Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 11

darkangel Level 210 Stories
February 25, 2015 4 Mins Read
13 Comments

ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު މަޑުހިނގުމެއްގައި ރާއިން ޒާޔާގާތަށް ހިނގައިގަތެވެ.  އެނދުކައިރީ ތިރީގައި އިށިއިނުމަށްފަހު އެމޫނަށް ބަލާލިއެވެ. ތެތްކަންގަދަ އެތުންފަތަށް ބަލާލެވުނީ ދަހިވެތިނަޒަރަކުންނެވެ. ހިންދިރުވާލެވުނީ އެތުންފަތުގައި ލޯބިކޮށްލުމަށް ހިތްއެދުނުވަރުންނެވެ. ޒާޔާއާއި ގާތްވެލުމަށްފަހު ފުރަތަމަފަހަރަށް އެތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. ނިދިފައިއޮތް ޒާޔާއަށް އެއްވެސްކަމެއް އިހުސާސެއްނުވިއެވެ. އަތުގެ ނުފަށުން ތުންފަތުގައި ބީހިލުމަށްފަހު އަނެއްކާވެސް ރާއިން އެތުންފަތުގައި ބޮސްދިނެވެ. ކުޑަހިނދުކޮޅަކަށް ދެމިގެންދިޔަ އެހަރަކާތް ހުއްޓުނީ ޒާޔާލޯހުޅުވާލުމަށްފަހު ރާއިންގެ ކޮނޑުގައި އަތްއަޅާ ކޮށްޕާލަމުން ހަޅޭއްލަވައިގަތުމުންނެވެ. ވެއްޓެންދިޔަ ރާއިން ހަށިގަނޑު ބެލެންސް ކޮށްލުމަށްފަހު ތެދުވެ ޒާޔާގެ އަނގަމަތީގައި އަތްއެޅިއެވެ.

“އިޓްސްމީ، އިޓްސް މީ ބޭބީ، ކާމްޑައުން” އެއްއަތުން ޒާޔާގެ އަނގަމަތީގައި އަތްއަޅާފައި އަނެއްއަތުން ޒާޔާގެ ދެއަތުގައި ހިފަހައްޓަމުން ޒާޔާގެ ކަންފަތް ކައިރީގައި ރާއިން އަވަސްއަވަހަށް ބުނެލިއެވެ. ރާއިންގެ އަޑުއިވުމުން ޒާޔާ ހަމައަކަށް އެޅުނެވެ. އެކަން އެނގި ރާއިންވެސް ޒާޔާގެ އަނގަމަތިން އަތްނެގިއެވެ. އަދި އޭނަގެ އަތުން ދޫކޮށްލިއެވެ. ތެދުވެ ހެޑްބޯޑުގައި ލެނގިލަމުން ޒާޔާ ހަމަޖެހިލިއެވެ. އެއާއެކު ރާއިންވެސް ތެދުވެ އެނދުގައި ޒާޔާ ގާތުގައި އިށިއިނދެލިއެވެ. ނަމަވެސް ޒާޔާއާއި ފުރަގަސް ލައިގެނެވެ. ކަކުލުގައި އުޅަބޮށި ވިއްދާލުމަށްފަހު އަތުގެތެރޭގައި މޫނުފޮރުވާލިއެވެ. އެގޮތަށް އިރުކޮޅެއްވަންދެން އިނުމަށްފަހު މޫނުމަތިން އަތްނެގިއެވެ. ނަމަވެސް ދެންވެސް ޒާޔާއާއި ކުރިމަތިލާކަށެއް އޭނަނޫޅުނެވެ.

“ރެން”، އެހަމަހިމޭންކަން ޒާޔާއަށް އުނދަގޫ ކުރަންފެށުމުން ނީނދެވިގެން އެންމެފަހުން ރާއިންއަށް ގޮވާލިއެވެ. އަދި ރާއިންގެ ކޮނޑުމަތީ އަތްބާއްވާލިއެވެ. ޒާޔާގެ އަތުގައި ހިފާލުމަށްފަހު ޒާޔާއާއި ވީފަރާތަށް އެނބުރި އޭނަގެ މަގަތުގައި ރާއިން އިށިއިނދެލިއެވެ. ޒާޔާގެ އަތާއަތް މަހާލައިގެން އެމަޑު އިނގިލިތަކުގައި ކުޅެން ރާއިން އިނީ އިސްޖަހައިގެންނެވެ. ކުރެވުނު ކަންތަކާއި ދޭތެރޭ އަދިވެސް ވިސްނަނީކަންނޭގެއެވެ. ޒާޔާ އަނެއްކާވެސް އޭނައަށް ގޮވާލިއެވެ. އަދި ވާހަކަދެއްކުމަށް އެދުނެވެ.

