ކަޝްފު 8
ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރަށް ވަން މިޝަލް ގަމީސް ބާލާ ބިއްމައްޗަށް އެއްލާލުމަށްފަހު ފާޚާނާއަށްވަދެ ނިކަން ބާރަށް ދޮރު ލެއްޕިއެވެ. އެނދުމަތީގައި އޮށޯވެގެން އޮތް ޖީލާއަށް މިތަންފެނި ތެދުވެ އިށީންއިރު އެ ލޮލުގައި ކަރުނައިގެ އަސަރުވެއެވެ. މިޝަލް ސިންކުގައި އަތް އަޅުވާލަމުން ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. އިރުކޮޅަކުމިހެން ހުރުމަށްފަހު އަތަށް ފެންއެޅުމަށްފަހު މޫނަށް ފެންޖަހަންފެށިއެވެ. އެތަށް ފަހަރަކު މިޝަލް މިގޮތަށް މޫނަށް ފެންޖެހިއެވެ. އެނާ ހުއްޓާލީ ދޮރުގައި ޖީލާ ޓަކިޖަހައިލާފައި ގޮވާލުމުންނެވެ. މިޝަލް މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ދޮރު ހުޅުވާލުމަށްފަހު ނިކުތެވެ.
ކުރިމަތީގައި ހުރި ޖީލާ މިޝަލް ނުކުތުމާއިއެކީ އޭނާގައިގައި އޮޅުލައިގަތެވެ. އޭރު އިވެމުންދިޔައީ ޖީލާގެ ގިސްލުމުގެ އަޑެވެ. މިޝަލްއަށް ވީގޮތް ދެނެގަންނާކަށް މާ އިރެއް ނުނެގިއެވެ. ދެއްތުން ޖީލާގެ މޫނުގައި ހިފައި އުފުލާލިއިރު އެ މޫނު ވަނީ މިލާ މޯޅިވެފައެވެ. ނޭފަތް ރަތްވެފައިވާއިރު އެދެލޯ ކޮންމެވެސް ވަރަކަށް ދުޅަވެފައި ހުރުމުން ފުދޭވަރަކަށް ގިނައިރު އޭނާ ރޮއެފައިވާކަން ހާމަވެއެވެ.
“ނެގެޓިވްތަ މިފަހަރުވެސް؟” މިޝަލް ކުރި ސުވާލަށް ޖީލާ ޖަވާބު ނުދިނެއްކަމަކު އެލޮލުން ވެއްޓުނު ކަރުނައިން މިޝަލްއަށް ޖަވާބުލިބުނެވެ. “އިޓްސް އޯކޭ ބޭބީ..” ޖީލާ ގެނެސް މޭގައި ބޮޑި ކޮށްލަމުން މިޝަލް ބުނެލިއެވެ. “އެ ކީއްވެތަ؟؟ މިހާރު ސިކްސް މަނަތްސް ވީ ޓްރައި ކުރާތާ.. އަޅެ އަނެއްކާ އަހަރެންނަށް ކުދިން ނުލިބެނީތަ މިޝަލް.. މިޝަލް ޕްލީސް.. އަހަރެން ބޭނުން.. ވަރަށް ބޭނުން..” ޖީލާ ގިސްލަގިސްލާފައި ދައްކަމުން ދިޔަ ވާހަކައިން މިޝަލް ހިތަށް ލިބުނީ އިތުރު ޒަޚަމް ތަކެކެވެ. އަމިއްލަ އަނބިމީހާ ދަރިއެއް ލިބޭތޯ ތާ އަބަދު ދުޢާކުރާއިރު މިޝަލްގެ އަމިއްލަ ދަރިއެއް ހުންނަކަން މި އެނގުނީ އަދި ކިރިޔާއެވެ. އޭނާގެ ލެއެވެ. މިވާހަކަ ބުނާނީ ކިހިނެއްބާއެވެ. މިޝަލް އެ ދަރިފުޅު ބޭނުމެވެ.
