Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 7

darkangel Level 210 Stories
February 13, 2015 4 Mins Read
5 Comments

ޑޮކްޓަރު އައިސް ޒާޔާ ޗެކްކޮށްލުމަށްފަހު ބުނީ ހުން ދަށައްގޮސްފައިވާކަމަށެވެ. އަދި އިތުރަށް ގޯސްނުވާނަމަ ހެނދުނު ގެއަށް ދޫކޮށްލާނެކަމަށެވެ. ޒާޔާއަށް ހަމަޖެހުމެއްލިބުނެވެ. ރާއިންއަށް އޭނަކުރިމައްޗައް އައިސް ޔާނާގޮވައިގެން އުޅޭނެ ފުރުސަތެއް ދެންނުލިބޭނެއޭ ހިތާއެވެ.

ޖެހިގެންއައި ދުވަހު މެންދުރު އެހާއިރު ޒާޔާ ގެއަށްދޫކޮށްލައިފިއެވެ. ނަމަވެސް ވަރުބަލިކަމުން އަދިވެސް ގިނައިރު އޮންނަނީ އޮށުއޮވެގެނެވެ. އޭނާގެ ސިކުނޑި އަބަދު ހުންނަނީ ބަރުވެފައެވެ. ނޫރާ ގިނަވަގުތު ހޭދަކުރީ ޒާޔާގާތުގައި އޭނަގެ އެކަނި ފިލުވައިދިނުމަށެވެ. އޭނަ ޒާޔާއާއެއްކޮން ރީތި ފިލްމެއްބަލަން އުޅުނެވެ.

ހަވީރު ސައިބޯން ތިބެގެން ސަލްމާއާއި ޔަޝާރުވެގެން ޔާނާގާތުން އޭނަގެ ވަނަވަރު އޮޅުން ފިލުވަމުން ދިޔައެވެ. ރާއިންވެސް ގޭގައި ނޫޅޭ ގަޑިއެއްކަމުން އެމީހުންނަށް މިނިވަންކަން ލިބިގެންދިޔައެވެ. ސަލްމާއަށް އެހެން ކަންތައްކުރީ ރާއިން އަމިއްލައަށް ފެނިގެން އެމީހުންނަށް އެއްވެސް އެއްޗެއް ކިޔާނުދޭނެކަން އޭނާއަށް އެނގޭތީއެވެ. ޔާނާ އެމީހުންގެ ސުވާލުތަކަށް ޖަވާބު ދެމުންގެންދިޔައީ މަޖުބޫރުވެފައިވާ ފަދައަކުންނެވެ. ސަލްމާ އޭނައަށް ޔާނާ ވަރަށްކަމުދާކަން ބުންޏެވެ އަދި ޔާނާއަކީ އޭނަގެ ދަރިއެއްފަދަ ކުއްޖެކޭ ބުނުމުން ޔާނާ ހުންނަނީ ހާސް ކަމެއްގެ ތެރޭގައެވެ. އަދި އެދުވަހު ސަލްމާ އޭނައާ ވާހަކަ ދެއްކިއިރު ވާހަކަ ދެއްކީ އަމިއްލައަށް ދައްތަ ކިޔުމުގެ ބަދަލުގައި މަންމަ ކިޔައިގެންކަން ފާހަގަވިއެވެ. މިކަންތައްމިހާރު މާމައްޗައް ދާކަމުގެ މަންޒަރުތައް ފެންނަންފަށްއިފިއޭ އޭނަގެ ހިތްބުނަން ފެށިއެވެ. ދެން އޭނަ އިންތިޒާރު ކުރަމުންދިޔައީ ރާއިން ގެއަށް އަންނާނެ އިރަކަށެވެ.

ޔާސިރުމެން ދެބަފައިން ގެއަށްއައި އިރު ހަވީރުވެއްޖެއެވެ. ނަމަވެސް ދެންވެސް ޔާނާއަކަށް އޭނައާއި ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުނެވެ. ޝާން ބުނެގެން އޭނައާއި އެކު ޒަކްވާން ގޮވައިގެން ރާއިންއަށް ބޭރަށް ދާން ޖެހުމުންނެވެ. ފަހުން އެވާހަކަ ދެއްކުމަށް ޔާނާ ފަސްކޮށްލިއެވެ.

ޒާޔާގެ ގައިގައި މިހާރު ކޮންމެވެސް ވަރަކަށް ވަރުޖެހިފައިވުމުން އެރޭގެ ކެއުމުގައި އެންމެންނާއި އެކު ޒާޔާ ބައިވެރިވިއެވެ. ރާއިންއަށް މިމަންޒަރު ފެނުމުން ހަމަޖެހިލެވުނެވެ. ޒާޔާ ރަނގަޅުވުމުންނެވެ.

