Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޝްފު 11

zaisha Level 210 Stories
February 28, 2015 4 Mins Read
9 Comments

އޮއްސެމުން ދިޔައިރުގެ އަލިން އުޑުމަތީގައިވަނީ މަޑު އޮރެންޖުކުލަގެ ސާލެއް ފަތުރާލެވިފައެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވުމުގެ ކުރިން ދޫނި ސޫފާސޫފިތަށް އެސޮރުމެންގެ ހާލިތަކަށް ވަދެހިމާޔަތް ހޯދަމުން ދިޔައެވެ. ނަމަވެސް ހުދު ދޮންވެލިގަނޑުމަތީގައި ހުއްޓިލައިގެން ހުރި ޝަޒިން އިންތިޒާރު ކުރަމުން ދިޔައީ އިރުއޮއްސި އަނދިރިވާނެ އިރަކަށްށެވެ. ކަޅުވިލާތަކުން އުޑުމަތި އަނދިރިކޮށްލުމުން ޝަޒިން މިސްރާބުޖެހީ ކުރިމަތީގައި ހުރި ރަށު އޮފީހާއި ދިމާއަށްށެވެ. އިރުއޮއްސި އަނދިރި ވުމުން އެތަނުގައި މީހަކު ނޫޅޭނަކަން އެނގިހުރި ޝަޒިން އެތެރެއަށްވަނެވެ. އެ ސަރަހައްދުގައި ވަނީ ބޮޑެތި ގަސް ހައްދާ ބަގީޗާއެއްހެން މާ ފޮޅުވާއެވެ. އެތެރެއަށް ވަންނަ ދޮރުގެ ދެފަރާތުގައި ދިއްލާފައިވާ ބޮޑު ދެ ބޮކިން އެޅޭ އަލިކަން ނޫނީ އިތުރު އަލިކަމެއް ނުވެއެވެ. މި ފަނޑުއަލީގައި އެތަނުގައި މީހަކު އުޅުނަސް ނޭގޭނެއެވެ.

ޝަޒިން ގޮސް އިށީދެލީ ތަން ކޮޅެއް ދުރުގައި ހުރި ގަހެއްގެ ކައިރީގައި ހުރި ކުޑަ ބެންޗެއްގައެވެ. އިރުކޮޅެއްގެ ތެރޭގައި އެތަނަށް ވަދެގެން އައި ޖުމައިލް ޝަޒިންއާއި ޖެހިގެން އިށީދެލިއެވެ.

“މާއިޒް ހުންނާނެ ބޭރުގަ. މީހާކު އަންނަންޏާ އޭނަ ގުޅާނެ. ސޯ ޑޯންޓް ވޮރީ. މަންމަ ކައިރި ކީކޭ ބުނީ؟” ޖުމައިލް ވާހަކަދެއްކީ ވަރަށް ހަމަޖެހިގެން ހުރެއެވެ.

“ބުނީ ފްރެންޑެއްގެ ގެއަށް ގުރޫޕް ވޯކްއެއް ހަދަންށޭ މިދަނީ. މަންމަ ބުނީ އޯކޭއޭ.”ޝަޒިން ވާހަކަދެއްކި އިރު އޭނާގެ ނަޒަރު އެކި ދިމަދިމާއަށް ހުއްޓެއެވެ. މީހަކު އައިސްދާނެތީ ޝަޒިން ބިރުގަންނަނީއެވެ. އަލަށް މިގޮތަށް މަންމައަށް ދޮގުހަދާފައި  ޖުމައިލް ކައިރިއަށް އާދެވުމުން ޝަޒިން އިނީ ކަމެއް ގޯސްވެދާނެތި ހާސްވެފައެވެ.

“ބޭބް ޗިލް. މީހަކު ނާންނާނެ.. މާއިޒް އެބަހުއްޓެއްނުން ބޭރުގަ.. ދެން ބުނެބަ ކޮންވާހަކައެއްތަ ދައްކަން ބޭނުންވީ؟” ޝަޒިން ހާސްވެފައި އިނުމުން އޭނާ ހަމައަކަށް އެޅުވުމަށްޓަކާ ޖުމައިލް ސުވާލު ކުރިއެވެ.

ބުނަންވީބާއެވެ. ނުބުނަންވީބާއެވެ. ބުނެފިއްޔާ ދެންވާނީ ކިހިނެއް ބާއެވެ. ނޫނެކެވެ. ނުކެރޭނެއެވެ. އެކަމަކު އެހާވަރުން ހުރިހާ ކަމެއް ރާވައިގެން މިތަނަށް އައިސް ހަޤީޤަތް ހާމަނުކޮށެއް ނުވާނެއެވެ. މިފަހަރު ބުނަން ނުކެރިއްޖެއްޔާ ދެންދުވަހަކުވެސް މި ހިތްވަރެއް ނުލިބޭނެއެވެ. ޝަޒިން އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ.

