އިންތިޒާރު 10
“އިޒް އިޓް އަ ޔެސް” ދެންވެސް ވާހަކަދެއްކީ ރާއިންއެވެ. ޒާޔާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ރާއިން ޒާޔާ އުފުލާލުމަށްފަހު އެނބުރިލއެވެ. އަދި ބެހެއްޓުމަށްފަހު ވަރަށް ލޯބިވާކަމަށް ބުނެލިއެވެ. ލަދުން ރަތް ވެފައިވާ އެމޫނުފެނި ރާއިން އަނެއްކާވެސް ޒާޔާއޭނަގެ އަތުތެރެއަށް ގެނައެވެ.
“ހެޕީ ނިއު އިޔަރ ލަވް” ޒާޔާގެ ގައިގައި ބައްދާލައިގެން ހުރެ ރާއިން ބުނެލިއެވެ. އަދި ފޯނުނެގުމަށްފަހު ޒާޔާއަށް ގަޑިދައްކާލިއެވެ. އޭރު 12 ޖަހާ 5 މިނިޓް ހިނގަނީއެވެ. ޒާޔާ ހީލިއެވެ. ރާއިންބުނިގޮތަށް އޭނަގެ ހިތުގެވެރިޔާއަށް ޕްރޮޕޯޒް ކުރީ އާއަހަރު ފެށުނުއިރުއެވެ. އެވަގުތު އެދެމީހުންނަށްވެސް ހާއްސަ ކުރުމަށްޓަކައެވެ.
“މިހާރު ކޮޅަށްހުރެހުރެ ފަޔަށްތަދުވަންފަށައިފި” ޒާޔާގެ ގައިން ދޫކޮށްލުމަށްފަހު އުޅާހަށްއަތް ދަމާލަމުން ރާއިން ބުނެލިއެވެ.
“ހިނގާ އެތާ އިށިއީންނަން” ޓެރަސްގައި އިށީއިގެތިބެން ހިޔާކޮށްފައި ހުރި ބަޔާދިމާއަށް އިޝާރާތްކޮށްލަމުން ޒާޔާބުނެލިއެވެ. އޯކޭއޭ ބުނަމުން ރާއިން ހިނގައިގަތެވެ. ނަމަވެސް ތަންކޮޅަކަށްގޮސްފައި ޒާޔާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. ރާއިންގެ ކަރުގައި އަތް އަޅުވާލައިގެން އެތަނަވަސް މޫނަށް ބަލަހައްޓައިގެން ޒާޔާ އޮތެވެ. ރައިންގެ އަތުތެރޭގައި އެތަށްއިރެއްވަންދެން ޒާޔާއިނެވެ. އެކިއެކި ވާހަކަ ދެއްކުމުގައި އެތަށދަމެއްވަންދެން އެމީހުން ތިއްބެވެ. ޒާޔާ ނިދި އަންނަން ފެށުމުން އެންމެފަހުން އެތެރެއަށް ދާން ހިނގައިގަތެވެ.
ޒާޔާގެ ކޮޓަރިއާހަމައަށް ރާއިން އޭނަލައިދޭން ދިޔައެވެ. ކޮޓަރީގެ ދޮރާއި ހަމައަށް އަރާފައި ޒާޔާގެ ނިތުގައި ބޮސްދީފައި ރޭގަނޑުގެ ސަލާމްކޮށްލިއެވެ. ކޮޓރިއަށް ވަތް ޒާޔާއަށް އަޅައިގަތީ މޭޒުމަތީގައި އޮތްމާބޮނޑިއެވެ. މަޑުމަޑުން ހިނގާފައިގޮސް މޭޒުކައިރީ ހުއްޓިލިއެވެ. އަދި ލޯގަނޑަށް އަމިއްލަ ސޫރައަށް ބަލާލިއެވެ. ދެންމެ ހިނގާދިޔަ ހުރިހާމަންޒަރެއް ހިތަށް ސިފަވިކަހަލައެވެ. ނިދަން އޮށުއޮތީވެސް އެހިޔާލުތަކުތެރޭގައި ހުރެއެވެ.
