ދުވަސްތައް މަޒީ ވަމުން ދެއެވެ.ބަނޑުބޮޑުވުގެ ސަބަބުން އިމްނާގެ ހަށިގަނޑު ފަލަވެ ރީތިވެސް ވެއްޖެއެވެ. މިހާރު އިމްނާގެ ބަނޑަށް ހަމަސް ފުރި ހަތްމަސް ފުރެން ކައިރިވަނީއެވެ. “އަނހާ..އިމް!! އާދޭ އިށީންނަން…”.އިމްނާ ފެނުމުން ސުހާ ބުނެލިއެވެ.”ޖޫސް ތައްޓެއް ގެންނަންތަ؟”. ސުހާ އަހާލިއެވެ.”ބޭނުމެއް ނޫން..އާދެބަލަ ވާހަކަ ދައްކާލަން…”.އިމްނާ ބުނެލިއެވެ.”އިމް ތި ގޮތަށް އިންނާތީ އަހަންނަށް ވަރަށް ރީތި…މިހާރު ބަނޑަށް ކިތައް މަސް”.ސުހާ އަހާލިއެވެ.”ހަތް މަސް ވަނީ…ކީއްވެ ޝިޔާޒް ރަށަށް ބަދަލުވީ….”.އިމްނާ އެހިއެވެ.”ހަމަ ދެން ބަދަލުވީ…”.ކުރުގޮތަކަށް ސުހާ ޖަވާބުދިނެވެ.”ސުހާމެންވެސް ދެން ދަރިޔަކު ހޯދަން […]
“ދަރިފުޅާ!!!މަންމަ ހީކުރީ ދަރިފުޅު ހުންނާނީ މަންމަ ކައިރި ކަމަށް…މަންމަ މުސްކުޅިވެފަ ހުއްޓާ ދަރިފުޅުވެސް ދަނީތަ؟ދެން ކާކު މަންމަ ބަލާނީވެސް..”.އިމްނާގެ މަންމަ ވަހާކަ ދެއްކީ ރޮމުންނެވެ. “މަންމާ…އެކަމަކު ފަޒީލް ބޭނުންވަނީ މާލެ ބަދަލުވާން…އަހަރެން އަދި މަންމަ ކައިރިއަށް އަންނާނަމޭ…”އިމްނާ ބުނެލިއެވެ.”ކޮންދުހުކުން ފުރަނީ…؟”.އިމްނާގެ މަންމަ އެހިއެވެ.ދައްކަމުން އައި ވާހަކަ މެދު ކެނޑުނީ ފަޒީލް ގެއަށް ވަނުމުންނެވެ.”އިމް… މާދަމާއަށް ޓިކެޓް ލިބިއްޖެ….”.ފަޒީލް ބުނެލިއެވެ.މަންމަ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.”މަންމަ…ކިހިނެއްވީ؟”. މަންމަ ކޮޓަރިއަށް ވަނުމުން ފަޒީލް އެހިއެވެ.”ކަމެއް ނުވޭ…އަހަރެމެން ދާތީ މަންމަ ދެރަވީ…”.އިމްނާ ބުންޏެވެ. […]
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.ދެނީ ވަރަށް މިލަ ހަނދުވަރެކެވެ.ފަޒީލް އިނީ ބޭރުގައި އިން ޖޯލިފަތީގައެވެ.އޭނާ ގުޅީ އިމްނާއަށެވެ.”ކީއްކުރަނީ ލޯބީ…..؟”. އިމްނާ ފޯން ނެގުމުން ފަޒީލް އެހިއެވެ.”ކަމެއް ނުކުރަން….ފޫހިވެގެން ހަމަ އޮތީ..ފަޒީލް ކީއްކުރަނީ؟”. އިމްނާވެސް އަހާލިއެވެ.”މި އިނީ ސިނގިރޭޓެއް ބޯލަން….