Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޝްފު 7

zaisha Level 210 Stories
February 16, 2015 5 Mins Read
4 Comments

“ނިމުނީ ރޭގަވީ އެއްވެސްކަމެއް މަންމަ ކައިރި ކީއްކުރަން ކޮންމެ މީހެއްކައިރި ބުންޏަސް. އެހެންނޫނަސް ކަލޭ ބުނާވާހަކައެއް އެކަކުވެސް ޤަބޫލެއް ނުކުރާނެ. ބުނެފިއްޔާ އަދި ތިޔައްވުރެން ބޮޑުވަރު ކޮއްލާނަން. އޭރުން ބޭޒާރުވާނީވެސް ހަމަ ކަލޭ. އަޑުއިވެއްޖެ.” ދާނިޝް ޝަޒިންއާއި ގާތައް ޖެހިލަމުން އޭނާގެ ކަންފަތް ދޮށުގައި ބުނެލިއެއްޗަކުން މީހާ މުޅިންހެން ފިނިވިއެވެ. ތެދެކެވެ. ބޭބެއަކު ކޮއްކޮއެއްގެ ޢިއްފަތްތެރިކަން ފޭރިގަނެފާނެކަމަށް ޤަބޫލުކުރާނީ ކާކުހެއްޔެވެ. އަދި އެވެސް ދާނިޝްއެވެ. އެހާ އެކުގައި އުޅެފައި އެކަހަލަ މުޑުދާރު ޢަމަލެއް ކޮއްފާނެކަމެއް އެކަކުވެސް ޤަބޫލެއްނުކުރާނެއެވެ. ޝަޒިންއަށް އެވާހަކަ ފޮރުވަން މަޖުބޫރުވީއެވެ. ސައިބުއިން ނިމިގެން ދިޔައީވެސް ދާނިޝްގެ ފަރާތުން ކުދި ގޯނާތައް ލިބިގެންނެވެ.

ކޮޓަރިއަށް ވަދެވުމާއިއެކީ ޝަޒިން ބަޑި ފަޅާގެންދިޔައެވެ. އެނދުގައި ބަންޑުންއޮވެ ކަރުނަ އޮއްސަމުން ދިޔައެވެ. ކުއްލިއަކަށް ވައިބްރޭޓްވާން ފެށި ފޯނުނަގައި ޝަޒިން ބަލައިލިއެވެ. އޭގައިވާ ޖުމައިލްގެ ނަން ފެނުމުން އިތުރަށް ރޮވެންފެށުނެވެ. ދެން އޭނާ ޖުމައިލްއަށް ދައްކާނީ ކޮން މޫނެއްހެއްޔެވެ. މިހާރު ޖުމައިލްއާއިއެކީ އުޅުމުގެވެސް އެއްވެސް ބޭނުމެއްނެތެވެ. މޯޅިވެގެން ވެއްޓުނު މަލެއް ނަގާނީ ކާކުހެއްޔެވެ.