“ޖުމައިލް.. މިއީ ވަރަށް ބޮޑު ސިއްރެއް. މިވޭތުވެދިޔަ ދުވަސްތަކުގައި ހިތުގައި ފޮރުވައިގެން އުޅުނު ސިއްރެއް. ކިތަންމެ ފަހަރަކު ހިތަށްއެރި މީހެއްކައިރި ބުނަންވީއޭވެސް. އެކަމަކު.. އެކަމަކު އެ ހިތްވަރެއް ނުލިބުން. ބިރުގަންނަނީ.. މި ސިއްރު ހާމަ ކޮށްފިނަމަ ދެން ވެދާނެ ގޮތާއިމެދު ބިރުގަންނަނީ… ވަރަށް ބިރުގަނެ.. އެކަމަކު އަހަރެންވެސް ހިތްހަމަޖެހުމާއި އުފާ ބޭނުން.. އެހެން ކުދިންނެކޭ އެއްގޮތަށް ހަމަޖެހިލައިގެން އުޅެން ވަރަށް ބޭނުން.. ޖުމައިލްއަށް ވަރަށް އިތުބާރު ކޮށްފަ މިސިއްރު މިހާމަ ކުރަނީ……. ކުޑަބެ.. ކުޑަބެ އަހަރެން..” ޝަޒިން ވާހަކަ ދައްކަމުން ދިޔައިރު އެ އަޑުގައި މަޑު ތުރުތުރު އެޅުމެއް ހުރިއިރު އެ ދެލޮލުން ކަރުނަ ފާޅުވެއެވެ.

ޝަޒިން ދައްކަމުން ދިޔަ ވާހަކަތަކުން ޖުމައިލްގެ ހިތުގެ ތެޅުން އަވަސްވިއެވެ. މިހާ ދުވަސްވަންދެން ޝަޒިން އެ އުޅުނީ ކޮން ބިރުވެރިކެއްގެ ތެރޭގަތޯ ބެލުމަށް ޖުމައިލްވަނީ ކެއްމަދުވެފައެވެ. ” ކިހިނެއްވީތަ ކުޑަބެ؟؟ ޝަޒިން އަވަހަށް ބުނެބަލަ..” ޝަޒިން ވާހަކަ މެދު ކަނޑާލުމުން ޖުމައިލް ޝަޒިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އޭރު ޝަޒިންގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނައިން އެ މަޑު ކޯތާފަތްމަތި ތެމެމުން ދިޔައެވެ. ޝަޒިން އަދިވެސް އެއްޗެކޭ ނުބުނެ އިސްޖަހަގެންއިނދެ ދެއަތް ދެއަތާއި މޮޑެމުން ދިޔައެވެ. “ޝަޒިން ބުނެބެލަ!” ޖުމައިލްގެ ކެއްތެރިކަން ކޮޅުން ލުމުން ޝަޒިންގެ ދެކޮނޑުގައި ހިފައި ތަންކޮޅަސް ބާރަށް ބުނެލިއެވެ.

“ހީ ރޭޕްޑް މީ!! ހީ ރޭޕްޑް މީ!!” ޝަޒިންގެ ދުލުން ބޭރުވި ބަސްތަށް ޖުމައިލްއަށް އަޑުއިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އިނގިއްޔެއްވެސް ހިރުވާލަން ނޭގިފައިން ޖުމައިލްގެ ނަޒަރު ހުއްޓިފައިވަނީ ޝަޒިންގެ މޫނަށްށެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތިކަމާއި އޭނާ އުފުލި ވޭނެވެ. ހުރިހާ ވޭނެއް ތަހައްމަލު ކުރިއިރު އެހީވާނެ އެއްވެސް ފަރާތެއް ނައިސް އެކަނިވެރިވެފައިވާ ނިކަމެތި ކުއްޖެކެވެ. ޝަޒިންއަށް ގިސްލާ ރޮވެންފެށުނެވެ.