ކުލާހުން ނިކުމެގެންއައި ޝަޒިން މަޑު ހިނގުމެއްގައި ގޭޓާއި ދިމާއަށް އާދެއެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން ފޮތްތަށް މޭގައިޖައްސައިލާގެން ހުރިއިރު އެބުޅި އިސްތަށިގަނޑުވަނީ ފަހަތަށް އައްސާލެވިފައެވެ. ކައިރީގައި ކުދިންތައް ސަކަރާތްޖާހާ ހަލަބޮލިވެ އުޅޭއިރުވެސް ޝަޒިންއަށް މިއިންއެއްވެސް ކަމެއްގެ ހިލަމެއް ނުވާކަހަލައެވެ. ކުރީގައި އެވަރަށް ވާހަކަދައްކާ މަޖާކޮށް އުޅުނު ޝަޒިން ވަނީ މުޅިންހެން ބަދަލުވެފައެވެ.
މިޝަލް އަންނަންދެން ޝަޒިން ގޭޓޫ ކައިރީގައި ގޮސް ހުއްޓެލިއެވެ. ކުއްލިއަކަށް މީހަކު ކޮނޑުގައި އަތްލުމުން ޝަޒިން ސިއްސައިގެންގޮސް އަތުގައިހުރި ފޮތްކޮޅު ބިންމައްޗަށް ވެއްޓުނެވެ. އޭރު އެރީތި މޫނުވަނީ ރަތްވެ ދާ ހިއްލާފައެވެ. ފަސްއެނބުރި ބަލައިލިއިރު ކުރިމަތީގައި ހުރި ޖުމައިލްފެނި ޝަޒިން ހަމައަކަށް އެޅުނެވެ. އެ ހާދިސާއަށްފަހު މީހަކު ގައިގައި އަތްލިޔަސް ޝަޒިން ބިރުގަނެއެވެ. އަބަދުވެސް ހީވަނީ ދާނިޝް ހެންނެވެ. ޖުމައިލް ގުދުވެ ވެއްޓުނު ފޮތްތަށް ނަގާ ޝަޒިންއަށް ދިއްކޮށްލިއެވެ. ޝަޒިންގެ އެރީތި މޫނުފެނި ޖުމައިލްގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. ފާއިތުވެދިޔަ ހަމަސްދުވަސް ތެރޭގައި އޭނާ ޝަޒިންއާއި ދެކޭގޮތްވަނީ ބަދަލުވެފައެވެ. އެންމެ ދުވަހަކުވެސް އެރީތި ސޫރަ ނުފެންނަނީހެއް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ޝަޒިންއަކީ މިހާރު އޭނާގެ ހިތުގެ އެއްބައެވެ. ޝަޒިންއާއި ފޯނުން ވާހަކަ ދެކެވުނެއްކަމަކު އެކަނި ބައްދަލުކޮށްލަން ޝަޒިން ބޭނުމެއް ނުވެއެވެ. ދިމާވަނީ ހަމައެކަނި ސްކޫލުންނެވެ. ޖުމައިލް ޝަޒިންއަކަށް މަޖުބޫރެއް ނުކުރެއެވެ. އޭނާ ދުވަހަކުވެސް ޝަޒިން ކުރަން ބޭނުންނުވާ ކަމެއް ގަދަކަމުން ނުކުރުވާނެއެވެ.
“ހާދަވަރެއް ތިވީ.. ސޮރީ ކުއްލިއަކަށް އައިސް ނުބުނެ އަތް ލެވުނީމަ.. އަސްލުގޮވިން ޝަޒޫއަށް އަޑުނީވުނީމަ ދެން..” ޖުމައިލް އިސްނަގާ ޝަޒިންއާއި ވާހަކަދައްކަން ފެށިއެވެ. “އިޓްސް އޯކޭ.. ކިހިނެއްވީ؟؟” ޝަޒިން މާ ގިނައިރު މިގޮތަށް ވާހަކަދައްކަން ހުންނާކަށް ބޭނުމެއް ނުވެއެވެ. “ނަތިން.. މިއަދު އަދި ދިމާ ނުވާތީ.. އެކްޗުއަލީ.. ކުޑަކަމަކު.. އަމް. ކެން ވީ..” ޖުމައިލް ދައްކަމުންއައި ވާހަކަ މެދުކަނޑާލަން ޖެހުނީ މިޝަލް ޝަޒިންއަށް ގޮވާލުމުންނެވެ. ޖުމައިލް ތަންކޮޅެއް ދުރައްޖެހިލިއެވެ.
