެހެން އެންމެން ސުފުރާ މައްޗަށް އެރިއެވެ. އެދެމައިން ތިބީ އަތްގައި ކޮށްދޭށެވެ. ހަމަ ކާންފެށުމާއެކު، ވާފިރު ހުރިހާ އެއްޗަކަށް ތައުރީފު ކުރަންފެށިއެވެ. ޒުބޭދާ އުފަލުން މޭ ފުއްޕިލެއެވެ. މިއީ ޒުބޭދާ އަބަދުވެސް  ވަރަށް އަޑުއަހަން ބޭނުންވާ ތައުރީފެކެވެ.

މޭޒުމަތީ ހުރި ކުކުޅު ރިހަތަށި ހުސްވާން ކައިރި ވުމާއެކު އާޝިޔާ ރިހަ އަޅަން ތަށި ހިފައިގެން ބަދިގެއަށް ވަނެވެ. ދެން އިވުނީ ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑެވެ. ޒުބެދާ ދުވެފަ އެދިމާލަށް ދިޔައެވެ. އުނދުން ކައިރިއަށް ވެއްޓިފަ އޮތް އާޝިޔާ ފެނުމާއެކު އަޑަށް ލެވުނުހާ ބާރެއްލާފަ އަލިފުޅަށް ގޮވާލިއެވެ. ސިއްސައިގެން ގޮސް އެވަގުތު އަނގަޔަށް ލައި ލައި އިން ބަތްސުވާ އަނބުރާ ތައްޓަށް ވެއްޓުނެވެ. އެކަމަށް އެއްވެސް ފަރުވާލެއް ނެތި އަލިފުޅު ތެދުވެގެން ގޮސް ބަދިގެއަށް ވަނެެވެ. ފަހަތުން ވާފިރު އާއި އެނާގެ އަންހެނުން ފާތުމަވެސް އައެވެ. އޭރު ޒުބޭދާ އާޝިޔާ އުނގުމަތީ ބާއްވައިގެން މޫނުގައި ފެންހާކަނީއެވެ. ނަމަވެސް އާޝިޔާގެ ހޭވެރިކަމެއް ނެތެވެ. ވަގުތުން އަލިފުޅު އެންބިއުލޭންސައް ގުޅާލިއެެވެ. އަދި އާޝިޔާ އެތަނުން ނެރިގެން ގެނެސް ސޯފައިގައި ބޭއްވިއެވެ. އޭރު ޒުބޭދާ އަޑުން އަޑުން ނަގާ ރޯނީއެވެ. ގުޅިތާ މާގިނަ އިރުތަކެއްނެވެ، އެންބުއުލޭންސް ވެސް އަތުވެއްޖެވެ. އެންމެން އާޝިޔާ އެކު ދިޔައެވެ.

ހޮސްޕިޓަލަށް ދެވުމާއެކު ވަގުތުން އަސީޔޫގައި އެޑްމިޓްކުރެވުނެވެ. ނަރުހުންނާ ޑޮކްޓަރު މަސައްކަތްފެށިއެވެ. ބޭރުގައި އާޝިޔަށް ހޭއަރާނެ އިރަކަށް އެންމެން އިންތިޒާރު ކުނަމުންދިޔަ އިރު ޒުބޭދާ ދުއާކުރަމުން ދިޔައީ ކަމެއް ގޮސް ނުވުމަށްށެވެ. އެންމެންގެ އިންތިޒާރަށް ނިމުމެއް އައީ އަސޔޫގެެ ދޮރުހުޅުވާލަފަ ޑޮކްޓަރު ނިކުތީމެވެ. ” އަޝިޔާ ރަނގަޅުތަ؟ އެމަންޖެއަށް ކިހިނެތްވީ” ހާސްކަމާއެކު އަލިފުޅު އަހާލިއެވެ. ޑޮކްޓަރު ވަރަށް އޯގާތެރިކަމާ އެކު ޖަވާބު ދިނެވެ. ” މިހާރު ރަނގަޅު” މިހެން ބުނުމާއެކު އެންމެންނަށް ހަމަ ޖެހުމުގެ ނޭވައެއް ލެވުނެވެ. އެހެނަމަވެސް އެވީ ގޮަތެއް ބަަލަން ބޭނުންވެފަ ހުރި ލެއްބޮޑު ކަމުން އަލިފުޅު ދެވަނަ ފަހަރަށް ހޭނެތުނީ ކީއްވެތޯ އަހާލިއެވެ. ” ގައިގަ އެއްވެސް ވަރަކަށް ހަކަތަ ނެތީމާ! އަޅުގަނޑަށް ލަފާ ކުރެވެނީ ރަނގަޅަށް ނުކާކަން. އެހެންވާ ޖެހޭ އެންމެ ބޮޑު އެއްސަބަބކީ ކަމަކާ މާބޮޑަށް ފިކުރު ކުރުން ނޫނީ ހިތާމަ ކުރުން” މިހެން ބުނުމަށްފަހު ޑޮކްޓަރު ހިނގަތެވެ. އެންމެން އެކަކު އަނެކަކުގެ މޫނަތް ބަލާލިއެވެ. ބުނާނެ އެއްޗެއް އެކަކަށްވެސް ނޭންގުނެވެ.