“ސޯ ރާއިންބެ ވެޑިންގ މިހާރު ފައިނަލްވީތަ”  ކާންއިނދެފައި ކުއްލިއަކަށް ނޫރާ ބުނިއެއްޗަކުން ޔާނާ އާއި ޒާޔާ އެކީ ކޮށިއަރައިފިއެވެ. ރާއިންއަށް ފަހަރަކު މީހަކަށް ބަލައިލެވުނެވެ. ޔަޝާރު ނޫރާއަށް ގޮވާލުމަށްފަހު މަޑުން އިނުމަށް ބުނެލިއެވެ. އެންމެންނަށްވެސް މިއަދު ޔާސިރު ރާއިންގާތުގައި އެވާހަކަ ދެއްކިކަން އެނގެއެވެ. ނަމަވެސް ރާއިންގެ ޖަވާބު ސަލްމާ ގާތުގައި ނޫނީ ޔާސިރު ނުދައްކައެވެ. އެހެންވުމުން އެއީ އެންމެންވެސް ޖަވާބު ލިބެން ބޭނުންވެފައި ތިބި ސުވާލެކެވެ. ނަމަވެސް އެގޮތަށް އެންމެންގެ ކުރިމަތީ ނޫރާ އެހެން ސުވާލުކުރުމުން ޔަޝާރު ހިތްހަމަ ނުޖެހުނީ އެވެ. ނޫރާ އަވަސްއަވަހަށް ކައިރީގައި އިން ޒާޔާއަށް ފެންތައްޓެއް ދިނެވެ. ޒާޔާ ފެންފޮދެއް ބޯލުމަށްފަހު ހަމަޖެހިލިއެވެ. ސަލްމާ ތެދުވެގެންގޮސް ޔާނާއަށް ފެންތައްޓެއް ދިނެވެ. އަދި ބުރަކަށީގައި ފިރުމާލިއެވެ. ކުޑަފެންފޮދެއް ބޯލުމަށްފަހު ޔާނާއަށް އެތަނުން ދިއުމުގެ ހުއްދައަކަށް ސަލްމާ ގާތުން އެހުނެވެ. ސަލަމާ ހީލާފައި ބޯޖަހާލުމުން ޔާނާ ތެދުވެގެން އޭނަގެ ކޮޓަރިއަށް ދިޔައެވެ. ބަލަގިސް ހީލާފައި ޔާނާ ލަދުގަތީކަމަށް ބުންޏެވެ. އެހުނުމުގައި އެންމެން ބައިވެރިވިއެވެ. ޒާޔާއަށްވެސް ޖެހުނީ ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއްވެރި ކުރާށެވެ.

ކައި ނިމުނުގޮތަށް ރާއިން ދިޔައީ ޔާނާގެ ކޮޓަރިއަށެވެ. ޔާނާ އައުމަށް ބުނުމުންނެވެ. ޔާނާގެ ކޮޓަރީގައި ޓަކިޖަހާލިހެނެއް ހިޔެއް ނުވެއެވެ. ޔާނާ ދޮރު ހުޅުވާލިއެވެ.

“ވީނީޑް ޓް ޓޯކް” ދޮރު ހުޅުވާލުމާއިއެކުހެން ޔާނާ ރާއިންއަށް ބުނެލިއެވެ. ރާއިން އެތެރެއަށް ވަުމުން ޔާނާ ދޮރުފަތް ލައްޕާލުމަށްފަހު ސޯފާގައި އިށިއިނދެލިއެވެ.

“ޔާނާ، ހާސް ނުވެބަލަ، އަދި ތިހާ ހާސްވާކަމެއް ނުވެއޭ” ރާއިން ސޯފާކުރިމަތީގައި ހުރި ކުޑަމޭޒުގައި ޔާނާއާއި ކުރިމަތިވާގޮތަށް އިށިއިނުމަށްފަހު ބުނެލިއެވެ.

“ރާއިން ދޭއާރ ޓޯކިން އެބައުޓް އާރ މެރިއޭޖ ވޮރީ ނުވާށޭ ތިބުނަނީ” ރާއިން ވާހަކަ ދެއްކިގޮތުން ހިތަހަމަ ނުޖެހިފައި އިނދެ ޔާނާ ބުނެލިއެވެ.