“ޝަޒޫ.. ދޮންބެއަކަށް ނެތޭ މިއަދު ޝަޒޫ ގެއަށްލާން ދެވޭކަށް.. ކުއްލިއަކަށް ޕްރިންސިޕަލް މީޓިންއެއްބާއްވަން އުޅޭތީ އެތަނަން ދާން އެބަޖެހޭ.. ދާނިޝްއަންނާނެ ޝަޒޫބަލާ.. މިއަދުއެކަނި އިނގޭ..” ދާނިޝްގެ ނަންއިވި ޝަޒިން ތުރުތުރު އަޅައިގެން ދިޔައެވެ. މިހާ އިތުރަށް ދާހިއްލާ ނޭވާވެސް އަވަސް ވިއެވެ. ޝަޒިންއަށް ވަމުން ދިޔަގޮތް ތަންކޮޅެއް ދުރުގައި ހުރި ޖުމައިލްއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.
ފަހަތުން އިވުނު ބަރުގަނޑުގެ އަޑާއިއެކީ ޝަޒިން އެނބުރި ބަލައިލިއެވެ. ސައިލުމަތީގައި އިން ދާނިޝްގެ ތުންފަތަށް ވެރިވެފައިވަނީ ކާމިޔާބީގެ ހިނުތުންވުމެވެ. ހީވެސް ނުކޮށް ހުއްޓާ މިކަހަލަ ފުރުސަތެއް ލިބުމުން ދާނިޝްގެ ވަނީ ފުރުސަތުގެ ބޭނުން ހިފުމަށް ނިންމައިގެން ކަހަލައެވެ. “މިޔޮއް އައީއެއްނުން… އަވަހައްދޭ..” މިޝަލް ހުރުމުން ދެން ޝަޒިންއަށް ބުނެވޭނެ އެއްޗެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް މިޝަލްއަށް މިއަދު ޝަޒިން ގޮވައިގެން ދެވެން ނެތީއެވެ. ސައިކަލުގެ ފަހަތައްއެރި ޝަޒިން ދާނިޝްގެ ގައިގައި ނުޖެހެވޭތޯ ބެލިއެވެ. އޭރުވެސް އޭނާގެ މޫނުނަތިން ހާސްކަމާއި ބިރުވެރިކަން ޖުމައިލްއަށް ފެންނަމުން ދިޔައެވެ.
ސައިކަލު ލޯމަތިން ގެއްލިގެން ދިޔައިރުވެސް ޖުމައިލްއަށް ހުރެވުނީ އެދިމާއަށް ބަލަހައްޓައިގެންނެވެ. އެ މަދު ސިކުންތު ކޮޅުތެރޭގައި ޝަޒިންއަށް ވީގޮތްފެނި ޖުމައިލްގެ ހިތް ސުވާލުން ފުރުނެވެ. ޝަޒިންއަށް ކޮންމެވެސް ކަމެއްވެއްޖެ ކަމަށް ޖުމައިލްގެ ވިސްނުމަށް ނަގައިގަނެވުނެވެ. އެހެން ނޫނީ މިއިންދުވަހަކު މީހަކު ފެނިގެން ޝަޒިންއަށް ނުވާވަރު މިއަދު އޭނާގެ އަމިއްލަ ބޭބެފެނުމުން ވުމުގެ ފަހަތުގައި ސިއްރުތަކެއް ވާނެކަން އިނގުނެވެ. އެ ރީތި ދެލޮލުގައިވި ބިރުވެރިކަން އަދިވެސް ޖުމައިލްއަށް ފެންނަކަހަލައެވެ.