ނިކުއްރި މައްޗަށް ވެރިވެފައިވާ ރުލުންވެސް ޖުމައިލްއެއިނީ ކަންބަޑުވެފައިކަން ހާމަވެއެވެ.  ފޯނު ސްކްރީންއަށް ނަޒަރު ހުއްޓާލައިގެން ހުރި ޖުމައިލް ކުއްލިއަކށް ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ކުޑަދޮރުކައިރީގައި އައިސް ހުޓެލިއެވެ. އޭނާ ރެއިންސުރެ ޝަޒިންއަށް ގުޅަނީއެވެ. މިއަދު ހެނދުނުވެސް ކިތަންމެ ވަރަކަށް ގުޅިއްޖެއެވެ. ޝަޒިންއަކީ އެހެންނޫނިއްޔާ ހުންނާނީ ޖުމައިލް ގުޅާއިރަށް ފޯނުނަގައި ކުއްޖެކެވެ. ޝަޒިން ފޯނުނެގުމުން ޖުމައިލްގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ. ޝަޒިންއަށް އަނެއްކާ ކަމެއްވީބާއެވެ. ރޭ ހަތަރުދަމު އޭނާއަށް ނުވެސް ނިދުނެވެ. މިވަނީ ކިހިނެއްބާއެވެ. އޭނާ ޝަޒިންއާއި ރައްޓެހިވީ ރައްޓެހިކުދިން ތަކަކާއިއެކީ ބެޓެއް ކޮށްގެންނެވެ. އެއްވެސް އިރެއްގައި ލޯބިވެގެންނެއް ނޫނެވެ. އަނެއްކާ ލޯބިވެވުނީބާއެވެ. ނޫނެކެވެ. އަދީ މިހެދެނީ ގޯހެކެވެ. އޭނާއަކީ އަދި އަންހެންކުއްޖަކާޢި ވާހަކަ ދައްކާލައިގެން ލޯތްބެއް ވެވޭނެ މީހެއްނޫނެވެ. ޖުމައިލް ހިތައް އަރާ ފައިބަމުންދާ އެއްޗެހިން އޭނާގެ ބޯހާސް ކުރުވިއެވެ.

ހުކުރުން ފައިބައިގެން އައި މިޝަލް ހުރީ ވަރަށް ހަމަޖެހިލައިފައެވެ. މަޑު ހިނގުމެއްގައި އައި މިޝަލްގެ ފިޔަވަޅުތައް ހުއްޓުނީ ކުއްލިއަކަށް ގެއެއްގެ ތެރެއިން ކުޑަ ފިރިހެންކުއްޖެއް ދުވެފައި އޭނާގެ ކުރިމައްޗަށް ނިކުތުމުންނެވެ. ހަމަ އެސިކުންތުގައި ފަހަތުން ނިކުން ދިމްނާފެނި ނޭވާ ހިފައްހައްޓާލެވެނުވެ. ނަމަވެސް ދިމްނާއަކަށް އެތާގައި ހުރީ މިޝަލްކަމެއް އަދި ނޭގެއެވެ. ކުރިމަތީގައި ހުރި ކުއްޖާއުރާލަމުން އޭނާ ފަހަތަށް އެނބުރުނު އިރު އެކުއްޖާ ހެނީއެވެ. “ދަރިފުޅު ކައިރި ކިތައްފަހަރު ބުނާނީ އެގޮތަށް މަގުމައްޗަށް ނުނިކުންނާށޭ.. ކިޔަން ހަމަ..” ދިމްނާ ދައްކަމުންއައި ވާހަކަ ހުއްޓުނީ ކުރިމަތީގައި ހުރި މިޝަލްފެނިފައެވެ.

