Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދި އެދި ހޯދީމޭ ( ފުރަތަމަ ބައި )

musthafa Level 1
February 28, 2015 4 Mins Read
2 Comments

އަޕްލޯޑު ކުރުމުގައި މިވާހަކައަށް ދިމާވި މައްސަލައެއް ޙައްލުކުރުމަށްފަހު އަލުން މިވަނީ އަޕްލޯޑުކުރެވިފައެވެ.

“އިމްނާ…މީހަކާ ރައްޓެހިވާކަށް ނޫޅެންތަ؟”ސުހާ އަހާލީ ހެވިލާފައެވެ.

“ހޫނ…ސުހާ އަބަދު ދައްކާނީ އެކަހަލަ ވާހަކަ..އެނޫން އެހެން ވާހަކައެއް ދައްކަބަލަ..”.ފޯނުގެ ގަޑި ބަލާލަމުން އިމްނާ ބުނެލިއެވެ.

“މިހެން މިބުނީ އަހަރެމެން އުމުރުގެ ކުދިންތަކުގެ ތެރެއިން މިހާރު މީހަކާ ރައްޓެހިނުވެ ހުރީ އިމްނާ އެކަނިހެން ހީވާތީ…..”.ހީލާފައި ސުހާ ބުނެލިއެވެ.

“ސުހާވެސް ތިހުރީއްނު…މީހަކާ ރައްޓެހިވާކަށް ނޫޅެން!އެހެންނޫނަސް ރައްޓެހިވާހިތެއް ނުވޭ…”.ފޫހި ރާގަކަށް އިމްނާ ވާހަކަ ދެއްކިއެވެ.

“ކިހިނެއްވީ؟”.ސުހާ އަހާލިއެވެ.

“އާނ..ރައްޓެހިވާއިރަށް ކިޔާނެ އިންނަން.ދެން އިންނަތަނުން ލިބޭނީ ދަރިޔަކު..އެހިސާބުން މިނިވަންކަން ގެއްލުނީ”.ހިނިއައިސްފައި އިމްނާ ބުނެލިއެވެ.

“ތިހެން ހުއްޓާ އުމުރު ހުސްވާނީ….”.މަލާމާތުގެ ރާގަކަށް ސުހާ ބުނެލިއެވެ.

“ހޫނ…ދެން ތިވާހަކަ ހުއްޓަން ވެއްޖެއެއްނު…މިހާރު އެހެރަ ބާރަ ޖެހީ…ދެން ދަނީ އިނގޭ..”.މިހެން ބުނެފައި އިމްނާ ހިނގައިގަތެވެ.

ހަވީރުގެ ފިނި ޖެހިލުމުން އިމްނާ އާއި ސުހާ ދިޔައީ ކުރިއަށް އޮތް އަޟްހާ ޢީދުގައި ބާއްވާ މިއުޒިކް ޝޯވްއަށް ތައްޔާރުވުމަށް ދަސްކުރުމަށްޓަކައި އެރަށު ޒުވާނުންގެ ޖަމިއްޔާއަށެވެ.މިއަހަރުގެ އީދުގެ ރޭތައް ވަރަށް ފޯރިގަދަ ވާނެކަމަށް ރަށުތެރޭގައި އޮތީ އަޑު ފެތުރިފައެވެ.އެއީ ހަޤީގަތަކަށް ހެދުމަށްޓަކައި އިމްނާމެންގެ ޑާންސް ގްރޫޕު ދަނީ ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވަމުންނެވެ.ރަށުން ބޭރުން ބީރައްޓެހިންނާއި ސަރުކާރުގެ މަތީ ބޭފުޅުންވެސް ރަށަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