“އެކަމާހެދި ހިތްހަމަނުޖެހިފަ ހުރިއްޔާ ސޮރީ، އައި ޑިޑިންޓް މެންޓް ޓް ޑޫދެޓް، އެކަމް ޔޫވޯޒް ސޯ ޕްރިޓީ އެން…..” ޒާޔާގެ މޫނަށް ބަލާލުމަށްފަހު ރާއިން ދައްކަމުންދިޔަ ވާހަކަ ހުއްޓާލިއެވެ. އޭނަ ލަދުގެންފަކަން އެނގުނީމައެވެ. ޒާޔާ އިނީ އިސްޖަހައިގެނެވެ. ނަމަވެސް އެތުންފަތުގައި ފަނޑުހިނިތުންވުމެއް ވިއެވެ.

“އެން ގޯޑޖިއަސް…..، އެން ސޯ އެޓްރޭކްޓިވް…..” ވާހަކަދައްކަމުން ރާއިން ޒާޔާ އާއި ގާތްވަމުން ދިޔައެވެ. ޒާޔާގެ އުނނަގަނޑުގައި ހިފާ ކައިރިކޮށްލިއެވެ. އެކަކު އަނެކަކުގެ ނޭވާ އިހުސާސްވާހާ ކައިރިއަށެވެ. ޒާޔާއަށް ލޯ މަރާލެވުނެވެ. އެކަންވެގެންދިޔައީ ރާއިންއަށް ދެވުނު ދައުވަތަކަށެވެ. ޒާޔާގެ ކަނދުރާގައި  އެއްއަތުން ހިފާލުމަށްފަހު އެރީތި ތުންފަތުގައި ރާއިން ބޮސްދިނެވެ. ނޭވާ ކޮޅަށްދާހާ ކައިރިވުމުން ރާއިން މޫނު ދުރުކޮށްލިއެވެ. އަދި ޒާޔާގެ ނިތުގައި ނިތް ޖައްސާލައިގެން އިނެވެ. ޒާޔާ އިނީ އެސްފިޔަތަށް ތިރިކޮށްލައިގެނެވެ. ހަޔާތުގައި ފިރިހެނަކާއި އެހާގާތްވެވުނު ފުރަތަމަފަހަރެވެ. އަދި ރާއިންގެ ފަރާތުން ލިބުނު ލޯބީގެ އެހަދިޔާއިން އޭނަގެ ހިތްވަނީ ހަލަބޮލިވެފައެވެ.

ނޭވާހަމައަކަށް އެޅުމުން ރާއިން ޒާޔާގެ މޫނުގައި ދެއަތުން ހިފާ ނިތްކުރީގައި ބޮސްދިނެވެ. އަދި ވަރަށް ލޯބިވާކަމަށް ބުނެލިއެވެ. ޒާޔާ ރާއިންގެ ގައިގައި ބައްދާލިއެވެ. އަދި މޫނުފޮރުވާލިއެވެ. ރާއިންއަށް ހެވުނެވެ. ޒާޔާ ލަދުގަތްވަރުންނެވެ. ޒާޔާގެ ގައިގައި ބައްދާލައިގެންއިނީ ޒާޔާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

“ނާހާނަންތަ ލަސްވީ ކީއްވެތޯވެސް” ރާއިން އިންގޮތަށް އިނދެ ޒާޔާގެ އިސްތަށިގަނޑާއި ކުޅެމުން އަހާލިއެވެ. ޒާޔާއެއީ ކީއްވެގެންތޯ އަހާލުމުން އޭނަލަސްވީ ކީއްވެގެންކަން ކިޔައިދިނެވެ. އޭނަލަސްވީ އެކުވެރިންނާއިއެއްކޮން ކޮފީއަކަށް އަރާފައި ވާހަކަދައްކަން ތިބީމަކަން ރާއިން ބުނެލިއެވެ.