ދެގަޑިއިރު ފަހުން އާޝިޔާ ހޭ އެރުމާއެކު އެންމެން ބައްދަލުކުރަން ވަނެވެ. ނަމަވެސް، އަލިފުޅު ދޮރުކައިރީ އެއްވެސް އެއްޗެއް ނުބުނެ އޭނާގެ ދަރިފުޅު އެހާ ބޮޑު ހިތާމެއްކުރަން ޖެހުނު ސަބާބާ މެދު ވިސްނާލަން ހުއްޓެވެ. ވާފިރުމެން އާޝިޔާ އާއި ބައްދަލުކޮށްފަ ދިޔައިރުވެސް އަލިފުޅު ބޭރަގަ ހުއްޓެެވެ. މިކަމާ ވާފިރު ހިތްހަމަ ނުޖެހިހުރެ ވާހަކަ ދެއްކިއެވެ. ” އަލިފުޅު ތިހެން ނުހަދާ އެމަންޖެ ކައިރިއަށް ދޭބަލަ! އޭރުން ވީގޮތްވެސް އެނގެނީ! ތިޔަހެން ތިތާ ހުއްޓަކަސް އެއްވެސް ކަމެއް ނޭންގޭނެ!” މިހެން ބުނުމަށްފަހު ވާފިރު މެން ގެއަށްދާން ހިނގައިގަތެވެ.