ޖެހިގެން އައިދުވަހުގެ ހެނދުނު ސައިޑީގައި ރާއިން ޒާޔާއާއި ބައިވެރިވިއެވެ. ކުރިން ރާއިންއާއި ވާހާކާދައްކާހާ ގިނައިން މިއަދަކު ޒާޔާއަކަށް ވާހަކައެއް ނުދެއްކުނެވެ. ލަދުވެތިކަމުގެ ފަރުދާއެއް އޭނަ ވަށާލެވިފައިވާކަހަލައެވެ. ރާއިންއާއި ދިމާބަލަންވެސް އޭނަ ލަދުގަންނަކަހަލައެވެ. ނަމަވެސް އެއާއި ހިލފަށް ރާއިންގެ ހުރިހާ ސަމާލުކަމެއްވަނީ ޒާޔާ އަށް ދެވިފައެވެ. އެމޫނުން އެންމެ ހިނދުކޮޅަކަށްވެސް ނަޒަރުވަކިކޮށްނުލާ ރާއިންބަލަމުންދިޔައެވެ. މިކަމުގެ ސަބަބުން ޒާޔާއިތުރަށް ލަދުގަންނަމުންދިޔައެވެ. ސައިބޮއިނިމިގެން ތެދުވަމުން ރާއިން ޒާޔާގެ ގާތުން އެދުނީ އޭނަގެ ކޮޓަރިއަށް އައުމަށެވެ. ރާއިން އެދުނުގޮތަށް އޭނަ ސައިބޮއިނިމިގެން ރާއިންގެ ކޮޓަރިއަށް ދިޔައެވެ. ދޮރުގައި ޓަކިޖަހާލުމުން އެތެރެއަށް ވަންއިރު ރާއިންހުރީ ބެލްކަނީގައެވެ. ޒާޔާއަށް އޭނަގާތަށް އައުމަށް ރާއިންއެދުނެވެ. ޒާޔާގެ ފަހަތުން ބައްދާލައިގެން ރާއިން ބެލްކަނިން ތިރިބަލަހައްޓައިގެން ހުއްޓެވެ.
“މަމްމެން އާދޭ 12 ގަ، އެމީހުން ރިސީވްކުރަން އިރުކޮޅަކުންދާނަން އިނގޭ” ރާއިން ޒާޔާގެ ކޮނޑުގައި ދަތްދޮޅިއަޅުވާލައިގެން އޮވެ ބުނެލިއެވެ. ޒާޔާވެސް މަޑުމަޑުން ރާއިންއާއި ވާހަކަދައްކަމުން ދިޔައެވެ.
************************************************************************
ރާއިންއާއި ޒާޔާގެ ގުޅުން އެއްވެސް މީހެއްގެގާތުގައި ރާއިން އަދި ޒާޔާވެސް ނުބުނެއެވެ. ރާއިން ބޭނުންވީ އަދި ތަންކޮޅެއް ފަހުން ބުނުމަށެވެ. ޒާޔާވެސް ހުރި ރާއިންގެ އެ ނިންމުމާއި ދޭތެރޭ ހިތްހަމަޖެހިފައެވެ. ސަލްމާއަށް އޭނައާއި ރާއިންއާއި ދޭތެރޭ އޮތް ގުޅުން އެނގިއްޖެނަމަ ވާނެގޮތެއް ނޭގޭތީއެވެ. އޭނަ އެކަމާއި ދެކޮޅުހަދާފާނެތީ ބިރުގަންނަނީއެވެ. އެކަމާދޭތެރޭ އޭނަ ވަރަށްވިސްނައެވެ. ނަމަވެސް ސަލްމާ ކޮންމެ ގޮތަކަށް ދެކުނަސް ރާއިން އޭނަ ދޫކޮށްނުލާނެކަން އޭނައަށް ޔަގީންކުރެވެއެވެ. އެކަމަކުވެސް އަމިއްލަ ހިތުގެ ތަސައްލީއަށްޓަކައި އޭނަ އެވާހަކަ ރާއިންގާތުގައި ދެއްކިއެވެ. ރާއިންގެ މަންމަ ގަބޫލުވާނެތޯ ކިތަންމެ ފަހަރަކުސުވާލު ކުރިއެވެ. ޒާޔާ އެގޮތަށް ސުވާލުކުރާ ކޮންމެފަހަރަކުވެސް ރާއިން އޭނަގެ ހިތްހަމަޖައްސާދެއެވެ. އޭނަ ހަޔާތުގެ ބައިވެރިއަކަށް ކޮންމެ ކުއްޖަކު އިހުތިޔާރު ކުރިކަމުގައިވިނަމަވެސް އޭނަގެ މަންމަ ދެކޮޅުނުހަދާނެކަމަށް ވިސްނާދެއެވެ. މަންމަ ޒާޔާއާއި ދޭތެރޭ އެހެންއެ ކަންތައްކުރަނީ އެހެންކަމަކާ ދޭތެރޭ ވިސްނާތީކަމަށް ބުނެއެވެ. ނަމަވެސް އެއީ ޚުދު އޭނަވެސް އަށްވެސް ޖަވާބު ނޭނގޭ ސުވާލެކެވެ. އޭނަގެ މަންމަ ޒާޔާ ދުރުކުރަނީ ކީއްވެގެންކަމެވެ. ނަމަވެސް ސަލްމާ ޒާޔާ ބަލައިގަންނާނެ ކަމާމެދު އޭނަ ކުޑަކޮށްވެސް ޝައްކެއް ނުކުރެއެވެ. އޭނަގެ އުފަލަކީ އެމަންމަގެ އުފާކަމުގައި އޭނަ ގަބޫލުކުރެއެވެ.