“ދަރިފުޅޭ.. ދިމްނާ މީހަކާއިނީ ކޮންއިރަކުބާ.. އެކަމަކު އޭނާގެ ފިރިމީހާއެއްވެސް ނެތެއްނުން..” މިޝަލް ހިތައް އެތައްބައިވަރު ސުވާލުތަކެއް އަރާ ފައިބަމުން ދިޔައެވެ. މިޝަލްގެ ނަޒަރު ހުއްޓުނީ އެ ކުޑަކުއްޖާއަށްށެވެ. ރީތި ކަޅުއިސްތަށި ކޮޅުކަންފަތު ފޫޅާއި ހަމައަށް ކޮށާލެވިފައިވާއިރު އެކުއްޖާއަށް ލިބިފައިވަނީ ހަމަ ދިމްނާގެ އިންނަ ކަހަލަ މަޑު މުށިކުލައިގެ ލޮލެކެވެ. މިކުއްޖާ އޭނާ ކުރިންވެސް ދެކުނުހެންހީވިއެވެ. ނޫނީ އޭނާދަންނަ ކުއްޖަކާ ހާދަވައްތަރެވެ. ދިމްނާގެ އުރުގައިއިން ކުއްޖާ މިޝަލްއާއި ދިމާއަށް ބަލައިލުމަށް ފަހު އެއްފަރާތައް ބޯ އަރިކޮއްލަމުން ހީލިއެވެ. މިޝަލްއަށް މި ކުއްޖާފެނި ނޭގެ އިހުސާސެއް ހިތުގައި އުފެދުނެވެ. ހީވަނީ ކުރިންސުރެއްވެސް ދަންނަ ކުއްޖެއްހެންނެވެ. މިޝަލް މާވަރަކަށް ދިމްނާގެ އުރުގައިން ކިޔަންއާއި ދިމާއަށް ބަލާތީ އެކުއްޖާގަޔާއި އިތުރައް ކައިރި ކޮށްލަމުން ގޭތެރެއަށްވަދެ ގެއްލުނެވެ. އޭރުވެސް މިޝަލްއަށް ދިމްނާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ދުވަހުގެ ހަތަރުދަމު ޝަޒިން ހޭދަކުރީ ކޮޓަރީގައެވެ. އެހެން އޮންނައިރު ކުއްލި ކުއްލިއަށް ޝަޒިން ސިއްސައިގެން ދެއެވެ. ހީވަނީ މީހަކު އޭނާގެ ގައިގައި އަތްލާހެންނެވެ. ކިރިޔާހެން އަޑެއްއިވިލިޔަސް ޝަޒިން ބިރުންގަނެ ކަންބޮޑުވެއެވެ. ހިނގާދިޔަ ހާދިސާގެ ސަބަބުން ޝަޒިންއަށްވަނީ ނަފްސާނީ ގޮތުންވެސް ގެއްލުން ލިބިފައެވެ.

 ފެން ބޮވައިގަނެގެން ނޯވެވިގެން ޝަޒިން އެދުން ތެދުވީ ފެންފުޅިއެއްބަލާ ނިކުންނާށެވެ. އޭރު ގަޑިން ބާރަގަޑި ބައި ވަނީއެވެ. މިހާއިރު ކޮޓަރިން ނުނިކުމެ އޮތީވެސް ދާނިޝްއާއި ދިމާވެދާނެތީއެވެ. މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުންވެސް މަންމަކައިރި ބުނެގެން ގެނުވީ ކޮޓަރިއަށްށެވެ. މިހާއިރު ވާއިރު ދާނިޝްވެސް ވާނީ ކޮޓަރީގައި ކަމަށް ޔަޤީން ކޮއްގެން ޝަޒިން މަޑުމަޑުން ދޮރުގެ ތަޅު ހުޅުވާލިއެވެ. މިއަދުއެއްކޮން އޭނާ އުޅުނީ ކޮޓަރި ތަޅުލައިގެން ވަރަށް ބަލައިގެންނެވެ. އެއީވެސް ދާނިޝް އެކޮޓަރިއަށް ވަދެފާނެތީއެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ޝަޒިން މިސްރާބުޖެހީ އައިސްއަލަމާރި އާއި ދިމާއަށްށެވެ. ފެންފުޅިއެއްނަގައި  ތުމުގައި ޖެހިގޮތަށް އެއްނޭވާއިން ފުޅީގެ މެދާއި ހިސާބަށް ހުސްކޮށްލިއެވެ. ކަރުހިއްކައިގަނެފައި ހުންނަތާ ގިނައިރުތަކެއްފަހުން ފެންބޮވުމުން ޝަޒިން ހަމައަކަށް އެޅުނެވެ. ފުންނޭވާއެއް ބޭރުކޮއްލީ ލިބިފައިވާ ވަރުބަލިކަން ދުރުކޮށްލުމައްޓަކައެވެ.

