Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 12

darkangel Level 210 Stories
February 27, 2015 4 Mins Read
7 Comments

 

“އަހަންނަށް އެންމެ ރީތީ އަހަރެންގެ މަންމަ ގޮތަށް ބުރުގާ އަޅާފައިތިބޭ ކުދިން” ރާއިން ޖަބާބުދިނީ ޒާޔާއާއިދިމާއަށް ބަލަހައްޓައިގެން އިނދެގެނެވެ. ޒާޔާއަށްވެސް އެއަޑު ކިތަންމެ ރީއްޗަކަށްވެސް އަޑުއިވުނެވެ. އެއީ އޭނައަށް ބުނި އެއްޗެއްކަންވެސް އޭނައަށް ނަގައިގަނެވުނީ ރާއިން ބަލަހައްޓއިގެން އިނުމުންނެވެ. ސަނާއައިސް ރާއިންއާއި ދިމާކުރަމުން ވާހަކަ ދައްކަން ފެށިއެވެ. އެތާގައި މަޑުކުރަން ނޫޅެ ޒާޔާ ކޮޓަރިއަށްދާން ހިނގައިގަތެވެ. ފަހަތުން ރާއިން ދާންބޭނުންވި ކަމުގައިވިޔަސް ކުއްލިއަކަށް ތެދުވެގެން ދާން ނުކެރުނީ ސަނާ އާއި ޝާން ވާހަކަ ދައްކަން ތިބުމުންނެވެ.

ޝާންމެން ކޮޓަރިއަށް ވަނުމުން ޒާޔާގާތަށް ދާން ރާއިން ހިނގައިގަތެވެ. ޒާޔާގެ ކޮޓަރިއާހަމައަށް އަރާފައި ދެކޮޅުބަލާލީ އެއްވެސް މީހަކު ހުރިތޯބަލާލުމުގެ ގޮތުންނެވެ. މީހަކުފެންނަން ނެތުމުން އަވަހަށް ކޮޓަރިއަށްވަނެވެ. އަދި ތަޅުލިއެވެ. އޭރު ޒާޔާހުރީ ބެލްކަނީދޮރުކައިރީގައެވެ. ރާއިންއާއި ދިމާއަށް ބަލާލުމަށްފަހު ހީލއެވެ. ރާއިން އައިސް އޭނަގެ ފަހަތުން ބައްދާލައިގެން ހުއްޓެވެ. ބަހަކުން ބަހެއްނުބުނެ ޒާޔާގެ ގައިގައި ބައަދާލައިގެން އޭނަ ހުއްޓެވެ.

“މިއަދު ކީއްވެތަ މޫޑީވެފަ ހުރީ” ޒާޔާ އޭނަގެ އުނނަގަނޑުގައި ވަށާލެވިފައިވާ ރާއިނގެ އަތުގައި ފިރުމާލަމުން އަހާލިއެވެ.

“އަހަރެން ބޭނުމެއްނޫން ޒާއާއި ދިމާ އެހެން އެއްވެސް މީހަކު ބަލާކަށް، ޔޫއަރ އޮންލީ މައިން، ތިރީތިކަމަކީވެސް ތިހަށިގަނޑަކީވެސް ތިހިތަކީވެސް” ޒާޔާގެ އިސްތަށިގަނޑުގައި ވަސްގަނެލަމުން ރާއިން ޖަވާބުދިނެވެ.

“ހަމައެހާ ލޯބިވޭތަ ޒާދެކެ، އެހެންމީހަކު ޒާއާ ދިމާލަށް ބަލާލަންވެސް ނުރުހޭވަރަށް، އެހެވެދޯ ދެންމެ އެހެންބުނީ،” ކުޑައިރުކޮޅެއްކުރިން ޝާން ކުރި ސުވާލަށް ރާއިން ދިންޖަވާބަށް އިޝާރާތް ކުރަމުން ޒާޔާއަހާލިއެވެ. ޒާޔާގެ ގައިން ދޫކޮށްލުމަށްފަހު ބޮލުގެ އިސްތަށިގަނޑަށް އެއްއަތް މަހާލުމަށްފަހު ލޯހަނިކޮށް ޒާޔާއާއި ދިމައަށް ބަލާލަމުން ރާއިން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ރާއިންގެ އެއަމަލުން ޒާޔާއަށް ހެވުނެވެ. އަދި ރާއިންގެ ގައިގައި ބައްދާލުމަށްފަހު ރާއިން ދޫކޮށް ދުވަހަކުވެސް ނުދާން ޒާޔާ ވައުދުވިއެވެ.