“މަންމާ…މަންމާ…”.ފަޒީލް އައިސް ސޯފާގައި އިށީންނަމުން ގޮވާލިއެވެ.”އޯތް ދަރިފުޅާ…ކިހިނެއްވީ؟”.ފަޒީލްގެ މަންމަ ސަމީމާ އަހާލިއެވެ.”އާދެބަލަ ފެންތައްޓެއް ހިފައިގެން…”.މޭޒުމަތީ އޮތް ނޫހެއް ނަގަމުން ފަޒީލް ބުނެލިއެވެ.”މިއަހަރު ޢީދު ބަންދަށް އަހަރެން ބޭނުންވަނީ މަކުނުދޫއަށް ދާން..”.ފަޒީލް ބުނެލިއެވެ.”ކީކޭ..މަކުނުދޫއޭ…”.ސަމީމާ އަހާލިއެވެ.”އާނ…ހދ.މަކުނުދޫ..އަހަރެން އުޅޭ އޮފީހުގަ އުޅޭނެ މަކުނުދޫ ކުއްޖެއް.އޭނަ ބުނި މިފަހަރު އެރަށުގެ ވަރަށް ފޯރިގަދަވާނެޔޭ…އެހެންވީމަ އެރަށަށް  ދާންވާނެޔޭ ބުނި”.ފެންފޮދެއް ބޯލުމަށްފަހު ފަޒީލް ބުންޏެވެ.

“ކޮބާ މިހާރު ޝިމްލާ ހުރިހާ ހެދުމެއް ފަހާ ނިންމީތަ؟ޖެހޭނެ ވަރަށް ގަދަޔަށް ނަށަން…މާލެ މީހުންވެސް ވަރަށް ގިނައިން އާދެޔޯ….ސަޅި ބިޓެއްވެސް އަތުވެދާނެ…”.އިމްނާ ބުނެލިއެވެ.”އާނ…ކީކޭ..ތިހެންވިއްޔާ މިފަހަރު ބީރެއްޓެއްސަކު އިމްނާ ގެންދާނެ”.ސުހާގެ ކަންފަތުގައި އަޅައިގަތީ އިމްނާ އެންމެ ފަހުން ބުނި ޖުމްލައެވެ. “ހޫނ…ތިއެއްނޫނޭ….މިއަހަރުވެސް ޖެހޭނެއްނު ޢީދުބޮނޑި އަޅަން.އަހަރެމެން ނަށާ ގްރޫޕް އުޅޭ ބޮނޑިއެއް އަޅަން”.އިމްނާ މަޢްޟޫ ބަދަލުކޮށްލިއެވެ.”އާނ..އަޅަންވާނެ.އެކަމަކު ދެރައީ އެ ބޮނޑި އަޅާފަ ފޮރުވުމުގެ ކުރިން މިއުޅޭ ފިރެހެން ވެރިން ނަގައިގެން ގެންދާތީ…”.ސުހާ ބުނެލިއެވެ.”ދެތިން ބޮނޑިއެއް އަޅާނީއޭ…މިފަހަރު ޖެހޭނެ ވަރަށް ރަނގަޅުތަނަކަށްލައި ފޮރުވަން”.އިމްނާ ބުނެލިއެވެ.

“ފޮރުވިޔަސް ނަގާނީއޭ…އަންހެންވެރިންނަށް ކޮން ގަދައެއް ހެދޭނީ…”ޝިޔާޒް،ފަޒީލްއަށް ޢީދުބޮނޑީގެ ވާހަކަ ކިޔައިދިނުމުން ވަރަށް ކެރިލާފައި ފަޒީލް ބުނެލިއެވެ.”ކަލޯ…..ރަށުގަ އުޅޭނެ އިނގޭ ސަޅި ބިޓުންވެސް”.ޝިޔާޒް ބުނެލިއެވެ.”އެހެންތަ؟ދެން ބިޓެއްވެސް ވިއްޔާ ނަގައިގެން އަންނާނީ….”ފޯނުގެ ގަޑި ބަލާލުމަށްފަހު ފަޒީލް ބުނެލިއެވެ.”ބިޓުންވާނެ….ރަށު އަންހެން ގްރޫޕެއް ނަށަޔޯ މިފަހަރު.ކަލޭ އަންހެން ކުއްޖަކާ އެކީ ނަށަން އަރާލާނީ…”ޝިޔާޒް ދިމާކޮށްލިއެވެ.