ނަމަވެސް ހަމަ އެސިކުންތުގައި މީހަކު ޝަޒިންގެ އަނގަމަތީގައި އަތްއެޅިއެވެ. “އަޑެއްވެސް ލައްވާލައިގެން ނުވާނެ. އެހެންނޫނީ ދެންދުވަހަކުވެސް ތި ކަރުން އަޑެއް ބޭރުނުވާވަރު ކޮށްލާނަން.. ކިތަންމެ ވަރަކަށް ފެންބޮއެގެން ކަރުހިއްކުން ފިލުވިޔަކަސް އަހަރެންގެ ކަރުހިއްކުމެއް އަދި ނުފިލައޭ” އޭނާގެ ކަންފަތްދޮށުގައި ދާނިޝްގެ އަޑުޖެހުމާއިއެކީ ހީވީ ހިތްފާޅާ ބޭރަށް ނިކުމެދާނެ ހެންނެވެ. ދާނިޝް ޝަޒިން ދަމާ ކޫއްތަމުން ޝަޒިންގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. އެ ނާޒުކު ހަށިގަނޑުގައި ވޭންއަޅަމުން ދިޔުމުގެ ސަބަބުން އޭނާއަކަށް މާ ބާރެއް ނުދެއްކުނެވެ. އަނގަމަތީ އެޅިފައިވާ ދާނިޝްގެ އަތުގެ ސަބަބުން އަޑެއް ނުނިކުންތާގައި ނޭވާވެސް ހާސްވިއެވެ. ކޮޓަރި ދޮރު ކުރިމައްޗަށް އެރިތަނާހެން ޝަޒިންގެ އަތުގައި އޮތް ފެންފުޅި ބިއްމައްޗަށް ވެއްޓުނެވެ.

ދެންފެނުނީ ޖެހިގެން ހުރި ކޮޓަރީގެ ބޮކި ދިއްލުންތަނެވެ. އެއީ ޒާހިދާމެންގެ ކޮޓަރިއެވެ. ދާނިޝް އަވަހަށް ޝަޒިން ކޮޓަރިތެރެއަށް ވެއްދުމަށް ފަހު ފެންފުޅުނެގިއެވެ. “އެކައްޗެކޭވެސް ބުނެގެން ނުވާނެ!” ޝަޒިން ކޮލުގައި ބާރަށް ހިފާލުމުން ދާނިޝް އެހެން ބުނެލީ ދަތްކުޑިވިކާލާފައެވެ. ޝަޒިންއަށް ބޭއިޚްތިޔާރުގައި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“ކޮންއަޑެއް އެއީ؟” ދޮރު ހުޅުވާފައި ނިކުން ޒާހިދާއަށް ދާނިޝް ޝަޒިންގެ ކޮޓަރި ކުރިމަތީގައި ހުރިތަންފެނުމުން އަހާލިއެވެ. “އަޅުގަނޑު ފެންބޯން ނިކުންތަނާ ޝަޒިން ދޮރު ހުޅުވާލާފައި ބުނީ ފެންފުޅިއެއްދޭށޯ.. އެހެންވެ ފެންފުޅި ދޭން އައިތަނުން މީތި ވެއްޓުނީ.” އަތުގައި އޮތް ފެންފުޅިއަށް އިޝާރާތް ކުރަމުން ދާނިޝް ބުނެލިއެވެ. އޭރު އައިސްއަލާމާރީގެ ދޮރު ހުޅުވާފައިހުރިތަން ފެނުމުން އެއީތެދެއްކަން ޒާހިދާއަށް އިނގުނެވެ. “މަންމައަށް ނުނިދިއުޅެނިކޮން އަޑެއް އިވުނީމައި ހީކުރީއަނެއްކާ ގެއަށް ވަގެއް ވަނީބާއޭ.. ދެން ދޭ އައިސްއަލަމާރި ދޮރު ލައްޕާލާފަ ނިދަން” ޒާހިދާ މިހެން ބުނުމުން ދާނިޝް ޝަޒިންއާއި ދިމާއަށް ލޯއަޅާލަމުން ފެންފުޅިދިނުމަށްފަހު އައިސްއަލަމާރި ދޮރު ލެއްޕުމައްފަހު އޭނާގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. ޝަޒިންވެސް ކޮޓަރި ލެއްޕުމުން ޒާހިދާ އޭނާގެ ކޮޓަރިއަށް ވަނެވެ.