“ދެން ރީތިހާ އެއްޗިއްސައް ބެލުމަކީ އިންސާނީ އާދަދޯ” ރާއިންވެސް ޒާޔާގެ ގައިގައި ބައްދާލަމުން ހީލާފައި ބުނެލިއެވެ.

“ދައްކަބަ އަތް” ޒާޔާގެ ގައިންދޫކޮށްލުމަށްފަހު ރާއިން ބުނެލިއެވެ. ޒާޔާއެއީ ކީއްކުރަންތޯ އަހާފައި އަނެއްކާ ރޭގަ ދިން އަނގޮޓި އަޅުވަންތޯ އަހާލިއެވެ. ރާއިން ހީލާފައި ދެފަރާތަށް ބޯހޫރާލިއެވެ. އަދި އޭނަގެ ޖީބުން ނެގި ރިހިކުލައިގެ ހިމަ ކެވެލިކޮޅެއްނެގިއެވެ. ކުދި އެސްތަކެއް ޖަހާފައިވާ އެކެވެލިކޮޅު ކިތަންމެ އާދައިގެ ކެވެލިކޮޅަކަށްވިނަމަވެސް ރީއްޗެވެ.

“ނޫނެކޭ ނުބުނާތި، ރޯޒް އާއި ޗޮކްލެޓް އެކަންޏެއް ނޫންދޯ ރާއިން ޒާއަށް ދޭންބޭނުންވާނީ، ރީތި ގިފްޓްވެސް ދޭން ބޭނުމޭ، ޕްލަސް މުއްސަންޖެއްގެ ހުރި ހަމައެކަނި ދަރިފުޅޭމަމިއީ، އަހަރެންގެ ޖީއެފް އަށް ކިތަންމެ ވަރަކަށް ހަރަދު ކުރިޔަސް އެއްޗެކޭ ބުނާނެ މީހަކު ނޫޅޭނެ، ޑޭޓަކަށް ބޭރަށް ނުދާންވެސް މިހުންނަނީ އަދި މިއީ އަންޑަރ ސީކްރެޓް ގައި ވާ ރިލޭޝަން އަކަށްވާތީ، ބަޓް ދިސް އިޒް ސްޕެޝިއަލް، އެހާ އަގުބޮޑެއްވެސް ނޫން، މީހުން ސުވާލެއްވެސް ނުކުރާނެ، އަޅައެއްވެސް ނުގަންނާނެ، ސޯ….” ޒާޔާ އެއްޗެކޭ ބުނަން އަނގަހުޅުވާލިތަނާ ރާއިން އެއްފައްޗަކަށް ހުރިހާއެއްޗެއް ކިޔާލަމުން އެކެވެލިކޮޅު ޒާޔާގެ އަތުގައި އަޅުވާލަދިނެވެ. ރާއިންގެ އެސިފަ ޒާޔާއަށް މީގެ ކުރިން ފެނިފައި ނުވުމުން އޭނަހުރީ އަނގަ ހުޅުވިފައެވެ. ރާއިން ހީލާފައި ޒާޔާގެ އަނގަ ލައްޕާލިއެވެ. އެއާއެކު ދެމީހުންނަށް އެއްފަހަރާ ހެވިއްޖެއެވެ.

“ޕްރޮމިސް މީ، އަހަރެންދެކެ ލޯބިވާހާ ހިނދަކު މިކެވެލިކޮޅު މިއަތުން ނުނަގާނަން ކަމަށް، އަހަރެންނަށް އިންތިޒާރު ކުރާނަންކަމަށް، ޕްރޮމިސް މީ” ހުނުން ހުއްޓާލުމަށްފަހު ރާއިން ޒާޔާގެ އަތުގައި ހިފާލަމުން ބުނެލީ ވަރަށް ލޯބިންނެވެ. އަދި އެދެ އަތްތިލާގައި ބޮސްދިނެވެ. ޒާޔާ ރާއިންބޭނުންވިފަދައިން ވައުދުވިއެވެ. އުފަލުން ހުރެއެވެ.