ސައިކަލު ފަހަތުގައި އިން ޝަޒިންގެ ހިތް ނެގިނެގިފައި ޖެހެއެވެ. އަނެއްކާވެސް އެ ބިރުވެރިކަމެވެ. ކުރިން އޭނާއަށް ކޮއްލިވަރު ހަނދާންވެ ޝަޒިންގެ ލޯ ކަރުނުން ތެމުނެވެ. އޭނާގެ ބުރަކަށްޓައް ދިން ޒަޚަމް ރަނގަޅު ވިއެއްކަމަކު އެ ނިޝާން މުޅި އުމުރު ދުވަހުވެސް އެހާދިސަގެ މަތިން ހަނދާންކޮށްދޭނެއެވެ. ދާނިޝް ފުދޭވަރަކަށް ބާރަށް ސައިކަލު ދުއްވަމުން ދިޔައިރު ކުއްލި ކުއްލިއަށް ބުރަކި ޖައްސާލައެވެ. ދާނިޝްއެހެން ހަދަނީ ގަސްތުގައިކަން ޝަޒިންއަށް އިނގެއެވެ. ނަމަވެސް އޭނައަށް ކުރެވޭނެ ކަމެއްނެތެވެ. “ހާދަ ދުވަހެއް ވެއްޖެޔޭ..” ދާނިޝް ޝަޒިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޝަޒިން ވަގުތުން އަތްފޮޅުވާލިއެވެ. “ހުން.. އަދި ތިހެން އަތްފޮޅުވާލިއަކަސް ސަލާމަތެއް ނުވާނެ… މިއޮއްހާ ދުވަހު އަހަރެންނަށް ފިލައިގެން އުޅެފަ އަތުޖެހުނީމަ ބޭނުން ހިފާލަން ވާނެއެއްނުން ދޯ..” ދާނިޝް ހިނގަނޑެއް ޖަހާލަމުން ބުނެލި ވާހަކައިން ޝަޒިން މިއަދު ސަލާމަތް ނުވާނެއޭ ހިތަށް އެރިއެވެ. ހިތާތުން ދުޢާ ކޮށްލެވެނެނީ ކޮންމެވެސް ގޮތެއް މެދުވެރި ވޭތޯއެވެ.
ޝަޒިންގެ ދުޢާ އިޖާބަ ކުރެއްވިފަދައެވެ. ސައިކަލު ގޯޅީއެއް އަޅާލިތަނާ ކުރިންމަތިން ހިނގާފައި އަންނަ ސަލީމުފެނި ޝަޒިންގެ ހިތް ޝުކުރުން ފުރުނެވެ. “ދަރިފުޅާ ދާނިޝް..” ސަލީމު އަތްހޫރާލާފައި ގޮވާލުމުން ދާނިޝްއަށް ޖެހުނީ މަޑުކުރާށެވެ. “ހިނގާބަލަ ބައްޕަ އަލިބެ ގެއަށް ލާދޭން.. ޝަޒިން ދޭ ހިނގާލާފަ.. ގެ އެހާދުރެއް ނޫނެއްނުން” ސަލީމް ބުނިއެއްޗަކުން ޝަޒިން އަވަސްއަވަހަށް ސައިކަލުން ފޭބިތަނާ ދާނިޝް އޭނާގެ އަތުގައި ހިފޭއްޓިއެވެ. ” ދެން ފަހަރަކުން ހުވާ މިބުނީ ނޮޅާލާނަން” ދާނިޝް ޝަޒިންގެ އަތަށް ތަދުވާވަރަށް ފިއްތާލަމުން ބުނި އެއްޗަކުން ޝަޒިންގެ ގައިން ހީބީނަގުވާލިއެވެ. ސަލީމުއަށް އެގަޑީގައި ފޯނެއް އައުމުން ދާނިޝް ޝަޒިންއާއި ވާހަކަދެއްކި ކަމެއްވެސް ނޭނގެއެވެ. “އެ ގުޅީ މިހާރު.. ހިނގާ އަވަހަށް” ސަލީމު ފޯނު ބޭއްވުމަށްފަހު ސައިކަލަށް އެރުމުން ދާނިޝް ދުއްވާލިއެވެ. ޝަޒިންއަށް ގެއަށްދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ.
ރޭގަނޑުގެ ވަގުތެވެ. އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތް ޝަޒިންގެ ލޮލުގެ ހިމަ ކޮޅުން ފޭބި ކަރުނަތިކި ކަންފަތުގެ ތެރެއަށް ވެއްޓުނެވެ. ޝަޒިންއަށް އަދިވެސް ވިސްނެމުން ދިޔައީ މިއަދު ދާނިޝް އެންމެފަހުން ބުނެލި ވާހަކައާއި ދޭތެރެއެވެ. މިހާލުގައި އުޅެން ޖެހޭނީ ކިހާދުވަހަކުބާއްވައެވެ. މީހެއްކައިރި ބުނުމުން ފަހަރެއްގައި މި ހިތަށް ހިތްހަމަޖެހުމެއް ލިބިދާނެއެވެ. ނަމަވެސް ބުނާނީ ކިހިނެއްހެއްޔެވެ. ޤަބޫލުކުރާނީ ކާކުހެއްޔެވެ. ޝަޒިންގެ ހިތަށް އަރާފައިބަމުންދާ ޚިޔާލުތަކުން އެލޯ އިތުރަށް ތެމެމުން ދިޔައެވެ.