“އައި ހޭވް އަ ސަޕްރައިޒް”  ލަސްވިސަބަބު ބުނެދިނުމަށްފަހު އިރުކޮޅަކުން ރާއިންބުނެލިއެވެ. ޖީބުން ކޮންމެވެސް އެއްޗެއް ނެގިއެވެ. އަދި ޒާޔާ ކުޑަކޮށް ދުރުކޮށްލުމަށްފަހު އެޒާޔާއަތަށް ލައިދިނެވެ. އެއީ ހިތެއްގެ ބައްޓަމަށް އިން ކުޑަ މަހުމާ ފޮއްޓެކެވެ. ޒާޔާ ރާއިންއާއި ދިމާއަށްބަލާލީ އޭގައި އޮތްއެއްޗެއް އިގުމުންކަހަލައެވެ. އެހުޅުވުމަށް ރާއިންބުނެލިއެވެ.

ޒާޔާ އެފޮއްޓަށް ބަލާލުމަށްފަހު ރާއިންއާއި ދިމާއަށް ބަލާލިއެވެ. ރާއިން އެހުޅުވުމަށްބުނުމުން ޒާޔާ އެކުޑަފޮށި ހުޅުވާލިއެވެ. ހިތެއްގެ ގޮތަށް އިން އެހެއްޖަހާފައިވާ ހުދުރަނުގެ އަނގޮޓިއެއް އެފޮށީގައި އޮތެވެ. ޒާޔާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

“ވަރަށް ގިނަ ދުވަސްވެއްޖެ މި ދޭން އުޅޭތާ، އެކަމް ރަނގަޅުވަގުތެއް ނޭނގިގެން ހުރެވުނީ، ޑޫޔޫ ލައިކްއިޓް” ރާއިން އެއަނގޮޓި ނަގާފައި ޒާޔާއަށް އަތްދިއްކޮށްލިއެވެ. ނަމަވެސް ޒާޔާ ރާއިނގެ އަތުތެރެއަށް އޭނަގެ އަތްލާކަށެއް ނޫޅުނެވެ. ރާއިން ޒާޔާގެ ވާއަތްނަގައި އެއަނގޮޓިއެޅުވުމަށް އުޅުނެވެ.

“ރާއިން، އަހަންނަކަށް ނުކެރޭނެ ތިހާ އަގުބޮޑު ހަދިޔާއެއް ގަބޫލުކުރާކަށް، އެން އެހެންމީހުންނަށް ފެނިއްޖިއްޔާ ސުވާލުކުރާނެ، އަހަރެން ކީކޭ ކިޔާފަ އެމީހުންނަށް ޖަވާބުދޭނީ، ތީ މިހާތަނަށް މީހަކު އަހަންނަށް ދިން އެންމެ ފުރިހަމަ ގިފްޓް، އެކަމަކު އަހަންނަކަށް ތި އެކްސެޕްޓެއް ނުކުރެވޭނެ، ޔޫ ނޯ އެންނު ދޯ” ޒާޔާ މަޑުމަޑުން އިދެ ވާހަކަ ދެއްކިއެވެ. އަދި ރާއިންގެ އަތުތެރެއިން އަތް ދަމައިގަތެވެ.

އަނގޮޓިއަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ރާއިން އެންމެ ރަނގަޅޭ ބުނެލިއެވެ. ނަމަވެސް އޭނަ ދެވަނަފަހަރަށް އެއަނގޮޓި ދޭދުވަހަކުން ނޫނެކޭ ނުބުނުމަށް ބުނެލިއެވެ.

“އަނެއްކާ އަހަރެން އިންނަން އަހާ ދުވަހަކުން ނޫނެކޭ ނުބުނައްޗޭ، އެދުވަހުން ނޫނެކޭ ބުންޏަސް ގަދަކަމުންވެސް ކައިވެނިކުރާނަން އިނގޭ” ޒާޔާ ދެރަވެފައި އިންހެން ހީވާނަފެށުމުން ހާސްކަން ފިހުލާލުމަށް ރާއިން ޒާޔާއާއި ސަމާސަ ކޮށްލިއެވެ. ޒާޔާވެސް ދެނޭ ކިޔާފައި ރާއިންގެ ކޮނޑުގައި ޖަހާލިއެވެ. ޒާޔާއާއި އެކު ވަގުތުކޮޅެއްހޭދަކުރުމަށްފަހު ރާއިން ދިޔައިރު ޒާޔާއަށް ނިދިއްޖެއެވެ.