ޒާޔާގެ ހަޔާތަށް ވަނީ ބަހާރު މޫސުމް އައިސްފައެވެ. ގޭތެރެއިން އެއްވެސް މީހަކަށް ނޭގުނު ކަމުގައިވިނަމަވެސް އޭނައާއި ރާއިންގެ ލޯބިގެ ފަލްސަފާ ދިޔައީ ކުރިއަށެވެ. ނަމަވެސް މީހުންގެ ކުރިމަތީގައި އެއީ ހަމަ ކުރީގެވެސް ދެރަހުމަތްތެރިންނެވެ. ރާއިންގެ ކުދިކުދި އެކި ސަޕްރައިޒްތަކުންނާއި ލޯބީގެ ވާހަކަތަކުނާއި އަދި ލޯބީގެ ކުދި ގޯނާތަކުން ޒާޔާގެ ހިތްވަނީ ފުރާލަދީފައެވެ. އެދެމީހުން ބައްދަލުކުރަމުންދިޔައީ ޒާޔާގެ ކޮޓަރިންނެވެ. ކޮންމެދުވަހަކުވެސް ރާއިން ޒާޔާއަށް ކޮންމެވެސް ކުލައެއްގެ ފިނިފެންމަލެއް ގެނެސްދެއެވެ. އެކޮޓަރީގައި ހިފާލާފައިވަނީ ފިނފެންމަލުގެ ވަހެވެ. އެކަކުއަނެކަކު ދަސްކުރުމުގައި އަދި ހިޔާލުފާޅުކޮށް ވާހަކަދެއްކުމުގައި އެތައްއިރެއް ރާއިން އެކޮޓަރީގައި ހޭދަކުރަމުން ދެއެވެ. ނަމަވެސް ދުވަހަކުވެސް ޒާޔާއާއި ގާތްވުމުގައި އޭނަގެ ހައްދުފަހަނަ އަޅާގޮސްފައެއް ނުވެއެވެ. ޒާޔާގެ ގައިގައި ބައްދާލާފައި ކޯތާފަތުގައި ނޫނީ ނިތުގައި ބޮސްދިނުންފިޔަވައި އިތުރަށް ޒާޔާއާއި ގާތެއްނުވެއެވެ. މިކަންވެގެން ދިޔައީ ޒާޔާގެ ހިތުގައި ރާއިންއަށްދެވިފައިވާ ގަދަރު އިތުރަށް ބޮޑުވެގެންދިޔަކަމަކަށެވެ. ދުވަސްތަށް މިގޮތުގައި އުފާވެރިކަމާއިއެކު ހޭދަވަމުންދިޔައެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް 2010 ގެ އަހަރީ ކިޔެވުންފެށޭ ދުވަސް ކައިރިވެއްޖެއެވެ. ޒާޔާވެސް ސުކޫލަށް ނިކުންނަންވާއިރު ވާންޖެހޭ ތައްޔާރީތަށް ވުމުގައި އުޅުނެވެ. ޒާޔާގެ ފޮތްތަކުގައި ސެލޯފިންލެއްވުމުގައާ އެހެނިހެން ކަންތަކުގައި އެންމެ ބޮޑަށް އުޅުނީ ރާއިންއެވެ. އެކަމުގެ ފަހަތުގައި ވިސަބަބު އެއްވެސް މީހަކަށް ނޭގުނުކަމުގައިވިޔަސް ޒާޔާ ހުރީ އުފަލުންނެވެ. ކިޔަވަންފެށުމާއިއެކުހެން ޒާޔާއަށް ރާއިންއަށް ދެވޭ ވަގުތު މަދުވިއެވެ. ނަމަވެސް ރާއިން އެއިޮންއެއްވެސް ކަމަކާ ޝަކުވާއެއް ނުކުރެއެވެ. އެއާހިލާފަށް ޒާޔާ ކިޔެވުމުގައި އޭނާ އެހީތެރިވަމުންދިޔައެވެ. ހޯމްވޯރކް ހެދުމުގައާއި، އެސައިމެންޓްތަށް ނިންމުމުގައެވެ. ޓެސްޓުތަކަށް ތައްޔާރުވުމުގައެވެ. ރާއިންއޭނައަށް އަޅާލާވަރު ފެނުމުން ޒާޔާ ހުންނަނީ ކިތަންމެހާވެސް އުފަލުންނެވެ. ބަލިވެއްޖެނަމަ އޭނަގެ ހާލުބަލައެވެ. ބޮލުގައި ރިއްސާނަމަ ބޯ މޮޑެދެއެވެ. ރާއިން އޭނަދެކެ އެހާ ލޯބިވާނެކަމަށް އޭނަ ދުވަހަކުވެސް ހިޔެއްނުކުރެއެވެ. ނަމަވެސް އެންމެފަހުން ރާއިން ކިޔަވަންދާ ދުވަސް ކައިރިވެއްޖެއެވެ. ދުވަހަކުވެސް ޒާޔާދޫކޮށްނުލުމަށް ރާއިންގާތު ޒާޔާއަށް ދެކެވޭ ވާހަކަ އިތުރުވީ އެހެންވެއެވެ. ދުރަށްގޮސްފައި އޭޏަމަތިން ހަނދާންނައްތާނުލުމަށް އަބަދު ބުނެވެމުންދިޔައެވެ. އިތުބާރު ނުކުރާތީކީ ނޫނެވެ. ގެއްލެން ނޭދޭތީއެވެ. އެންމެފަހުން ރާއިން ފުރުމަށް ހަފްތާއަކަށްވުރެވެސް ދުވަސް މަދުވެއްޖެއެވެ.