“ހޫމް އަހަރެންނަށް އެނގެއޭ” ރާއިން މަޖާ ރާގެއްގައި ބުނެލިއެވެ. ޔާނާ ރުޅިއައެވެ. ސޯފާއިންވެސް އޭނަ ތެދުވިއެވެ. އެކަންތައް ރާއިން މަޖާކަމަކަށް ހަދަން އުޅޭތީއެވެ. ރާއިންގާތުގައި އޭނަ ސީރިއަސް ވުމަށް ބުނީ އުނަގަނޑުގައި ދެއަތް ވިއްދައިލައިގެން ހުރެއެވެ. ރާއިންއަށް މަޖާ ވިއެވެ.

“ތިހެން އުޅެން ހަދައިގެން އަހަރެން ސީރިއަސްކޮށްވެސް ޔާނާއާއި މެރީ ކުރަން އުޅެފިއްޔާ ކީތްކުރާނީ” ޔާނާ އިތުރަށް ރުޅިއަރުވާލުމަށް ރާއިން އިނދެފައި ބުނެލިއެވެ. ޔާނާ ރުޅިއައިސްގެން ކުޑަދޮރުކައިރިއަށް ޖެހިލިއެވެ. ރާއިން ޔާނާއަށް ގޮވާލިއެވެ. ކުޑައިރުކޮޅެއްފަހުނ ޔާނާ އެނބުރިލާފައި ރާއިންއާއި ވާހަކަދެއްކީ ހިތްހަމަ ނުޖެހިފައި ހުރެގެނެނެވެ.

“ދިސްވޯސް ނޮޓް ސަޕޯސް ޓްގޯ ދިސްފާރ، ރާއިންގެ މަމް ގެ ވާހަކަ ހުރިގޮތުންވެސް އަހަރެންނަށް މިއަދު އެނގުނު ކޮންމެވެސް ގޯހެއް އުޅޭކަން، އެހެންވެ ހަވީރު އެހާވަރަށް ގުޅީވެސް، އެން މިރޭ ނޫރާ އެހެންބުނާނީވެސް ކޮންމެވެސް ސަބަބަކާއި ލައިގެނެއްނު” ޔާނާ ހުރިހާ އެއްޗެއް އެއްފައްޗަކަށް ކިޔާލިއެވެ.

“ހޭ ރުޅިއައީތަ، ސޮރީ، އެކަމް ވޮރީ ނުވާށޭ ބުނީ އެވަރުގެ ކަމެއް އަދި ނުވާތީ، އަހަރެންގެ ޕޭރެންޓްސް އަހަރެން ބޭނުންނުވާ ކަމެއް އަހަރެންގާތަކު ކުރާށެކޭ ނުބުނާނެ، ޔާ ޑޭޑް މިއަދު އަހަރެންގެ ގާތުގައި ދެއްކި އަހަރެމެންގެ މެރީގެ ވާހަކަ. އެކަމް އަހަރެންބުނިން އަހަރެން އަދި ލައިފެއްފަށަން ރެޑީއެއް ނޫނޭ، ސޯހީސެއިޑް ޓްޓޭކް އޭޒް މަޗް ޓައިމް އައި ވޯންޓް” ރާއިން ޔާނާގެ ދެކޮނޑުގައި ހިފަހައްޓައިލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

“ރާއިންގެ ޕޭރެންޓްސް ރާއިންދެކެ ތިހާ ލޯބިވާއިރު ކީއްވެގެންތަ ހަގީގަތް ކިޔާނުދޭން ތި އުޅެނީ، ހަގީގަތް އެނގުނީމަވެސް އެމީހުން އެކްސެޕްޓް ކުރާނެންނު، ކީއްވެގެންތަ އަމިއްލަ ނަފްސަށް ތިހާ އަނީޔާއެއްތިވަނީ” ރާއިންގެ އަތް ދުރުކޮށްލުމަށްފަހު ދުރަށް ހިނގައިގަންނަމުން ޔާނާ ބުންޏެވެ. ޔާނާއަށް ޝަކުވާކުރެވުނީ ރާއިން ކަންތައް ކުރާގޮތުންނެވެ.

