ކަޝްފު 9
ނަމަވެސް އެތަނުގައި ހިނގަމުންދިޔަ ކަންތަން ތިންވަނަ ފަރާތަކަށް އިނގި ހާވަމުން ދިޔަކަމެއް ދާނިޝްއަކަށް ނޭނގެއެވެ. އޭރުވެސް އެނދުމަތީގައި އޮތްފޯނުގައި ޖުމައިލް ގުޅައިގެން ހުއްޓެވެ. އެތަނުގައި ހިނގަމުންދާ ހުރިހާކަމެއް ޖުމައިލްއަށް ވަގުތުން ވަގުތަށް އަޑު އިވެމުންދެއެވެ.
އެނދުމަތީގައި ނިދިފައި އޮތް ޝަޒިން ދެފަރާތަށް އެނބުރި އެނބުރިފައި އޮވެ ފުއްމައިގެން ތެދުވިއެވެ. އޭރު މުޅި މީހާވަނީ ދަލުން ފޯވެފައެވެ. ދެލޯ ބޮޑުކޮށްގެންހުރެ އެކި ފަރާތް ފާރާތަށް ނަޒަރު ހިންގަމުން ދިޔައިރު ނޭވާވަނީ ފުންވެފައެވެ. ދެންމެ އެފެނުނީ ހުވަފެނެއްކަން އިނގި އެ ހިތަށް ހަމަޖެހުމެއްލިބުނެވެ. ޝަޒިން އެނދުން ތެދުވެ ބާރުމިނެއްގައިގޮސް ކޮޓަރީގެ ތަޅުގައި ހިފައި އަނބުރާލިއިރު، ތަޅުލެވިފައި ހުރުމުން ޝަޒިންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޝަޒިން އެފަދަ ޚިޔާލުތަކެއްގައި އޮއްވާ ނިދުމުން ހުވަފެނުން މި ފެނުނީވެސް އެކަހަލަ ކަމެކެވެ. ޝަޒިން އެނދުގައި އޮވެ ދެލޯމަރާލީ ދާނިޝްއަށް މިރޭ އެކޮޓަރިއަށް ނުވަދެވޭނެކަމުގެ ޔަޤީން ކަމާއިއެކުއެވެ.
އިރު ފެނުން ތޮޅެލުމާއިއެކީ މުޅި މާހައުލުން އިވެމުންދިޔައީ ކޮވެލީގެ ހިތްގައިމު އަޑެވެ. މިސްކިތުން ފައިބައިގެން އައި މިޝަލް ދެޖީބަށް އަތްޖަހާލައިގެން ހުރިއިރު ޖެހެމުން ދިޔަ ފިނިވައިރޯޅިތައް އެ އިސްތަށިކޮޅަށް ގޯނާކުރަމުންދިޔައެވެ. ޖައްވަށް ވެރިވެފައިވާ ފިނިކަމުގެ ސަބަބުން މިޝަލްގެ ޖިސްމަށް ފިނިވަމުން ދިޔަ ނަމަވެސް އޭނާގެ އެތެރެ ހަށިގަނޑުގައި ހޫނު އާތްވެއް އުފެދިފައިވާ ފަދައެވެ. އަތިރިމައްޗަށް ނިކުމެ ކުރީދުވަހު ދިމްނާއާއި ދިމާވި ރުއްބުޑުމަތީ މިޝަލް އިށީދެލިއެވެ. މިޝަލްގެ ޚިޔާލަށް އަންނަމުން ދިޔައީ އެދުވަހު އެތާނގައި ހިނގާ ދިޔަ ހާދިސާއެވެ. މިޝަލް މޫދާއި ދިމާއަށް ނަޒަރު ހުއްޓާލުމާއި އެކީ މޫދުގެ ރާޅުތައްފަދައިން މާޒީގެ ޞޮފްހާތަށް ލޯ ކުރިމަތީގައި އޮޅެމުން ނިއުޅެމުން ދިޔައެވެ.