އެއްރެއެއްގެ ރޭގަނޑެވެ. ޒާޔާއަށް އޮތީ ނިދިފައެވެ. އޭރުގަޑިން 12 ޖަހަނީއެވެ. ރާއިންއާދޭތޯ އޮވެއޮވެ ނިދުނީއެވެ. އެހެންޏާ ރާއިން އެންމެ ލަސްވެގެންވެސް 11 30 އެހާކަންހާއިރު އަންނާނެއެވެ. ކޮޓަރީގެ ދޮރުމަޑުމަޑުން ހުޅުވާލުމަށްފަހު ރާއިން އެތެރެއަށްވަނެވެ. ނިދިފައި އޮތް ޒާޔާފެނިފައި އޭނާގެ ހިތްތެޅިލިއެވެ. ދެއަތް ޖޯޑުކޮށްލައިގެން ބޯދަށަށް ލައިގެން އެނދުގެ އެއްކައިރީގައި އެއްފަރާތަކަށް އޮށުއޮވެލައިގެން ޒާޔާއޮތެވެ. ކޮޓރީގެ އަލިވަނީ ފަނޑުކޮށްލެވިފައެވެ. ނަމަވެސް ޓޭބަލް ލޭމްޕްގެ އަލި އެމޫނަށް އެޅިފައި ވީއިރު ސާދާގޮތެއް ހުއްޓެވެ. ފިޔާތޮށި ކުލައިގެ ޓީޝާޓަކާއި، ކަކުލާއި ހަމައަށް އަންނަ މުށިކުލައިގެ ސޯޓުކޮޅެއްލައިގެން އޮތްއިރު ނުހަނު ހިތްގައިމެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު މަޑުހިނގުމެއްގައި ރާއިން ޒާޔާގާތަށް ހިނގައިގަތެވެ. އެނދުކައިރީ ތިރީގައި އިށިއިނުމަށްފަހު އެމޫނަށް ބަލާލިއެވެ. ތެތްކަންގަދަ އެތުންފަތަށް ބަލާލެވުނީ ދަހިވެތިނަޒަރަކުންނެވެ. ހިންދިރުވާލެވުނީ އެތުންފަތުގައި ލޯބިކޮށްލުމަށް ހިތްއެދުނުވަރުންނެވެ. ޒާޔާއާއި ގާތްވެލުމަށްފަހު ފުރަތަމަފަހަރަށް އެތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. ނިދިފައިއޮތް ޒާޔާއަށް އެއްވެސްކަމެއް އިހުސާސެއްނުވިއެވެ. އަތުގެ ނުފަށުން ތުންފަތުގައި ބީހިލުމަށްފަހު އަނެއްކާވެސް ރާއިން އެތުންފަތުގައި ބޮސްދިނެވެ.
-ނުނިމޭ-
4 Comments!
Comments are closed.
Alhy kiyaahithun keyimadhuvany next part thankolheh avaha up koh dhechy mi part ves vvvvvvv obi
raain e ulheny zaaya rape kurantha feeling sad. story nice. update soon gud luck
owwwnnnnn so beautiful.. waitng for the next part
alhe haadha kurey, thankolheh dhugukoh genesdhyba. v v v salhi mipart ves. my akah hiyeh nuvey raain zaa rape kuraaneheneh. love this story