“ޒާ އައި ނޯ، ޒާއަދި ކުޑަކަން، އެން މިއީ ޒާގެ ކިޔެވުމުގެ އެންމެ މުހިންމު އަހަރުކަން، އަހަރެން ދެން ޗުއްޓީއަށް އަންނައިރު ޒާގެ އެގްޒާމްވެސް ނިމޭނެ، އޭރުން މަމްމެން ގާތުބުނެވޭނެއްނު، އޭރުން އެމީހުން ރުޅިއެއްވެސް ނާންނާނެ، އަހަރެން ބޭނުމެއްނޫން އަހަރެންނާއައި ހެދި ޒާގެ ކިޔެވުން ހަލާކުވާކަށް، އަހަންނާއިހެދި ޒާގެ ކިޔެވުމަށް ކުޑަވެސް ބުރުލެއް އަރާކަށް،އައި ވިލް ވެއިޓް ޒާ ނިމެންދެން، އަހަންނަށް އިނގޭ ޒާވެސް ވެއިޓްކުރާނެކަން. ޒާގެ ރާއިން އަށްޓަކާ ކަމެއްކޮށްދޭނަންތަ؟” ސޯފާގައި އިށިއިނދެ ޒާޔާ އޭނަގެ އުނގުމަތީ ބައިންދަމުން ރާއިންވާހަކަ ދެއްކީ މަޑުމަޑުންނެވެ. ޒާޔާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“އަހަރެން ބޭނުންވަނީ ޒާކިޔަވަން، މިކަންތަކާ ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނަން، އަހަރެން ބޭނުން އަހަރެންގެ ވައިފްއަކީ ވަރަށް މޮޅު ކުއްޖަކަށްވާން، އިޓްސް ނޮޓް އަ ބްރޭކް އަޕް، އެކޮޅުގަ ޓައިމް ތަފާތުވީމަވެސް އުދަގޫވާނެ، އަަހެރެން ބޭނުމެއްނޫން އެއިންއެއްވެސް ކަމަކާހެދި ޒާގެ ކިޔެވުމަށް ކުޑަވެސް އަސަރެއްކުރާކަށް، އަހަރެން އަންނަންދެން އަހަންނަށް ވެއިޓް ކޮއްދީފާނަންތަ. އެން އަހަންނަށްޓަކައި ކިޔަވައި ވަރަށް މޮޅުކުއްޖަކަށް ވެދާނަންތަ، އޭރުން އަހަރުންގެ މިގުޅުމަށް ނޫނެކޭ ބުނާނެ އެކަކުވެސް ނޫޅޭނެ، ޕްލީޒް ޑޫއިޓް ފޯމީ،” ރާއިން އާދޭހުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ. އޭރު ޒާޔާއަށް ރޮވިއްޖެއެވެ. ރާއިން ޒާޔާގާތު ނުރުއިމަށް ބުންޏެވެ. ރާއިންގެ މޭގައި ބޯއަޅާލައިގެން އޮވެ ޒާޔާއެތަށް އިރަކު ރުއެވެ. ޒާޔާ އޭނަދެކެ ލޯބިވާވަރު އެކަމުންވެސް ޒާޔާއަށް އިހުސާސްވިއެވެ.

“ޒާޔާ، ދެޓްސް އިނަފް ނައު، ދެން ހުއްޓާލަބަ، ޕްލީޒް” ރާއިންގެ އާދޭސްތަކަށް ޒާޔާއަށް ޖެހުނީ ރުއިން ހުއްޓާލާށެވެ.

“ޑޫޔޫ ޓްރަސްޓް މީ،” ޒާޔާގެ މޫނު ރާއިންގެ ދެއަތުގެ ތެރެއަށްލަމުން ރާއިން އަހާލިއެވެ. ޒާޔާ ބޯޖަހާލިއެވެ.

“އެހެންވީރު ނުރޮއިބަ، ޒާޔާ ހެޕީކޮށް މިއަހަރު ހަމަ ނޯމަލްކޮށް އުޅެބަ، ކިޔަވާފަ ފްރެންޑްސް އާއި އެކު، އެމް ނޮޓް ލީވިންގ ޔޫ، އައި ވޯންޓް ބެސްޓް ތިންގް ފޯޔޫ، ރާއިންއަށްޓައި މިކަމެއް ނުކޮށްދޭނަންތަ، ޕްލީޒް…. އޯލެވެލް ނިންމާފަ އައިވޯންޓް ޒާ އޭލެވެލްވެސް ހަދަން އެއަށްފަހު ބޭނުން ދާއިރާއަކުން، ފޯރމީ، ޕްލީޒް ސްޓަޑީކޮއްބަ” ޒާޔާ އާއެކޭ ބުންޏެވެ. އަދި ރާއިން ލައްވާ ވައުދުކުރުވިއެވެ. އޭނަ ދޫކޮށްފައި ދުވަހަކުވެސް އެހެންމީހެއްގާތަށް ނުދިއުމަށެވެ. އެހިތުން އެދިރިއުޅުމުން އެހެންމީހަކަށް ޖާގަ ނުދިނުމަށެވެ. އޭނަ ދޫކޮށްނުލުމަށެވެ. އޭނައަށް އިންތިޒާރު ކުރުމަށެވެ. ޒާޔާ ހިތަށް ތަސައްލީވަންދެން ރާއިން ވައުދުވިއެވެ.