ޢީދުގެ ކުޅިވަރުތައް ބަލަން ބީރަށްޓެހިން އަރާ ފުރިއްޖެއެވެ.ރަށުގެ ބޯޓުންވެސް ރަށަށް ވަރަށް ގިނަ މީހުން އަންނަން އޮތީ ހަމަޖެހިފައެވެ.”އޭއް އިނގޭތަ….މިއަދު އެއްކަލަ ފަރީސަދައިތަގޭ ޝިޔާޒްވެސް ރަށަށް އާދެޔޯ…”.ސުހާ ބުނެލިއެވެ.”އާނ..އެއީ ވަރެއްގެ މީހެއް..އަހަރެމެން ބޮނޑިއަޅާކަން އެނގިއްޖެއްޔާ ފަހަތުން ނުނައްޓާނެ”.އިމްނާ ބުނެލިއެވެ.”މިއަދު ހަވީރަށް ރަށަށް އާދެޔޯ…ދާންވާނެ ބޮޑު ގްރޫޕެއް ގޮވައިގެން ކުލަހާކަން”. ސުހާ ބުނެލިއެވެ.

ލޯންޗު ފަޅަށް ވަންއިރު އިމްނާމެން ތިބީ އަތިރިމަތީގައެވެ.އިރުކޮޅަކުން ލޯންޗުން ޖެޓީ މައްޗަށް ޝިޔާޒް ފޭބިއެވެ.”އޭއް އިމް…ބަލާބަލަ..އެ ގޮލާ އެހެރީ ހުދު ޓީޝާޓެއް ލައިގެންވެސް.ދެވަނަ ދުވަހު އެ ޓީޝާޓު ލާން ނުކެރޭވަރު ކުރަން ވާނެ..”.ސުހާ ބުންޏެވެ.އިރުކޮޅަކުން ޖެޓީ މައްޗަށް ފަޒީލްވެސް ފޭބިއެވެ.”ކާކު…؟؟ މިރަށު މީހެއް ނޫން ދޯ….”.އިމްނާ އަހާލިއެވެ.”ހިނގާބަލަ އަވަހަށް..މަގޭހާކާނަން ޝިޔާޒް ގައިގަ..އިމްނާއަށް އޭނަ”. ކޮޅަށް ތެދުވުމަށްފަހު ސުހާ ބުނެލިއެވެ.”ނުކެރޭނެ މަށަކަށް..ނުދާނަން…އެއީ މިރަށު މީހެއްވެސް ނޫން”.އިމްނާ ބުނެލިއެވެ. “ސާބަސް އިމް..ރަނގަޅުވާނޭ…އިނގޭނެއްނު މަޖަލައްކަން…އެހެންނޫނަސް ކޮންމެ އަހަރަކުވެސް ޢީދެއް އަންނަންޏާ ކުލަ ހާކައެއްނު…އޯކޭ ވާނޭ…ހިނގާބަލަ”.މިހެން ބުނެފައި ސުހާ ހިނގައިގަތެވެ.އޭނާގެ ފަހަތުން އިމްނާވެސް ހިނގައިގަތެވެ.ފަހަތުން މީހަކު މޫނުމަތީ އަތްއެޅި ވަގުތު ސިއްސައިގެން ގޮސް ފަޒީލް ތެޅިގެންތަނާ އިމްނާ ވެއްޓުނީ މޫދަށެވެ.އެވަގުތު ސުހާ ވަރަށް ބާރަށް ހޭން ފެށިއެވެ.އަދި ޝިޔާޒް އައިސް ސުހާވެސް މޫދަށް ކޮށްޕާލިއެވެ.”އެހެންނޭ ވާނީ މީހުން ގައިގަ ކުލަ ހާކަންޏާ”.ޝިޔާޒް ބުނެލިއެވެ.”ދެންވެސް އާދެބަލަ އަހަރެމެން ޖެޓީއަށް އަރުވަން”.ސުހާ ވަރަށް ބާރަށް ބުނެލިއެވެ.”ނޫން..ނުދާނަން..ދެން ތިބޭ މޫދުގަ”.މިހެން ބުނެފައި ޝިޔާޒް އާއި ފަޒީލް ހިނގައިގަތީ ގެއަށް ދާށެވެ.

“ރަށަށް އައިތަނުން އެ ހޭކީ ކުލަ..އަދި ކޮބާ ޢީދު ދުވަހުން ވާނެވަރު”.ފަޒީލް ބުންޏެވެ.”އެއީ ޢީދެއް އަންނަންޏާ ގޮތް….ޢީދު ދުވަހުން އަހަރެމެންވެސް ދާންވާނެ މިއުޅޭ އަންހެން ކުދިން ގައިގަ ކުލަހާކަން”.ޝިޔާޒް ބުންޏެވެ.