އެއީ މީގެ ހައަހަރު ކުރިއެވެ. ދިމްނާއާއި ރައްޓެހިވެގެން އުޅުނީ އެދުވަސްވަރު ސިއްރުންނެވެ. ދިމްނާގެ އޭލަވެލް ކިޔެވުން ކުރިއަށް ދަތީވެ އޭނާގެ މައިންބަފައިން ދިމްނާ މީހަކާއި ރައްޓެވިގެން އުޅުމުގެ ހުއްދައެއް ނުދިނެވެ. އެހެން ކަމުން ދިމްނާ ބޭނުންވީ ދެ މީހުންގެ ގުޅުން އޭނާ ކިޔަވާނިމެންދެން ސިއްރު ކޮއްފައިބޭއްވުމެވެ. މިޝަލްވެސް މިކަމަށް އެއްބަސްވެ ހިތްހަމަޖެހުމާއި އުފަލުގައި ދުވަސްތައް ވޭތުވެގެން ދިޔައެވެ.
ދެމީހުން އަބަދުވެސް ބައްދަލު ކުރަން ދަނީ މީހުން މަދުން އުޅޭ ހިސާބެއްގައި ހުންނަ ފަޅުގެއަކަށްށެވެ. ކޮންމެ ހަފްތާއެއްގެ ހުކުރު ވިލޭރޭ ދެނަމާދު ދޭތެރޭގައި އެގެއަށް ބައްދަލުކުރުމަށްދެއެވެ. އެދެމެދުގައި އޮންނަންޖެހޭ ވަކި ހައްދެއް ދެމީހުންވެސް ވަނީ ކަނޑައަޅާ އެއްހައްދުން ބޭރުނުވުމަށް އެއްބަސްވެފައެވެ. ނަމަވެސް ދެ މީހަކު އެކަހެރި ވެއްޖެނަމަ އެދެމެދުގައި ތިންވަނަ މީހަކަށް ޝައިތާނާ ވާނެއެވެ.
އެރޭކަންތައް ވެގެން ދިޔައީ އެއްވެސް މީހެއްގެ އިޚުތިޔާރަކާއި ނުލައެވެ. ބޯކޮންވެހެމުން ދިޔަ ވާރެއާއި އިވެމުންދިޔަ ގުގުރީގެ އަޑުގެ ތެރެއަށް ދެމީހުންވެސް ގެނބި ހަވާނަފްސަށް ހެއްލިގެންދިޔައީއެވެ. ހޭވެރިކަން ވީއިރު ވާކަމެއް ވަނީ ވެނިމިފައެވެ. އެރޭ ދިމްނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރުނެވެ. މިޝަލްވެސް ކުރެވުނު ކަންތަކާއި ދޭތެރޭ ލަދުގަނެ ހިތާމަކުރިއެވެ. އޭރު ދިމްނާގެ ކިޔެވުން ނިމެން ގާތްވެފައިވުމުން މިޝަލް ދިމްނާ ކިޔެވުން ނިމުނުހާއި އަވަހަށްކަށް ކައިވެނި ކުރާނެކަމަށް ވަޢުދުވިއެވެ. ނަމަވެސް ކިޔެވުން ނިމުނުތާ ދުވަސްކޮޅެއްފަހުން ދިމްނާ އޭނާ ދޫކޮށްލީއެވެ. އެއްވެސް ސަބަބެއް ނުބުނެ ފުރައިގެން ދިޔައީއެވެ.
އެދުހު ދިމްނާދިޔަ ސަބަބަކީ ކަޔަންއެވެ. މިޝަލް ދިމްނާއާއި ކައިވެނި ކުރަން ތައްޔާރަށް ހުއްޓާ އެންމެ ކުޑަމިނުން އެވާހަކަ ބުނެވެސް ނުލާ ދިޔައީއެވެ. އެކަން އިނގުމުން މިޝަލް އެހާލުގައި ދިމްނާ ދޫކޮށްލާފާނެކަމަށް ހީކުރީބާއެވެ. ދިމްނާ އެއްވެސް ވަރަކަށް އޭނާއަށް އިތުބާރު ނުކުރީ ކީއްވެގެންބާއޭ ހިތަށް އަރާ މިޝަލްގެ ހިތް ޝަކުވާކުރިއެވެ.