އެރޭގެހުރިހާވަގުތެއް ރާއިންހޭދަކުރީ ޒާޔާއާއި އެކުގައެވެ. އޭނައާއި ވާހަކަ ދެއްކުމުގައެވެ. އޭނަގެ އަތުތެރޭ ނިދިފައިއްއޮތް ޒާޔާގެ މޫނަށް ބަލަހައްޓައިގެން އޭނަ އިނެވެ. އަބަދު އެހެން ސިއްރުން ނޫޅެވޭނެކަންވެސް އޭނައަށް އެނގެއެވެ. އެގޮތަށް ނިންމީވެސް އެހެންވެގެންނެވެ. ޒާޔާއާއި ނުލާ އުޅޭނެ ހިތްވަރެއް އޭނަގެ ނެތެވެ. ޒާޔާއާއި ދުރުގައި ހުރިނަމަވެސް އޭނައަށް ޒާޔާގެ ހާލުބެލޭނެއެވެ. ޒާޔާ އޭނައަށް އިންތިޒާރުކުރާނެކަންވެސް އެނގެއެވެ. ފަތިސްވާން ކައިރިވެފައި ހުއްޓާ ރާއިން އެކޮޓަރިން ނުކުމެގެން ދިޔައެވެ.

******************************************************************

ރާއިން ފުރަންހަމަޖެހިފައިވަނީ ޖެހިގެން އޮތްދުވަހުގެ ހެނދުނުއެވެ. ބިޒްނަސް ކޮންފެރެންސް އަކަށް އެޓެންޑްވާން ޔާސިރުވެސް ރާއިންއާއިއެކު ދާންހަމަޖެހުނެވެ. ގޭތެރެއިން އެދުވަހު ޒާޔާ މާގިނައެއްކޮން ނުފެނެއެވެ. ރޭގައި ރޮއިފައިކަން އެދެލޮލަށް ބަލާލުމުން އެނގެއެވެ. އެދުވަހު ހަވީރު ރާއިން ބޭރަށްދިޔަގޮތަށް 10 ޖެހިއިރުވެސް ނާދެއެވެ. މިކަމާއިހެދި ސަލްމާ ހުރީ ހިތްހަމަނުޖެހިފައެވެ. އަދި އެއްވެސް އެއްޗެއް ޕެކްވެސް ނުކޮށްހުރީމައެވެ. ރޭގަނޑު ކައި ނިމިގެން ޒާޔާވެސް ސިޓިންގ ރޫމުގައި މަޑުކުރީ ރާއިން ނާންނާތީއެވެ. 10 ބައި އެހާކަތްހާއިރު ރާއިން ގެއަށް އައެވެ. ސަލްމާ ރުޅިއައިސްފައި ހުރުމުން އޭނަ އަވަހަށް ދިޔައީ އެއްޗެހި ޕެކް ކުރާށެވެ. އެތާގއި ޝާންއާއި ސަނާއުޅެއެވެ. ޒާޔާ ކޮޓަރިއަށް ދިޔައީ އޭގެ ކުޑައިރުކޮޅެއްފަހުންނެވެ. އޭނަ ކޮޓަރިއަށް ދިޔަތާ މާގިނަ އިރެއްނުވެ ރާއިންގެ މެސެޖެއް އައެވެ. ނުނިދާ ވެއިޓްކުރުމަށް އެދިއެވެ.