” ޝަޒޫ.. އެ ކިހިނެއްވީ ކަމެއް.. ކިޔާދީ..” ޖުމައިލް ބޭނުންވީ އެކަންތައް ވީ ގޮތް އޮޅުން ފިލުވާށެވެ. ޝަޒިން ހިތްވަރުކޮށްފައި ކަންހިނގާ ދިޔަގޮތް ޖުމައިލްއަށް ކިޔާދިނެވެ. މަންމަމެން ކައިރީގައި އެވާހަކަ ހާމަކުރަން ނުކެރުނީ ދާނިޝް އިންޒާރު ދިނުމުންކަމާއި ފަހުންވެސް ދާނިޝްގެ ކިބައިން ގޯނާތައް ލިބުނުނަމަވެސް އޭނާ ބޭނުންވި ކަންތައް ފަހުންނުވީ ޝަޒިންގެ ނަސީބުގަދަކަމުންކަން ބުނެދިނެވެ. ނަމަވެސް ދާނިޝް އެނބުރި އައުމުން އެ ބިރުވެރިކަމާއި އަނިޔާތަށް އަނެއްކާވެސް އަމާޒުވާނެކަމަށް ބުންޏެވެ.

އޭރުވެސް ޝަޒިންއަށް ހުއްޓުމެއްނެތި ރޮވެމުން ދެއެވެ. ޖުމައިލްއަށް ޤަބޫލުކުރަން ދަތިވީ މީހަކު އޭނަގެ އެއްބަޑު އެއްބަފާ ކޮއްކޮއަށް އެފަދަކަމެއް ކޮއްފާނެކަމެވެ. ނަމަވެސް މިއީ ހަޤީޤަތެވެ. މުޅި ދުނިޔޭގެ ކިބައިން އެ ކޮއްކޮ ހިމާޔަތްކުރަން ހުރިމީހަކު ޚުދު އަމިއްލަ އަތުން އެ ކޮއްކޮގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެލީއެވެ.

ޝަޒިން އޭނާ ދެއްކި ވާހަކަތަކަކީ ހަޤީޤަތްކަން ހާމަކުރުމަށްޓަކައި ލާފައި ހުރި ގަމީހުގެ ފަހަތުގައި އިން ދެގޮށް ނައްޓާލަމުން، އޭނާގެ ކޮނޑުކައިރިން ތިރިއަށް އެޅިފައިވާ ލަކުނު ޖުމައިލް ފެނިގެންދިޔައެވެ. އެ ޒަޚަމް މިހާރު ފަސޭހަވެފައި ހުރި ކަމަކު އެތަނުގައިވާ ލަކުނު މުޅި އުމުރު ދުހުވާނެއެވެ. ޝަޒިންއަށް ލިބިފައިވާ ޒަޚަމްފެނި ޖުމައިލްގެ ހިތް ވިރުނުކަހަލައެވެ. ޝަޒިންގެނެސް އެ މޭގައި ފޮރުވާލީ މުޅިއުމުރަށްވެސް ޝަޒިންއަށް ހިމާޔަތްދޭން ހިތުން ވަޢުދުވަމުންނެވެ. ޝަޒިން ބިރުން ޖުމައިލްގެ އަތުތެރެއިން ދާކަށް ނޫޅެއެވެ. ޖުމައިލް އޭނާއަށް ދެރަގޮތެއް ވިޔަ ނުދޭނެކަން ޝަޒިންއަށް ޔަޤީނެވެ. ޝަޒިންގެ ކަރުނައިން އެ ގަމީހުގެ މޭމަތި ތެމެމުން ދިޔައިރު އިވެމުންދިޔައީ ހަމައެކަނި އޭނާގެ ގިސްލުމުގެ އަޑެވެ. ޖުމައިލްގެ ކޯތާފަތަށް ރޮގެންހެން ކަރުނަ ފޭބިއެވެ. އޭނާ ރޮނީއެވެ. ދުވަހަކުވެސް އަންހެންކުއްޖެއްގެ ސަބަބުން ރޮއެފައި ނުވާ ޖުމައިލް ލޯ މިއަދު އެންމެ އަންހެންކުއްޖެއްގެ ސަބަބުން ކަރުނުން ތެމުނީއެވެ.

“ނުރޮއެދެން. އަހަރެން މިހިރީއެއްނުން.. ނުދަމެއްނުން. ދެން މާގިނަ ދުވަހަކު ތި ބިރުވެރި ކަމުގެ ތެރޭގައި އުޅޭކަށް ނުޖެހޭނެ. ޝަޒޫ ޖެހޭނެ ވަރަށް ހިތްވަރުގަދަވާން.. އެކަހަލަ ފިރިހެނުންގެ ކުރިމަތީގައި ބަލިކަށިވެގެން ނުވާނެ. އެ ނުލަފާ މިހާއާއި ކުރިމަތީގައި ދެން ޝަޒޫ އެކަނިވެރިއެއް ނުވާނެ. ހުވާ ކޮއްފަމިބުނީ.. މިފަހަރު އެ ދާނިޝްގެ ދުވަސްދުއްވާލާނަން” ޖުމައިލްގެ މިހެން ބުނެލިއިރު އެހިތުގައި ބަދަލުހިފުމުގެ އަލިފާން ރޯވެގެން ދިޔައެވެ.