މާޒީގެ ޞޮފްހާތަށް ލައްޕާލަންޖެހުނީ މިޝަލްގެ ޖީބުގައި އޮތް ފޯނު ރިންގުވުމުންނެވެ. “ހަލޯ.. އާން.. މި. މިދަނީ” ފޯނުބޭއްވުމަށްފަހު މިޝަލްތެދުވެ ހިންދެމިލިއެވެ. އޭރު ޖައްވުގައިވި ފިނިކަންގޮސް އަރާމު ހޫނަކުން އަވިދީފައިވެއެވެ. އެގުޅީ ޖީލާއެވެ. ގެއަށްނައިސް ލަސްވީއެވެ. މިޝަލް މިއަދު ފަތިސް ނަމާދުގައި ހެއްދެވިފަރާތަށް ކުއްތަންވެ ކުރެވުނު ފާފައަށް ތަޢުބާވިއެވެ. އަދި ވޭތުވެދިޔަ ފަސްއަހަރުގައި ދަރިފުޅުށް ނުދެވުނު ލޯތްބާއި އަޅާލުން އެދަރިފުޅަށް ހޯދައިދޭނެކަމަށް ވަޢުދުވެ ހުރިހާ ސިއްރެއް ޖީލާއަށް ހާމަކުރުމަށް ނިންމިއެވެ. މިޝަލް ގެއަށް ދާން މިސްރާބުޖެހީ މިއަދު އެކަންތައް ކޮންމެވެސް އެއްކޮޅެއްގައި ޖެއްސުމަށް ނިންމައިގެންނެވެ.
މެންދުރުގެ ދިލަ ހޫނުން ހަށިގަނޑަށް ފިނިކަމެއް ގެނުވަންވެގެން ސިޓިންރޫމުގައި ޖޫސްތައްޓެއް ހިފައިގެން ސަލީމުއިނެވެ. އޭރު ޓިވީން ދޭއްގެ ޚަބަރު އަންނަނީއެވެ. ގޭތެރެއަށް ވަދެގެންއައި ދާނިޝްފެނި ސަލީމު އޭނާއަށް ގޮވާލުމަށްފަހު އެތާގައި އިށީދެލަން އައުމަށް ބުންޏެވެ. ސަލީމު ކައިރީގައި އިން ދާނިޝްއަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. ދާނިޝްގެ ބޯވެފައިވާ އިސްތަށިގަނޑުފެނި ބޯ ކޮށުމަށް ސަލީމުއެދުނެވެ.
“ކޮބާ ދާން އުޅުނީމެއްނުން ރިސޯޓަކަށް.. މިހާރު އެވާހަކަވެސް ދައްކާތާ ކިތަންމެ ދުވަހެއް.. މީންދުވަހެއްގެ ކޮޅުންވެސް ތި ކިޔާ ރިސޯޓެއްގައި ފައިބީއްސާލެވޭނެބާ…” ސަލީމުގެ ވާހަކައިން އޭނާހުރީ ދާނިޝްދެކެ ހިތްހަމަ ނުޖެހިފައިކަން ވަރަށް ރަނގަޅަށްވެސް ހާމަވިއެވެ. “ބައްޕާ އަދި މިއުޅެނީ..” ދާނިޝް އަމިއްލަ ދިފާއުގައި ވާހަކަ ދައްކަންފެށުމުން އޭނާގެ ވާހަކަ މެދު ކަނޑާލައި ސަލީމު ވާހަކަ ދައްކަންފެށިއެވެ.
“އިތުރު ބަހަނާއެއް ދައްކާނެ ކަމެއްނެތް.. ވަރަށް ދުވަސްވެއްޖެ ދާނިޝް ތި ބަހަނާތަކެއް ދައްކާތާ.. ބައްޕަ އޮންނާނެ މިހާރު މިތާ ކައިރި ރިސޯޓަކުން ދާނިޝްއަށް ވަޒީފާ ހަމަޖެހޭނެގޮތް ހަދާދީފަ.. ދެން ނުބުނާތި ނޫނެކެ.. އަމިއްލައަކަށް ނުހޯދުނެއްނުން ވަޒީފާއެއް.. އެތާގައި އުޅޭ ބައްޕަގެ ރައްޓެއްސަކާ ވާހަކަދައްކައިގެން ހަމަޖެހުނީ.. އެހެންވީމަ މާދަން ނޫން އަނެއްދުވަހުން ދާނިޝް ރިސޯޓަށްދާން ތައްޔާރުވޭ.. އިތުރު ވާހަކައެއް ނުދައްކާތި” ސަލީމު ދެއްކި ވާހަކައަކުން ދާނިޝްގެ ލޭ ކެކުވާލިއެވެ. އައިރުޅީގައި ދާނިޝް ތެދުވެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.