“ޝީ ކޭންޓް ނޯދި ޓްރޫތް، އޯކޭ، އެން އަހަރެންނަކަށް ނޭގެ މިކަންތައް ސޯލްވް ކުރާނީ ކިހިނެތްކަމެއް، އެހެންވެގެން އެސިއްރު އޮތްގޮތަށް ބާއްވަން މަސައްކަތް މި ކުރަނީ އެއީ އެންމެންނަށްވެސް އެންމެ ރަނގަޅުގޮތް ކަމަށް ވާނެތީ، އައި ތިންކް އައި އޯވް ހާރ ދެޓްމަޗް” ރާއިން ބުނަންހުރި އެއްޗެއް ބުނުމަށްފަހު ޔާނާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ޒާޔާ އިނީ އޭނަގެ ކޮޓަރީގައެވެ. ކާމޭޒު ކައިރީ ދެކެވުނު ވާހަކައިން ޝޮކެއްލިބިފައެވެ. އަތުގައި އޮތް ހިމަ ރިހި ކެވެލިފަށުގައި ހިފަހައްތާލައިގެން އެއަށް ބަލަހައްޓައިގެން އިނެވެ. އެކެވެލިކޮޅު ނަގަންވީބާއޭ ނޫންބާއޭ ހިތާއެވެ. ކުރީ ވައުދެކެވެ. ލޯބިވާހާ ހިނދަކު އެކެވެލިކޮޅު ނުނެގުމަށެވެ. ބޭވަފާތެރިވީ އަހުދު ކުރުވި މީހާއެވެ. ހިތަށް ޒަހަމްދިނީ އެހިތް ލޯބިން ފުރުވާލި މީހާއެވެ. ލޮލުން ހުސްނުވާނެ ވޭނީ ކަރުނަ ގެނުވީ އުފަލުން އެލޯ ފާއްދާލި ފަރާތެވެ.

“މިހާރު މެރީ ކުރާ ހިސާބައްވެސް ދިޔައީތަ، އެންމެފަހަރަކުވެސް އަހަރެންގެ ގާތުގައި އަހާވެސް ނުލާނަންތަ އަހަރެން އިންތިޒާރު ކުރިންތޯވެސް، ރާއިން އެންމެފަހުން އަހަރެންގެ ގާތުގައި ބުނީ ވެއިޓް ކޮށްދޭށޭ، އަދިއަދަށް ދާންދެންވެސް މި ހުންނަނީ ތިޔަ އިންތިޒާރުގައި، ލޯބި ނުވަންޏާ އިންތިޒާރު ކޮށްދޭށޭ ބުނީ ކީއްވެތަ، ފޮނި ހުވަފެންތަކެއް ދެއްކުވީ ކީއްވެތަ، ކޮން ކުށެއްތަ އަހަރެންނަށް ކުރެވުނީ، އަހަރެންގެ ކުރިމަތީގައި އެހެންމީހަކާއި އެކު ތިއުޅެނީ މިހިތުގައި އަޅާވޭން ހަމަ ނޭގޭތީތަ، ނޫނީ މިހިތަށް އިތުރަށް ތަދުކުރަންވެގެންތަ، ކީއްވެގެންތަ ރާއިން ކީއްވެގެންތަ، އައި ލަވްޑް ޔޫ ސޯމަޗް،”

މިއިން ކޮންމެ ޝަކުވާއެއްވީ ޒާޔާގެ ހިތުގައެވެ. އެދެލޯ ފުރިގެން ކަރުނަތައް ކޯތާފަތްމައްޗަށް އޮހޮރުނު އިރުވެސް ފޮހެންވެސް ބޭނުންނުވެފައި ޒާޔާ އިނެވެ. ކައިރީގައި އޮތް ޑައިރީނަގައި އެނދުގައި ބަންޑުން އޮށުއޮވެލިއެވެ. އެކި އެކި ޞަފުހާތައް ވަކިވަކިން ބަލަމުންދިޔައީ ހިތުގެ ހަމަޖެހުމަކަށް ކަންނޭގެއެވެ. ޑައިރީގެ ބޭރުގަނޑުގައި އަޅުވާލެވިފައިވާ ގަލަން ނަގައި ހުސް ގަނޑެއް ހޯދާލިއެވެ. އެކިމީހުން ހިތާމަތަށް ފޮރުވަނީ އެކިގޮތަށެވެ. ޒާޔާ އެހިތުގެ ހިތާމަތައް ފޮރުވަން ގަސްތުކުރިގޮތަކީ އެއީ ކަންނޭގެއެވެ. ހުސްގަނޑަށް އިރުކޮޅެއްވަންދެން ބަލަން އިނުމަށްފަހު ލިޔެލިއެވެ.