“މާދަމާއަކީ މިރަށު މީހުން ޢީދުބޮނޑި އަޅާ ދުވަސް…ޝިޔާޒްއާއި އެކު ދާތި އެކުޅިވަރުގަ ހުންނަ ފޯރިއެއް ބަލާލަން”.ޝިޔާޒްގެ މަންމަ ފަރީސާ ބުނެލިއެވެ.”ޝިޔާޒް ކިޔައިދިނޭ އެ ބޮނޑިއަށް ހަދާ ގޮތްވެސް…ދައްތަމެން ނާޅަންތަ ޢީދުބޮނޑިއެއް”.ފަޒީލް އަހާލިއެވެ.”ނޫނޭ…ދައްތަމެންވެސް އަޅަން..މިއަހަރު ޢީދުގަ ނަށާ ކުދިންވެސް ބޮނޑި އަޅާ…”.ފަރީސާ ބުންޏެވެ.”އެހެންވިއްޔާ ދައްތަމެން އަޅާ ބޮނޑި އެއީ އަހަރެމެންނަށް ލިބޭނެ ބޮނޑިއެއް..ދޯ ސިޔާޒް…”.ފަޒީލްބުންޏެވެ.”އެހެންތަ..ނުލިބޭނެ. އެއަށްވުރެ މާ އަވަހަށް ފޮރުވާނަމޭ”. ފަރީޝާ ބުނެލިއެވެ. “އެހެންވިއްޔާ ތި ވީގޮތުން މާދަމާ ދައްތަ ފަހަތުން ނުނައްޓާނަން”.ފަޒީލް ބުންޏެވެ.

ޖެހިގެން އައި ދުވަހު ރަށުގެ ގިނަ އަންހެނުން އުޅުނީ ޢީދުބޮނޑި އެޅުމުގައެވެ.މެންދުރުފަސް ވީމާ ބައެއް ގޭގޭގައި ބޮނޑި ފިހަން ފެށިއެވެ.ޝިޔާޒްއާއި ފަޒީލްވެސް ރަށުތެރޭގައި ސައިކަލް ދުއްވީ ބޮނޑިނަގާށެވެ.

“ކޮބާ…ބޮނޑި ފިހާ ނިމިއްޖެތަ؟އެއްކަލަ ޝިޔާޒްމެން އެބަ ދުއްވާ ސައިކަލުގަ ބޮނޑި ނަގަން…އަދި މިއަދު މަގޭކައިރި އެހިއޭ ބޮނޑިއެއް ނާޅަންހޭ…މަގޭ ދޮގު ހަދާފަ ބުނީ ނާޅަމޭ ..ގަބޫލެއް ނުކުރި”.ސުހާ ބުންޏެވެ.”އިރުކޮޅަކުން ފިހެވޭނެ..ކަލޭމެން ބަލާތި ފިރެހެނުން ނެތް ވަގުތެއްގަ އެ ބޮނޑި ފޮރުވޭތޯ”.ސުހާގެ މަންމަ ބަދިގެ ތެރެއިން ބޯދިއްކޮށްލާފައި ބުންޏެވެ.މިހެން ބުނެފައި ސުހާގެ މަންމަ ބޭރަށް ނުކުތީ ފާހާނާއަށް ދާށެވެ.ނުކުތުމާއެކު ބޭރުން ތަޅެއް އަޅުވާފައި ތަޅުލިއެވެ.އިރުކޮޅަކުން ހުރިހާ އެންމެން ތިބި ޖަނބުރޯލުގަސް ދޮށަށް ފަޒީލް އަތުވެއްޖެއެވެ.”މިއައީ މިގޭ ދޮށުން ބޮނޑިވަސް ދުވާތީ…އަނެއްކާ ބޮނޑިއެއް ފިހަނީތަ؟”.ފަޒީލް އަހާލިއެވެ.” ޢީދު ބޮނޑީގަ ދުވާ ވަސް ދުވީމަ އެނގޭނެތަ؟މިގެއަކު ބޮނޑިއެއް ނާޅަން..އަހަރެމެންނަކަށް ނުދުވާ ވަހެއް”.ގަސް ދޮށުގައި ތިބި އެންމެން ބުނެލިއެވެ.”އައްދޭ…މަ ވަރަށް ގިނައިން ބޮނޑި ކައި އުޅެމޭ…އެހެން ވީމަ އެނގޭނެއްނު…”.ދޮގު ހަދާފައި ފަޒީލް ބުންޏެވެ.”އެހެންތަ….އަލަށްކަންނޭނގެ ރާއްޖެތެރޭ ރަށަކަށްވެސް ތިއައީ….އާންމުކޮށް މާލެ މީހުން ބޮނޑި ބޮނީ….ކައެއް ނޫޅެ….”.އިމްނާ ފަޒީލް އާއި ދިމާއަށް ބުނެލިއެވެ.”މަށަށް ޔަގީންކޮށްފަ ބުނަން ކެރޭ ތި ބަދިގެ ތެރޭގަ ބޮނޑިއެއް އެބަ އޮތޭ…އަޅެ ހުޅުވާލަބަލަ”.ފަޒީލް ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ.އިމްނާ ވަރަށް ބާރަށް ގޮސް ދޮރު ކައިރިއަށް ހުއްޓުނެވެ.އަދި ދޮރުގައި ލައްވެލިއެވެ.”ތިހެން ދެން ހުރެލާ…ޝިޔާޒް ހިނގައްޖެ ބޮނޑި ހިފައިގެން”.މިހެން ބުނެފައި ފަޒީލްވެސް ހިނގައްޖެއެވެ.ފަޒީލް ދިޔުމުން ދޮރު ހުޅުވާލިއެވެ.ތެދެކެވެ.ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީއެވެ.ބޮނޑި ގެންދަން ޝިޔާޒް ވަދެފައި ހުރީ މަތީ ފުރާޅުން ޓިނު ގަނޑެއް ނައްޓައިގެންނެވެ.