ޖެހިގެން އައިދުވަހުގެ ގިނަވަގުތު ރާއިން ހޭދަކުރީ ގޭގައެވެ. ރާއިން އަނެއްކާ އެމެރިކާއަށް ފުރާތީވެގެން ހަވީރު ބާބަކިޔުއެއް ބޭއްވުމަށް އެންމެން ނިންމިއެވެ. ގޭގެ މީހުންގެ އިތުރުން ރާއިނގެ ދެތިން ރަހުމަތްތެރިންނާއި އަދި އާއިލާ ދެކުއްޖަކު އުޅެއެވެ. ކުޑަކުޑަ ޒަކްވާން އުމުރުން އޭރު އަހަރެއްކަމުން އެންމެންވެސް އޭނައާއި ހެދިގެން އުޅުނެވެ. އެކިއެއްޗެހި ފެނިގެން ލައްވާލާ އަޑުން އެންމެން ހީލައެވެ. ބާބަކިޔުހެދީ ގޭގައި އޮތް ހުސްތަނުގައިއެވެ. ޒާޔާ ޒަކްވާންގެ އަތުގައި ހިފަހައްޓާލައިގެން ގާރޑަންތެރޭގައި ހިނގާލަން އުޅުނެވެ. ރާއިންއަށް އެހެންމީހުންނަށް ދެވޭ ސަމާލުކަމަށްވުރެ އެދިމާއަށް ދެވޭ ސަމާލުކަން ބޮޑެވެ.

“ރާއިންމެންގޭގައިވެސް ފޮޅިފައި އިން ރީތި މަލެއް އެބައިންދޯ…” ބާބަކިޔުހަދާ ގްރިލް ކައިރީގައި ތިބި ރާއިންގެ އެކުވެރިއަކު ބުނެލިއެވެ. އެންމެންނަށްވެސް ބަލާލެވުނީ ޒާޔާއާއިދިމާއަށެވެ. އެއީ ތެދެއްކަމަށް އެންމެންވެސް ބުނެލިއެވެ. އޮރެންޖުކުލައިގެ ގަމީހަކާއި ގްރޭ ކުލައިގެ ސްކިނީއެއް ލައިގެން ހުރިއިރު، އުނަގަނޑާއި ހަމައަށް އަންނަ އެދިގު އިސްތަށިގަނޑުވަނީ ވޫލް ކޮޅަކުން އައްސާފައި ދޫކޮށްލާފައެވެ. އެދޮން ކަނދުރާ އޮތީ ހާމައަށެވެ. ރާއިންއަށްވެސް ޖެހުނީ އެމީހުންގެ ވާހަކައިގައި ބައިވެރިވާށެވެ. ޒާޔާގެ ރީތިކަމަށް އެހެންމީހުންގެ ލޯތަށް އަމާޒުވެފައިވާތަން ފެނުމުން އެހިތް ހަސަދަވެރިވިއެވެ. އެއީ ހަމައެކަނި އޭނަގެ ހައްގެކޭ ބުނަންބޭނުންވިއެވެ. ނަމަވެސް މަޑުން ހުރީއެވެ. އެވާހަކަ ދިގުލައިގެން ދިޔައެވެ.

“ތިމީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް ޒާޔާއާއި އެއްވެސް މީހަކުދިމާކޮށްގެން ނުވާނެ، ބައްޕަމެން މީހަކަށް އެނގިއްޖިއްޔާ ކަޑަވާނެ، އެހެންނޫނަސް އަދި އޭނަ އެއުޅެނީ ގްރޭޑް 10 ގަ” އެވާހަކަ މާމައްޗަށްދާން ފެށުމުން ރާއިން އެންމެފަހުން ބުނެލިއެވެ. ރާއިން އެހެންބުނިތަނާ މާގިނަ އިރުތަކެއްނުވަނީ އެތަނާ ދިމާއަށް އައި ސާން އާއި ސަނާ ފެނި އެވާހަކައަށް ހުއްޓުމެއްއައެވެ.