މާގަނޑުން ވެހެމުންދިޔަ ފެންތަށް ޝަޒިންގެ ދޮން ކޯތާފަތުގައި ބޮސްދެމުން ދިޔައިރު ކަރުނަތަށް އެފެނުގެ ތެރެއަށް ގެއްލިގެންދެއެވެ. އެ ސިއްރު ހާމަކުރެވުނީތީ ނަފްސު ލުއިވެގެން ދިޔައެވެ. ހިތުގެ ހުރިހާ އުދާހެއް ބޭރުވެ ހަމަ ނޭވާލެވެން ފެށިއެވެ. ފެންވަރާ ނިމިގެން އައިސް އަލަމާރީގައި ހަރުކުރެވިފައިވާ ބޮޑު ލޯގަނޑު ކުރިމަތީގައި ޝަޒިން ހުއްޓެލިއިރު އެ ލޮލުގައި ކަރުނައިގެ އެއްވެސް އަސްރެއްނެތެވެ. އެ ބުޅި އިސްތަށިގަނޑު ތެއްވެފައި ހުރުމުން ކަޅުލުކުލަ ގަދަހެން ހީވެއެވެ. ފިނިވެފައިވާ އެތުންފަތަށް ވެރިވީ ލުއި ހިނިތުން ވުމެކެވެ. ޖުމައިލްގެ ވާހަކަތުންނާއި އޭނާދިން ހިތްވަރުން ޝަޒިން މުޅިންހެން ބަދަލުވެއްޖެއެވެ. މިއަދާއި ހަމައަށް ދާނިޝްގެ ފަރާތުން ފިލަމުންއައި ކަމަކު ދެން އެހެންނެއް ނުވާނެއެވެ. ދާނިޝް އަދި އެނބުރި އަންނާނެއެވެ. އެ ދުވަހުން ޝަޒިންއަކީވެސް ނިކަމެތިވެ ދާނިޝްގެ ހިލިހިލައިގެ ދަށުގައި ހިފަހެއްޓިފައިވާ މީހެއް ނޫންކަން އޭނާ އަންގައިދޭނެއެވެ.

“ކިޔަން.. އާދެ މިކޮޅަށް. ދެން މީތިކޮޅު ކާލައިންނޭ ދާނީ..” ގޭތެރެއަށް ވަންދެގެންއައި މިޝަލްފެނި ކާންއިން ކިޔަން ދުވެފައި އެދިމާއަށް ދިއުމުން ދިމްނާ ބުނެލިއެވެ. މިޝަލް ލޯތްބާއިއެކީ ކިޔަން އުރާލިއެވެ. ދިމްނާ ތަށިހިފައިގެން އައިސް މިޝަލް ކުރިމަތީގައި ހުއްޓެލިއެވެ. މިޝަލްއާއި ދިމްނާ ކައިވެނި ކުރިތާ މިހާރު ދެ ދުވަސްވަނީއެވެ.

“އަވަހަށް ކާލާ އޭރުން ޑެޑީއާއެކީ ނިދަން ދެވޭނީ.. މަންމި ނުލާދޯ ނިދާނީ..” މިޝަލް ކަރީގައި ހުރި ދިމްނާއާއި ދިމާއަށް ބުމައަރުވާލަމުން ބުނެލިއެވެ. ކިޔަން ދެކޮޅުހެދުމެއް ނެތި އެންމެ ފަހު އިތިކޮޅު ކާލިއެވެ. ކިޔަން މިހާރު ދިމްނާއަށް ވުރެން ބޮޑަށް މިޝަލްއާއި ގުޅެއެވެ. ވާނީވެސް އެހެންތާއެވެ. އެތަށް ދުވަހަކަށްފަހު ބައްޕައެއްގެ ލޯތްބާއި އަޅާލުން ލިބުމުން ކިޔަން މިޝަލްކައިރިން ދުރަށްވެސް ނުދެއެވެ. މިޝަލް ކިޔަންގެ ބަޑު ކޮއްޓާލުމުން ލޯބިގޮތަކަށް ކިޔަންހޭންފެށުމުން މިޝަލްވެސް ހޭންފެށިއެވެ. ދެބަފައިން ހޭތަން ބަލަންހުރި ދިމްނާގެ ހިތް އުފަލުންފުރި ބަންޑުންވިއެވެ. އޭނާގެ ދުނިޔެ ފުރިހަމަވީއެވެ. ދެ މީހުން ހެނީވެސް އެއްގޮތަކަށްށޭ ހިތަށްއަރައި ދިމްނާގާތަށްވެސް ހިނިއައެވެ.