ދޮރު ލެއްޕުމާއިކެކީ ޝަޒިން ދޮރު މައްޗައްތިރިވިއެވެ. އެއާއިއެކީ ލޮލުގައި ޖަމަވެފައިވާ ހުރި ހުރިހާ ކަރުނައެއް ބަންޑުން ވިއެވެ. ދެކުކޫގެނެސް މެޔާލައިފިއްތާ ލަމުން ޓައިލްސް މަތީގައި އޮށޯވެވުނު ޝަޒިން ހިތާހިތުން ހެއްދެވި ފަރާތައް ޝުކުރު ކުރިއެވެ. އޭނާ އެ ނުލަފާމީހާގެ ވަކިތަކުން މިރޭ ސަލާމަތް ކުރެއްވި ކަމަށްޓަކައެވެ. މިރޭ އެފަދަގޮތެއް ވީނަމަ ޝަޒިން މުޅިހެން ނިމި ހިނގައިދާނެއެވެ. މިހާރުވެސް އެފަކީރު އެހުންނަނީ ހާދަހައި ކެތެއް ކޮށްގެންނެވެ. ޝަޒިންއަށް ނިދުނީވެސް ހަމަ އެތާއޮވެ ކަރުނައޮއްސަމުންނެވެ.

 ***************************************************************************************************************************************

ދުވަސްތައް ފާއިތުވަމުންގޮސް މިހާރު އެ ހާދިސާ ހިގިތާ ހަމަސް ވެއްޖެއެވެ. ޝަޒިން މިހާރު ކުޑަކޮން ހަމައަކަށް އެޅިފައިވަނީ އެރެއަށްފަހު އަދި ދާނިޝް އެކަހަލަ ގޮތަކަށް އޭނާއާއި ދިމާ ނުކުރާތީއެވެ. ސަބަބަކީ ޝަޒިން އޭގެފަހުން އުޅުނީ ވަރަށް ބަލައިގެން ކަމުންނެވެ. އޭނާ އަބަދުވެސް ކޮޓަރި ތަޅުލައިގެންނެވެ. ގޭގައި އުޅޭވަގުތު ބޭރަށް ނިކުންނަނީވެސް އެންމެން އެބަ އުޅޭކަން ޔަޤީންވުމުންނެވެ. އެންމެންގެ ކުރިމަތީގައި ދާނިޝްއަށް ކަމެއްކުރަން ނުކެރޭނެކަން ޝަޒިން ދަނެއެވެ. ސްކޫލަށާއި ޓިއުޝަނަށްވެސް ގެންގޮސްދެނީ މިޝަލްއެވެ. މިޝަލްއަށް ނުދެވޭނަމަ އޭނާ ކާރެއްގައި ގެއަށް އަންނަނީއެވެ. އެއްގޮތަކަށްވެސް ދާނިޝްއާއި އެކީ ބޭރައްދާކަށް އޭނާ ބޭނުމެއްނުވެއެވެ. ނަމަވެސް މިހާރުވެސް ދާނިޝް ފެނިއްޖެނަމަ އޭނާ ބިރުން ރޫރޫއަޅައެވެ. އެ ލޮލުން އަންގައިދެނީ އަދިވެސް ދާނިޝް އޭނާއަށް ފެންބޮވައިގަނެފައި ހުންނަވަރެވެ.