އެމީހުން ދިޔުމާއެކު އަލިފުޅު ރޫމަށްވަނެވެ. އާޝީޔާ ކަޅިޖަހާ ނުލާ ބަލަން އޮތެވެ. ހިތްހަމަ ނުޖެހުން ފޮރުވަމުން އަލިފުޅި ވަރަށް އޯގާތެރިކަމާއެކު އަހާލިއެވެ. ” ދަރިފުޅާ! ދަރިފުޅު އެއްވެސް ކަމަކާ ދެރަވެފަތަ! ބައްޕައަށްށާއި މަންމައަށް ކަމެއް ގޯހަށް ކުރެވުނީތަ!” އެެއްވެސް އެއްޗެއް ނުބެނެ އާޝިޔާ އިސްޖަހާލިއެެވެ. އެއާއެކު އެސުވާލަށް ޖަވާބުދިނީ ޒުބޭދާއެވެ. ” އަލިފުޅާ! އެމަންޖެ ބޭނުމެއްނުވޭ އަދި ކައިވެނި ކުރާކަށް! އެމަންޖެ ބޭނުންވަނީ ކިޔަވަން.” ޒުބޭދާގެ ވާހަކަ ފުރިހަމަ ނުވަނީސް އަލިފުޅު ވާހަކަފެށިއެެވެ. ” ތިވަރުގެ ވާހަކަ އެއް ނުބުނެވިގެން ތިޔަ ހިތާމަ ކުރަނީ. ތިޔައީ އެއްވެސް ކަމެއްނޫން. ބައްޕަ ތިވާހަކަ ވާފިރު ބެ ކައިރީ ބުނާނަން. ދަރިފުޅުގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން.” އަލިފުޅުގެ މިޖަވާބުގެ ސަބަބުން ތެދުބުނުމުގެ ހިތްވަރު އާޝިޔާއަށް ލިބުނެވެ. ” ބައްޕާ! އަސްލި ތިޔައެއްނޫން މައްސަލައަކީ! އަ…. އަޅުގަނޑު ބޭނުން ކައިވެނި ކުރަން އެކަމަކު އަދިލްއަކާ ނޫން. އަރ… އަރޫންނާ!” މި ވަހަކަ އަޑުއިވުމާއެކު އަލިފުޅާއި ޒުބޭދާ ހައިރާން ކަމާއެކު ބަލާލިއެވެ. އަދި ހަމަ އެވަގުތު ރޫމު ދޮރުގެ ތަޅުގަ ހިފާލި ވާފިރަށް މިއަޑު އިވިގެން ދިޔައެވެ. ވާފިރު އައީ އޭނާގެ ފޯނުން ނުފެނިގެން އެރޫމު ޗެކުކޮށްލާށެވެ. ދޮރުގެ ތަޅުގަ ހިފާލި ގޮތަށް ވާފިރު ގަނޑުވެފަ ހުއްޓެވެ. އޭރުވެސް އާޝިޔާގެ އަޑު އިވެމުންދެއެވެ. ” އަޅުގަނޑަށް އިނގޭ މަންމަ އާއި ބައްޕަ ހިތްހަމަ ނުޖެހޭނެކަންވެސް. އެކަމަކުވެސް އަޅުގަނޑު ބޭނުންވަނީ އަރޫން. މިހާރު ދެ އަހަރުވެއްޖެ އަޅުގަނޑުމެން ރައްޓެހިވެގެން އުޅޭތާ” ބުނާނެ އެއްޗެއް ނޭންގިފަ ދެމަފިރިން ތިއްބެވެ. އާޝިޔާ އިސްޖަހަލައިެން އިނެވެ. ދޮރުކައިރީ ހުރި ވާފިރުގެ ލޭ ކެކިގަތެވެ. ވަގުތުންވަދެ އެއްޗެހި ކިޔާލަން ބޭނުންވި ނަމަވެސް ރުޅީގަ މައްޗަށް ބާރު ފޯރުވާލިއެވެ. އެހެންނަމަވެސް އާދިލަށް އެހަބަރު ލިބުނީމާ ވާނެގޮތް ހިތަށް އަރާފަ އެއްކޮށް މާޔުސްވިއެވެ.

” އާޝިޔާ ކީއްވެތަ ކުރިން ނުބުނީ! ދެން….” މިހިސާބަށް ބުނެވުނުތަނާ މީހަކު ދޮރުގައި ޓަކިޖަހާލިއެވެ. އަލިފުޅު ވާހަކަ ހުއްޓާލަފަ އެތެރެއަށް ވަނުމުގެ ހުއްދަދިނެވެ. ވަރަށް ހިތްހަމަ ޖެހިފަ ހުރިކަން ދައްކަމުން ވާފިރު އަވަސް ފިޔަޅުތަކެއްމަތީ ހިނގަމުން ރޫމަށްވަނެވެ. “ފޯނު ނުފެނިގެން މިތާ އޮތްތޯބަލާލަން މިއައީ” އާޝިޔާ ބާއްވާފަ އޮތް އެނދުކައިރީ ހުރި މޭޒާދިމާލަށް ނަޒަރު ހިންގާލަމުން ވާފިރު ބުނެލިއެވެ. އަލިފުޅު ގަނދަކަމުން ހިނިތުންވަމުން މޭޒު ކަނުގައި އޮތްފޯނު ވާފިރުއަތްތަށް ދިނެވެ. އިތުރު އެއްޗެއް ނުބުނެ ވަފީރު އެތަނުން އަވަހަށް ނިކުތެވެ.