12 ޖަހަން ކައިރިވެފައި ހުއްޓާ ރާއިން ޒާޔާގެ ކޮޓަރިއަށް އައެވެ. އޭނަގެ އަތުގައި މާބޮނޑިއަކާއި ޕާރްސަލެއްއޮތެވެ. ޒާޔާއިނީ އެނދުމަތީގައި އިށިއިނދެލައިގެން ވާހަކަ ފޮތެއްކިޔުމަށެވެ. ރާއިން އައިސް އޭނަގެ މަގަތުގައި އިނދެލާފައި އެއެއްޗެހި އޭނަ އަތަށް ދިނެވެ. މާބޮނޑި އެނދުމަތީ ބޭއްވުމަށްފަހު ޕާރްސަލް ކަނޑާލިއެވެ. އޭގައި އޮތީ ނޫކުލައިގެ ފަނޑުކޮށްހުރި މާތަކެއްޖަހާފައިވާ ކަޅުކުލައާއި އަޅިކުލަ ހިމެނޭ ޝޯވްއެކެވެ.

“އަހަރެން ބޭނުންވަނީ ދެން އަހަރެންނަށް ޒާފެންނައިރު ބުރުގާ އަޅައިގެން ހުންނަން، ޕްލީޒް” ރާއިން ޒާޔާގެ ކޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޒާޔާ ހީލުމަށްފަހު ބޯޖަހާލިއެވެ.

“އެކަމް، ކުރުއެއްޗެއްސެއް ނޫން، މަމް ލާގޮތަށް ބޮޑުކޮށް ހުންނަ ހެދުން، ބަޓް އިޓް ޑަސަންޓް ހޭވް ޓްބީ އޮންލީ ބްލެކް.” ރާއިން އިތުރުކޮށްލިއެވެ. ދެންވެސް ޒާޔާ އާއެކޭ ބުނެލުމަށް ބޯޖަހާލިއެވެ.

“އޯކޭތަ މިރޭ އަހަރެން މިތާ މަޑުކުރިޔަސް……….” ޒާޔާގެ މޫނަށް ބަލަންއިނދެ ރާއިން މަޑުމަޑުން ބުނެލިއެވެ. ޒާޔާއިނީ ދެރަވެފައިކަން އެނގޭތީ އޭނަ ބޭނުންވީ ޒާޔާގެ ހިތްހަމަޖައްސާދޭށެވެ. އެނދުމަތީ އޮތް މާބޮނޑި މޭޒުމަތީ ބޭއްވުމަށްފަހު ރާއިން އައިސް އެދުގައި އޮށުއޮވެލިއެވެ. އަދި ޒާޔާއޭނަގެ އަތުރެތެއަށް ގެނައެވެ.

“އަހަރެން ބޭނުންވަނީ އަބަދުވެސް މިގޮތަށް ރާއިންގެ އަތުތެރޭ ވުމަށް” ޒާޔާ ރާއިންގެ މޭގައި މޫނުފޮރުވާލައިގެން އޮވެ ބުނެލިއެވެ. ރާއިން ދުވަހަކުވެސް އޭނަ ދޫކޮށްނުލުމަށް ވައުދުވަމުން ޒާުާޣެ ބޮލުގައި ބޮސްދިނެވެ. އެކިއެކި ވާހަކަދައްކަން ތިބުމަށްފަހު ދެމީހުންނަށްނިދުނީ ކޮންއިރަކު ކަމެއްވެސް ނޭގުނެވެ. ހެނދުނު ޒާޔާއަށް ހޭލެވުނީ ރާއިންގެ ފޯނު އެލާމްވާއަޑަށެވެ. ބޯލާ ބާލިސްކައިރީގައި އޮތް ފޯނުގެ އެލާމް ކަނޑާލުމަށްފަހު ރާއިނގެ މޫނަށް ޒާޔާބަލާލިއެވެ. އެތަނަވަސް ނިތްކުރީގައި ބޮސްދިނެވެ. ރާއިންއަށް ހޭލެވުނީ ޒާޔާއެގޮތަށް ބަލަހައްޓައިގެން އޮނަނަތާ އިރުކޮޅެއްފަހުންނެވެ. ލޯދެފަހަރަކު މަރާފައި ހުޅުވާލުމަށްފަހު ގަޑިންވީއިރެއް އަހާލިއެވެ. ގަޑިން 6 ޖެހީކަމަށް ޒާޔާބުނެލިއެވެ. ޗެކިން އޮތީ 9 ޖަހާއިރެވެ. އެހާއިރު ވަންދެންވެސް އޭނަބޭނުންވަނީ ޒާޔާކައިރީގައި ވުމަށެވެ. ނަމަވެސް އެހެންމީހުން ހޭލައިގެން ގޭތެރޭގައި އުޅެންފެށުމުގެ ކުރިން ޒާޔާގެ ކޮޓަރިން ނުކުމެގެން އޭޏަގެ ކޮޓަރިއަށްދާންވެސް އެބަޖެހެއެވެ. ކުޑަކޮށް ދެމިލުމަށްފަހު އެނދުން ތެދުވެ ޒާޔާއަށް އަތްދިއްކޮށްލިއެވެ. އެއަތުގައި ހިފުމަށްފަހު ޒާޔާވެސް އެނދުންތެދުވެ ހެނދުންރީތިކޮށްލިއެވެ. ރާއިން ޒާޔާގެ ގައިގައި ބައްދާލުމަށްފަހު މޫނުގެ އެކިތަންތާގައި ބޮސްދިނެވެ. އަދިވަރަށް ލޯބިން އޭނައަށް އިންތިޒާރުކުރުމަށް އެދުނެވެ.