 ދާނިޝްއާއި ޝަޒިންގެ ދެމެދުގައި ދުރުކަމެއްވާ ކަމަށް ޒާހިދާއަށް ފާހަގަ ކުރެވުނުނަމަވެސް ޒާހިދާ ހީކުރަނީ ޝަޒިންގެ ކިޔެވުން ފެށުމުން އެހާ އެއްކޮން ސަކަރާތްޖަހާ ނަހަދަނީ ކަމަށެވެ. އެހެންނޫނަސް ސްކޫލް ފެށުނީންސުރެ ޝަޒިންގެ ކިބައިގައިވާ މަޑުމައިތިރިކަން އޭނާއަށް ފާހަގަ ކުރެވުނީ ޝަޒިން ކިޔެވުމަށް ސަމާލުކަންދޭތީ ހުންނަ ކަމެއްކަމަށެވެ. އެއްވެސް އިރެއްގައި އޭނާގެ ދަރިފުޅުގެ މަޑުމައިތިރި ކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ހަޤީޤަތެއްކަމެއް ނޭނގެއެވެ. ގިނަފަހަރަށް ކުއްޖާގެ ކިބައިން އެފަދަ ކަންތައް ފެނުމުންވެސް މައިންބަފައިން އަޅާނުލާހުރުމުން ކުދިންނަށް ލިބެމުންދާ އަނިޔާތަކަށް ދޮރު ހުޅުވައިދެއެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި މިޝަލްދިޔައީ ދިމްނާއަށް ނޭނގިނަމަވެސް ފާރަލެވެމުންނެވެ. ދިމްނާ ސްކޫލަށް ވަންފަހުން މިޝަލްއަށް ކުރެވޭކަމަކީ އޭނާއާއި ވާހަކަދައްކާލެވޭނެ ފުރުސަތެއް ހޯދުމެވެ. ނަމަވެސް ދިމްނާ އޭނާ ފެނުމުންވެސް އެތަނަކުންދެއެވެ. މިޝަލް އޮޅުން ފިލުވަން ބޭނުންވާ ކިތަންމެ ސުވާލެއް އެބަހުއްޓެވެ. ދިމްނާ މީހަކާއި އިނީ ކޮންއިރަކު ކަމާއި ފިރިމީހާ ނުފެންނަނީ ކީއްވެގެންކަން އިނގެން ބޭނުންވެއެވެ. ދިމްނާގެ މީގެ ހައަހަރު ކުރިން އޭނާ ދޫކޮށްލާފައި ދިޔަ ހަނދާން އަދިވެސް ހުއްޓެވެ. އެކަމަކު ދޫކޮށްލީ ކީއްވެގެންކަމެއް، ކޮންކުށެއް ކުރެވިގެންކަމެއް އަދިއަދަށް ދާންދެންވެސް މިޝަލްއަކަށް ނޭނގެއެވެ. ދިމްނާ ފުރައިގެން ދިޔައީ ބުނެވެސް ނުލައެވެ. މިއަދު މިޝަލް އެ ހުރިހާ ސުވާލެއްގެ ޖަވާބު ބޭނުމެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުންދަނީ އެޖަވާބުތައް ހޯދުމަށެވެ. ބޭނުންވަނީ ހަމައެކަނި ދިމްނާ އެ ގޮތަށް ކަންތައް ކުރީ ކީއްވެގެންކަން އިނގޭށެވެ. އެކަން އިނގުމުގެ ހައްޤު އޭނާއަށްވެސް ލިބިގެން ވާތީއެވެ. އަދި މި ޖީލާއަށް ބޭވަފާތެރި ވެވެނީކީވެސް ނޫނެވެ.އެ ޖަވާބުތައް އިނގުނަސް މިޝަލްގެ ދިރިއުޅުމަށް އެއްވެސް ބަދަލެއްނާންނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައިވާގޮތް ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ.

އަތިރިމަތީގައި ހުރި ރުއްބުޑެއްގެ މަތީގައި އިށީދެލައިގެންއިން ދިމްނާގެ ނަޒަރު ހުއްޓިފައިވަނީ ދޮނަވެލިގަނޑުމަތީ ދެފައި ވައްކޮށްލައިގެން ކުޅޭކުޅޭ ލޮރީއަކަށް ދޮންވެލި އަޅަންއިން ކިޔަންއަށެވެ. ކިޔަން ވެއްޔާއި ކުޅެންވެގެން ރޯވަރުން ދިމްނާ އޭނާގޮވައިގެން އަތިތިމައްޗަށްއައީއެވެ. ފެހިކުލައިގެ ސޯޓުކޮޅެއްގައި އިން ކިޔަން މަޖާވެފައި ވެއްޔާއި ކުޅެމުންދިޔައެވެ. މިއީ އޭނާގެ ދިރިއުޅުމުގެ މަޤްސަދެވެ. ކިޔަންއެވެ.