މަސްފިހެ ނިމުމުން އަބްދުﷲގެ ދެމަފިރިންނާއި، ޔާސިރު އާއި ސަލްމާ އަދި ސަނާ އާއި ޝާންގެ އިތުރުން ރާއިންއާއި އެކު ބާރބަކިޔުގައި ބައިވެރިވާން އައި ހުރިހާކުދިން ކެއުމަށް އުޅުނެވެ. އުފާވެރިމާހައުލެއްގައި ކެއުމަށް އިންސާފު ކުރެވެމުންދިޔައެވެ. ނަމަވެސް ދެކެވުނު ވާހަކައަކުން ރާއިންގެ މޫޑުވަނީ ގޯސްވެފައެވެ. އޭރުޒާޔާވެސް ވީ ޒަކުވާންއަށް ނިދުމުން ސަނާ ބުނެގެން އޭނަ ބާއްވަންގޮހެވެ. އެކިއެކި ވާހަކަ ދެކެވުނުކަމުގައިވިނަމަވެސް ރާއިންއެއްޗެކޭ ބުނަނީ މަދުފަހަރަކުއެވެ. ސަލްމާއަށް ވިސްނުނީ ގިނަދުވަސްތަކަކަށްފަހު އާއިލާއާއި ދުރަށްދާންޖެހޭތީ ނެގިމަޑުވެފައި އިނީކަމަށެވެ. ކުޑައިރުކޮޅެއްފަހުން ޒާޔާވެސް އައިސް އެމީހުންނާއި ބައިވެރިވިއެވެ. އޭނައަށްވެސް ރާއިންގެ މޫޑު އެހާ ރަންގަޅު ނޫންކަން ފާހަގަކުރެވުނެވެ. އަދި ލޮލުގެ އިޝާރާތުން ކިހިނެތްވީތޯ އަހާލިއެވެ. ރާއިން ދެފަރާތަށް ކުޑަކޮށް ބޯހޫރާލީ ކަމެއްނުވެއޭ ބުނުމުގެ ގޮތުންނެވެ. ކައި ނިމުމަށްފަހު އިރުކޮޅެއްފަހުން ރާއިންދިޔައީ އޭނަގެ އެކުވެރިންނާއެކު ބޭރަށެވެ.

ރައްޓެހިންނާއި އެކު ބޭރުގައި އުޅުމަށްފަހު ރާއިންގެއަށް އައިއިރު 9 ގަޑި ބައިވެއްޖެއެވެ. އޭރު ކައިނިމިގެން މޭޒުމަތިން ތަށިތައްނެގުމުގައި އެހީތެރިވުމަށް ޒާޔާއާއި ސަނާ އުޅެއެވެ. ޝާން ސިޓިންގ ރޫމުގައި ޓީވީބަލަން އިނެވެ. އިތުރުއެއްވެސް މީހަކު ފެންނަންނެތުމުން ސޯފާގައި އިށިއިންނަމުން އެމީހުން ކޮބައިތޯ ޝާންއާއި ސުވާލުކުރިއެވެ. ރާއިންގެ މަންމަމެން ވީ ބޭރަށްގޮސް ކަމަށާއި އަދި ރާއިންގެ މާމަ ކުޑަކޮށް ވަރުބަލިވާތީ އެމީހުން ނިދަން އޮށުއޮވެއްޖެކަމަށް ޝާން ކިޔައިދިނެވެ. ދެން އެމީހުން ދެއްކީ އެދުވަހު ހަވީރުގެ ވާހަކައެވެ.

“ދެން އެހެންވީއިރު ރާއިންއަށް ކަމުދަނީ ކޮންކަހަލަ އަންހެން ކުދިންނެއްތަ” އެދުވަހު ހަވީރު ރާއިންގެ އެކުވެރިންދެއްކި ވާހަކަ ދައްކަމުން ގޮސް ޝާން ރާއިންއާއި އެސުވާލުކޮށްލިއެވެ. ހަވީރުވެސް ރާއިންގެ އެކުވެރިން އެސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދިނުމުންނެވެ. އޭރު ބަދިގެއިން ނިމިގެން ޒާޔާއާއި ސަނާވެސް އެމީހުން ކައިރިއަށް އަންނަނީއެވެ.