ސިޓިންރޫމްގައި ދެންމެ ދެކެވުނު ވާހަކަ ބޭރު ދޮރުކައިރީގައި ހުރި ޝަޒިންއަށް އަޑުއިވުނެވެ. ސްކޫލުން އައިސް ދޮރުކައިރީގައި މަޑު ކޮށްލީ ސަލީމު ދާނިޝްއާއި ވާހަކަދައްކަން އިނުމުންނެވެ. އޭނާގެ ތުންފަތަށް ވެރިވި ހިނުތުން ވުމާއިއެކީ އެހިތް އުފަލުން ނަށާލިއެވެ. ދާނިޝްދަނީއެވެ. ދެން އެބިރުވެރިކަމެއް ގޭތެރެއަކުން ނުފެންނާނެއެވެ. ދުވަސްތަކަކަށްފަހު ޝަޒިންއަށް ހަމަޖެހިލައިގެން ނިދީގެ އަރާމު ލިބެނީއެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރެ ޝަޒިން ކޮޓަރިއަށްވަނެވެ.
ސްޓާފް ރޫމްތެރެއަށް ވަދެގެން އައި ދިމްނާފެނި މިޝަލް އިންތަނުން ތެދުވިއެވެ. އެވަގުތު އެތާގައި ތިބީ ހަމައެކަނި އެދެމީހުން ކަމުން މިޝަލް އަވަސްވެގަތީ ދިމްނާއާއި ވާހަކަ ދެއްކުމަށްށެވެ. “ދިމްނާ.. އަދިވެސް އަހެރެންނަށް ހުރިހާ ކަމެއް އޮޅުން ފިލުވައެއް ނުދެމެއްނުން. ކަޔަންއެއީ އަހަރެންގެ ދަރިއެއްކަން އެނގި ހުރެ އެވާހަކަ ނުބުނީ ކީއްވެ؟ އަހަރެންނަށް އިތުބާރު ނުކުރީތަ؟؟” މިޝަލްގޮސް ދިމްނާއިން މޭޒުކައިރީގައި ހުއްޓެލަމުން ވާހަކަދެއްކިއެވެ.
“އަހަރެން ބޭނުމެއްނޫން މިހާރު ތިވާހަކައެއް ދައްކާކަށް.” ދިމްނާ ޖަވާބުދިނީ މިޝަލްގެ މޫނަށް ބަލައިވެސް ނުލައެވެ. “އެޔޯ؟ އަހަރެންނަށް އެއީ ދިމްނާ ކީއްވެގެން ކުރިކަމެއްކަން އިނގުމުގެ ހައްޤުއެބައޮތް! އެދުހު ދިމްނާ އަމިއްލައަށް ހުރިހާ ނިންމުންތަކެއް ނިންމާފައި ދިޔައިރު އަހަރެންނާއި ދޭތެރޭ އެއްފަހަރުވެސް ވިސްނާލިންތަ؟ ދަރިފުޅު ބައްޕައެއްގެ ލޯބިން މަހުރޫމް ކޮށްލިއިރު ތި ހިތަށް އެއްވެސް ރަހުމެއް ނުވަނީތަ؟..” މިޝަލްގާތަށް އައި ރުޅީގައި އެއްފަހަރާ އެތަކެއް ސުވާލެއް އޮއްސާލިއެވެ.
މިޝަލް ދައްކަމުން ދިޔަ ވާހަކަތަކުން ދިމްނާގެ ހިތުގައި ފާރުވެފައިވާ ލަކުނުތައް އަލުން ތާޒާ ވިކަހަލައެވެ. “ހުއްޓާލާ! އާން. އަހަރެން އަމިއްލައަށް ހުރިހާ ނިންމުމެއް ނިންމީ.. އެގޮތަށް ކަންތަން ކުރީކީ މިޝަލްއަށް އިތުބާރު ނުކުރާތީކީއެއް ނޫން.. އިތުބާރު ކުރިން.. އަމިއްލަ ނަފްސަށްވުރެން ވެސް ބޮޑަށް މިޝަލްއަށް އިތުބާރުކުރިން.. އެކަމަކު މިޝަލް ހެދީ ކިހިނެއް؟؟ އަހަރެންގެ ހިތައް ތަދުވިވަރާއި ކުރި އަސަރު އިނގޭތަ؟ މިޝަލް ހީކުރީ އަންހެނުންނަކީ ކުޅޭކުޅޭ އެއްޗެހިތަކެއް ކަމަށްތަ! ހިތަށް އެރިހާ ގޮތެއް ހަދާކަށް.. އަހަރެން ހިތަށްއަރާ މިޝަލް ލަދުނުގަންބާއޭ އެވައްތަރަށް އުޅުނުއިރު.. އަހަރެންނާއިއެކީ އުޅެން ބޭނުން ނުވިނަމަ ބުނިނަމައެއްނުން.. އޭރުން ހަމަގައިމުވެސް އެއްވެސް ޝަކުވާއެއް ނުކުރާނަން.. ހީކުރީދޯ އެކަން ފޮރުވައިގެން އުޅެވޭނެޔޭ… އަހަރެން ދުށީމޭ މިޝަލް ސިއްރުން ގަން ގަނޑު..” ދިމްނާ ރުޅި ކޮންޓުރޯލުން ނެއްޓިއެވެ.