ކީއްވެ ފޫހިވަނީ…ދާންވީތަ ތި ތަނަށް؟”.ފަޒީލްގެ އަޑުގައި މަސްތީ ރާގު ކޮންމެވެސް ވަރަކަށް ވެއެވެ.”ހޫނ…އާދެބަލަ.އެކަމަކު މިއޮތީ ކޮޓަރީގަ..”.އިމްނާ ބުނެލިއެވެ.”ދާންވީ…ދިޔައްޔާ ކޮޓަރިއަށް ވައްދާނަންތަ؟”.ފަޒީލް އެހިއެވެ.”އަނެއްކާ ދޮގެއް…އަންނާނެކަމެއް ނެތް”.އިމްނާ ބުންޏެވެ. “މާ އަވަހަށް ދާންޖެހޭތީ ވަރަށް ފޫހިވެފަ މިހުރީ…ހިތަށް އަރާ ވަޒީފާއިން ކެނޑެން […]
“އައްސަލާމަލައިކުމް..”ވަރަށް ދަންނަ އަޑަކުން ސަލާން ގޮވާލިއެވެ. “ވައާލައިކުމުއްސަލާމް”.ބާރު އަޑަކުން ފަޒީލް ބުނެލިއެވެ.އަތުގައި ހުރި ފިނިފެން ފުޅި ފްރިޖަށް ލުމަށްފަހު ސިޓިންގް ރޫމަށް ނުކުންއިރު ގޭގެ ދޮރުމަތީ ހުރީ ސުހާއެވެ.އޭނާގެ ފަހަތުގައި އިމްނާއާއި އެހެން ދެތިން ކުއްޖަކުވެސް ތިއްބެވެ.ހީވަނީ ކޮންމެވެސް ކަމަކު އައިސް ތިބި ހެންނެވެ.ނަމަވެސް ފަޒީލްގެ ކަޅި ހުއްޓިފައި ވަނީ ސުހާގެ ފަހަތުގައި ހުރި އިމްނާއަށެވެ.”ކޮބާ މިގޭ ދައްތަ؟”.ސުހާ އަހާލިއެވެ.ނަމަވެސް ފަޒީލްއަކަށް އަޑެއް ނީވުނެވެ.އަދިވެސް ހުރީ އިމްނާއާއި ދިމާއަށް ބަލާށެވެ.”މަށަށް ހީވަނީ ކަލޭ ބީރުހެން..ކޮބާހޭ މިގޭ […]
އަޕްލޯޑު ކުރުމުގައި މިވާހަކައަށް ދިމާވި މައްސަލައެއް ޙައްލުކުރުމަށްފަހު އަލުން މިވަނީ އަޕްލޯޑުކުރެވިފައެވެ. “އިމްނާ…މީހަކާ ރައްޓެހިވާކަށް ނޫޅެންތަ؟”ސުހާ އަހާލީ ހެވިލާފައެވެ. “ހޫނ…ސުހާ އަބަދު ދައްކާނީ އެކަހަލަ ވާހަކަ..އެނޫން އެހެން ވާހަކައެއް ދައްކަބަލަ..”.ފޯނުގެ ގަޑި ބަލާލަމުން އިމްނާ ބުނެލިއެވެ. “މިހެން މިބުނީ އަހަރެމެން އުމުރުގެ ކުދިންތަކުގެ ތެރެއިން މިހާރު މީހަކާ ރައްޓެހިނުވެ ހުރީ އިމްނާ އެކަނިހެން ހީވާތީ…..”.ހީލާފައި ސުހާ ބުނެލިއެވެ. “ސުހާވެސް ތިހުރީއްނު…މީހަކާ ރައްޓެހިވާކަށް ނޫޅެން!އެހެންނޫނަސް ރައްޓެހިވާހިތެއް ނުވޭ…”.ފޫހި ރާގަކަށް އިމްނާ ވާހަކަ ދެއްކިއެވެ. “ކިހިނެއްވީ؟”.ސުހާ އަހާލިއެވެ. “އާނ..ރައްޓެހިވާއިރަށް ކިޔާނެ […]