“ހިތުގާ އުފެދުން ލޯބި ، ފޮނުވީ ފޮނި ހިނިތުންވުމަކުން

       މިތުރާ ތިޔަދިން ވޭން، ފޮރުވީ ލޮލުގައިވި ކަރުނަތަކުން”

ޒާޔާގެ ހިޔާލަށް އަންނަމުންދިޔައީ ރާއިން އޭނަދެކެ ލޯބިވޭހޭ ސުވާލުކުރި ދުވަހެވެ. އެދުވަހު ފުރަތަމަ ނޫނެކޭ ބުނުމުން އެއީ ދޮގެއްކަމަށް ރާއިން ބުންޏެވެ. ދޮގަކަށް ވާންވީ ކީއްވެގެންތޯ ސުވާލުކުރުމުން އެއީ ޒާޔާގެ ހިނިތުންވުމުން ޒާޔާ އޭނަދެކެ ލޯބިވާކަން ހާމަ ކޮށްދޭކަން ރާއިން ބުނެލިބުނުމެވެ. ލޯ ފޮހެލުމަށްފަހު އަނެއްކާވެސް ޒާޔާ ލިޔަންފެށިއެވެ.

“އެކުގައިވި ކުޑަވަގުތުކޮޅުން، ކުރި ވައުދާ ހުވާތަކަށް

       ވީމޭ އަބަދުމެމަ ވަފާތެރި، ހުރެގެން ތިޔަ އިންތިޒާރުން”

ރާއިން ކިޔަވަން ދަމުން އޭނަގާތު އެދުނީ އޭނައަށް އިންތިޒާރު ކުރުމަށެވެ. އަދި އޭނަ ނޫން އެހެންމީހަކަށް ޒާޔާގެ ހިތް ނުދިނުމަށް އެދުނެވެ. ޒާޔާ އަދިވެސް އެހުރީ އޭނަގެ އިންތިޒާރުގައެވެ.

“ވޭނީ ކަރުނަ ހިތަށް ލިބުނީ ނިމުމުން ކުރި އިންތިޒާރު

       ބާކީ އަދުމިތާ މިވީ ލިބެމުން ހިތި ޒަހަރު އަލުން “

އެންމެ ފަހުން ޒާޔާ ލިޔުނު ބައިތަށްފަހު އޭނަ ބާލީހުގައި އެއްފަރާތަކަށް އޮވެލިއެވެ. ރޯން ބޭނުން ނުވިކަމުގައިވިޔަސް އެދެލޮލުން ކަރުނަ ހުއްޓުމަކަށް ނައެވެ. ލޯބީގައި ނާކާމިޔާބުވީކަމުގައި ހިތް ބުނުމުންނެވެ. ރުއިމުގެ ބޭނުމެއްނެތްކަން އޭނައަށްވެސް އެނގެއެވެ.

” ހިތުގާ އުފެދުން ލޯބި، ފޮނުވީ ފޮނި ހިނިތުންވުމަކުން

       މިތުރާ ތިޔަދިން ވޭން، ފޮރުވީ ލޮލުގައިވި ކަރުނަތަކުން

އެކުގައިވި ކުޑަވަގުތުކޮޅުން، ކުރި ވައުދާ ހުވާތަކަށް

       ވީމޭ އަބަދުމެމަ ވަފާތެރި، ހުރެގެން ތިޔަ އިންތިޒާރުން

ވޭނީ ކަރުނަ ހިތަށް، ލިބުނީ ނިމުމުން ކުރި އިންތިޒާރު

       ބާކީ އަދުމިތާ މިވީ، ލިބެމުން ހިތި ޒަހަރު އަލުން “

އޮތްގޮތަށް އޮވެގެން ޒާޔާ މަޑުމަޑުން ކިޔާލިއެވެ. ނަމަވެސް އެހިތުގެ ރިހުމަކަށް ބަދަލެއްނައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

އަބަދަށް އެކީގައި ވާނަމޭ……… (ދެވަނަ ބައި)

Next

ކަޝްފު 5

Next
February 13, 2015

ކަޝްފު 5

Previews
February 12, 2015

އަބަދަށް އެކީގައި ވާނަމޭ……… (ދެވަނަ ބައި)

5 Comments!

  1. pwincex says:
    February 13, 2015 at 8:57 am

    V nice dhn zaaya r raain gulhuvaba zayaa ehvarah dhera nukoh… next part avahah up kohdheh chey… 😀

  2. mary says:
    February 13, 2015 at 10:12 am

    Maaa bodah baithu thah laafa vaahaka dhigu khffa kamah faahag kurevey. Nice story 🙂 ekm thankolhe dhigu koh genes dhinun edhen.

  3. saf says:
    February 13, 2015 at 10:19 am

    Wara reethi …then e loabi feshunu goi hisaa kolan weenun

  4. shaf says:
    February 13, 2015 at 6:14 pm

    nice… thankolheh dhigukoah genesdheebala….

  5. lili says:
    February 15, 2015 at 5:44 pm

    kobaatha aneh part

Comments are closed.

Next Episodeއިންތިޒާރު 8←


All Right Reserved!