މިޝަލްއަށް އެއްވެސް ވަރަކަށް ދިމްނާ ދައްކަމުން އެދިޔައީ ކޮންވާހަކައެއްކަމެއް އެއްވެސް ވަރަކަށް ނޭނގުނެވެ. ކޮން ސިއްރެއް ހެއްޔެވެ. އޭނާ ދުވަހަކުވެސް ދިމްނާއަށް ކަމެއް އޮޅުވާލާ ސިއްރުކޮއްފައެއް ނުވާނެއެވެ. “ކޮން ސިއްރެއްތަ؟؟ ކޮން ވާހަކައެއްތަ ދިމްނާ ތި ދައްކަނީ؟؟” ދިމްނާގެ ކޮނޑުގައި ހިފައި މިޝަލްއަށް ފާޑަކަށް ހަޅޭލަވައިގަނެވުނެވެ. އޭނާގެ ހިތް ފުރެމުން ދިޔައީ ސުވާލުތަކުންނެވެ.
“މިހާއަވަހަށް ހަނދާން ނެތުނީ ދޯ. ހަނދާން ކޮށްދެންތަ. މިޝަލް ހަދާން އެބަހުރިތަ އަހަރެން ކިޔަވާނިމުނުތާ ދުވަސް ކޮޅެއްފަހުން މިޝަލްގެ އުފަންދުވަހު އަތިރިމަތީގައި އެހުރި ރުއްބުޑުކައިރިއަށް އަންނަން ބުނިކަން. އަހަރެން ބޭނުންވީ އެ އުފާވެރި ޚަބަރު އެރޭ މިޝަލްއަށް ދޭން. އަހަރެން އެއްވެސް ޝައްކެން ނުކުރަން މިޝަލް އަހަރެން ދޫކޮއްލަފާނެ ކަމަކަށް. ނަމަވެސް އެހާ އުއްމީދުތަކާއި އެކީ ދިޔައިރު އިނގޭތަ އަހަރެންނަށް އެތަނުން ފެނުނު މަންޒަރު. އެތަނުން ފެނުނީ ތި މިޝަލް އެހެން އަންހެނެއްގެ ގައިގައި އޮޅުލާ މަންޒަރު! ހަނދާން ވެއްޖެތަ. އިނގޭތަ އެއީ ކާކުކަން؟ އެއީ މިހާރު މިޝަލްގެ އަލަތު އަނބިމީހާ ޖީލާ.” ދިމްނާ ބުނިވާހަކައިން މިޝަލްއަށް ދިމްނާގެ ގައިން ދޫކޮށްލެވުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ. އެއްކަންތައް ފަހު އަނެއްކަންތަކެވެ. މިޝަލްގެ މުޅި ދުނިޔެ ފުނޑު ފުނޑު ވަނީބާއެވެ.
-ނުނިމޭ-
4 Comments
Comments are closed.
Hukuru vileyrey Ehn ulhunyma jinni kanthah jehunydhw. . Waiting for the next part
I think jilaa aky jinni eh
vaahakaige main chrcter aky mishal hen mihaaru hyvany.. maaa bodah mishalge bai genesdhyfa zaishan dhuukohly dhw.. kurin dhiya goi reethi ekm mihaaru hadikohlanytha?
zaayaa ebunaahen me ahvex feel vey.. dhen rangalhuvaane main chrctr akah mishal & dhimna hedhiyya.. waiting 4 the next part