ޚިޔާލުތަކުގެ ފުންކަނޑެއްގައި ގެނބިފައި އޮތް ޝަޒިން ސިހިފައި ތެދުވީ ފޯނު ރިންގުވި އަޑަށެވެ. އެ ގުޅަނީ ކާކުކަން ފޯނު ނުބެލިޔަސް ޝަޒިންއަށް އިނގެއެވެ. “ދޫނީ… ކައިފިންތަ؟؟” ޖުމައިލްގެ ހިތްގައިމު އަޑު ޖެހުމާއިއެކީ ޝަޒިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ޝަޒިންއަށް ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ ޖުމައިލްއެވެ. އެ ރީތި ތުންފަތަށް ހިނިތުންވުމެއް ގެނުވަނީ ހަމައެކަނި ޖުމައިލްއެވެ. “ޔެސް. ކައިފިން..” ލޮލުގައިވި ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ޝަޒިން ވާހަކަދެއްކިއެވެ.
އެތައްއިރެއް ވަންދެން ދެމީހުން ވާހަކަ ދައްކަން ތިބިއިރު ގަޑި އަރައިގެން ދިޔަ ގޮތްވެސް ނޭނގުނެވެ. ގަޑިން ދެ ގަޑި ބައިވިއިރުވެސް ދެމީހުންގެ ލޮލުގައި ނިދީގެ ކަންފުޅުވެސް ނެއްކަހަކަލައެވެ. “ޝަޒޫ.. ހިނގާބަ މީޓްކޮއްލަން.. އެކަމަކު އެއީ ޝަޒޫ ބޭނުންވަންޔާ އިނގޭ.” ޖުމައިލް ދައްކަންފެށި ވާހަކައަކުން ޝަޒިން ނުތަނަވަސް ވިއެވެ. ޝަޒިންއެއްވެސް ވަރަކަށް އެކަހެރިކޮން އެއްވެސް ފިރިހެނަކާއި އެކީ ވާކަށް ބޭނުމެއް ނޫނެވެ. ލިބިފައިވާ ނަފްސާނީ ގެއްލުމުގެ ސަބަބުން ފިރިހެނަކާއި އެކީ އެކަހެރިވާން ޖެހިލުންވަނީއެވެ. އޭނާ ޖުމައިލްދެކެ ލޯބިވިއެއް ކަމަކު އެވެސް ހަމަ ފިރިހެނެކެވެ. “ނޫން.” ޝަޒިން ދިނީ ކުރުޖަވާބެކެވެ. އެދޭތެރޭގައި ވާހަކައެއް ނުދެއްކި ހަމަހިމޭން ވަގުތު ކޮޅެއް ދިޔައެވެ.
“ވާހަކައެއް އަހަންތަ؟ އާ ޔޫ އޯކޭ. މިބުނީ މިއަދު ޝަޒޫގެ ބޭބެ ބަލައި އައިއިރު ޝަޒޫއަށް ވީގޮތްފެނިފަ… އައިއެމް ވޮރީޑް.. ކަމެއް ގޯހިއްޔާ ބުނައްޗޭ.. އަހަރެން އަބަދުވެސް ޝަޒޫ ކައިރީގައި ވާނަން އިނގޭ” ޖުމައިލް އެދެމެދުގައިވާ ހަމަހިމޭކަން ފިލުވާލަމުން ވާހަކަދެއްކިއެވެ. ޝަޒިންގެ ހިތަށް ފިނިކަމެއް ލިބުނީ ޖުމައިލް އޭނާއަށް އަޅާލާ މިންވަރު އިނގިފައެވެ. ނަމަވެސް ޖުމައިލްއަށް ހަޤީޤަތް އިނގިއްޖެނަމަ ޝަޒިން ދޫކޮށްލައިފާނެކަމުގެ ބިރު އެ ނާޒުކު ހިތުގައި އުފެދުނެވެ. އެކަމަކު ޖުމައިލް މިވަރަށް އޭނާއާއި ދޭތެރޭ ވިސްނާއިރު ޝަޒިން އެހާބޮޑު ކަމެއް ސިއްރުކުރުމަކީ ޖުމައިލްއަށް ބޭވަފައިތެރި ވެވެނީ ބާއޭ ޝަޒިން ހިތަށް އެރިއެވެ. އެ ސިކުންތުގައި ހުރިހާ ވާހަކައެއް ޖުމައިލްއަށް ކިޔާދޭން ހިތް ބުނަންފެށިއެވެ. “ޖުމައިލް..” ޝަޒިން ހުރިހާ ހަޤީޤަތެއް ޖުމައިލްއަށް ހާމަކުރުމަށް ނިންމިއެވެ.