ދުރުގައި މިމަންޒަރު ބަލަންހުރި މިޝަލް އެދެމައިނާއި ދިމާއަށް މިސްރާބުޖެހިއެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު އޭނާ ދާނީ ހުރިހާ ކަމެއްގެ އަސްލު އިނގި ގެނެންނެވެ. ދިމްނާކައިރިއަށް ހުއްޓެލުމަށްފަހު މިޝަލްގޮސް ކިޔަން ކައިރީގައި އިށީދެލިއެވެ. މިމަންޒަރު ފެނި ދިމްނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. “ހެލޯ.. ކޮއްކޮއަށް ކޮންނަމެއް ކިޔަނީ؟” ކައިރީގައި އިން ކިޔަންގެ ކޮލުގައި އިނގިލި ޖައްސާލުމަށްފަހު މިޝަލް އަހާލިއެވެ. “ކިޔަން.” ކިޔަން ނިކަން މައުސޫމް ކޮން ބުނެލިއެވެ. “މީ ކިޔަންގެ މަންމިތަ؟” ކިޔަން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހަލިއެވެ. “އެހެންވިއްޔާ ކޮބާ ކިޔަންގެ ޑެޑީ؟؟” މިޝަލް ކޮއްލި ސުވާލަކުން ދިމްނާގެ ގައިން ހީބިހިނަގުވާލިއެވެ. “ކޮކީގެ ޑެޑީނެތް” ކިޔަން އިސްޖަހާލަމުން މިހެން ބުނެލިގޮތުން މިޝަލްގެ ހިތަށް ތަދުވިއެވެ. ކިޔަން އެހެން އެ ބުނީ ކީއްވެބާއެވެ. “މިޝަލް! ތީ ކޮންކަމެއް؟ ދޭ މިތަނުން.” ދިމްނާ އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. “އެ ކީއްވެ؟ ކޮބާތަ މައްސަލައަކީ ވާހަކަ ދައްކާލިއްޔާ. އަހަރެން ދިމްނާއާއި ވާހަކަދައްކަން ބޭނުން. އެއްވެސް ގޯސް ނިޔަތެއްގައެއްނޫން، އަހަންނަށް ނޭގެ ކަންތައްތަކެއް އޮޅުންފިލުވަން” މިޝަލް ވާހަކަދެއްކީ ދިމްނާއަށް ވިސްނާދޭފަދަ ގޮތަކަށެވެ.

“މިޝަލް އަހަރެންގެ ފަރާތުން އޮޅުންފިލުވަން ޖެހޭ އެއްވެސް ކަމެއް މިހާރަކު ނޯންނާނެ!” ދިމްނާ ގާތަށް އައީ ހައްތަހާ ރުޅިއެވެ. ދިމްނާ ތެދުވެ ކިޔަން ނަގަން އުޅުމުން މިޝަލް ދިމްނާ ހުއްޓުވިއެވެ. މިޝަލް ދިމްނާއަށް ވިސްނައިދިނުމުގެ ގޮތުން ވާހަކަ ދައްކަން ފެއްޓިއެވެ. “ދިމްނާ ޕްލީސް. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަ. ދިމްނާއެއް ނޫންތަ އަހަރެން ދޫކޮއްލާފަ ދިޔައީކީ؟ އޭރުވެސް އަދި މިހާރުވެސް ރުޅިއައިސްގެން ތިއުޅެނީ ދިމްނާ. އޭރު ދިމްނާ އަހަންނަށް ނުދިން ޖަވާބު ހޯދަން އަހަރެން މިއަދުވެސް މިއައީ. އޭރުވެސް އައިން. އަހަރެން ނޫޅެން ދިމްނާގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް. ބޭނުމީ ހަމައެންމެ ކަމެއް. ކީއްވެ ކީއްވެ އަހަރެން ދޫކޮށްލާފައި ދިޔައީ…… ދިމްނާ ޖަވާބުދީބަލަ. އޭރުން އަހަރެން ގޮސްދާނެމޭ.” މިޝަލް އާދޭސް ކުރާ ރާގެއްގައި ދިމްނާކައިރި އެދުނެވެ.