“އޯލްވޭސް ރިމެންބަރ، އައިލަވްޔޫ އަލޮޓް، އެން އައިލަވް އޮންލީ ޔޫ” އެމަޑުތުންފަތުގައި ބޮސްދިނުމަށްފަހު ޒާޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ނިތާއިނިތް ޖައްސާލައިގެން ހުރެ ރާއިން މަޑުމަޑުން ބުނެލިއެވެ. ޒާޔާގެ އަތުގައި ބޮސްދިނުމަށްފަހު އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ކޮޓަރީގެ ދޮރުހުޅުވާލުމަށްފު ދެކޮޅުބަލާލިއެވެ. މީހަކު ފެންނަންނެތުމުން އަވަސްއަވަހަށް އޭނަގެ ކޮޓަރިއަށް ދިޔައެވެ.

ހެނދުނުގެ ނާޝްތާކުރުމަށްފަހު ގޭގެ އެންމެންވެސް ރާއިން އާއިއެކު އެއަރޕޯޓަށް ދާން ތައްޔާރުވިއެވެ. އެއީ ހޮނިހިރު ދުވަހެއްކަމުން ޒާޔާވެސް ހުރީގޭގައެވެ. ނަމަވެސް އެމީހުންނާއި އެކު އޭނައަކަށްދާކަށް ނުކެރުނެވެ. އެންމެން ކާރަށްއެރިގަޑިގައި ޒާޔާހުރީ ބެލްކަނީގައެވެ. ރާއިން ކާރަށް އަރަމުން އެމޫނަށް ބަލާލިއެވެ. ޒާޔާހީލުމަށްފަހު މަޑުމަޑުން އަތުން ހަނާ އަޅާލިއެވެ.

“އައިލަވްޔޫ” ކާރަށް އެރުމަށްފަހު ރާއިން ޒާޔާއަށް މެސެޖެއް ފޮނުވާލިއެވެ. އެމެސެޖުގެ ޖަވާބުގައި ޒާޔާވެސް ހަމައެހެން ލިޔެލިއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ކަޝްފު 10

Next

އެދި އެދި ހޯދީމޭ ( ފުރަތަމަ ބައި )

Next
February 28, 2015

އެދި އެދި ހޯދީމޭ ( ފުރަތަމަ ބައި )

Previews
February 26, 2015

ކަޝްފު 10

7 Comments!

  1. saf says:
    February 27, 2015 at 2:36 pm

    Wow , its so beautiful writing …hurray for writer

  2. shahee says:
    February 27, 2015 at 6:54 pm

    Vvvv nice next part avaha up koh dhechy

  3. Eye-shaa says:
    February 28, 2015 at 1:04 am

    Yeyyy mi part vx hama habeyxxx… love dis story… nxt part avahahh alhe up kohhdhyba

  4. vaahaka kiyaa kujja says:
    February 28, 2015 at 1:37 am

    V v v reethi story.. ekm thankolheh kuruhen heevany.. vedhaane kiyaa hiyvaaleh bodu kamun kamah.. anyways good luck 🙂

  5. yum-yumy says:
    February 28, 2015 at 12:42 pm

    vvvvvvvv reethi love dis story … nxt part avahahh up kohdhechy

  6. shau says:
    March 1, 2015 at 8:57 pm

    woooooww…. i jst luv dis story… so romantic n carin….plzzzz avahah up kohdhy….

  7. same says:
    March 2, 2015 at 6:49 am

    Wowww v v reethi vaahaka eh BT hadha lahey aneh bai genasdheyleh dhw…….

Comments are closed.


All Right Reserved!