ވާފިރު ދިޔަކަން ޔަގީންކޮށްފަ އަލިފުޅު ވާހަކަ ކުރިއަށް ގެންދިޔައެވެ. ” ކީއްވެ ތިވަރުގެ ބޮޑުކަމެއް ސިއްރުކުރީ! ދެންވާފިރަށް ދޭނީ ކޮންޖަވާބެއް. އާދިލްވެސް ދަރިފުޅާ ދޭތެރޭ އެހާ ގަޔާތްވޭ. ދަރިފުޅު ފޮޓޯ ހަމަ ފެނިލުމާއެކު ކަމުގޮސްފި….” މިހިސާބަށް ބުނެވުނުތަނާ ޒުބޭދާއަށް ހިމޭނުން ނީދެވިގެން ވާހަކަފެށިއެވެ. ” އަލިފުޅާ ދެން ކިހިނެތްވަކި ހަދަނީ”. އަލިފުޅު ވިސްނާލަމުން ބުނެލިއެވެ. ” ދެން ތިވާހަކަ ބާއްވަމާ ގެއަށް ދެވުނީމަ ހައްލެއް ހޯދާނީ. މިއީ މިކާހަލަ ވާހަކަ ދައްކަން އެންމެ މުނާސިބު ތަނެއްނޫން. ކޮންމެ ގޮަތްތެއްވިޔަސް އާޝިޔާ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން.” އަލިފުޅުގެ މިވާހަކަޔާ އެކު މުޅިތަނަށް ފެތުރިގެން ދިޔައީ ހަމަހިމޭންކަމަވެ.

އަނެތްކޮޅުން ވާފިރު ޓެކްސީގައި ވަރަށް މާޔޫސްވެފަ އިންތާ ފެނުނީމާ ކަމެއްގޯސްވިކަމުގެ އިހްސާސް ފަތުމަފުޅަށް ކުރެވުނެވެ. ސުވާލުގެ ނަޒަރަކުން ވާފިރަށް ބަލާލިއެވެ. ” ގެއަށްދެވުނީމަ ވާހަކަ ދައްކާނީ” ވާފިރު ބުނެލިއެވެ. ފާތުމަފުޅު އިތުރު އެއްޗެއް ނުބުނެ ހަނުއިނެވެ. މާގިނަ އިރުތަކެއްުނެވެ، ޓެކްސީ އެގޭ ދޮރުމަތީ މަޑުކޮށްލިއެވެ. ރުފިޔާ ދެއްކުމަށްފަހު ދެމަފިރިން ފޭބިއެެެވެ. އޭރު ވީގޮތްނޭންގިގެން ފާތުމަ ކަންތައްބޮޑުވެފަ ހުއްޓެވެ. ގެއަށް ވަނުމާއެކު ވާފިރު އަޑު އިވުނު ހުރިހާ އެއްޗެއް ކިޔާދިނެވެ. ފާތުމަވެސް ހަމަ ހައިރާން ކަމާއެކު އަޑުއަހަން ހުއްޓެވެ. ވާހަކަ ނިމުމުން ފާތުމަގެ ހިޔާލު ދިނެވެ. ” ކޮންމެ ގޮތްތެއްވިޔަސް ތިކަން ތިޔައޮތީ ވެފެ. ތިކަމެއް ދެން ބަދަލެއްނުވާނެ އަދި ރުޅި އިސްކޮށްގެންވެސް ރަނގަޅެއް ނުވާނެ. ގަދަކަމުން ތިކަންކޮށްފިނަމަ އެދެކުދިންގެ ހަޔާތްވެސް ބަރުބާދުވާނެ. އެންމެ ރަނގަޅު ގޮތްތަކީ ތިކަން އަހަރުމެންނަށް އެނގުންކަން ނުހަދާ އެދެމަފިރިން ވާހަކަ ދައްކަންދެން ތިބުން. އަދި އެމީހުން ނިންމާގޮތްތަކަށް ހިތުގަ އެއްވެސް ގިލަބުވެރިކަމެއް ނުބާއްވަ ގަބޫލުކުރުން. އެކަމަކު އެންމެ އުނދަގުވާނީ އާދިލްއަށް ވިސްނަދޭން. އެކަމު މަސައްކަތްކުރާނީ ދޯ.” ފާުތުމަގެގެހުރި ވިސްނޫން ތޫނުކަމާއި ވިސްނޭކަން ފެނިފަ ވާފިރު ވަަރަށް އުފާވިއެވެ. އަދި ލުއި ހިނިތުންވުމާކާ އެކު އާއެކޭ ބުނުމުގެ ގޮތްތުން ބޯޖަހާލިއެވެ.