“އަހާ.. ހާދަވަރަކަށް ތިހެނީ..” ކޮޓަރިން ނިކުމެގެންއައި ސަލީމަށް މިޝަލްމެން ހޭތަންފެނި އަހާލިއެވެ. ސަލީމުއައިސް ކިޔަންގެ ކޮލުގައި ކޮއްޓާލިއެވެ. “ބައްޕަ ކާންވީނުން؟” ދިމްނާ ބަދިގެއަށް ވަދެ ތަށި ސިންކަށްލަމުން ބުނެލިއެވެ. “އާ.. ކާންވީ ހަމަ..” ކާ މޭޒުމަތީގައި އިށީދެލި ސަލީމު އެންމެންއައިސް ހަމަވަންދެން މަޑުކޮއްލިއެވެ.

“މިހަފްތާ ހޮނިހިރު ދުވަހު އެބައޮތް ޒީނީޔާގެ ކައިވެނި ޕާޓީ.. އެންމެން ދާންވާނެ.. ބައްޕަގެ ހުރި ހަމައެކަނި އެއްބަޑު އެއްބައްފާ ދައްތަގެ ދަރިފުޅުގެ ކައިވެންޏަށް ކޮންމެހެންވެސް އެންމެން ދާންވާނެ.. ދާނިޝްވެސް އަންނާނެ އެރޭ ޕާޓީއަށް.” ސަލީމު އެންމެ ފަހުން ބުނެލި ޖުމްލައިން ޝަޒިން އަނގައަށް ލާންނެގި ބަތް ސަމްސާވެސް ހުއްޓުނެވެ. ހިތުގެ ތެޅުން ކުއްލިއަކަށް އަވަސް ވީކީ މިފަހަރު ބިރުންނެއްނޫނެވެ. އުފަލުންނެވެ. މާގިނަ ދުވަހަކު ދެން އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ. ދާނިޝްއަށް ހުރިހާކަމަކުން ފިލައިގެން އުޅެވެންއޮތް އެންމެ ފަހު ދުވަސްތައް ގުނަންފެށީއެވެ. މިފަހަރު ދާނިޝްގެ ހަޤީޤީ ސޫރާ އެންމެންގެ ކުރިމަތީގައި ކަޝްފުވާނެއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

އެދި އެދި ހޯދީމޭ ( ފުރަތަމަ ބައި )

Next

ސިއްރު

Next
February 28, 2015

ސިއްރު

Previews
February 28, 2015

އެދި އެދި ހޯދީމޭ ( ފުރަތަމަ ބައި )

9 Comments!

  1. faai says:
    February 28, 2015 at 7:44 pm

    Alhe thankolheh dhigu kohdhyba plx… V v salhi… Waiting fr nxt…. 🙂

  2. shahee says:
    February 28, 2015 at 8:25 pm

    Wow bunaane echevs nygifaminy hama reethi kamun

  3. emme molhu myha says:
    February 28, 2015 at 9:50 pm

    story vvv rythi.. ekam vaahaka liyaa kujja emme faharaku ves vaahaka kiyaalihen hiyeh nuwey… vvvvv avahah nimmaalan ulheyhen hyvany .. plx try to improve

  4. mufff says:
    February 28, 2015 at 10:25 pm

    vrh salhi mi part…. bt thankolheh kuru v ma massalayakiy… next part thankolheh avahah genes dhechey plx

  5. nisha says:
    February 28, 2015 at 11:04 pm

    Varah salhi! Avahah up kohdheythi ingey!

  6. zaisha says:
    February 28, 2015 at 11:14 pm

    thanks guys 🙂

  7. shaoO says:
    March 1, 2015 at 8:10 am

    ehaa avaha nunimmachey… dhaanish ge bai dhigu kollaba… eyrun salhi vaanee 🙂
    waiting for the next part

  8. . says:
    March 1, 2015 at 10:47 am

    nice

  9. GuDuMeena says:
    September 23, 2015 at 11:44 pm

    ވާހަކަ ގެނެސްދީފަ އިން ގޮތް ވަރަށް ރީތި.. އިބާރާތް ކުރުމުގަ ކުށް މަދުވެފަ ސިފަކުރުން ވަރަށް ރީތި.. ކިޔާލާ ހިތުން ކިއުނު ޕާރޓެއް މީ.. 🙂
    best of luck.. !

Comments are closed.

Next Episodeކަޝްފު 12 (ފަހުބައި)←


All Right Reserved!