“އެއްކަލަ ދުވަހު މަގޭ ގައިގަ ކުލަ ހޭކި ގޮއްޔަ އުޅޭ ބޮނޑި އެޅިތާވެސް.އަދި މަށާ ދިމާއަށް ބުންޏޭ މާލެ މީހުން ބޮނޑި ބޯނީއޭ……..ކައެއް ނޫޅޭނޭ…”.މޭޒުމަތީ ހުރި ފެންފުޅިން ފެންފޮދެއް ބޯލުމަށްފަހު ފަޒީލް ބުނެލިއެވެ.”ކަލޯ…ސަޅި ބިޓެއްދޯ ފަޒީލް”.ޝިޔާޒް ދިމާކޮށްލިއެވެ.”މަވެސް މިއުޅެނީ ހަމަ ތިހެން ބުނަން…ހަމަ އަސްލުވެސް މަށަށް އޭނަ ވަރަށް ރީތި”.ފަޒީލް ބުންޏެވެ.”އާނ…އެއީ ވަރަށް ރަނގަޅު ކުއްޖެއް..އުޅޭ ނަގަންދޯ…..މަ ސެޓްކޮށްދީފާނަން”.ޝިޔާޒް ހިނިއައިސްފައި ބުންޏެވެ.

ޖެހިގެން އައިދުވަހުގެ ޢީދު ނަމާދު ކުރުން އޮތީ އަތިރިމަތީގައި އޮންނަ ހުސް ބިމުގައެވެ.ފިރެހެނުންނަށާއި އަންހެނުންނަށް ނަމާދު ކުރެވޭ ގޮތަށް އަތިރިމަތި އޮތީ ތައްޔާރު ކޮށްފައެވެ.

ދުވަހުގެ އުފާވެރިކަން އެންމެންގެ މޫނުމަތިންވެސް ފާޅުވެއެވެ.ޢީދު ނަމާދުކޮށް ނިންމުމަށްފަހު ކޮންމެ މީހަކުވެސް ޢީދު ސަލާމް ކުރަން ގޭގެއަށް ޒިޔާރަތްކޮށް ހަދައެވެ.އަދި ދުވަހުގެ އުފަލުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ކުޅެވެން ފެށުނެވެ.