ދެދުވަސް ފަހުން އާޝިޔާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. ގެއަށް އައުމާއެކު އަލިފުޅު ހިތްހަމަ ނުޖެހިހުރެ ނަމަވެސް ހަމައެކަނި ދަރިފުޅުގެ އުފަލަށްޓަކާ އަރޫންނާ ކައިވެނިކުރަން ހުއްދަދިނެވެ. އަދި ވީއެންމެ އަވަހަކަށް އަރޫންނާ ބައްދަލުކުރަން ބޭނުންވާ ވަހަކަ ބުންނެޏެވެ. މިވާހަކަ ވެގެން ދިޔައީ އާޝީޔާގެ ބައްޔަށް ލިބުނު ވަރަށް ބޮޑު ޝިފާޔާކަށްށާއި މިލާ މޮޅިވެފައިވާ މޫނަށް ލިބުނު ދިރުމަކަށްށެވެ. އެންމެ މިނެޓެއްވެސް ލަސްނުކޮށް ވަގުތުން އަރޫނަށް ގުޅާލިއެވެ. ” އަވަހަށް އާދޭ ބައްޕަ ބޭނުންވޭ އަރޫންނާ ބައްދަލުކުރަން” ފޯނު ނަގާފަ އެއްޗެއް ނުބުނެވިގެން އުޅުނިކޮށް އާޝިޔާ ބާރު ބާރަށް ބުނެލިއެވެ. އަޑު އިވުނު ވާހަކަ އަރޫންނަށް ގަބޫލުކުރަން ވަރަށް ދަތިވިއެވެ. ދެތިން ފަހަރު ތަކުރާކޮށް އަހާލިއެވެ. އާޝިޔާ ތަކުރާކޮށް ހަމަ އެހެން ބުނެލިއެވެ. އަދި ދެމީހުން ހިތުތެރޭ އޮތް ހިތްހަމަ ނުޖެހުން ފިލައިގެން ގޮސް، ވަރަށް ގިނަވަގުތު ވާހަކަ ދެއްކުމުގައި ހޭދަވެގެން ދިޔައެވެ.

ހަފްތާއެއްގެ ފަހެވެ. އަލިފުޅާ ޒުބޭދާ ތިބީ އުނދޯލީގައެވެ. ވާހަކަ ދެކެވެމުން ދިޔައީ ވާފިރު ދެމަފިރިންނާ އެވަހަކަ ހިއްސާކުރާނެ ގޮތްތާކާމެދުގައެވެ. ކުއްލިއަކަށް ދެމަފިރިންގެ ވާހަކަ މެދު ކެނޑުނީ ބޭރު ދޮރުގައި ޓަކިޖަހާ އަޑަށްށެވެ. އުނދޯލިން ފައިބައިގެން ހެދުން ރަނގަޅުކޮށްލަމުން ގޮސް ޒުބޭދާ ދޮރު ހުޅުވާލިއެވެ. އެއާއެކު ވަރަށް ބާރަށް އަލިފުޅަށް ގޮވާލިއެވެ.

ނުނިމޭ…………….

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

nuhoo

Other Articles

Previous

ކުޑަ ކުއްޖާ!

Next

އިންތިޒާރު 7

Next
February 13, 2015

އިންތިޒާރު 7

Previews
February 12, 2015

ކުޑަ ކުއްޖާ!

7 Comments

  1. yash says:
    February 12, 2015 at 11:13 pm

    Varah varah varah salhi mibaives anebaa varah avahaa genesdheche miharu kiyaa hithun hurry venikives nun

  2. yash says:
    February 12, 2015 at 11:16 pm

    V v v salhi mibaives anebaa varah avahagenes dheche miharu kiyaa hithun hurry venikives nun

  3. yash says:
    February 13, 2015 at 1:16 am

    Wow varah salhi ♥♥♥♥♥

  4. minte says:
    February 13, 2015 at 6:29 am

    Alhey thankthankolheh avahavaha body koh upp kohdheebala please adheys mikuranee

  5. aharen says:
    February 14, 2015 at 9:26 am

    alifulhaaaaaa…..

  6. Naash says:
    February 14, 2015 at 9:28 am

    haaadha kurey vaahaka varah reethi avahah up koh dheh chey……

  7. neynge says:
    February 15, 2015 at 12:53 pm

    varah dhen vaahaka liyumuge hunaru nei dhw
    hindhi drama thakunhen photo balaafa ehaa lwbiveytha? lol

Comments are closed.

All Right Reserved!