ޝަޒިންގެ ވާހަކަ ނުފެށިއުޅެނިކޮން ކުއްލިއަކަށް ކޮޓަރީގެ ތަޅުގައި މީހަކު ހިފާލިހެން ހީވިއަޑަށް ޝަޒިން ފުއްމައިގެން ތެދުވިއެވެ. އޭރު ޝަޒިންގެ ހިތުގެ ތެޅުން ޚުދު އޭނާއަށްވެސް އިވޭކަހަލައެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވެމުން ދިޔައިރު ޝަޒިންގެ ނޭވާ ހައްތަހާ ދިޔައީ އަވަސްވަމުންނެވެ. ހަމަގައިމުވެސް ޝަޒިން އެދޮރު ތަޅުލިކަން ހަނދާން އެބަހުއްޓެވެ. އެހެންވިއްޔާ ދޮރު ހުޅުވެންވީ ކީއްވެގެންބާއޭ ޝަޒިންގެ ހިތަށް އެރިއެވެ. ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަދެގަން އައި ދާނިޝް ފެނި ޝަޒިންގެ އަނގައިން މަޑުހަޅޭކެއްގެ އަޑުއިވުމާއިއެކީ ދާނިޝް ފުއްމައިގެން އެނދަށްއަރާ ޝަޒިންގެ އަނގައިގައި އަތްއެޅިއެވެ. “މާބާރަށް ހަޅޭލަވާނެކަމެއް ނެތް!!” މިހެންބުނެ ދާނިޝް ޝަޒިން އެނދުމައްޗަށް ވައްޓާލިއެވެ. އޭރު ޝަޒިން އެ ނުލަފާ މީހާގެ ވަކިތަކުގެ ތެރެއިން ސަލާމަތްވުމަށް ތެޅި ފޮޅެނީއެވެ. “ހުމްމްމް.. ހާދަ މީރުވަސްދުވައޭ” ދާނިޝް ޝަޒިންގެ ކަނދުރާކައިރީގައި މޫނު ހާކާލަމުން ބުނެލިއެވެ. ދާނިޝްގެ މިޢަމަލުން ޝަޒިން ބިރުން މުޅިމިހާ ރޫރޫއަޅައިގެން ދިޔައެވެ. ނަމަވެސް އަނގަމަތީގައި އެޅިފައިވާ އަތުގެ ސަބަބުން އެއްވެސް އަޑެއް ބޭރެއް ނުވެއެވެ.
ނަމަވެސް އެތަނުގައި ހިނގަމުންދިޔަ ކަންތަން ތިންވަނަ ފަރާތަކަށް އިނގި ހާވަމުން ދިޔަކަމެއް ދާނިޝްއަކަށް ނޭނގެއެވެ. އޭރުވެސް އެނދުމަތީގައި އޮތްފޯނުގައި ޖުމައިލް ގުޅައިގެން ހުއްޓެވެ. އެތަނުގައި ހިނގަމުންދާ ހުރިހާކަމެއް ޖުމައިލްއަށް ވަގުތުން ވަގުތަށް އަޑު އިވެމުންދެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Dhen kon iraku up vaany next part……..mi partves v salhi…..:)
Omg v v v reethiiii alhe shaxin ge mom ah angabaa avahah… haadhaa gose beybe ekeyyyy… feeling cheediiiiiii…
Alhe kn iraku tha aneh bai up vaaniii.. waiting for the next part.. v v v reeethi mi baiii vess…
jumail plx do sumthing nd save yur princess.. zai plx anehkaavex e nulafaa myhaage shikaarayakah shazin nuhadhahchey plxxxxxxxxxx….. varah reethi.. anehbaui avahah up kohdhehchey…
V nyc.
Avahah genesdhinumaky kiyunterin kiyaahiyyvaane sababeh.aneh bai vx avahah genasdheyne kamah unmeedhu kuran
zai haadh areechey mivaahaka waiting for the next part
very nyc 🙂
xai haadha reechey mi vaahaka waiting for next part soon