ރަށުތެރޭގައި އަޑު ފަތުރަންފެށީ މިރޭ އޮންނަ ސްޓޭޖް ޝޯވް ވަރަށް ފޯރި ގަދަވާނެ ކަމަށެވެ.ޢީދު ޝޯވް ބަލަން ދިޔުމަށް ރަށުގެ ރައްޔިތުންނާއި ރަށަށް އަރާތިބި ބީރެއްޓެހިންވެސް ތިބީ ކެތްމަދުވެފައެވެ.ހަވީރުވުމުން ކުޑަކުދިންތައް ވަގުތުތައް ގުނަން ފެށިއެވެ.

ޝޯވް ފެށިއިރު ޝިޔާޒް އާއި ފަޒީލް ތިބީ އަތިރިމަތީ ހުރި ކެފޭއެއްގައެވެ.ގަޑިން ނުވަގަޑި ތިރީސް ވީމާ ނުކުތީ އެދިމާ އަތިރިމަތީ ހުރި ސްޓޭޖުގައި ދޭ ފޯރިގަދަ ޝޯވް ބަލާލުމަށެވެ.މާދުރުންވެސް ފަޒީލްގެ ލޮލުގައި އަޅައިގަތީ ސްޓޭޖުގައި ނަށަންހުރި އިމްނާއެވެ.”ކަލޯ… އެހެރީ އެއްކަލަ ގޮއްޔަ ދޯ….ހާދަ ގަދައޭ..”.ފަޒީލް ބުނެލިއެވެ.”ސާބަސް..ފަޒީލްއަށް އެބަހުރި ވަރެއްވެފަ…ދެން ދޭބަލަ އޭނަޔާ އެކީ ނަށާލަން”.މަލާމާތުގެ ރާގަކަށް ޝިޔާޒް ބުނެލިއެވެ.”ހަމައަސްލުވެސް ހާދަ ސަޅިއޭ…މަ ބޭނުން އޭނަޔާ ރަށްޓެހިވާން…ޝިޔާޒް ބުނީމެއްނު އެކަން ކޮށްދޭނަމޭ…”.ފަޒީލް ބުނެލިއެވެ.”އާނ..ދެން މާދަމާއެއްނު ދޯ…”.ސަމާސާ ރާގަކަށް ޝިޔާޒް ބުނެލިއެވެ.

ޖެހިގެން އައި ދުވަހު ފަޒީލްއަށް ހޭލެވުނީ ގަޑިން ދިހައެއް ޖަހާ ބޮޑުވި ފަހުންނެވެ.އޭނާ ހޭލިއިރު ޝިޔާޒްއެއް ގެއަކު ނެތެވެ.”ހަލޯ….ޝިޔާޒް ކޮންތާކު؟”.ފަޒީލް ގުޅީ ޝިޔާޒަށެވެ.”މަމިހުރީ އަތިރިމަތީ…އިރުކޮޅަކުން ފަރުމާ ބޮޑުބެރު ގްރޫޕް އަންނާނެއޭ ބުނީމަ…ކަލޭވެސް އާދެބަލަ”.ޝިޔާޒް ބުނެލިއެވެ.”އޭއް މަގޭ ވަރަށް ބަނޑުހައޭ….. ސައިނުބޮއި މި އުޅެނީ…ދެންމެ ހޭލީ”.ފަޒީލް ބުންޏެވެ.”ކޮބާ މަންމަ….މަންމަ ކައިރި ބުނޭސައި ހަދާދޭށޭ”.ޝިޔާޒް ބުންޏެވެ.”ދައްތަ ގެއަކު ނެތް…ދެން ހިނގާ ކޮފީއަކަށް ދާން”.މިހެން ބުނެފައި ފަޒީލް ފޯން ކަނޑާލިއެވެ.

Share Article

Follow Me Written By

musthafa

Level 1

Other Articles

Previous

އިންތިޒާރު 12

Next

ކަޝްފު 11

Next
February 28, 2015

ކަޝްފު 11

Previews
February 27, 2015

އިންތިޒާރު 12

2 Comments!

  1. emaa says:
    March 1, 2015 at 4:10 pm

    Vaahaka gai magey beynun kohfa huree ma varah hadi …magey nukiyaa aharen kiyalinama v salhi vaane…nyc story….

  2. athy says:
    March 1, 2015 at 5:32 pm

    Vaahaka vara reethi… ene bai dhen upload vaani konirakun?? V avaha upload kodhechey hurihaa baitha ves…

Comments are closed.



All Right Reserved!