“އަހަންނަށް އެންމެ ރީތީ އަހަރެންގެ މަންމަ ގޮތަށް ބުރުގާ އަޅާފައިތިބޭ ކުދިން” ރާއިން ޖަބާބުދިނީ ޒާޔާއާއިދިމާއަށް ބަލަހައްޓައިގެން އިނދެގެނެވެ. ޒާޔާއަށްވެސް އެއަޑު ކިތަންމެ ރީއްޗަކަށްވެސް އަޑުއިވުނެވެ. އެއީ އޭނައަށް ބުނި އެއްޗެއްކަންވެސް އޭނައަށް ނަގައިގަނެވުނީ ރާއިން ބަލަހައްޓއިގެން އިނުމުންނެވެ. ސަނާއައިސް ރާއިންއާއި ދިމާކުރަމުން ވާހަކަ ދައްކަން ފެށިއެވެ. އެތާގައި މަޑުކުރަން ނޫޅެ ޒާޔާ ކޮޓަރިއަށްދާން ހިނގައިގަތެވެ. ފަހަތުން ރާއިން ދާންބޭނުންވި ކަމުގައިވިޔަސް ކުއްލިއަކަށް ތެދުވެގެން ދާން ނުކެރުނީ ސަނާ އާއި ޝާން ވާހަކަ ދައްކަން ތިބުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

އާދަޔާ ޚިލާފު މަރެކެވެ.

Next

އަަހަރެންނަކީ………

Next
February 26, 2015

އަަހަރެންނަކީ………

Previews
February 24, 2015

އާދަޔާ ޚިލާފު މަރެކެވެ.

13 Comments!

  1. cutiy says:
    February 25, 2015 at 1:29 am

    wow, update soon next part. thankolheh dhigukoh genesdhyba darkangle please. kurin genesdhyfai huri baithaka gulhuvaalaafa huryma interesting

  2. saf says:
    February 25, 2015 at 4:26 am

    Day by day your writing is getting better ….inthizaar ga mihuree update next soon dear

  3. shahee says:
    February 25, 2015 at 10:49 am

    Vvvvv nice

  4. nuha says:
    February 25, 2015 at 1:04 pm

    Nice

  5. aana says:
    February 25, 2015 at 1:13 pm

    lovely, so romantic, mivaahaka thankolheh realistic koh liyaahen hyvey ehennuny onnaany abadhuves main cheractor ge reethivaahaka dhakkaafa

  6. Nash says:
    February 25, 2015 at 1:25 pm

    intresting ..waiting for the nxt part 🙂

  7. HucenShaiNando says:
    February 26, 2015 at 9:47 pm

    Zaayaa ulheny burqa alhaigen nehnu..dhn kyvve eyny eyna burqa naalhaa vaahaka???
    “ORANGE KULAIGE GAMEEHAKA GREY KULAIGE SKNEE EH LAIGEN HURI IRU , UNAGA’DAA HAMA AH ANNA EDHIGU ISTHASHIGA’DU VANY VOOL KOLHAKUN ASSAAFAI DHOOKOLLAAFA EVE”
    Rangalhu kohl urn edhenn….story vv nice…

  8. HucenShaiNando says:
    February 26, 2015 at 9:49 pm

    Zaayaa ulheny burqa alhaigen nehnu..dhn kyvve eyny eyna burqa naalhaa vaahaka???
    “ORANGE KULAIGE GAMEEHAKA GREY KULAIGE SKNEE EH LAIGEN HURI IRU , UNAGA’DAA HAMA AH ANNA EDHIGU ISTHASHIGA’DU VANY VOOL KOLHAKUN ASSAAFAI DHOOKOLLAAFA EVE”
    Rangalhu kohl urn edhenn….story vv nice…

  9. HucenShaiNando says:
    February 26, 2015 at 9:50 pm

    *rangalhu kohlun edhenn…..

  10. Lovely says:
    February 26, 2015 at 9:52 pm

    Lovely story…… 😀

  11. Sfgvb says:
    February 27, 2015 at 1:38 pm

    Nice

  12. Eem says:
    March 1, 2015 at 6:49 pm

    A e naya buruga naalhaa dhuvasvaruge hiyaalekey hucen. Dw darkangle.
    Btw its an awsome story. I lov it. 🙂
    Kobaatha nooraage twin brother??

  13. Lol says:
    March 16, 2015 at 3:56 am

    you were so pretty. Not you was

Comments are closed.

Next Episodeއިންތިޒާރު 12←


All Right Reserved!