ދިމްނާ އެއްވެސް އެއްވެސް އެއްޗެކޭނުބުނެ ގުދުވެ ކިޔަން ކޮޅަށް ނެގިއެވެ. އަދި ކައިރީގައި އޮތް ކިޔަންގެ ޓީޝާޓް ނަގާ ލައްވަން އުޅެނިކޮން މިޝަލްގެ ލޮލުގައި އަޅައިގަތީ ކިޔަންގެ ކޮނޑުކައިރީއިން ނިޝާނެވެ. ކުއްލިއަކަށް މިޝަލް ތިރިވެ ދިމްނާގެ އަތުގައި ހިފެހެއްޓުމަށްފަހު ޓީޝާޓު ދުރުކޮއްލާ ކިޔަންގެ ކޮނޑުގައިވާ ނިޝާނުގައި އަތްލިއެވެ. މިޝަލްއަށް ޤަބޫލުކުރަން ދަތިވިއެވެ. ޚުދު އޭނާގެ ކޮނޑުގައިއިން އުފަންލަފާއި ކިޔަންގެ ކޮނޑުގައިއިން ނިޝާނާއި އެއްވެސް ތަފާތެއް ނެތެވެ. “ކޮއްކިއަށް ކިތަށް އިޔާޒް؟” “ފައިވް” މިޝަލް ކުރި ސުވާލަށް ކިޔަން ދިން ޖަވާބުން ވަށައިގެންވާ މާހައުލު ހުއްޓުނުހެން މިޝަލްއަށް ހީވިއެވެ. މިޝަލްގެ މޭގައިވާ ހިތް އޮބި ނޯންނަވަރަށް ތެޅެންފެށިއެވެ.  މިޝަލްގެ ނަޒަރު ހުއްޓުނީ ދިމަނާއަށްށެވެ. ދިމްނާއާއި ހަތަރުކަޅި ހަމަވުމުން އެދެމެދުގައި ވާހަކައެއް ނުދެކެވުނަސް ހުރިހާކަމެއް އިނގި ހާމަ ވެއްޖެއެވެ. ދިމްނާ އިސްޖެހި ލޮލުން ވެއްޓުނު ކަރުނަތިކި ވެލިގަނޑުތެރެއަށް ފޮރުވިގެން ދިޔައެވެ. ކިޔަންއާއި ދިމާއަށް ނަޒަރު ހުއްޓާލުމާއިއެކީ ކަކޫޖަހައިގެންއިން މިޝަލްއަށް ވެލިގަނޑުމަތީގައި އިޚްތިޔާރަކާއިނުލާ އިށީދެވުނެވެ.

-ނުނިމޭ-

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހިނިތުން…. 2 ވަނަ ބައި (ފަހު ބައި)

Next

ކަޅު ފިނިފެންމާ….. (އިންތިޒާރު ކޮށްލައްވާ!)

Next
February 18, 2015

ކަޅު ފިނިފެންމާ….. (އިންތިޒާރު ކޮށްލައްވާ!)

Previews
February 16, 2015

ހިނިތުން…. 2 ވަނަ ބައި (ފަހު ބައި)

4 Comments!

  1. jiji.... says:
    February 17, 2015 at 12:52 am

    Mishal ge kid eh dhw aiee ehn vyma

  2. faai says:
    February 18, 2015 at 9:38 am

    alhe haadha dhera eyy dhw………….. waiting fr nxt…………..

  3. yaal says:
    February 18, 2015 at 10:56 am

    varah reethi.. waiting for the next part 🙂

  4. athoo.. says:
    February 18, 2015 at 2:21 pm

    sifakohdhinun ragalhiyya vaahaka ah kiyuntherin shaugu veri vaane. zai ge kibaiga e hunaru eba huri. keep it up!

Comments are closed.


All Right Reserved!